Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 43

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 30, 2023 8 Mins Read
26 Comments

ގޭގެ ބެލް އެޅި އަޑު އިވުނީ އެވަގުތެވެ. ޒާރާ ތެދުވެގެން ދާން އުޅެން ފެށުމުން، ޔައިނާ އެކަން މަނާ ކުރިއެވެ. ޒާރާ އެތަނގައި ބައިންދާފައި، ދޮރު ހުޅުވަން ދިޔައީ ޔައިނާއެވެ. ދޮރު ހުޅުވި ވަގުތު ދޮރުމަތީގައި އަފާންއާއި މިލާން ތިބިތަން ފެނުމުން ޔައިނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެހެންނަމަވެސް، ހިނިތުންވާން މަސައްކަތް ކުރަމުން، ޔައިނާ އެ ދެމީހުންނަށް ވަންނާނެ ޖާގަ ދިނެވެ. ދެންވެސް، އެދެމީހުންކުރެ އެކަކުވެސް ވަންނާކަށް ނޫޅުނެވެ. ޔައިނާގެ ދެބުމަ ގޮށްޖެހުނީ އެހެންވެއެވެ. އަފާންއާ މިލާންއާ ދެމީހުން އެއްފަރާތަށް ޖެހުނީ ދެނެވެ. އެއާއެކު، އެދެމީހުންގެ ފަހަތުގައި ހުރި އަންހެން މީހާ ޔައިނާއަށް ފެނުނީ ދެނެވެ. ރަނގަޅަށް އެ މީހާއާ ދިމާއަށް ބަލައިނުލެވި އުޅެނިކޮށް، އެ އަންހެން މީހާ އައި ގޮތަށް އައިސް ޔައިނާގެ ހަށިގަނޑުގައި އޮޅުލައިގަތުމުން، ޔައިނާއަށް ލިބުނީ ސިހުމެކެވެ. ނަމަވެސް، ދެން އެ އަންހެން މީހާގެ ދުލުން ނުކުތް ދެ ލަފްޒާއެކީ، ޔައިނާގެ ސިހުން ދެގުނަ ވިއެވެ.

“މަންމަގެ ދަރިފުޅާ…”

އެހެން ބުނެފައި، އެ އަންހެން މީހާ ޔައިނާގެ ގައިން ދޫކޮށްލާފައި، ދެއަތުން ޔައިނާގެ މޫނުގައި ހިފަހައްޓާފައި، އެތައް ފަހަރު ޔައިނާގެ މޫނުގެ އެތައް މިތަނަށް ބޮސްދިނެވެ. އޭރުވެސް، ލިބުނު ޝޮކުގައި ޔައިނާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

“ދަރިފުޅާ.. ޔައިނާ.. މީ މަންމައޭ..” ޔައިނާއަށް ހަމަބިމަށް އާދެވުނީ، އަނެއްކާވެސް އެ އަންހެން މީހާ ވާހަކަ ދެއްކުމުންނެވެ. އެއާއެކު، ފަރުވާތެރިކަމާއެކީ، ޔައިނާއަށް އެ އަންހެން މީހާއަށް ބަލައިލެވުނެވެ. އެ މުށިކުލައިގެ ބުޅި، ދިގު އިސްތަށިގަނޑު އޭނާގެ އިސްތަށިގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. އެ މުށިކަން ގަދަ ކަޅީގެ ތެރެއިން، އޭނާއަށް އޭނާގެ އަމިއްލަ ސޫރަ ފެނުނު ފަދައެވެ. ހަމުގެ ކުލަ ޔައިނާއަށް ވުރެވެސް އައްޔެވެ. މޫނުމައްޗަށް ކޮންމެވެސް ވަރަކަށް ރޫ ޖެހިފައި ހުރި ނަމަވެސް، މާ މުސްކުޅި ކަމަކަށް ނުދައްކައެވެ. އޭނާ ކުޑައިރު މަންމަގެ ވާހަކަ އަހަން ފެށުމުން ބައްޕަ އޭނާއަށް ދެއްކި ފޮޓޯގަނޑާ، މިއަދު އޭނާގެ ކުރިމަތީގައި މިހުރި ސޫރަޔާ އެއްވެސް ތަފާތެއް ނެތެވެ.

ވަމުން މިދާ ކަންތައްތަކުން ލިބިފައި ހުރި ސިހުމާއެކު، ޔައިނާއަށް ބަލައިލެވުނީ، ފަހަތުގައި ތިބި މިލާންއާ އަފާން އަށެވެ. މިލާން ލަސްލަހުން ބޯ ޖަހައިލީ، މިއީ ޙަޤީގަތޭ ބުނާ ފަދައިންނެވެ. އެއާއެކު، ޔައިނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ކުޑަ އިރު އެހެން ކުދީން މަންމައާ އެކު ކުޅެ އުޅޭތަން ފެނުމުން ބައްޕަ ކައިރި ޝަކުވާކޮށް، ރޮއެ އާދޭސް ކުރާ ހަނދާން ވިއެވެ. ބޮޑުވަމުން އައި އިރު، މަންމަގެ ލޯތްބަށް އެދެވުނު ވަރުގެ މަތިން ހަނދާން ވިއެވެ. ފަހަކަށް އައިސް، ބައްޕަގެ ކައިރީގައި މަންމަގެ ވާހަކަ ނުދެއްކި ނަމަވެސް، އެތައް ރެޔަކު މަންމަގެ ފޮޓޯއަށް ބަލަހައްޓައިގެން، ނުނިދިފައި އޮވެވުނު ރޭތަކުގެ މަތިން ހަނދާންވިއެވެ. މިއަދު މަންމަ އެ ހުރީ އޭނާގެ ކުރިމަތީގައެވެ. ލޮލަށް ފެންނަ ހިސާބުގައެވެ. ޙަޔާތުގައި ވޭތުވެގެން މި ދިޔަ ސައްވީސް އަހަރު ތެރޭގައި ނުލިބުނު މަންމައެއްގެ ލޯބި މިއަދު ލިބުނީއެވެ.

ގިސްލައި ރޮވެން ފެށުމާއެކު، ޔައިނާ ވަގުތުން އެ އަންހެން މީހާގެ ގައިގައި ބައްދައިގަތެވެ. މަންމަގެ ކޮނޑުގައި މޫނު ފޮރުވައިލަމުން، އޭނާ ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ. މި ހުރިހާ ދުވަހަކު މަންމަ އުޅުނު ހާލު ބަލާށެވެ. އޭނާ ދޫކޮށްލާފައި ދިޔައީ ކީއްވެގެންތޯ އަހާށެވެ. މަންމަގެ ލޯތްބަށް އެދެވުނު ވަރު ހާމަ ކުރާށެވެ. ސައްވީސް އަހަރުގެ ތެރޭގައި އެ ލޯތްބަކުން އޭނާ މަޙުރޫމްވެފައިވީ މަންމަގެ ލޯބި ހޯދާށެވެ.

“މަ.. މަންމަ.. ކީ.. ކީއްވެ… ޔައި ދޫކޮށްލާފަ ދިޔައީ…؟” ގިސްލަމުން، ޔައިނާއަށް އެހުނީ އެވަރަށެވެ. އެއާއެކު، އެ އަންހެން މީހާގެ ދެލޮލުން ފޭބި ކަރުނަ ތިކިތައް ކޯތާފަތުގައި ބޮސްދެމުން، ފައިބައިގަތެވެ. އެ ސުވާލުގެ ޖަވާބު ހާދަ ދިގެވެ. ޔައިނާއަށް ކިޔައިދޭން ޖެހޭ ވާހަކަތައް ހާދަ ގިނައެވެ.

ޒާރާއަށް އެތަނަށް އާދެވުނީ އެވަގުތެވެ. ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނު އިރު، އަފާންއާ ދިމާއަށް ބަލައިލެވުނީ މިއީ ތެދެއްހޭ އަހާ ފަދައަކުންނެވެ. އަފާންއާއި މިލާން ޒާރާގެ ކައިރިޔަށް އައިސް، މިލާންގެ އަތުގައި އޮތް ކަރުދާސްގަނޑެއް ދިއްކޮށްލިއެވެ. އެއީ ޔައިނާއާ އެ އަންހެން މީހާގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާއެވެ. އޭގައި ނުވަދިހަ ނުވަ އިންސައްތަ ޕަސަންޓު ދިމާވެފައި އިނެވެ. ޒާރާއަށް އަނެއްކާވެސް އެ އަންހެން މީހާއާ ދިމާއަށް ބަލައިލެވުނެވެ. އޭނާ ހަނދާންވިއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް އެ އަންހެން މީހާ ފެނުނެވެ. އެެއީ އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލަށް ގެނެސް، ފަރުވާ ދޭން ފެށި މީހެކެވެ. އެ ދުވަހު ޒާރާގެ ހިތުގައި އުފެދުނު ޝައްކު މިއަދު ޔަޤީނަށް ބަދަލު ވެއްޖެއެވެ. އާއެކެވެ. އެއީ ހަމަ ޔައިނާގެ މަންމައެވެ. ނީލާއަކީ ޔައިނާގެ މަންމައެވެ.

“އެއީ ނީލާ.. އައިޝަތު ނީލާ..” ޒާރާއަށް ބުނެވުނެވެ. “ޒާރާއަށް އެނގޭތަ އޭނަ..؟” އަފާން އަހައިލިއެވެ. “ނޫން.. އެކަމް ކުޑަ ދުވަސްކޮޅެއް ކުރިން ހޮސްޕިޓަލުން ދެކުނިން.. އެކްސިޑެންޓެއްގައި އަނިޔާވެގެން ގެނައި މީހެއް.. އެވަރު އެނގެނީ..” ޒާރާ ބުނެލިއެވެ.

އިރުކޮޅަކަށް ފަހު، ޔައިނާއާ ނީލާ ދުރުވެލިއެވެ. ދައްކަން ހުރި ގިނަ ވާހަކަ ގިނަ ކަމުން، ނީލާއަށް ފުންކޮށް ދެތިން ނޭވާ ދޫކޮށްލެވުނެވެ. އެއަށްފަހު، ޔައިނާގެ އަތުގައި ހިފައިގެން ގޮސް، ސޯފާގައި އިށީނެވެ. މިލާންއާއި އަފާން ގޮސް އެމީހުންގެ ސޯފާއާ ޖެހިގެން ހުރި ސޯފާގައި އިށީން އިރު، ޒާރާ އެތާ ހުރި ގޮނޑީއެއްގައި އިށީނެވެ.

“މަންމަ ކީއްވެ އަހަރެމެން ދޫކޮށްލާފަ ދިޔައީ..؟ މަންމައަށް އެނގޭތަ މަންމަ ދިޔައިމަ ބައްޕަ އަހަރެން ބޮޑުކުރަން އުޅުނު ހާލު..؟ އަޅުގަނޑުގެ އުމުރުން ސައްވީސް އަހަރު ވީ އިރު އެންމެ ފަހަރަކު ވިޔަސް މަންމަގެ ސޫރަ ދެކިލަން ބޭނުންވި ވަރު މަންމައަށް އެނގޭތަ..؟ ކުޑަ އިރު އެހެން ކުދީން އެކުދީންގެ މަންމައާ އެކު އުޅޭ މަންޒަރު ފެނުނީމަ މިހިތަށް އަސަރު ކުރި ވަރު މަންމައަށް އެނގޭތަ..؟ މަންމަ ބޭނުންވެގެން ބައްޕަ ކައިރި ރޮއެ އާދޭސް ކުރި ވަރު މަންމައަށް އެނގޭތަ..؟” ޔައިނާގެ ވާހަކަތައް އަޑު އަހަމުން ދިޔަ އިރު، ޒާރާއަށް އިނީ ރޮވިފައެވެ. މިލާންއާއި އަފާންގެ ދެލޯވެސް ފެންކަޅިވެފައިވީ އިރު ދެންމެދެންމެ ކަރުނަތައް ފައިބައިގަނެފާނެހެން ހީވެއެވެ. އެ ތިން މީހުންނަށްވުރެވެސް ބޮޑަށް ޔައިނާގެ ވާހަކަތަކުން އަސަރު ކުރީ ނީލާއަށެވެ. އެ ދަރިފުޅު އޭނައާ ނުލައި އުޅޭނެ ހިތްދަތި ޙާލު ހަނދާން ވުމާއެކު، އަނެއްކާވެސް ގިސްލެވެން ފެށުނެވެ.

“މަންމަ މިއަދު ދަރިފުޅަށް ހުރިހާ އެއްޗެއްވެސް ކިޔައިދޭނަން.. ކިޔައިދޭން ހުރި ވާހަކަ ބައިވަރު.. އަޑު އަހާ..” އެހެން ބުނެފައި، ޔައިނާގެ އަތްތިލައިގައި ހިފައިލަމުން، ނީލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. މާޒީގެ އެ ހިތްދަތި ދުވަސްތަކުގެ ޞަފްޙާތައް ޔައިނާގެ ކުރިމަތީގައި ނިއުޅުވައިލިއެވެ.

*** ** ***

އޭނާއަކީ ޔޫރަޕްގެ މުއްސަނދި އާއިލާއަކަށް ނިޞްބަތްވާ، އެ ޢާއިލާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ކުޑަ އިރުއްސުރެ ފަށައިގެން ބޮޑުވަންދެންވެސް އޭނާ ބޭނުން ހުރިހާ ކަމެއް ފުދެމުން ދިޔައީ، އެއްވެސް ދަތިކަމަކައި ނުލައެވެ.

ނީލާއަށް އެންމެ ފުރަތަަ ޔާސިރު ފެނުނީ، ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް އުޅުމުގެ ތެރޭގައެވެ. އޭރު ޔާސިރަކީ ނީލާ އޭރު ހުރި ރިސޯޓުގެ މެނޭޖަރެކެވެ. ފުރަތަމަ ނަޒަރުން ދެމީހުންނަށްވެސް އެކަކު އަނެކަކު ކަމުދިޔައެވެ. އެންމެ ފުރަތަމަ އިސްވެ ޔާސިރުއާ ވާހަކަ ދެއްކީވެސް ނީލާއެވެ. ދެމީހުންގެ ގުޅުން މަޑުމަޑުން ކުރިލައި ހެދެމުން ގޮސް، ލޯތްބަށް ބަދަލުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ލޯބީގެ އެތައް ފޮނި ހަނދާންތަކެއް ރައްކާ ކުރުމަށްފަހު، ނީލާ އެނބުރި އޭނާގެ ޤައުމަށް ދިޔައީ ވަރަށް ފޮނި އުންމީދުތަކަކާ އެކީގައެވެ. މަންމައާއި ބައްޕަގެ ރުހުން ލިބިގެން ޔާސިރުއާ ކައިވެނި ކުރަން އެނބުރި ރާއްޖެ އައުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް، ކަންތައް ވީ ނީލާ ހީކުރި ގޮތަކަށް ނޫނެވެ. މަންމައަށާއި ބައްޕައަށް ޔާސިރުގެ ވާހަކަ ކިޔައިދިނުމުން އެންމެ ފުރަތަމަވެސް އޭނާގެ މޫނަށް އެރީ ބައްޕަގެ ހޫނު ޙަމަލާއެކެވެ. މިނޫނީ ދުވަހަކުވެސް މަންމައާ ބައްޕަ އޭނާއާ ދިމާއަށް އެއްޗެއް ބުނެފައި ނުވާ އިރު، އޭނާގެ އެއްވެސް ކުށެއް ނެތި، ކުއްލިއަކަށް އޭނާއަށް އަތް އިސްކުރުމުން، ނީލާވެސް ހިތްހަމަނުޖެހުނެވެ. ނީލާގެ ބައްޕަގެ ޝަކުވާއަކަށްވީ ޔާސިރަކީ މުސްލިމަކަށްވެފައި، އެމީހުންނާ ފަންތީގެ ގޮތުން ބޮޑު ފަރަޤެއް ހުރުމެވެ. ނަމަވެސް، މިކަމަކާ ނީލާގެ މާ ބޮޑު ސަމާލުކަމެއް ނެތެވެ. އޭނާ ބޭނުންވީ ހަމައެކަނި ޔާސިރެވެ. އެ ލޯތްބެވެ.

ހަފްތާއެއްހާ ދުވަސް އެގޮތުގައި ހޭދަވުމަށްފަހު، ނީލާ ގޮތެއް ނިންމިއެވެ. އެއް ރޭ ދަންވަރު، ގޭ އެންމެ ނިދާފައި ތިއްބާ އޭނާ މަދު އަންނައުނު ކޮޅަކާ، އެއްކޮށްފައި ހުރި ފައިސާކޮޅެއް ހިފައިގެން ގެއިން ނުކުތީ، އެއްވެސް މީހަކަށް ނޭނގިއެވެ. ހަމަ އެރޭގެ ފްލައިޓުން ނީލާ ރާއްޖެ ދިޔުމަށް ދަތުރުފެށިއެވެ. ރާއްޖެ ދެވުމާއެކު، ނީލާ އެންމެ ފުރަތަމަވެސް ބޭނުންވީ އޭނާގެ ދީން ބަދަލު ކުރާށެވެ. މުސްލިމަކަށްވެ، އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ލިބިގަންނާށެވެ. ނީލާ އޭނާގެ ނަންވެސް ބަދަލު ކުރިއެވެ. ރަށްވެހިކަންވެސް ރާއްޖެއަށް ބަދަލު ކުރިއެވެ. މި ހުރިހާ ކަމެއް އޭނާ ކުރީ އަނބުރާ ބައްޕަމެންގެ ކައިރިޔަށް ދާން ބޭނުން ނުވާތީއެވެ. ޔާސިރުއާ ކައިވެނި ކުރަން ބޭނުންވީތީއެވެ. ނީލާ ޔާސިރުއާ ބައްދަލު ކުރީ ދެނެވެ. ހުއްޓުމެއް އައިސްފައިވި އެ ދެމީހުންގެ ލޯބީގެ ގުޅުން އަލުން ކުރިލައި ހެދެން ފެށިއެވެ.

މާ ގިނަ ދުވަހެއް ނުވެ، ކައިވެނީގެ މަތިވެރި ގުޅުމުން އެ ދެމެދުގައި ގޮށް ޖެހުނެވެ. ކުރިން އުޅުނު ފަދަ އަރާމު ދިރިއުޅުމެއް ނުލިބުނު ނަމަވެސް، ނީލާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ޔާސިރުގެ ލޯބި ހުއްޓުމެއް ނެތި ލިބެމުންދާހާ ހިނދެއްގައި އޭނާ ހުންނާނީ އުފަލުގައެވެ. އުފާވެރިކަމާއި، އަމާންކަމާ އެކީގައި ދެމީހުންގެ ޙަޔާތް ވޭތުވަމުން ދިޔައެވެ.

އުފާވެރި ޙަޔާތް އިތުރަށް އުފާވެރިވީ، ނީލާގެ ބަނޑުގައި ތުއްތު ފުރާނައެއް ވިންދުޖަހަން ފެށި ޚަބަރު ލިބުމާ އެކީގައެވެ. ނީލާ ޔައިނާއަށް ބަލިވެ އިނުމާއެކު، ޔާސިރުގެ ލޯތްބާއި އޯގާތެރިކަން ވަކިން ބޮޑަށް ލިބެމުން ދިޔައެވެ. ބަނޑުބޮޑުވީ ދުވަހުން ފެށިގެން ވިހައި، ގަދަވާން ދެންވެސް ޔާސިރުގެ އަޅައިލުން ނީލާއަށް ލިބެމުން ދިޔައީ، އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.

ތުއްތު ތުއްތު ޔައިނާ މި ދުނިޔެއަށް އުފަންވީ ވަގުތަކީ، އެ ދެމަފިރިންގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. މުޅި ދރިއުޅުން އެކީ އުޖާލާ ވީ އިރު، ދުނިޔޭގެ ހުރިހާ އުފަލެއް ޔާސިރުއާ ނީލާއަށް ލިބުނު ކަހަލައެވެ. ޔައިނާއާ އެކީ ދުވަސްތައް ހޭދަ ކުރަމުން ދިޔައީ، އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނުވާ ޙާލުގައެވެ.

ކަންތައްތައް ބަދަލުވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ. ޔައިނާގެ ޢުމުރުން އެންމެ ހަތް މަހުގައި ނީލާއަށް އައި ފޯނު ކޯލަކުންނެވެ. އެ ފޯނުކޯލު ވެގެން ދިޔައީ ނީލާގެ މުޅި ޙަޔާތް ބަރުބާދު ކޮށްލި ކޯލަކަށެވެ. ގުޅީ ނީލާގެ ބައްޕައެވެ. ކޮންމެވެސް ގޮތަކުން އޭނައަށް ނީލާ އުޅޭ ނޫޅޭ ގޮތް އެނގުނީއެވެ. އޭނާ އެދުނީ ނީލާ ވަގުތުން އެނބުރި ޤައުމަށް ދިޔުމަށެވެ. ދެކޮޅު ހަދައިފި ނަމަ ޔާސިރުއާއި ޔައިނާގެ ވަސްވެސް މި ދުނިޔެއިން ފުހެލާނެ ކަމަށް ބުނުމުން، ނީލާއަށް ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ބައްޕަގެ މުއްސަނދިކަމާއި، ނުފޫޒާއި ބާރުވެރިކަމުގެ ބޭނުން ކޮށްގެން، ޔާސިރުއަށާ ޔައިނާއަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެކަން ނީލާއަށް ޔަޤީން ވިއެވެ. އެ ދުވަހު ބައްޕައާ މެދުގައި އެ ހިތުގައި އިންތިހާއަށް ޝަކުވާ އުފެދުނެވެ. އޭނާ ހަމަޖެހިލައިގެން އުފަލުގައި އުޅެމުން ދަނިކޮށް، ބައްޕައަށް އެހާ އުނދަގޫ ވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބައްޕައަށް ކުރީ ކޮން ކަމެއް ހެއްޔެވެ؟ އޭނާގެ ބައްޕަ މިހާ އަނިޔާވެރިވީ ކޮން އިރަކު ހެއްޔެވެ؟

ހަދާނެ ގޮތަކާއި މެދު ވިސްނުމުގައި މަހެއް ހޭދަވެގެން ދިޔަ އިރު، ތިންފަހަރު މަތިން ނީލާއަށް ހަމަ އެ އިންޒާރު ތަކުރާރުކޮށް އައެވެ. މިއިން އެއްވެސް ކަމެއް ޔާސިރުއަށް އަންގާނެހާ ހިތްވަރެއް ނީލާއަކަށް ނުލިބުނެވެ. ބައްޕަގެ އެންމެ ފަހުގެ އިންޒާރާ އެކީ އޭނާގެ ފަސްފަހަތް ބަލަން ބައްޕަ ފޮނުވާފައި ހުރި މީހަކުވެސް ނީލާއަށް ފެނުނެވެ. ބައްޕަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ނީލާއަށް ޔަޤީންވީ އެހިސާބުންނެވެ.

ކިތަންމެ ބޭނުން ނުވިޔަސް، ލޯބިވާ ފިރިމީހާއާއި އެންމެ އަށް މަހުގެ ތުއްތު ތުއްތު ދަރިފުޅު ދޫކޮށްލާފައި ދިޔުމަށް ނީލާއަށް މަޖުބޫރު ވިއެވެ. އޭނާ ގެއިން ނުކުތީ، އެއް ރެއެއްގެ ދަންވަރެވެ. ބޭނުންވާ ބައެއް އެއްޗެހި ދަބަހަކަށް އަޅައިގެން ނުކުންނަމުން، އޭނާ ޔާސިރުއަށް ލިޔުނު ސިޓީ މޭޒުމަތީގައި ބާއްވައިލިއެވެ. އެ ސިޓީގައި އޮންނާނީ، ނީލާ މިހާރު ޔާސިރުއާ އެކީ އުޅެން ބޭނުން ނުވާ ކަމެވެ. ކުރީގެ މުއްސަނދި، ހަމަޖެހޭ ދިރިއުޅުން އަލުން ބޭނުން ވުމުން، އެނބުރި ޤައުމަށް ދާ ވާހަކައެވެ. އޭނާ ހޯދަން މަސައްކަތް ނުކުރުމަށް ބުނުމެވެ. އެންމެ ފަހު ކަމަކަށް، އޭނާ ނެތަސް، ޔައިނާއަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން ބަލާ ބޮޑު ކުރުމަށް އެދިފައި ވާނެއެވެ.

އެ ސިޓީ ލިޔަމުން ދިޔަ އިރު، ހިތާ ދެކޮޅަށް ކިތަންމެ ލަފްޒެއް ލިޔަން ނީލާއަށް ޖެހުނެވެ. އެއީވެސް އޭނާގެ ބައްޕަ އެދުނު ގޮތެވެ. ޔާސިރު ދޫކޮށްލާފައި ދާން ޖެހުމުން އެ ހިތުގައި އެރޭ އެޅި ވޭން ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ. ކޮޓަރިން ނުކުންނަމުން، އެނދުމަތީގައި ނިދާފައި އޮތް ޔާސިރުގެ ނިތުގައި ނީލާ ބޮސްދިނީ، ލޮލުން ކަރުނަ އަންނަ ޙާލުގައެވެ. “ވަރަށް ލޯބިވޭ..” ނީލާ އެހެން ބުނެލި ނަމަވެސް، އެ އަޑު އެރޭ ޔާސިރަކަށް ނީވޭނެއެވެ. ދެން ނީލާ މިސްރާބު ޖެހީ ޔައިނާ ބާއްވާފައި އޮތް ކުޑަ އެނދާ ދިމާއަށެވެ. ގުދުވެ، ޔައިނާގެ މޫނުގައި އެތައް ފަހަރަކު ބޮސް ދިން އިރު، އެ ހިތުގައި ހާދަހާ ވޭނެއް އަޅާނެއެވެ. “މަންމަގެ ދަރިފުޅާ.. ބަސް އަހައިގެން ތިއްތި ކުއްޖެއްގެ ގޮތުގަ ދަރިފުޅު ބޮޑު ވައްޗޭ.. މަންމަ ނެތަސް ބައްޕަގެ ބަސް އަހައްޗޭ.. މަންމަ ކިތަންމެ ދުރުގަ ހުއްޓަސް ދަރިފުޅުގެ ހާލު ބަލާނަން.. މަންމައަށް މިއަދު ދަރިފުޅު ދޫކޮށްލާފައި ދާން މަޖުބޫރު.. މަންމައަށް މައާފު ކޮށްދެއްޗޭ.. އިންޝާﷲ އަދި ދަރިފުޅާ ދިމާވާނެ.. މަންމަ ވަރަށް ވަރަށް ލޯބިވޭ ދަރިފުޅު ދެކެ..” ހުއްޓުމެއް ނެތި، ދެލޮލުން ކަރުނަ ފައިބާ ޙާލު، ޔައިނާގެ އެ ކުޑަކުޑަ ހަށިގަނޑުގައި ބައްދާލާފައި، ނީލާ ގޮސް، ގެއިން ނުކުތެވެ. އެއީ އޭނާއަށް ޔައިނާއާ ޔާސިރު އެންމެ ފަހުން ފެނުނު ފަހަރެވެ.

އެނބުރި ޤައުމަށް ދިޔުމާއެކު، ބައްޕަ އެންމެ ފުރަތަމަވެސް އޭނާ އެހެން މީހަކާ އިންނަން މަޖުބޫރު ކުރިވީއެވެ. އެގޮތަށް ކަންތައް ނުކުރުމަށް ނީލާ ރޮއެރޮއެފައި އާދޭސް ކުރި ނަމަވެސް، އޭނާގެ ބައްޕަގެ އެއްވެސް ފަރުވާލެއް ނެތެވެ. ގަދަކަމުން ނީލާ އެހެން މީހަކާ ކައިވެނި ކުރުވި އިރު، އެ ހިލަ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ.

ކައިވެންޏަށް ފަހު ފިރިމީހާގެ ފަރާތުން ނީލާއަށް ލިބެމުން ދިޔައީ ވޭނާ ކެކުޅުމެވެ. ހިތްދަތިކަމާ އަނިޔާއެވެ. ފިރިމީހާ އޭނާއަށް އަނިޔާ ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެއިން ކޮންމެ ދުވަހަކު އޭނާ ހަނދާންވަނީ ޔާސިރުގެ މަތިންނެވެ. އެ ލޮބުވެތި ފިރުމުންތަކާއި، އޯގާތެރިކަމުގެ މަތީންނެވެ. އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނެވެ.

ކައިވެނީގައި ހޭދަވީ އަށާރަ އަހަރު ތެރޭގައި އުފަލުން ހިނިތުންވެވުނު އެންމެ ދުވަހެއްވެސް ނީލާ ހަނދާނެއް ނެތެވެ. ކައިވެންޏަށް އަށާރަ އަހަރުވީ ދުވަހު ފިރިމީހާ އޭނާ ވަރިކޮށްލާފައި، ގެއިން ނެރެލީ އެހެން އަންހެނަކު ދެކެ ލޯބިވެވިއްޖެ ކަމުގައި ބުނަމުންނެވެ. ނީލާގެ މައިންބަފައިންވެސް އޭރު ވަނީ ދުނިޔެ ދޫކޮށްފައެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތެވެ. އޭނާ ރާއްޖެ ދާން ބޭނުންވީ އެހިސާބުންނެވެ. ފިރިމީހާގެ އެ އަނިޔާވެރި ވަކިތަކުން ސަލާމަތްވެވުމާއެކު، ވީ އެންމެ އަވަހަކަށް ނީލާ ރާއްޖެ އައެވެ. ޔާސިރުއާއި ޔައިނާ ދެކިލުމުގެ ފޮނި އުންމީދުގައެވެ.

ރާއްޖެ އައުމާއެކުވެސް، ނީލާއަށް އިތުރު ގޮތެއް ނުފެނުނެވެ. އަތުގައި ހުރި މަދު ފައިސާކޮޅު ޚަރަދުވީ ޓިކެޓަށެވެ. ވަންނާނެ ތަނެއް، އަޅައިލާނެ މީހަކު ރާއްޖޭގައި ނެތުމުން ނީލާ އުޅެން ޖެހުނީ މަގު ގެއްލިފައިވާ މުސާފިރެއް ފަދައިންނެވެ. ރާއްޖެ އައިތާ ދެވަނައަށް ވީ ދުވަހު، މަގުމަތީގައި އުޅެނިކޮށް، ކާރެއްގައި ޖެހިފައި އޭނާ އެކްސިޑެންޓު ވިއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީވެސް އެވަގުތު އެތަނުގައި ތިބި ބައެކެވެ. އެކްސިޑެންޓަށްފަހު، ކުރެވުނު އޮޕަރޭޝަންގެ ސަބަބުން ނީލާގެ ފަޔަށް ލިބުނު ގެއްލުން ވަރަށް ކުޑަ ކުރެވުނެވެ. މިހާރު ހިނގާބިގާވެ އުޅެވޭ ގޮތަށް އުޅުމަށް ހަތަރުމަސް ހޭދަވީ ނަމަވެސް، އަދިވެސް ހިނގާ އިރު ކޮރު ކަމެއް ހުރެއެވެ. ރާއްޖެ އައިސް، އެހާ ގިނަ ދުވަސް ވެގެން ދިޔަ އިރުވެސް، ޔައިނާ ނޫނީ ޔާސިރުވެސް ދެކިލުމުގެ ނަސީބު ނުލިބުނީތީ ނީލާގެ މުޅި ދުވަސް ހޭދަވަނީ ހިތާމައިގައެވެ.

*** ** ***

ނީލާގެ ވާހަކަތައް ނިމުނު އިރު، ޔައިނާއަށް ދިޔައީ ގިސްލަގިސްލާފައި ރޮވެމުންނެވެ. މިއޮސް ހުރިހާ ދުވަހު އޭނާއަށް ހީވެފައި އޮތީ މަންމަ އޭނާ ބޭނުން ނުވުމުން ދޫކޮށްލާފައި ދިޔައީ ކަމުގައެވެ. އެހެންނަމަވެސް، ކަންތައް ވެފައި މި އޮތީ މުޅިން އިދިކޮޅަށެވެ. މަންމައަށް މަޖުބޫރު ވީއެވެ. އޭނާއާއި ބައްޕަގެ ސަލާމަތަށްޓަކައި މަންމަގެ ހުރިހާ އުފަލެއް ޤުރުބާން ކުރީއެވެ. ވަގުތުން މަންމަގެ ގައިގައި ބައްދައިލެވުނު އިރު، ތަކުރާރުކޮށް މަންމަ ދެކެ ލޯބިވާ މިންވަރު ޔައިނާއަށް ބުނެވެމުން ދިޔައެވެ.

އަސަރު ކުރީ ޔައިނާއަށް އެކަންޏެއް ނޫނެވެ. ހިތްވަރު ގަދަ ފިރިހެނުންނަށް ވީ ނަމަވެސް، މިލާންއާ އަފާންގެ ދެލޮލުންވެސް ދިޔައީ ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންނެވެ. ޒާރާގެ ގިސްލުމުގެ އަޑު ހިނދަކަށް ވުރެ ހިނދަކަށް ބާރުވަމުން ދިޔުމާއެކީ، އަފާން ތެދުވެގެން ގޮސް، ޒާރާ އެ މޭގެ ތެރޭގައި ފޮރުވައިލިއެވެ.

“ޔައިއަށް މައާފު ކުރޭ މަންމާ… އެއްގޮތަކަށްވެސް ހިޔެއް ނުކުރަން މިވަރުގެ ބޮޑު ކަމެއް ވެފައި އޮވެދާނެ ކަމަކަށް.. އައިމް ސޯ ސޮރީ..” ނީލާގެ ގައިން ދޫކޮށްލަމުން، ޔައިނާ ބުނެލިއެވެ. “ދަރިފުޅު ނުޖެހޭނެ މައާފަށް އެދޭކަށް.. މިއިން އެއްވެސް ކަމެއްގައި ދަރިފުޅުގެ އެއްވެސް ކުށެއް ނެތް..” ޔައިނާގެ ދަތްދޮޅީގައި ހިފަހައްޓައިލަމުން، ނީލާ ބުނެލިއެވެ.

“މަންމަގެ ނަސީބު ދެރަކަމުން ބައްޕައާ ބައްދަލު ވުމުގެ ނަސީބު ނުލިބުނީ.. މިލާން ކިޔައިދިން މަންމައަށް ބައްޕަ ނިޔާވި ވާހަކަ…” އެހާ ހިސާބަށް ބުނެވުނު ތަނާ، ނޭވާ ކުރުވާހެން ހީވުމުން، ނީލާއަށް މެދުކަނޑައިލަން ޖެހުނެވެ. ސަތާރަ އަހަރަށްފަހު އެ ސޫރައެއް ދެކިލުމަށް އޭނާ އެނބުރި އައި ސޫރަ މިއަދު ފެންނަން ނެތުމުން، އެ ހިތަށް އިންތިހާއަށް އަސަރު ކުރިއެވެ. އެހެންނަމަވެސް، ހިތްވަރު ކޮށްފައި، ނީލާ އަނެއްކާވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އެކަމަކު މަންމަ އުފާކުރަން މިއަދު ދަރިފުޅު ދެކިލަން ލިބުނީމަވެސް.. މާޝާ ﷲ ދަރިފުޅު ހާދަ ބޮޑު ވެއްޖޭ.. ހާދަ ރީއްޗޭ ދަރިފުޅު.. މިލާން ބުނި ޔައި ތީ މިހާރު ޑޮކްޓަރެކޭ..” ޔައިނާގެ ކޯތާފަތުގައި އަތް ބީއްސައިލަމުން ނީލާ ބުނެލިއެވެ. އެއާއެކު، ޔައިނާވެސް ހިނިތުންވަމުން އަވަސްއަވަހަށް ބޯ ޖަހައިލިއެވެ. “އައިމް ސޯ ޕްރައުޑް އޮފް ޔޫ ދަރިފުޅާ.. ބަސްއަހާ ރަނގަޅު ކުއްޖެއްގެ ގޮތުގަ ދަރިފުޅު މިއަދު ފެނުނީމަ މަންމަ ވަރަށް އުފާ ވެއްޖެ.. ހުރިހާ ޝުކުރެއް ބައްޕައަށް.. އެނގޭތަ.. މިލާން ނެތް ނަމަ މަންމައަށް މިއަދު ދަރިފުޅާ ބައްދަލުވެސް ނުވީސް.. މިލާންއަށް އެންމެ ފުރަތަމަ ހޮސްޕިޓަލުން މަންމަ ފެނިގެން މަންމައާ ބައްދަލު ކުރަން އައީ.. ހުރިހާ ކަމެއް ޔަގީން ކުރަންވެގެން މަންމައާ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުވެސް ހެދީ.. މަންމަގެ ޔައިނާ ދުނިޔޭގަ ހެޔޮ ޙާލުގަ ހުރިކަން އެނގުނީމަ މަންމަ ބޭނުންވީ ހަމަ ވީހާވެސް އަވަހަކަށް ދަރިފުޅާ ބައްދަލު ކުރަން.. އެކަންވެސް ފަހިކޮށްދިނީ މިލާން.. މަންމައަށް މިއަދު ދަރިފުޅާ މި ބައްދަލު ކުރެވުނީ ހަމަ މިލާންގެ ސަބަބުން.. ހުރިހާވެސް ޝުކުރެއް މިލާންއަށް.. ދަރިފުޅަށް ލިބިފައި ތިހުރީ ހަމަ ޖަވާހިރެއްހައި ރަނގަޅު ފިރިއެއް.. ކޮންމެސް ކޮންމެސް މިލާން ދޫނުކުރައްޗޭ.. އެކަހަލަ ނަސީބެއް ދެވަނަ ފަހަރަކު އަތަކު ނުހިފާނެ..” ނީލާ އެހެން ބުނުމާއެކު، ކަރުނަވީ ދެލޮލުން ޔައިނާއަށް ބަލައިލެވުނީ މިލާންއަށެވެ. އެ ދެލޮލުން އޭނާ އެތައް ފަހަރަކު މިލާންއަށް ޝުކުރު އަދާކުރިއެވެ. މިލާން ޔައިނާއަށް ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“މަންމަ ދެން ހުންނާނީ ޔައިއާ އެކީ ޔައިގެ ގޭގަ.. ދޯ..؟” ޔައިނާ އަހައިލުމާއެކު ނީލާ ހިނިތުންވެފައި ބޯ ޖަހައިލިއެވެ. “މީ ޒާރާ.. ޔައި އެންމެ ކުޑައިރުން ފަށައިގެންވެސް ޔައިގެ ބެސްޓްފްރެންޑް.. ދެން މީ.. އަފާން.. ޒާގެ ހަޒްބެންޑް..” ޔައިނާ ޒާރާއާއި އަފާން ނީލާއަށް ތަޢާރަފް ކޮށްދިނެވެ. “އެހެންތަ..؟ އަފާންގެ އަނބިމީހާތަ ޒާރާއަކީ..؟” ނީލާ އަހައިލުމުން އަފާން ހިނިތުންވެލާފައި ބުނެލިއެވެ. “ޒާރާއާ ކުރިން ހޮސްޕިޓަލުންވެސް ދިމާވި ދޯ..؟” ނީލާ އަހައިލީ ޔަގީން ކުރުމުގެ ގޮތުންނެވެ. “ލައްބަ.. އެދުވަހު ނީލާދައްތަ ފެނުނީމަވެސް އަޅުގަނޑު ހިތަށް އެރިއޭ ޔައިއާ ހާދަ ވައްތަރޭ.. ހަމަ އެއްވެސް ތަފާތެއް ނެތް..” ޒާރާ އެހެން ބުނުމުން ހިތްހެޔޮ ހިނިތުންވުމަކާ އެކު ނީލާ ޔައިނާގެ ބޮލުގައި ފިރުމައިލިއެވެ. “މަންމަގެ ދަރިފުޅު މަންމައާ ވައްތަރުވާން ޖެހޭނެ އެއްނު ދޯ..؟” ނީލާ އެހެން ބުނުމުން ޔައިނާ ހީލާފައި ބޯ ޖަހައިލިއެވެ.

ޒާރާއާ ނީލާއާ ވާހަކަ ދައްކަމުން ދިޔަ ވަގުތު ޔައިނާއަށް ބަލައިލެވުނީ މިލާންއާ ދިމާއަށެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ އާދޭހުގެ ކުލަވަރުތަކެވެ. އޭނާ ޔައިނާ ބޭނުންވާ މިންވަރެވެ. ޔައިނާއަށް އެދޭ މިންވަރެވެ. ޔައިނާ ދެކެ ލޯބިވާ މިންވަރެވެ. މިލާން މިއަދު އޭނާއަށް އެ ކޮށްދިނީ ހާދަ ބޮޑު ހެޔޮ ކަމެކެވެ. އެ ހެޔޮ ކަންތަކުގެ ބަދަލުގައި ނަމަވެސް، އޭނާގެ މަޢާފު މިލާނަށް ޙައްޤެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތަޤްދީރު 15 ވަނަ ބައި

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 44

Next
December 31, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 44

Previews
December 30, 2023

ތަޤްދީރު 15 ވަނަ ބައި

26 Comments!

  1. imko 💕💕 says:
    December 30, 2023 at 7:25 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    💞💞💞 Lysm 💞💞💞💞💞

    1. Nayaa Nayaa says:
      December 30, 2023 at 7:53 pm

      shukuriyyaa imko <333
      next part hama mi part aa ekee submit kohlin
      lym <3

  2. vempire girl says:
    December 30, 2023 at 7:25 pm

    Maasha Allah mi part vx varah varah reethi 🤗 Alhey yaina ge mamma ah haadha dheragothekey dhw e dhimaavy.. naseebehnu milaan huri kan. Ehn noon nama neynge yaina ah yaina ge mamma libeyne kameh vx. Dhn avahah milaan aa yaina okay kuruvaba. Once again mi part vx varah varah reethi maasha Allah. Curiously waiting for the next part. ☺️

    💞💞💞 LYSM 💞💞💞

    1. Nayaa Nayaa says:
      December 30, 2023 at 7:46 pm

      thank youu so much vempire girl <333
      yeahhh milaan hurikan hama naseebu dhw
      next part mi part ekeega hama submit kohlin.. ekam upload nuve dhw adhives.. eii dhen alhugandu kuraane kameh noon.. hehe
      once again thanks dear
      lym <3

  3. Cute girl says:
    December 30, 2023 at 7:31 pm

    Masha allah mi part vx v Reethi
    Keep it up
    Can’t wait for next part

    1. Nayaa Nayaa says:
      December 30, 2023 at 7:56 pm

      thank you sm Cute girl <333
      next part hama mi part aa ekee submit kohlin

  4. Ifoo says:
    December 30, 2023 at 7:48 pm

    Vv reethi mi part vs maasha Allah.. unmeedhu kuran next part vs avahah kiyaalan libeyne kamah

    1. Nayaa Nayaa says:
      December 30, 2023 at 7:59 pm

      Varah bodah shukuriyyaa Ifoo <333
      next part ves hama mi part aa ekeega alhugandu submit kohlin

  5. Rifoo says:
    December 30, 2023 at 8:14 pm

    Yeyy my fav author ge vaahaka up vi dho.mi part vx varah reethi Masha Allah 💗❤️❤️💕.I agreed with vempire girl 💯. milaan hurikan eii hama naseebu ingey.kon irakun next part kiyaalan libeyni.miadhu vx up vi tho rifoo beli adhadheh vx neynge.ekam mi up vi rifoo nubalaa gadi eh ga dho.mi vaahaka hama varah reethi…kithah episode innany mi vaahaka ge.mi vaahaka ninmaafa nayaa as vaahaka eh liyan tha.hama ahaali 🙂.mi vaahaka ehaa reethi v ma.nayaa ge hithu ge shakuvaa vaahaka vx rifoo liyan up vaa konme dhuvahaku.ekam busy kamun comment eh nukurevun.

    Once again mi part vx varah reethi 😁
    Mi vaahaka vx

    Lysm nayaa

    1. Nayaa Nayaa says:
      December 30, 2023 at 8:23 pm

      awwwn Rifoo… thats sooo sweeettt <333
      vrh vrh vrh ufaa vejje nayaa mee rifoo ge fav author kan enguneema.. hehe..
      thank you so much darlx <333
      ahahaha hama rifoo nubalaa gadeega ey dhw upload vefa eynee.. mi vaahakaiga inna episode ge adhadhu eii sirreh.. hehe..
      next part Nayaa submit kureemey hama mi part aa ekee.. mi part uplod vi iru e part upload nuve eynee keevve kameh neynge..
      mi vaahaka ninmaafa Nayaa dhen ihah vaahaka liyumun break eh nagaany olevel exams nimen dhen.. next year june mahuge fahukolhu insha allah, anekkaa ves nayaa ehen vaahaka eh liyan fashaanan.. but for now, mi vhk ninmaalaafa ihah hama ekkoh studies ah focus kuraany..
      awwwn tysm darling.. comment nukuriyas hithuge shakuvaa ves kiyaali kan enguneema hama vrh vrh ufaa vejje <3
      once again thank youuu sooo muchhh my dear Rifoo <333
      Lym darling <3

  6. Rifoo says:
    December 30, 2023 at 8:45 pm

    Ok 👌 break eh negiyas rifoo hunnaanan inthizaaru ga aa vaahaka eh nayaa liyan dhen.ur welcome nayaa 🤗.
    Lysm nayaa 🤗❤️💕❤️

    1. Nayaa Nayaa says:
      December 31, 2023 at 11:47 am

      awww <333
      lym dear <3

  7. Reader says:
    December 30, 2023 at 8:51 pm

    Alheyyyyyyy. Hama rangalhah vss rovijje. Ma Sha Allah vrh vrh reethi mi part.💞 Naya darl you are so talented.💕 Hama heevany vaahakaige thereyga ulheveyhen. Ehaa Vs ibaaraaiy kurunn reethi. Curiously waiting for the next. Keep up your good work! love you🤍

    1. Nayaa Nayaa says:
      December 31, 2023 at 11:50 am

      varah bodah shukuriyyaa reader <333
      awww ahaha thankiu thankiu darling <3 vrh ufaa vejje <3
      next part upload nuvey dhw adhives
      love you more dear <333

  8. Reem says:
    December 30, 2023 at 8:55 pm

    Thankyou Naya, mihaa avahah part thah kiyaalan libeythee. Masha Allah this part was so emotional. next part ves mihaa reethi vaane kamah unmeedhu kuran. Really waiting for yaina’s forgiveness to Milaan. Wish to see next part soon. lots of love ❤️

    1. Nayaa Nayaa says:
      December 31, 2023 at 11:52 am

      awwn thank you darling <333
      next part ves hama mihaa reethi vaane insha allah.. i gave my best.. hehe
      yaina milaan ah forigve kureythoa lets wait for the next part dhw
      loves more <3

  9. Sunflower says:
    December 30, 2023 at 9:49 pm

    Mi part vs varah varah reethi. Mi vaahakaiga happy ending eh annaane kamah varah bodah ummeedhu kuran. Pls ending ga kiyuntherin rovvaanulaathi.

    1. Nayaa Nayaa says:
      December 31, 2023 at 11:54 am

      thank you Sunflower <333
      mi vaahakaiga annany happy ending eh thoa noony sad ending eh thoa balaalan hingaa dhw enme fahu episode ah wait kohlamaa

  10. Shy girl🤧 says:
    December 30, 2023 at 11:06 pm

    Esfiya team mi vaahaka ge next part neredheebaa.mi comment publish nukurumah album edhen 😊

    1. Nayaa Nayaa says:
      December 31, 2023 at 6:41 am

      Comment publish kohfi Ekam vaahaka publish nuve😭😭.. dear buni gothaa hilaafah Dhw e kanthah Kury 😭😭😭

  11. LIM🖤 says:
    December 30, 2023 at 11:37 pm

    Alheyyyy mi part vx vrh reethi maasha Allah ❤️
    Mi vhk ga fahun nerefa huri Gina part thah kiyaa nimey iru innanee hama rangalhah vx rovifa🥹
    Waiting for next part 🥺
    Kon irakun baa next part kiyaalan libeynee…
    LYSM NAYAA SIS ❤️
    Alhe next part ah vrh inthizaaru kurevey veehaa vx avahah libeyne kamah unmeedhu kuran😥

  12. ReeshA CoronA says:
    December 30, 2023 at 11:59 pm

    Kalooooooo neelaa haadha molhey dhivessah😭😭😭
    Buro haadha kameh hingaifi eydhww. Mashah reykaa ves nulaa. 😭😭😭
    Keekey bunaanee ves ma hama meenee thalin kulhu hikey varu vefa
    Milaan ge ehereasarugadha dhe loleh dhw👁️ manje ah engeyne tha egothah magey dhelolah balailaafa magey hithuga oiy ehcheh dhene gannan? Eyn? Neyngeyne!
    Kalo zaraa aa afaaaaaaan 🔥🔥🔥😍😍POWER COUPLE SEEDHAA MASHAA MAGEY SORAA👌👌👌 EII BAYAKEEE… Magey salute (kalo nethey miyaku salute emoji eh ves)
    Kalo ey komes eh bayakau dhen main bafainnah hadhan ulhey. Ey ekamu afaan haadha avahakah kudhin hoadhaa vhk e dhehkee kury dhuh. Adhi enme 4 maheh noontha kaivengna e vee. 🤦🤦 aslu firehenun dharin beynun vaany indhefa dhethin aharu fahun. Manje thi gengulheny maa aadhayaa khilaafu cast grp eh.. Ey ma beynun ingey azaan ge autograph 😏😏 man ekey eii.. Kalo ey magey kohthumee kany mi (spelling doesn’t matter) ma dhany ey dhen
    Vhk hama obbi👌👌 heskiyaaha🔥🔥🔥
    Varah loabivey engijey

    1. Nayaa Nayaa says:
      December 31, 2023 at 12:04 pm

      hoannnn… reesaa kanamaa faanu.. magey vaahaka ah comment eh kohlaane avajjeh vejje dhw enme fahun kamanaa faanah
      bala dhen egolaa thin hatharu aharu raajjeyga ulhey iru molhu vaane dhw
      kameh reykaa laany ves manje magey vhk gavaidhun kiyanyyaa thaa
      aan hoon dhen thalin kulhu ves hikeyne.. aiyfain vaagi ves dhoovaane.. boluga huriyyaa hurihaa isthahteh ves faibaane
      ahchi mashah ingeyne dhenegannah.. ekkala soru manje ge dhelolah egothah balaalaifiyyaa manje hithuga onnaany “alheyyy ma kaley dheke haadha loebbeh vey dhen thihen nubalabala ladhu ganey” noon tha??
      EY ASLUGA VES DHO.. HAMA MANJE AA LHIYANBE AA MATHIN MA HANDHAAN VANY E DHEMEEHUN GE SCENES LIYAA IRU HAHA
      saabahey aisaa
      manje aa lhiyanbe aa mainbafainnah vaan veenu? rangalhu vaane hama
      bala ey buro afaan eii thafaathu gola ekey.. eii hama seedhaa man eh.. he is the damn standard mannn
      ahdhe ma ves mee thafaathu gola ennu.. ehenma magey cast grp ves thafaathu vaane, magey liyuntherikamuge style ves thafaathu vaane, ma liyaa vaahakathah ves thafaathu vaaney bro
      azaan ge autograph hoadhan dhaan jeheynee laura kairiyah buro
      lmaoooo aan aan spelling doesnt matter dhw
      shukuriyyaaaaaaaaaaaaaa aisaaaaaaaaaaaa
      ma vs manje dheke hes kiyaafa loabi veyyy <333

  13. kim taehyung(V) says:
    December 31, 2023 at 10:44 am

    vrh reethi vhk mashaa allah. finally yai ahmom libihjje .and please dhn yai aa milaan gulhuvaaa dheeba alun please .ciuriously waiting for next part.

    1. Nayaa Nayaa says:
      December 31, 2023 at 11:56 am

      thank you dear <333
      lets see dhw yai and milaan gulheythoa..
      next part submit kohlin hama mi part aa eky

  14. kim taehyung(V) says:
    December 31, 2023 at 10:45 am

    finally yai ahmom libihjje .and please dhn yai aa milaan gulhuvaaa dheeba alun please .ciuriously waiting for next part.

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 44←


All Right Reserved!