Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (އަށްވަނަ ބައި)

Starlight
Starlight Level 1
December 2, 2023 5 Mins Read
6 Comments

“ލުބޫ! ދެން ތިހެން ނީނދެ ދެން ދޭ އަވަހަށް ޔުނީފޯމް ބަދަލުކޮށްގެން ކާން! ދޮން ސްކޫލުން ނިންމައިގެން ފެންވަރައިގެން އަންނަންދެން ލުބޫއަށް އަރާމުކޮށްލަން ވަގުތު ލިބޭނީ! އެއަށްފަހު ލުބޫ ބޭނުން ކަމެއް ކުރެވޭނީ ފިލާވަޅުތައް ހަދާ، ދަސްކޮށް ނިމުނީމައި. ދޮން އައިއްސަ އެހީ ވާނަން!” އިވިގެން ދިޔައީ އަލްޔާންގެ ހިތާއި ކުޅެލުމުގައި ކާމިޔާބު ހޯދި ފުރަތަމަ އަންހެން ކުއްޖާގެ އަޑެވެ. އިއްޔެ އިރުއޮއްސުނު އިރު ވާހަކަދެކެވިފައި ވީނަމަވެސް އެ އަޑު އެ އިވުނީ ހާދަ ގިނައިރެއް ފަހުންނޭ އަލްޔާންގެ ހިތަށް އެރިއެވެ.

 

“އައިމް ގޯން!” ލުބްނާގެ ވާހަކަ އަޑުއިވުމާއެކީ ހަވައަށް އެރި ރޮކެޓެއްހެން ސޯފާގައި އޮތް ދަބަސް ހިފައިގެން އެކުއްޖާ ދުއްވައިގަތެެވެ.

 

“މަޑުކޮށްލާ އިނގޭ! މިއަންނަނީ ބާން ކޮޓަރިން ނެރެގެން! އަންހެނަކަށް ވުރެ ތަތް ވާނެ ތަނަކަށް ދާން ތައްޔާރުވާން ވަދެފައިވެސް! މިއުޅެނީ ޝޯއަކަށް ދާން ތައްޔާރުވާކަށް ނޫން ވިއްޔާ!” ކުދިކިޔަމުން ގޮސް ލުބްނާ، ލިބާންގެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ.

 

“ކޮންކުއްޖެއްތަ އެއީ؟” ލުބްނާ ދިޔަވަގުތު ބަލާފައި އިޝްރާ ކުރެން އަލްޔާން އަހާލިއެވެ.

 

“އެއީ ލުބާ. ލޫންމެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ! އަހަރުންނަށްވުރެ ދެއަހަރު ކުޑަވާނީ! މިއަހަރު ނިމުނީމައި ލުބޫ ގްރޭޑް 8 ނިމުނީ.” އަލްޔާންގެ ހިތުގައި އިތުރު ސުވާލެއް ނުއުފެދޭނެ ވަރަށް އިޝްރާ އޮޅުންފިލުވައިދިނެވެ.

 

“ހާއި ގޯޖަސް!” ލިބާންގެ އަޑު އިވުނު ކަމެއް ނޭނގެ، ފެނުނީ އޭނާ އައިސް ކުރިމަތީގައި ހުއްޓައެވެ. ކުޑަ ސިހުމެއް ލިބުނު ނަމަވެސް އިޝްރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައި ސޯފާއިން ތެދުވިއެވެ.

 

“ދެންވެސް އަވަހަށް ހިނގާ ދާން!” ލިބާން ބުނި އެއްވެސް އެއްޗެއް އަޑުނީވޭ ކަމަށް ހަދާފައި ހިނގައިގަންނަމުން އިޝްރާ ބުނެލިއެވެ. އެއާއިއެކު އިތުރަށް ލަސްކުރަން ނަހަދާ ދެންތިބި މީހުންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.

 

“ލޫން ބުނީ ހަމަ ރަނގަޅަށް! އަންހެނަކަށްވުރެ ތަތް މީހެއް މީ! ދެން ބުނަން! އިޝް ދުނިޔޭގައި ބަހައްޓަން ބޭނުމިއްޔާ އިޝްއާއި ދިމާލަށް ގޯޖަސްއޭ ނުކިޔާ! ބާންގެ ރަންކޮޅަށް އެ އަޑު އިވިއްޖެއްޔާ އިޝް ދިރިހުއްޓާ ބިމުން ހަފޫޓު އަޑީގައި ވަޅުލާނެ!” ލުބްނާމެން ގެއިން ނިކުމެ ސްކޫލާއި ދިމާލަށް މިސްރާބު ޖަހަމުން އިޝްރާ ބުނެލިއެވެ.

 

“އިޝް ކައިރީވެސް ބާން ބުނެފިން ދޯ އޭނައާއި ދިމާލަށް ‘ބާންގެ ރަންކޮޅޭ’ ނުކިޔާށޭ! ބާންގެ ފެމެލީ ނަގާފައި އެ ލަޤަބު ދޭހާ ކްލޯޒް މީހަކު ހުރިއްޔާ އެއީ ތީ!” ދެއްކޭ ވާހަކަތަކަށް ސަމާލުވެ ހުރެ ބަސްތައް އަތުރާލި ނަމަވެސް ނުސީދާކޮށް ދުރުދުރުން ލިބާން ބުނެދިނީ އޭނާގެ ހިތުގެ ޙާލަތެވެ.

 

“މައި ބްރޯ! ތިބުނީ ރަނގަޅު ވާހަކައެއް! ފެެމެލީ މީހުން ނަގާފައި ދޮންއަށް އެނގިގެން އަހަރުންނާއި އެންމެ ކްލޯޒް މީހަކަށް ހުރީ އިޝް! އެކަމަކު ޝީ އިޒް އޮބްސެސްޑް ވިތް ޔޫ! މޭބީ ނޮޓް އީވެން އޮބްސެސްޑް! އޯވަރ އޮބްސެސްޑް! އެހެންވީމައި އޭނައާއި ދިމާލަށް ‘ބާންގެ ރަންކޮޅޭ’ ކިޔުމުން ގޯހެއް ނެތްހެން ދޮންއަށް ހީވަނީ!” ހެމުން ހެމުން އިޝްރާގެ ވާހަކަތަކަށް ބާރުދީ ލުބްނާ ބުނެލިއެވެ.

 

“ހޯލްޑް އޮން އަ ސެކް! ހޫ އިޒް ދިސް ‘ބާންގެ ރަންކޮޅު’؟” މިއޮއް ހުރިހާ އިރަކު އެންމެންގެ ވާހަކަތަކަށް ސަމާލުކަން ދީގެން ހުރި އަލްޔާން އަހާލިއެވެ.

 

“ދާ ގާލް އައި ޖަސްޓް ޓޯލްޑް ޔޫ ޓު ސްޓޭ އަވޭ ފްރޮމް ހަރ ސައިޓް! ރަނާގެ ވާހަކަ މި ދައްކަނީ! އެކަމަކު އޭނަ ބާންގެ ފަހަތުން އުޅުނަސް އާން އަހަރުންނާއި ޖޮއިން ކުރަންޏާ ވަކި ސަހަލެއް ނުވާނެ! ފިރިހެން ކިޔާފައި ސިފަ ރީތިވެއްޖެއްޔާ އޭނައަށް ހެޔޮވާނެ ކޮންމެ މީހަކުވެސް! މިހާރުވެސް ބާން ފަހަތުން އެކަންޏެއް ނޫން އޭނާ އެ އުޅެނީކީ!” އަލްޔާންގެ ސުވާލަށް ޖަވާބުދީ އިޝްރާ ބުނެލިއެވެ.

 

“ވެއިޓް! އާން އަހަރުންނާ ޖޮއިންކުރަނީއޭ! ތިބުނީ؟” އިޝްރާގެ ވާހަކަ އަޑުއެހުމަށްފަހު ލިބާން ކޮއްލީ މޮޅު ސުވާލެކެވެ.

 

“އޭނާ ގޭގައި ހުންނަން ފޫހިވާތީ އަހަރުންނާއެކު ސްކޫލް ރީޑިކަރޭޓް ކުރަން ޖޮއިން ވާން ބޭނުމިއްޔޯ! އިޝް ބުނީ މަލް ގާތު އަހާފައޭ އިނގޭނީ އެއްޗެކޭ ބުނަން!” އިޝްރާ އޮޅުންފިލުވައިދިނެވެ.

 

“މަލްއަކީ އެހާ ބޮޑާ ކުއްޖެއް ނޫން! އޭނަ އޯކޭ ވާނެ!” ޔަޤީންކަމާއެކީ ލުބްނާ ބުނެލިއެވެ.

 

“ލޫން ތިހެން ބުނަނީ މިދެމީހުން ދޭތެރޭ އޮތް ކަންތައްގަނޑު ނޭނގޭތީ! މި އާން އެހީ މަލްގެ ޗައިލްޑްހުޑް ނައިޓްމެއަރސްތަކުގެ ތެރެއިން އެކަކޭ ބުންޏަސް ރަނގަޅުވާނެ! އޭނަ މިކޮޅުގައި ހުރިއިރު އަބަދުވެސް ހުންނާނީ މަލް އާއި ދިމާލަށް އެއްޗެހި ކިޔާ ކިޔާ ރޮއްވާލާފައި! އޭރު މަލް އުޅޭނެ އިޝްއާއިވެސް ވާހަކަ ނުދައްކާ! ވަރަށް ޙާލުން އޭނާއާއި އިޝްއާއި ކްލޯޒް ވީ ވެސް! އެއީވެސް މަލްއާއި ދިމާލަށް އާން އެއްޗެހި ކީކަން އެނގޭ ކޮންމެ ފަހަރަކު އިޝް ގޮސް އާންއަށް ހޫނު ބޮނޑިއެއް ދޭތީވެ.” ލުބްނާއަށް އިވިގެން ދިޔައީ މީގެކުރިން އަދި އަޑު އިވިފައިނުވާ ވާހަކައެކެވެ. އަލްޔާންގެ ވާހަކަތައް އިޝްރާ ކިޔައިދީފައި ވިޔަސް މިވާހަކައެއް އަދި އަޑެއް ނީވެއެވެ.

 

“ހަމަތެެދެއް؟” ޤަބޫލުކުރަން ދަތިވެފައި ހުރެ ލުބްނާ އަހާލިއެވެ.

 

“އާނއެކޭ! މިދެމީހުން އެކަކު އަނެކަކާއި ދިމާލަށް ނަންނަމުންވެސް ގޮވާނެ! އާން، މަލްއާއި ދިމާލަށް ކިޔާނީ ‘ކްރައިބޭބީ’. މަލް، އާންއާއި ދިމާލަށް ކިޔާނީ ‘ބިގް ބުލީ’. އެވަރު ބައެކޭ އެއީ.” ހިނިއައިސްފައި ހުރެ އިޝްރާ ބުނެލިއެވެ.

 

“މަލްވެސް އާންއާއި ދިމާލަށް އެއްޗެހި ކިޔަންޏާ އާންއަށްވެސް ކިޔޭނެ!” އިޝްރާގެ ވާހަކަ އަޑުއަހަން ހުރެފައި އަލްޔާން ބުނެލިއެވެ.

 

“އަދި އެއްފަހަރު ބުނެބަލަ! އެންމެ ފަހަރަކު ދެން ތިހެން ބުނެލިއަކަސް ދެން މާދަމާ ދާން ހަނދާން ނައްތާލާ!” އަލްޔާންގެ ޖުމްލަ ފުރިހަމަކުރެވުނުކަމެއް ނޭނގެ، އިޝްރާ އަލްޔާންގެ ކަންފަތުގައި ހިފާ ބުނެލިއެވެ.

 

“ސޮރީ ކުޑަ ދޮން! ތަދުވެޔޭ ދެން ދޫކޮށްލަބަލަ!” އިޝްރާގެ އަތުގައި ޖަހާލަމުން އަލްޔާން ބުނެލިއެވެ.

 

“ތަދުވިއްޔާ ދެން ރަނގަޅީ! ރީތިކޮށް ބުނީމައި އަޑެއް ނީވޭ! ކައިރީގައި ބައިންދައިގެން ނަސޭހަތް ދިނީމައި އެއް ކަންފަތުން ވައްދާފައި އަނެއް ކަންފަތުން ނެރެލަނީ! ދެން ތަދުވީމައިވެސް ހަނދާންވެދާނެ އެއްނު؟” އަލްޔާންގެ ކަންފަތުން ދޫކޮށްނުލައި ހުރެ ކުރިއަށް ދަމުން އިޝްރާ ބުނެލިއެވެ. އެއާއިއެކު އެމަންޒަރު ބަލަން ހުރި ލުބްނާއާއި ލިބާން ހިނިގަނޑެއް ޖަހާލިއެވެ.

 

“އިޝް ތިބުނިހެން ކަންތައް އޮތިއްޔާ ފަހަރެއްގައި އާންއަށް ތަންކޮޅެއް އުނދަގޫވެދާނެ ޖޮއިން ކުރަން! އެކަމް ލޫންގެ ހިތެއް ނުބުނޭ މަލް ކުރީގައި ވީ ކަންތައްތަކުގައި ހިފަހައްޓައިގެން ހުރެ އާންއަށް ޗާންސް ނުދީފާނެއެކޭ! އާފްޓަރ އޯލް، ޝީ އިޒް ވަން އޮފް ދަ މޯސްޓް ކައިންޑް ހާރޓެޑް ގާރލްސް އައި އެވަރ މެޓް ފްރޮމް ދިސް ސްކޫލް! އަނެއްކާ އޭނައަށްވެސް ފަސޭހަ ދޯ އިތުރު މީހަކު ޖޮއިން ކޮއްގެން ވިޔަސް އަވަހަށް ކަންތައްތައް ނިންމާލެވިއްޖެއްޔާ!” އިޝްރާ ދެއްކި ވާހަކަތަކާއިމެދު ވިސްނަން ހުރެ ލުބްނާ ބުނެލިއެވެ.

 

“ކޮންމެ ގޮތެއް ވިޔަސް ހެޔޮ! ބާން ބުނާނެ އިތުރު ވާހަކައެއް ނެތް! އާން މިކޮޅުގައި އުޅޭހާ ދުވަހަކު ރަށުތެރެއިންވެސް އެ ރަނާއަށް ނުފެނި އުޅޭވޭތޯ ބަލާ! އެނޫނިއްޔާ އާން އެކަންޏެއް ނޫން، އަހަރުން އެކަކަށްވެސް ނޭވާއެއް ލާނެ ފުރުސަތެއްވެސް ނުލިބޭނެ! މިހާރުވެސް އޭނަ ބާންގެ ފަހަތުން އަޅުވާލައިގެން އުޅޭތީ ފާޑަކަށް ބުނަންޏާ އަހަރުން އެންމެންވެސް މި އުޅެނީ އޭނައަށް ފިލައިގެން. އެވަރުން އުޅޭތީ އަހަރުމެންނަށް ކިރިޔާވެސް ހަމަޖެހިލައިގެން މިއުޅެވެނީ!” ލިބާން ބުނެލިއެވެ.

 

“ދިސް އިޒް ކްލޯޒް އިނަފް ފޯރ ޔޫ ޓު ކަމް! އެނގިހުރެ ރިސްކެއް ނަގާފައި ޑޭންޖަރ ޒޯނަށް ވަންނާނެކަމެއް ނެތް! އިޝް ދެން މިހާހިސާބުން ދާނަން ލޫންމެންނާއި އެއްކޮށް! އަވަހަށް ގެއާއި ދިމާލަށް ނައްޓާލާ!” ސްކޫލްގެ މައި ދޮރާށި ލޯމައްޗަށް ދައްކާލުމާއެކު ހުއްޓިލާފައި އިޝްރާ ބުނެލިއެވެ. އެއާއިއެކު އަލްޔާންވެސް ހުއްޓި އިޝްރާއަށް ސެލިއުޓް ނެގުމާއިއެކު އިޝްރާ، ލުބްނާމެނާއިއެކީ            ސްކޫލްތެރެއަށް ވަދެގެން ދިއުމުން އަލްޔާން އެނބުރި ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ.

 

“މަލްގެ ޚަބަރެއް ވެއްޖިއްޔާ އިޝްއަށް އަންގާލައްޗޭ! އިޝް މިއުޅެނީ ބިލްޑިންގް 3 ގައި.” އޭނާއަށް ކަނޑައެޅިފައިވާ ސަރަޙައްދާއި ދިމާލަށް ހިނގައިގަންނަމުން އިޝްރާ ބުނެލިއެވެ. އެއާއެކު ތިން މީހުންވެސް އެމީހަކަށް ކަނޑައެޅިފައިވާ ދިމާލަށް މިސްރާބު ޖެހިއެވެ.

 

“ބްރަދަރ! މަލް ދެކުނިންތަ؟” ލިބާން އޭނާއަށް ޚާއްސަކުރެވިފައިވާ ސަރަޙައްދަށް ގޮސް އެތަނުގައި ހުރި އެކުވެރިއެއްގެ ގާތުން އަހާލިއެވެ.

 

“ބާން ކީއްކުރަން އެ މަލްނާ ހޯދަނީ؟ އެއީ މީޑިއާ ކްލަބްގެ މީހެއްނު؟ އެއީ އެންޓަރޓެއިންމެންޓް ކްލަބާއި އެއްވެސް ގުޅުމެއްހުރި ކްލަބެއްވެސް ނޫނެއްނު؟” ފަހަތުން އިވިގެންދިޔަ އަޑާއިއެކު ސަހަރޯއޭ ހީވެ ލިބާންއަށް ކުއްލިއަކަށް ދެލޯ މަރާލެވުނެވެ. އެއާއިއެކު އެއަށްވުރެ އަވަހަށް ލޯހުޅުވާލިއިރު ކުރިމަތީގައި ހުރި އެކުވެރިޔާ ލާނެތް ފާޑަކަށް ހީލައިގެން ހުއްޓެވެ. އެއާއިއެކު ލިބާންގެ ފަހަތުން އަންހެން ކުއްޖަކު އައިސް ކުރިމައްޗަށް ހުއްޓިލިއެވެ.

 

“ގުޑް ލަކް ބްރަދަރ!” އެ އަންހެންކުއްޖާ ހުރި ފަޅި ނޫން އަނެއް ފަރާތުން ދަމުން ލިބާންގެ ކަންފަތްބުޑުގައި ބުނެލިއެވެ. އެއާއިއެކު އިތުރަށް މަޑުކުރަން ނުހަދާ އެހެން ދިމާލަކަށް މިސްރާބު ޖެއްސެވެ.

 

“އިތުރު މީހަކު މިތާކު ނެތް! ކޭން ޔޫ އާންސަރ މީ ނައު؟” އެ އަންހެން ކުއްޖާ ލިބާންގެ ކުރިމަތީގައި ހުއްޓިލައި، އޭނާގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބުނެލިއެވެ.

 

“ނަތިންގް މަޗް.” އަސްލު ސަބަބު ބުނެދޭން ބޭނުން ނުވެހުރެ ލިބާން ޖަވާބުދިނެވެ.

 

“ޑޯންޓް ޓްރައި ޓު ޓްރިކް މީ! މުޙައްމަދު ލިބާން ލައިލް ސަބަބަކާއި ނުލައި އަންހެން ކުއްޖަކު ހޯދާކަށް ނޫޅޭނެ! އަދި އެވެސް އަމުދުން އެ މަލްނާ!” ގޮތްދޫކުރަން ނަހަދާ އެ އަންހެން ކުއްޖާ ލިބާންއަށް ރައްދު ދިން އިރު އަސްލު ސަބަބު ނުހޯދާ ދޫކޮށް ނުލާނަމޭ ބުނާ ފަދައެވެ.

 

“އޯކޭ. މިސާލަކަށް ކަމަކުއޯ މިއުޅެނީ މަލް ހޯދަން. އެހެންވިޔަސް ކޮންމެހެން އެންމެނަށް އެ ސަބަބެއް ބުނެދޭކަށް ނުޖެހޭ ކަންނޭނގެ!” ހިތްހަމަނުޖެހިފައި ހުރެ ލިބާން ބުނެލިއެވެ.

 

“އެންމެނެއް ނޫން ދޯ މިއީކީ؟ ހަމައެކަނި ރިނީ ދޯ މި އަހާލީ! ދެން ހަމަ ބުނެދެވިދާނެއެއްނު؟” އާދޭސްކުރާ ޒާތަކަށް އެކުއްޖާ ބުނެލިއެވެ.

 

“މޭބީ އޮންލީ އިން ޔުއަރ ޑްރީމްސް! ގުޑްބާއި!” ވަރަށް ސީދާ ޖަވާބެއް ދިނުމަށްފަހު ލިބާން އެހެން ދިމާލަކަށް ހިނގައިގަތެވެ.

 

“ޕްލެއިންގް ހާޑް ޓު ގެޓް ހަހް! އީވެންދޯ އިޓްސް އަ ބިޓް އެރޮގެންޓް، އައި ކައިންޑަ ލައިކް އިޓް، ވެން އިޓްސް ފްރޮމް ހިމް! ރިމެމްބަރ ދިސް ލިބާން! ވަން ޑޭ އޯރ ދި އަދަރ، ޔޫ ވިލް ސްޓިލް ބީ މައިން!” ލިބާން ދާ ތަން ބަލަން ހުރެ އެކުއްޖާ ބުނެލިއެވެ.

 

*******(ނުނިމޭ)*******

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

ދަރިފުޅަށްޓަކައެވެ.

Next

ލޯބި ހަމަހަމަ ކުރުން

Next
December 3, 2023

ލޯބި ހަމަހަމަ ކުރުން

Previews
December 1, 2023

ދަރިފުޅަށްޓަކައެވެ.

6 Comments!

  1. love imko 💕💕 says:
    December 2, 2023 at 7:03 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

    1. Starlight Starlight says:
      December 4, 2023 at 7:33 pm

      Thank you imko. Next part is already posted now.

  2. Ifoo says:
    December 2, 2023 at 5:30 pm

    aww😍. .vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Starlight Starlight says:
      December 4, 2023 at 7:34 pm

      Thank you so much Ifoo. 9th ep is already posted now

  3. Nayaa says:
    December 3, 2023 at 11:05 am

    Masha Allah varah reethi vhk eh mee.. Keep going darling.. You are definitely one talented author 💗

    1. Starlight Starlight says:
      December 4, 2023 at 7:28 pm

      Thank you so much Nayaa. This means so much to me.
      Insha Allah I won’t let you down

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ނުވަވަނަ ބައި)←


All Right Reserved!