Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރުގާ ކަލާޔާ އެކު-5

nashaayam
nashaayam Level 1
January 14, 2024 3 Mins Read
3 Comments

އެމީހުނަށް ނޭންގޭ ކަމަކީ އެމީހުންގެ ފަސްފަހަތުން މިހީހަކު އައިކަމެވެ.އެމީހަކު އައިސް ޝަހާން ގެ އަތުގައި ހިފި އެވެ.

” ހަނީ މިއޮތް ފަދަ ގަޑީ ގައިވެސް ތި އުޅެނީ ފާޑު ފާޑު އަންހެނުން ގޮވާން ބޭރުގަތަ ދަރި އެއޮތީ ބަލިވެ ހުމާވިއްޔާ” ޝަހާން ހުރީ ވާނުވާގައެވެ.

” ޝަހާން ހީނުކުރަން ތީ އެކަހަލަ ފިރެހެނެއް ކަމެއް …ބޭރުން ހާދަ ރަގަޅޭ…ނަސީބެއް މާގިނަ ދުވަހެށް ނުވަނީސް ހަޤީގަތް އިގުން ކަން” އަތުގެ ނުފުށުން މޫނު ފޮޅާލަމުން ޝާޔާ ދުއްވައިގަތެވ.ެ

” ޝާޔާ ޕްލީޒް ވެއިޓް ލެޓްމީ އެކްސްޕްލޭން ” ޝަހާން ޝާޔާ އަށް ވާނުވާ ކިޔައިދޭން ބޭނުންވިއެވެ.

“ކޯޗެއް ދެން އޮންނާނީ އެކްސްޕްލޭން ކޮއްދޭން ތިކަހަލަ ކޮންމެ ފިރެހެނެއް ގެ ވެސް ވައްތަރުތީ އެންޑް ޑޯޓްފޮލޯމީ ހިޔާރ އާފްޓާރ ވީ އާރ ޑަން” ޝަހާން އަށް ފުރުސަތެއް ނުދީ ޝާޔާ ފަސްދީ ދިޔައެވެ.

“ޒޭނާ އަދިވެސް  ހަމަ އެހެން ދޯ… އާދޭސް ކޮއްފަ މި ބުނަނީ އަހަން ނަށް ހަމަޖެހިގެން އުޅުނަ ދީބަލަ… ތިހިން އައިސް ޑްރާމާ ޖައްސާ އަހަރެން ކައިރީ ހުންނަ ކުއްޖާ ފަހާލިޔަސް ތި ޒޭނާ އަކަށް މި ޝަހާން ގެ ލޮއިބެއް ނުލިބޭނެ..ތީ މަގޭ ލޯބި ލިބުމަތް ވުރެން… ” ޝާހާން ރުޅި އައި ވަރުން ކިޔެމުން ދިޔަ އެއްޗެއް ވެސް ނޭންގުނެވެ.

” ޒޭނާ އަށް ޝަހާން ގެ ތި ލޯބި ނުލިބުނީމަ އޭ މިރޭ މިހެން ވާންޖެހުނީ…ޒޭނާ ބޭނުމެއް ނޫން ޒޭނާ އަށް ނުލިބުނު ލޮއިބެއް މި ދުނިޔޭން އެކަށް ވެސް ލިބޭކަށް” ޒޭނާ އަދިވެސް ދިޔައީ ޝަހާން ރުއްސޭތޯ މަސައްކަތް ކުރަމުންނެވެ.

” އަދިވެސް ދަނީތަ އަހަރެން ނަކީ ޝަހާން ގެ ހަޔާ ތައް އަންނާނޭ އެންމެ ރަގަނޅު ބައިވެރި ޔަކީ..އެ ޝާޔާ އަކީ ކާކު ކަން އިގޭތަ ޝާޔާ ޝަހާން ދެކެ ވަނީ…” ވާހަކަ ދައްކަމުން ދިޔަ ޒޭނާ އަށް ހީވި އޭނާ ކޯތާފަތް މައްޗަށް ތިނޯހެއް ހަރައިލި ހެންނެވެ.

ޝަހާން ގެ ބާރު ހަމަލާ އެއް އޭނާގެ ކޯތާފަތް މައްޗަށް އަމާޒު ވީ ހީވެސް ނުކޮއްހުއްޓައެވެ. ޝަހާން އެއްފަހަރު އޭނާގެ އަތައް އަނެތް ފަހަރު ޒޭނާ އަތް ބަލާލިއެވެ. އޭނާ ދުވަހަކުވެސް ކިތަންމެ ރުޅި އަޔަސް އޭނާގެ އަތް އިސް ކޮއްފައެއް ނުވާނެއެވެ.ނަމަ ވެސް ޝާޔާ އޭކިޔާ ޒެނާގެ އަގަ އިން ނިކުންނަން އުޅުނު ބަސް ތަކުން އޭނާ އަތް އޭނާގެ އަތް މައިތިރި ނުކުރެވުނީ އެވެ.

ހެދުނު ހޭލިއިރު ޝާޔާ ބޮލުގައި ބަރުކަމެއް ހުއްޓެވެ. ރޮއެ ރޮއެ އެ ދެ ލޮލުން ގެންނާނެ އިތުރު ކަރުނައެތް ނެތެވެ.ފަތިހު ނުހޭލުވުމުން އޭނާ އަވަސް ވެ ގަތީ ފަތިސް ނަމާދު ކުރުމަށެވެ. ނަމާދު ކޮއް ލުމުން ކުޑަ ނަމަވެސް ތަސައްލީ އެއް އޭނާ އަށް ލިބިގެން ދިޔައެވެ.

“ބްރޯ ފޯނުން ނުދެއްކޭ ވަރުގެ ކޮންވާހަކަ އެއް މި އޮތް ހެދުނާ… ކައިވެނި ކުރަން ވީތަ އެހާ އަވަހައް ” ޒަހުވާން އަދި ވެސް ބެލީ ސަމާސާ ކުރެވޭތޯއޭ

“ޒަހުވާން ދެން ވެއްޖެ އެއް ނުން އިރު ކޮޅަކަށް ނަމަވެސް ސީރިއެސް ވާން… އީވަލް ޑެވިލް އިޒް ބެކް” ޝަހާން އަދި ވެސް ހުރީ ހިންހަމަ ނުޖެހި ފައެވެ.

” އަސްލު ތަ ތެދު ވާހަކަ އެތްތަ ތިކިޔަނީ” ތުންފަތާ ކައިރި ކުރަމުން ދިޔަ ކޮފީ ތަށި މޭޒު މަތީ ޖަހަމުން ޒަހުވާން ބުންޔެވެ.

“އާއެކޭ ރޭގަ ކައިގެން އެތާ ގޮޑުދޮށައް ދިޔައިމެން ނުން ޝާ ގޮވައިގެން އެތާ ހުއްޓާ މިކަލޭގެ އައިސް ފިސާރި ޑްރާމާ ގަޑެއް ޖައްސައިގަތީ…ޝާޔާ ނުދިން ކިޔައި ދޭނެ ފުރުސަތެއް ވެސް….” ޝަހާން ގެ ދިއްލި އުޖާލައި ވެފައިވާ މޫނު މިއަދު ވަނީ އަދިރިވެ މޯޅި ވެފައެވެ.

“ކިހިނެތް ހަދަނީ ދެން… ވަރަށް އުދަގޫ ވާނޭ ދޯ ދިމާކުރަން ވެސް “އިސް ތަށި ގަނޑު ތެރޭ އަތް ހިންގާލަމުން ޒަހުވާން ބުންޔެވެ.

” މީތި ޝާޔާ އަތް އިތްވޭނެ ގޮތެއް ބަލަންވީ ” ޝަހާން ދިއްކޮއްލީ އޭނާގެ ފޯނެވެ.ޒޭނާ ދެއްކި  ވާހަކަ ތައް ވަނީ ޝަހާން ފޯނުގައި ރިކޯޑު ކޮއްފައެވެ.

ޝާޔާ ދިޔައީ ބަދިގޭގައި  އޭނާގެ މަންމަ އަށް އަތް ގާތްކޮއް ދެމުންނެވެ.

“މިއަދު ޒައިހާ އާއި އެކު ނުދަންތަ ބޭރައް ” ކޮންމެ ދުވަހަކުވެސް ފަތިސް ވަގުތު ޝާޔާ ޒައިހާ އާއި އެކު ބޭރަތް ދާތީ އާމިރާ އެހިއެވެ.

“ލައްބަ މިއަދު ނުދަން” ޝާޔަ ބުންޔެވެ.

“އެއީ.. އެނެތްކާ ކިހިނެތްވީ ދެކުދިން” އާމިރާ އެހިއެވެ.

“ކަމެއް ނުވެއޭ މަންމާ ” އެހެން ބުނެ ތަށި ތައް ހިފައި ގެން ޝާޔާ ކާގެއަށް ދިޔައެވެ.

ޝާޔާ ނުބިނަމަވެސް ކަމެއް ގޯސް ވެއްޖެ ކަން އާމިރާ އަށް އިގިއްޖެއެވެ.

“ދައްތާ ކޮބާ ޝާޔާ މިއަދު އެއްވެސް ހަބަރެއް ނުވެގެން މިއައީ ” ބަދިގެ އަށް ވަދެގެން އައި ޒައިހާ ބުންޔެވެ.

” އޭނަ ވެއްޖެ ކާގޭގަ މި އަދު ހުންނަނީ ފާޑަކަށް”އާމިރާ ބުންޔެވެ.

” ހަލޯ..”އެކޯޅުން ވާހަކަ ދައްކަމުން ދިޔައީ ޒަހުވާން އެވެ.

” ކީތްވީ ” ޒައިހާ އެހިއެވެ.

” ވެގެން އުޅޭ ގޮތަކީ….” ޒަހުވާން ވެގެން އުޅޭ ގޮތް ކިޔައި ދިނެވެ.

” ތިހެން ވެއްޖެޔާ އޭނަ ބޭރަށް ގެންދިޔުން ވަރަށް އުދަގޫ ވާނެ…ރިކޯޑިން އޭނަ ނަންބަރަށް ފޮނުވަބަ ޒަހުވާން ގެ ނަންބަރުން ފަހަރެއްގަ އެގޮތް މަސައްކަތް ކޮއްފާނެ” ޒައިހާ ހިޔާލެއް ދިނެވެ.

” އޭނަ ނަންބަރު ފޮނުވާފަ ބައިން ދާތި” ޒަހުވާން ފޯނު ބޭއްވިއެވެ.

މެންދުރުގެ ވަގުތެވެ.ލޯ ނުހުޅުވޭ ވަރަށް ވަނީ އަވި ދިއްލައިލާ ފައެވެ.މުޅި ރަށުތެރެ ހީވަނީ އަންދައިލަފާނެ ހެންނެވެ. އެ ގަދަ އަވީގަވެސް ޝަހާން އިނީ ޝާޔާގެ ހިލަމެއް ވޭތޯ ރުއްގަޑު ތެރޭގައެވެ. ޝާޔާގެ ހިލަމެއް ހިޔަންޔެއް ނުވިތާ އޭނާގެ ވަސް ވެސް ނުވިއެވެ.

ދޮރުފޮތި ގަޑާއި ފަރުދާވެ ހުރި ޝާޔާގެ ކޯތާފަތް މަތީ ވަނީ ކަރުނައިގެ ކޯރެއް ފެވިފައެވެ. ޝަހާން ގެ ކުށެއް ނެތްކަން ގަބޫލުކުރަން  އޭނާ ކިތަންމެހާވެސް ބޭނު މެވެ. ނަމަވެސް އެގޮތް އޭނާގެ ޒަމީރު ނޭދެއެވެ.

“އަށް ސަލާމް ޢަލައިކުމް ” ދޮރާށިން ވަގެން އައި މެންޓަލް އޮފީސް މުއައްޒަފެކެވެ.

” ތީ ކޮންބޭފުޅެއް ތޯ” ގޭތެރޭން ވާހަކަ ދެއްކީ ހަފްސާ އެވެ.

” މެންޓަލް ސެންޓަރުން މީ ” އެ ފަރާތުން ވާހަކަ ދެއްކިއެވެ.

” ޒޭނާ ލަތީފް އުޅުއްވާ ތޯ ” އެކޮޅުން އެހިއެވެ.

” ލައްބަ” ކޮޓްރިއާއި ދިމާލައް އިގިލި ދިއްކޮއްލަމުން ހަފްސާ ބުންޔެވެ.

” ޒޭނާ ވަނީ މީގެ ހަފްތާ އެއް ކުރިން މެންޓަލް ސެޓަރުން ފިލާފަ… މިހާތަނަށް ހޯދި ހޯދުން ތަކުން އިގި ފައިވަނީ ޒޭނާ އުޅެނީ މިގޭގަ ކަން…ޒޭނާ އަދި މުޅި އަކުން ރަނގަޅެއް ނުވޭ އެހެން ވިމަ އޭނަ އަޅުގަނޑު މެންނާ ހަވާލު ކުރައްވާ” މެންޓަލް ސެންޓަރުން އެދުނެވެ.

މެރެމުން ދިޔަ ޝާޔާގެ ލޯ ހުޅުވުނީ ފޯނަށް މެސެޖެއް އައުމުން ނެވެ.މެސެޖު އައިސް ފައި ވަނީ ނުދަންނަ ނަންބަރަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

nashaayam
Follow Me Written By

nashaayam

Level 1

Love to write stories ❤️

Other Articles

Previous

ސައިކޯ

Next

މަންމައާއި އެކުގައިވަމެވެ.

Next
January 14, 2024

މަންމައާއި އެކުގައިވަމެވެ.

Previews
January 13, 2024

ސައިކޯ

3 Comments!

  1. Rifoo says:
    January 14, 2024 at 12:53 pm

    Mi part vx varah reethi Masha Allah 💗❤️
    kon irakun next part kiyaalan libeyni
    Lysm

  2. Imko 💕💕 says:
    January 14, 2024 at 2:11 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Lysm 💞💞💞

  3. nashaayam nashaayam says:
    January 16, 2024 at 2:26 pm

    Thanks 😊
    Next part v avahh kiyaa lehvey ney

Comments are closed.

Next Episodeއުމުރުގާ ކަލާޔާ އެކު-6←


All Right Reserved!