Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 7

Nadhoo
Nadhoo Level 1
November 26, 2023 4 Mins Read
13 Comments

ޒަޔާން ގޮސް ރޫމުގެ ދޮރު ތެޅުމުން އިފްރާ ދޮރު ނުހުޅުވުމުން ޒަޔާން ޑަބަލް ކީ ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. ޒަޔާން ދޮރު ހުޅޫވާފައި ވަނުމުން އިފްރާ ގާތަށް ވަކިން ރުޅިއައެވެ. ޒަޔާން ކައިރީ އެތާ މެނޭޖަރު ވެސް ހުއްޓެވެ. “މީ ހާދަ ޕްރައިވެސީ އެއް ވެސް ނެތް ތަނެކޭ ދޯ ހަމަ މީހަކު އަންނަ އިރަށް ދޮރު ޖެހޭތަ ހުޅުވަދޭން ބޮޑު މީހާގެ ނަންބަރު ދީބަލަ އަހަރެން ގުޅަފަ މައްސަލަ ޖައްސަން” އިފްރާ ރުޅި އައިސްފައި ބުނެލިއެވެ

” ބައްލަވާ މޭމް މިތާގެ ބޮޑު މީހާ މިހިރީ މީ ޒަޔާން ސާރ ގެ ތަނެކޭ” އެމީހާ އެހެން ބުނުމުން ދިޔުމަށް ޒަޔާން އަތުގެ އިޝާރާތުން އެންގުމުން އެމީހާ ދިޔއެވެ.

ޒަޔާން އިފްރާގެ ކާރިޔަށް ޖެހި އިފްރާގެ އަތުގައި ހިފާލިއެވެ. އިފްރާ ފޮޅުވާލިއެވެ. ދެންވެސް ޒަޔާން އިފްރާ ކާރިޔަށް ޖެހި ބައްދާލިއެވެ. އިފްރާ ދުރުވާކަށް ނޫޅުނެވެ. އިފްރާ ވެސް ބައްދާލިއެވެ. ” އިފޫ ތިހެން ރުޅި އައިސްގެން ގެއިން ނިކުމެގެން ދާކަށް ނުވާނެއެއްނު އެވެސް ކުޑަ ކުޑަކަމަކާ” ޒަޔާން އިފްރާގެ ބޮލުގައި ފިރުމާލިއެވެ.

އިފްރާ ޒަޔާން އާއި ދުރުވެލިއެވެ. ” އަދި އަލަށް މި ފެނުނީ އަހަރެންނާ އެކީ ޑޭޓަކަށް ދާހިތުން ގެއިން ނިކުމެގެން އައި ކުއްޖަކު”  ޒަޔާން އެހެން ބުނުމުން އިފްރާ ލޯ އަޅާލިއެވެ.

” ހިންގާ އަވަހަށް ޑޭޓް އަކަށް ދާން މިޑް ނައިޓް ޑޭޓް އަކަށް ދޯ ދާނީ” ޒަޔާން މަޖާވެލާފައި ބުނުމުން އިފްރާ ޒަޔާން ގެ ކާރިޔަށް އައިސް ޒަޔާން ކޮއްޕާލިއެވެ. ޒަޔާން އެނދަށް ވެއްޓުމުން އިފްރާގެ އަތުގައި ހިފާ ދަމާލިއެވެ އިފްރާ ވެއްޓުނީ ޒަޔާން ގެ ކާރިޔަށެވެ. ޒަޔާން އަށް ބާރަށް ހެވުނެވެ. އިފްރާ ޒަޔާން އާއި ކާރިވެލާފއި ޒަޔާންގެ މޭގައި ބޯ އަޅާލިއެވެ. ” ސޮރީ ޒަޔާން” އިފްރާ އެހެން ބުނުމުން ޒަޔާން އިފްރާގެ ގައިގަ ދެއަތް ވަށާލިއެވެ. އިރުކޮޅަކުން އިފްރާގެ ހަބަރެއް ނުވެގެން ބަލާލިއިރު އިފްރާ އޮތީ ނިދާފައެވެ. އެހެން އޮވެ ޒަޔާންވެސް ނިދާލިއެވެ.

ޒަޔާން އަށް ހޭލެވުމުން ޒަޔާންގެ އަތް ދަނޑި މަތީ  ނިދާލާފައި އޮތް އިފްރާގެ މޫނާ ޒަޔާން ކާރިވެލިއެވެ. އިފްރާގެ ތުންފަތާ ކާރިވާން އުޅެފައި ޒަޔާން ދުރުވި ވަގުތު އިފްރާ ލޯ ހުޅުވާލާފައި ބަލާލުމުން ޒަޔާން ތެދުވާން އުޅުނެވެ. ނަމަވެސް އިފްރާގެ ބޯ ޒަޔާންގެ އަތްމަތީ އޮތުމުން އެކަން ނުވެގެން އުޅޭނިކޮށް އިފްރާ ޒަޔާންގެ ގަމީހުގެ ގިރުވާނުގައި ހިފާ ކާރިކޮށްލާފައި ޒަޔާންގެ ތުންފަތުގައި ބޮސްދިނެވެ. އިފްރާގެ މި އަމަލުން ޒަޔާން އަށް އިތުރަށް ކޮންޓްރޯލް ނުކުރެވުނެވެ. ދެމީހުންގެ އަމަލުތައްވެސް ހުރީ ވަރަށް ހަލުވިކޮންނެވެ.

ޒަޔާން ފާހާނާޔަށް ވަނުމުން ބިންމަތީގައި ހުރި ދެމީހުންގެ ހެދުންތައް ފެނިފައި އިފްރާ އަށް ހެވުނެވެ. އަދި ތެދުވެ ހެދުން ލިއެވެ. ފާހާނާއިން ނިކުމެގެން އައި ޒަޔާން ގެ ގާތަށް ގޮސް އިފްރާ ޒަޔާންގެ ގައިގަ ބައްދާލިއެވެ. ” އިފޫ ދެން ރެޑީވެގެން ހިންގާ ދާން އައިއެމް ހަންގްރީ އަންހެނުން ނު ކެއްކީމާ ނުވެސް ކައި މިހިރީ…. މިހާރު އެ އޮތް 3 ޖަހަނީ  ”

ދެމީހުން އެކީ ގޮސް ފުރަތަމަވެސް ވަނީ ބަދިގެޔަށެވެ. ” އިފޫ މިރޭ އަހަރެން ކައްކަން ތަ؟”

ޒަޔާން އަހާލުމުން އިފްރާގެ ދެލޯ ބޮޑުވިއެވެ.

” ޑޫ ޔޫ ނޯ؟” އިފްރާ އަށް އަހާލެވުނެވެ.

ޒަޔާން ވަރަށް ފަރިތަ ކަމާއެކު ނޫޑްލީސް ކައްކާލިއެވެ. އަދި ތައްޓަކަށް އަޅާލައިގެން ގޮސް އިފްރާގެ އަނގަށް ލައްވާދިނެވެ. އަދި ޒަޔާންވެސް އަގަޔަށް ލިއެވެ.

” ވާވް ވަރަށް މީރު ޒަޔާން ހާދަ މޮޅޭ ”  އިފްރާ އުފާވެލާފައި ބުންޏެވެ.

” އިފޫ މިޑޭޓް ކިހިނެތް؟ އަހަރެން ދުވަހަކުވެސް އެއްވެސް އަންހެން ކުއްޖަކަށް އަހަރެން އަތުން ކައްކާފަ ކާކަށް ނުދެން އަދި މިހެން ލަވާފަވެސް ނުދެން”

ޒަޔާން އެހެން ބުނުމުން އިފްރާ ވަރަށް ލޯބިކޮށް ހީލިއެވެ.

ޒަޔާން އަށް އިފްރާގެ މޫނަށް ބަލަން އިނދެވުނީ އަބަދަށްވެސް އެހިނިތުންވުން އެމޫނުން ފެނުމަށް އެދިއެވެ. ކައި ނިމިގެން ދެމީހުން ވެސް ރޫމަށް ދިޔައެވެ. ޒަޔާން ގޮސް އޮށޯތީ ސޯފާގައެވެ. ޒަޔާންގެ އެ އަމަލުން އިފްރާ ހިތަހަމަނުޖެހުނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނިއެވެ. ނަމަވެސް ސޯފާ އާއި މެދު ގޮތެއް ނިންމިއެވެ. އެހެން ތިއްބާ ފަތިސް ނަމާދަށް ބަންގި ގޮވިއެވެ. ދެމީހުންވެސް އަވަސް ވެގަތީ ނަމާދު ކުރުމަށެވެ. ޒަޔާން ފެންވަރާލައިގެން ދިޔުމުން އިފްރާވެސް ފެންވަރާ އަވަހަށް ނަމާދުކޮށްލިއެވެ. ޒަޔާން މިސްކިތުން އައިރު އިފްރާއިނީ ކޮފިއެއް ހިފައިގެން ބެލްކަނީގައެވެ.

“ޒަޔާން ކޮފީއެއް ބޭނުން” އިފްރާ އަހާލީ ޒަޔާން ފެނުމުންނެވެ. ޒަޔާން ބޯޖަހާލުމުން އިފްރާ ކޮފީއެއް ގެނެސްދިނެވެ. ގެނެސްދީފައި ބަދިގެޔަށް ގޮސް ހެނދުނުގެ ނާސްތާ ރެޑީ ކުރިއެވެ. އޭގެ ފަހުން ގޮސް އޮފީހަށް ދާން ރެޑީވިއެވެ. އިފްރާ އަނެއްކާވެސް ފާހާނާޔަށް ވަދެލިއެވެ. އިފްރާގެ ހަރަކާތް ތަކަށް ބަލަން އިން ޒަޔާން އަށް އިހްސާސްކުރެވުނީ ޒަޔާން ގެ ހިތުގައި އިފްރާއަށްޓަކާ އިތުރު ވިންދެއް ޖަހާކަމެވެ. އިފްރާ ކުރިމަތީ ހުންނަންޏާ ޒަޔާންގެ ހިތްހަމަޖެހޭ ކަމެވެ. މިރޭ ޒަޔާން ދުރަށް ދާން އުޅުމުން އިފްރާ އަމިއްލަޔަށް ކާއިރިވީ ގޮތް ލޯމަތިން ސިފަވުމުން ޒަޔާން އަށް ހީލެވުނެވެ.

” ކިހިނެތް ވީ މާ ވަރަކަށް ތި ހެނީ ” ފާހާނާއިން ނިކުތް އިފްރާ އަހާލީ ޒަޔާން ހީލިތަން ފެނުމުންނެވެ. ޒަޔާން އެއެޗެކޭ ނުބުނެ ހީލިއެވެ.

ދެމީހުން ސާ ބޮއެގެން އޮފީހަށް ދިޔައެވެ. މެންދުރު ކާން ޒަޔާންއަށް މީޓިންއެއްގަ ތާށިވެގެން ނާދެވުމުން އިފްރާ ދިޔައީ އެކަންޏެވެ. ގޮސް އެ ރޫމްގައި ހުރި ސޯފާ ގެސްޓް ރޫމަށް ބަދަލު ކުރުވީ ޒަޔާން އެނދުގައި ނިދަން ބޭއްވުމުގެ ބޭނުމުގައެވެ.

ހަވީރު އޮފީސް ނިންމާލާފައި ގެޔަށް އައި މަގުމަތީގައި ޒަޔާން އިފްރާ އަށް ގިފްޓެއް ދިނެވެ. ” މީ ކޮންކަމެއް”

ބެލީމަ އެއްނު އިންގޭނީ ޒަޔާން ބުނެލީ މަޖާވެލާފައެވެ.

އިފްރާ ވަގުތުން ގިފްޓް ކަނޑާލިއެވެ. އޭގައި އޮތީ ފިހާރަޔަށް ދިޔަ ރޭ އިފްރާ ވަރަށް ލައިކް ވި އެކަމް އަގު ބޮޑުވީމާ އިފްރާ ނުގަނެ ބޭއްވި ބޭގެވެ.

” އަޅޭ ޒަޔާން ހާދަ ސްވީޓްއޭ އައިލަވް އިޓް ޔޫ އާރ ދަ ބެސްޓް ހަޒްބެންޑް އިން ދަ ވޯލްޑް” އިފްރާ ޒަޔާންގެ ކޮލުގައި ބޮސްދިނެވެ.

” އިނގޭ ވަރަށް ލައިކް ވިކަން ތި ބޭގް ދެކެ އެކަމަކު ތިހާ އުފާވާނެ ކަމަކަށް ހީޔެއް ނުކުރަން”

ތީޔޭ ޒަޔާންގެ މައްސަލަޔަކީ ކުށް ހީކުރާތީ އިފްރާ އެ ބޭގުގައި ލޯބިން ފިރުމާލާފައި ބުނެލިއެވެ. ރޫމަށް ވަދެ އެންމެ ފުރަތަމް ވެސް ޒަޔާންގެ ލޮލުގަ އަޅައިގަތީ ސޯފާ ނެތުމުން އެކަމެވެ.

“އިފޫ ސޯފާ ކޮބާ” ޒަޔާން ސުވާލުކޮށްލިއެވެ.

” ޒަޔާން އަބަދު ސޯފާގައި ނިދާތި ވިއްކާލީ” އިފްރާ ހަމަޖެހިލާފައި ބުނުމުން ޒަޔާން ގާތަށް ވަރަށް ހިނިއައެވެ.

“ސާބަސް އިފޫއަށް އަހަރެން ކާރީ ސޯފާގައި ނުނިދާށޭ ބުނި ނަމަ އަހަރެން އެނދަށް ދާނަމޭ”

” ޒަޔާން ކާރީ ބުނީމާ ވެސް ބަސް ނޭހީމާ ތިހެން ތިވީ ދެން ހުރޭ” އެހެން ބުނެފައި އިފްރާ ފާހާނާޔަށް ވަދެ ފެންވަރާ ނަމާދުކުރަށް ފަހު ބަދިގެޔަށް ގޮސް ޕާސްތާ ކައްކާލިއެވެ.

” ޒަޔާން މީރުތަ؟ ”

” ހޫމް” ޒަޔާން ބުނެލީ ހަމައެކަނި އެހެންނެވެ.

” ބަލަ ޒަޔާން އަކަށް ނޭންގޭތަ ވައިފް ކައްކާ އެއްޗިއްސަށް ތައުރީފު ކުރަން ޖެހޭކަމެއް” އިފްރާ ބުނެލިއެވެ.

“ނޭންގޭނެއެއް ނު އަލަށޭ މީހަކާ މި އިނީ… އެކަމަކު ދެން އިންގޭނެ ” ޒަޔާން މަޖާވެލާފައި ބުންޏެވެ.

ކޮޓަރިޔަށް ގޮސް ޒަޔާން އެންދަށް އެރީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. ނަމަވެސް އިފްރާ ގެ ނުރުހުމުގައި އިފްރާގެ ގައިގަ އަތްވެސްލާކަށް ޒަޔާން ބޭނުމެއް ނޫނެވެ. އެހާ ކައިރީގަ އޮތުމުން ކެތްކުރަން އުދަނގޫވޭނެކަން ވެސް ޒަޔާން އަށް އެނގެއެވެ. ފާހާނާގެ ދޮރު ހުޅުވާލާފައި އިފްރާ ނިކުމެގެން އައީ ކުރު ކުރު ނައިޓީއެއް ލައިގެންނެވެ. އިފްރާ ފެނުމުން ޒަޔާން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ދުވަހަކުވެސް އެހާ ކުރު އެއްޗެއް އިފްރާ ނުލާތީ ބަލަން ހުރެވުނީއެވެ.

” މާ ފާޑަކަށް ނުބަލާ ޒަޔާން ނިދާބަލަ އަހަރެން ޒަޔާން ކައެއް ނުލާނަމޭ” ޒަޔާން ހީލާފައި އޮށޯތެވެ.

ހަފްތާއެއް ވީއިރުވެސް ދެމީހުން އުޅެމުން ދިޔައީ އެކަހަލަ ގޮތަކަށެވެ. ނަމަވެސް މިހާރު ކޮންމެ ރެޔަކު އިފްރާ ގެޔަށް ދާތީ އެކަމާ ޒަޔާން ނުރުހުނެވެ. މިރޭ އިފްރާ އާއެކީ ޒަޔާންވެސް އެގެޔަށް ދިޔައެވެ. އިފްރާ ގޮސް ވަނުމާއެކު ފިރިހެން ކުއްޖަކު އައިސް އިފްރާގެ އަތުގައި ހިފައިގެން ޓެރަސް އަށް ދާން ހިންގާށޭ ބުންޏެވެ. “ޒަޔާން މީ ދާދު…. ދާދޫ މީ ޒަޔާން” ޒަޔާން ދާދުއާ ސަލާމްކޮށްލިއެވެ. އިފްރާ އާއި ދާދު ޓެރަސްގައި އާއިލާ އެންމެން ތިބި އިރުވެސް ސަކަރާތް ޖަހާފައި އުޅޭ ގޮތުން ޒަޔާން ހިތްހަމަ ނުޖެހުނެވެ. ހިލޭ ފިރިހެނަކާ އެކު އެހެން އިފްރާ އުޅުމުން ޒަޔާންގެ ހިތަށް ތަދުވިއެވެ. ޒަޔާން ރުޅި އައިސްގެން އިފްރާ އާ ދިމާލަށް ދާދުއާ ވާހަކަ ނުދެއްކުމަށް ވެސް ބުންޏެވެ. އެހެން ބުނުމުން އިފްރާވެސް އައީ ރުޅިއެވެ. އެކަމަކު ވެސް ކޮންމެ ރެޔަކުވެސް ދާދޫ އާ އެކީ އިފްރާ ކޮންމެވެސް ތަނަކަށް ދެއެވެ.

ޒަޔާން އަށް މިހާރު ޒަޔާން އިފްރާދެކެ ލޯބިވެވިއްޖެ ކަމުގެ އިހްސާސް ވިއެވެ. ޒަޔާންގެ ހިތުގައި ދުވަހަކުވެސް ނުވާކަހަލަ އިހްސާސްތަކެއް ވާކަން ޔަގީން ވެއްޖެއެވެ.

އެރޭ އިފްރާ ގެޔަށް އައިރު ޒަޔާން ހުރީ ބެލްކަނީގަ އެވެ. ޒަޔާން ދެކެ ރުޅިން ހުރިއެއް ކަމަކު އިފްރާ ޒަޔާންގެ ކާރިޔަށް ދިޔައެވެ.

” އިފޫ މިރޭވެސް ދާދު އާ އެކީ ބޭރުންތަ ؟ ” ޒަޔާން މިރޭ އަހާލީ ވަރަށް މަޑުމައިތިރިކަމާ އެކުއެވެ. އެހެންވެ އިފްރާ ޒަޔާންގެ ކައިރީގައި މަޑުކޮށްލިއެވެ.

” ޒަޔާން ކީއްވެ އެހާ ރޫޑްކޮށް ވާހާކަ ދެއްކީ އެރޭ ” އިފްރާގެ ހިތުގައި ވީ ސުވާލު ކުރިއެވެ.

” އިފޫ އަހަރެންނަކަށް ނޭންގޭ އަހަރެންގެ ހިތަށް ވަރަށް އުދަނގޫވޭ އިފޫ ދާދު އާ އެކީ މަޖާކޮށް ކޮށްފަ އުޅޭތަން ފެނުމުން އިފޫއަށް ޓްރަސްޓް ނުކުރެވެނީ އެއްވެސް ނޫން” ޒަޔާން ޖަވާބު ދިނީ ވަރަށް މަޑުމަޑުންނެވެ.

” ޒަޔާން ޖެލަސްވަނީތަ؟” އިފްރާ އަހާލިއެވެ

“އާން އަހަރެން ޖެލަސްވޭ ބޭނުމެއް ނުވޭ އިފޫ އެހެން މީހަކާ އެކީ އުޅޭކަށެއް” ޒަޔާންގެ ޖަބާވު އަހާފައި އިފްރާގެ މޫނު އުޖާލާވެގެން ދިޔައެވެ.

“އިފޫ ލާރާ ވެސް ކަންތައް ކުރި ގޮތުން އަހަރެން ބިރު ގަނޭ…….” ޒަޔާން އިސްޖަހާލަމުން ވާހަކަ ހުއްޓާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ހުޅުކޮޅު – އެއްވަނަބައި

Next

ޢިބްރަތް

Next
November 26, 2023

ޢިބްރަތް

Previews
November 23, 2023

ހުޅުކޮޅު – އެއްވަނަބައި

13 Comments!

  1. Eekkkss says:
    November 26, 2023 at 11:45 am

    Masha allah❤mi part ves varah reethi when next part?

  2. Zaifa says:
    November 26, 2023 at 12:04 pm

    Aww very nice… Konme part eh ves kiyan adhi reply nukuriyas.
    Vrh salhi…when next part???

    1. Nadhoo says:
      November 26, 2023 at 3:03 pm

      Thank You zaifa, varaha happy vey thikahala loabi coment libeythy next submit kohlaanan miadhu

  3. vempire girl says:
    November 26, 2023 at 12:50 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr??

    1. Nadhoo says:
      November 26, 2023 at 3:05 pm

      Thank You so much vamapire girl ge sopport ah hama shukuru haggu.
      miadhu submit kuraanan next part

  4. Laiii😍 says:
    November 26, 2023 at 1:02 pm

    Hey,nadhoo haadha reechey mi part ves ma sha Allah 😍❤️
    When next part??
    Can’t wait inge 😁

    1. Nadhoo says:
      November 26, 2023 at 3:07 pm

      Hei Lai, Mi mi storyga ulhey lai tha? oops!!! adhi naadhey dho lai ge vaahaka eh adhi anaane story ekko nimifa iny mihaaru up kury new part submit kuraanan

  5. Ifoo says:
    November 26, 2023 at 1:08 pm

    Aww😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Nadhoo says:
      November 26, 2023 at 3:09 pm

      hei ifoo
      varah avaha libeyne kiyaalan. thi hen comment kohleema haadha ufaa veyey

  6. love imko 💕💕 says:
    November 26, 2023 at 2:16 pm

    Mi part vex varha reethi Masha Allah bless
    Unmeedhu kuran next part kiyaalan libeeney kama
    Can’t wait

    1. Nadhoo says:
      November 26, 2023 at 3:10 pm

      imko varah avaha libeyne kiyaalan kiyaalafa comment eh kohlahchey

  7. Anonymous says:
    November 27, 2023 at 12:33 pm

    when is next part?

  8. Laiii😍 says:
    November 27, 2023 at 7:14 pm

    When is next part??????
    Haadha inthizaareh kurevey😊😁

Comments are closed.

Next Episodeއިފްރާ 8←


All Right Reserved!