ގަނޑުވަރުގެ ސިއްރު 6
މި ބިންގަރާހަކީ ދަނގަޑުމަތިގަޑަކުން ބަންދުކުރެވިފައިވުމާއި ބިޔަ ގަސްތައް ބިނާކޮއްފައިވާ ސަރަހައްދުގެގޮތުން މިއީ ދުރާލާ ރޭވިގެން ބިނާކޮއްދައިވާ ތަނެއްކަން އިގެއެވެ. އެހެނީ މިއީ ފަސޭހައިން ވަދެވޭނެ ތަނެއް ނޫނެވެ. މިއީ ބަގީޗާގެ ވަރަށް އެތެރެ ހިސާބަކަށް ވުމުގެ އިތުރުން ބޭރުފުން ބަލާއިރު މިތަން ފެންނާނީ އެންމެ ފޫހިއެއް ތަނުގެ ގޮތުގައެވެ. ފާހަގަ ކުރެވޭ ސިފައެއް ނުފެންނަ މިގަސްތަކުގެ ތެރެއަށް ވަދެދާނެ ކަމަށް ގަބޫލެއްނުކުރެވެއެވެ. އަދި އެތެރެއަށް ވަނުމައްފަހު ވާ އުދަގޫމާ ބޮޑެވެ. ބަގީޗާގެ އެހެން ބައިތަކާ ހިލާފަށް ހިގާއުޅޭނެ ސީދާމަގެއް ނެތުމުގެ ސަބަބުން ތަނުގައިވާ ގިނަ ގާތަކަށް އިތުރަށް ލޯހޮޅުވަންޖެހެއެވެ. ހުދު ލިޔާ އަށްވެސް ބިންގަރާސް ފެނުނީ ގަލެއްގައި އަޅައިގަނެފާ ވެއްޓުމުންނެވެ.
ނަމަވެސް އޭނާއަށް މިހޯދުނު ބިންގަރާހާ އެކު ވީއުފަލުން އޭނާ ގައިގާ އަޅާ ތަދާއި ރިހުމުގެ މަތިން ހަދާން ނެތުނެވެ. އަދި ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ. އަދި ހިތާ ހިތާ ބުނެލިއެވެ. “މިތަނުގެ ހަގީގަތް ބަލަންއަދި އަންނާން”. އަދި އިރުއްސޭވަގުތަށް އިންތިޒާރު ކުރަމުން ގަނޑުވަރު ތެރަޔަށް އަބުރާ ވަނެވެ. ކޮޓަރިއަށް ވަދެ ފަޔަށް ބަލައި ލުމުން ކަކުލައި ދިމާލުން މަށައިގެން ގޮސްފައި ހުރިތަން ލިޔާއަށް ފެނުނެވެ. އަދިކުރިޔަށް އޮތް ދުވަސްތަކުގައި ކުރިމަތިލާން ޖެހޭނެ ކަންކަމާއިމެދު ހިޔާލު ކޮއްލެވުނެވެ.
ދުވަހަކީ ވަޒީރުގެ ގަނޑުވަރުގައި މަޖަލާ ސަކަރާތުގެ ހަރަކާތްތައް ކުރިޔަށްދާދުވަހެކެވެ. ވަޒީރުގެ ދަރި ވުލްފަސް ދިޔާއީ އޭނާގެ ބައްޕަޔަށް އެގުމަކައިނުލާ ބޮޑު “ޕާޓީއެއް” ކުރިޔަށްގެންދަމުންނެވެ. ވުލްފަސްއަކީ ހެޔޮވަރު އިސްކޮޅެއްގެ ޒުވާނެކެވެ. އަދި ޔޫނާނީ ދަރިކޮޅުގެ އެހެން މީހުން ފަދައިން ރީންދޫ ކުލައިގެ ކުލަގަދަ އިސްތަށިގަނޑެއް އޭނާއަށް ލިބިފައިވެއެވެ. ވެރިކަމުގެ ކަންކަުގައި ކުރިޔަށް ދިޔުމުގެ ހިޔާލެއް ވުލްފަސްގެ ނުހުރެއެވެ. އަބަދުވެސް އިސްކަން ދެނީ ކުޅިވަރާއި މަޖަލުގައި ދުވަސްތައް ހޭދަ ކުރުމަށެވެ. މިވަގުތުވެސް އޭނާ އިނީ އެކުވެރިންނާއި އެކުގައި ކުޅިވަރުކުޅޭ މީހުންގެ ހަރަކާތްތަށް ބަލާށެވެ. އޭނާގެކުރިމަތިން ފެންނަ ސްޓޭޖްގެ 2 ކޮޅުގައިތިބި 2 މީހުން ފުމެމުންދިޔަ “ފްލޫޓް”ގެ ރާގާ އެއްހަމައެއްގައި ނަށަމުންދިޔަ ފަންނާނުންގެ ހުށައެޅުމުގެ ފުރިމަކަމައިމެދު އަންތަރީސްވެފައި ވުލްފަސްއިނެވެ. އަދި ރަންފަށްތަކަކުން ޖަރީކުރެވިފައިވާ މަޑު ދަނބުކުލައިގެ ހެދުންތަކުން މިހުށައިޅުމަށް އިތުރުފުރިހަމަ ކަމެއް ގެނަސްދެއެވެ.
ކުއްލިޔަކަށް ބާރުއަޑެއް އިވުމައްފަހު ހޯލުގެދޮރު ހުޅުވިއްޖެއެވެ. އެޔާއެކު ހޯލުގައި ތިބި މީހުންގެ ލޯތައް ބޮޑުވެ ހާސްކަމުގެ ކުލަތައް ފެންނަން ފެށިއެވެ. މިޔާއެކު އެމީހުން އިށީންދެގެންތިބި ތަނުން ކުއްލިޔަކަށް ތެދުވިއެވެ. ދެންފެނުނީ ރުޅިވެރިމޫނަކާއި އެކު ވަޒީރު ވަދެގެން އައިތަނެވެ. މިއާއެކު މުޅި ހޯލުން މިޔުޒިކުގެ އަޑުކެޑިއްޖެއެވެ.
ރުޅި އައިސްފައިހުރިލެއް ބޮޑުކަމުން މޫނުމަތީގައި ހުރި ރޫތަކުގެ ފާޅުކަން އިތުރުވިއެވެ. ވުލްފަސް އާއި ދިމާޔަށް ހިގައިގަތުމަށްފަހު ޕާޓީއަށް ހާޒިރުވެތިބި މީހުންނާއި ދިމާލަށް ބަލައިލުމަށްފަހު ފެންނަން ހުރި ބޮޑު ދޮރާ ދިމާލަށް އިށާރާތްކޮށް އެތަން ދޫކޮއް ދިޔުމަށް އެންގިއެވެ.
ހާސްކަމާއިއެކު ހޯލުގައި ތިބިމީގުން ތަން ދޫކޮއްދިޔުމުން ވުލްފަސް ލައިގެން ހުރި ގަމީހުގެ ކަރުގައި ދެއަތުން ބާރަށް ހިފައިނެގުމަށްފަހު ބާރު އަޑަކުން ރުޅިވެރި ކަމާއެކު ހަޅައިލަވައިގަތެވެ. “ކަލޭގެ ތިހުރި ފަރުވާކުޑަކަން ދޫނުކޮއްފިނަމަ އަހަރެންގެ ވެރިކަން ނިމުމަކަށް އަތުވެދާނެ”!! “ހަޅޭނުލަވާ ނިކަން ވީގޮތް ކިޔާދީބަލަ”. ބައްޕަގެ ދެއަތް ދުރުކުރަމުން ނުރުހުމުގެ ރާގަކަށް ވުލްފަސް ބުންޏެވެ. “މިރަށުގެ ތިރިބިމުގެ ސިއްރު ހޯދުމަށް ހާރިޘްގެ ދަރި އުޅޭކަން އަހަންނަށް ޔަގީން އޭނާއެމަސައްކަތުގައި ކާމިޔާބުވެއްޖެނަމަ އަހަރެމެންގެ 700 އަހަރުވީވެރިކަން ނިމުމަކަށް އަންނާނެކަން އަހަންނަށް ކަށަވަރު.” “ބައްޕަ އަދިވެސްތިޔަ ބިރުގަންނަނީ އެކުޑަ ކުއްޖާދެކެތަ”؟ މަލާމާތުގެ ރާގަކަށް ވުލްފަސް ބުންޏެވެ. މިޔާއެކު ދަރިފުޅުގެ ކޯމަތީގައި ބާރުއެތިފަހަރެއް އެޅުމަށްފަހު ރުޅިވެރިކަން އިތުރުވެފައި ހުރެ ވަޒީރު ބުންޏެވެ. “ހާރިޘްގެ ފަރާތުން ޖެހުނު އުދަގޫ ކަލެޔަށް ނޭންގުނަސް އަހަންނަށް އެގޭ”. އެކަމަކުމި ޔޫނާނީ ވެރިކަން އަހަންނަށް ފަހު ވާރަތަވާނީ ކަލޭޔަށްކަން ހަދާން ކުރާތި.” މިހެން ބުނުމަށްފަހު ވަޒީރު ހޯލުން ނިކުތެވެ.
މެންދަމުގެ ވަގުތުއައިސް ޖެހުމުން ލިޔާ ބިންގަރާހަށް ފޭބިއެވެ. އޭނާގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. މާބޮޑު އުދަގުލެއްނެތި ގަނޑުވަރާ ދުރުހިސާބަކަށް ނިކުމެވުނު އިރު މީގެކުރީން ފެނުނު ދެ ސިފައިންގެ މީހުން ފެނުނެވެ. އެވަގުތު ލިޔާ ހުރީ މޫނުނިވައިކޮއްގެން ކަމުން ދެސިފައިންނަށް އެތާހުރީ ލިޔާކަމެއް ނޭންގުނެވެ. ލިޔާއަށްވުރެ އެދެމީހުން ކުރިޔަށް އެރުމުން ދަނޑިވަޅުގެ ފައިދާނަގައި ވަރަށްވެސް ސިއްރުން އެދެމީހުންނަށް ނޭނގޭނެހެން ފަހަތުދިޔައެވެ. ކުރުރާސްތާއަކަށް ފަހު އެމީހުންގެ މަންޒިލަށް ވާސިލު ވެވިއްޖެއެވެ. އެއީ އާދައިގެ ގޮތަކަށް ގަލުން ރާނާފައިވާ ކުޑަގެއެކެވެ. އެމީހުން ދޮރުގައި ޓަކިޖެހުމުން ވަރަށްވެސް ހަނި ގޮތަކަށް މީހަކު ދޮރުހުޅުވާލިއެވެ. މިހިސާބުން މިތަނަށް ވަދެވޭނެ އެހެންގޮތެއް ހޯދަން ލިޔާއަށް މަޖުބޫރުވިއެވެ. ގޭގެވަށައިގެން ބަލާހޯދަނިކޮށް ކަނާތު ފާރުގެ އުސްކޮށް ހުރިކުޑަ ދޮރެއް ފެނުނެވެ. ހަތަރެސްފައިގެ އެހީގާ ކުޑަދޮރާ އަރާހަމަކުެުމަށް ފަހު ބޯދިއް ކޮއްލުމުން ފެނުނީ އޭނާގެ ބޮޑުބޭބެ އަސަދާއި ބައްދަލުކުރަން އައިސްތިބި ބަޔެކެވެ. އޭގެތެރެއިން އެކަކު ބުންޏެވެ. “މިރަށުގެ ވެރިކަމަށް އެ ދޮން ޔޫނާނީން އަތްގަދަ ކުރިފަހުން މިހާރު އެތައް އަހަރެއް ވެއްޖެ. މިހާރު އަހަރުމެންގެ ހާލަތު މިހުރީ އެކަހެރި ކުރެވިފައިވާ ކަމުގައިވާ ތިރިބިމުގެ އަހުލުވެރިން ފަދައިން.” “އާނ އަހަރުމެން ބުރަ މަސައްކަތުން އެއްކުރާ ފައިސާ ވަޒީރު ދަނީ ފޭރިގަންނަމުން މިރަށުގެ އިއްޒަތްތެރިންނޫންބަޔަކަށް މިހާރު ހަމަޖެހުމެއް ނެތް”. ކޮޅަށްތެދުވި އިތުރުމީހަކު ބުންޏެވެ. އޭނާގެ ވާހަކައިގެ މަދު ސިކުންތުކޮޅެއް ފަހުން އެންމެން އެއް އަޑުންބުންޏެވެ. “އަޅުގަނޑުމެންނަށް ގޮތެއް މަނިކުފާނު ހޯދަވައިދެއްވަވާ.” “މިރަށުގެ އަސްލުމީހުންނަކީ ތިރިބިމުގެމީހުން ޔޫނާނީން މިރަށަށް އަތްގަދަ ކުރިފަހުން މިވަނީ އެމީހުން ގެ ހުރިހާ ނިޝާނެއް މިރަށުން ފޮހެލާ އަދި މިބިމަށް އެރުން މަނާކޮއްފައި ވަޒީރާ ދެކޮޅުވެއްޖެ ނަމަ ކަލޭމެންނަށް ހަދާނޭގޮތް ހިޔާލުކުރެވޭތަ”. އެމީހުންނާ މުހާތަބުކުރަމުން އަސަދު ބުންޏެވެ. “އެކަމަކުވެސް އަޅުގަނޑުމެންނަށް ދެންކެތެއް ނުކުރެވޭނެ މަނިކުފާނުގެ ލަޝްކަރު ބޭނުނުް ކުރައްވައިގެން އެމީހުންނާ ހަނގުރާމަކުރައްވާ”. އެތަނުން މީހަކު މިހެން ބުނާ އެކު ދެންތިބި އެންމެން މިކަމަށް އާބަސްބުންޏެވެ. “އެންމެ ރަނގަޅު ކަލޭމެންބޭނުން ގޮތަކަށް އަހަރެން އަމަލު ކޮއްފާނަން.”
-ނުނިމޭ-
