އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ދެ ޒުވާނުންނަށް ނަޒަރު ބަދަލުކޮށްލަން އެނގުނީ، އަނެއްކާވެސް ރުކަކުން ކާށްޓެއް ވެއްޓުނު އަޑަށެވެ. ތިބެވުނުގޮތް އިޙުސާސްވުމާއެކު، ޔަނާލް ޒައުލްގެ މޭގައި އަތް އަޅައި ކޮއްޕައިލާފައި ކޮޅަށް ތެދުވިއެވެ. ނުވާކަމަށް ހަދަމުން ޒައުލްވެސް ކޮޅަށް ތެދުވިއެވެ. ދެންމެ ހިނގައި ދިޔަ ކުޑަކުޑަ “އެކްސިޑެންޓް” އަށް ފަހު، ދެމީހުންވެސް ތިބީ އެކަކު އަނެކަކާ ދިމާއަށް ބަލައިލަންވެސް ނުކެރިފައިހެން ހީވެއެވެ. އިސްނެގީ އާރާވެ. ދާން ހިނގާށޭ ބުނެފައި އޭނާ ކުރިޔަށް ހިނގައިގަތުމުން، ޒައުލްވެސް އާރާގެ ފަހަތުން ހިނގައިގަތެވެ. ޙަޔާތުގައި މިވީ ނަވާރަ އަހަރު ތެރޭގައި އަދި ދުވަހަކުވެސް ނުކުރެވޭ އިޙުސާސެއް، ދެންމެ ހިނގައިދިޔަ ދެތިން މިނެޓުގެ ތެރޭގައި އަލަށް ކުރެވުނުކަން، ދެހިތަށްވެސް އެނގުންވެލައިގެން ދިޔައެވެ.
*** ** ***
“އަޅެ އެމީހުން ކޮބާތަ..؟” އެނބުރި އަނެއްކާވެސް ކުރިން ތިބި ހިސާބަށް ގޮސްފައި، އެއިން އެކަކުވެސް ފެންނަން ނެތުމުން ޔައިލް ކަންބޮޑުވިއެވެ.
“އުޅޭނެ މިތާ ކޮންމެވެސް ތާކު.. އެހާ ހާސް ނުވެބަލަ.. ޔަގީނޭ އެމީހުން އެ އުޅެނީ އަހަރުންނަށް ލަނޑެއް ދޭން ވެގެން ކަން..” އަޒަލް އެހެން ބުނި ނަމަވެސް ޔައިލްގެ ހިތް ހަމައެއް ނުޖެހުނެވެ. ޒައުލްމެން ނުފެންނަނީސް އެތަނުން ދާކަށް އޭނާގެ ހިތެއް ނުރުހުނެވެ.
“ހިނގާބަލަ ރަށުތެރެޔަށް އަރަން.. މިތާ ގަސްތަކު ތެރޭގަވެސް އެމީހުން އުޅެފާނެ..” އަޒަލްގެ އަތުގައި ހިފައިގެން ޔައިލް މިސްރާބު ޖެހީ ރަށުތެރެޔަށް އަރާށެވެ.
“އޭތް ކީކޭ..؟ ގަސްތަކު ތެރެޔަށޭ..؟ މަށަކަށް ނުކެރޭނެ މިޔޮށް ފަދަ ރޭގަނޑު ގަޑީގަ މިތާ ގަސްތަކުތެރެޔަށް ވަންނާކަށް..” އަޒަލް ވަގުތުން ޔައިލްގެ އަތަށް ދަމައިލިއެވެ.
“ސާބަހޭ ވިޔަރި ދައިތާ.. ނޫޅޭނޭ އެކައްޗެއްވެސް.. ކުރުސި ކިޔަކިޔަ ހުރެބަލަ.. އޭރުން ނުވާނެ އެއްވެސް ގޮތެއް.. ހިނގާ އެމީހުން ހޯދަން..” އެ ހުރި ގޮތަށް އަޒާގެ އަތުން ދޫކޮށްނުލައި ހުރެ، ޔައިލް އަނެއްކާވެސް ހިނގައިގަތީ ކުރިޔަށެވެ. ބިރުގަނެފައި ހުރި ނަމަވެސް، އަޒާ ޔައިލްއާ އެކީ ހިނގައިގަތީ ޔައިލްއަށް ފުރިހަމައަށް އިތުބާރު ކުރަމުންނެވެ. ހޭޅިފަށުން ލާފައި ގަސްތަކުގެ ތެރެޔަށް ވަދެގެން ދިޔަ އިރު، އަޒަލްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
“ޕޮއް!!” ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި އެމީހުންގެ ކުރިމައްޗަށް މީހަކު ފުންމައިލަމުން، ޔައިލްއަށާ އަޒަލްއަށްވެސް ލިބުނީ ސިހުމެކެވެ. އަޒަލް ވަގުތުން ހަޅޭލަވައިގަނެފައި ޔައިލްގެ ގައިގައި އެލިގަތް އިރު، ޔައިލް އަތުގައި އޮތް ފޯނުން އެދިމާއަށް އަލިކޮށްލައިފިއެވެ. އެއާއެކު، އެތަނުގައި ހުރި ޔަލީން ފެނިފައި ޔައިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަޒަލްވެސް ހަމަހޭވެރިކަންވީ ފަދައިން ހަށިގަނޑު ސީދާކޮށްލި އިރު މާނޭވާ ލަމުން ދިޔައެވެ.
“އަޅެ ޔޫ ގައިސްގެ ރިއެކްޝަން.. ހަހާ..” ބަނޑުގައި އަތް އަޅައިގެން، ގުދަށް އޮވެގެން ހެމުން ދިޔަ ޔަލީންއަށް ޔައިލްއާއި އަޒަލް ކަޅި އަޅައިލިއެވެ.
“ސާބަހޭ ޔަލް.. މިއޮށް ފަދަ ރޭގަނޑު ގަޑީ އެކަނި ގަސްތަކުގެ ތެރެޔަށް ވަދެ އުޅޭކަށް ބިރެއްވެސް ނުގަނޭ ދޯ.. ކޮބާތަ ޒައުލްއާ އާރޫ..؟” ގަސްބޯ އެތަނުން ނުކުންނަމުން ޔައިލް އަހައިލިއެވެ.
“އެމީހުން ދިޔައީ މިއޮށް ދިމާ ގަސްތަކު ތެރެޔަށް.. ޔަލް ދިޔައީ ރަށުތެރެޔަށް އަސްލު.. އެކަމް އެކަކުވެސް ފަހުން ނުފެނުނީމަ އަނެއްކާ މިތަނަށް އައީ.. އައި އިރު ދޮންބެމެން ތިބި ތަން ފެނުނީމަ ހިިތަށް އެރީ ސިއްސުވައިލާނީއޭ..” ޔަލީން ކިޔައިދިނެވެ.
“ކީއް ކުރަންތަ އެންމެން އެކީ ދޮންބެ ގޮވާ އިރަށް ދުއްވައިގަތީ..؟” ޔައިލް އެކި ދިމަ ދިމާ ހޯދަމުން ދިޔައީ ޒައުލްމެން ފެނޭތޯއެވެ.
“ދޮންބެއަށާ އަޒްތައަށް ޕްރައިވެޓް ޓައިމް ކޮޅެއް ދޭކަށްނު..” އެއް ލޯ މަރައިލަމުން ޔަލީން އެހެން ބުނުމާއެކު އަޒަލް ޔަލީންގެ ގައިގައި ބޮނޑިއެއް އެޅިއެވެ. ޔައިލް ހިނި އައިސްފައި ދެފަރާތަށް ބޯ ހޫރުވައިލީއެވެ.
“އެވަރުގެ މޮޔަ ކަންތައް ނޫނީ ޔަލްމެން ނުކުރާތި.. ޔަގީނޭ ޒައުލް ވަސްވާސް ދީގެން ކަން.. ދެންވެސް ހިނގާ އެމީހުން ހޯދަން..” ޔައިލްގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އަޒަލް ހިނގައިގަތީ ޒައުލްއާއި އާރާ ހޯދޭތޯއެވެ.
“ޔައިބޭ!!” ފަހަތުން ޒައުލްގެ އަޑު އިވުނުހެން ހީވެ، ޔައިލް އެދިމާއަށް ފޯނުގެ އަލި އަޅުވައިލިއެވެ. އެޔާއެކު ލަސް ހިނގުމެއްގައި އަންނަމުން ދިޔަ ޒައުލްއާއި އާރާ ފެނި، ޔައިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ސާބަސް ދެމީހުންނަށް.. ނުފެނިގެން ހޯދާތާ ކޮން އިރެއް..” ޒައުލްމެން އައިސް އެމީހުންނާ އަރާ ހަމަވުމުން ޔައިލް ބުނެލިއެވެ. ނަމަވެސް، ދެމީހުން ކުރެ އެކަކުވެސް ބަދަލުގައި އެއްޗެއް ނުބުނެއެވެ. ތިބި ގޮތަށް ހަނު ތިބީއެވެ.
“ދެމީހުންނަށް ކީއްވެފަތަ ތި ތިބީ..؟ ފައިޓެއް ހިންގައިލީތަ..؟” ޒައުލްއާއި އާރާގެ މިޒާޖުގައި ވީ ތަފާތު ފާހަގަ ކުރެވުމާއެކު އަޒަލް އަހައިލިއެވެ. އެޔާއެކު ޒައުލްއާ އާރާވެސް ހަމައެކަނި ދެފަރާތަށް ބޯ ހޫރުވައިލީއެވެ.
“ހިނގަ ދާން ދެންވެސް.. މިހާރު މަންމަމެން ތިބޭނެ އަހަރުމެން ނައިސްގެން ލަސްވެފަ..” ޔައިލް ކުރިޔަށް ހިނގައިގަތުމާއެކު އަޒަލް ޔައިލްގެ ފަހަތުން ހިނގައިގަތެވެ. އެ ދެމީހުންގެ ފަހަތުން ޒައުލްއާއި އާރާ ހިނގައިގަތް އިރު އެ ދެމީހުންގެ ޙަރަކާތްތަކުގައިވެސް ލަސްކަމެއް ވިއެވެ. މިކަން ފާހަގަވީ އެންމެ ފަހަތުގައި ހުރި ޔަލީންއަށެވެ. އެ ތޫނު ސިކުނޑިއަށް އެދެމެދުގައި ކޮންމެވެސް ކަމެއް ހިނގައިފި ކަން ފަހުމް ވާކަށް އިރުތަކެއް ނުނެގިއެވެ. ފަހުން އާރާއާ އެ ވާހަކަ ދައްކަން ނިންމަމުން ޔަލީންވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
*** ** ***
ޖެހިގެން އައި ދުވަހުގެ އިރު އެރީ އެންމެން އެކުގައި މޫދަށް އެރެން ދާން ތައްޔާރު ވަނިކޮށެވެ. ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށާ އެއްކޮށް އެންމެން ދިޔައީ މޫދަށް ދާން ތައްޔާރު ވަމުންނެވެ. ޔައިނާމެން ހުރިހާ އެއްޗެއް ހަމަ ކުރަން އުޅުނު އިރު ކުދިވެރީން ތިބީ ކޮންމެވެސް ސަކަރާތް ގަނޑެއްގެ ތެރޭގައެވެ.
“ދަރިފުޅާ އަޒް.. އާދެބަލަ ޔައިލް ގޮވައިގެން ދެކުދިން ވަރަށް އަވަހަށް..” ތަންކޮޅެއް ދުރުން ޒާރާ ގޮވައިލި އަޑު އިވުމާއެކު ފޫހިވެފައި އިނދެވެސް އަޒަލް ތެދުވިއެވެ. އަޒަލްގެ ފަހަތުން ޔައިލްވެސް ދިޔުމުން އެތަނުގައި ދެން ތިބީ ޒައުލްއާ އާރާގެ އިތުރުން ޔަލީންއެވެ.
ރޭއްސުރެ ޒައުލްއާއި އާރާގެ މިޒާޖަށް އައިސްފައިވާ ބަސްމަދު ކަން ޔަލީންއަށް އަނެއްކާވެސް ފާހަގަ ވިއެވެ. ދެންމެ ޔައިލް އެތަނުގައި އިން އިރު ޒައުލް ޔައިލްއާ ވާހަކަ ދެއްކި ނަމަވެސް، ޔައިލް ދިޔުމާއެކު މުޅި މީހާ ހިމޭންވި ފަދައެވެ. އާރާވެސް ނިޔަފަތިތަކާ ކުޅެން އިން އިރު، އެންމެ ފަހަރަކުވެސް އިސް އުފުލައި ބަލައިވެސް ނުލައެވެ.
“ދެމީހުން ކިހިނެއް ވެފަތަ ތި ތިބެނީ..؟ ރޭއްސުރެ ދެމީހުން އެކަކު އަނެކަކާ އަނގައިން ބުނަނީކީ ނޫން.. ކަމެއް ވީތަ..؟” އެންމެ ފަހުން ނީނދެވިގެން ޔަލީން އަހައިލިއެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް ޖަވާބެއް ނުދިނުމުން ޔަލީންގެ ޝައްކު ޔަޤީނަށް ބަދަލު ވިއެވެ. އެދެމެދުގައި ކޮންމެވެސް ކަމެއް ހިނގައިފިއެވެ.
ޒައުލްގެ ފޯނު ރިންގުވާން ފެށީ ޔަލީން އިތުރު ސުވާލެއް ކުރަން އުޅެނިކޮށެވެ. ކޯލަރ އައިޑީއަށް ބަލައިލާފައި، މޫނަށް ވައްތަރެއް ޖައްސައިލާފައިވެސް ޒައުލް ފޯނު ނެގިއެވެ.
“ހަލޯ މައި… ގުޑް މޯރނިން..” ވާހަކަ ދައްކަމުން ޒައުލް އެތަނުން ތެދުވެ، ދުރަށް ދާން ހިނގައިގަތެވެ. ޒައުލްގެ ދުލުން މައިރާގެ ނަން ބޭރުވުމާ އެކީ، އާރާ ދަތްކުނޑި ވިކައިލި މަންޒަރު ޔަލީންއަށް ރީތިކޮށް ފެނިގެން ދިޔައެވެ.
“އެ މައިރާވެސް ޖެހޭތަ ކޮންމެހެން މިގަޑީގަ ޒައުލްއަށް ގުޅަން.. އޭނައަށް ނޭނގޭތަ ޒައުލްވެސް ފެމިލީއާ އެކީ ޓައިމް ސްޕެންޑު ކުރަން ޖެހޭނެ ކަމެއް.. މިކަހަލަ ދަތުރެއްގަ އައިސްވެސް ސައްވީސް ގަޑި އިރު ހަމައަށް ޒައުލް އުޅެން ވަނީ އެ މައިރާ ފަހަތު ލައިގެންތަ..؟” ޒައުލް ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން އާރާގެ ދުލުން ބޭރުވަމުން ދިޔަ ލަފްޒުތަކުން ޔަލީން ހައިރާންވިއެވެ. އެހެންޏާ އާރާ އަކީ ދުވަހަކުވެސް އެހާ ރުޅިވެރިކަމާ އެކީ އެއްވެސް މީހަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ކުއްޖެއް ނޫނެވެ. މިވީ ގޮތުން ޔަލީންގެ ހިތުގައިވީ ބުނުން އިތުރަށް ސާފުވެގެން ހިނގައްޖެއެވެ.
“އާރޫ.. ޔޫ ލައިކް ހިމް.. ދޯ..؟” ޔަލީން އެހެން އަހައިލުމާއެކު އާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބޮޑުވެފައިވާ ދެލޮލުން ޔަލީންއާ ދިމާއަށް ބަލަހައްޓައިގެން އިން އިރު އަމިއްލަ ހިތުގެ ތެޅުން އެތައް ގުނައެއް އަވަސް ވެގެން ދިޔަކަން އާރާއަށް ފާހަގަ ކުރެވުނެވެ.
“ނޫން.. ދެން ޔަލް ކީއްވެތަ އަބަދު އެހެން ކިޔަނީ..؟ ޒައުލް އަކީ އަހަރެންގެ ކަޒިންއެކޭ.. އަހަރެންގެ ކަޒިން ދެކެ އަހަރެން ލައިކްއެއް ނުވާނެ އެއްނު.. މިޒަމާނުގަ ކާކުތަ ކަޒިންއަކާ ލައިކް ވާނީ..؟” މޫނަށް ވައްތަރެއް ޖައްސައިލަމުން އާރާ ބުނެލިއެވެ.
“އާރޫ… އަމިއްލަ ނަފްސަށް ތިހެން އޮޅުވާލައިގެން އާރޫ ބޭނުން ދުވަހެއް ވަންދެން އުޅެވިދާނެ.. އެކަމަކު ކޮންމެވެސް ދުވަހަކުން ހަގީގަތާ ކުރިމަތިލާން ޖެހޭނެ.. ޒައުލް އަކީ އާރޫގެ ކަޒިންއަކަށް ވީމަ ކޮބާތަ މައްސަލަ އަކީ..؟ ކަޒިންސްއާ ކައިވެނި ހަލާލޭ.. އެކަމަކު ޒައުލް ދެކެ ލައިކް ނުވާ ނަމަ ޒައުލް އަންހެން ކުއްޖަކާ އެކީ އުޅޭ އިރަށް އާރޫއަށް ތި ހުރިހާ އުނދަގޫ ތަކެއް ނުވާނެ.. ކަމޯން އާރޫ.. އަމިއްލައަށްވެސް ވިސްނާލާބަލަ..” އެހާ ހިސާބަށް ޔަލީންއަށް ބުނެވުނު ތަނާ މިލާން ގޮވާ އަޑު އިވުނެވެ. އާރާއަށް އަވަސް ނަޒަރެއް ދީފައި ޔަލީން އެތަނުން ތެދުވެގެން ދިޔައެވެ.
ޔަލީން ދިޔުމާއެކު އާރާއަށް ވިސްނައިލެވުނެވެ. އޭނާއަށް ހަމަ އަސްލުވެސް ޒައުލްއާ ގަޔާ ވެވުނީ ބާވައެވެ؟ އެ ހިތުން ޒައުލްއަށް ޖާގައެއް ދެވުނީ ބާވައެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ޒައުލް އަކީ އޭނާގެ ދެބެންގެދެދަރި ކުއްޖެކެވެ. އޭނާގެ ބޭބެއެއް ކަހަލަ ފަރާތެކެވެ. ވީ އިރު އޭނާ ޒައުލް ދެކެ ލޯބި ވުމުން މުޅި ދުނިޔެވެސް އޭނާއަށް މަލާމަތް ކުރާނެއެވެ. މުޅި ޢާއިލާވެސް އޭނާއާ މެދު ނުރުހޭނެއެވެ. އޭނާ ޒައުލް ދެކެ ލޯތްބެއް ނުވާނެއެވެ. ދުވަހަކުވެސް ނުވާނެއެވެ.
*** ** ***
އެރަށުގެ ތުނޑިއަށް ގޮސް، ސައި ބޮއެ ނިމިގެން އެންމެންވެސް ދިޔައީ މޫދަށް އެރޭށެވެ. އެންމެން އެކުގައި ސަކަރާތް ޖަހަމުން ދިޔަ އިރު، ވޭތުވާ ކޮންމެ ސިކުންތެއްވެސް ހުރިހާ ހިތްތަކެއްގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. މިފަދަ އަމާން، ހަމަހިމޭން މާޙައުލަކަށް އާދެވުނީތީ އެންމެންވެސް ތިބީ ނުހަނު ހިތްހަމަ ޖެހިފައެވެ.
މޫދުގައި އޮވެއޮވެފައި ވަރުބަލި ވެގެން ޔަލީން މޫދުން އެރީ ފެން ބޯށެވެ. އެމީހުން ގެނައި ފެންފުޅިތައް ހުރި ދިމާއަށް ގޮސްފައި، އެތަނުން ފުޅިއެއް ނަގައި، ދެތިން ކޯވަރު ބޯލިއެވެ. އޭރުވެސް ވަރުބަލިކަން ނުފިލާތީ ޔަލީން ބޭނުންވީ އިހަށް މޫދަށް ނޭރި އެތަނުގައި ހިނގައިލާށެވެ. މޫދުގައި ތިބި އެންމެންނަށް އަވަސް ނަޒަރެއް ދީފައި، ޔަލީން އޭނާގެ ދަބަސް ހާވައިލިއެވެ. އޭގެ ތެރެއިން ނެގި ކުޑަ ކެމެރާ ހިފައިގެން ޔަލީން މިސްރާބު ޖެހީ ހޭޅިފަށާ ދިމާއިން އުތުރަށެވެ.
ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔަ އިރު ފެންނަމުން ދިޔަ ޤުދުރަތީ ހިތްގައިމު މަންޒަރުތައް ޔަލީން ދިޔައީ ކެމެރާގައި ރައްކާ ކުރަމުންނެވެ. ވަށައިގެންވީ މާޙައުލަށް ނަޒަރު ހިންގަމުން ދިޔަ އިރު އެ ތުންފަތުގައިވީ މާނަފުން ހިނިތުންވުން ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ.
އެއްލި ކަޅިން ޔަލީންއަށް ރާޅު ޖަހާ ފަށުގައި ހުރި މީހަކު ފެނުނެވެ. އެވަގުތު އޭނާ އެކަނި އެތަނުގައި ހުރުމުން ޝައުޤުވެރި ނަޒަރެއް ޔަލީންއަށް އެ ޒުވާނާއަށް ދެވުނެވެ. ބާމަތި ފުޅަލެވެ. ދިގު އިސްކޮޅެކެވެ. ހަމުގެ ކުލަ މާ އަލި ނުވި ނަމަވެސް ރީތިވެފައި، ފުރިހަމައެވެ. ބޮލުގެ އިސްތަށިގަނޑު އެއްވަރަކަށް ކޮށައިލާފައި އޮތް އިރު ތުނބުޅިވެސް ތުނިކޮށްފައި ހުރުމުން ފިރިހެންވަންތަކަން ހާމަވެއެވެ. ލައިގެން ހުރި އަތް ކުރު، މަޑު ނޫކުލައިގެ ގަމީސް އެ ފިރިހެންވަންތަ ހަށިގަނޑަށް ހިފައިލާފައި ހުރި ގޮތުން ޔަލީންގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. ތިރިން ލާފައި ހުރި ހުދު ކުލައިގެ ސޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުރި އިރު، ފިރިހެންވަންތަ ކަމުގެ އިންތިހާއެވެ. ވަށައިގެންވީ އުދަރެހަށް ނަޒަރު ހިންގައިލުމާއެކު އެ ޒުވާނާގެ ތުންފަތަށް މާނަވީ ހިނތުންވުމެއް ވެރިވިއެވެ. ހިނިތުންވެލުމާއެކު އެ ޒުވާނާގެ ވައަތު ކޮލަށް އެޅުނު އަޑިކޮޅުން ޔަލީންގެ ހިތް އޭގެ މަޤާމުން ދޫވެގެން ދިޔަ ފަދަ އިޙުސާސެއް ކުރެވުނެވެ. އެ ޒުވާނާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފު ކުރެވުނު އިރު، އަތުގައި އޮތް ކެމެރާއިން އެ ޒުވާނާގެ ހިތްގައިމު ތަސްވީރެއް ރައްކާ ކޮށްލިއެވެ.
ކެމެރާގެ ފްލެޝްގެ އަޑާ އެކު އެ ޒުވާނާ ކުއްލިއަކަށް ޔަލީންއާ ދިމާއަށް ބަލައިލިއެވެ. އޭނާއާ ދިމާއަށް އަމާޒު ކުރެވިފައިވާ ކެމެރާ ފެނި އެ ޒުވާނާގެ ދެބުމަ ގޮށް ޖެހުނެވެ. ޔަލީންއާ ދިމާއަށް ބަލައިލި ރުޅިވެރި ނަޒަރުން ޔަލީން ފިއްސައިލަފާނެހެން ހީވިއެވެ. އެ ޒުވާނާގެ ރުޅިވެރި ނަޒަރު އަމާޒުވުމާއެކު ޔަލީންއަށް ހިންދިރުވައިލެވުނެވެ. ނުވެސް ދަންނަ މީހެއްގެ ފޮޓޯ ނެގުމުން އަމިއްލަ ނަފްސަށް އެތައް ފަހަރަކު ކުދި ކިޔުނެވެ. ޔަލީންގެ ހިތުގައިވީ ބިރުވެރިކަން އިތުރުވެގެން ދިޔައީ އެ ޒުވާނާ އޭނާގެ ކައިރިޔަށް އަންނަން ފެށުމުންނެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ޔަލީންއަށް ހުރި ތަނުން ގުޑިލަންވެސް ނުކެރުނެވެ.
“ޝަޔާމް..” ކުއްލިއަކަށް ފަހަތުން މީހަކު ގޮވައިލި އަޑަށް އެ ޒުވާނާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ފަސް އެނބުރި ބަލައިލި އިރު ފަހަތުގައި އިތުރު ޒުވާނަކު ހުއްޓެވެ. އޭނާ އަތުން ހަނާ އަޅައިލުމާއެކު، ޝަޔާމް އެނބުރި އެ ޒުވާނާއާ ދިމާއަށް ދާން ފެށިއެވެ. ޝަޔާމް ފަސްއެނބުރުމާއެކު ޔަލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ވަގުތުން އޭނާވެސް ފަސްއެނބުރި ދުއްވައިގަތީ ޝަޔާމްގެ ފަރާތުން އަތުވެދާނެ ޙަމަލާއަކުން ސަލާމަތް ވުމަށެވެ.
“ކީކޭ ނަވީން..؟” ޝަޔާމް އޭނާގެ އެކުވެރިޔާއާ މުޚާތަބު ކުރަމުން އެއްސެވެ.
“އެކޮޅަށް ދާން ވެގެން.. އެމީހުން ގުޅައިފި.. ބްރޯ ކޮން ކަމަކާތަ ނިތަށް ރޫ އަރުވައިގެން ތި ހުންނަނީ..؟” ނަވީން ސުވާލު ކުރުމާއެކު ޝަޔާމްގެ އަތް މުއްކެވިގެން ދިޔައެވެ.
“މީ ދެންމެ އެތާ ހުރި މަންޖެއެއް މަގޭ ފޮޓޯ ނެގީމަ..” ޔަލީން ދެންމެ ހުރި ދިމާއަށް ބަލައިލި އިރު، އޭނާ ޖެހިތާ ލަކުނުވެސް ނެތެވެ. އެހާ އަވަހަށް އެ އަންހެން ކުއްޖާ އެ ދިޔައީ ކޮން ތަނަކަށް ބާވައޭ ޝަޔާމްގެ ހިތަށް އެރިއެވެ.
“ސާބަހޭ.. ރީތި މީހުން ފެނުނީމަ މީހުން ފޮޓޯވެސް ނަގާނެ.. އެހާ ބޮޑު ކަމަކަށް ނުހަދަބަލަ.. ޝަޔާމްމެން ކަހަލަ ރީތިކަން ހުސްކޮށްގެން ތިބޭ ފިރިހެނުން ފެންނަ އިރަށް ފޮޓޮއެއް ވިޔަސް ބޭނުން ނުވާނީ ކޮން މަންޖެއެއްތަ..؟” ލުއި ހުނުމަކާ އެކީ ނަވީން އެހެން ބުނުމުން ޝަޔާމް ހަމައެކަނި ހިނިތުންވެލީއެވެ. ދެ ޒުވާނުން އެކުގައި ރަށުތެރެޔަށް އަރަން މިސްރާބު ޖެހި އިރުވެސް، ޝަޔާމްގެ ޚިޔާލުގައި ވީ ދެންމެ ފެނުނު ގޮތް ނޭނގޭ އަންހެން ކުއްޖާއެވެ. ނޭނގޭ ސަބަބަކާ ހުރެ ދެވަނަ ފަހަރަށްވެސް އެ ކުއްޖާއާ ދިމާވޭތޯ ޝަޔާމްގެ ހިތް އެދެން ފެށިއެވެ.
*** ** ***
ދުވަމުން ދުވަމުން ގޮސް ޔަލީން ހުއްޓުނީ އެމީހުން މޫދަށް އެރެން އައިސް ހުރި ހިސާބުގައެވެ. އޭރުވެސް އެންމެން ތިބި ގޮތަށް މޫދުގައި ތިބުމުން ޔަލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދޮންވެލިގަނޑު މަތީގައި އިށީނދެލަމުން ޔަލީން އޭނާގެ ކެމެރާއިން ނެގި ފޮޓޯތައް ބަލަން ފެށިއެވެ. އެންމެ ފުރަތަމަވެސް އިނީ އެ ގޮތް ނޭނގޭ ޒުވާނާއެވެ.
“ޝަޔާމް…” ޔަލީންގެ ދުލުން އެ ނަން ބޭރުވީ އިރު އެ ތުންފަތުގައިވީ ހިތްގައިމު ހިނިތުންވުމެކެވެ. މީހާއާ އެއްވަރަށް ނަންވެސް ރީއްޗެވެ. އެހާ ގުޅެއެވެ. އޭނާގެ ހިމަ ހޯލި އިނގިލިތަކުން ފޮޓޯގައި ފިރުމައިލި އިރު، އެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. ދާދި ދެންމެއަކު ފެނުނު އެ ޒުވާނާ ހަމަ ޔަގީނުންވެސް އޭނާގެ ހިތާ ކުޅެލައިފިއެވެ. އެ ޒުވާނާގެ އެހެން ފެނިލުމަކަށް އެދި އެ ހިތް ބޭޤަރާރު ވާން ފެށިއެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު ޔަލީން އަނެއްކާވެސް ގޮސް މޫދަށް އެރުނެވެ. އެންމެން ޖަހަމުން ދިޔަ ސަކަރާތުގައި ބައިވެރި ވިއެވެ.
ރާޅު ޖަހާ ފަށުގައި އެންމެންނާ ދިމާއަށް ބަލަން އިން އާރާގެ ތުންފަތުގައި އަބަދުވެސް ހުންނަ ފަނޑު ހިނިތުން ވިއެވެ. މޫދަށް އެރި، ސަކަރާތް ޖެހުމަކީ އޭނާ އެއް އިރެއްގައިވެސް މާ ގަޔާވާ ކަމެއް ނޫނެވެ.
އަމިއްލަ ޚިޔާލުތަކުގައި އިން އާރާއަށް ސިހުމެއް ލިބުނީ މީހަކު އޭނާގެ ކައިރީގައި އިށީން ކަމުގެ އިޙުސާސް ކުރެވުމުންނެވެ. އޭނާއަށް ހިނިތުންވުމެއް ރައްދު ކޮށްލި ޒައުލް ފެނިފައި، އާރާވެސް ކުޑަކޮށް ދެތުންފަތް ފޭކޮށްލިއެވެ. ޒައުލްއަށް ނުބަލަން ވެގެން އާރާ ވަގުތުން އިސްދަށަށް ޖެހިއެވެ.
“އާރޫ.. އަދިވެސް ރޭގަ ވީ ކަންތަކުން އޮކްވާރޑް ވެފަތަ..؟” ޒައުލް އަހައިލީ އާރާގެ އެ ދުރު ކަމުން އުނދަގޫވެ ހުރެއެވެ. ޖަވާބުގައި އާރާ އެއްވެސް އެއްޗެއް ނުބުނެ އެ އިން ގޮތަށް އިނުމުން ޒައުލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“ރޭގަ ވީ އެއްވެސް ކަމަކުން އާރޫ ހިތްހަމަ ނުޖެހުނު ނަމަ ވަރަށް ބޮޑަށް ސޮރީ.. އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން އެއީކީ.. އެވަގުތު އެގޮތަށް އާރޫއާ ކައިރި ވެވުނީ ގަސްތަކު ނޫން.. އެކަމަކު ދެން ތިހެން އަހަންނާ ވާހަކަ ނުދައްކާ ނުހުރޭ.. އައި ނެވަރ މެންޓް ޓު ގިވް ޔޫ ދަ ރޯނގް އިންޓެންޝަން.. ވީ އަރ ޖަސްޓް ކަޒިންސް އެއްނު..” ޒައުލްގެ އަނގައިން “ކަޒިންސް” އޭ ބުނެލުމާއެކު އާރާގެ ހިތަށް ނޭނގޭ ތަދެއް ވެލައިގެން ދިޔައެވެ. ނޭނގޭ ސަބަބަކާ ހުރެ އެ ގުޅުން އޭނާއާއި ޒައުލްގެ މެދުގައި އޮތުމުން އެ ހިތް ރޯލިއެވެ. އެޔަށްވުރެ ތަފާތު ގުޅުމަކަށް އެ ހިތް އެދެން ފެށިއެވެ.
“އިޓްސް ފައިން ޒައުލް..” ހަމައެކަނި އެހެން ބުނެލާފައި، ޒައުލްއަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން އާރާ އެތަނުން ތެދުވިއެވެ. ކިތަންމެ މޫދަށް އެރެން ބޭނުން ނުވި ނަމަވެސް، އާރާ ގޮސް ލޮނުގަނޑުގެ ތެރެޔަށް ގެނބިގަތީ ޒައުލްގެ ކުރިމަތީގައި ހުންނަން އުނދަގޫވީ ވަރުންނެވެ.
އާރާ ދިޔަ ދިމާއަށް ބަލަން އިން ޒައުލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެންމެ އޭނާގެ ދުލުން ބޭރުވީ އެއްވެސް ލަފްޒަކީ އޭނާ އަމިއްލައަށް ބޭނުން ވެގެން ބުނި އެއްޗެއް ނޫނެވެ. އެއީ އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން ބޭނުންވާ ގޮތެވެ. ނަމަވެސް އަމިއްލަ ހިތުގެ ހާލު ޒައުލްއަށް އެނގެއެވެ. އެ ހިތް އެދެމުން ދަނީ އާރާއަށް ކަންވެސް އެނގެއެވެ. ނަމަވެސް އެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ޒައުލްއަށް އެކަން ފާޅު ކުރަން ކެރިދާނެ ހެއްޔެވެ؟ ނޫނެކެވެ. އެ ހިތްވަރެއް އޭނާއަކަށް ނުކުރެވޭނެއެވެ. އަމިއްލަ ހިތް ވިސްނައިދެމުން ދިޔަ ޙަޤީގަތުން މިންޖުވާން ޒައުލް ބޭނުން ވިއެވެ. އަމިއްލަ ނަފްސު ދެކެ އާދެވިފައި ހުރި ރުޅިން އޭނާއަށް އަތް މުއްކަވައިލެވުނެވެ. އެ އަތުން ދޮންވެލިގަނޑުގައި ތިން ފަހަރު ބާރަށް ޖެއްސެވެ. ކުޑަކޮށް ރުޅި ފިނިވެގެން ދިޔަހެން ހީވުމާއެކު ޒައުލް އެތަނުން ތެދުވެގެން ގޮސް، އަނެއްކާވެސް އެންމެންނާ ބައިވެރި ވިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Mi part vx v Reethi masha allah
Can’t wait for next part
Love you
Thank you so much Cutie girl 🩷
Love you more darl 🩷
Hey nayaa
Mi episode ves varah reethi Masha Allah.
Mihaaru dhen yaleen ge soraa ves dhimaa vee thaa dho e.e feshuny ingey vaahaka.i mean loabeege kulhi gandu.
Nayaa this is my opinion ingey.yaleen ah yal kiyunuge badhalu ga leen kiyan veenu.aslu yal ineema enme furathama heekuri yail kamah.ekam fahun inguny yaleen kan.leen heevey maa yaleen aa gulhey hen.in my opinion ingey.dhrn nayaa beynun gotheh dho onnanee.i know your decision is perfect always.ekam mee Rifoo ge idea eh ingey.
Kon irakun next episode kiyaalan libeyni
Can’t wait for the next part
Love you nayaa 💋
Heyy rifoo
Thank you sm darling.. means a lot 🤗🩷
Ahaha yh dhw
Oh well thank you for sharing your opinion dear.. yaleena ah nickname egge gothun yal kiyaafa aslu eynee kamaku.. hehe.. vhk ge vaki hisaabakun adhi yaleen ge nickname akah leen ves annaane.. nayaa beynun v yaleen ge nickname akah leen kiyaafa enme meehaku govaa gothah hadhan.. it would make yaleen and her partner ge story cuter.. plus vhk ge mihaa hisaabun enmen yal kiyaafa dhen leen ah change kohleema baeh readers confuse vedhaane dhw.. well don’t worry rifoo darl, adhi yaleen ge nickname akah leen ves annaane, ekam thankolheh special koh hehe.. once again, dhekey goiy haama kohleema hama vrh ufaa vejje.. your opinions are always welcome ingey..🤗🩷
Next part Friday ga In Sha Allah.. keep waiting 🩷
Love you more rifoo 🩷
Hey nayaa mi vaahak vx hama varah reethi maashah allah… 😊
I can’t wait for the next part…☺️
thank you sm darling <3
means a lot <333
Alhe aaraa aa zaul aa Gulheyne nama dhww naayoo…btw mi part vx vrh reethi ingey…waiting for next 💞
yesss nayaa ves mi hithah arany thihen.. ekam aaraa and zaul egothah thibiyyaa kihineh dhw gulhuvaany vess?? hehe
thank you darl <333
vrh luwbiii
cousins ar kaiveni halaaley?! 😳 thivynu dhn.
hehe aslu cousin ge best frnd beynun vany.. i Have Twins dhe soru cousins akah. ekam Islam gadyga kaiveni filaavalhu negyru vx cousins ar kaiveni halaaley bunyma hadhaan v emeehun ge best frnd mathin. let’s call emeehun best frnd ah N dhw. hmm dhn “N” talks to me ingey ekam I feel nervous nd anga olhigen vhk vx nudhehkey. i mean is dis luwbii or wut?!…
N eii hama childhood in feshigen adhi adhah vx crush.. i think eyna have a gf but not sure . cousins kairy ahan vx nukereny. 😅.
hehe Idk why I’m wasting my life thinking abt him when he doesn’t prolly even care abt me…. life ey bunyas 8 ga miulheny…”N” i ah vuren 1 yr bodu..
It’s crazy why I’m in second thoughts bc schl nimifa huri soreh wait kuran bunyma.. nd he told my sista which used to be eyna classmate schl ga ulhunyru. nd my sista be like he’s really gud ehh. dhn mihr e soru mamma ah vx gulhaigen bunefi waiting ga i bahahta dheysho. vrh handsome sorehh nddd he’s my neighbour. resort ga ulhefa annaane dhuvas kolhun. dhn i ah beyrah nukumevey gadyga magumathy hurihyaa..dhn vaane goy u guys visnaala…
Id say “N” is more handsome. heheh 😭.
Anyways did I jus told y’all abt my luw lifee. Which is boringzz but sorry for da long comment. ly nayaa 💗✨
thanksss <3
ahaha yeahh aslu cousins aa kaiveni halal.. nayaa ves nayaa ge cousins dhekeny sinbling brothers gothuga but there are some ppl dhw hama cousins dheke loabi vegen kaiveni kuraa.. and its completely fine and halal hama.. hehe
ooooohhh.. oh honey i have not a single idea of loabi TT .. so im afraid i cant really tell you if thats love or not hehe.. but vhk thakuga ehen dhw hunnany.. dhen neynge hama.. im not good at giving love advice adhi migothah romantic vhk liyunas hehe.. i hv 0 romance knowledge..
oh damnnn you have such an interesting love life hehe.. manma ah ves gulhy eyy?? and you're grd 8 ga?? woww!! and then theres me who finished scl and still have never been lucky enough to experience thikahala love life eh hehe.. tbh idek how i write such romantic shit in my stories when i have 0 experience
ahaha its completely fine.. this is a safe place for everyone <3
lym dear <333
btwss next part ah desperate!!! ND curious!!!
waiting patiently.
lyy, 😀
next part in sha allah friday ge kurin submit kohlaanan
lym <3
Hey naaya how’s u? Mi part vx vrh reethi engey.. Alhey aara and zaul ah kihinehba vaany.. They both like each other.. and azal and yail haadha majaly.. They are also falling for each other.. I got second hand embarrassment for yaleen😭😭 e manje haadha halnyey and boy eh photo nagany? Woah😭😭.. I hope they end up together too.. Curiously waiting for next part.. Lyssm❤
Heyy maash
Alhamdhulillah hama baraabaru.. maash kihineh tha??
Aww thank youu dear
Hehe let’s see dhw dhen zaul and aaraa ah vaa goiy.. yail and azal eii dhen hama afaan and zara ge young iru dhwww..hehe.. hingaa dhen balamaa who they’re going to fall for.. omg yesss nayaa ves e scene liyan indhefa ves embarrass vi.. yaleen haadha ladhu gannaaney dhw 😭.. ahdheyy maash ah heevany tha?? Yaleen nikan gadha vaaney 🤭
Lym maash 🩷
Heyyy Naya
So glad you’re back
Comment nukuriyas vhk kiyan
As always vhk hama vrh vrh furihama
Ma Sha Allah 💗
Keep up the good work girrrl
Can’t wait for the next part🤍
Heyyy dear
I’m glad to see your comment too hehe
Thank you sm darls 🩷
owwwhhhh damnnn hehe
you must be so pretty Masha Allah 😍
you should be confident with what Allah blessed you with.. so be happy with your eyes.. plus I’m sure there are MANY girls who’d love to have your rare eyes hehe 🩷
Your name’s pretty too hehe.. ingeytha I used to hate my name too Kuda iru.. my real name isn’t nayaa hehe.. it’s actually shaayan.. kinda hated it kurin cuz kudhin kiyaane boy name ekey.. but love it mihaaru hehe.. I hated my hair too but alhamdhulillah, I love every single thing about me mihaaru, and you should too..🩷
awww dear it warms my heart to know that my stories helps you 🥹🩷
yess okii
lym naash 🩷
Owhh so sorry.. this comment was supposed to be a reply to @sHa_Naash
Olhigen eyni Reader ge comment ah reply dhevifa.. so sorry once again
yass mommi ah vx gulhi nd I’ve nvr been asked to be someone’s dhw. ekam cousins kairy vrh kudhin kiya yoa set kohdheyshe…kuri mahchah aihsa bunaakah nukerey.. It’s like I almost nvr go out except for schl.. tiution ah used to go ekam firihen kudhin balaa thee nudhany 🙄. so I’m home tiuioned..
schl ga vx kudhin balaa varun undhagu vefa innany.
eyy adhi ehdhuvahu dis short boy in our class wrote me a poem.. hehe it’s like real life kn drama.. It lit said “ur pale skin,ur weird eyes, ur dimples, but all those urs are meant to be for me” like dats so cheesy.. btw I indeed have weird eyes.. eii hydrochromic eyes.. furathama born v ru Parents heekury disease eh kamah..cuz maldivian ah vrh rare v ma..idont like mah eyes I hate em.
all those I hate my name tooo it goes shanaash. Ahh it’s long ass.
hehe dhn ekam vx ur story helps me wit my situation…
Call me naash..
lyy darlss~
Awh tysm <3
stupid ass auto correction ahh. it's heterochromic eyes…Ik dhw ppl Would feel special in these eyes but it's insecuring for me to have ppl doubting my nationality judging by my eyes.. ur so lucky allah blessed u to be confident in ur self.. 💗
Idk maybe one day I might be able to send u a pic of my eyes.. hehe.
أنشأ الله
Anytime darlss
Owhhh aha.. I knew that was what you meant so no worries hehe
Ahh yess thats so understandable hehe..
Awwhh well tbh I wasn’t always this confident.. tbh adhives aadhey insecure vaa faharu faharu.. but overall I’m very very confident with myself hehe.. it took a lot of effort.. and In Sha Allah one day you can be confident too.. just don’t give a damn to what ppl say and listen to yourself..🫶🏽
Awwhh yesss I would love to see those pretty eyes hehe.. 🥹🩷
konirakun dhnn next episod nereny….
Vaahk hama vrh salhi
Masha Allah
kon irakunn next episode
Heyyy Nayaaa
Mi episode vx hama vrh reethi
Mi vaahkaage trailer kiyaalan libunsure vrh wait kurevey mi vaahk ah….
kuriah oiyy baathakah vrh curious vefa mi hureee….
Can’t wait for the next part