Skip to content
އެސްފިޔަ

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 41

“ޔައިނާ.. ހިނގާ ގެއަށް ދާން..” މިލާން އެހެން ބުނުމާއެކު، ޔައިނާ ވަގުތުން މިލާންގެ ދެއަތް ފޮޅުވައިލިއެވެ. “އަހަރެން ދެން ނުދާނަން މިލާންއާ އެކީގައެއް..” މިލާންއަށް ފުރަގަސްދެމުން، ޔައިނާ ބުނެލިއެވެ. “އިނާ ޕްލީޒް.. އަހަރެން ދޫކޮށްފަ ނުދޭ… އަހަންނަށް އަދި އެންމެ ފުރުސަތެއް ދީބަލަ.. ޕްލީޒް.. އާދޭސްކޮށްފަ މި ބުނަނީ..” ދެލޮލުން ކަރުނަ އަންނަ ޙާލު، މިލާން އާދޭސް ކުރިއެވެ. “އަހަރެން ކަހަލަ ގޮތެއް ފޮތެއް ނެތް އަންހެނަކާ އެކީ އުޅޭކަށް މިލާން ބޭނުމެއް ނުވާނެ..” ޔައިނާ ބުނެލި ވާހަކައިން މިލާންގެ ހިތް ކުދިކުދިވެގެން ފޭބި ކަހަލައެވެ. ވަގުތުން އިސްދަށަށް ޖެހުނު އިރު، ދެލޯ މަރައި ބާރުކޮށްލެވުނެވެ. އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ނަފްރަތު ކުރެވުނެވެ.

“ޔައިނާ ޕްލީޒް.. އަހަންނަށް އޭރު ނުވިސްނުނީ.. އަހަންނަކަށްވެސް ނޭނގެ އޭރު ހަގީގަތެއް.. ހެޔޮ ނުވާނެ.. އަހަންނަށް މާފު ކޮށްފަ އަހަންނާ އެކީ ހިނގާބަލަ..” ޔައިނާގެ ކުރިމައްޗަށް އަރަމުން، މިލާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ހަގީގަތް މިލާންއަށް ނޭނގުނީ އަހަރެން ދެއްކި ވާހަކަ މިލާން އަޑު ނޭހީމަ.. ކިތައް ފަހަރު… ކިތައް ފަހަރު އަހަރެން މިލާންއަށް ހަގީގަތް ކިޔައިދޭން މަސައްކަތް ކުރިން.. މިލާންގެ ހިތުގަ އަހަންނާ މެދު ކުޑަކުޑަ އިތުބާރެއް އޮތް ނަމަވެސް މިއަދު މިހާ ހިސާބަށް އަންނާކަށް ނުޖެހުނީސް..” ޔައިނާ ބުނަމުން ދިޔަ ކޮންމެ ޖުމުލައަކުންވެސް، މިލާންގެ ހިތަށް އިންތިހާއަށް އަސަރު ކުރަމުން ދިޔައީ، އެއީ އޭނާއަށް ޙައްޤު ސަޒާއެއް ކަން ޤަބޫލު ކުރަމުންނެވެ.

“މިލާންއާ އިނދެގެން މިލާންގެ އަންބެއްގެ ހައިސިއްޔަތުން އަހަރެން މިލާންއަށް ކޮށްނުދެނީ ކޮން ކަމެއް..؟ ބަދަލުގަ މިލާންއަށް އަހަރެންނަށް ކޮށްދެވުނީ ކޮން ކަމެއް..؟ މިލާންގެ ދުލުން އަހަންނާ ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް..؟ އެންމެ ފަހަރަކުވެސް އަހަރެން ހުރީ ކައިގެންތޯ، އަހަރެން އުޅެނީ ބަލިވެތޯ އަހާލާނެ ވަގުތެއް މިލާންއަށް ވިތަ..؟ އަހަރެން ހާދަ ކެތް ކޮށްފީމޭ މިލާން.. ހާދަ ކެތް ކޮށްފީމޭ.. ނުނިދިގެން ކޮންމެ ރެޔަކު އަހަރެން ރޮއެރޮއެ އޮންނަ އިރު މިލާން އަރާމުގަ ނިދާފަ އޮންނަ ތަން ފެންނާތީ އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރެޔޭ.. ރޭގަވެސް… އަހަރެން ހަމައެކަނި މަސައްކަތް ކުރީ މިލާންއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން.. މި މެރިޖް ވޯރކް އައުޓް ކުރަން.. އެކަމަކު އެކަމާވެސް ރުޅި އައިސްގެން މިލާން އަހަންނާ ދިމާލަށް ހެއްދެވިއެއް ނުހެއްދެވިއެއް ގޮވާފަ ގެއިން ނުކުމެގެން ދިޔައީ.. މިލާން އެގަޑީގަ އަހަރެން އެކަނި ކޮށްލާފަ ނުދިޔަ ނަމަ ޝިޔަލްއަކަށް ވެސް އަހަރެންގެ ގަޔަކު އަތެއް ނުލެވޭނެ ދޯ..؟ އިނގޭތަ ޝިޔަލް އައިސް އަހަންނަށް ހަދާލި ގޮތް..؟ ޝިޔަލް އަހަރެންގެ ގައިގަ އަތްލި ކޮންމެ ފަހަރަކު އަހަންނަށް ވީ އުނދަގޫ މިލާންއަށް އެނގޭތަ..؟ ޝިޔަލް އަހަންނަށް އަނިޔާ ކުރި އިރު އަހަންނަށް ތަދުވި ވަރު މިލާންއަށް އެނގޭތަ..؟” ޔައިނާ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަޑު އަހަން ހުރި މިލާން ހުރީ ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެންނެވެ. ޔައިނާއާ ހަތަރުކަޅި ހަމަކޮށްލެވޭނެހާ ހިތްވަރުވެސް މިލާންގެ ގައިގައި ނެތް ފަދައެވެ.

“އަހަރެންގެ ބައްޕަގެ ވަސިއްޔަތެކޭ ކިޔާފަ ކޮންމެހެން އަހަންނާ ކައިވެނި ކުރީ ކީއްކުރަން..؟ އަހަންނާ އިނދެގެން މިލާން އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތް ބަލަން ބައްޕަ ދުނިޔޭގަ ހުރި ނަމަ ބައްޕައަށް ހާދަ އަސަރެއް ކުރާނެޔޭ.. ހާދަ ދެރަވާނެޔޭ.. މިލާން އަހަންނާ ދޭތެރޭ ކަންތައް ކުރާނީ ތިހެންކަން އެނގޭ ނަމަ އަހަންނަށް ޔަގީން މިލާން ކައިރި އަހަންނާ ކައިވެނި ކުރުމަށް ބައްޕަ ނުބުނާނެ ކަން.. މިލާން ތީ މިއަދު އަހަރެންގެ ބައްޕަގެ ކުރިމަތީގަވެސް ކުށްވެރިއެއްކަން ހަނދާން ކުރާތި..” ޔައިނާ ބުނަމުން ދިޔަ ކޮންމެ ލަފްޒަކާއެކު، މިލާންގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މަންޒަރު ބަލަން ތިބި އަފާންއާ ޒާރާވެސް ޔައިނާ ހުއްޓުވާކަށް ނޫޅުނެވެ. ލައްކަ ދުވަހު ޔައިނާ ކެތް ކޮށްފިއެވެ. މިލާންއަށް ލިބެމުން އެ ދާ ސަޒާ އޭނާއަށް ޙައްޤު ކަމަށް އަފާންއަށާ ޒާރާއަށްވެސް ޤަބޫލު ކުރެވުނެވެ.

“އަހަންނަށް ވަރަށް ކެތް ކުރެވިއްޖެ މިލާން.. ދެން ނުވާނެ.. އަހަރެން ބޭނުމެއް ދޫން މިލާންއާ އެކީ އުޅޭކަށް…” ޔައިނާ އެންމެ ފަހުން ބުނެލި ޖުމުލަ ރުވާފައި ދިޔަ ތީރެއްހެން ގޮސް ހެރުނީ ސީދާ މިލާންގެ މެޔަށެވެ. “ނޫން ޔައިނާ.. ޕްލީޒް.. ތިހެން ނުބުނޭ.. އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީބަލަ..” ޔައިނާގެ ދެއަތުގައި ހިފައިލަމުން، މިލާން އެދުނީ ރޮވިފައިވާ ޙާލުގައެވެ. “އެ ދުވަހު ކަންތައް ވީ ގޮތުގެ ހަގީގަތް މިލާންއަށް ކިޔައިދިނުމަށް އަހަންނަށް ފުރުސަތެއް ދޭށޭ އަހަރެންވެސް މިލާން ކައިރި އާދޭސް ކުރިން.. މިލާން އަހަންނަށް އެ ފުރުސަތު ދިނިންތަ…؟” ޔައިނާގެ އެ ސުވާލާ އެކީ މިލާންގެ ހިތް އެކީ ކުދިކުދިވި ކަހަލައެވެ. އެހާވެސް އެ ހިތަށް އަސަރު ކުރިއެވެ.

“އަހަރެން މާދަމާ ވަރިވާން ކޯޓަށް ސިޓީ ލާނަން.. އެހެން ނޫނީ ހަމަ މިހާރު މިވަގުތު މިލާން އަހަރެން ވަރި ކުރިޔަސް އަހަރެންގެ މައްސަލައެއް ނެތް..” ޔައިނާ އެހެން ބުނި އިރު، ޚުދު އޭނާގެ ހިތުގައިވެސް ދިޔައީ އިންތިހާއަށް ވޭން އަޅަމުންނެވެ. މިލާން އޭނާޔާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ކަމުގައި ވީ ނަމަވެސް، އެ ހިތުގައި އަދިވެސް މިލާނަށްޓަކައި އޮތް ލޯބި ދެގޮތެއް ނުވެ އޮތެވެ. އެހެންނަމަވެސް އޭނާއަކީވެސް އިންސާނެކެވެ. އަންހެން ކުއްޖެކެވެ. ކެތް ވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟

“ނޫން.. ޕްލީޒް.. ތި ނޫން ކޮންމެ ކަމަކު އެދުނަސް އަހަރެން އެކަމެއް ޔައިނާއަށް ކޮށްދޭނަން.. އެކަމަކު އަހަރެން ކައިރި ޔައިނާ ވަރިކުރާށޭ ނުބުނޭ.. އެކަމެއް އަހަންނަކަށް ނުވާނެ.. އަހަރެން ކިހިނެއްތަ ޔައިނާ ވަރި ކުރާނީ..؟” މިލާންގެ ހިތަށް އެވަގުތު ވަމުން ދިޔަ ތަދު އެ ހިތް ރޮއްވަމުން ދިޔައެވެ. “މި ހުރިހާ ދުވަހަކު އަހަރެން ބާކީކޮށްލި ގޮތަށް.. އެގޮތަށް މިއަދުވެސް ކަންތައް ކުރޭ..” ޔައިނާގެ ވިސްނުން ބަދަލުވީހެނެއް ހިޔެއް ނުވެއެވެ. ކުއްލިޔަކަށް މިލާން އޭނާގެ ދެއަތުން ޔައިނާ ހައްޔަރު ކޮށްލިއެވެ. ޔައިނާގެ ކަނދުރާގައި މޫނު ފޮރުވައިލަމުން، ޔައިނާގެ މެދުހަށީގައި ވަށައިލެވިައިވީ ދެއަތް އިހުނަށް ވުރެ ބާރު ކޮށްލީ ދުވަހަކުވެސް ދޫކުރަން ބޭނުން ނުވާ ފަދައަކުންނެވެ.

“ޕްލީޒް ޔައިނާ.. އަހަރެން ދެން ދުވަހަކުވެސް އެއްވެސް ކަމެއްގަ ޔައިނާއަށް ޝައްކެއް ނުކުރާނަން.. ދުވަހަކުވެސް ޔައިނާ ޝަކުވާ ކުރާނެ ފުރުސަތެއް ނުދޭނަން.. ދުވަހަކުވެސް ތި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ ނުދޭނަން.. އެހެން އެއްވެސް މީހަކު ޔައިނާ ދެކެ ނުވާ ވަރަށް އަހަރެން ޔައިނާއަށް ލޯބި ދޭނަން.. އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީ.. ޔައިނާ އެކަން ރިގްރެޓް ކުރިޔަކަ ނުދޭނަން.. އައި ޕްރޮމިޒް.. ޕްލީޒް.. ހަމަ އެންމެ ފުރުސަތެއް ދީ..” މިލާންގެ އާދޭސްތަކުން ޔައިނާގެ ހިތް މަޑު ކަފަކޮޅަކަށް ވަމުން ދިޔައެވެ. އެ ލޮބުވެތި ބީހުންތަކަށް ކުރެވުނު ދިގު އިންތިޒާރަށް ފަހު އަނބުރާ މިލާންގެ ލޯބި ލިބުމުން ޔައިނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެހެންނަމަވެސް، އޭނާގެ ހިތް އަދިވެސް މިލާންއަށް އިތުރު ފުރުސަތެއް ދޭކަށް އެއްބަހެއް ނުވެއެވެ. ގައިގައި ހުރި ބާރެއް ލައި، މިލާން ދުރަށް ކޮއްޕައިލަމުން، ޔައިނާ ދުވެފައި ގޮސް، އޭނާއަށް ޚާއްސަ ކުރެވިފައިވީ ކޮޓަރިއަށް ވަނެވެ. މިލާންއަށް ޔައިނާގެ ފަހަތުން ދެވުމުގެ ކުރިން، ޔައިނާ ކޮޓަރީގެ ދޮރު ތަޅުލިއެވެ. ހަމަ އެއާއެކު، ޔައިނާގެ ބަޑި ފަޅައިގެން ދިޔައެވެ. ބޭރަށް އަޑު އިވިދާނެތީ، އޭނާ އަނގަމަތީގައި އަތް އަޅައި ބާރުކޮށްލިއެވެ. ދޮރުގައި ބުރަކަށި ޖައްސައިލަމުން މަޑުމަޑުން ތިރިވި އިރު، ޔައިނާގެ ކަންފަތް ދޮށުގައި މިލާންގެ ކަރުނުން ފުރިގެންވީ އާދޭސް ގުގުމަމުން ދިޔައެވެ.

ޔައިނާ ކޮޓަރިއަށް ވަނުމާއެކު، މިލާންއަށް ބަލައިލެވުނީ ޒާރާއާ އަފާންއާ ދިމާއަށެވެ. “ޕްލީޒް ޒާ.. ޔައިއަށް ވިސްނަދީބަ.. އަހަންނަށް ޔައިއާ ނުލައި ނޫޅެވޭނެ..” މިލާންގެ އާދޭހުން ޒާރާއަށްވެސް މިލާންއާ ދޭތެރޭ ހަމްދަރުދީ ވެވުނެވެ. “އަފާން.. ޕްލީޒް..” ޒާރާގެ ފަރާތުން ޖަވާބެއް ނައުމުން މިލާން ދެން ބަލައިލީ އަފާންއާ ދިމާއަށެވެ. “މިލާން.. އިހަށް ޔައިއަށް ވަގުތުކޮޅެއް ދީ.. އަހަންނަކަށް ހިޔެއް ނުވެ މިލާން ކައިރިން ވަރިވާނެހާ ހިތްވަރެއް ޔައިގެ ހުރެދާނެ ހެންނެއް.. ބަޓް ފޯރ ނައު.. ޝީޒް ޑެފިނިޓްލީ ނޮޓް ރެޑީ ޓު ގިވް ޔޫ އެނަދަރ ޗާންސް.. އޭނައަށް އަމިއްލަ ނަފްސަށް ފޯކަސް ކޮށްލަން ވަގުތުކޮޅެއް ދީ..” އަފާން ބުނެލިއެވެ. “ޑޯންޓް ވޮރީ.. ވީ ވިލް ޓޭކް ގުޑް ކެއަރ އޮފް ހަރ.. އަހަރުމެން ޔައި ބަލާނަމޭ.. އިހަށް މިލާންވެސް ދޭ ގެޔަށް އަރާމު ކޮށްލަން..” އަފާން އިތުރު ކޮށްލުމާއެކު މިލާން ބޯ ޖަހާލާފައި އެގެއިން ނުކުތެވެ. ކާރުގައި ގެއަށް ދެވެންދެންވެސް ޔައިނާގެ ވާހަކަތައް އޭނާގެ ސިކުނޑިތެރޭގައި އެނބުރެމުން ދިޔައެވެ.

ގެއަށް ވަދެވުމާއެކު، މިލާން ސޯފާ މައްޗަށް ވެއްޓިގަތެވެ. ސީލިންގާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު ވޭތުވެގެން ދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަންތައް ވީ ގޮތް އޭނާގެ ލޯމަތީގައި އެނބުރޭހެން ހީވިއެވެ. އޭނާގެ އިސްތަށިގަނޑު ތެރޭގައި ދެއަތް ހިނގައިލެވުނު އިރު، ފުންކޮށް ދެތިން ނޭވާ ދޫކޮށްލެވުނެވެ.

އޭނާ ޔައިނާ ދެކެ ހާދަ ލޯބިވެއެވެ. ޔައިނާ އޭނައަށް މައާފު ކުރާނެ ނަމައެވެ. ޔައިނާ އޭނާއަށް ހަމަ އެންމެ ފުރުސަތެއް ދޭނެ ނަމައެވެ. އޭރުން ދުވަހެއްގެ ކޮޅުންވެސް އެ ރީތި ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނަކަ އޭނާ ނުދޭނެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ގެނެސް، ޔައިނާގެ އުނގަށް އަޅައިދޭނެއެވެ. ދުވަހަކުވެސް އެހެން މީހެއްގެ ފަރާތުން ލޯތްބަށް އެދެން ނުޖެހޭ ވަރަށް އޭނާ ޔައިނާއަށް ލޯބި ދޭނެއެވެ.

ވިސްނުމުގައި ވަގުތު ހޭދަވަމުން ދިޔަ ވަރަކަށް، މިލާންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނައިގެ އަދަދުވެސް ދިޔައީ ގިނަވަމުންނެވެ. އިރުކޮޅެއް ފަހުން، މިލާން ޖީބުން ފޯނު ނަގައި، ލައުރާއަށްގުޅައިލިއެވެ. ރެއިން ފެށިގެން ކަންތައް ވީ ގޮތުގެ ހުރިހާ ތަފްޞީލެއް ލައުރާއަށް ކިޔައިދިން އިރު، އެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މިލާންއަށް ޔައިނާ ގެއްލުނަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ލައުރާ ވައުދު ވުމުން މިލާންގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ. އޭނާއަށް ފޯނު ބާއްވަން އެނގުނީ، މެންދުރު ނަމާދަށް ބަންގިވެސް ގޮވި ފަހުންނެވެ. ފާޚާނާއަށް ވަދެ ވުޟޫ ކޮށްލައިގެން މިލާން ގެއިން ނުކުތީ، މިސްކިތަށް ދިޔުމަށެވެ. މިސްކިތަށް ގޮސް، ޖަމާޢަތުގައި ނަމާދު ކޮށްލެވުމުންވެސް ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނުކަން މިލާނަށް އިހުސާސް ކުރެވުނެވެ. ނަމާދަށް ފަހުވެސް، އޭނާއަށް ދުޢާ ކުރެވުނީ ހަމަ އެންމެ ކަމަކާއި ދޭތެރޭގައެވެ. ޔައިނާ އަލުން އޭނާގެ ޙަޔާތަށް ގެނެސްދެއްވާތޯއެވެ.

މިސްކިތުން ފޭބުމަށްފަހު، ސައިކަލަށް އަރައިގެން މިލާން މިސްރާބު ޖެހީ ރަސްފަންނާ ދިމާއަށެވެ. ދޮންވެލިގަނޑު މަތީގައި އިށީނދެގެން އިން އިރު މެންދުރުގެ އެ ވަގުތު ވަމުން ދިޔަ ގަދަ ހޫނުން މިލާނަށް އެއްވެސް އަސަރެއް ކުރަމުން ދާހެން ހިޔެއް ނުވެއެވެ. މޫދާ ދިމާއަށް ބަލަހައްޓައިގެން އިން އިރުވެސް މިލާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޔައިނާއެވެ. އެ ހަނދާންތަކެވެ. އެ ޚިޔާލުތަކެވެ.

ކުއްލިއަކަށް މިލާންގެ ސިކުނޑީގައި ކޮށްޓައިލީ މިއަދު ހެނދުނު ހޮސްޕިޓަލުން ފެނުނު އަންހެން މީހާއެވެ. “އެކަމަކު… އޭނަ ހާދަހާއޭ ޔައިނާއާ ވައްތަރީ…” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް މަޑުމަޑުން މިލާންއަށް އެހެން ބުނެވުނު އިރު، އޭނާގެ ހިތާއި ސިކުނޑިވެސް އެކަމާ އެއްބަސްވިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ވަރަށް އާދަޔާޚިލާފު ވާހަކައެވެ. އެ އަންހެން މީހާގެ ޙަޤީގަތް ހޯދުމަށް އޭނާގެ ހިތް އެދި ގޮވަން ފެށިއެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް، މިލާން ވަގުތުން ސައިކަލުގައި މިސްރާބު ޖެހީ ކެއަރލޫޕް ހޮސްޕިޓަލާ ދިމާއަށެވެ.

*** ** ***

“ޔައީ… އެއްޗެއް ކާންވީނު..” އެނދުމަތީގައި ބަނޑުވަތަށް އޮށޯވެ އޮތް ޔައިނާގެ ބުރަކަށީގައި ފިރުމައިލަމުން ޒާރާ ބުނެލިއެވެ. “ކާހިތެއް ނެތް..” އެ އޮތް ގޮތަށް އޮވެ ޔައިނާ ބުނެލިއެވެ. “ކާ ހިތް ނުވިޔަސް ކާން ޖެހޭނެ.. ޑޮކްޓަރ މިއަދުވެސް ބުނި ޔައި ރަނގަޅަށް ނުކާތީއޭ އެހާ ފަސޭހައިން އަނބުައިގަންނަނީ.. ޕްލީޒް.. ދެން ތި ގޮތް ދޫކޮށްފަ އާދެބަ އެއްޗެއް ކާން.. އަހަރެން މިހުރީ ސްޕްގެޓީ ހަދާފައޭ.. ޔައިގެ ފޭވަރިޓް އެއްނު..” ޒާރާ ކުރުނުކޮށް އާދޭސް ކުރަން ފެށުމުން ޔައިނާ އެންމެ ފަހުން ތެދުވީ، އޭނާ ނުކަނީސް ޒާރާ ދޫ ނުކުރާނެކަން އެނގޭތީއެވެ. ޔައިނާ ތެދުވެ، ހަމަޖެހުލުމާއެކު، ޒާރާ އުލުގައި ސްޕްގެޓީކޮޅެއް އޮޅާފައި، ޔައިނާއަށް ލަވައިދިނެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޔައިނާ ކާނެ ފެށުމުން، ޒާރާއަށް ހިނިތުން ވެވުނެވެ. އެހެން ނަމަވެސް، ޔައިނާގެ ކޯތާފަތުގައި ނުހިކި ހުރި ކަރުނައިގެ އަސަރު ފެނަންނަ ހުރުމުން އެ ހިނިތުންވުން ފިލައިދިޔައެވެ. ރަތްވެފައިވީ ޔައިނާގެ ދެލޮލާއި، ތެމިފައިވީ އެސްފިޔަތައްވެސް ހެކި ދިނީ ހަމަ އެންމެ ކަމަކަށެވެ. ކިތަންމެ ބޯހަރު ވެފައި، މިލާންގެ ކައިރިން ވަރިވާން އުޅުނު ކަމުގައި ވިޔަސް، އެކަން ކުރާނެހާ ހިތްވަރެއް ޔައިނާގެ ނެތް ކަމެވެ. އޭނާ އަދިވެސް ހިތުގެ އެންމެ ފުންމިނުން މިލާން ދެކެ ލޯބިވާ ކަމެވެ.

“ޔައީ.. ދެން ހަމަ ވަރި ވާނީތަ..؟” ޒާރާ އެހެން އެހުމާއެކު ޔައިނާ ބޯ ޖަހައިލިއެވެ. “މިލާންއަށް އިތުރު ފުރުސަތެއް ދޭކަށް ޔައިނާ ނުވިސްނަންތަ..؟” ޒާރާގެ ސުވާލާއެކު ޔައިނާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ހުރެ ޒާރާ އެ އުޅެނީ މިލާންއަށް އެހީވާން ހެއްޔެވެ؟

“އަހަރެންގެ މަގާމުގަ ޒާ ހުރި ނަމަ މިލާންއަށް މައާފު ކުރާނަންތަ..؟” ޔައިނާ އަހައިލިއެވެ. “އެދުވަހު ޔައިނާއާ ޝިޔަލްއާ އެކީގަ އެގޮތަށް ތިއްބާ މިލާންއަށް ފެނުނު ފަދައިން މިލާންއާ އެހެން އަންހެން ކުއްޖަކާ އެގޮތަށް އެކީގަ ތިއްބާ ފެނުނު ނަމަ ޔައިނާ ވަގުތުން މިލާންއަށް އިތުބާރު ކުރާނަންތަ..؟” އަޑު އައީ ކޮޓަރީގެ ދޮރު ކައިރިންނެވެ. ޒާރާއާ ޔައިނާއަށް އެދިމާ ބަލައިލެވުނީ އެއްފަހަރާއެވެ. ދޮރުކައިރި ހުރި ލައުރާ ދެމީހުންނަށް ހިނިތުންވުމެއް ދީފައި އައިސް، ޔައިނާގެ މަގަތުގައި، އެނދުގައި އިށީނދެ، ޔައިނާގެ އަތުގައި ހިފައިލިއެވެ. “ބުނެބަލަ.. އިތުބާރު ކުރާނަންތަ..؟” ލައުރާގެ ސުވާލާ އެކީ ޔައިނާއަށް ވިސްނައިލެވުނެވެ.

މިލާންއާ އެހެން އަންހެން ކުއްޖަކާ އެގޮތަށް އެއް އެނދެއްގައި ބަރަހަނާ ހާލު އޮތް ތަން ފެނުނު ނަމަ އޭނާ ވަކި މިލާނަށް އިތުބާރު ކުރީސް ހެއްޔެވެ؟ މިލާންގެ އެއްވެސް ވާހަކައެއް އަޑު އެހީސް ހެއްޔެވެ؟ މިލާންއަށް މައާފު ކުރީސް ހެއްޔެވެ؟

“އަހަރެންވެސް ގަބޫލު ކުރަން މިލާންގެ ކުށް މިކަމުގަ އޮތް ކަން.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެގެން ދިޔަ ނަމަވެސް، ކައިވެންޏަށް ފަހު އަނބިމީހާއާ ދޭތެރޭ އެގޮތަށް މިލާން ކަންތައް ކޮށްގެން ނުވާނެކަން އަހަންނަށް އެނގޭ.. މިލާންގެ ގާތް އެކުވެރިޔަކަށް ވީތީ އަހަރެން މިލާން ޑިފެންޑް ކުރަނީކީ ނޫން.. އެހެން ހީ ނުކުރައްޗެ.. އަހަރެން މީ ހަމަ ޔައިގެވެސް ވަރަށް ގާތް އެކުވެރިއެއްނު.. ދެ ސައިޑްވެސް އަޑު އަހާފަ އަހަންނަށް ފީލްވާ ގޮތް މި ކިޔައިދެނީ.. ޔައިއަށް އެނގޭތަ މިލާން ޔައިއަށް ޕްރޮޕޯޒް ކުރަން ވެގެން ކެނެޑާއަށް ދިޔުމުގެ ދުވަސްކޮޅެއް ކުރިން ޔައި ޝިޔަލްއާ އެކުވެރިވީމަ މިލާންއަށް އުނދަގޫ ވެގެން އުޅުނު ކަން..؟ އެކަމަކު އެއިން އެއްވެސް ވާހަކައެއް މިލާން ޔައިއާ ހިއްސާ ނުކުރާތީ އޭނަ ޔައިއަށް ވަރަށް އިތުބާރު ނުކުރާތީ.. ޔައިއާ ޝިޔަލްއާ އެއްކޮށް ތިއްބާ ނަގާފަ ހުރި ފޮޓޯ ތަކެއް މިލާންއަށް ފެނިގެން މިލާން ދެރަވި ވަރު އެނގޭތަ..؟ އެ ފޮޓޯ ތަކުގަ ޔައިއާ ޝިޔަލްއާ ތިބީ ވަރަށް ކައިރި ކައިރީގަ.. ބަލައިލި މީހަކަށް ތި ދެމީހުންނަކީ ދެ ލޯބިވެރިންހެން ހީވާހާ ގާތުގަ.. އޭގެތެރެއިން ބައެއް ފޮޓޯތައް އެއީ އެޑިޓްވެސް ނުކޮށް ހުރި ފޮޓޯތައް ކަން އެނގުމަށް ފަހުވެސް، މިލާން ޔައިއާ ދިމާއަށް އެއްވެސް އެއްޗެއް ބުނިތަ..؟ ނޫނެއްނު.. އޭގެންވެސް އެ ދައްކުވައިދެނީ މިލާން ޔައި ދެކެ ލޯބިވާ މިންވަރު.. ޔައިއަށް އިތުބާރު ކުރާ މިންވަރު.. އެކަމަކު އެ ހުރިހާ ކަމެއް ވަމުން ދަނިކޮށް ޔައިއާ ޝިޔަލްއާ އެއް އެނދެއްގަ ބަރަހަނާ ހާލު އެކުގަ ތިބި މަންޒަރު ފެނުނީމަ މިލާންގެ ހިތަށްވެސް އެއްޗެހި ތަކެއް އަރާނެ ދޯ.. މިލާންގެ ހިތަށްވެސް އަސަރު ކުރާނެ.. އެކަމަކު މިލާން ކެނެޑާއަށް ދިޔުމުގެ ކުރިން ތި ދެމީހުންގެ ގުޅުން ފަނިކޮށްލަން ޝިޔަލް ކުރި ހުރިހާ މަސައްކަތަކަށް ފަހުވެސް، އޭނައަށް އެކަން ނާކާމިޔާބު ވުމަކީ މިލާން ޔައިނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމުގެ ވަރަށް ސާފު ހެއްކެއް..” ލައުރާގެ ވާހަކަތައް ނިމުނު އިރު، ޔައިނާއަށް އިނދެވުނީ އިސްޖަހައިގެންނެވެ. އެ ދެއްކި ހުރިހާ ވާހަކަތަކާއި މެދުގައި ފުންކޮށް ވިސްނެމުން ދިޔައެވެ.

“ދެން ކައިވެންޏަށް ފަހު މިލާން ޔައިއާ ދޭތެރޭ ކަންތައް ކުރި ގޮތް ވަރަށް ގޯސްކަން އަހަރެންވެސް ގަބޫލު ކުރަން.. އެކަމަކު ހަގީގަތް ނޭނގި ހުރެ މިލާންގެ މަގާމުގަ އަހަރެން ހުރި ނަމަ، އަހަންނަށްވެސް ކަންތައް ކުރެވޭނީ ހަމަ އެހެންކަން ޔަގީން.. އަހަންނާ މިލާންއާ އުޅެ ބޮޑުވީ އެކީގަ.. ކުޑަ އިރުން ފެށިގެން މިއަދާ ހަމައަށް އައި އިރު މިލާން ރޯ މަންޒަރު އަހަންނަށް ފެނުނީ އެންމެ ދެފަހަރު.. އެއީ ޔައިއާ ޝިޔަލްއާ ދޭތެރޭ ހިނގި ކަންތަކަށް ފަހުގަޔާ ޔާސިރުބެ ނިޔާވި ދުވަސް.. އޭގެންވެސް އެ ދައްކުވައިދެނީ މިލާންގެ ހިތުގަ ޔައިއަށާ ޔައިގެ ފެމިލީއަށް ދީފައި އޮތް ޚާއްސަކަން.. ދެން ކަންތައް ކުރަންވީ ގޮތް އެނގޭނީ ޔައިއަށް.. އަހަރެން ޔައިއަށް ފޯސްއެއް ނުކުރާނަން.. ޔައިގެ ޑިޒިޝަންއަށް ފުލީ ރެސްޕެކްޓްވެސް ކުރާނަން.. އެކަމަކު އެންމެ ފަހަރަކު ހަމަ އަހަރެން މި އެދެނީ.. ޔައި ތި ކުރަން އުޅޭ ކަންތަކާ މެދު އަދި ވިސްނާލައްޗޭ.. އައިސްފައި ހުންނަ ރުޅީގައި ކުރެވޭ އެންމެ ކަމަކުންވެސް ދިރިުޅުން އެކީ ބަދަލުވެގެން ހިނގައިދާނެ..” ލައުރާގެ ވާހަކަތައް އަޑު އަހަމުން ދިޔަ އިރު ޔައިނާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ.

“އިހަށް އަހަރެން ބޭނުމީ އެކަނިވެލަން..” ޔައިނާ އެހެން ބުނުމާއެކީ، ލައުރާއާ ޒާރާ އެކަކު އަނެކަކާ ދިމާއަށް ބަލައިލާފައި، ކޮޓަރިން ނުކުތެވެ. އެދެމީހުން ނުކުތުމާއެކު، ޔައިނާއަށް މޫނުގައި އަތް އަޅައިލެވުނެވެ.

ލައުރާވެސް އެ ބުނީ ތެދެކެވެ. މިލާންގެ މަގާމުގައި އޭނާ ހުރި ނަމަ އޭނާވެސް ކަންތައް ކުރާނީ ހަމަ މިލާން ކަންތައް ކުރި ފަދައިންނެވެ. ޔައިނާއާ ދިމާއަށް މިލާން ބުނި ކޮންމެ ލަފްޒަކީ މިލާންގެ ލޯ މައްޗަށް ހަގީގަތް ފަރުދާ ކުރެވިފައިވީ އަނދިރިގަނޑެއްގެ ތެރޭގައި ހުރެ، މިލާން ބުނި ކޮންމެ ލަފްޒެކެވެ. ލައުރާ ބުނި ފަދައިން މިލާން ކެނެޑާއަށް ދިޔުމުގެ ކުރީގައި ކަންތައް ކުރި ގޮތަށް އޭނާއަށްވެސް ކަންތައް ނުކުރެވޭނޭކަން ޔަޤީނެވެ. މިލާން އޭނާއަށް އިތުބާރު ނުކުރެޔެކޭ ބުނާނެ އެއްވެސް ޖާގައެއް މިއަދަކު ނެތެވެ. އެހެންނަމަވެސް، އޭނާ އަދި ވިސްނައިލަން ވަގުތުކޮޅެއް ބޭނުންވެއެވެ. ވަރިޔަށް އެދުމަކީ ބޮޑު ކަމެކެވެ. އެހާ ބޮޑު ނިންމުމެއް ނިންމާ އިރު، ވިސްނައިލާނެ ފުރުސަތެއް އޭނާ ބޭނުންވެއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. Ely

    Maasha allah.. vrh reethi mi vaahaka
    Next part Koniraku upload kuraani..???
    Next part vrh avahah upload kuraane kamah unmeedhu kuran…😊

    1. Nayaa
      Ely

      varah bodah shukuriyyaa Ely <333
      next part mihaaru liyamun mi gendhany.. mirey ehen noony maadhamaa submit kohlaanan insha'allah

  2. ifoo

    maasha allah mi part vs vv reethi…when next part kiyaalan libeynee????

    1. Nayaa
      ifoo

      thank you sm ifoo <333
      next part maadhamaa insha allah

  3. Cute girl

    Mi part vx v Reethi masha allah
    Keep it up
    When next part

    1. Nayaa
      Cute girl

      thank you Cute girl <333
      maadhamaa insha allah

  4. imko 💕💕

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    💞💞💞Lysm 💞💞💞
    Take care everyone 💓💓

    1. Nayaa
      imko 💕💕

      thank youuuu sm imko <333
      next part tmrw insha allah
      lym <3
      you too tc <3

  5. Rifoo

    Varah reethi mi part vx Masha Allah 💗
    Curiously waiting for the next part
    Kon irakun next part kiyaalan libeyni
    Lysm nayaa

    1. Nayaa
      Rifoo

      thank you sm Rifoo <333
      next part maadhamaa submit kohlaanan insha allah
      lym <333

  6. Reader

    Yainaaa nooooo. Ehen nuhadhaaa.
    Mi part vs vrh reethi ma Sha Allah 💞. Can’t wait next part ah.

    1. Nayaa
      Reader

      shukuriyyaa Reader <333
      yaina kairi e varah aadheys kuriyas yaina goiy dhoo kuriyyaa dhw othy.. hehe
      next part maadhamaa insha allah

  7. Itsher

    Vrh reethi masha allah next part ah inthizaaru kuran..💗

    1. Nayaa
      Itsher

      thankiu sm Itsher <333
      next part miadhu submit kohlaanan

  8. vempire girl

    Maasha Allah mi part vx varah varah reethi 🤗 mihaaru next part ah vaguthu gunan fashaifin.. Nayaa ge kiyevumah samaalukan dhemun vx vaahaka up kohdheythy varah varah ufaavey ☺️ mee mi site ga alhugandu mihaaru kiyaa emme reethi vaahaka… Nayaa thikuraa masahkathah hama assari bahaa saabas dhen👏👏.. Nayaa kurin liyun hithuge shakuvaa vaahaka vx varah varah varah reethi.. Nayaa ge vaahaka thakah alhugandu rate kuranyyaa kuraany 💯 in. And i am a big fan of you…

    💞💞💞 LYSM 💞💞💞

    1. Nayaa
      vempire girl

      alheyyyyy…. vrh vrh vrh bodahhh shukuriyyaa vempire girl <33333
      mi comment kiyaalaafa ufaa vi varu bunedheyn ves neyngey.. vrh vrh ufaa vejje <3
      mikahala loabi comments mee hageegathuga what keeps me going anehhen bunanyyaa.. enme bodah demotivate ve vhk huttaalan beynunvaa vaguthu thakugaves mikahala comments ge mathin handhaan veema vrh hivvaru libey.. so tysm for that my dear <3 asluga ves vrh ufaa vejje
      lym darlx <333

  9. Me

    Vrh vrh reethi mi part vs maasha allah aneh part ah vrh inthizaaru kurevey 😍

    1. Nayaa
      Me

      vrh bodah shukuriyyaa Me <333
      next part miadhu submit kohlaanan insha allah

  10. Reem

    Maasha Allah mi part ves varah varah reethi. Plus Milaan ge aadheys omg. and the best part of this episode is Laura ge advice. that was a perfect advice. Masha Allah. thi ibaaraaiy kurun varah molhu. I feel like i was there in the story. Once again varah varah molhu hama. Curiously waiting for next part. LYSM dear 💗🥹

    1. Nayaa
      Reem

      awwwwn tyssssmm Reem darling <33333
      ahaha varah bodah thankiu.. story ge thereyga ulheveyhen heevanyyaa dhen eyge maana aky story varah reethi vee ey.. hehe.. thanks again <3
      next part miadhu submit kohlaanan insha allah.. mihaaru liye nimenee mi dhen
      lym dear <333

  11. Barbie doll

    Maasha Allah mi part vx varah varah reethi 🤗 kehtheri kameh nethi mihaaru inthizaaru kureveny next part kiyaalan libeyne irakakah..

    Lysm

    1. Nayaa
      Barbie doll

      shukuriyyaa Barbie doll <333
      next part miadhu mendhuru submit kohlaifin.. admin approval libunuhaa avahakah kiyaalan libeyne
      lym <3

Comments are closed.