ވަކިވީ އަސަރާ މަންޒަރު…1
“މާއިޒް…”
“ކީކޭ؟”
ޝިފްޒާ މާއިޒްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. މާއިޒް ޝިފްޒާގެ އަތުގަ ހިފާލިއެވެ.
“ކިހިނެއްވީ؟” މާއިޒް އެހިއެވެ.
“ކަމެއް ނުވޭ…” ޝިފްޒާ ބުންޏެވެ. “ދޭބަލަ ގެއަށް ގޮސް ފެންވަރާލައިގެން ރަނގަޅަށް ނިދާލާފަ އަންނަން…”
މާއިޒް އެއްޗެއް ނުބުނެ ޝިފްޒާއާ ދިމާއަށް ބަލަން އިނެވެ.
“މާއިޒް…ޕްލީޒް…” ޝިފްޒާ ބުންޏެވެ. މާއިޒް ބޯހަލުވާލިއެވެ.
ޝިފްޒާއަށް ރޮވުނެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. މާއިޒް އެއްވެސް އެއްޗެއް ނުބުނެ ޝިފްޒާގެ މޫނު ފޮހެލާފައި، އެނދުގައި އޮށޯވެ ޝިފްޒާ ގައިގަ ބައްދާލިއެވެ.
“ކީއްވެތަ އަހަރެން ދެކެ ތިވަރަށް ލޯބިވަނީ؟” ޝިފްޒާ އަހާލިއެވެ. “އެހެން ނޫން ނަމަ އަހަރެން ނެތް ދުވަހުން މާއިޒް—”
މާއިޒް ޝިފްޒާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް ޝިފްޒާ އެހެން ބުނުމުން މާއިޒްއަކަށް ނުހިފެހެއްޓުނެވެ. ރޮވުނެވެ.
ދެމީހުންވެސް ރޮނީއެވެ. އެކަކަށްވެސް ބާރު ނުފޯރުވެނެ ކަމަކާ ހެދިއެވެ. އެކަކަށްވެސް އެކަން ނުހުއްޓުވޭނެތީއެވެ.
ޝިފްޒާ ބަލިކަން އެނގުނީ އޭގެ ދެމަސް ކުރިންނެވެ. ބަނޑުގައި ޓިއުމަރެއް އިންކަން އެނގުނު އިރު މާލަސްވީއެވެ.
މާއިޒް އެންމެ ދެރަވީ ޑޮކްޓަރެއް ކަމަކު ޝިފްޒާއަށް އެއްވެސް ކަމެއް ކޮށް ނުދެވޭނެތީ އެވެ. ޝިފްޒާ އެންމެ ދެރަވީ ދެމީހުން ވެސް އެހާ ބޭނުންވި ދަރިފުޅު ނުލިބުމުންނެވެ. ޝިފްޒާ ނެތް ނަމަވެސް މާއިޒްއަށް ދިރިއުޅުމަށް ހިތްވަރު ދޭނެ ޝިފްޒާގެ ހަނދާނެއްގެ ގޮތުގައި މާއިޒްއަށް އެ ދަރިފުޅު ނުދެވުނީތީއެވެ.
ޝިފްޒާ ބަލިކަން އެނގުނުއިރު ބަލިވެ އިނދެ ބަނޑަށް ފަސް މަހެވެ. ނަމަވެސް ޝިފްޒާގެ ބަލީގެ ސަބަބުން ދަރިފުޅު ނުހިފެހެއްޓުނީއެވެ. އޭރު ޝިފްޒާ އަށް އެއްވެސް އުންމީދެއް ނެތެވެ.
ޝިފްޒާ އާ މާއިޒްއަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމަފިރިންނެވެ. މާއިޒް ކިޔަވަން ރާއްޖޭން ބޭރުގަ ހުރިއިރު ޝިފްޒާއާ ދިމާވެ، ދެމީހުން ލޯބިވެ ކައިވެނި ކުރީއެވެ. އޭގެ ފަހުން ފަސް އަހަރު ވީއިރުވެސް ދެ މީހުންގެ ލޯތްބަށް ބަދަލެއް ނާދެއެވެ.
މާއިޒް ޝިފްޒާގެ ބޮލުގަ ފިރުމާލަ ފިރުމާލާ އޮތެވެ. އިރުކޮޅަކުން ޝިފްޒާއަށް ނިދުނެވެ. މާއިޒް ތެދުވެ ޝިފްޒާގެ މޫނަށް ބަލަން އިނެވެ. އެއާއެކު އަނެއްކާވެސް މާއިޒް ދެން ވާނެގޮތް ހަނދާން ވިއެވެ. ޝިފްޒާ މާއިޒްއާ ވަކި ވާނެ ވަގުތެވެ. މާއިޒްއަށް ލޯ މަރާލެވުނެވެ.
ޝިފްޒާ ހޮސްޕިޓަލުގަ އޮންނަތާ ދެމަސް ވަނީއެވެ. ނަމަވެސް އެންމެ ދުވަހަކުވެސް މާއިޒް ގެއަކަށް ނުދެއެވެ. ހަމައަކަށް ނުނިދައެވެ. ރަނގަޅަކަށް ނުކައެވެ. ޝިފްޒާ ބަލިކަން އެނގުނު ދުވަހުން ފެށިގެން ހުރީ ޗުއްޓީގައެވެ.
ޝިފްޒާގެ މަންމައާ ބައްޕަ އަދި މާއިޒްގެ މަންމަ އެތެރެއަށް ވަންއިރުވެސް މާއިޒް އިނީ އެހެންނެވެ.
“މާއިޒް…” މާއިޒްގެ މަންމަ ހަސީނާ ގޮވާލިއެވެ. މާއިޒް ލޯ ހުޅުވާލާފައި އެނދުން ތެދުވެ ގޮނޑީގައި އިށީނެވެ. ހަސީނާ ގެނައި ކޮތަޅުން ނެގި ތަށި މާއިޒް އަތަށް ދިނެވެ. މާއިޒް ތަށި އަތަށް ލައިގެން އިން ގޮތަށް އިނެވެ. ކާހިތް ވެސް ނުވެފައެވެ.
“ތިހެން ނުކައި ހުންނާކަށް ނުވާނެ މާއިޒް… ކޮންމެސް ވަރަކަށް ކާލަބަލަ! ތިހެން ހެދީމަ ޝިފްޒާ ވެސް ދެރަވާނެ…” ޝިފްޒާގެ މަންމަ އާބިދާ މާއިޒްގެ އަތަށް ސަމްސަލެއް ދެމުން ބުންޏެވެ.
ކުއްލިއަކަށް މާއިޒް ތަށި ބަހައްޓާފައި ތެދުވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ޝިފްޒާ ދެން މާގިނަ އިރަކު ނޯންނާނެ ކަން މާއިޒްއަށް އެނގޭތީއެވެ.
އެ ވަގުތު ދޮރު ހުޅުވާލާފައި މާއިޒްގެ ކޮއްކޮ މިންނާ އާއެކީ ޝިފްޒާގެ ޑޮކްޓަރ އަދި މާއިޒްގެ އެއް ބެސްޓް ފްރެންޑް ޑޮކްޓަރ ޝާހިދު އެތެރެއަށް ވަނެވެ. ކުޑަދޮރު ކައިރި މާއިޒް ހުއްޓާ ފެނުމުން ޝާހިދު މާއިޒް ކައިރިއަށް ދިޔައެވެ.
“މާއިޒް…” ޝާހިދު މާއިޒްގެ ކޮނޑުގައި އަތް ޖައްސާލަމުން ގޮވާލިއެވެ.
“ނެތް ދޯ ވަގުތެއް؟” ލޯ ފޮހެލާފައި މާއިޒް އަހާލިއެވެ. ޝާހިދު ބޯ ޖަހާލިއެވެ.
ޝާހިދުގެ ފަހަތުން މާއިޒް ވެސް ޝިފްޒާ ކައިރިއަށް ދިޔައެވެ. ކުޑަކޮށް ޝިފްޒާ ޗެކް ކޮށްލާފައި ޝާހިދު ދިޔައެވެ.
ޝިފްޒާއަށް ހޭލެވުނީ ދެ ގަޑިއެއްހާއިރު ފަހުންނެވެ. އޭރު ޝިފްޒާގެ އެނދު ކައިރީ ހަސީނާއާ އާބިދާ ތިއްބެވެ. ޝިފްޒާ އެކިދިމާއަށް ބަލާލިއެވެ. ޝިފްޒާގެ ބައްޕައާ ބޮޑުދައިތަ އަދި މިންނާ ކައިރީގައި އިށީނދެގެން ތިއްބެވެ. ކުޑަދޮރު ކައިރީ މާއިޒް ހުއްޓެވެ.
ޝިފްޒާ މަންމައާ މައިދައިތައަށް ބަލާލާފައި ހީލިއެވެ. އަދި އާބިދާގެ އަތުގަ ހިފާލިއެވެ.
“މަންމަގެ އެހެން ކުއްޖަކު ހުރި ނަމަ ދޯ؟” ޝިފްޒާ ބުންނެވެ. އާބިދާ އެއްޗެއް ނުބުނެ ޝިފްޒާގެ ބޮލުގަ ފިރުމާލިއެވެ.
ޝިފްޒާ ހަސީނާއަށް ބަލާލިއެވެ.
“މަންމާ، އަހަރެން ނެތް ދުވަހުން މާއިޒްއަށް ރަނގަޅަށް އަޅާލައްޗޭ… އޭނަ ނުކާނެ، ނުނިދާނެ…” އާބިދާއާ ހަސީނާއަށް ރޮވުނެވެ. ހަސީނާ ބޯ ޖަހާލިއެވެ. ކުޑަދޮރު ކައިރީ ހުރި މާއިޒްއަށްވެސް އަޑު އިވުނެވެ. ނަމަވެސް އެނބުރި ބަލައެއް ނުލައެވެ.
ޝިފްޒާ މާއިޒްއާ ދިމާއަށް ބަލާލިއެވެ. އަދި ގޮވާލިއެވެ. މާއިޒް ޝިފްޒާ ކައިރިއަށް އައުމުން ހަސީނާއާ އާބިދާ ތެދުވިއެވެ. މާއިޒް އިށީނުމުން ޝިފްޒާ މާއިޒްގެ އަތުގަ ހިފާލިއެވެ.
“އެހާ އުންމީދު ކުޑަކޮށް ނުލާތި… މާއިޒް… އަމިއްލަ ދިރި އުޅުން ދެކެ ފޫހި ނުވާތި އިނގޭ…” ޝިފްޒާ ބުންޏެވެ.
“ޝިފްޒާއެއްނު ތި އުންމީދު ކަނޑާލަނީ؟” މާއިޒް ބުންޏެވެ. ޝިފްޒާ މަޑުމަޑުން ބޯ ހަލުވާލިއެވެ. އެއާއެކު ޝިފްޒާއަށްވެސް ރޮވުނެވެ. މާއިޒްއަށް ވިސްނުނެވެ. މާގިނަ ވަގުތެއް ނެތްކަން ޝިފްޒާއަށްވެސް އެނގެއެވެ.
ކުއްލިއަކަށް ޝިފްޒާ ފުންކޮށް ނޭވާ ލާން ފެށިއެވެ. މާއިޒް ތެދުވެ ޝިފްޒާއަށް އޮކްސިޖަން ގުޅާދިނެވެ. ނަމަވެސް އިތުރު ކަމެއް ނުކޮށް ޑޮކްޓަރަށް އެންގިއެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނޭނގޭތީކީ ނޫނެވެ. އެ ވަގުތު މާއިޒްއަށް އެއްވެސް ކަމެއް ނުކުރެވޭނެތީއެވެ.
ޝާހިދު އައިސް ޝިފްޒާގެ ވިންދު ބަލާ، އެ ވަގުތު ކުރަން ޖެހޭ ހުރިހާ ކަމެއް ކުރިއެވެ. އަދި ފަހުން އަންނާނެ ކަމަށް ބުނެފައި ނިކުތެވެ. ފަނަރަ ވަރަކަށް މިނެޓްފަހުން މާއިޒް ޝިފްޒާގެ މާސްކް ނައްޓާލިއެވެ. އަދި ޝިފްޒާގެ އަތުގަ ހިފާ ވިންދު ބަލާލިއެވެ. ޝިފްޒާ މާއިޒްގެ އަތުގަ ދެއަތުން ހިފާލިއެވެ.
“އަހަރެން ވަރަށް ލޯބިވޭ މާއިޒް ދެކެ…” ޝިފްޒާ ބުންޏެވެ. މާއިޒްއަކަށް ވާހަކައެއް ނުދެއްކުނެވެ. އެހެންވެ ބޯޖަހާލިއެވެ.
“މާއިޒް…” ޝިފްޒާ ގޮވާލިއެވެ. މާއިޒް އެނދުގެ ބޯލާކޮޅުގައި ހުރި ބޯޑުން ފިތަކަށް ފިތާލިއެވެ. އަދި އެނދުގައި އިށީނދެ މަޑުމަޑުން ޝިފްޒާ ނަގާ މޭގަ ޖައްސާލިއެވެ. ޝިފްޒާވެސް މާއިޒްގެ ކަރުގަ ބައްދާލިއެވެ.
“އެންމެ ފަހު ވަގުތުވެސް އަހަރެން ބޭނުމީ މިހެން މާއިޒްގެ އަތުތެރޭގަ އޮންނަން…” ޝިފްޒާ ވަރުބަލި ވެފައިވާ އަޑަކުން ބުންޏެވެ. މާއިޒްއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ރޮވުނެވެ. ޝިފްޒާވެސް ރޯން ފެށިއެވެ. އެތާ ތިބި އެންމެންގެ ލޮލުންވެސް އޭރު ކަރުނަ އާދެއެވެ.
“އައި ލަވް ޔޫ…” ޝިފްޒާގެ އިސްތަށިގަނޑުގަ ބޮސްދެމުން މާއިޒް ލޯމަރާލާފަ ބުންޏެވެ. ޝިފްޒާވެސް ލޯމަރާލިއެވެ.
“ޝިފޫ… އަހަރެން ކިހިނެއް ކެތް ކުރާނީ؟” މާއިޒް އަހާލިއެވެ. ޝިފްޒާ ބޯހިއްލާލާފައި މާއިޒްގެ މޫނަށް ބަލާލިއެވެ.
“ކެތްކުރަން ވާނެ… ޓްރައި ކުރާތި… އަހަންނަށްޓަކާ… ޕްލީޒް… އަހަރެން ދެކެ ލޯބި ވަންޏާ ހިތްވަރު ކުރަންވާނެ…” ޝިފްޒާ މާއިޒްގެ މޫނުގައި ފިރުމާލިއެވެ. މާއިޒް ބޯޖަހާލިއެވެ. ޝިފްޒާ މަޑުމަޑުން ޝަހާދަތް ކިޔާލިއެވެ. އޭރު ޝާހިދުވެސް އައިސް މާއިޒް ކައިރީ ހުއްޓެވެ.
މާއިޒް ލޯ މަރާ ބާރު ކޮށްލިއެވެ. ގިސްލެވެން ފެށިއެވެ. ހަސީނާއާ އާބިދާވެސް ރޯން ފެށިއެވެ. މާއިޒްގެ އަތުތެރޭ އޮވެ ޝިފްޒާ އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ. މުޅި ހަށިގަނޑު އެކީ ހިމޭން ވިއެވެ. އެކަން ޝާހިދަށް އެނގުނެވެ. ޝާހިދު އެނބުރި އެތާ ތިބި މީހުންނަށް ބަލާލާފައި ބޯ ހަލުވާލިއެވެ. އެ އިޝާރާތުގެ މާނަ އެންމެނަށް ވިސްނުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.








mivx haadha hiyydhthi vaahakaekey…
Waiting 4 d next part.. avahah up kurahcchey.. v v salhi..
Mi vaahaka kyn vaahaka fothakun?
Why u copied?
That was my own book hun’s.. hithah ery alun vaahaka online koh up kollaany ey… ehenve… thnx for reading
Yea mi vaahaka kiyin fotha kun..I remeber
Nice story
Thnx all… my kurin genesdhyfa in vaahaka eh ehen site ehga.. adhi fotheh gothah publishves koffa innaany…
Haadha dhuvahakahfahu ay mifenunee. V ufaa vejje anekkavesx marsha ge vaahaka kiyan libeynethee. Unmeedhu kuran v avahah aavaahaka eh kiyaalan liveynekamah. Mi marsha ge v reethi vaahakaeh
V salhi ingey
Nukko lap Ga ebain mi stryy neynge kiyunu adhadheh vs… marsha its awsum…lovin it..rohvvaalaifi….. 🙁 :'( :'( 🙁 🙁 🙁
Mi vaahaka foyy keen. Mee mashah v reethi vaahakaeh
wow v reethi. waiting for nxt part. kn irakun up vaany?
marsha dhen liyaanee aavahakaeh ingy mivahakaves vv reethi
Kon sitehga kurin liyune
Thanx hurihaa kudhin… iraadha kurevviyya varah avahah aa vaahaka eh fashaanan… mi vaahakaige part 2 sunday gagenesdheynan… thnx again
kohme ves kuhjaku bunedybala marsha liyunu vaahaka fothuge name plx……………
Rovijje… vvv touching.
Nice story
Hama mi name koyany e fothah vx
Nice
Hama ragalhaves rovaalaafi…haada ahsarau hada ey…
Kon site eh ga tho mivaahaka kurin ineee pls pls pls pls
miee v reethi vaahaka eh aharen kiyin mi vaahaka maaix aky kashyge doctor eh
Lurv this story. Kithanme varakah kiyas foohi nuvaane. Waiting for a new story too
Furathama page in fenkalhi kohlaifi…wats going to be next…
Mee copy kohfa liyefa in story eh…mi vaahaka ki in alhugandu
same here..this is a copy I read this story too
Wht is wrng wth ths ppl…?thigothah cmmnts kurumuge kurin marsha ge cmmnts thah kiyaalabala…eyna bunefi dhw miee eynage vaahaka ekey, fothehge gothuga publish kuri vaahakayaa ehen site eh ga liyun vaahakaves…