Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާޒީ 4

ailessh Level 1
December 15, 2023 3 Mins Read
3 Comments

ސާނިދު ދިން ހަބަރުން ސާރާ މާ އުފާވިއެވެ.

**

ފަތިހު ފަތިހާ ހޭލާ ސާރާ ބްދިގެއަށް ވަނީ އަދަކީ ހުކުރު ދުވަސް ކަމަށް ވުމުންނެވެ. ހަމަ އެޔާއެކު އެލީޝާ ގެޔަށް ގެންނާނެ ވާހަކަ ސާނިދު ބުނެފައިވާތީއެވެ.

“ދަރިފުޅާ… ހާދަ ހެނދުނަކާ.” ސާރާ ފެނުމާއެކު ސަމްރީން ސާރާ އާއި ދިމާލަށް ބަލައިލީ ސުވާލު މާކެއްގެ ތެރޭގައި ހުރެއެވެ. މީގެ ކުރިން ސާރާ އަކީ އެހާ ހެނދުނާ ބަދިގެއަށް ވަންނަ ކުއްޖެއް ނޫނެވެ.

“ހޫމް… ހާއްސަ ދުވަހެއް.” ސާރާގެ ޖަވާބު ކުރެވެ.

“ކީއްވެ؟” އަނެއްކާވެސް ސަމްރީން ސުވާލު ކޮށްލިއެވެ.

“ފަހުން އިނގޭނޭ… ހަވީރު…” ސާރާ އެހެން ބުނުމަށްފަހު ސަމްރީންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމަށް އަޒުމް ކަނޑައެޅިއެވެ.

***

ރޭގަނޑު ކެއުމަށް އިންސާފް ކުރުމަށް ސާރިމް އާއި ސަމްރީން ނިކުތް އިރު ސުފުރާ މަތީ ނެތް ވައްތަރެއްގެ ކާއެއްޗެއް ނެތެވެ. އަދު މެންދުރުގެ ކެއުމަށް ތައްޔާރު ކުރި ވަރަށް ވުރެން ގިނަ ވައްތަރުތައް ސުފުރާގައި ހުއްޓެވެ.

ސާރިމްއަށް ސާރާ އާއި ދިމާލަށް ބަލައިލެވުނީ ސުވާލު މާކަކާއެކުއެވެ.

އެޔާއެކު ދޮރުން ވަނެގެން އައި ސާނިދު އާއި އެލީޝާ އެމީހުންގެ ސުވާލުގެ ޖަވާބަކަށް ފުދޭނެކަމަށް ސާރާ ނިންމިއެވެ.

“ސާނިދު މީ ކޮން ކުއްޖެއް.؟” ސަމްރީން އެމީހުންނަށް އިޝީނުމަށް އިޝާރަތް ކުރަމުން ބުނެލިއެވެ.

“މަންމާ މީ…” ސާނިދު ބުނުމަށް ފަސްޖެހުނެވެ.

“ފަހަރި” ފުރިހަމަ ކޮށްދިނީ ސާރާ އެވެ.

“ކާން ހިނގާބަލަ.” އެލީޝޤގެ ކޮނޑަށް އަތްވައްޓާލަމުން އެހެން ބުނެލީ އެލީޝާގެ ތައާރަފަކަށްވެސް ނާހައެވެ.

އެންމެ އެކު ކައި ނިންމާލުމަށްފަހު ސިޓިން ރޫމަށް ދިޔައެވެ.

“މަންމާ މީ އަހަރެން އިންނަން ބޭނުންވާ ކުއްޖަކީ…” ސަމްރީން ކައިރީ ސާނިދު އެހެން ބުނީ މަޑުމައިތިރި ކަމާއެކުއެވެ.

“އަސްލުތަ.؟ އަދި ނަމެއް ވެސް ނުބުންމެއްނު…” ސަމްރީން ހިނިތުންވުމަކާއެކު ބުނެލިއެވެ.

“އެލީޝާ…” ޖަވާބު ދިނީ އެލީޝާއެވެ.

“މިއީ ދޯ ސާރާ މިއަދު ހެނދުނުން ސުރެ ބަދިގެއިން ނުނިކުމެ ކުރި ކަމަކީ… ދަރިފުޅުމެން ކައިވެންޏާ މެދު ވިސްނައިފިންތަ؟” އަނެއްކާވެސް ވާހަކަ ދެއްކީ ސަމްރީނެވެ.

“އުހުން.. ވަރަށް އަވަހަށް ކުރަން ބޭނުން.. އެކަމް ދޮންތި އެހުރީ މެރީ ވެސް ނުކޮށް ސޯ…” ސާނިދު ހުއްޓުވީ ސާރާއެވެ.

“ހާދަ އޯލްޑް ފެޝަން އޭ ދޯ ޔޫ… ދޮންތަ މެރީ ނުކުރިއަސް ސާނިދު އަށް ކުރެވޭނޭ..”

“އައި ނޯ ދޮންތަ ބުނާނީ މިހެންކަން އޭރުވެސް. މި މަހު ފަހުކޮޅު މެރީ ކުރަން ނިންމައިގެން މިހުރީ…” ސާނިދު އެހެން ބުބެލީ އެލީޝާއަށް ބަލައިލަމުންނެވެ.

“އެލީޝާ މެންގޭ މީހުން ގަބޫލިއްޔާ ބައްޕަމެންނަށް އެންމެ ރަނގަޅު ދޯ ސަމްރީން..” ސާރިމް ސަމްރީންއަށް ދޯ ދިނެވެ.

އެތައް އިރަކު އެހެން ވާހަކަ ދައްކަން ތިބުމަށްފަހު އެންމެން ކޮޓަރިއަށް ވަނީ އެލީޝާއާއި ސާނިދު އެތަނުން ދިއުމުންނެވެ.

ހަފްތާ ބަންދަށް ފަހު ސާރާ އަދު ސްކޫލަށް ދިޔައީ ހަގުނަ އިތުރަށް ބިޒީ ވާނެކަން އެނގިހުރެއެވެ. މަންމަގެ ޝަކުވާތައް އަޑުނާހައި އަވަހަށް ގޮސް ސްކޫލަށް ވަނީ މަސައްކަތައިގެން ކުރިއަށް ދިއުމަށެވެ.

“ސޯ ގައިޒް.. އިންގްލިޝް ވީކް ގެ ޕްރެކްޓިސް މިއަދު ފެށިގެން ދާނެ. ޔާ އާލް ޝުޑް ޕާޓިސިޕޭޓް… މި ކްލާސް ފަސްޓް އަށް ގޮއްސިޔާ ދެއަރ ވިލް ބީ އަ ޕިއްޒާ ޕާޓީ… ސޯ… މިސް ވައިބަރ ގްރޫޕްގަ ހަވީރް ޕްރެކްޓިސް އޮންނަ ގަޑި ޖަހާދޭނަން…”

ސާރާ ހުރިހާ ކުދިންނާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ރަނގަބީލުގެ އަޑާއެކު ދަބަސްތައް އަޅުވައިގެން ހުރިހާ ކުދިން ގެޔަށް ދާން ހިނގައިގަތެވެ.

ކްލާހުގައި މަޑުކޮށްލައިގެން ހުރި ސާރާ ސިއްސައިގެން ދިޔައީ ފޯން ރިންގްވާން ފެށުމުންނެވެ.

“ދޮންތީ.. ބުރާސްފަތި ރަން ކިޔަން. މިރޭ ޝޮޕިންއަށް ދާން ރެޑީ ވައްޗޭ ބުނަން ވެގެން…” ސާނިދުގެ އަޑުގައިވީ ހަލުވި ކަމެވެ.

“ހާދް އަވަހަކަށް..”

“މާ ގިނަ ވާހަކަ ނުދައްކާ ރެޑީވާތި ” ރުންކުރު ވައްތަރަކަށް އެހެން ބުނުމަށްފަހު ސާނިދު ފޯނު ކަނޑާލިއެވެ.

މިރޭ ޕްރެކްޓިސް އޮންނަކަން ސާރާއަށް ހަނދާންވީ ދެނެވެ. 9 ޖަހާއިރު ނިމޭނެތީ ފުން ނޭވާއެއް ދޫކޮށްލިއެވެ.

…

ހަވީރުގެ ޕްރެކްޓިސް ނިންމާލުމަށްފަހު ރޭގަނޑުގެ ޕްރެކްޓިސް ފެށުމާއެކު ސާނިދު ސާރާ އަށް ގުޅިއެވެ. ދެވޭނީ ނުވަގަޑި ފަނަރަވަރުގަ ކަމަށް ބުނުމުން ސާނިދު މާގިނަ ހާސަރެއް ނުދެމިއެވެ. އެއީ ވެސް ނަސީބެއް ކަންނޭނގެ އޭ ސާރާގެ ހިތަށް އެރިއެވެ.

ސާރާ ޕްރެކްޓިސް ނިންމާލުމަށްފަހު މަޑުކޮށްލައިގެން ހުރީ ކުދިންގެ ބެލެނިވެރިން ބަލާ ނާންނާތީއެވެ. އެހެން ހުރެ ހުރެ އާދިން ބަލާ ނައުމުން އަނިލް އަށް ދެތިން ފަހަރު ގުޅުމުން ވެސް ފޯނު ނުނެގުމުން ސާރާ އާދިން އާއެކު ގެޔަށް ދިއުމަށް ހިނގައިގަތެވެ.

މާލޭގެ ހަލަބޮލި މަގުތަކުގައި ހިނގަމުން ގޮސް އާދިންގެ ގެ ކުރިމައްޗަށް އެރުނުހެންނެއް ހޮޔެއް ނުވެ ސާރާގ މޫނުމަތީ ބަޔަކު އަތް އެޅިއެވެ. އަތުގައި އޮތް ފޯނާއި ދަބަސް ބިންމައްޗަށް ވެއްޓުނެވެ. އެމީހުން ބާރު ބާރަށް ސާރާ ދަމާފައި ގެންގޮސް ލީ ކާރަކަށެވެ. އެމީހުން އަތްދަށުން ސަލާމަތް ވުމަށް ގަދަދައްކަމުން ދިޔަ ސާރާ އަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ނަމްވެސް އެ މީހާގެ ގައިގާ ދަތް އެޅުމަށްފަހު ސާރާ ކާރުން ފޭބިއެވެ.

ނިކުންނަން ދިޔަ ގަޑީ ކައިރީ ހުރި މީހާ ސާރާގެ ގައިގާ ހިފެހެއްޓިއެވެ.

އެމީހާގެ މޫނަށް ސާރާއަށް ބަލައިލެވުނެވ.

އެއީ ހަމަ އެ ލޮލެވެ. އެ އިސްތަށިގަނޑެވެ. އަނގަމަތި ނިވާކޮށްފައި ހުރި ނަމަވެސް އެއީ ކާކުކަން ސާރާއަށް ދެނެގަނެވުނެވެ. ތުރުލާން ފެށިއެވެ. ބިރުގަންނަށްފެށިއެވެ.

އެ މީހާ ބެލުމެއްނެތި އެތާ އިން ގުދަނަކަށް ސާރާ ގެންގޮސް ވެއްދިއެވެ.

“އަދިވެސް އަހަރެންނާ ފިލޭތޯތަ ތިޔަ އުޅެނީ.. ކޮބާތަ ލަދު ؟ ” އެމީހާގެ އަޑުގައިވީ ރުޅިވެރިކަމެވެ.

“ފޮޓޯތައް ލީކު ކޮށްލާނަން… އެހެންނޫނީ ޖެހޭނީ އަހަރެންނާ އިންނަން” އެމީހާ ކުރީ ބްލެކްމެއިލްއެވެ.

ގިސްޖެހެމުން ދިޔަ ސާރާއަށް ހަނދާންވަމުން ދިޔައީ އެދުވަސްތަކެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ކަލާގެ ހިނިތުންވުން 8

Next

އިފްރާ 14

Next
December 15, 2023

އިފްރާ 14

Previews
December 14, 2023

ކަލާގެ ހިނިތުންވުން 8

3 Comments!

  1. Jasmine says:
    December 15, 2023 at 8:56 am

    Masha Allah, mi part vx vrh reethi… But vhk vrh kuru.. Hope next part miah vureh dhigu vaane kamah.. And kon dhuvas thakaku vhk up kohladheney?.. Mi story vrh interesting… curiously waiting for the next part…..

  2. Ifoo says:
    December 15, 2023 at 12:47 pm

    Aww 😍 finally ehnme fahun kiyaalan libihje mi part n vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊..

    1. ailessh says:
      December 15, 2023 at 8:57 pm

      Thanx n i m extremely sorry enge las v ma. Nd next part v avahah kiyaalan libeyne ❤

Comments are closed.

Next Episodeމާޒީ 5←


All Right Reserved!