Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރުގާ ކަލާޔާ އެކު-7

nashaayam
nashaayam Level 1
January 30, 2024 2 Mins Read
1 Comment

ޝާޔާ ހުރީ ޝަހާންގެ އިންތިޒާރުގަ ދޮރުމަތީ ގައެވެ.މާ ގިނަ އިރުތަކެއް ނުވެ އޭނާގެ އިންތިޒާރައް ނިމުމެއް އައެވެ.ދެވަނަ ސިކުންތުގައި ހީވީ އެދިމާލަށް ހޮނުގުގުރިއެއް އެޅިހެންނެވެ. އެވަގުތު އެމަގު ހުރަސް ކުރަން އައި ޕިކަޕުގަ ޝަހާން ޖެހި ވިއްސައިގެން ގޮސް ޖެހުނީ މަގުގެ ކޮޅުގައި ހުރި ގާފުން ޔަށެވެ.ޝާޔާ އަށް ހުރެވުން ތަންވެސް ނޭންގުނެވެ. ދުވެފަ އެހިސާބަށް ދެވުން އިރު މީހުން ވަނީ ޝަހާން ނުފެންނަ ވަރަށް އެތަން ވަށައި ލާފައެވެ. ޝާޔާގެ ފަހަތުން އާމިރު އާއި އާމިރާ ވެސް އެތަނަށް އައެވެ.

މީހުން ގަނޑުތެރެ އަށް އާމިރު ވަދެގެން ޝަހާން ނެގޭތޯ މަސައްކަތް ކުރަމުން ދިޔެވެ. މުޅިތަނުގައި ވަނީ ލޭގެ ކޯރެއް ހެދިފައެވެ. އެދިމާލަށް އެއްވެފައި ތިބި ޒުވާނުންގެ ތެރެއިން ދެތިންމީހަކާ އެކު އާމިރު ޝަހާން ނަގައިގެން މަރުކަޒާއި ދިމާލަށް ދިޔައެވެ.

ޝާޔާގެ ލޯމައްޗައް ދިޔައީ އަދިރި ވަމުންނެވެ. ފާރުގައި އަތްކާތަމުން ދިޔަ އޭނާ މަޑު މަޑުން ތިރިވަމުން ގޮސް ހޭ ހުއްޓި ބިންމައްޗައް ވެއްޓުނެވެ.

މަރުކަޒު ތެރެއަށް ވަނީ ހަލަބޮލިކަން ގެނުވާފައެވެ. މީހަކަށް ފަހު މީހެއް އެތަނައް ވަދެ  އެތަން ވަނީ ފިތިބާރުވެފައެވެ. ޝަހާން ގެ އެކްސިޑެންޓުގެ ވާހަކަވީ މުޅިރަށައް ލިބުން ލޮޅުމަކަށެވެ.އަވަސް ފަރުވާން ނިކުމެގެން އައި ޑޮކްޓަރު ދިޔައީ ޒަހުވާން އާއި ވާހަކަ ދައްކަމުންނެވެ.

ޑޮކްޓަރު އެދުނީ ވީހާވެސް އަވަހަށް މާލެ ގެންދިޔުމަށެވެ.

” ޒައި… ޒަހުވާން މިދަނީ ޝަހާން ގޮވައިގެން މާލެ ދާން ޝާޔާ ކިހިނެއް” ޒަހުވާން ޒައިހާ އައް ގުޅާ މާލެދާ ވާހަކަ އެންގިއެވެ.

“އަދިވެސް ހޭނާރަ” ޒައިހާ ޖަވާބު ދިނެވެ.

” ފަހުން ހަބަރެއް ވާނަން ” ޝަހާން ފޯނުބޭއްވިއެވެ.

ލޯންޗު ދަތުރު ކުރަމުން ދިޔައިރުވެސް ޝަހާން އަށް ދިޔައީ އެވަގުތު ދެވެން އޮތް ފަރުވާތައް ދެމުންނެވެ.

ޝާޔާ ދިރިހުރި ކަމުގައި ވިއަސް އޭނާ ވަނީ މަރުވެފައެވެ. މަދުފަހަރެއްގަ ނޫނީ އަރުތެރެއިން އެއްޗެއް އެތެރެ ކޮއްލާ ތަން ނާދެއެވެ. ސައުވިސް ގަޑިއިރު ކުރާކަމަކީ ޝަހާންގެ ހާލާއި މެދު ވިސްނާ ފިކުރު ކުރުމެވެ.

“ޝާޔާ ހިގާބަލަ ރުއްގަނޑައް ތިހިން އަބަދު އެތެރޭގަ އިދެގެން ވަކި ޝަހާން ރަގަޅުވޭތަ ޝަހާން ޝާޔާ ތިހިން އިންނަ ތަން ބަލަން ބޭނުންވާނެތަ ބޭރައް ނިކުމެލާ ހިތައް ފިނިކަމެއް ވެސް ލިބޭނީ އޭރުން ދޯ” ޝާޔާ ކައިރީ އިށިން ދެގެން އިން ޒައިހާ ވަހާކަ ދައްކަމުން ދިޔައެވެ.

“ޝަހާން ގެ ހާލު މިހާރު ރަނގަޅު އަދި ދެދުހު މިތާ ބާއްވާފަ ދޫކޮއްލެވެނީ އިރާދަކިރެއްވިއްޔާ އެއްވެސް މައްސަލަ އެއްނެއް ކުރިއެކޭ  އެއްފަދައިން ޝަހާން އަށް ހަމަ އުޅެވޭނެ” ޑޮކްޓަރު ކިޔައިދެމުން ދިޔައެވެ.

މަހަކަށް ފަހު ޝާޔާ މިއަދު އޮފީހަށް ނިކުތުނެވެ. އޮފީހަށް ނިކުތުމުން ހިޔާލު ތަކާ ދުރުވެ މަސައްކަތާއި ގާއްވެވޭތޯއެވެ.

ދެދުވަސް ފަސް..

…..

ޝަހާން އަށް ލޯންޗު ތެރޭގައިވެސް އިދެވެނީ ކީނޫނެވެ. ޝާޔާ ދެކޭ ހިތުން އޭނާ މޮޔަވަނީ އެވެ. ދެވަނަ ފަހަރަށް ޝާޔާ ހިތުގަ ޖެއްސުނީ މައެވެ.

” ޒަހޫ އެކަން މިރެއަށް ނިމޭވަރު ކުރަން ވާނޭ އިގޭ” ޝަހާން ވަނީ ޝާޔާ އަށް ވަރަށް ބޮޑު ސަޕްރައިޒް އެއް ރާވާފައެވެ.

ރޭގަނޑު ވަގުތެވ.ެ ޝާޔާ ބޭރަށް ދާން ތައްޔާރު ވެގެން އާމިރާ ކޮބައިތޯ ބަލަން ދާން ނިކުތެވެ. އާމިރާ ފެންނާކަށް ނެތެވެ. އާމިރުވެސް މިސްކިތައް ގޮއްސަ އަދި ނާދެވެ.

” މަންމާ މި ދަނީ ޒައި ޔާ އެކީ ބޭރައް” ޝާޔާ އޭނަ މަންމަ ފޯނަށް މެސެޖެއްކޮއްލޮއެވެ.

ޒައިހާ ބުނެގެން ވެސް ޝަހާންގެ އެކްސިޑެންޓް އަށް ފަހު ބޭރައްދާން ޝާޔާ ނިކުން މީ ފުރަތަމަ ފަހަރެވެ. އޭނާ އަށް އެނެއްކާ ހިތުގައި ތަފާތު އިހްސާސް ތަކެއް އުފެދުނީ ބާއެވެ.

މަޑުކުރުމެއް ނެތި ޝާޔާ ތުޑި އަށް ދިޔައީ ޒައިހާ އެތަނަށް އަންނާށޭ ބުނުމުންނެވެ.

ތުޑިއަށް އައިއިރުވެސް  ޒައިހާގެ ހަބަރެއް ނުވެއެވެ. އެހެންކަމުން ޝާޔާ އެތާހުރު ގޮޑިތަކާ ދިމާލަށްް ދާން ހިގައިގަތެވެ. އެދިމާލަށް ނެގި ފުރަތަމަ ފިޔަވާޅާއި އެކު އެދިމާ އަލިވެގެން ދިޔައެވެ.

*ފަސްޓްއައިއެމް ސޮރީ ޓު ލީވްޔޫ މިހާ ގިނަ ދުވަހަށް *ބަޓް އިޓް ވޯސް ރިއަލީ ޑިފިކަލްޓު ފޯމީ ޔޫ އާރ ދަ އޮންލީ ވުމެން އައިވޯންޓު ބީވިތް ސޯޑޯންޓްގޯ ބީވިތް މީ ފޯއެވާރ ބީ މައި ވައިފް މިސިސް ޝާޔާ*

ދިލިގެން ދިޔަ ބޯޑުގައި ލިޔެފައިވީ އެހެންނެވެ. އޭނާގެ ލޯތެރޭ ކަރުނަ ދުވެލިއެވެ. އަތް ހުޅުވާ ބޯޑުގެ ފަހަތުގައި ހުރި ޒުވާނާ ގައިގާ އޭނާ ގޮސް ބައްދާލިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

nashaayam
Follow Me Written By

nashaayam

Level 1

Love to write stories ❤️

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 3

Next

ލޯބިވެވުނީ 13

Next
January 30, 2024

ލޯބިވެވުނީ 13

Previews
January 28, 2024

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 3

One Comment

  1. imko 💕💕 says:
    January 31, 2024 at 6:37 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

Comments are closed.

Next Episodeއުމިރުގާ ކަލާޔާ އެކު-8←


All Right Reserved!