Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާޒީ 5

ailessh Level 1
December 17, 2023 3 Mins Read
4 Comments

“ނީންނާނަން ކީއްކުރެވޭނީ..” އެހެން ބުނާނެ ހިތްވަރު ލިބުނީ ކޮންތާކުން ކަމެއް ވެސް ޚުދު ސާރާއަކަށްވެސް ނޭނގެއެވެ. އެ ފިރިހެނާގެ އަމަލުތައް ވަރަށް އަވަހެވެ. ސާރާގެ ދިމާލަށް ބަލަހައްޓައިގެން ނުހުރެ ސާރާގެ ގަޔަށް އަތް ފޯރު ކޮށްލިއެވެ. ސާރާ ވެސް އޭނާ ދުރުކުރަމަށް އެތަށް ގޮތަކުން އަތްގަދަ ކުރަމުން ދިޔައެވެ. ނަމަވެސް ނަތީޖާ ހިއްޗެވެ. ލާގެން ހުރި ހެނދުން އެކި ތަންތަނުން ވީދާލިއެވެ.

ސާރާގެ ލޮލުން ކްރުނަ ހޯސްލާފައި އޮހިގްތެވެ. މިއީ އެއްވެސް ގޮތަކުން އިންސާފެއް ނޫނެވެ. ނުކުރާ ކުަށަކަށް ސަޒާ ލިބެންވީ ކީއްވެހެއްޔެވެ.؟

ސާރާގެ އިއްފަތްތެރިކަން ނަގާލަން ކުރި މަސައްކަތް ބޭކާރުވީ އެތަނުގެ ދޮރު ބާރު ބާރަށް ހުޅުވައި ވަތް ފުލުހުންގެ ސަބަބުންނެވެ.

ގާގައި އަތް އަޅައި ރޮމުން ތިރިވެވުނީ ގައިގެ އެކި ދިމާ ފެންނަން ހުރުމުންނެވެ. މޫނުމަތީ އެކި ދިމަ ދިމާލުން ހަލާކުވެފައި ހުރިނަމަވެސް އެ ތަދަށް ވުރެން ސާރާގެ ހިތުގައި ރިއްސައެވެ. ދެ އަތުގައި ގައިގާ ވަށާލެވުނެވެ. ލޯ މައްޗަށް އަނދިރިކަން ވެރިވެ ހޭނެތުނެވެ.

ސާރާއަށް ލޯ ހުޅުވާލެވުނު އިރު ކައިރީ އިން ހަޔާގެ މޫނަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި ވި ކަންތަކުގެ މަތިން ހަނދާން ވުމާއެކު ރޮވެން ފެށިއެވެ.

“ސާރާ ހުއްޓާލަބަލަ…” ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ހަޔާ ބުނެލިއެވެ.

ލައިގެން ހުރި އެއްޗެހި ހުރީ ބަދްލުވެފައެވެ. މޫނުގައި ހަލާކުވެފައި ހުރި ތަންތަނުގައި ހުރީ ބޭސްއަޅާފައެވެ.

އެނދުން ތެދުވެ އިށީނދެލައި މަންމާ އޭ ކިޔާ ސާރާ ގޮވާލިއެވެ.

“ސާރާގެ މަންމައަށް ގުޅާނެ ގޮތެއް ނޭނގުނު. އެހެންވެ ނުގުޅުނީ.. ސާރާގެ ފޯންގަ ލޮކް ނުހުޅެވުނު.” ހަޔާ، ސާރާއަށް ފޯނު ދެމުން ބުނެލިއެވެ. ފިންގަޕްރިންޓް އިން ލޮކް ހުޅުވުމާއެކު ސާރާ ހަޔާގެ ގައިގާ ބައްދައިގަތެވެ. އަދި ރޮވޭނެ ވަރަކަށް ރޮމުން ދިޔައެވެ. އެވަގުތު އުދަނގުލުން ހަޔާ ސާރާގެ މަންމަގެ ނަމްބަރަށް ގުޅާލިއެވެ. ޖަވާބެއް ނުލިބުމުން މާޔޫސްވިއެވެ.

“ކީއްވެ… ހަޔާ ކީއްވެ…؟” ރޮމުން ރޮމުން ސާރާ ބުނެލިއެވެ.

“މިހިރި ޖޫސްތަށި ބޯލަބަލަ.” އަނިލް އާއެކު އަނިލްގެ މަންމަ އެ ކޮޓަރި ތެރެއަށް ވަނެވެ.

ސާރާ އޭރުވެސް ހަޔާގެ ގައިގާ ބައްދައިގެން އިނެ ރޮމުން ދިޔައެވެ. އަނިލްގެ މަންމަ ފެނުމާއެކު ސާރާ ގަޔާ ދުރުކޮށްލިއެވެ.

ސާރާއަށް އެ ޖޫސްތަށްޓަށް ބަލަހައްޓައިގެން އިނުން ނޫން ކަމެއް ނުކުރެވުނެވެ.

“ސާރާ… ވަރަށް..” އަނިލް އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމަށްފަހު ހުއްޓަާލީ ސާރާގެ މަންމަ ގުޅަން ފެށުމުންނެވެ. ހަޔާ ފޯނު ނެގުމަށްފަހު ބޭރަށް ދިޔައެވެ. އެވަގުތު އަނިލްގެ މަންމަ ވެސް ބޭރަށް ދިޔައެވެ.

“ސާރާ ވަރަށް ބޮޑަށް ސޮރީ.. މިހެންވީ އަހަންނާ ހެދި ދޯ…” ދެރަވެފައި އިނެ އަނިލް ބުނެލިއެވެ.

އަނިލް އެހެން ބުންޏެއް ކަމަކު އެއީ ހަގީގަތެއް ނޫނެވެ. އެކަމުގެ އިލްޒާމް އަނިލްގެ ބޮލަކު ނޭޅޭނެވެ. އެކަމުގެ ކުށްވެރިއަކަށް އަނިލް ވާންވީ ސަބަބެއް ނެތެވެ.

އަނިލް ސާރާގެ ކައިރިއަށް ގޮސް ޖޫސްތަށި ދިއްކޮށްލިއެވެ. ސާރާ އަށް އަނގަ ހުޅުވާލާނެ ހިތްވަރެއް ނެތެވެ. އަނެއްކާވެސް ވީ ކަންތަކުގެ މަތިން ހަނދާންވެ އަނިލްގެ ގައިގާ ބައްދާ ގަނެ ރޯން ފެށުނެވެ.

ކުރެވެނީ ކީއްކަމެއް ސާރާ އަކަށް ނޭނގެއެވެ. އަނިލްއަށްވެސް އިތުރަށް ގެންނާނެ ހަރާކާތެއް ނޭނގިފައި އިނެވުނީއެވެ.

އަނިލްއަށް ބަލައިލެވުނީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ.އޭރު ސަމްރީން އާއި ސާރިމް އެތާ ހުއްޓެވެ.

ސާރިމް މެންގެ ހިތަށް އެހެން ތިއްބާ އެދެމީހުން ފެނުމުން އަރާނީ ކީކޭ ބާއޭ އަނިލްގެ ހިތަށް އަރަމުން ދިޔައެވެ. މަޑު މަޑުން ސާރާ އަނިލްގެ ގަޔާ ދުރު ކޮށްލިއެވެ. އޭރުވެސް އެ ދެމީހުން އެތަން ބަލަން ހުއްޓެވެ.

“ސާރާ…” ދުވެފައި ސަމްރީން އައިސް ސާރާގެ ގައިގާ ބައްދާލިއެވެ.

“ޝުކުރިއަޔާ އަނިލް” އަނިލް އަށް ސަލާމް ކޮށްލުމަށް އަތްދިއްކޮށްލަމުން ސާރިމް ބުނެލިއެވެ. އެވަގުތު ކުޑަ ހަމަޖެހުމެއް ސާރިމް އަށް ލިބިގެން ދިޔައެވެ.

“ހިނގާ ގެޔަށް ދާން…” ސަމްރީން ކައިރީ ސާރިމް ބުނެލިއެވެ.

“އަނިލް ތި ކޮށްދިން ކަންތަކުގެ ބަދަލް ދޭނެ ގޮތެއް ވެސް ނޭނގެ.. އަދި ވެސް ވަރަށް ބޮޑަށް ތޭންކްސް” ސާރިމް ފަހު ފަހަރަށް އަނިލް ކައިރީ ބުންޏެވެ.

 

 

ގެޔަށް އައިރު ސާނިދު އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ސާރާ ފެނުމާއެކު ސާރާގެ ގައިގާ އޮޅުލައިގަނެ ހާލު އެހިއެވެ. އަދި މަންމަ ކްއިރީ ސާރާ ގޮވައިގެން ކޮޓަރިއަށް ދިއުމަށް އެދުނެވެ.

“ބައްޕައަށް ހީވަނީ ސާރާ މިހާރު ކައިވެންޏެއް ކުރަން ވީ ހެން.” ސަމްރީން އާއި ސާރާ ދިއުމުން ސާރިމް ބުނެލިއެވެ.

“އޭގެ ކުރިން ދޮންތި ޖޮބް އިން ވަކިވާން ފެންނަނީ.. އެއީ އެމީހުން ހަމަ ދޮންތި އަށް ކަމެއް ކޮށްފާނެ ދޯ.” ސާނިދު ގެ ވާހަކަތަކަށް ސާރިމް އެއްބަސްވިއެވެ.

***

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ސާނިދުމެންގެ ރަންކުޔުމުގެ ހަފްލާވެސް ބޭއްވިގެން ދިޔައެވެ. ދިމާވި ހާދިސާ އާއި ގުޅިގެން ކުލަގަދަ ކޮށް އެ ހަފްލާ ފާހަގައެއް ނުކުރިއެވެ. ނަމަވެސް ސާރާގެ އެދުމުގެ މަތިން ކައިވެނީގެ ވަލީމާ ކުލަގަދަކޮށް ފާހަގަ ކުރަން ނިންމިއެވެ.

ސާރާ ގަބޫލް ކުރާ ގޮތިގައި އެ ހަާދިށާގެ ސަބަބުން ސާނިދުގެ ހަޔާތުގައި އަންނަން އޮތް އެންމެ އުފާވެެރި ދުވަސް ކުލަގަދަކޮށް ފާހަގަ ނުކޮށް ދޫކޮށްލެވިގެންނެއް ނުވާނެއެވެ.

ސާރާ ވަޒީފާއިން ކެނޑި ގޭގައި ހުންނަން ނިންމީ ބައްޕަމެންގެ އެދުމުގެ މަތިންނެވެ. ސާނިދު ކަނޑަނޭޅި ބުނުމުންނެވެ. އެހެންމެ އިތުރަށް ބޭރު ތެރެއަށް އެކަނި ނިކުމެ އުޅެން ބިރު ގަންނާތީއެވެ.

*

“އާދޫ… މިއަދުވެސް ސްކޫލަކަށް ނުދާނަންތަ.؟” ހަޔާ އާދިން ސްކޫލަށް ނުދާން ގަދަ ދައްކާ ނިދާފައި އޮތުމުން ބުނެލިއެވެ.

“ނުދާނަން…” އާދިން ވެސް ހުރީ އޭނާގެ ގޮތުގައެވެ.

“އަޅެ އާދު ބައްޕަ އަށް މި ގޮވަނީ…” ހަޔާ އެހެން ބުނުމަށްފަހު ގޮސް އަނިލް އަށް ގޮވިއެވެ.

“އަނިލް މި އާދު ސްކޫލަށް ދާން ނުތެދުވިއޭ…” ކާމޭޒު ދޮށުގައި ކާން އިން އަނިލް ކައިރީ ހަޔާ ގޮސް ބުނެލިއެވެ.

“ސާރާ ސްކޫލަށް ނުދާތީވެ… އޭނަ ވެސް ސްކޫލަށް ނުދާނަމެއް އަހަރެން ކައިރީ ބުނި” އަނިލްގެ މަންމަ ބުނެލިއެވެ.

“ސާރާ ސްކޫލުން ކެނޑުނީ.. އާދު ކޮންމެ ގޮތެއް ހަދާފަ ވެސް ސްކޫލަށް ގެންދާތި” ސާރިމް ގެ ފަރާތުން ސާރާ ސްކޫލުން ކެނޑުނުކަން އަނިލްއަށް ވަނީ އެނގިފައެވެ.

“ދަރިފުޅު ގޮސް ބުނެބަލަ.” އަނިލް ގެ މަންމަ އެހެން ބުނީ ދެން އޮތް ގޮތަކީ އެކަމަށް ވާތީއެވެ.

އެހެން ބުނުމުން އަނިލް އާދިން ނިދާފައި އޮތް ކޮޓަރިއަށް ދިޔައެވެ.

“އާދޫ ސްކޫލަށް ދާން ވާނެއްނު.” ރަޖާ އަޅައިގެން ނިދާފއި އޮތް އާދިން އަށް އަނިލް ގޮވާލަމުން ބުނެލިއެވެ.

“ނޯ.. ނޯ… ކުދިން ބުލީ ކުރާނެ… ސާރާ މިސް ބޭނުމީ…” އާދިން ބޮޑާ ހާކާލިއެވެ.

“ސާރާ މިސް ދެން ނުދާނޭ ސްކޫލަކަށް…” އަނިލް ބެލީ އާދިން އަށް ވިސްނައިދެވޭތޯއެވެ.

“އާދިން ވެސް ނުދާނަން.” އާދިން ހުރީ އޭނާގެ ގޮތުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

އިފްރާ 15

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ތޭރަވަނަ ބައި)

Next
December 18, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ތޭރަވަނަ ބައި)

Previews
December 17, 2023

އިފްރާ 15

4 Comments!

  1. vempire girl says:
    December 18, 2023 at 6:06 am

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr

  2. Jasmine says:
    December 18, 2023 at 7:23 am

    Masha Allah… Mi part vx hama vvv reethi… Hope next part avahah kiyaalan libeyne kamah.. tc..<3

  3. imko 💕💕 says:
    December 18, 2023 at 8:23 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Lysm

  4. Ifoo says:
    December 18, 2023 at 11:53 am

    Aww 😍..vv reethi mi part vs maasha Allah ❤️..unmeedhu kuran next part vs avahah kiyaalan libeyne kamah 😊

Comments are closed.

Next Episodeމާޒީ←


All Right Reserved!