ގެއިން ނިކުމެ ހިންގައިގަތް ތަނާ މީހަކު އައިސް ހަނާ އަތުގެ މުލައްދަނޑީގައި ހިފުމަށް ފަހު އޭނާ އާއި ވީކޮޅަށް އަނބުރައިލިއެވެ. އެމީހެއްގެ މޫނު ފެނުމުން ހަނާ ގާތައް އާއި އިސާހިތަކު ރުޅިއެވެ.*
“އަޝާން” ދެބުމަ ގޮށްޖަހައިލަމުން ހަނާ ބުނެލިއެވެ. “ހަނާ އަހަރެން ބޭނުން ހަނާ އަނބުރާ ޕްލީސް ގިވް މީ އަ ސެކަންޑް ޗާންސް އައިމް ބެގިން” ހަނާ ކުރިމަތީގައި ދެކަކޫ މައްޗައް ތިރިވަމުން އަޝާން ބުނެލިއެވެ. އެވަގުތު އެ މަގަށް އަޅުވައިލި ނިޔާޒް އަށް އެ މަންޒަރު ފެނި ހުއްޓުން އެރިއެވެ. “އަޝާން ހީކުރަނީ އަހަރެން ގާތައް އައިސް އާދޭސް ކުރީމާ އަހަރެން އަޝާން އާ އަލުން ވާނެކަމަށް ؟ ތި ހީކުރަނީ ކުށްހީއެއް… އަހަރެން އެންމެ ބޭނުން ޖެހުނު ދުވަހު އަހަރެންގެ ހިތް ކުދިކުދި ކޮށްލާފައި އަޝާން ދިޔައީ!” ހަނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “ހަނާ އަހަރެން ބޭނުން ހަނާ… ” “މަގޭ އަންހެނުން ގައިގާ އަތް ނުލާ ހުންނަނީ އިންގޭ ” ހަނާގެ ކޮނޑުގައި އަތް ވަށާލަމުން ނިޔާޒް ބުނެލިއެވެ. ” ނިޔައްޓެ؟ ކަލޭ އެން ހަނާ ނުގުޅޭ ” އަޝާން ނިޔާޒް އަށް މަލާމާތް ކޮށްލިއެވެ.” ކަލޭ ހެން މަށެއް ނޫޅެން ހަނާ އަށް އަނިޔާ ކުރާކަން އައި ލަވް ހާރ ވިތް އޯލް މައި ހާރޓް އެން ސޯލް… އަހަރުމެން ދެމީހުންގެ ދިރިއުޅުމަށް ވަންނަން ނޫޅެ ހަމަމިހާރު ރައްކަވާންވީ” ނިޔާޒް މިހެން ބުނުމުން އަޝާން ހިނިގަނޑެއް ޖަހައިލިއެވެ. “ގަބޫލު ކުރަން ދަތި ތި ދެމީހުން ” އަޝާން މިހެން ބުނުމުން ނިޔާޒް ހިނިތުން ވުމަށް ފަހު ހަނާގެ ތުންފަތައް ބޮސްދިނެވެ. ނިޔާޒްގެ ކުއްލި އަމަލުން ހަނާ ސިހިފައި އެކަމުގައި ބައިވެރިވިއެވެ.” މިހާރު ގަބޫލު ކުރެވިއްޖެ؟ ދާން އުޅޭ” ނިޔާޒް މިހެން ބުނުމުން އަޝާން މޫނު ހަދައިލައިފައި އެތަނުން ދިޔައެވެ.
” ސޮރީ” އަޝާން ދިއުމުން ނިޔާޒް ބުނެލިއެވެ. އަދި އެނބުރި އައި ދިމާލަށް ދިއުމަށް ހިންގައިގަތެވެ. “ނިޔާޒް… އަހަރެއަހަރެން ނިޔާޒް އަށް މާފް ކޮށްފިން… އޯލްސޯ އައިމް ސޮރީ އަހަރެން ނިޔާ އަށް ވަރަށް ހާރޓް ކުރެވިއްޖެ” މިހެން ބުނެ ހަނާ އަށް ރޮވެން ފެށިއެވެ. އެ މަޑުމަޑު ގިސްލުމުގެ އަޑު ނިޔާޒްގެ ކަންފަތުގައި ޖެހުމުން ނިޔާޒް ހަނާ ކުރިމަތީގައި ހުއްޓުނެވެ. “އިޓްސް ފައިން “ނިޔާޒް މިހެން ބުނެފައި ގޭގެ ދޮރު މަތި ބަލައިލިއެވެ. ފޮށިގަނޑެއް ފެނުމުން ވާނުވަގައި ހުރެ ހަނާއަށް ބަލައިލިއެވެ. “ކަނބުލޯ ގެއިން ނިކުމެގެން ދަނިތަ ؟” ނިޔާޒް އަހައިލިއެވެ. ހަނާ ބޯޖަހައިލިއެވެ. “އަހަރެން މި ދަނީ ދާނެ ވަކި ތަނެއް ނެތިގެން” ހަނާ އިސް ޖަހައިލާފައި ފޮށި ހިފައިގެން ހިންގާގަތީ ދާނެ މިސްރާބެއް ނެތި އެވެ. “ހަނާ އަހަންނައެކު ހިންގާ” ނިޔާޒް މިހެން ބުނެފައި ހަނާގެ އަތުގައި ހިފާ ކުރިއަށް ހިންގައިގަތެވެ.
…………………….
“ކައި ދޮންބެ ސުވާލެއް ކުރަންތަ؟”ކައިރާގެ ކޮޓަރިއަށް ވަންނަމުން ކައިޒާން އަހައިލިއެވެ. “ހޫމް” ކައިރާ ކުރު ޖަވާބެއް ދިނެވެ. “ކައި ނައުފް ލައިކް ވޭ ދޯ؟؟” ކައިޒާން މިހެން އެހުމުން ކައިރާގެ މޫނުގެ ކުލަވަރު ބަދަލު ވިއެވެ. ކައިޒާންގެ ސުވާލުން ކައިރާގެ މޫނުގައި ޖަންބުކުލަވަރު އެރިއެވެ. ލަދުވެތިކަމާއި އެކު ކައިރާ ބޯޖަހައިލީ އާނއެކޭ ބުނާ ފަދަ ގޮތަކަށް ށެވެ. “އަސްލު ވެސް ދޮންބެ ވަރަށް އުފާ ވެއްޖެ…. އެފަކިއެފަކީރު ގެންގުޅޭނީ ރަނގަޅަށް…. ދޮންބދޮންބެ ހަމަ އޯކޭ ކައި އެން ނައުފްގެ ރިލޭޝަންޝިޕަށް” ކައިޒާން މިހެން ބުނެފައި އެކަޓަރިން ނިކުތެވެ. އަދި ސަހީމާ އާއި ކުޑަ ވާހަކައެއް ދައްކައި ލުމަށް އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. އަދި އެ ކޮޓަރީ ދޮރުގައި ޓަކި ޖެހި އެވެ.
” ވަދޭ” ދިވެހި ވާހަކަ ފޮތެއް ހިފައިގެން އެ ކޮޓަރީ ސޯފާގައި އިށީންދެލައިގެން އިން ސަހީމާ ބުނެލިއެވެ. އެއާއި އެކު ކައިޒާން އެތެރެއަށްވަނެވެ. “މަންމާ އަހަރެން ބޭނުން މަންމައާ ކުޑަކުޑަ ވާހަކައެއް ދައްކާލަން” ސަހީމާ ކައިރީގައި ހުރި އެކަހެރި ގޮނޑިއެއް ގައި އިށީންނަމުން ކައިޒާން ބުނެލިއެވެ. “ކޮން ވާހަކައެއް ؟” ސަހީމާ އަހައިލިއެވެ. “އަހަރެން ބޭނުން ކުއްޖަކާ ކައިވެނި ކުރަން” ކައިޒާން ބިރުން ހުރެ ބުނެލިއެވެ.” ކޮން ކުއްޖަކާ ކައިވެނި ކުރަން ތި ވިސްނަނީ؟” އަނެއްކާވެސް ސަހީމާ އަހައިލިއެވެ. “އިޒްހާ…. މިގޭގަ މަސައްކަތް ކުރަން ގެންގުޅޭ ކަމުގަވިޔަސް އަހަރެންގެ ހިތް އިޒޫ އަށް ދެވިއްޖެ…. މަންމާ އަހަރެން އިޒްހާ ދެކެ ވަރަށް ލޯބި ވޭ ޔަލްވީ ދެކެވެސް ނުވަފަދަ ލޯތްބެއް އިޒޫ ދެކެ ވެވުނީ” ކައިޒާން މިހެން ބުނުމުން ސަހީމާ އިޒްހާ އަށް ގޮވައިލިއެވެ. އެވަގުތު އިޒްހާ އަވަސް އަވަހަށް ސަހީމާގެ ކޮޓަރި އަށް ދިޔައެވެ.” ލައްބަ ދައްތާ “އިޒްހާ އިސްޖަހައިގެން ހުރެ ބުނެލި އެވެ.” އިޒޫ ދެން ދައްތަ ކިޔުން ހުއްޓާލައިފައި މަންމަ ކިޔަން ވީނު…. ޒާން މަންމަ ގަބޫލު ޒާން އާ އިޒޫ ގެ ކައިވެންޏަށް…. މަންމަ ވަރަށް އުފާވެއަޖެ ދަރިފުޅު ޔަލްވީ އަށްވުރެ ރަނގަޅު ކުއްޖެއް ދެކެ ލޯބި ވެވުމުން” ކައިޒާންގެ ބޮލުގައި ފިރުމައިލިމަށްފަހު އިޒްހާގެ ގައިގައި ސަހީމާ މަޑުމަޑުން ބައްދައިލިއެވެ. “ތި ދެ ކުދީންނަށް އުފާވެރި ދިރިއުޅުމަކަށް މަންމަ އެދެން” ސަހީމާ ހިނިތުން ވެލާފައި ބުނެލިއެވެ.” ތެންކްސް މޯމް” ކައިޒާން މިހެން ބުނުމަށް ފަހު އިޒްހާގެ އުނަގަނޑުގައި ހިފާ އޭނާ އުރައިލުމަށްފަހު އޭނާ އަނބުރައިލިއެވެ. މި ދެ ލޯބި ވެރިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
………………..
ދަންވަރު ވަގުތެވެ. މަޔާން އަދި ޖޫލިއާ ދިޔައީ އެކުގައި ހިންގާލަމަށް ށެވެ. މި ދެ ލޯބިވެރިން އެކު އެކީ އެތައް ސަމާސާ ކުރަމުން ދިޔައެވެ. އެތަކެއް އިރެއް ވާދެކަށް މަޖަކުރުމަށް ފަހު ގެއަށް ދާން ހިންގައިގަތް ތަނާ ޖޫލިއާ ލޮލުގައި ޖުމާން އަޅައިގަތުމުން އެދިމާލަށް ނަޒަރު ހުއްޓައިގެން ހުއްޓެވެ. “ޖޫލީ ކިހިނެތް ވި؟” މަޔާން އަހައިލިއެވެ. “އެދަނީ ދޮންބެ… މިއޮށް ދަންވަރު ކޮންތާކަށް ؟… މާން ހިންގާބަލަ ޕްލީސް” ޖޫލިއާ މިހެން ބުނުމުން މަޔާން ދެކޮޅު ހެދުމަކާއި ނުލައި ޖުމާން ފަހަތުން ދިޔައެވެ.
ތަންކޮޅެއް ދުރު ނޫން ހިސާބެއްގައި ހުރި ފަޅު ގެއެއްގެ ތެރެއަށް ޖުމާން ވަނުމުން އެތާނގައި ހަލާކުވެފައި ވާ ކުޑަ ދޮރުން ޖޫލިއާ ބަލައިލިއެވެ. “އެނަ ނެރޭ” ވިހަ ގޮތަކަށް ހިނިތުން ވެލައި ފައި ޖުމާން ބުނެލިއެވެ. “ހޫމް” ޔަލްވީ މިހެން ބުނެފައި އެތާންގެ ކޮޓަރިއެއްގެ ތެރޭގައި ހުރި އަންހެން ކުއްޖެއް ދަމަމުން ނެރުނެވެ. “އޭތް މާ ގަދަ ކަން ނާރުވާ ހުންނާނީ” އެކުއްޖާގެ ކޯފިތާލަމުން ޖުމާން ބުނެލިއެވެ.
އެކުއްޖާ އަލިގަނޑަށް ގެނައުމުން މަޔާން އަށް އެއީ ކާކުކަން ނަގައި ގަނެވުނެވެ. “ނިހާ” މަޑުމަޑުން މަޔާން ބުނެލިއެވެ. އަދި ފޯނު ނަގައި ވީޑިއޯ ކުރަން ފެށިއެވެ.
“މަގޭ ދޮންބެ އަންނާނެ މަ ބަލާ އެ އަންނަ ދުވަހު ތި ދެމީހުން ވެސް ޖަލަށް ލާނެ ހަނދާން ކުރާތީ” ނިހާ މިހެން ބުނުމުން ބެލްޓް ނަގައި ނިހާ ގައިގައި ޖަހަމުން ދިޔައެވެ. ނިހާގެ ވޭނީ ހަޅޭކުގެ އަޑު މުޅި މާހައުލު ގައި ގުގުމާލިއެވެ. މި އަމަލު އެތަކެއް އިރެއް ވާދެކަށް ކުރިއަށް ދިޔައެވެ. އަދި ދުރުގައި ހުރެ ޔަލްވީ ދިޔައީ ހެމުން އެވެ. ފަތިސް ނަމާދު ބަންގީގެ އަޑު ކަންފަތުގައި ޖެހުމުން ޖުމާން މި އަމަލު ހުއްޓައިލިއެވެ. “ބުނަން މާ ވަރުގަދަ ވެގެން ނޫޅެއްޗެ އެފާޑަށް ތެޅީފިއްޔާ މަހާ ނުލަފާ މީހަކު ނުފެންނާނެ އެކަން ކަލޭ ހަނދާން ކުރާތި” މިހެން ބުނެ ޖުމާން އެ ގެއިން ބޭރަށް ނިކުތެވެ. އަދި ނިހާ އެތާންގެ ކޮޓަރިއަށް ލައި ތަޅުލަމުން ޔަލްވީ ވެސް ނިކުތެވެ.
ޖުމާން އާއި ޔަލްވީ ނިކުތުމުން މަޔާން އާއި ޖޫލިއާ ގޭގެ ފަހަތަށް ގޮސް ފިލިއެވެ. އެވަގުތު އެތާ ފެންލައިޓް އަކުން ނިހާގެ މަޑު މަޑު ގިސްލުމުގެ އަޑު އިވުނެވެ. “ދޮންބޭ… ޒާންދޮންބޭ… މާންކުޑަބޭ އަހަރެން ސަލާމަތް ކުރަން އާދެބަލަ ޕްލީސް” ނިހާ ރޮމުން އާދޭސް ކުރަމުން ދިޔައެވެ. “ނިހައްކޯ ކުޑަބެ މި އައީ… ނިހައްކޮ އިހަށް ކުޑަކުޑަ އިންތިޒާރެއް ކޮށްލާ… ދޮންބެ އާ ޒާންދޮންބެ އާ ކުޑަބެ އަދި ނިޔާ ވެގެން ނިހައްކޮ ސަލާމަތް ކުރާނަން” ނިހާ އަށް އަޑު އިވޭ ވަރަށް މަޔާން ބުނެލިއެވެ.” މާންކުޑަބޭ އަވަސް ކުރޭ ޕްލީސް” ނިހާ އާދޭސް ކުރިއެވެ. “ނިހާ ކުޑަބެ ބުނީތީ ހިތްވަރު ކޮށްލާ… ވަރަށް އަވަހަށް އަންނާނަން” މަޔާން ބުނެލިއެވެ.”އޯކޭ” ނިހާ މިހެން ބުނުމުން މަޔާން ޖޫލިއާގެ އަތުގައި ހިފާފައި އަވަހަށް ގެއަށް ދިއުމަށް ދިޔައެވެ.
މަޔާން އާއި ޖޫލިއާ ގެއަށް ދިޔަގޮތައް އެމީހެއްގެ ކޮޓަރިއަށް ވަނެވެ. މަޔާން މަތިން ލައިގެން ހުރި ޓީޝާޓު ބޭލުމަށް ފަހު އެނދުމަތީގައި އޮށޯތެވެ. އޭނާއަށް ވިސްނެމުން ދިޔައީ ނިހާ ސަލާމަތް ކުރާނެ ގޮތަކާ މެދު އެވެ. މިހެން އޮއްވާ މަޔާން އަށް ނިދުނެވެ.
އިރުގެ ދޯދިތައް ފަޒާގެތެރެއަށް އަލި ކޮށްލިއެވެ. މަޔާން އަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށް ށެވެ. “ހަލޯ” ނިދި އަޑަކުން މަޔާން ބުނެލިއެވެ. “އަދިވެސް ނިދާފަ މިހާރު އެޔޮށް 8:30 ވީ ވަރަށް އަވަހަށް އަހަރުން ގެއަށް ޖައްސާލަބަލަ ނައުފް އާ ނިޔާޒް އެން ހަނާ ވެސް އައިސްފި ކަލޭ އެން ޖޫލީ އެކަން މަދީ” އެކޮޅުން ވާހަކަ ދެއްކި ކައިޒާން ބުނެލިއެވެ. “އާން އަހަރުން މި ދަނިއޭ” މިހެން ބުނެ މާޔާ އެނދުން ހިއްލައިލުމަށް ފަހު ފޯނު ކަނޑައިލިއެވެ. އަދި ތުވާލި ހިފައިގެން ފާހާނާ އަށް ވަނީ ތާޒާ ވެލުމަށް ށެވެ.
ތާޒާ ވެލައި ގެން ނިކުމެ ޖީންސް ސޯޓަކާއި ކަޅު ޓީޝާޓެއް ލުމަށް ފަހު ކޮޓަރިން ނިކުތެވެ. އެވަގުތު ޖޫލިއާ ވެސް ކޮޓަރިން ނިކުތެވެ.” މޯނިންގް” ހިނިތުން ވެލާފައި މާޔާން ބުނެލިއެވެ. “މޯނިންގް” ހިނިތުން ވުމެއް ހަދިޔަކޮށްލަމުން ޖޫލިއާ ވެސް ބުނެލިއެވެ. “ހާދަ ރީތި ވެގެން ކޮންތާކަށް” މަޔާން އަހައިލިއެވެ. “ކައި މެން ގެއަށް” ޖޫލިއާ ޖަވާބު ދިނެވެ. “އަހަރެން ބޭސް މިދަނީ އެގެއަށް ހިންގާ ދަމާ” މަޔާން މިހެން ބުނެފައި ޖޫލިއާ އާއި އެކު ގެއިން ނިކުމެ ކައިޒާން މެން ގެއަށް މިސްރާބު ޖެހި އެވެ.
މާގިނަ އިރު ތަކެއް ނުވެ ކައިޒާން އާއި ކައިރާ މެންގެއާއި ހަމައަށް ފޯލިއެވެ. މައިދޮރުން ވެދޭ ގެން ގޮސް ގޭތެރެއަށް ވަނެވެ.” އާދެވިއަޖެ ދޯ… ޖޫލިޖޫލީ ދޭ ކައިމެނާއެކު ކައްކަން އެން މާން ކައެ އާދޭ އަހަރުން އާ އެކު އިންވެޓޭޝަން ކާޑު ހަދަން” ދެމީހުން ގެއަށް ވަނުމައެކު ކައިޒާން ބުނެލިއެވެ. “މީ ކޮން ކަމެއް” މަޔާން އަހައިލިއެވެ. “މަށާ އިޒޫ ގެ ވެޑިން އަށް ރެޑީ ވަނީ” ކައިޒާން ހެވި ލާފައި ބުނެލިއެވެ. ” އަސްލު ވެސް ކޮންގްރާޑްސް ބްރޯ” މަޔާން މަރުހަބާ ކީ އެވެ.
ޖޫލިއާ ބަދިގެއަށް ވަތް ވަގުތު ހަނާ އާއި ނިޔާޒް ދިޔައީ އެކަކު އަނެކަކަށް ކުރި އެކޭ ފަދައިން އެއްޗިސް ކިޔަމުން އެވެ. “ހަމަ މިހާރު ނިކުމޭ ބަދިގެއިން” ހަނާ އަމުރު ކޮށްލިއެވެ. “އަޅޭ ލޯބީ ބޭބީ ގެ މޫނު ފެންނަން ނެތުމުން މަގޭ ހިތް ރޮވޭ…. ބޭބީ ބޭނުން ވަނީ އަހަރެންގެ ހިތް ރޯންތަ؟” ނިޔާޒް ބުނެލިއެވެ. ނިޔާޒް މިހެން ބުނުމުން ހަނާގެ މޫނު ރަތް ވިއެވެ. އަދި ލަދުން އިސް ޖަހައިލިއެވެ. “ހެހެ އޯކޭ މި ދަނީ އެކަމަކު މިރޭ ބައްދަލު ކޮށް ލާން ދާނަން އިންތިޒާރު ކުރައްޗެ” ލޯބިން ހަނާގެ މޫނުގައި ފިރުމާ ލަމުން ނިޔާޒް ބުނެލިއެވެ. އެއިރު ވެސް ހަނާ ހުރީ ހަމަ އެހުރި ގޮތައްށެވެ. ބަދިގޭގައި ތިބި އިޒްހާ އާއި ކައިރާގެ އިތުރުން ޖޫލިއާ ވެސް ހިނިގަނޑެއް ޖަހައިލިއެވެ.
މަޔާން ގޮސް ނައުފް ގާތުގައި އިށީންދެ ވެޑިން އިންވެޓޭޝަން ކާޑު ތައް ހަދަމުން ދިޔައެވެ. އެވަގުތު ނިޔާޒް ބަދިގެއިން ނިކުތީ ހެމުން އެވެ. “ކޮން ކަމަކާ މާ ހެވިލާފަ ؟” ނައުފް އަހައިލިއެވެ. “މި އުޅޭ ހަނާ އާ ގެޅިލަފަ މި އައީ…. ކައިޒާންބެ އަހަރެން ކީއް ކޮށްދޭން ވީ ؟” ކައިޒާން ގާތުގައި ނިޔާޒް އަހައިލިއެވެ. “މި ކާޑް ތައް ހަދާ ނިމުނީމާ އެ ކާރޑް ތައް ޑެލިވަރ ކުރަންވީ” ކައިޒާން ބުނެލިއެވެ.
“ބަދިގެ ނިމިއްޖެ މިރޭ ޣާޒީ އަންނާނެ ތާރީޚު ކަނޑައަޅަން” ބަދިގެއިން ނިކުތް ކައިރާ ބުނެލިއެވެ. “އަހަރެން އެބަ އޮތް ވާހަކައެއް…. ނައުފް ، ނިޔާޒް އައި ފައުންޑް ނިހާ އެންޑް ޝީ އިޒް އަލައިވް” މަޔާން ބުނެލިއެވެ. މި އާއެކު އެންމެން ވެސް ހަމަހިމޭން ވިއެވެ. އަދި ނައުފް އާއި ނިޔާޒް ގެ މޫނު މަތީގައި ވާ ހިނިތުން ވުން ފަނޑުވިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
Lysm