Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ސައްބީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
October 23, 2024 6 Mins Read
14 Comments

“ގުޑް މޯނިން ބަޓަފްލައި، މަކަރު ނަހަދާ ދެން ތެދުވަން އުޅޭ!” މޯޅިއަކަށް ދެމިލަމުން ޔަޒްދާން މަންހަލްއަށް ބުނެލިއެވެ. ވަގުހިފީމާ މަންހަލްވެސް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ޔަޒްދާންގެ ނަޒަރު އަމާޒުވެފައި ވަނީ މަންހަލްއަށެވެ. އެނދުމައްޗަށް ރަޖާގަނޑު ގުޅައަކަށް ޖަހާފައި ޔަޒްދާންއައީ އެނދުން ތެދުވާށެވެ. ފާހަނާއަށް ދަމުން މަންހަލްއާއި ގާތްވެލާ އޭނާ ދެން ކޮށްލި ކަމަކުން މަންހަލްގެ ވިންދު އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

ޔަޒްދާން ފާހަނައަށް ވަނީމާ މަންހަލް އެނދުން ތެދުވެގެން ގޮސް ލޯގަނޑުން އަމިއްލަ ނަފްސަށް ބަލައިލިއެވެ. އޭނާގެ ގައިގައި ހުރިހާ ލެޔެއްވަނީ އެމޫނަށް ޖަމާވެފައެވެ. އޭނާގެ ނިތުގައި ޔަޒްދާންގެ ތުންފަތް ޖައްސާލި ހިސާބުގައި އަތް ޖައްސާލިއިރު މަންހަލް ރަކިވެއްޖެއެވެ. އަވަސްއަވަހަށް ލޯގަނޑަށް ފުރަގަސްދީފައި އޭނާ އައިސް އެނދުމަތި ތަރުތީބު ކޮށްލިއެވެ.

ހެނދުނު ހަގަޑި ސާޅީސް ފަހަކަށް ބަނދަރަށް ނިކުތް މީހުންގެ ތެރޭގައި ޔަޒްދާންމެން ވިއެވެ. އެމީހުންނާއެކު ސުހައިލްމެންގެ ދެމަފިރިންނާއި އަޒީމްއާއި ޝަޔަމް ހިމެނުނެވެ. ބަސްމާމެންގެ އާއިލާ ކައިވެނި ޕާޓީ ނިންމާލި ގޮތަށް ފުރައިގެން ދިޔައީއެވެ.

“އަދި އަންނަން ވާނެ އިނގޭ މިރަށަށް.” ނަސްރާ ގައިގައި ބައްދާލަމުން އަފީފާ ބުނެލިއެވެ.

“ތެދެއް. ދައްތަމެން ދިޔައީމަ ދެން ގޭތެރެވެސް އޮންނާނީ ވަރަށް ފަޅުކޮށް.” މަރިޔަން ބުނެލިއެވެ.

މަންހަލްވެސް ޒަހީނާގެ ގައިގައި ބައްދާލުމަށްފަހު ޝާނީގެ ކޮލުގައި ހިފާލިއެވެ. ޝަޔަމްއާއެކު އޭނާ ލޯންޗަށް އަރަން ދިޔައީ ޔަޒްދާންގެ ފަހަތުންނެވެ. ފަނަރަވަރަކަށް މިނެޓުގެ ކުރު ދަތުރު ނިންމާލުމަށްފަހު މާލެ ލެފުނީ ހަތްގަޑި ވިހި ވާންއުޅެނިކޮށެވެ. އެހިސާބުން އަޒީމްމެންނާއި ޔަޒްދާންމެން ވަދާޢުގެ ސަލާން ކުރިއެވެ. ޖެޓީއިން ޓެކްސީއެއް ނަގައިގެން އެމީހުން ދިޔައީ އެއާޕޯޓަށެވެ. އަޒީމްއާއި ޝަޔަމް ދިޔައީ ޖާވިދުއާއެކު އޭނާ ނަގައިގެން އުޅުނު ކާރުގައެވެ.

“ކޮންތާކަށް ދަނީ؟” ޖާވިދުގެ ގާތުން އަޒީމް އެހިއެވެ.

“އަޅުގަނޑުމެންގެ ގެއަށް.” ޖާވިދުގެ އަޑުގައި ހިމޭންކަމެއް ވިއެވެ. ޝަޔަމްގެ އަވަސް ނަޒަރު ގުޅުނީ ޖާވިދުއަށެވެ. ކާރުގެ ލޯގަނޑުން އޭނާ ޝަޔަމްއަށް ބަލަން އިނުމަށްފަހު ނަޒަރު ބަދަލުކޮށްލީ އެހިނދުގައެވެ.

ހަމަހިމޭން ކަމާއެކު ހޭދަވި ދިހަ މިނެޓަށް ފަހު ޖާވިދު ކާރު މަޑުކޮށްލީ ދެބުރިއަށް ނަގާފައި ހުރި މެދުފަންތީގެ ގެއެއްގެ ކުރިމަތީގައެވެ. ޖާވިދުގެ ފަހަތުން ޝަޔަމްއާއި އަޒީމް ހިނގައިގަތެވެ. ފެހި ކުލައިގެ ބޮޑުދޮރު ހުޅުވާލާފައި ޖާވިދު ވަނެވެ. ހިމަހިމަ އަނދިރި ގޯޅީގެ ދެފަރާތުން ފާރުގައި ޖާވިދުގެ ނަން އިނގިރޭސި އަކުރުން ލިޔެފައި އިނެވެ. އެގޯޅީގެ ކޮޅުގައި ހުރި ދޮރު ހުޅުވާލުމަށްފަހު ޖާވިދު އެތެރެއަށް ވަދެ އެމީހުންނަށް ދޮރު ހިފަހައްޓައިދީގެން ހުއްޓެވެ.

“އިށީނދޭ..” ދެމީހުން އެތެރެއަށް ވަނުމާއެކު ސޯފާތަކަށް އިޝާރާތް ކޮށްލުމަށްފަހު ޖާވިދު ބުންޏެވެ.

ދެފަރަތާށް ކަޅި އުކަމުން ގޮސް ސޯފާގައި އިށީން ޝަޔަމްއަށް ފާހަގަވީ ތަނުގެ ކުޑަކަމާއި އުދާސްކަމެވެ. ގޭތެރެއިން ފެންނަނީ ޒަމާނީ ގޮތްތަކަށް ވުރެ ދުވަސްވީ ގޮތްތަކެވެ. ފާރުތަކުގައި ލާފައި ހުރި ކުލަތައް އެކިހިސާބުތަކުން ކެހިފައި ފަރުނީޗަރުތައްވެސް ހުރީ ބާވެފައެވެ. ސޯފާތަކުގެ ކުރިމަތިން މޭޒެއްގެ މަތީގައި ޓީވީއެއް ބަހައްޓާފައި ހުއްޓެވެ. ސޯފާގައި އިންނައިރު ޝަޔަމްއަށް ކައްކާތަނުގައި ޖާވިދު އުޅޭތަން ފެނެއެވެ. ފެން ކައްކަމުން ތަށްޓަކަށް އެއްޗެހިތަކެއް އެޅުމުގައި އޭނާ އުޅުނެވެ. ޝަޔަމްގެ ވާއަތް ފަރާތުން ދެދޮރު ފެންނަންހުރިއިރު ބިއްދޮށަށް ހުރި ދޮރުގެ ކައިރީގައި ކުރީގައި ބޭނުންކުރާ ކަހަލަ ދޮންނަ މެޝިނެއް ހުއްޓެވެ.

ޖާވިދަށް ބަލައިލާފައި ޝަޔަމް ފޯނު ނަގާ ފޯނާއި ކުޅެންފެށިއެވެ. ދެތިން މިނެޓު ފަހުން ޖާވިދު ހެދިކާ ތަށްޓަކާއި ސައި ތަށިތަކެއް ގެނެސް ކުރިމަތީ ހުރި މޭޒުމަތީގައި ބަހައްޓާލިއެވެ. ދެމީހުންނަށް ކާން އިޝާރާތްކުރަމުން ޖާވިދު ގޮސް ބިއްދޮށަށް ހުރި ދޮރު ހުޅުވާ އެތެރެއަށް ވަނެވެ.

ސައިބޮއެ ނިންމާލުމަށްފަހު ޓިޝޫއިން އަތް ފުހެލިތަނާހެން ދޮރު ހުޅުވާލި އަޑަށް ޝަޔަމްގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ފުރުޅުލީ ގޮނޑިއެއްގައި އިން ދެބައިއުމުރުގެ އަންހެނެއް ގޮވައިގެން ޖާވިދު ނުކުންނާތީ އޭނާއަށް ފެނުނެވެ. ކަޅުކުލައިގެ ތިންކަނު ބުރުގަލެއް އަޅައިގެން މާޖެހި ލިބާހެއްގައި އިން އެމީހާގެ މޫނުމަތިން ވަނީ ފެންދެމިފައެވެ. ހިކިހިކިކޮށް އިން އެދައްތައަށް، ޝަޔަމް ފެނުމާއެކު ހިނިތުންވެލައިފިއެވެ. ދައްތައަށް ބަލައިލުމާއެކު ޝަޔަމްއަށް އެއީ ޖާވިދުގެ މަންމަކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެހާވެސް ދެމީހުން ވައްތަރެވެ.

“މިއީ އަހަރެންގެ މަންމަ!” ޝަޔަމް ބަލަހައްޓައިގެން އިންނަން ފެށުމުން ޖާވިދު ބުނެލިއެވެ.

“ޝަޔަމް އާއި އަޒީމް ދޯ..” އެއަންހެން މީހާ ވާހަކަދައްކާއިރު އުނދަގޫ ގޮތެއް ހުރެއެވެ.

“ޖާވިދު މަންމަ ކިހިނެއް؟” ބޯޖަހާލުމާއެކު ޝަޔަމް ސުވާލުކުރިއެވެ.

“ރަނގަޅު އަލްޙަމްދުﷲ..” ޖާވިދު ގޮނޑިދަމަމުން އައިސް ޝަޔަމްގެ ގާތުގައި މަޑުކޮށްލިއެވެ. “އެކޮއެ ކިހިނެއް؟” ޝަޔަމްގެ އަތުގައި ހިފާލަމުން ދައްތަ އަހާލިއެވެ.

“ރަނގަޅު..” ހިންދިރުވާލުމާއެކު ޝަޔަމްއަށް ބުނެވުނެވެ. އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވީ ދައްތަ އޭނާއަށް މުހާތަބުކުރި ގޮތުންނެވެ.

“ޝަޔަމް ގޮވައިގެން ދޯ ޖާވިދު އިގިރޭސިވިލާތަށް އެދިޔައީ؟ ވަރަށް ނުދާންވެގެން ބަހަނާ ދައްކާލިއޭ..” އެދައްތަގެ ވާހަކަ ނުނިމެނީސް މަޑުމައިތިރިކަމާއެކު ޖާވިދު މަންމައަށް ގޮވާލިއެވެ. “އެއީ މަންމަދެކެ ފިސާރި ލޯބިވާ ދަރިއެއް. ދައްތަގެ ހުރި ހަމައެކަނި އުންމީދު. ޖާވިދަކީ ވަރަށް އޯގާތެރި ރަނގަޅު ކުއްޖެއް.”

ބުނާނެ އިތުރުއެއްޗެއް ޝަޔަމްއަކަށް ނޭނގުނެވެ. ޖާވިދު އޭނާއަށް ބަލައިލުމާއެކު މޭޒުމަތީގައި ހުރި ތަށިތަށް ހިފައިގެން ބަދިގެއަށް ހިނގައިގަތެވެ. އެވަގުތު އަޒީމްއަށް ފޯނެއްއައެވެ. ކަންފަތުގައި ފޯނު ޖައްސާލާ ދެފަހަރަކު ހަލޯއޭ ބުނެލުމަށްފަހު އޭނާ ފޯނު ކަންފަތާއި ދުރުކޮށްލިއެވެ. ގޭތެރެއަށް ރޭންޖު ދައްވާނެކަމަށް ޖާވިދު ބުނުމުން ފޯނު ހިފައިގެން އަޒީމް ހިނގައިގަތީ ބޭރަށެވެ.

“ޖާވިދު އަންހެން ކުއްޖެއް ގެއަށް ގެނައި މީ ފުރަތަމަ ފަހަރު. ހާއްސަ ކުއްޖަކަށް ވާނެދޯ.” ޝަޔަމްގެ ދެލޮލަށް ބަލަން އިނދެ ދައްތަ ބުނެލިއެވެ.

“އްއް… ން.. ނޫން..” އަޅައަޅައިގަންނަމުން ޝަޔަމްއަށް ބުނެވުނެވެ.

“މަންމާ.. ފުރަން އަދި ވަގުތު އޮތީމަ ގެއަށް ގެނައީއޭ…” ބަދިގޭގައި ހުރެފައި ޖާވިދު ގޮވާލިއެވެ. ފަހަތް ބަލައިލުމަށްފަހު ދައްތަ ޝަޔަމްއާއި ވީފަރާތަށް އެނބުރެމުން ބުމައަރުވާލާފައި ހީލިއެވެ. ޝަޔަމްއަށްވެސް ނުތަނަވަސް ހިނިތުންވުމެއް ހަދިޔާކޮށްލެވުނެވެ.

“ދައްތައަށްވެސް އިނގެއޭ ޖާވިދު ބޭރަށް ފެންނާނީ ވަރަށް ރުޅިގަދަ ހަރުކަށި މީހެއްގެ ގޮތުގައިކަން. އެކަމަކު އެއީ އަސްލު ޖާވިދެއްނޫން. އޭނާގެ އުމުރުން ބާރަ އަހަރުގައި ޖަނާ ނިޔާވި ފަހުން އެގޮތަށް އުޅެން ފެށީ. އެކަމަކު އެއީ ހަމަ ޖަވާހިރެއްފަދަ ދަރިއެއް. ޖާވިދުގެ ބައްޕަ ނިޔާވި ފަހުން ދައްތަގެ ހުރިހާ ކަމެއް އެބަލަހައްޓަނީވެސް އޭނާ.” ޝަޔަމްއާއި ގާތްވެލަމުން ވައިއަޑުން ކަހަލަ ގޮތަކަށް ދައްތަ ބުނެލިއެވެ.

“ތިއީ ޝަފްނާގެ ދަރިއެއްހެން ހިޔެއްވެސް ނުވޭ..” ޝަޔަމް އެއްޗެއް ނުބުނުމުން ދައްތަ ބުނެލިއެވެ.

“އް.. އެއީ ކިހިނެއް؟” ޝަޔަމްއަށް އަހާލެވުނެވެ.

“ޖާވިދުގެ ބައްޕަ.. ފަރީދު.. އޭނާ ނިޔާވީ..” ދައްތަގެ އަޑު ބެދުނެވެ.

“މަންމާ.. ޕްލީޒް… އެވާހަކަ ނުދައްކަބަލަ.” ޖާވިދު އައިސް ޝަޔަމްއަށް ލޯ އަޅާލަމުން ބުނެލިއެވެ. އޭނާގެ ލޮލުގައި ރުޅިވެރިކަންވިއޭ ޝަޔަމްގެ ހިތްބުނީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. މަންމަގެ ގޮނޑި ދަމާލަމުން އޭނާ ދިޔައީ ބަދިގޭގައި ހުރި ކާމޭޒު ކައިރިއަށެވެ. ފަހަތަށް އެނބުރި ދައްތަ އަތުން އިޝާރާތް ކޮށްލުމާއެކު ޝަޔަމްވެސް ދައްތަގެ ފަހަތުން ހިނގައިގަތެވެ. ޖާވިދު އޭނާގެ މަންމައަށް ކާންދޭން އުޅުން އިރު ޝަޔަމް އިނީ ދައްތަ ދައްކާވާހަކަތައް އަޑުއަހާށެވެ.

“ދައްތައަށް ކިޔާ ނަމެއް އަދިވެސް ނުބުނަމެއްނު.” ޝަޔަމް އަހާލިއެވެ.

“އާސިމާ..” ދައްތަ ބުނި އެއްޗެއް ޝަޔަމްއަކަށް ދޭހައެއް ނުވިއެވެ.

“އަސްމާ..؟؟” ބޯ ކައިރިކޮށްލާފައި ޝަޔަމް އަހާލިއެވެ.

“އާސިމާ..” އާސިމާ ރަނގަޅު ކޮށްލައިދިނެވެ. “ދައްތަދައްކާ ވާހަކަ ދޭހަކުރަން ވަރަށް އުނދަގޫ ދޯ..”

“އުހުން.. އެހާ ބޮޑަކަށް ނޫން..” ޝަޔަމް ބުންޏެވެ.

“ފަރީދު ނިޔާވިތާ ކައިރީގައި ދައްތަ-” އާސިމާގެ ވާހަކަތައް މެދުކެނޑުނީ ޖާވިދު އަނެއްކާވެސް މަންމާއޭ ކިޔާ ގޮވާލުމުންނެވެ. “ދަރިފުޅާ!” އާސިމާ ޖާވިދަށް ގޮވާލިއެވެ.

“ދޮގެއްނޫނޭ. ހަމަ ދައްތަ އެއްޗެއް ބުނާއިރަށް ޖާވިދު އެބަ ހުއްޓުވައޭ..” ޝަޔަމްވެސް ދައްތައާއި އެއްބައިވެލިއެވެ.

“އޭނާއަށް ހުރިހާ އެއްޗެއް އެނގޭކަށް ނުޖެހޭ..” ޖާވިދު ޝަޔަމްއަށް ބަލައިލިއިރު ހީވީ އެދެލޮލުގެ ބާރުން ޝަޔަމް ފިއްސާލަން އުޅުނުހެންނެވެ.

“ދަރިފުޅެއްނު އެކުއްޖާ ގެނައީ، މަންމައާއި ބައްދަލު ކުރާހިތުން ކުއްޖެއް އުޅެއޭ ކިޔާފަ.. މިހާރުދެން ހާދަ ވަރެއް ތިއަރުވަނީ.” އާސިމާގެ އަޑުގައި ހިސާބެއްގެ ހިތްހަމަ ނުޖެހުމެއްވިއެވެ.

ދޮރު ހުޅުވާލާފައި އަޒީމް ވަންނަން ފެށުމުން ޖާވިދު އެއަށް ރައްދެއް ނުދިނެވެ.

“ހިނގާ ދެން ނިކުންނަމާ. މިއަންނަނީ ޖެނީއަށް ގޮވާފަ.” އެޕާޓްމެންޓުން ބޭރަށް ނިކުންނަމުން ޖާވިދު ބުންޏެވެ.

ޖާވިދު އައުމުގެ ކުރިން ޝަޔަމް އާސިމާއާއި ސަލާންކޮށްލިއެވެ. އިރުކޮޅެއް ފަހުން އޭނާ އެޕާޓްމަންޓަށް އައީ ބިދޭސީ އަންހެނަކު ގޮވައިގެންނެވެ. އެއަށްފަހު މަންމައާއި ވަދާޢުގެ ސަލާން ކޮށްލިއެވެ. ޖާވިދު ކިތަންމެ ސިއްރުން އޭނާގެ ލޮލުން އައި ކަރުނަތައް ފުހެލިއަސް ޝަޔަމްއަށް އެމަންޒަރު ފެނުނެވެ.

ބޯޑިންއަށް ގޮވީމާ ޔަޒްދާންއާއެކު މަންހަލް ހިނގައިގަތެވެ. މަތިންދާބޯޓަށް އަރަން ދިޔަ ވަގުތު ޔަޒްދާންގެ ކަންފަތާއި އަނގަ ކައިރިކޮށްފައި މަންހަލް ވާހަކައެއް ބުންޏެވެ. ހިނިގަނޑު މަތަކުރަން އުޅޭ ފަދައަކުން އޭނާ މަންހަލްއަށް ބަލައިލިއެވެ. ދެވަނަ ސިކުންތު އޭނާގެ ހިނިގަނޑު ފަޅާލައިފިއެވެ.

“ދެން ޔަޒްދާން.. އަސްލަށޭ.” މަންހަލް ރަކިވެގެން ބުންޏެވެ.

“ގައިމު ލޯންޗުގަ އައިއިރުވެސް ހަމަ ގަދަފަދަކޮށް ހުރީ. ހަމައެކަނި އެއާރ ސިކްނަސް ހުންނަނީތަ؟” ހިނިއައިސް މަންހަލްއަށް ބަލަހައްޓައިގެން ހުރެ ޔަޒްދާން ބުންޏެވެ.

“ދެން ނޭނގެއެއްނު. މިބުނީ ކުޑައިރުގެ ވާހަކައޭ. މިހާރު ބޮޑުވީމަ ބަދަލުވެދާނެއްނު.” ކުރިއަށް ބަލަމުން މަންހަލް ހިނގިއިރު އޭނާގެ މޫނު ރަތްވެއްޖެއެވެ.

“އައި ގޮޓް ޔޫ ބޭބީ.” ޔަޒްދާން މަންހަލްއާ ގާތްވެލާ އޭނާގެ ކަންފަތް ކައިރީގައި ބުންޏެވެ. މަންހަލްގެ އަތުގެ ހަމަލާ އެރީ ޔަޒްދާންގެ އަތުގެ މުލައްދަނޑިއަށެވެ.

“އާހް. މަށަށް ޔަގީން ޝަޔޫ މިދިޔަ ދުވަސްކޮޅު މަންނު ކައިރީގައި ހުރި ކަމުގެ ސައިޑް އިފެކްޓް އެފެންނަނީ.” ޔަޒްދާން ތުންކޮޅު ހަދާލިއެވެ. މަންހަލްވެސް ތުންގަނޑު ނެރެލާފައި ދުރު ބަލައިލިއެވެ.

ބޯޓު މައްޗަށް އަރަންފެށުމާއެކު މަންހަލް ޔަޒްދާންގެ އަތުގައި ބާރަށް ހިފާލިއެވެ. ދެލޯ މަރާ ގޮނޑީގައި ހަމަޖެހެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ފަޒާގެ ތެރެއަށް ބޯޓު އަރާވަރަކަށް ޔަޒްދާންގެ އަތަށް އޭނާއަށް ހައްތަހާ ބާރަށް ފިތާލެވެނީއެވެ.

“ހަމަޖެހިލާފަ ފުންކޮށް ނޭވާލާބަލަ.” މަންހަލްއަށް އަޑުއިވޭވަރަށް ޔަޒްދާން ބުނެލިއެވެ.

“މިލަނީއެއްނު..” މަންހަލް ބުންޏެވެ.

“ކުރިން ބުނިނަމަ ދޯ ބޭސްގުޅައެއް ގަނެވުނީހީ.” ޔަޒްދާން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ނަމަނަމަ ކިޔައިގެން ކެއްކޭނެ ރިހައެއް ނޯންނާނެ. އަނގަ މަޑުކޮށްގެން އިނދެބަލަ.” މަންހަލް ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުންޏެވެ.

“އޭޒް ޔޫ ވިޝް މޭމް.” ޔަޒްދާންއަށް ހިނިތުންވެވުނީއެވެ.

“ދެޓް ވޯޒް ސްކެއަރީ..” ހަވާގެ ތެރޭގައި ބޯޓު ދުއްވަން ފެށުމާއެކު މަންހަލް ޔަޒްދާންގެ އަތުން ދޫކޮށްލާފާ ބުންޏެވެ. ޔަޒްދާން އޭނާގެ ދެއަތް ދެއަތާ މޮޑެލީއެވެ. “ސޮރީ! ތަދުވިތަ؟”

“ދެން ސޮރީ ކިޔާނެ ކަމެއް ނެތެއްނު.” ޔަޒްދާން ލޯ އަޅާލިއެވެ.

“އަސްލުވެސް ސޮރީ..” ޔަޒްދާން އަތުގައި ހިފާ އެއަތުގައި ފިރުމާލަމުން މަންހަލް ބުންޏެވެ. ބަސްބުނުމެއް ނެތި ޔަޒްދާން ބަލަން އިނުމާއެކު ނުހަނު އަވަހަށް މަންހަލް އެއަތުން ދޫކޮށްލާފައި ހަށަން ބަނދެލިއެވެ. އެއްމިޔަކަނުން ހިނިތުންވެފައި ޔަޒްދާން މަންހަލްއަށް ބަލަން އިނީއެވެ.

ހަތަރު ގަޑިއިރާ ތިރީސް މިނެޓު ފަހުން މެލޭޝިޔާގެ ކުއަލާ ލަމްޕޫރު އެއާޕޯޓުގައި ބޯޓު ޖެއްސިއިރު ގަޑިން ފަސް ގަޑި ބައިވަނީއެވެ. ލުގޭޖްތައް ހިފައިގެން އެއާޕޯޓުން ނިކުމެވުނު އިރު ހައެއް ޖަހައިފިއެވެ. ގެއަށް ދިޔަ މަގުމަތީގައި މަންހަލް އާޝޯހުވެފައި އިނީ ބޭރުން ފެންނަ މަންޒަރުތައް ބަލާށެވެ. އުޑުމަތީގައި ދޮންފަޅޯ ކުލަ ފެވެމުން ދިޔައިރު އިރުއޮއްސޭ ވަގުތު ގާތްވެއްޖެކަން އަންގައިދެއެވެ. ގަޑިއިރެއްހާއިރުގެ ދިގު ދަތުރު ނިންމާލުމަށްފަހު ޓެކްސީ މަޑުކޮށްލީ ސައުވީސް ބުރީގެ އިމާރާތެއްގެ ކުރިމަތީގައެވެ. ކާރުން ފޭބުމާއެކު އެންމެ ފުރަތަމަވެސް މަންހަލްގެ ލޮލުގައި އަޅައިގަތީ ޕެޓްރޯނަސް ޓަވަރެވެ.

“ވާވް. އެއީ ކޮންތަނެއް؟” މަންހަލްއަށް އަހާލެވުނެވެ.

“ކޮންމެވެސް ޓްވިން ޓަވަރެއް.” ޔަޒްދާން ޖަވާބު ދިނެވެ.

“ހްމް. ޕެޓްރޯނަސް ޓްވިން ޓަވަރ.” ސުހައިލް އޮޅުން ފިލުވައިދިނެވެ.

އެމީހުން ގެނައި ދަބަސްތައް ބޭލުމަށްފަހު ޓެކްސީ ދިޔައެވެ. އެންމެން އެކުގައި ދިޔައީ ގޭތެރެއަށް ވަންނާށެވެ. ދުރުން ހިނގާފައި އެމީހުންނާއި ދިމާއަށް އަންނަ ޔޫވިން ފުރަތަމަ ފެނުނީ މަންހަލްއަށެވެ.

“ޔޫވިންތަ އެއީ؟” މަންހަލް ސުވާލުކޮށްލިއެވެ. އެތެރެއަށް ވަދެވަދެފައި ވެސް ނަސްރާއާއި ސުހައިލް ބޭރަށް ބޯދިއްކޮށްލިއެވެ.

“އާން. އެއީ ޔޫވިން.” ނަސްރާ ހިނިތުންވެފައި ބުނެލިއެވެ.

މަގުހުރަސްކޮށްފައި އައި ޔޫވިން އެންމެފުރަތަމަވެސް ނަސްރާއާއި ސުހައިލް ގައިގައި ބައްދާލީއެވެ.

“މިހުރީ މަންނު. މަންނުއަށް އެނގިއްޖެ ދުރުން ދަރިފުޅު ފެނުނީމަ.” ނަސްރާ ޔޫވިންގެ ކޮނޑުގައި ހިފާލާފައި ބުންޏެވެ.

“ހައި..” ފުރަތަމަ އިސްވެ ސަލާމަށް އަތްދިއްކޮށްލީ މަންހަލްއެވެ.

“ހައި..” ލަދުގަނެފައިހުރި ފަދައަކުން ޔޫވިން އެއަތުގައި ހިފާލިއެވެ.

“މިހުރީ ޔަޒްދާން..” ސުހައިލް ޔަޒްދާން ދައްކާލުމާއެކު އޭނާ ޔޫވިންއަށް ހިނިތުންވެލިއެވެ.

“މިއަދު ލަހުން ނިމުނު ދުވަހަކީތަ؟” ލިފްޓަށް އަރަމުން ސުހައިލް އަހާލިއެވެ.

“އުހުން. ލައިބްރަރީގައި މަޑުކޮށްލީ އެސައިމަންޓެއް ހަދާލަން.” ލަދުން ޔޫވިން ވަންނަނީ މަންމަގެ ފުރަގަހަށެވެ.

“ދޮންބެ ގެއަށް އައީތަ؟” ސުހައިލް އަނެއްކާވެސް ސުވާލުކުރިއެވެ.

“ހުމް. ބައްޕަމެން އަންނާތީ ދޮންބެ އަވަހަށް އައީ މިއަދު.” ޔޫވިން ބުނެލިއެވެ.

“ލަދުން ފިލާނެކަމެއް ނެތް. ހަމަ ޔޫވިންގެ ކަޒިންއެއްދޯ މިއީވެސް.” ނަސްރާ ބުނެލުމާއެކު ޔޫވިން ހައްތަހާ ބޮޑަށް ރަކިވީއެވެ.

ބާވީސް ވަނަ ބުރިއަށް ލިފްޓު މަޑުކުރުމާއެކު އެމީހުން ލިފްޓުން ފޭބިއެވެ. އެމީހުން ތިބޭ އެޕާޓްމަންޓްގެ ދޮރުމަތީގައި ޔުނާން މަޑުކޮށްގެން ހުއްޓާ މަންހަލްއަށް ފެނުނެވެ. ހިނިތުންވެ ހުރެ އޭނާ ހަނާ އަޅާލުމާއެކު މަންހަލްވެސް އަވަސް ހިނގުމެއްގައި ގޮސް ޔުނާންއާއި ސަލާންކޮށްލިއެވެ.

“ކިހިނެއް؟” ފުރަތަމަ އިސްވެ ވާހަކަދެއްކީ ޔުނާންއެވެ. އޭނާ ހީވީ ދުވަސްވީ އެކުވެރިއަކާއި ބައްދަލުވީ ހެންނެވެ.

“ރަނގަޅު. ޔޫ ކިހިނެއް؟” މަންހަލް ބުންޏެވެ.

“ރަނގަޅު.” ޔަޒްދާންގެ އަތުގައި އޮތް ފޮށި އަތުލަމުން ޔުނާން ވާހަކަދެއްކިއެވެ.

އެޕާޓްމަންޓަށް ވަތްއިރު ޔުނާން ހުރީ ސައިބޯނެ އެއްޗެހި ގެނެސްފައެވެ. އެންމެން އެކުގައި ވާހަކަދައްކާލަން މަޑުކުރުމަށްފަހު ސައިމޭޒު ދޮށުން ތެދުވެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވައިގެން ގޮސްފިއެވެ. ވަރުބަލިވެފައި ހުރުމާއެކު މަންހަލްއާއި ޔަޒްދާންވެސް އައިސް ކޮޓަރިއަށް ވަނީ ނަމާދުކޮށްގެން އަވަހަށް ނިދަންވެގެންނެވެ.

އެންމެ ފުރަތަމަ ޔަޒްދާން ފާހާނާއަށް ވަންނާށޭ ބުނެފައި މަންހަލް އައިސް ކުޑަދޮރުގެ ދޮރުފޮތި ކަހާލިއެވެ. ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުން ދިޔައިރު އެވަގުތުވެސް އޮރެންޖު ކުލައިގެ ވިލާކޮޅުތައް ހިތްގައިމު ގޮތަކަށް އުޑުމަތީގައި އެތުރިފައި ހުއްޓެވެ. މަންހަލް ސިހިގެން ދިޔައީ ޓީޝާޓް ބާލައިގެން ހުރެ ފަހަތުން ޔަޒްދާން އައިސް އޭނާގެ އުނަގަނޑުގައި ހިފާ ޔަޒްދާންގެ ގަޔާ ކައިރިކޮށްލުމުންނެވެ.

“ހެޕީ ހަނީމޫން ވައިފީ..” މަންހަލްގެ ކަންފަތް ދޮށުގައި ޔަޒްދާން ވައި އަޑުން ބުނެލިއިރު މަންހަލްގެ ގައިގައި ކަރަންޓު ޝޮކެއް ދުވެލިފަދަ އިހްސާސެއް ކުރެވުނެވެ.

“ވަޓް؟ ތީގެ މާނައަކީ؟” މަންހަލްގެ އަޑު ނިކުތީ މަޑު އާހެއް ފަދައިންނެވެ. އޭނާގެ މޫނު އަނބުރާލާ ޔަޒްދާންގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ.

“އޭގެ މާނައަކީ އަހަރެމެންނަށް އެކުގައި ވަގުތު ހޭދަކުރެވޭނޭ، އަހަރެމެންނަށް އެކަކު އަނެކަކު ދަސްކުރެވޭނޭ. އޭގެ މާނައަކީ އަހަރެމެނަށް އެކަކު އަނެކަކުދެކެ އިތުރަށް ލޯބި ވެވޭނޭ!” މަންހަލްގެ ލޮލުގެ ތެރެއަށް ގެނބިހުރެ ލަސްލަހުން ޔަޒްދާން ބުންޏެވެ. މަންހަލް ބަލަން ހުއްޓާ ޔަޒްދާން ފާހަނައަށް ވަދެގެން ދިޔައީ އޭނާގެ ކޯތާފަތަށް ބޮސްދީފައެވެ. އޭނާގެ ތުންފަތް މަތީގައި ރަކި ހިނިތުންވުމެއް ދުވެލިއެވެ. ކަނާއަތް ޖައްސާލެވުނީ ބާރު ބާރަށް ތެޅެމުން ދިޔަ މެއާ ދިމާލުގައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 24

Next

ވަދާއީ ސަލާމް

Next
October 23, 2024

ވަދާއީ ސަލާމް

Previews
October 22, 2024

ޙަޤީޤަތް ހޯދުމޭ 24

14 Comments!

  1. Cutie girl says:
    October 23, 2024 at 11:49 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mannu and Yazdhaan dhuru nukurachey
    They both are made for each other
    Shayoo and javidh ves gulhuvachey
    Aslu Mannu Loabivey Yazdhaan dheke ehbas nuvan eulheni
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Aayaa Aayaa says:
      October 24, 2024 at 11:15 am

      Thank u Cutie girl! 😊🤍

  2. Mishyal says:
    October 23, 2024 at 12:13 pm

    Woooooooow nice part 💕
    It gives me butterfly 🦋
    So romantic ❤️
    Shayoo and jaavid ves gulhuvajjey
    Next part Kon iraku????

    1. Aayaa Aayaa says:
      October 24, 2024 at 11:18 am

      Thank u Mishyal! 😊🤍
      Ehn bunakah neyge, next week In Sha Allah!

  3. Repunzil says:
    October 23, 2024 at 12:49 pm

    Wowwww….cool love this part….it’s so romantic…..
    Curiously waiting for the next part

    1. Aayaa Aayaa says:
      October 24, 2024 at 11:19 am

      Thank u Repunzil! 😊🤍

  4. Mar yam says:
    October 27, 2024 at 9:12 am

    When is next parttt
    Can’t wait 😩😭😭
    Avahah up kohdheeba 🙏🏽

    1. Aayaa Aayaa says:
      November 1, 2024 at 7:56 pm

      Mhr site ah submit kollafa innaany! 🤍😊

  5. Nee says:
    October 28, 2024 at 1:19 pm

    Plzzzzzzzzzzzzzzz next up kh dhybaa😐👌

    1. Aayaa Aayaa says:
      November 1, 2024 at 8:05 pm

      Sorryyyyy 😔 aslu vaa gothaky mhr liyefa huri part thah madhuvefa aa part thah nuliyeveythy las kolly. 27 vana part kudakoh edit kollan jehunyma aaeku! Liyefa huri part thah nimunas eha avh aa part eh liyeveyne henneh hiyeh nuvey. Ehenve mhr week aku part eh nereny. School ga busy kamun hafthaa dhuvas thakuga nuvey evves kameh. Homework hadhan noony exam akh dhas kuran ulhen jeheny! Hope y’all understand! 😊🤍

  6. Someone says:
    October 29, 2024 at 5:36 pm

    Omg omg 😱😍😍❤️❤️🌹🌹
    Vrrhhh reethi mi bai ves Masha Allah 🥰🥰🥰

    1. Aayaa Aayaa says:
      November 1, 2024 at 8:07 pm

      Thank u Someone! 😊🤍
      Kuriah huri bai thah ves kamudhaane kamah unmeedhu kuran!

  7. Moya says:
    November 1, 2024 at 10:06 am

    Manje thy kiyavaa kuhjeii tha?
    Mi part vx varah varah reethi….
    Haadhalahey up vaaleii… konme dhuvahaku beley up vehje thw??

    1. Aayaa Aayaa says:
      November 1, 2024 at 8:17 pm

      Thank u! 😊🤍 Labba kiyavaa kujjeh!
      I’m sorry I kept you waiting 🙁

Comments are closed.

Next Episodeއިންސާފް (ހަތާވީސްވަނަ ބައި)←


All Right Reserved!