Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 5

Nadhoo
Nadhoo Level 1
November 21, 2023 4 Mins Read
13 Comments

އެންމެ ފަހުން ޒަޔާން އެތަނުން ނިކުމެގެން ދިޔައެވެ. ޒަޔާންގެ ފަހަތުން އިފްރާވެސް ނިކުމެގެން ދިޔައެވެ. ޒަޔާން އިފްރާ ގޮވާލުމުން މަޑުކޮށްލިއެވެ.

” ދެން ވީ ކަމެއް ނުވާ ކަމަކަށް ނެހެދޭނެ އެއްނު ހިންގާބަލަ ކާން އަހަރެން ވަރަށް ހައި” އިފްރާ ބުނެލިއެވެ.

“އިފޫ ދޭ ކާން އަހަރެން ނުވޭ ބަނޑުހައެއް” ޒަޔާން ބުނެލީ ދެރަވެފައެވެ.

” އަހަރެންވެސް ނުކާނަން. ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް އަހަރެމެން ދެމީހުންގެ ކައިވެނި މި ވަނީ ކުރެވިފައި ދެން ރަގަޅު ދިރި އުޅުމެއް އުޅެ ވޭތޯ ބަލަމާ އަހަރެންގެ އުފަންދުވަސް އަލަށް މީހަކު ސެލެބްރޭޓް ކުރީ ޒަޔާން ބޭނުންވަނީ މިރޭގެ ވެސް ބޭޑް މެމޮރީއެއްތަ ދޭން” އިފްރާ ބުނެލީ ވަރަށް ދެރަވެފައެވެ.

“ހިންގާ” ޒަޔާން ގެ ފަހަތުން އިފްރާވެސް ގޮސް ކެފޭއަށް ވަނެވެ.

ދެމީހުން އެއްކޮށް ކައިގެން ކޭކުވެސް ފެޅުމަށްފަހު ރޫމަށްދިޔައެވެ.

މާދަމާ މާލެ ދާނީ ދޯ ޒަޔާން އަހާލިއެވެ.

ޒަޔާން އަހަރެންނަށް ފަތަން ދަސްކޮށްދޭނަމޭ ބުނީމެއް ނު ސޯ އެކަން ނިމުނީމާ ދާނީ އިފްރާ މަޖާވެލާފައި ބުނެލިއެވެ.

ޒަޔާން ލައިގެން އިން ގަމީސް ބާލާފައި ގޮސް ސޯފާގައި ނިދަން އޮށޯތެވެ. އެތަން ފެނުމުން އިފްރާދެރަވިއެވެ. އެކަމަކު ކީއްވެކަމެއް ނުވިސްނުނެވެ.

” ޒަޔާން އަހަރެން އުރާލައިގެން މިތަނަށް ގެނައުމުގެ ކުރިން އައިސް މިތާ އޮށޯވޭ” އިފްރާ ބުނެލިއެވެ.

ނޫން އިފޫ އަހަރެން މިތާ އޯކޭ އޭ؟ ޒަޔާން ޖަވާބު ދިނެވެ.

” އަހަރެން ނާހަން ދޯ އޯކޭ ހޭ؟ ބުނީ އެނދަށް އަންނާށޭ އެއްނު ޒަޔާން އެނދުގައި ނުނިދަންޏާ އަހަރެން ނިދާނީ ބިމުގައި…”

އެންމެ ފަހުން ޒަޔާން އައިސް އިފްރާ ކައިރީގައި އޮށޯތެވެ. އެހެން އޮއްވާ ޒަޔާން އަށް ނިދުނެވެ. އިފްރާ އަށް ފުރަތަމަ ފަހަރަށް ޒަޔާންއަށް ބަލާލެވުނެވެ. ހަމަ އެކަނި ކަޅުކުލައިގެ ސޯޓެއްލައިގެން އޮތް ޒަޔާންގެ ކަސްރަތީ ރީތި ހަށިގަނޑަށްބަލަން އިފްރާއަށް ހުރެވުނެވެ. ފުރަތަމަ ފަހަރަށް އިފްރާއަށް ޒަޔާން ރީތި ވިއެވެ.

ދެދުވަސް ފަހުން އިފްރާއަށް ފަތަން ދަސްވުމުން ޒަޔާން އިފްރާ ގޮވައިގެން މާލެދިޔައެވެ.

ދެކުދިން އައުމުން ޒަޔާންގެ މަންމަމެން އުފަލުން މަރުހަބާ ކިޔެއެވެ. ފެންވަރައިގެން ނިކުމެ އާދައިގެ މަތިން ޒަޔާން ގަމީހެއް ނަގައިގެން އިސްތިރި ކުރާ މޭޒު ކާރިޔަށް ދިޔައެވެ. އެތަން ފެނުމުން އިފްރާ ގޮސް ޒަޔާން އަތުން އިސްތިރި އަތުލަން އުޅުނެވެ. އެކަމަކުވެސް ނުދޭން އުޅުމުން އިފްރާ އަތުގައި އިސްތިރި ޖެހުނުކަމަށް ހެދުނެވެ. އެހެން ހެދުމުން ޒަޔާން ހާސްވެފައި އިފްރާގެ އަތަށް ބަލަން ފެށުމުން އިފްރާ ބާރަށް ހެވުނެވެ. ފުރަތަމަ ފަހަރަށް އިފްރާ ހޭތަން ފެނިފައި ޒަޔާން އަށް ކަޅިވެސް ޖަހާލާކަށް ނޭގުނެވެ. ” އަޅޭ އަހަރެން ހިކުރީ އަސްލުވެސް އިސްތިރި އަތުގައި ޖެހުނީކަމަށް މޮޅޭ އެކްޓްކުރަން ކަރަންޓުވެސް ނުޖައްސާ އެހެރީ”

އިފްރާ އިސްތިރިކޮށް ނިންމާލާފައި ޒަޔާން އަށް ގަމީސް ދިށްކޮށްލިއެވެ. އަދި އިތުރު ގަމީސްތައް ނަގައިގެން އިސްތިރިކުރަންފެށިއެވެ.

” އިފޫ ތީ ކޮންކަމެއް؟ ” ޒަޔާން އަށް އަހާލެވުނެވެ.

” މީ އަހަރެންގެ ފިރިމީހާ ގެ ހެދުންތައް އިސްތިރިކުރަނީއެއްނު….” އިފްރާގެ ދުލުން ފިރިމީހާ އޭ ބުނި އަޑު އިވުމުން ޒަޔާން އަށް ކުރެވުނީ ބުނެދޭން ނޭންގޭ ކަހަލަ އިހްސާސެކެވެ.

ޒަޔާން އަހަރެން ބޭނުންވަނީ އަމިއްލައަށް ކައްކަން ކޮންމެ ފަހަރަކު ކާން ތިރިޔަށް ދާން އުދަގުލެއްނު ދޯ؟

އަހަރެންނަކަށް އުދަނގުލެއް ނޫން! އަހަރެން އެހެން އުޅެން އާދަވެއްޖެ އެކަމް އިފޫ ބޭނުމީއްޔާ އަހަރެންގެ ނެތް އެއްވެސް މައްސަލައެއް ހިންގާ މިރޭ އެއްޗިހި ގަންނަން ދާން. އެކަމް އިފޫއަށް ކައްކަން އިނގޭތަ؟

ސާބަސް ޒަޔާން އަށް އަހަރެން ބޭރުގަ ކިޔަވަން އުޅުނު އިރުވެސް އަމިއްލަޔަށް ކައްކައިގެން އުޅުނީ ޒަޔާން އަށް ކޯޗެއްތަ އެންމެ މިރީ؟ ކޯޗެއްތަ ކައްކަދޭން ވީ؟

އަހަރެންނަށް އެންމެ މީރީ ކުކުޅު ގަރުދިޔަ. ޒަޔާންގެ ޖަވާބު އަހާފައި އިފްރާގެ ދެ ލޯބޮޑުވިއެވެ.

ތިހާ ސީރިޔަސް ނުވޭ އިފޫ އަހަރެން އެންމެ މީރު އެއްޗަކީ ވައިޓް ސޯސް ޕާސްތާ ދެން ރިހާކުރު ދިޔާ ބަތާވެސް ވަރަށް މީރު އިފޫގޮތަށް ފާޑު ފާޑުގެ ބަތް ގަނޑު ވެސް މީރު. އިފޫ އެންމެ ކައްކާ ހިތްވާ އެއްޗެއް ކައްކާފަ ކާން ދި އަހަރެން ހިތުން ރުހުމުން ކާނަން ޒަޔާން ބުނެލީ ވަރަށް ހެވިލާފައެވެ.

ކިހިނެތް އެންގުނީ އަހަރެންނަށް ބަތްގަނޑު ތައް މީރުކަން؟ އިފްރާ ސުވާލުކޮށްލިއެވެ.

” އިފޫއަށް މަށާ އެކީ ކިތައް ދުވަހު ކެއިންތަ އަބަދުވެސް އޯޑާރ ކުރާނީ ކޮންމެވެސް ރައިސް އަކަށް އެހެންވެ އެނގުނީ” ޒަޔާން މަޖާވެލާފައި ބުންޏެވެ.

” އެހެން ވިޔަސް ތިކަހަލަ ކަންތައް ކޮންމެ މީހަކަށް ފާހަނގައެއް ނުކުރެވޭނެ” އިފްރާ ބުނެލީ ޒަޔާން އާއި ދިމާލަށް ބަލާލަމުންނެވެ.

” ނުބުންޏަސް އަހަރެންނަށް އިފޫގެ ވަރަށް ގިނަ ކަންތައް އެނގޭ ނިކަން ސުވާލުކޮށްބަލަ؟ ”

” އޫވް…ސޯ މަޗް ކޮންފިޑެންޓް އެހެންވިއްޔާ ބުނެބަލަ އަހަރެންގެ ފެވަރިޓް ކުލަ ” އިފްރާ ބުނެލީ ލާނެތް ހިނިތުން ވުމަކާއެކު އެވެ.

“ރެޑް” ޒަޔާންގެ ޖަވާބު އަވަހެވެ.

ޒަޔާންގެ ޖަވާބު އިވުމުން އިފްރާ ޒަޔާން އާއި ދިމާލަށް ބަލާލިއެވެ.

“ކީއްވެ ފާޑަކަށް ތި ބަލަނީ؟ އަހަރެންގެ ހެދުން ވިރުވާލާނީއެއް ނޫން ދެން” ޒަޔާން ބުނެލިއެވެ.

އިފްރާ އިސްތިރީ ނިއްވާލާފައި އޭނާގެ މަންމައަށް ގުޅާލިއެވެ. އަދި އިފްރާގެ ފެވަރިޓް ކުލަ އަހާލިއެވެ.

ފެހި ކުލަކަމަށް ބުނުމުން އިފްރާގެ ބައްޕަ އަދި ދޮންބެއަށް ވެސް ގުޅިއެވެ. އެމީހުންނަކަށްވެސް ދިމާނުކުރެވުނެވެ.

” ޒަޔާން ކިހިނެތް އަހަރެންގެ ގޭ މީހުންނަށް ވުރެ ބޮޑަށް އަހަރެން ދަސްކުރީ ތީ ކޮންމެ ކަންމެ މީހަކަށް ކުރެވޭނެކަމެއް ނޫން”

“އަހަރެންމީ ކޮންމެ ކޮންމެ މީހެއް ނޫން އައި އެމް ޔޯ ހަޒްބެންޑް” ޒަޔާން އެހެން ބުނެލުމުން އިފްރާ ގާތަށް ވަރަށް ހިނި އައެވެ.

” އެބަ އަންނަން ރެޑީވެގެން ޝޮޕިންއަށް ދާން” އެހެން ބުނެފައި އިފްރާ ވަނީ ފާހާނާއަށެވެ. ކްރީމް ކުލައިގެ ޓޮޕްކޮޅާކާއެނު އައިސް ބްލޫ ޖީންސެއްލައިގެން އިފްރާ ނިކުމެގެން އައިސް ޑްރެސިން ޓޭބަލް ކައިރީ ހުރެ އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލިއެވެ. އެތަން ބަލަން ހުރި ޒަޔާން އައިސް އެ ވޫލް ކޮޅު އިފްރާގެ ބޮލުން ނެގިއެވެ. އަދި ޒަޔާންގެ ގަމީހުގެ ޖީބަށްލިއެވެ.

” އިފޫގެ ބޯ ތިހެން އައްސާނުލާ ބާއްވަބަލަ” ޒަޔާން އެހެން ބުނުމުން އިފްރާ ބޯޖަހާލިއެވެ. ދެމީހުން އެކީ ގޮސް ތިރިޔަށް ޒަޔާންގެ މަންމަމެން ކާރިޔަށް ދިޔައެވެ.

” ދަރިފުޅުމެން ބޭރަށް ދަނީތަ؟ އަދި މިއަދު ތި އައީ ގޭ މީހުންނަށް ވެސް ވަގުތުކޮޅެއް ދީބަލަ” ޒަޔާންގެ ބައްޕަ ބުނެލިއެވެ.

“މަންމާ ،ބައްޕާ އިފޫ ބޭނުންވަނީ އަމިއްލައަށް ކައްކަން އެހެންވެ ބަދިގެޔަށް ބޭނުންވާނެ ބައެއް އެޗިހި ގަންނަން މި ދަނީ….”

” ދަރިފުޅުގެ ކޮންމެ ނިންމުކަށް މަންމަމެން މަރުހަބާ ކިޔާނަން” ޒަޔާންގެ މަންމަ ބުނެލީ ވަރަށް ލޯބިންނެވެ.

“ފިހާރަޔަށް ގޮސްލާފަ އައިސް ކެރަމް ކުޅޭނަން އިނގޭ ބައްޕާ ” ޒަޔާން އޭނާގެ ބައްޕަގެ ގައިގަ ބައްދާލާފަ ބުނެލިއެވެ.

ދެމީހުން ބަދިގޭ އެއްޗިހި ޝޮޕިންކޮށްގެން ނިކުމެގެން ދަމުން އެތާ ހުރި ބޭގްސް ފިހާރަޔަކަށް ވަނެވެ. އެކަމަކުވެސް އެއްވެސް ބޭގެއް ނުގަނެ އިފްރާ ނިކުތެވެ. އިފްރާގެ ހަރަކާތްތަކަށް ބަލަން ހުރި ޒަޔަން އަށް ވީގޮތް އެނގުމުން އަޅާނުލިއެވެ. ދެން ގޮސް ދެމީހުން ވަނީ ރޫމް ޑެކަރޭޓް ކުރާ އެއްޗިހި ހުރި ފިހާރަކަށެވެ.

އެތަނަށް ވަދެފައި އެއްޗިހި ގަނެލައިގެން ކައުންޓަރަށް ދިޔުމުން އެތާ ހުރި އަންހެން ކުއްޖާ ޒަޔާން އަށް ގޮވާލިއެވެ. ނަމަވެސް ޒަޔަން އަޑު އިވުނު ކަމަށް ވެސް ނެހެދިއެވެ. އިފްރާގެ އަތަށް ކޭޝްކާޑު ދިނެވެ. އަދި ޕޭކުރުމަށް ބުނެފައި ގަތް އެއްޗިހިތައް ހިފައިގެން ނިކުތެވެ.

ޒަޔާން ދިޔުމުން އިފްރާ އަށް އަޖައިބުވެގެން ބަލަން ހުރެވުނެވެ. ޕޭކޮށްފައި އިފްރާ ނިކުމެގެން ގޮސް ކާރަށް އެރިއެވެ. ގެ އާ ހަމަޔަށް ދެވުނު އިރުވެސް ޒަޔާން އަނގައިން ނުބުނުމުން އިފްރާ އަށް ކަމެއްވެއްޖެކަން އެނގުނެވެ.

“ޒަޔާން ހިނގާބަލަ ރަސްފަންނަށް” އިފްރާ ބުނުމުން އެއްވެސް ސުވާލެއް ނުކޮށް ޒަޔާން އަނެއްކާވެސް ކާރު ދުއްވާލިއެވެ.

ކާރު ގޮސް ރަސްފަނަށް މަޑުކޮށްލުމުން ޒަޔާން ކައިރީ އިފްރާ ފައިބަން އެދުމުން ޒަޔާން ފޭބިއެވެ. ދެމީހުން އެއްކޮށް ގޮސް އެތާ ހުރިބެންޗެއްގައި އިށީނެވެ.

ޒަޔާންގެ ހަމަހިމޭންކަން އިފްރާގެ ހިތަށް ތަދު ކުރުވިއެވެ.

“ޒަޔާން ކިހިނެތް ވީ ހާދާ މޫޑިވެފަ ޑޯންޓް ޔޫ ލައިކް މައި ކޮންޕެނީ؟”

ޒަޔާން ހަމަ އެކަނި ބޯ ހުރުވާލީއެވެ.

” އަހަރެންނަށް އަހާލެވިދާނެތަ އެހާ މަޖާކޮށް ހުރެފަ ކުއްލިޔަކަށް ތިހާ އަޕްސެޓް ވީ ކީއްވެހޭ؟” އިފްރާގެ ސުވާލުން ޒަޔާން އިފްރާ އާއި ދިމާލަށް ބަލާލިއެވެ.

އެވަގުތު ޒަޔާންގެ ލޮލުގައި ވީ ކަރުނަ ފެނިފައި އިފްރާގެ ހިތުގައި ރިއްސާލިއެވެ. ” ޒަޔާން އެ ފިހާރައިގައި ހުރި އަންހެން ކުއްޖާ ދަންނަންތަ؟”  އެންމެ ފަހުން ކެތް ނުވެގެން އިފްރާއަށް އަހާލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ތިންވަނަ ބައި)

Next

އައިނާ (3) 8

Next
November 21, 2023

އައިނާ (3) 8

Previews
November 20, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ތިންވަނަ ބައި)

13 Comments!

  1. Rifoo says:
    November 21, 2023 at 1:00 pm

    Mi bai VX varah reethi Masha Allah when next

  2. vempire girl says:
    November 21, 2023 at 2:11 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun

  3. love imko 💕💕 says:
    November 21, 2023 at 2:31 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part vex reethi vaane Kama

  4. Nadhoo says:
    November 21, 2023 at 3:59 pm

    thank you hurihaakudhinnah the dhehvaa loibah taka…. part 6 submit kohfin

  5. Ifoo says:
    November 21, 2023 at 6:35 pm

    Aww😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  6. Laiii😍 says:
    November 21, 2023 at 7:30 pm

    Nodhoooooo…..haadha reechey mi part ves 😍❤️…Ma sha Allah🕊️❤️

  7. hot choclate says:
    November 21, 2023 at 9:17 pm

    vrah reethi mi part ves comment nukurias vaahaka kiyan but i have a request dhen in dheba ehkon levidhane tha

  8. Nadhoo says:
    November 22, 2023 at 11:04 am

    thank you for the lovely comments my dear girls. part 6 submited

    1. Laiii😍 says:
      November 22, 2023 at 6:21 pm

      Dhn when kiyaalan libeynee ??

  9. Anonymous says:
    November 22, 2023 at 6:08 pm

    where is next part

    1. hot choclate says:
      November 22, 2023 at 7:10 pm

      yeh

  10. anonymous says:
    November 22, 2023 at 8:28 pm

    where is next part

  11. love imko 💕💕 says:
    November 23, 2023 at 7:21 am

    When is next part kiyaalan libeeney khondhuvahakun

Comments are closed.

Next Episodeއިފްރާ 6←


All Right Reserved!