Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (ހަވަނަ ބައި) KanduFen (P-6)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
October 29, 2015 7 Mins Read
39 Comments

“މަޒް މަޒީން” ނަމުގައި ޖަހާފައި އިން މީހާގެ ޕްރޮފައިލް ހުޅުވާލުމުން އެއީ ދަތުރުއައިސް އުޅޭ މަޒީންކަން އެނގުނެވެ. އަވަހަށް އެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. ފޭސްބުކްއަށް މަޒީން ލާފަ ހުރި ފޮޓޯތައް ބަލާލުމަށް ޝައުގުވެރިވެ އެބައި ހުޅުވާލިއެވެ. އެވަގުތު ޒީކަށް ފޭސްބުކްއިން މެސެޖެއް އަތުވެއްޖެއެވެ. އަވަހަށް ޗެޓްލޮގް ހުޅުވާލިއެވެ. މަޒީންކަން އެނގުމުން އަވަހަށް އޭނައާ ޗެޓްކޮށް ވާހަކަ ދައްކަން ފެށިއެވެ.

މަޒީން: {ތޭންކްސް ފޯ… އެކްސެޕްޓިންގް… 🙂 }

ޒީކް: {ވެލްކަމް…. 🙂 }

މަޒީން: {ހެއި…. 🙁  ރުޅިއައިސްފަތަ؟..}

ޒީކް: {އީވާން ވަރަށްފޫހި މީހެއް….}

މަޒީން: {ސްމައިލް.. 😀  އެންމެން މަސްބާނަން ދާން އެ އުޅެނީ….}

ޒީކް: {މަ ނުދާނަން…. ވަރަށް ޓަޔަޑް…}

މަޒީން: {ސުވާލެއް ކޮއްްލަންތަ؟…}

ޒީކް: {ހޫން… އޯކޭ..}

މަޒީން: {ބީ.އެފް އެއް ހުރޭތަ…  }

ޒީކް: {ހެހެހެ… ނޯ… ކިހިނެއްވީ…  }

މަޒީން: {ބީއެފްއެއް ހުރެއްޖިއްޔާ… ހިތް ހަމަނުޖެހިދާނެ ކަހަލަ ކަމަކު ބުނަންވެގެން…}

ޒީކް: {އަނެއްކާ ކޮން ކަމަކު… އެމް ކިއުރިއަސް…}

މަޒީން: {ހިނގާބަލަ މަށާއެކީ ހިނގާލަން ދާން… އައިމް ޝުއަރ ޔޫ ވިލް ލަވް އިޓް…}

ޒީކް: {މްމްމްމް… މި ވިސްނަނީ… 😉 }

މަޒީން: {ކަމްއޯން… ޕްލީސް ސޭ ޔެސް… އެންމެން ހިނގައްޖެޔޭ… އިޓްސް އޮންލީ ޔޫ އެންޑް މީ…}

ޒީކް: {އޯކޭ ގިވްމީ 10 މިނިޓްސް… }

މަޒީން: {އޯކޭ… އިންތިޒާރުގައި… އެހާ ލަސްނުކުރައްޗޭ… }

ފޯނުން ޑޭޓާ އޮފް ކޮށްލުމަށްފަހު ބެޓެރި ލޯ ވާތީ ޒީކްގެ ޕަވާރ ބޭންކާއި ފޯނު ގުޅާލިއެވެ. އަދި އަވަހަށް ދަބަސް ހާވާލީ ރީތިވެގެން ބޭރަށް ނިކުތުމަށެވެ. މިރޭ ލާނެ ރީތި ހެދުމެއް ނަގަމުން މަޒީނަށް ކަމުދާނެ ބާއޭ ހިތަށް އެރިއެވެ.

 

އަލިފާންގަނޑު ކައިރީ ވަގުތު ގުނަމުން ދިޔަ މަޒީންގެ އިންތިޒާރަށް ނިމުމެއް އާދޭތޯ އިރުއިރުކޮޅާ ޒީކްގެ ޓެންޓާއި ދިމާލަށް ބަލާލެވެއެވެ. ރޭގަނޑުގެ އެ ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުގެ އަޑާއި ގަސްތަކުގެ ފަތްތައް ވަޔާއެކު ހެލޭ އަޑެވެ.

ރީތި ރާގަކަށް މަޑުމަޑުން މަޒީން ތުނބުން ފުމެލަ ފުމެލާ ހުއްޓާ ކައިރިން ހިޔަންޏެއް ވީހެން ހީވިއެވެ. ސިހިފައި މަޒީނަށް ފަސް އެނބުރި ބަލާލެވުނު އިރު ކައިރީގައި މިހުރީ ޒީކްއެވެ. ކަޅި ޖަހާނުލާ ޒީކްގެ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ހޭއި…. ކިހިނެއްވީ ތި ބަލަނީ؟…..” ޒީކް އަތުގެ އިގިލިތަކުން ފުއްޓަކި ތަޅާލަމުން އަހާލިއެވެ.

ކަރު ކެހިލުމަށްފަހު ޒީކާއި ހަތަރުކަޅި ހަމަކޮށްލަމުން މަޒީން ކުރިޔަށް ޖެހިލިއެވެ. އެވަގުތު ޒީކް އިސްއޮބާލީ މަޒީންގެ ބެލުމުން އޭނާގެ ހަށިގަނޑަށް ކުރުވަމުން ދިޔަ އާދަޔާ ޚިލާފު ގޮތްތަކަކުންނެވެ. ޒީކްގެ ރާޅުބާނި އިސްތަށިގަނޑު ވަނީ ހާވާލާފައެވެ. ވައިގެ ތެރޭގައި އެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. މެރޫން ކުލައިގެ ކުރު ހެދުމެއްގައި ހުރި އިރު ޒީކް ވަރަށްވެސް ފުރިހަމައެވެ. އެ ދޮން ހަންގަނޑުގެ ފުރިހަމަ ކަން ފާޅުވޭވޭ ހުއްޓެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލަ ޖައްސާފައިވާ އިރު ލޮލުގެ ރަވައިގައިވަނީ އައިލައިނާރ އަޅާފައެވެ. ލުއި މޭކަޕެއްގައި ހުރި އިރު ޒީކް ވަރަށްވެސް ފުރިހަމައެވެ.

އަލިފާންގަނޑުން އަރަމުން ދިޔަ އޮރެންޖު ކުލައިގެ ދަޅައިން ޒީކްގެ އޮމާން މޫނުމަތިން ފެންނަމުން ދިޔަ ވިދުމުން މަޒީންގެ ހިތުގެ އެންމެ ފުންމިނާ ކުޅެލި ކަހަލައެވެ. ޒީކްގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވާލުމުން ރަކި ހިނިތުންވުމަކާއި އެކީ މަޒީންގެ މޫނަށް ބަލާލީ ނުހަނު ލަދުވެތިކަމާއި އެކުގައެވެ.

“ކިހިނެއްވީ.. އަޅެ މިއަދު ބައްދާލިހެން ދެން ބައްދާލަބަލަ…. ހާދަ ލަދުން ތިހުރީ” މަޒީން ދެއްކި ވާހަކަތަކުން ޒީކްގެ ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.

“ކޮބާ…އައިމްރެޑީ… ހިނގާލަން ދާން މިއައީ….” ޒީކް އަވަހަށް ވާހަކަ އޮޅުވާލުމަށްފަހު ގޮނޑުދޮށާވީ ފަރާތަށް އެނބުރިލިއެވެ.

ރެއަކީ ސާދަ ވިލޭރޭގެ ހަނދު ފާޅުވާރެއެއް ކަމަށްވުމާއިއެކު ވަށައިގެން ފެންނަމުން ދިޔަ މަންޒަރުން ޒީކަށް ހުރެވުނީ އަނގަ ހުޅުވައިގެންނެވެ. މަޒީން އަވަހަށް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު އެ މަންޒަރު ފޮޓޯ ނަގާލިއެވެ. ދެމީހުން އެކީ ސެލްފީއެއްވެސް ނަގާލީ މޫދުން އެ ފެންނަ މަންޒަރު ފޮޓޮޔަށް އަރާނެ ގޮތަށެވެ.

ދެމީހުން އެކީގައި ގޮނޑުދޮށަށް ފައިބައިގެން ދިޔައެވެ. މަޒީންގެ އަތުން ދޫކޮށްލުމަށްފަހު މޫދުގެ ލޮނުގަނޑާ ދިމާލަށް ޒީކް ދުއްވައިގަތެވެ. ފައިވާން ނަގާ އަތަށް ލައިގެން ހުރެ ހުސްފައިގައި މޫދުގެ ރާޅު ޖަހާ ހިސާބަށް ފޭބިއެވެ. މޫދުގެ ލޮނުގަނޑުގައި ރެދަންލާފައިވާ މަންޒަރަށް ބަލަންހުރީ އަޖައިބުވެ ހުރެއެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ލޮނުގަނޑުގެ ތެރެއިން ނޫކުލައާއި ދަނބުކުލައިގެ ރިހި ވިދުމެއް އެކުލެވޭ ގޮތަށް ރެދަން ލާފައިހުއްޓެވެ.

“އަޅޭ… ވަރަށް ރީތީ…. ހަމަލޮލުން މިމަންޒަރު ދެކިލަން އަހަރެން އަބަދުވެސް ވަރަށް ބޭނުން ވެފައި ހުރީ….. ވާއު… އިޓްސް ސޯ ބިއުޓިފުލް…..” ޒީކް އުފަލުންގޮސް މަޒީންގެ އަތުގައި ހިފައިގެންހުރެ ވާހަކަ ދެއްކީ ކުޑަކުއްޖަކު ފަދައިންނެވެ.

މޫދުގެ ރާޅުޖަހާ ހިސާބުން ދެމީހުން އެކީގައި ހުސްފައިގައި ހިނގަމުން ދިޔައީ އެކި ވާހަކަތައް ހިއްސާ ކުރަމުންނެވެ. މަޑު ފިޔަވަޅުތަކުގައި ހިމުން ދޮން ވެލިގަނޑު މަތީގައި ހިނގަމުން ގޮސް ރާޅު ނުޖަހާ ހިސާބުގައި ދެމީހުން އިށީނެވެ. މުޅި ގޮނޑުދޮށުން ވަށައިގެން ފެންނަމުން ދިޔައީ ރެދަންލާފައިވާ މަންޒަރެވެ. ދެމީހުން ވާހަކައިގައި ތިބެ އެ ދޮން ވެލިގަނޑު މަތީ އޮށޯވެލިއެވެ.

އުޑުމަތިން ފެންނަމުން ދިޔަ އެތަކެއްހާސް ތަރިތަކަށް ބަލަން ތިބެވުނީ ކިހާއިރެއް ވަންދެން ކަން އެމީހުންނަކަށް ނޭނގުނެވެ. ތަރިތަކުން ދެމީހުންނަށް އެކަކު އަނެކަކުގެ ނަމުގެ އަކުރު ފާޅުވާހެންވެސް ހީވިއެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ފާޅުވަމުން ދިޔައީ ހިތެއްގެ ބައްޓަމަށްހެން ހީވާ ފަހަރުވެސް އާދެއެވެ.

މި ހިތްފަސޭހަ ޤުދުރަތީ މާހައުލުގައި ދެމީހުން އެކި ވާހަކަތަކުގެ ތެރޭގައި ތިއްބާ ޒީކަށް ފެނުނީ ދުންތަރިއެއް ދިޔަ މަންޒަރެވެ. މަޒީނަށް އެ ތަރި ދައްކާލުމަށް އަތުގެ އިނގިލިން އެ ދިމާލަށް އިޝާރާތް ކޮށްލަމުން ޒީކް ބުނެލިއެވެ. “ބަލާ… ޝޫޓިންގް ސްޓަރ…”

އުޑު މައްޗަށް ބަލަން އޮށޯވެގެން އޮތް މަޒީން ފުންމައިގެން ތެދުވެ ލޯއުނގުޅަން ފެށުމުން ޒީކް އަހާލިއެވެ. “ކިހިނެއްވީ…. ވެލި ކޮޅެއްދޯ… ސޮރީ.. ދައްކަބަލަ…” ޒީކް ދުންތަރި ދައްކަން ނެގި އަތުން ބުރައިގެން ދިޔަ ވެލިކޮޅެއް އެޅުނީކަން އެނގި ޒީކް ހުރީ ވަރަށް ދެރަވެފައެވެ.

މަޒީން މޫނުގައި ދެއަތުން ހިފާ ޒީކްގެ މޫނާމޫނު ގާތް ކޮށްލިއެވެ. ބޮޑުވައި އިނގިލިން ބުމަދަށުގައި ޖައްސާލަމުން މަޒީންގެ ލޯ ބޮޑުކޮށް ހުޅުވާލަމުން ލޮލުގެ ތެރެއަށް އަނގައިން ފުމެލިއެވެ. އޭރު މަޒީންގެ ކަޅި އަމާޒުވެފައި ވަނީ ޒީކްގެ ތުންފަތަށެވެ. އެ ފިޔާތޮށި ބޮޑު ތުންފަތުގެ ފުރިހަމަ ބައްޓަމަށެވެ. ޒީކް ފުމެލުމުން އޭނާގެ ހޫނު ނޭވާއިން މަޒީނަށް ދުވީ މީރު ތާޒާ ވަހެކެވެ. ގެއްލިފައި ހުރި މަޒީނަށް ސިހުމެއް ލިބުނީ ޒީކް އޭނާގެ ކޮލުގައި ހިފާލުމުންނެވެ.

“އޯކޭތަ؟…” ރަނގަޅޭ ބުނުމުގެ ގޮތުން މަޒީން ބޯޖަހާލިއެވެ.

“އަސްލު ކޯއްޗެއްތަ މަށަށް ދައްކަން އުޅުނީ” މަޒީންގެ ލޮލުން އައިސްފައިވާ ކަރުނަތައް ޓީޝާޓުގެ ކަރުވަޅުން ފޮހެލަމުން އަހާލިއެވެ.

“ވަރަށް ލޯބި…. ޝޫޓިންގް ސްޓަރ އެއް… އެހެންލާފަ ދިޔައީ…” ޒީކް އަތުގެ އިޝާރާތުން އެދިމާ ދައްކަމުން ބުނެލިއެވެ.

ހިނިތުން ވުމަކާއި އެކީ ހުރެ އަތުގައިވާ މަޒީންގެ ފޯނު ނެގުމަށްފަހު ލަވައެއް ޖަހާލިއެވެ. އެ ލަވައިގެ މިޔުޒިކް ފެއްޓި އިރުވެސް ޒީކަށް އެއީ ކޮން ލަވައެއް ކަމެއް ނޭނގުނެވެ.

“ކޮން މުސްކުޅި ލަވައެއް ތި ޖަހަނީ… އައި ހޭޓް ދިވެހި ސޯންގްސް… ނިކަން ރޮމޭންޓިކް އިނގިރޭސި ލަވައެއް ޖަހާލަބަލަ….” ޒީކަށް އެ ލަވަ ނޭނގޭތީ އެހެން ލަވައެއް ޖެހުމަށް އެދުނެވެ.

“މަޑުކޮށްބަލަ…. އެއްފަހަރަވެސް މިލަވައިގެ ލިރިކްސް އަޑު އަހައިފިއްޔާ ބުނާނެ ހަމަ ވާއު އޭ….” މަޒީން ލަވައިގެ އެއްބައި ދުއްވާލުމަށް ފަހު ލަވައިގެ ބައެއްޖަހާލިއެވެ. އަދި ފޯނުގެ އަރިމަތީގައިވާ ފިތުން ލަވައިގެ އަޑު ބާރުކޮށްލިއެވެ. އަޑުއަހަން ހުރި ޒީކްގެ އަތަށް މަޒީންގެ ފޯނު ދިއްކޮށްލިއެވެ.

{ދެކޭށޭ ހަނދާ ރީތި ތަރިތައް…. ޔަގީނޭ މިތަން ހޯދަނީއޭ…. ސިއްރެއް ބުނަންހޭ…. މަށަށް ހާދަ ރީއްޗޭ… ރަކިވީ ހެއްޔޭ ދެލޯ ތިޔަ މަރާލީ… ނިދީގާވެސް ނުދެކެން ތިވަރު… ކިޔާދޭނީ ދެން ކީކޭ ބާ…. މޫނޭ ތިއީ ހިތްއެދޭ…}

ލަވައިގައި ކިޔަމުން ދިޔަ ބަސްތަކަކީ ޒީކަށް ހާއްސަކޮށް މަޒީންގެ ދުލުން ކިޔަމުންދިޔަ އިބާރާތްތަކެއް ހީވިއެވެ. ލަވަ ނިމެންދެން އަޑުއަހަން ޒީކަށް އިނދެވުނީ ލަވައިގެ ތެރެއަށް ގެއްލިފައެވެ. އެ ލަވަ ނިމުމާއެކީ މަޒީންގެ ޖީބުގައިވާ ވާ ފޯނެއް ރިންގުވިއެވެ. ޒީކަށް މަޒީނާ ދިމާލަށް ބަލާލެވުނީީ ވަނުވާ ނޭނގި ހުރެއެވެ. މަޒީންގެ ފޯނު ޒީކްގެ އަތުގައި އޮތްއިރު މިހާރު އެ ރިންގުވަނީ ކޮންފޯނެއް ބާއޭ ހިތަށް އެރިއެވެ. މަޒީންގެ ޖީބުން ނެގީ ވަރަށް އާދައިގެ ފޯނެކެވެ. ޑިސްޕްލޭއަށް ބަލާލުމަށްފަހު ރިންގު ކަނޑާލުމަށްފަހު އަނބުރާ ޖީބަށް ފޯނު ލިއެވެ. އަދި ހިނިތުންވުމަކާއި އެކީ ޒީކް ގާތަށް އައިސް ހުއްޓިލިއެވެ. “ސިއްރެއް ބުނަންތަ؟..” ޒީކް ހިނިތުން ވެލުމަށް ފަހު ބުމަ އަރުވާލިއެވެ. ޒީކްގެ ކަންފަތް ދަށަށް ގުދުވެލާފައި ވައިއަޑުން މަޒީން ބުނެލިއެވެ. “މަށަށް ހާދަ ރީއްޗޭ!….”

ލަދުން މަޒީނަށް ފުރަގަސް ދިނުމަށްފަހު މޫދަށް ނަޒަރު ހުއްޓާލައިގެން ޒީކަށް ހުރެވުނީއެވެ. ޒީކްގެ ކޮނޑުގައި ހިފާލަމުން މަޒީން ސުވާލުކޮށްލިއެވެ. “ލަދުގަތީތަ؟…. އަސްލުވެސް ޒީކް ވަރަށް ރީތި.. އަހަރެން…..” ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަޒީންގެ ޖީބުގައިވާ ފޯނު ދެވަނަ ފަހަރަށް ރިންގުވާން ފެށިއެވެ. މިފަހަރު މަޒީން އެފޯނުގެ ޑިސްޕްލޭއަށް ބަލާލި ވަގުތު ޒީކް އަހާލިއެވެ. “ކާކު އެހާވަރަށް އެ ގުޅަނީ…. މަޒީން ދެ ފޯނު ގެންގުޅެންތަ؟”

“އާން… މީ މަގޭ ޕްރީޕެއިޑް ނަންބަރ… މަންމަ އެ ގުޅަނީ…” މަޒީން ޖަވާބުދިނެވެ.

“އަވަހަށް ފޯނު ނަގާ… އަހަރެން ހުރީމަދޯ… އޯކޭ… އަހަރެން މި ފޯނުން ލަވަ ޖަހައިގެން ހުންނާނަން… މަޒީން ކޯލް ނިންމާލާފަ އާދެބަލަ….” ޒީކް މިހެން ބުނެ މަޒީންގެ އައި ފޯނުން ލަވަ ޖަހައިގެން ގޮނޑުދޮށުގެ ރާޅު ޖަހާހިސާބަށް ފޭބިއެވެ.

މަޒީން އޭނާގެ މަންމައާއި ފޯނުން ވާހަކަ ދައްކަމުން މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ކުޑަ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ޒީކަށް ހުރެވުނީ ރެދަން ލާފައިވާ ދިމާލަށް ނަޒަރު ހުއްޓައިގެންނެވެ. ފައިތިލައިގައި ބީއްސަމުން އައި ލޮނުގަނޑުން ރެންދަންތައް ޒީކްގެ ފައިގައި ހަރުލާފައި ހުރިތަން ފެނުމުން ޒީކަށް އެކަން ވީ އާކަމަކަށެވެ. އަތުގައިވާ މަޒީންގެ ފޯނުގެ ކެމެރާ ހުޅުވާލުމަށްފަހު ޒީކްގެ ފައިތިލައިގެ ފޮޓޯއެއް ނަގާލިއެވެ. ފޮޓޯ ސާފު ނޫންވީމަ އަނެއްކާވެސް ފޮޓޯއެއް ނަގާލީ ކެމެރާގެ ފްލޭޝް ލައިޓް އޮން ކޮށްގެންނެވެ. މިފަހަރު ނެގުނު ފޮޓޯ ވަރަށް ފުރިހަމައެވެ. ރެދަަންތައް ވަރަށް ރީތިކޮށް ފައިތިލަ މަތީގައި ފާހަގަ ވާން ހުއްޓެވެ. ދުރުދުރުން އިތުރު ގަދަ އަލިކަމެއް ފާޅުވުމުން ޒީކް އެދިމާއަށް ބަލާލުމަށް އިސްއުފުލާލިއެވެ.

މަޒީން ހުރި ހިސާބެއް ފަސްއެނބުރި ބަލާލެވުނީ ޖެހިލުން ވެ ހުރެއެވެ. އޭރުވެސް މަޒީން ހުރީ ފޯނުން ވާހަކަ ދައްކާށެވެ. އެހެންކަމުން އަނބުރާ އެ އަލިގަނޑު ހުރި ދިމާލަށް ޒީކް ބަލާލިއެވެ. މާ ދުރުން އެ ފެންނަނީ މޫދުގެ ރެދަން ތެރެއިން އަރައިގެން އަންނަ މީހެކެވެ. ލޮނުގަނޑު މަތިން ފެންނަން އެ ހުރި ގަދަ އަލިކަމަކީ އެއީއެވެ. އެ މީހާ ފާޅުވަމުން ދިޔަ ވަރަކަށް އަލިކަން ގަދަވަމުން ދިޔައެވެ. އާޝޯޚްވެފައިވާ ޒީކަށް އެމަންޒަރަށް ބަލަން ހުރެވުނީ އެ ފެންނަނީ ހަޤީޤަތެއްބާއޭ ހިތުގައި ސުވާލު އުފެދެމުންނެވެ. ޙިޔާލީ ވާހަކަތަކުގައި އުޅޭފަދަ ފެނުޕަރީއަކާ ވައްތަރުވީއެވެ. ވާހަކަ ތަކުން ބުނާ ކަހަލަ ‘މަރމެއިޑް’ އެއްކަމަށް ހީކުރެވި އަންތަރީސްވެ ހުރީ އެ މަންޒަރަށް ގެއްލިފައެވެ. މުޅި ހަށިގަނޑުގައި ރެދަންގެ ވިދުން ފާޅުވޭވޭ ހުއްޓެވެ. ހީވަނީ ނޫކުލައިގެ ބޮކިތަކަކުން ޖަރީކޮށްފައިވާ ބުދެއްހެންނެވެ.

އެއްގަމަށް އަރައިގެން ދިޔައިރު އެއީ އަންހެެނެއްކަން ސިފަވިއެވެ. އަރިކައްޓާ ހަމައަށް އަންނަ ފަން ދިގު އިސްތަށިގަނޑެކެވެ. މުޅި އިސްތަށިގަނޑުގައިވެސް ވަނީ ނޫ ކުލައިގެ ވިދުމެވެ. ލައިގެން ހުރީ ހުދު ކުލައިގެ ވަރަށް ދިގު ހެދުމެކެވެ. އޭނާ އެއްގަމަށް އަރައިގެން ދިޔައިރުވެސް އެ ހެދުމުގެ ފަސްބައިގެ ބޮޑުބައެއް ބިންމަތީގައި ކޭއްތެމުން ދިޔައެވެ. މިހާރު ހީވަނީ އެވޭޓަރ ފިލްމުން ފެންނަ ކަހަލަ މަންޒަރެއް ސިފަވަމުން ދިޔަހެންނެވެ. ބުނެދޭން ނޭގޭފަދަ ބާރަކާއެކު ޒީކް އެ އަންހެން ކުއްޖާގެ ފަހަތުން ދިޔުމަށް ފިޔަވަޅު އަޅާލީ ވާނުވާ ނޭނގި ހުރެއެވެ. އެ އަންހެން ކުއްޖާ ޒީކަށް ބަލާލަމުން ހިނިތުން ވުމުގެ މޫނަކާއި އެކު ހިނގައިގަތީ ގަސްތަކުގެ ތެރެއަށެވެ.

ފޯނު ބޭއްވުމަށްފަހު ޒީކަށް ގޮވާލަމުން މަޒީން ފަސް އެނބުރި ބަލާލިއެވެ. ޒީކް ފެންނަން ނެތުމުން މޫދާ ދިމާލަށް ފޭބުމަށްފަހު ގޮނޑުދޮށުގެ ދެފަރާތަށް ނަޒަރު ހިންގާލީ ކައިރި ހިސާބެއްގައި ޒީކް ފެންނަން ހުރިތޯ ބަލާށެވެ. މަޒީންގެ ބުއްދިއަށް ލަފާކުރެވުނީ ޒީކް ފޫހިވެގެން ޓެންޓުތަކާއި ދިމާލަށް ދިޔައީ ކަމަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި މަޒީން ޓެންޓުތަކާއި ދިމާލަށް ދިޔައެވެ. އަދި ޒީކްގެ ނަމުން ގޮވަމުން ގޮސް ޒީކާއި ތޫބާމެންގެ ޓެންޓުގެ ތެރެއަށް ބޯ ދިއްކޮށްލިއެވެ. މީހެއްގެ ހިލަމެއް ފެންނަން ނެތުމުން މަޒީނަށް ލަފާކުރެވުނީ ޒީކް ސަމާސާ ކުރަނީ ކަމަށެވެ. ވަށައިގެން ޖަހާފައިިވާ ފަސް ޓެންޓު ތެރެއަށް މަޒީން ވަދެ ބެލި އިރުވެސް އެކަންވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ.

މަޔޫސްވެ ހުރެ މަޒީން އައިސް މަޑުކޮށްލީ އަލިފާންގަނޑު ކައިރީގައެވެ. ޒީކަކީ ނުލާހިކު ބިރުން އުޅޭ ކުއްޖަކަށް ވީއިރު އޭނާ އެކަނިމާ އެކަނި ތަނަކަށް ހިނގައިދާނެ ކަމާއިމެދު މަޒީންގެ ހިތުގައި ސުވާލު އުފެދުނެވެ. ގޮތް ހުސްވެފައިވާ މަޒީނަށް އޭނާގެ ފޯނުމަތިން ހަނދާންވީ ދެނެވެ. މަޒީންގެ އައިފޯނުން ލަވަ ޖަހާފައި ޒީކަށް ހަވާލުކުރި މަތިން ހަނދާންވުމުން މަޒީންގެ އަތުގައިވާ އާދައިގެ ފޯނުން އެ ނަންބަރަށް ގުޅަން ޑައަލް ކޮށްލިއެވެ.

ފޯނު ނަގާ ކަންފަތުގައި ޖާހާލިއެވެ. އެ ނަންބަރު މިވަގުތު ވަނީ ގުޅޭ ސަރަހައްދު ބޭރުގައި ކަމަށް ބުނަމުން ދިޔައެވެ. ތަކުރާރުކޮށް ތިންފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ.

ތަރިތައް ގުނަން ތިބި ދިމާލުން ގޮނޑުދޮށަށް މިސްރާބު ޖެހީ ޒީކް ދިޔައީ ކޮންތާކަށް ބާއޭ ހިތާ މާޔޫސްވެހުރެ އަމިއްލަ ނަފްސާ ސުވާލު ކުރަމުންނެވެ. ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބުގައި މަޑުކޮށްގެން ހުރީ ޒީކް ފެންނާނެ ކަމުގެ އުންމީދުގައެވެ. ވަރުބަލިވެހުރެ އުނަގަނޑުގައި އަތްވިއްދައިގެން ދެފަރާތަށް ބަލާލުމަށްފަހު ކަރު އެލުވާލެވުނެވެ. އިސް އޮބާލައިގެން ދޮންވެލިގަނޑަށް ނަޒަރު ހުއްޓައިގެން ހުރެ ހިތާހިތުން ޒީކް ކޮބާހޭ، ކޮންތާކުހޭ ކިޔަމުން ދިޔައެވެ. ޒީކް އެކަނި ބަހައްޓާފަ މަންމަގެ ފޯނަށް ޖަވާބު ދޭން އެވަގުތު ދެވުނީތީ، ސަހަރޯއޭ ހިތަށް އަރަމުން ދިޔައެވެ. މި ޚިޔާލުތަކާއި ފިކުރުން މީހާ ބޯހާސްވެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ.

އިސްއޮބައިގެން ހުރި މަޒީންގެ ލޮލުގައި އަޅައިގަތީ ދޮން ވެލިގަނޑު މަތިން ފެންނަން ހުރި ފިޔަވަޅުތަކުގެ މިސްރާބު ހުރި ދިމާލެވެ. އެއީ މަޒީންގެ ފިޔަވަޅުތަކުގެ ނިޝާން ނޫންކަން އޭނާއަށް ކަށަވަރެވެ. އެހެންކަމުން އެ ފިޔަވަޅުތަކުގެ ފަހަތުން ހިނގާފައި ދިޔައެވެ. މަޒީނަށް ދެވޭ ދިމާލަށް ބަލަން ހުރެވުނީ ނުހަނު ހައިރާންވެ ހުރެއެވެ. އަނެއްކާ ޒީކް އެހެން ހިނގައިދާނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ގަސްތަކުގެ ތެރެއަށް މިސްރާބުޖަހަމުން މަޒީން ފިޔަވަޅު ކުރިޔަށް އެޅީ ޖެހިލުންވެހުރެއެވެ.

ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިއެކި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ ފިޔަވަޅަކުން ގަސްތަކުގެ ގޮފިތަކާއި ހިކިފައިހުރި ފަތްތައް މުގުރުމުން ގޮވާ އަޑުއިވެމުން ދިޔައެވެ. ބިރުގެންފައިވާ މަޒީންގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ.

އެ މަގުން ހުރިގޮތަށް ގޮސް ޖެހިގެން ހުރިމަގަށް ލަނބާލަން ދިޔަވަގުތު ލޮލުގެ ކޮޅުން ގަދަ އަލިގަނޑެއް ފާޅުވާން ފަށައިފިއެވެ. އެ އަލިގަނޑާ ދިމާލަށް ބަލަން ހުރެވުނީ ހައިރާންވެ އަންތަރީސްވެ ހުރެއެވެ. އަދި މަޒީންގެ ހަޔާތުގައި މިކަހަލަ ކަމަކާއި ކުރިމަތިލާފައި ނުވާތީ އެ ފިޔަވަޅުމަތީ ބަލަން ގަބުއަރާފައި ހުރެވުނީއެވެ.

އެ އަލިގަނޑަށް ބަލަން މަޒީނަށް ހުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އެ އަލިގަނޑު މަޒީނާ ދިމާލަށް އަންނަމުން ދިޔަކަން ފާހަގަވުމުން މަޒީން ގަތީ އަމަށަކު ބިރެއްނޫނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާ ފަސް އެނބުރި އައިމަގާ ދިމާލަށް ދުއްވައިގަތެވެ. ގަސްތަކުގެ ގޮފިތަކުން ރެކެމުން ގޮނޑުދޮށަށް ދެވެން އޮތްމަގުން ކުރިޔަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އިންތިޒާރު ( 24 )

Next

ކުރާ ކަމެއް ކުރުމުގެ ކުރިން ވިސްނައިލާށެވެ.

Next
October 29, 2015

ކުރާ ކަމެއް ކުރުމުގެ ކުރިން ވިސްނައިލާށެވެ.

Previews
October 28, 2015

އިންތިޒާރު ( 24 )

39 Comments!

  1. aathu says:
    October 29, 2015 at 1:45 pm

    Story vrh vrh salhi..i lyk it.. waiting for nxt part eargerly.. 😉

    1. Shax Lyn says:
      October 29, 2015 at 9:21 pm

      thanks Aathu 😉

  2. aathu says:
    October 29, 2015 at 1:45 pm

    N im the furst dhw..hehe 😉

  3. saffa says:
    October 29, 2015 at 1:51 pm

    wow v reethi. whn nxt part…

    1. Shax Lyn says:
      October 29, 2015 at 9:22 pm

      thnks 🙂 🙂 saffa

  4. humey says:
    October 29, 2015 at 2:00 pm

    haadha hadi ey

    1. nnnn says:
      October 29, 2015 at 2:55 pm

      dhn hadihyaa kyhkuran tha thi ky .. nukiyaa hurebala hadihyaa ..

  5. reader says:
    October 29, 2015 at 2:11 pm

    Nice

  6. mal says:
    October 29, 2015 at 2:13 pm

    Haadha hadi ey

    1. Tulip says:
      October 29, 2015 at 3:17 pm

      Hahaha…hadi ehcheh nufeney dhoa..Nukiaabala ?hadi viyyaa

  7. nonni says:
    October 29, 2015 at 2:16 pm

    V nice story…keep it up Shax lyn

    1. Shax Lyn says:
      October 29, 2015 at 9:24 pm

      thanks 🙂 🙂

  8. nonni says:
    October 29, 2015 at 2:16 pm

    V nice story…keep it up Shax lyn

  9. adeeb bro says:
    October 29, 2015 at 2:39 pm

    Reethi golhyga kiyaalan evvana

    1. yaameen says:
      October 29, 2015 at 3:48 pm

      Adheeb bro vaahakaves kiyan tha…. not bad…. anyways vaahaka habeys….

  10. maash says:
    October 29, 2015 at 3:11 pm

    Nice! Ehaa lahun up kurevey iruves ehaa kurukohthigenes dheny! Dhen huri baithah dhigukoh genesdhehchey plx plx plx

  11. Crazi says:
    October 29, 2015 at 3:41 pm

    Maa kureee

  12. Umaru Naseeru says:
    October 29, 2015 at 3:55 pm

    vaahaka v fahkaa koh dhany.. gaumuge maslahathu mihaa goas koh oi dhadivalhehga ves boa hama jahsaalan kohlevey hama ekani kamaky vaahaka eh kiyaa lun.. dhemme ves mi aee haveerah interview eh dheefa

  13. Mary... ? says:
    October 29, 2015 at 3:56 pm

    Vaahaka varah varah reethi
    Ehenve heevanee varah kuruhen
    This shiws how much ppl like this story
    Am curiously waiting for the next part
    Goodluck… and thank u for bringing such beautiful concept

    1. Shax Lyn says:
      October 29, 2015 at 9:31 pm

      thank you for reading…. <3 🙂

  14. Sally says:
    October 29, 2015 at 4:02 pm

    najaa vaahaka maa reethi.. mi hisaabah ai iru vex haadhisaa eh naan naathy v foohi

  15. humey says:
    October 29, 2015 at 5:05 pm

    Edhogu v.reethi.kurin eee mi humeyen noon..shax kon rasheh

    1. Shax Lyn says:
      October 29, 2015 at 10:06 pm

      hi humey… thnkx… 🙂
      readers who want to contact me pls msg me through Facebook Page…
      https://web.facebook.com/SHAZ-ge-Vaahaka-1476226249369838/?fref=ts&ref=br_tf

  16. aish/hulhumale says:
    October 29, 2015 at 8:39 pm

    shaazuuu darling haadha shortey mifaharu!!! but vvv rythi ingey. keep it up

    1. Shax Lyn says:
      October 29, 2015 at 10:20 pm

      thanks Aish…. 🙂

  17. Anonymous says:
    October 29, 2015 at 8:43 pm

    Nice

  18. Sarey says:
    October 29, 2015 at 9:27 pm

    I ah hyvani alynaa aky zeek hen

  19. Aish aleena says:
    October 29, 2015 at 9:57 pm

    Eyy avahah dhen oy baives laaba now impatient to read eh heheh

    1. Shax Lyn says:
      October 29, 2015 at 10:19 pm

      hehehe Aishoooo… kehkollaaaa…. 🙂

  20. ix says:
    October 30, 2015 at 12:21 am

    Vaahaka hadi ey buni myhunah thimyhun liyebala dhen reethi vaahakaeh adhi eh vaahaka vaahaka hadiey kiyaafa comment kurumah vuren rangalhu vaany vaahaka nukiyya.shax vaahaka v salhi.obi.waiting for next part

  21. gurey says:
    October 30, 2015 at 1:18 am

    Wow…. Mermaideh tha ei…… Mihaaru vaahakaige namaaa huri gulhin feney eba…

  22. Ink says:
    October 31, 2015 at 12:16 am

    Wow wow…ekam kurin dhuvahuge bai thakolheh bodah eba in dhw.

  23. maak says:
    October 31, 2015 at 6:00 am

    Shax lyn can u contact me via viber….9727561 mi number ah…..vaahaka eh bunan vefa eba oiiii

    1. Ben says:
      November 1, 2015 at 12:26 pm

      kaley kon moya eh vegen numbaru thi ishthihaaru kurany?

  24. yucie says:
    October 31, 2015 at 7:08 pm

    Adhi hama v v habeys vaahakaeh mee… let’s see…: -)

  25. Reen says:
    November 1, 2015 at 2:45 am

    Wow. Interesting. Waiting for the nwxt part.

  26. moris says:
    November 1, 2015 at 4:14 pm

    Ben bunantha ragalhu vaahaka eh….nubehey kanthakaa nubehi hurihyaa ragalhu vaany……reethi aadha thah dhaskohbea

  27. shaxu says:
    November 1, 2015 at 6:35 pm

    Kobaatha mivaahakaige 7…

  28. Ali says:
    October 10, 2016 at 10:10 am

    Bioluminescent organisms would not be apparent when exposed to strong light. So the glowing creatures on the feet of the girl would clearly be seen without a flash light and otherwise with the light. Don’t just go on and defy the logic.

Comments are closed.

Next Episodeކަނޑުފެން (ހަތްވަނަ ބައި) KanduFen (P-7)←


All Right Reserved!