Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވެވުނީ ލޮތްބޭ….

That girl Level 1
January 2, 2024 3 Mins Read
7 Comments

މީހުން ބުނެ އުޅޭ އަޑު އަހަމެވެ. ލޮތްބަކީ  އެމީހެއްގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސްތަކެކެވެ. އެކަމުން އުފަލާއި ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ނަމަވެސް ލޮތްބަކީ މިހާރު އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫނެވެ. އާނއެކެވެ. އެހެން މީހުން ނެކޭ ވެސް އެއް ފަދައިން އަހަރެން ވެސް ލޯބިވީމެވެ. އެކަމަކު… އަހަރެންގެ ޙަޔާތުގެ ލޯތްބާަކީ ދެން ދުވަހަކުވެސް ލިބޭނެ އެއްޗެއް ކަމަށްކައް އަހަރެން ގަބޫލެއްނުކުރަމެވެ.

 

3 އަހަރު ކުރިން …

“އޮހޯ ކިޔާ..މާ ތިއްތި ދެއްކިގެން ކޮންތާކަށް ތި ދަނީ ؟” ލާނެއް ހިނިތުން ވުމަކާއެކު ތާނީ ބުނެލިއެވެ. “ތާނީއަކައް ނޭނގޭތަ މިއަދު މީ ކިޔާއާ މީޝާކް ގެ އެނިވާރސަރީކަން. މިއަދައް އެވީ 2 ޔާރސް އެއްކޮށް އުޅޭތާ. އައި އޭމް ސޯ ހެޕީ. ކިޔާ ބުނިން މީޝާކް ކައިރީ މިރޭ ބިޒީއޭ އެހެން ކިޔާފަ ސަޕްރައިޒެއް ދޭން މިދަނީ އެގެޔަށް. ރީތި ދޯ” އަމިއްލަ ނަފްސަށް ބަލަން ހުރެ އަހަރެން ނަތާ ކައިރީ ބުނެލީމެވެ. “އަފކޯޒް ކިޔާ ޔޫ އޯލްވޭސް ލުކް ގްރޭޓް.” އަހަރެންގެ ގައިގައި ބައްދާލަމުން ނަތޫ ބުނެލިއެވެ. ރަތް ކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުމާއި، ކިޔާރާގެ ފަން އިސްތަށިގަނޑުގެ ސަބަބުން އޭނާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭކަހަލައެވެ. ކިޔާރާ އަކީ މަޔަކާއި ބަފައެއްގެ ލޯބި ނުލިބި ބޮޑުވެފައި ހުރި ކުއްޖެކެވެ. އޭނާ އެންމެ ކުޑައިރުއްސުރެ އޭނާގެ މަންމައާއި ބައްޕަގެ ފަރާތުން ނަފުރަތު ނޫން އެއްޗެއް ލިބިފަކައެއް ނެތެވެ. އެ މައުސޫމް ފުރާނަ އެއްމެ ތުއްތު އިރުންސުރެން ބަލަމުން ގެންދިޔައީ ކިޔާރާ ގެ މަންމަގެ ދައްތަ މަނާއްތައެވެ. މަނާއްތަގެ އެހީ އާއެކު ކިޔަވަމުން އައިސް ކިޔާރާ މިހާރު ކިޔަވަމުން އެދަނީ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރުކަމެވެ.

 

ގާތްގަޑަކަށް 11:30 ވާން ވެފައި ހުއްޓާ އަހަރެން ގެއިން ނިކުތީ މީޝާކްގެ ގެޔަށް ދިއުމަށެވެ. ކާރެއް ލިބުމާއެކު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އޭނާއާ ބައްދަލުވެވޭނެ އިރަކަށެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. މީޝާކް އަކީ އަހަރެންގެ އެންމެ ފުރަތަމަ ލޯބިވެރިޔާއެވެ. އަހަރެން އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ކާރު ގޮސް އޭގެ މަންޒިލައް ހުއްޓުމާއެކު އަހަރެން ކާރުން ފައިބައިލީމެވެ. މަޑު ފިޔަވަޅެއްގައި ހިނގަމުން ގޮސް ލިފްޓައް އަރައި 6 ވަނަ ފްލޯއައް ފިއްތައިލީމެވެ. ލިފްޓުން ފޭބުމަށް ފަހު އަހަރެން ގޮސް މީޝާކް ގެ އެޕާރޓްމެންޓް ކުރިމަތީގައި ހުއްޓިލީމެވެ. އެވަގުތު އަހަރެންގެ ނަޒަރު ހުއްޓުނީ މީޝާކް ގެ ފައިވާން ކައިރީގައި އިން އަންހެން ފައިވާނަކަށެވެ. ވާނުވާ ނޭނގި ހުރެ އަހަރެން އޭނާގެ ދޮރުގައި ޓަކި ޖަހައިލީމެވެ. ދޮރު ހުޅުވައިލިއިރު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. މީޝާކް ގެ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނިފައެވެ. އެއީ މީޝާކް ގެ ކުރީގެ ލޯބިވެރިޔާ ލީންއެވެ. ލީން ލައިގެން ހުރީ ހަމައެކަނި މަތިކޮޅެކެވެ. އަދި މީޝާކްގެ ގައިގެ އެތަން މިތަނުގައި މޭކަޕްގެ ނިޝާންތަކެއް ހުއްޓެވެ. “މ. މީޝާކް.. ތި.. ތި ކީއްކުރަނީ.. ޔޫ.. އެންޑް ލީ-“. އަހަންނަށް ބުނެވުނީ ހަމައެކަނި އެހިސާބަށެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. “އާހް ކިޔާ ދޯ. ސޯ ސޮރީ ބޭބް. ބޭބް އައްވެސް އެނގެއެއްނު ލީން ގެ މައްޗަކުން ހަނދާނެއް ނުނެތޭކަން. ބިސައިޑްސް ލީން އަށް މިހާރު ވިސްނިއްޖެ އޭނާގެ މިސްޓޭކް. އެހެންވެ ޗާންސެއް މިދޭނީ. އެންޑް ޝީ ސްޓިލް ޓޭސްޓްސް ދަ ސޭމް. ކިޔާ ކައިރީ ބުނަން އުޅުނީ އެކަމް ދެން ނުބުންޏަސް އެނގިއްޖެއްނު. އެންޑް އައި އޭމް ގެޓިންގް މެރީޑް. ނެކްސްޓް ވީކް. ބޭނުމިއްޔާ އަޔަސް ހެޔޮ “ލީން ގެ ކޮނޑުގައި އަތް އަޅުވާލަމުން މީޝާކް ބުނެލިއެވެ. ވީ ދެރައެއްގެ ސަބަބުން އަހަރެން ދުވެފައި ގޮސް ލިފްޓައް އަރައި އެ ގެއިން ނިކުތީމެވެ. އެވަގުތު ބޯކޮށް ވާރޭ ވެސް ވެހެން ފެށިއެވެ.” ނޫން.. ނޫން.. މީޝާކް… ވައި ޔޫ… ” އަހަންނަށް ބުނެވުނެވެ…

 

 

މިހާރު..

ދެކޮލަށް ޖަމާވި ކަރުނަތައް އެއްފަރާތް ކުރުމަށްފަހު އަހަރެން ފާޚާނާއައް ވަނީ މޫނުދޮވެލުމުގެ ނިޔަތުގައެވެ. ކިތަންމެ ވަރަކަށް ރޮޔަސް ދެން އަހަންނަކައް މީޝާކް އެއް ނުލިބޭނެއެވެ.އަހަރެން މީ ހާދަ ބަދުނަސީބު މީހެކޭ.. އެންމެ ކުޑަ މިނުން އަމިއްލަ މައިންބަފައިންގެ ލޯބިން ވެސް މަޙުރޫމް ވެފައިވާ މީހެކެވެ. މީހުން އެބުނާ ތަގްދީރަކީ ހަމަ މިހާ ހިތި އެއްޗެއް ހެއްޔެވެ؟. ނޫނީ މި ދިރިއުޅުމުގައި އުފާވެރިކަމުގެ ހުޅު ކޮޅު ރޯވުމަކީ އަހަންނަށް ނެތް ނަސީބެއް ބާވައެވެ؟. ހިތުތެރެއައް ޖަމާވާ ކިތަންމެ ސުވާލެއް އޮތަސް އޭގެ ޖަވާބު ހޯދަން އަހަރެން ދާން އޮތީ ވަކި ކޮންތާކަށް ހެއްޔެވެ ؟. މި ދުނިޔޭގައި އަހަންނަށް ދެން ހަމަ އެއްވެސް އުފާވެރިކަމެއް ނޭތީ ހެއްޔެވެ.؟

ފާޚާނާއައް ވަދެ މޫނު ދޮވެލައިގެން އަހަރެން އައިސް އޮޝޯތީ ނިދޭތޯއެވެ. މާދަމާ ޑިއުޓީ އަށްވެސް ދާން ޖެހޭތީއެވެ. ނަމަވެސް އަހަރެން ނިދާނީ ވަކި ކިހިނެށް ހެއްޔެވެ؟. ވަކި ވެގެން އެ ދިޔައީ އަހަރެންގެ ހިތުގެ އަނެއް ބައެވެ. އަހަރެންގެ ހިތް  އެފަދަ ގޮތަކަށް ކުދިކުދި ވެގެން ދާއިރު ކެތްކުރާނީ ކިހިނެށް ހެއްޔެވެ؟ އެ ނަސީބު ލިބުމެއް ނެތް ދުނިޔެއެއްގައި އަހަރެން ދިރިއުޅުމުގެ މަގުސަދެއް އެބޮތްހެއްޔެވެ ؟ އުފާވެރި ކަމަކީ މި ދިރިއުޅުމަށް ނެތް ނަސީބެއްނަމަ އަހަރެން އުފަންވީ ކީއްވެބާއެވެ؟ އާނއެކެވެ. އަހަރެންގެ ތަގްދީރުގައކ އުފަވެރިކަމަކީ ނެތް އެއްޗެއް ކަމަށް ވެދާނެއެވެ.

 

ނުނިމޭ….

 

 

އައްސަލާމު އަލައިކުމް. “ވެވުނީ ލޮތްބޭ” މި ވާހަކަ ކިޔާ އެންމެންނަށް ވެސް މި ވާހަކަ ރީތިވާނެކަމައް އުއްމީދު ކުރަން. 😊❤️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

That girl

Level 1

Other Articles

Previous

ޔާޒާ – 3 ވަނަބައި

Next

އެއްގޮތް ދެ އަނިޔާ

Next
January 4, 2024

އެއްގޮތް ދެ އަނިޔާ

Previews
January 2, 2024

ޔާޒާ – 3 ވަނަބައި

7 Comments!

  1. That girl says:
    January 2, 2024 at 5:12 pm

    Vaahaka kiyuntherinnah.. Mi Vaahaka kihineh tho

  2. Cute girl says:
    January 2, 2024 at 7:23 pm

    V Reethi masha allah
    Keep it up
    Can’t wait for next part

  3. Lily says:
    January 2, 2024 at 11:38 pm

    Heyyy gurrrrlllllll?? Feshun hama 💯.. Vrh vrh reeethi.. Masha Allah.. Keep going.. When nexxtt??? Next part Thankolheh dhigu koh genesdhehchey😅
    Btw thee rifoo tha?😭😭✌🏻

  4. imko 💕💕 says:
    January 3, 2024 at 7:29 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

  5. That girl says:
    January 3, 2024 at 1:27 pm

    Thank you all. Next part submitting soon Insha Allah 😊❤️

  6. That girl says:
    January 3, 2024 at 2:59 pm

    Hey. Can anyone help me. Story submit ah lin reyga Ekm inaany pending ah araafa adhives. How can I fix it😭

    1. Anonymous says:
      January 4, 2024 at 12:28 pm

      Don’t know 😔

Comments are closed.

Next Episodeވެވުނީ ލޮތްބޭ – 2←


All Right Reserved!