Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 4

Nadhoo
Nadhoo Level 1
November 20, 2023 5 Mins Read
6 Comments

ޒަޔާން ގެ އަމަލުތައް ހުރީ ވަރަށް ލަސްލަހުންނެވެ. ހީވަނީ އިފްރާ އަށް އަނިޔާއެއް ވެދާނެތީ އުޅޭހެންނެވެ. ހުރިހާކަމެއްވެސް ކުރީ ވަރަށް ބަލައިގެންނެވެ. އިފްރާއަށް ވެސް ފަހުން ޒަޔާންގެ ކޮންމެ އެދުމަކަށް އިޖާބަދެވުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ކުރެވުނު އިހްސާސް އިފްރާގެ ހިތުގައި ފެވުނެވެ.

އިފޫ ކީއްވެ ނުބުނީ އިފޫ ތީ…….

އަހަރެންނަށް ބުނަން ފުރުސަތެއް ދިނިންތަ ޒަޔާން؟ ޒަޔާން ބުނަން އުޅުނު އެއްޗެއް ނުވެސް ނިމެނީސް އިފްރާ ޖަބާބު ދިނެވެ.

” އަހަރެންގެ ގައިގަ ދުވަހަކުވެސް ތި ނޫން ފިރިހެނަކު ނުހުންނާނެ އެއްވެސް ސިފައެއްގަ ބީހިފައެއް” އިފްރާ އަނެއްކާވެސް ބުނެލިއެވެ.

” ގަބޫލު ކުރާނެކަމެއް ނޭންގޭ އެކަމަކު އަހަރެންވެސް ދުވަހަކުވެސް އެއްވެސް މީހަކާ އެކު މިކަހަލަ ގުޅުމެއް ނުހިންގަން”  ޒަޔާންގެ ޖަވާބު އަޑު އަހާފައި އިފްރާ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

އަހަރެންނަށް އިނގޭ ގަބޫލު ނުކުރެވޭނެކަންވެސް އެކަމަކުވެސް މީ ހަގީގަތްކަން ކޮންމެވެސް ދުވަހަކުން އިފޫ ގަބޫލު ކުރާނެ ޒަޔާން އެހެން ބުނެލާފައި ތެދުވެގެން ބޭރަށް ދިޔައެވެ. ޒަޔާން ނިކުމެގެން ދިޔުމުން އިފްރާއަށް ރޮވުނެވެ. ނުރުހުނަސް ދެން މިކަމާ ކުރިމަތިލާން ޖެހޭނެކަން އެނގުމުންނެވެ. ނަމަވެސް މިރޭ ޒަޔަންގެ އަމަލު ހުރިގޮތް އިރު އިރުކޮޅާ ތަދުވޭހޭ އަހާލި ގޮތް އިފްރާގެ ސިކުނޑިން ފިލައިގެނެއް ނުދިޔައެވެ.

ޒަޔާން ގޮސް ބޭރުގައި ހުރި ގޮޑީގައި ޖައްސާލިއެވެ. އަހަރެންނަށް މިވަނީ ކިހިނެތްތަ؟ އިފްރާ އަހަރެން ދޫކޮށްލާފަ ހިނގައިދާނެތީ އަހަރެން ކަން ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ މިރޭ އަހަރެންނަށް ކޮންޓްރޯލް ނުކުރެވުނީ ކީއްވެ ؟ އަހަރެން އަސްލު އިފްރާއަށް ޖެއްސުމަށް ބޭނުން ކަމެއް ކުރެވޭނޭ ބުންޏަސް އެއީ އިފްރާ ރުޅި އެރުވުމަށް ބުނާއެއްޗިއްސެވެ. އެހާ ލޯބިން އުޅެވުނީ ކީއްވެތަ؟ އިފްރާއަށް ތަދުވެދާނެތީ ބިރުގަތީ ކީއްވެ ބާ؟ އަމިއްލަ ނަފްސާ އެތައް ސުވާލެއް ކުރެވުނުއިރުވެސް ޖަވާބެއް ނުލިބުނެވެ. އެހެން އޮވެފައި ރޫމަށް ގޮސް ޒަޔާން ނިދީ ސޯފާގައެވެ.

ފަތިސް ނަމާދަށް ބަންގި ގޮވުމުން ފެންވަރާލައިގެން ޒަޔާންވެސް ނަމާދު ކުރީ ކޮޓަރީގައެވެ.

ޒަޔާން ގޮވާލުމުން ތެދުވެ އިފްރާވެސް ފެންވަރައިގެން އައިސް ނަމާދު ކުރިއެވެ. ނަމާދު ނިންމާލުމަށް ފަހު އިފްރާ އެނދުގައި އޮށޯތެވެ.

އިފޫ ރޭގެ ކަންތަކާ އަހަރެންދެކެ ރުޅި އައިސްފައިތަ؟ ޒަޔާން އަހާލުމުން އިފްރާ ބޯ ހޫރުވާލިއެވެ. އިފޫ ނިދަނީތަ؟ ހިނގާބަލަ ހިންގާލަން ދާން… ޒަޔާން ބުނެލުމުން އިފްރާ ތެދުވެ ޖީންސަކާއި ޓީޝާރޓެއް ލައިގެން ތައްޔާރު ވިއެވެ.

ދެމީހުން އެއެކޮށް ގޮސް އަތިރިމަތީގައި އިރުއަރާ މަންޒަރު ބަލަން ތިއްބެވެ. އިފްރާ އެމަންޒަރު އެކި ގޮތްގޮތަށް ފޮޓޯނެގިއެވެ. އަދި ރިސޯޓުގެ ރީތި އަތިރިމައްޗާއި ތަންތަން ފޮޓޯނަގަމުން އިފްރާ ދިޔައެވެ. ދެމީހުން ގޮސް ބްރޭކްފާސްޓް ނިންމާލާފައި ޒަޔާން ދިޔައީ އިފްރާ އަށް ރަށް ދައްކާލާށެވެ. އިފްރާ އެކި ތަންތަން ފޮޓޯނެގިއެވެ. ނަމަވެސް ޒަޔާން އަށް ނެގުނީ އިފްރާގެ ފޮޓޯއެވެ.

ވަރަށް ގިނައިރު ހިންގުމުން ވަރުބަލިވެސް ވުމުން އެތާހުރި ފިހާރަޔަކަށް ވަދެ ޒަޔާން އިފްރާ ބޭނުމީ ކޯއްޗެއް ހެއްޔޭ އަހާލިއެވެ.

އިފްރާ ޗިޕްސްޕެކެޓް އަކާ ކޯކްފުޅިއެއް ނެގިއެވެ. ޒަޔާން ނެގީ ކޮފީ ދަޅެކެވެ. ދެމީހުން ގޮސް އަތިރި މަތީ ގައި ހުރި ސަން ބެޑްއެއްގައި ޖައްސާލިއެވެ.

ލޯ ކަޅު އައިނު އަޅައިގެން ހުރި ޒަޔާން އަށް ކަޅި ޖަހާ ނުލާ ބެލެނީ އިފްރާ އަށެވެ. ހަމަޖެހިގެން ކޯކު ބޮމުން ޗިޕްސްކަމުން ދިޔަ އިފްރާ އަކަށް އެކަމެއް ނުވެސް އިނގެއެވެ.

ރިސޯރޓުގައި ދެހަފްތާ ވީ އިރު ދެމީހުންގެ ދެމެދުގައި މިހާރު ކުޑަކޮށް ވާހާކަދެކެވި ދެމެދުގަ އޮތް ރުޅިވެރިކަން ކޮންމެވެސް ވަރަކަށް ފިލިއެވެ.

އިފޫ ހިންގާ ދޯ މާދަމާ މާލެ ދާން ޒަޔާން އަހާލިއެވެ.

ޕޫލަށްވެސް ނޭރިތަ ދަނީ އިފްރާއަށް އަހާލެވުނީ ގަސްތަކު ނޫނެވެ.

“ސާބަސް އިފޫ އެރޭ ހިތްވާ އިރު ކީއްވެ ނޭރުނީ ބުނި ނަމަ އަހަރެން މަނައެއް ނުކުރާނަމޭ…” ޒަޔާން ބުނެލީ ހިތްހަމަ ނުޖެހިފައެވެ.

“އަހަރެންނަކަށް ފަތާކަށް ނޭންގޭ” އިފްރާ ބުނެލީ ވަރަށް މަޑުމަޑުންނެވެ.

” ހިންގާ އަހަރެންނާ އެކު ފަތަން ދަސްކޮށް ދޭނަން! އެހެން ބުނެފައި އިފްރާގެ އަތުގައި ހިފައިގެން ގޮސް ޕޫލުކައިރީ ޒަޔާން މަޑުކޮށްލިއެވެ. އަދި ލައިގެން ހުރި ޓީޝާރޓް ބޭލިއެވެ. ސިޑިން ދެތިން ހަރުފަތަށް އެރި ޒަޔާން އިފްރާ އާއި ދިމާލަށް ޒަޔާންގެ އަތް ދިށްކޮށްލިއެވެ. ނަމަވެސް އިފްރާ ޒަޔާންގެ އަތަކު ނުހިފިއެވެ.

އަހަރެންނަށް އިނގޭ އިފޫ އަށް ވަރަށް އުނދަގޫވާނެކަން އަހަރެންނަށް އިތުބާރުކުރަން އެކަމަކުވެސް އަހަރެން އިފޫއަށް އެއްވެސް ގެއްލުމެއް ވިޔަކަނުދޭނަން. ދެންވެސް އިފްރާ އަތުގަ ނުހިފިތާ އެއްޗެކޭ ނުބުނުމުން ޒަޔާން ދެރަވިއެވެ.

ކަމޯން އިފޫ އައި އެމް ޔޯ ހަޒްބެންޑް….އިޓްސް އޯކޭ ހިންގާ ދޯ ރޫމަށް ދާން ޒަޔާން ޓީޝާރޓު ނަގައިގެން ދާން ފެށުމުން އިފްރާ ޒަޔާންގެ އަތުގައި ހިފާލިއެވެ.

“ޒަޔާން އަހަރެން އެރޭނަން…” ޒަޔާން އިފްރާގެ އަތުގައި ހިފާލައިގެން އެރުނެވެ. ފައި ނުޖެހޭ ހިސާބަށް އެރެވުމުން އިފްރާ ބިރުން ޒަޔާންގެ ގައިގަ ބާރަށް ބައްދާލިއެވެ. އިފްރާ ބައްދާލުމުން ޒަޔާންގެ ހަށިގަނޑުގައި ހީވީ ކަރަންޓު ޖެހުނު ހެންނެވެ. އިފޫ ބިރު ނުގަނެބަލަ ޒަޔާންއަށް އިފްރާގެ ނިތްކުރީގައި ބޮސްދެވުނެވެ.

ޒަޔާން އިފްރާއަށް ފުރަތަމަ ފޮލޯޓްކުރަން ދަސްކޮށްދިނެވެ. ދެން ފަތަންވެސް ދަސްކޮށްދިނެވެ.

އަދިވާނެ މާދަމާވެސް އަންނަން އިފްރާ ބުނެލީ ތުވާލި އެއްކޮށް ގައިގަ އޮޅާލަމުންނެވެ.

އާން އަދި ދެތިން ދުވަހު އައުމުން ދަސްވާނީ ތަންކޮޅެއް ދުރުގައި ތިބި ތިން އަންހެން ކުދިން ޒަޔާންއަށް ބަލާތީ އިފްރާ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ހިތްހަމަ ނުޖެހުނީ ކީއްވެކަމެއް އިފްރާއަކަށް ނޭގުނެވެ. އިފްރާ ގޮސް އެތާއޮތް އެންމެ ބޮޑު ތުވާލި ނަގާ ޒަޔާންގެ ގައިގަ އޮޅާލިއެވެ. އިފްރާގެ މި އަމަލުން ޒަޔަން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.

” އިފޫ ދެން ދޭ ރޫމަށް މިހާރުވެސް މީހާ ހީކަރުވަނީއެއްނު ތީ ފެންވަރައިގެން ދޭ އިނގޭ ރޫމާ ޖެހިގެން ހުރި ކުޑަކުޑަ ކެފޭއަށް އެބަ އަންނަން މީހަކާ ބައްދަލުކޮށްލާފަ”

ދުރަށް ގޮސް އިފްރާ މަޑުކޮށްލީ ޒަޔާން ދަނީ އެ އަންހެން ކުދިން ކާރިޔަށް ކަމަށް ހީކޮށެވެ. ނަމަވެސް ޒަޔާން އެމީހުނާ ދިމާލަށް ބަލާވެސް ނުލައެވެ. އެހެން އެތާ ހުންނަތާ 15 ވަރަކަށް މިނިޓްސް ފަހުން ކޮންމެވެސް ބޭރު ފިރިހެނަކު އައުމުން އެމީހާ އާއި ވާހަކަ ދައްކަން ޒަޔާން ފެށުމުން އިރުކޮޅަކު މަޑުކުރުމަށް ފަހު އިފްރާ ރޫމަށް ދިޔައެވެ. އިފްރާ ނިމިގެން ބޭރަށް ދާނެ ހާ އިރުކޮށްލާފައި ޒަޔާން ރޫމަށް ދިޔައެވެ. ޒަޔާން ގޮސް ފާހާނާއަށް ވަން އިރު ފެންވަރަން ޝަވަރު ދަށުގައި އިން އިފްރާ ފެނުމުން ޒަޔާން އަކަށް ދުރަކު ނުހުރެވުނެވެ. ޒަޔާން ގޮސްފަހަތުން ބައްދާލުމުން އިފްރާ ދިޔައީ ސިއްސައިގެންނެވެ. “އަހަރެން ހީކުރީ މިހާރު ފެންވަރައިގެން ބޭރަށް  ގޮސްދާނެކަމަށް ކީއްވެ އެހާ ލަސްވަނީ މިތާ” ޒަޔާން އަހާލިއެވެ.

“އަހަރެން ހުރީ އެތާ ތިބި އަންހެން ކުދިން ޒަޔާން ފެނިފައި ތުއިވާތީ ޒަޔާން އެމީހުން ކާރިޔަށް ދޭތޯ ބަލަން ވެގެން އެހެންވެ ލަހުން އާދެވުނީ ” އިފްރާ ބުނެވުނެވެ.

ވަޓް؟ އާރ ޔޫ ޖެލަސް އެބައުޓް މީ؟ ބުނެވުނު އެތި އިފްރާއަށް ރޭކާލީ ދެނެވެ. އިފްރާ ދުރަށް ދާން އުޅުނެވެ. ނަމަވެސް ޒަޔާން އިފްރާ ޒަޔާން އާއި ދިމާލަށް އަނބުރާލާފައިއިފްރާ އާއި ކައިރިވެލިއެވެ. މިފަހަރު އިފްރާއަށް އެއްވެސް ގަދައެއް ނުހެދުނެވެ. ޒަޔާން އިފްރާ އުރާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ.

އިފޫ މިރޭ ކީއްވެ އަހަރެންނާ ތަޅާ ފޮޅަން ނޫޅުނީ؟ އެނދުންތެދުވެ ފާހާނާޔާ ދިމާލަށް ދަމުން ޒަޔާން އަހާލިއެވެ.

ޒަޔާން ބޭނުން ކަމެއް ޒަޔާން ކުރާނެ ވީއްޔާ ގަދަހެދިޔަސް ބަލިވާނީ އަހަރެން އެހެންވެ އިފްރާވެސް ޖަވާބު ދިނެވެ. ނަމަވެސް ހަގީގަތަކީ އިފްރާއަށްވެސް ޒަޔާން ކާރިވުމުން ގަދަނުހެދުނީއެވެ.

ރެޑީވެބަލަ ކާން ދާން ޒަޔާން އެހެން ބުނެފައި ފާހާނާޔަށް ވަނެވެ. ޒަޔާން ދިޔުމުން ތެދުވެ އިފްރާ ހުދުކުލައިގެ ކަކުލުން ތިރިޔަށް އޮތް މިޑީއެއް ލިއެވެ. އަދި ހަމަ ހުދުކުލައިގެ ހިލްއަށް އަރާ ބޭރުގައި ހުރި ގޮޑީގައި ހުއްޓެވެ.

ޒަޔާން މީގެ ކުޑަ އިރުކޮޅެއް ކުރިން އުޅުނު ގޮތް ހަނދާން ވުމުން އިފްރާ އަށް ހީލެވުނެވެ. އިފްރާ އަށް އެނގުނު އެއްޗަކީ އިފްރާ އަށް ޒަޔާން ވަރަށް ހާއްސަ ވެއްޖެކަމެވެ. މިހާރު އިފްރާ ޒަޔާންދެކެ ރުޅި ނާންނަކަމެވެ.

ވާވް މިރޭ ހާދަ ހޮޓް އޭ ޒަޔާން ބުނި އެއްޗަކުން އިފްރާ ލަދުގަތެވެ.

ދެމީހުން އެއްކޮށް ގޮސް ކެފޭއަށް ވަނެވެ. މުޅިތަން ޒީނަތްތެރި ކުރެވިފައިވަނީ ރެޑް އެންޑް ވައިޓް ބޭލޫންސް އިންނެވެ. އެތާގައި ހުރީ އެންމެ ޓޭބަލް އެކެވެ. ޓޭބަލްގެ މެދުގައި ޗޮކްލެޓް ކޭކެއް ހުއްޓެވެ. އެތަން ބަލަން އިފްރާއަށް ހުރެވުނީ ހައިރާންވެފައެވެ. ” ހެޕީބާރތްޑޭ އިފޫ ” ޒަޔާން އިފްރާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެވަގުތު މުޅިތަން ފެއަރީ ލައިޓްއިން ދިއްލުނެވެ. ފާރުގައި އޮތް ހެޕީބާރތްޑޭ އިފޫވެސް ދިއްލުނެވެ.

ޒަޔާން މޭޒުމަތީގައި އޮތް ފާރްސަލް ނަގާ އިފްރާއަށް ދިއްކޮށްލިއެވެ. އިފޫ ގިފްޓް ކަނޑާލަބަލަ. ޒަޔާން ވަރަށް ލޯބިން ބުނެލިއެވެ. އިފްރާ މޭޒު ކައިރިގައި އިން ގޮޑީގައި އިށީނދެ ހަމަޖެހިގެން ހުރެ ގިފްޓް ކަނޑާލިއެވެ.

އޭގައި އޮތް ކެމެރާ ފެނުމުން އިފްރާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

” ޒަޔާން އަށް ކިހިނެތް އެނގުނީ މިއަދު މީ އަހަރެންގެ އުފަންދުވަސްކަން އަހަރެން ނެތް ހަނދާނެއްވެސް. އަދި މި ކެމެރާ ދިނީ ކީއްވެ އެންޑް މި ކޭކު ހައު ޑޫ ނޯ” އިފްރާ އަށް ސުވާލުކުރެވުނެވެ.

” ޓިކެޓް ނަގަން ވެގެން އައިޑީ ފޮނިވީމެއްނު އެހެންވެ އެނގުނީ އުފަންދުވަސް ދެން މިހާރު މިވީ މަންތެއްވަރު އެއްކޮށް އުޅޭތަން އަބަދުވެސް ހުރިހާ އެއްޗެއްގެވެސް ޗޮކްލެޓް ފްލޭވާރ އިފޫ އޯޑާރ ކުރަނީ އެހެންވެ އެނގުނީ ޔޫ ލަވް ޗޮކްލެޓް ކަން. ދެން ރިސޯޓަށް އައިފަހުން އެނގުނީ ގުދުރަތީ މަންޒަރުތައް ފޮޓޯ ނަގާހިތްވާކަން އެދުވަހު ސަންރައިޒް އެކި އެންގަލް ތަކުން ފޮޓޯ ނެގި ގޮތުން އެނގުނީ ވަރަށް ކުރާހިތްވާ ކަމެއްކަން އެހެންވެ ކެމެރާ މި ދިނީ ޒަޔާން ހީލާފައި ޖަވާބު ދިނެވެ.

އިފްރާއަށް ރޮވުނެވެ.

އިފޫ ކިހިނެތްވީ ހިތްހަމަ ނުޖެހުނީތަ؟ އިފްރާ ރޯންފެށުމުން ޒަޔާން ހާސްވިއެވެ.

” ނޫން ޒަޔާން ހަޔާތުގައި ފުރަތަމަ ފަހަރަށް މީހަކަށް އަލަށް އަހަރެންގެ ހިތުގެ އަޑު އިވުނީ އެހެންވެ. އަހަރެން ކުރާހިތްވާ ކަމެއް އަހަރެންގެ މައިންބަފައިންނަކަށްވެސް ނޭންގުނު. އަބަދުވެސް ޖެހެނީ ބައްޕަ ބުނާ ގޮތައް ކަންތައް ކުރަން ރުހުނަސް ނުރުހުނަސް އަހަރެން ރުހޭ ގޮތްވެސް ނާހާނެ. ކިޔެވީ ބައްޕަ ބޭނުންވީ ރޮގުން ވަޒީފާވެސް ބައްޕާ ބޭނުންވީ ތަނުން ކައިވެނިވެސް ކުރަން ޖެހުނީ ބައްޕަ ބޭނުންވީ މީހަކާ އަހަރެން ބޭނުންވާ ގޮތް އަހާލުމަކީވެސް  މުހިންމު ކަމަކަށް ނުވި ”

ތީގެ މާނަޔަކީ އިފޫ މި ކައިވެންޏާ ގަބޫލުވީ މަޖްބޫރުންނޭތަ؟ އާން ބަހެއް ނުބުނަމޭތަ؟

ޒަޔާން ސުވާލުކުރުމުން އިފްރާ ބޯޖަހާލިއެވެ.” އަހަރެން ކާރީ ކާވެނި ކުރާނަންހޭ ވެސް މިހަކު ސުވާލު ނުކުރޭ! ކައިވެނި ކުރަން ދާންވީ ގަޑި ބުނީ”

ޒަޔާންއަށް ފުރަތަމަ ފަހަރަށް އޭނާގެ ކުށް އިހްސާސްވިއެވެ.

” އަހަރެން ހީކުރީ އިފޫ އަމިއްލައަށް ކަމަށް ރުހުނީ އެހެންވެ އަހަރެންނަށް އެހެން ކަންތައްކުރެވުނީ އައިއެމް ސޯ ސޮރީ އިފޫ…. އެއްގޮތަކަށްވެސް ހިތަކަށް ނާރާ އިތުރު ގޮތެއް ނެތިގެން އެހާ މަޖްބުރުވެގެން ހިތާ ދެކޮޅަށޭ މެރީ ކުރީ އެހެންވެ ދޯ އިފޫ އެހާ ދެރަވެފަ ހުރީ؟ އަޅެ ބުނެލި ނަމަ ހަމަ ގައިމުވެސް އަހަރެން ކިތަންމެ އިފޫ އަހަރެންގެ ބާރުގެ ދަށަށް ގެންނަން ބޭނުން ވިޔަސް މެރީ އެއް ނުކުރާނަން. އަހަރެން ބައްޕަ އެހެން ބުނުމުން އަސްލުވެސް ބޭނުންވީ އިފޫ އާ މެރީ ކުރަން އެކަމަކު ދުވަހަކުވެސް އިފޫ ދޫކޮށްލާކަށް ނުވިސްނަން އަހަރެންނަކަށް ނޭންގޭ ކީއްވެ ކުރެވުނުކަމެއް ކަމެއް އަހަރެން މިރޭ ވަރަށް ދެރަވެއްޖެ އަހަރެން ހުރިހާކަމެއްވެސް ކުރީ ގަދަކަމުން އިފޫގެ ނުރުހުމުގައި އަހަރެން ހީކުރީ އިފޫ ގޮތްދެއްކިޔަސް ބޭނުންވެގެން ކަމަށް ކައިވެނި ކުރަން އާން ބަސް ބުނީ”

އެންމެ ފަހުން ޒަޔާން އެތަނުން ނިކުމެގެން ދިޔައެވެ. ޒަޔާންގެ ފަހަތުން އިފްރާވެސް ނިކުމެގެން ދިޔައެވެ. ޒަޔާން އިފްރާ ގޮވާލުމުން މަޑުކޮށްލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ލޯތްބަކުންދިން

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 36

Next
November 20, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 36

Previews
November 19, 2023

ލޯތްބަކުންދިން

6 Comments!

  1. vempire girl says:
    November 20, 2023 at 12:37 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun???

    1. Nadhoo says:
      November 20, 2023 at 2:52 pm

      hei varah ufaavey thihen comment kohlaa kudhin fenuneema. miadhu submit kuraanan now story ekko liye nimifa iny. ehenveema submit kuranan 1 part every day.

  2. love imko 💕💕 says:
    November 20, 2023 at 1:57 pm

    Masha Allah varha reethi mi part vex
    Unmeedhu kuran next part kiyaalan libeeney kama

    1. Nadhoo says:
      November 20, 2023 at 2:54 pm

      imko men thihen buneleema hama varah ufaaveyey… gerenty eh nu kiyaalan libeyne kan miadhu submit kohladheynan.

  3. Laiii😍 says:
    November 20, 2023 at 6:44 pm

    Hey nadhoo,mi part ves vr reethi ma sha Allah❤️

  4. Ifoo says:
    November 20, 2023 at 7:29 pm

    Aww 😍…maasha Allah vv reethi mi part vs ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

Comments are closed.

Next Episodeއިފްރާ 5←


All Right Reserved!