އުމުރުގާ ކަލާޔާ އެކު-6
މެރެމުން ދިޔަ ޝާޔާގެ ލޯ ހުޅުވުނީ ފޯނަށް މެސެޖެއް އައުމުން ނެވެ.މެސެޖު އައިސް ފައި ވަނީ ނުދަންނަ ނަންބަރަކުންނެވެ. ދެފިކުރެއްގައި އޭނާ އޮވެފައި މެސެޖައް ފިތާލިއެވެ.
ރިކޯޑިން ނިމުން އިރު އޭނާ ލޮލުން ކަރުނަ ނީރާލިއެވެ. އެއީ ޝަހާން ދެކެ ރުޅި އައިސް ގެން އޭނާ ލޮލުން ފޭބި ކަރު ނައެއް ނޫނެވެ. ޝަހާންގެ އެއްވެސް ކުށެއް ނެތެވެ. ޝަހާން އަށް ކިޔުނު އެއްޗިހި ހިތައް އަރާ ޝާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ވީއިތުރެވެ. ޝަހާން އާއި ކުރިމަތިލާނީ ކިހިނެތް ހެތްޔެވެ.
ވިސްނުމުގެ ތެރެއަށް ގެއްލިފައި އިން ޝާޔާ އަށް ހޭވެރި ކަންވީ ދޮރުގައި މީހަކު ޓަކިދިނު މުންނެވެ.
” ޒައި… ކީތްކުރަނީ މިހާ ލަސް ވީމަ ” ދޮރު ހުޅުވިއިރު އެތާގައި ހުރީ ޒައިހާ ކަމުން ޝާޔާ އެހިއެވެ.
” ވަރަށް…. އަވަހަށް އެއްކަލަ ރަތް ހެދުން ލައިގެން ރީތި ވެލައި ގެން އާދެބާ ބޭރައް ދާން ” ޒައިހާ ހީވަނީ ތާކަށް ދާން ލަސްވެގެން އުޅޭ މީހެއް ހެންނެވެ.
” ދެން މީ ކޮން އިރެތް ތަ ޒައި ” ޝާޔާ ހުރީ މާ ބޭރައް ދާހިތަކުން ނޫނެވެ.
” އޭއް ޒައިޔާ ވާހަކަ ދައްކަން ބޭނުން ތަ މަރްޔަމް ޝާޔާ ” ޒައިހާ ބޮޑުތާ ޖައްސާލިއެވެ.
” ހޫމް ހޫމް މި ޒައިހާ އަދި ކުޑަ ނުކުރާނޭ މިދަނީ މަޑުކުރޭ ސޯފާގަ” ޝާޔާ ތައްޔާރު ވުމައް އެތެރެއަށް ވަދުނެވެ.
އިސް ތަށި ގަނޑު ކުޑަގޮތެއް ހަދައިލާފައި، ލުއި މޭކަޕް އެއް ކޮއްލައިގެން އޭނާ ނިކުތެވެ.
“ޒައި ޒައި… ޒައިހާ…” ޒައިހާ އަށް ގޮވަމުން އައި ޝާޔާގެ ފިޔަވަޅުތަކުގައި ކަސްތޮޅު އެޅިގެން ދިޔައެވެ. އޭނާގެ ނޭވާ އެތެރެ ހަށީ ގައި ތާށިވިއެވެ. އަގައި ގަ ވެސް ތަޅު އެޅިގެން ދިޔައެވެ. ހަމައެކަނި ދިރުމެއް ހުރީ ލޮލުން ފައިބަމުން ދިޔަކަރުނައި ގައެވެ.
މި މަންޒަރު ބަލަން ހުރި ޝަހާން ދުވެފަ އައިސް ޝާޔާގެ ގައިގަ އޮޅުލައި ގަތެވެ. އޭރުވެސް އަތެއް ތަނެއް ގުޑުވައި ނުލާ ޝާޔާ ހުއްޓެވެ.
” ސޮރީ.. އައި މިސްއަންޑަސްޓޭންޑެޑް ޔޫ ” އެތައް އިރެއް އެގޮތުގައި ހޭދަ ވުމަށް ފަހު ޝާޔާގެ އަގައިން ބޭރުވީ އެހެން ނެވެ.
” ޝަހާން ގެ މައްސަލަ އެއީ އަހަން ނަށް މާފްކުރޭ ކުރިން ބައިން ޝާޔާ ގާތު އެވާހަކަ ތައް ކިޔައި ދީފައި ހުރި ނަމަ މިއަދު މިހެން ނުވާނެ” ޝަހާން އިތުރަށް ބާރު ކޮއްލަމުން ބުންޔެވެ.
” ދެން ތިބެނީ ތަ ތިހެން އަނެއް ކޮޅުން ގޮސް އިރު އަރަންދެން” ފަހަތުން އައި ޒައިހާ ބުންޔެވެ.
” ދެން ހުއްޓާލަބަ އަދި އެބަ އޮތް މިރޭ ތާކައް ދާން ” ޝަހާން އާއި ދުރު ކޮއްލަމުން ބުންޔެވެ.
ޖީބުން ޓިޝޫއެއް ނަގަމުން ޝަޔާ މޫނުމަތީ ވީ ކަރުނަ ތައް ޝަހާން ފޮހެ ދިނެވެ.
” މޫނު މަތި ރީތި ކޮއްލައިގެން ނިކުމޭ ދޮރުކައިރިއަތް އިގޭ މި އަންނަނީ ސައިކަލު ނަގައިގެން” ބޭރައް ނިކުން ނަން ދިޔަ ޝަހާން ބުންޔެވެ.
ޝާޔާ ތައްޔާރު ވެގެން ނިކުމެ ހުރީ ޝަހާންގެ އިންތިޒާރު ގައެވެ.
” އަން މި އަޅާ ޝަހާން” ދިއްކޮއްލީ މާސްކެކެވެ.
“މި އޯ ” ޝާޔާ ސުވާލު ކޮއްލިއެވެ.
“ދެން އަޅާބަ ސުވާލު ނުކޮއް… ބާރައް ހިފައް ޓައްޗޭ” ޝާޔާ ސައިކަލައް އަރަމުން ޝަހާން ބުންޔެވެ.
އޭނާ އައިސް ސާކަލު ހުއްޓީ ފުޓްސަލް ދަނޑަށް ށެވެ. ޝާޔާ އަތުގައި ހިފާ އައިސް ދަޑުގެ މެދާ ހިސާބަށް ހުއްޓި ޝާޔާ އެތާ ބޭން ދިޔެވެ.
” ދެން އޯކޭ މާސްކު ނެގިއަސް” ޝާޔާ ބައިދަމުން ޝަހާން ބުންޔެވެ.
” ވާވް… މީހަމަ ޝާ އަށް ހަދައިދީފަ އޮތް ޕިކްނިކް އެތްތަ” ވަށައިގެން މާހައުލަށް ބަލާލަމުން ޝާޔާ ސުވާލު ކޮއްލިއެވެ.
” އާދެން ކާކަތް.. ޒޭނާ އަށް” ޝާޔާ ރުޅި އަރުވާލަން ވެގެން ޝަހާން ބުންޔެވެ.
” ޒޭނަށް އަށޭ… އެހެން ދޯ ދަނީ ޝާޔާ ” ޝާޔާ ތެދުވިއެވެ.
” އޭއް އޭއް ޝާ މީ ޝާ އަށްށޭ” ޝާޔާގެ މުލަށް ދަޑީ ގައި ހިފަމުން ޝަހާން ޝާޔާ އެތާ ބޭން ދިއެވެ.
އުބަތްތިން ތަންޒީނަތް ކުރެވިފައި ވީއިރު ތަންތަން ކޮޅައް ފިނިފެންމާ ފިޔަތައް ބުރުވައިލައިފައި ވެއެެވެ.ޝަޔާ މޫނުމަތީ އިހުހެން ވަނީ އުޖާލައި ވެފައެވެ.ހީވަނީ އެތައް ދުވަހަކު ކުރި ވިއްސާރަ އަލިވި ހެނެވެ.
” ޝާ ވޯކްޝޮޕަކައް މި ރައް ކައިރީ ރަށަކަށް ދާން އެބަޖެހޭ ހަފްތާއަކަށް” ޝާޔާ އަށް ބަލައިލަމުން ޝަހާން ބުންޔެވެ.
” އެހެންތަ ވަރަށް މިސް ވާނޭ ދެން ހުސްވަގުތެއްގަ ފޯނުން ޝާ އަށް ހަބަރެއް ވައްޗޭ”ޝާޔާ ބުންޔެވެ.
” ދެން ޝާ އަށް ހަބަރު ނުވެ ކާކަތްތަ ތަ ވަކި ހަބަރު ވާނީ ” ޝަހާން ބުންޔެވެ.
“ޒޭނާ” ހެމުން ހެމުން ޝާޔާ ބުންޔެވެ.
ހަފްތާ އެއްފަހެވެ. ޝާޔާ ދިޔައީ އޮފީސް ނިންމާފަ ގެއަށް ދިޔުމަށެވެ. ރުއްގަޑާ އަރާ ހަމަވިތަނާ އޭނާގެ ގައިގާ ކަރުދާސް ކޮޅެއް ޖެހުނެވެ.ތަންތަން ހޯދާލަމުން އެ ކަރު ދާސް ގަނޑުގައި ލިޔެފައިވީ އެއްޗެއް ކިޔައި ލިއެވެ.” މިރޭ ތި ހިތުގެ ރަސްގެފާނާއި އެކު ބޭރައް ދާން ބޭނު މިއްޔާ އައްގަޑި ބަޔައް ތައްޔާރު ވާތި ”
އެކިޔާލައިފައި ޝާޔާ ތުންފަތިގައި މަޑު ހިނިތުންވުމެއް ދުވެލިއެވެ.
” އަހަ ދަރިފުޅާ އައީތަ…އާދޭ ސައިބޯން އަވަހަށް ” ގޭތެރެ އަށް ވަދެގެން އައި ޝާޔާ ފެނުމުން އާމިރާ ބުންޔެވެ.
” އަންނާނަން ފެންވަރާ ލައިގެން” ކޮޓްރިއަށް ވަންނަމުން ޝާޔާ ބުންޔެވެ.
” މިތަ މިތަ ނޯން މީތި ދޯ…މީތި މާ ގުޅޭ ދޯ” ލޯގަޑު ކުރިމަތީ ހުރި ޝަހާން ދިޔައީ އަލަމާރިން ފަހަރަކު ގަމީހެއް ޒަހުވާން އަށް ދައްކަމުން ނެވެ.
” ކޮންމެ އެއްޗެއް ލައިގެން ދިޔަސް ތި ޝަހާން ޝާޔާ އަށް ފެންނާނީ ހުދު ފޮތިކޮޅެއް ފަދައިން” ޒަހުވާން ޖެއްސުމުގެ ރާގަކަށް ބުންޔެވެ.
ރޭގަޑުގެ ވަގުތެވެ.އުޑުމަތި އޮތީ ފުދޭވަރެއްގެ ބަނަ ކަމެއް މަތީއެވެ.
” ދަރިފުޅާ ޝާޔާ މާ އަވަސް ކޮއްލާފަ ކޮންތާކަށް” ބޭރައް ދާން ނިކުން ޝާޔާ ފެނި އާމިރާ އެހިއެވެ.
” ރައްޓެއްސަކާ އެކީ ބޭރައް ” ޝާޔާ ކުރު ގޮތަކަށް ޖަވާބު ދިނެވެ.
“މާ ދަންނުވެ އަންނަން ވާނޭ” އާމިރާ ބުންޔެވެ.
ޝާޔާ ހުރީ ޝަހާންގެ އިންތިޒާރުގަ ބޭރުގައެވެ.މާގިނަ އިރުތަކެއް ނުވެ އޭނާގެ އިންތިޒާރައް ނިމުން އައެވެ.ދެވަނަ ސިކުން ތުގައި ހީވީ އެދިމާލައް ހޮނުގުގުރި އެއް އެޅިހެންނެވެ….
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Mi part vx varah reethi Masha Allah
Kon irakun next part kiyaalan libeyni
Lysm
Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun???
Next week ga episode 7 kiyaa lehveyeny
miss the times when esfiya had actually good stories most of the stories now just follow the same cliche plot