Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 48

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 8, 2023 4 Mins Read
15 Comments

އަހަންނަށް ވަގުތުން ދެލޯ މަރާލެވުނެވެ. އަހަރެން ގައިން ހީބިހި ނަގައިން ދިޔައީ ދާދި އަވަހަށެވެ. އެޔާއެކު އަހަރެންގެ ހަށިގަނޑުގައިވާ އެންމެ ކުދި ލޯލިއިސްތަށިތައް ހިނދުކޮޅަކަށް ނަމަވެސް އިޝާލްގެ ހަރަކާތަށް ކިޔަމަންވިއެވެ.

“އާނ…” މަޑުމަޑުން އަހަރެން ބުނެލީމެވެ. އެޔާއެކު އިޝާލް އަހަންނާ ދުރަށް ޖެހިލިއެވެ.

“ނަ… ނަޝްފާއަކީ ނާސިފްއާ ކޮން… ގުޅުމެއް އޮންނަ މީހެއް؟” ޖަވާބު ބޭނުންވެފައިވާ ސުވާލެއް ބިރެއްނެތި އަހަރެން އަމާޒުކޮށްލީ އިޝާލްއާއެވެ.

“މިހާދުވަސް ވީއިރު ޒީންއަކަށް ނޭނގޭތަ؟ ނާސިފްއާ ނަޝްފާއާ ގުޅުން ހުރި އެއްވެސް ވާހަކައެއް؟ ނާސިފް ގާތުވެސް ހަމަ އަހާނުލަންތަ؟….” އިޝާލް ސުވާލު ކޮށްލިއެވެ. އެހެނަސް އިޝާލް އެ ސުވާލު ކުރީ ކޮންމެހެން ނޭނގޭތީއެއް ނޫނެވެ. ޒީންގެ ފަރާތުން ޖަވާބެއް ހޯދަން އިޝާލް ބޭނުންވާތީއެވެ.

“ނާސިފްއާ އަހަންނަކީ އެއްވެސް އިރެއްގަ މާގިނައިން ވާހަކަދައްކާ ބައެއްނޫން އިޝާލް..” އިތުރަށް ބޭކާރު ވާހަކަދެއްކުމުގެ ބަދަލުގައި އަހަރެން ބުނެލީ ރުންކުރު ޖުމްލައެކެވެ.

“އޯހ… އޯކޭ… އެމީހުންގެ އިޝްގީ ގުޅުމެއް ނެތް…. ނުވެސް ބޭއްވޭނެ.. ޒީން! ހާސްނުވޭ.. އެއީ ދޮންބެއަކާ ކޮއްކޮއެއް.. އެމީހުންގެ ވަނީ ސާފުތާހިރު ގުޅުމެއް. އެއީ ނާސިފް ބައްޕަގެ ހަގު ދަރި. ނާސިފްގެ މަންމަ މަރުވީމަ އެހެން ކައިވެންޏެއް ކޮށްގެން ލިބިފަހުރި ދަރިއެއް އެއީ.. އެދެކުދިން އެކަނި ވަހީދުބެގެ ހުންނަނީވެސް.. ނަޝްފާ މިގެއަށް އައިސް އުޅުނީ ނާސިފް ބުނިގޮތަށް.. ކުޑައިރުއްސުރެ ނަޝްފާ ކިޔާނީ ނާސިފް.. ދޮންބެއެއް ނުކިޔާނެ.. އެއީ ނަޝްފާގެ މަންމަ އޭނައަށް ދަސްކޮށްދީފަ ހުރިގޮތް… އެއީ ވަރަށް ވަރަށް ލޯބިން އުޅޭ ދެބެން… ނަޝްފާ ކިޔަވާތީ އޭނައާއެކު ދުވަސްކޮޅަކަށް ނާސިފްވެސް ރަޝިޔާއަށް އެބަދަލުވީ.. ނަތޫއަށްވެސް ހުރިހާ ކަމެއް އިނގޭނެ. ނަތޫ އެވާހަކަތައް ޒީންއަށް ސިއްރުކުރީ އަހަންނާ ނާސިފް ބުނެގެން.. ނާސިފް ދިޔަ ދުވަހު އަހަންނާ ނަތޫ ކޯޓަށްވެސް ދިޔައިން… ފުރަތަމަ ފޯމްނެގީ ޒީންގެ އަތުން ވަރިޔަށް އެދޭ ފޯމުގަ ސޮއި ކުރުވަން.. އެކަމު ދެން އެކަންވެސް މާރަނގަޅު ކަމަކަށް ނުފެންނާތީ ހުއްޓާލީ… މިހުރިހާ ކަމަކީވެސް ނާސިފް އަމިއްލައަށް ރޭވިކަންކަން. އަހަންނަށް ޒީން ހޯދައިދޭންވެގެން.” އިޝާލް ކިޔައިދިނީ ކަންހިނގި ގޮތާއި ހަގީގަތެވެ.

“އަހަރެން ހީކުރީ…. އެއީ ނާސިފްގެ… އިޝާލް! ދެން މިތަނުންދޭ…” ޒަލްޒަލާއެއް ފަދައިން އިވުނު ވާހަކައިގެ ސަބަބުން އަނެއްކާވެސް އަހަރެން ބުނެލީމެވެ. އިޝާލް ފޮނުވާލުމުގެ މަގްސަދުގައެވެ.

“ޒީން ހީކުރީ…. ނާސިފް ރައްޓެހިވެގެންއުޅޭ ކުއްޖާ ނޫނީ ނާސިފްގެ ވައިފް ކަމަށްދޯ؟ އެކަމާދޯ ޒީން ކަންބޮޑުވަނީ؟… އޯކޭ..އޯކޭ.. އަހަންނަށް އެނގިއްޖެ މިހާރު ޒީން ވަރަށް ތަފާތުކަން. ޒީންއަށް ތިވާގޮތަކީ… ކުރިން ނުވާ ގޮތްތަކެއް… އަހަރެން މިތާ ހުންނާތީ ޖެހިލުންވޭ… އަހަރެން ޒީންއާ ކައިރިވެދާނެތީ ބިރުގަނޭ… އަހަންނާއެކީ އެކަހެރި ވަގުތުކޮޅެއް ލިބުނީމަ ވެސް ޒީންގެ މޫނުން އުފާވެރިކަމެއް ނުފެނޭ.. މިހާރު ދެން މިހާދުވަސް ކޮށްފަ އަހަންނަށް ތިދިނީ ރަނގަޅު ފިލާވަޅެއް…. އެހެންވީމަ އަހަރެންވެސް ދެން ލޯބީގަ ޒީންއަށްޓަކާ އުމުރު ހުސްކުރުމުގެ ބޭނުމެއްނެތެއްނު؟.. މިއޮއްހާދުހު އަހަންނަށް މިކުރެވުނީ ބޭކާރުކަމެއްދޯ؟.. އެންމެ ރަނގަޅު… ޒީންގެ ޝައުގުވެރިކަން ނެތިއްޔާ އަހަރެން ދެން ދަނީ.” އިޝާލްގެ ހިތުގެ އުދާސްތައް އެއްފަހަރާ ބޭރުކޮށްލިއެވެ.

މާޔޫސްވެ ކަރު އެލިފައިވާ އިޝާލް ފެންކަޅި ވެފައިހުރެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އަހަންނަށް ވަގުތުން އިޝާލްގެ އަތުގައި ހިފައްޓާލެވުނެވެ. އެޔާއެކު އިޝާލްގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އިޝާލްގެ އަތުގައި ހިފައްޓާލުން އެއީ އަހަރެން އާދޭސްކުރާކަމުގެ އިޝާރާތެކެވެ. އަހަންނަށްވެސް ވިސްނެއެވެ. އަހަރެން އެންމެ ލޯބިވީ މީހާ އަދިވެސް އެހުރީ އަހަންނަށްޓަކާ ފިދާވާށެވެ.

“އިޝާލް!…. އަޅެ ފުރަތަމަ ދުވަހުވެސް ކީއްވެ ނުބުނީ….އެއީ ނާސިފްގެ ކޮއްކޮއޭ… އިޝާލްވެސް އަހަންނާ ވާހަކަދެއްކި ގޮތުން އަހަރެން ހީކުރީ އެމީހުން އެއީ ވަރަށް ކްލޯޒް ރިލޭޝަންއެއްގަ އުޅޭ ދެމީހުންކަމަށް. އިޝާލްއެއްނު ބުނީ. “ނާސިފް ދައްކާ މަންޒަރު ބަލަން ކެތްވޭހޭ؟” އެހެންވީމަ އަހަރެންގެ ސިކުނޑިން ފުރަތަމަވެސް ނުބައިކޮށް ވިސްނަން ފުރުސަތު ލިބުނީ.. އިޝާލް އެދުހު އަހަންނަށް ކުރި މަލާމާތް މިހާރު ހަނދާން ނެތަސް…. އަހަރެން އެދުހު ހިތުގަޖެހުނުވަރު ހަނދާން އެބަހުއްޓޭ..” ދެރަވެފައިހުރެ އިޝާލްއަށް ވިސްނާއިދެމުން އަހަރެން ވާހަކަދެއްކީ އިޝާލްގެ އަތުގަ ހިފައްޓާލައިން ހުރެއެވެ.

“ސޮރީ ޒީންް… އެދުހު ޒީންގެ ހިތުގަ ޖެއްސުނީތީ ވަރަށްބޮޑަށް ސޮރީ..” ކުށްވެރިއެއް ފަދައިން އިޝާލް ބުނެލިއެވެ.

“އިޝާލް… މިހާދުވަހު އަހަންނަށްޓަކާ އިޝާލްވީ ގުރްބާނީގެ އަގު ތިންމަސް ފަހުން އަހަރެން އަދާކުރާނަން…. އެކަމު އަހަރެން ހަމަޖެހިލަން އަދި… މިދުވަސްކޮޅު އަހަންނަށް ވަގުތުދީ… އޭރުން އަހަރެން އިޝާލްގެ މީހަކަށް ވާނަން… ހަމަ ތެދެއް.. އުމުރަށް… މުޅިއުމުރަށް..” އެހެން ބުނަމުން އަހަރެން އިޝާލްގެ އަތް ދޫކޮށްލީމެވެ. އެޔާއެކު އިޝާލް ނުކުމެގެން ދިޔައެވެ. އަހަންނަށް ބަލައިވެސް ނުލައެވެ.

3 މަސްފަސް….

ހެނދުނުގެ ވަގުތެވެ. މ.ޒީޝަލް ގޭގެ ތަނަވަސް ގޯތިތެރެ ޒީނަތްތެރި ކުރަމުންދިޔައީ ހަވީރު އޮންނަ ހާއްސަ ކައިވެނި ޕާރޓީއަށެވެ. އެ ހަފްލާއަށްޓަކާ މުޅި ގެ ތައްޔާރު ކުރަމުންދާއިރު ހަލަބޮލި ކަމާއެކު ބައެއް މީހުން ހޭލާ މޭލައަށް އުޅެމުންދެއެވެ. އެންމެ ޒަމާނީ ފެންވަރަށް މުޅި ގޯއްޗާއި ގޭތެރެ ޒީނަތްތެރި ކުރުމަކީ މިއަދު އިޝާލްގެ އާއިލާގެ އިތުރުން ޒީންގެ އެންމެ ބޮޑު އުފަލެވެ.

ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގައިކަމުން އިޝާލްއާއި ޒީން ތައްޔާރު ވަމުންދިޔައެވެ. މެންދުރުގެ އެއްގަޑި ބަޔަށް ހަމަޖެހިފައިވާ އެކައިވެންޏަށް ދިއުމަށްޓަކާ ނަތޫއާ ސަހީމާގެ އިތުރުން ފަރީދާއި ޚާލިދުވެސް ތައްޔާރުވަމުން ދިޔައީ އެގޭގައެވެ. ވިލިނގިލީގައި އުޅެމުންދިޔަ އިމާރާތް ދޫކޮށް ސަހީމާގެ އާއިލާ ބަދަލުވީ މ.ޒީޝަލްގެ ގްރައުންޑް ފްލޯ އަށެވެ.

“ސަހީމައްތަ! އަހަރެން ރެޑީ.. ކޮބާ ފަރީދުބެއާ ޚާލިދުބެ؟” ނަތޫ ސުވާލުކޮށްލީ ލޯގަނޑު ކުރިމަތީ ހުރި ސަހީމާއަށެވެ.

“ސަހީމައްތަވެސް މި ނިމުނީ މިހާރު.. ކިހާއިރަކު ކާރު އަންނަނީ؟” ހަމަޖެހުމުގެ ނޭވާއެއް ލަމުން ސަހީމާ ބުނެލިއެވެ.

“ފަރީދުބެމެން ނިމުނީމައެއްނު ދެވޭނީ. އިރުކޮޅަކުން ކާރުއަންނާނެ.. އެކަމު އެންމެންނަށް ނުދެވޭނެ އޭގަ.. އިޝާލްއާ ޒީން ދާން ބޭނުންވީ ސައިކަލުގަ… އަހަރުމެން ހިނގާ ކާރުގަ ދާން..” ނަތޫ ބުނެލިއެވެ.

“އޭނ…. އެމީހުން ވެޑިންގް ޑްރެސް ލައިގެން ސައިކަލުގަ؟… އެގޮތް ރަނގަޅެއް ނޫން.” ސަހީމާ ހިތްހަމަ ނުޖެހިފައިހުރެ ބުނެލިއެވެ.

“ޒީން ބޭނުންވަނީ ހަމައެކަނި ހަވީރު ޕާރޓީއަށް ވެޑިންގް ޑްރެސް ލާން.. ކައިވެނި ކުރަން ދަނީ ފަރީދުބެ ދިން ވަރަށް ރީތި ހެދުމެއް ލައިގެން… އެއީ ހަމަ މިއަދު ފަރީދުބެ ޒީންއަށް ބޭރުން ގެނެސްދިން ހެދުމެއް… ރައްޓެއްސަކު ލައްވާ ކައިވެނި ކުރާދުވަހަށް ހަމަ ގެނައީ.. އެއްކަލަ އިރު ވަރަށް ހެނދުނު ފަރީދުބެ ސައިތަށި ބަހައްޓާފަ ދިޔައެއްނު ގަޑިޖެހެނީއޭ ކިޔާފަ… އޭރު ގޮސްފަ ގެނައި އެއްޗެއް.” ނަތޫއަށް އެނގިފައިވާ މިންވަރަށް އޮޅުން ފިލުވައިދިނެވެ.

“އެހެންތަ؟ އަހަންނަށް އެންމެ ރަނގަޅު ޒީންއާ އިޝާލްއަށް ތިގޮތް ކަމުދަންޏާ.” ސަހީމާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ފާޚާނަ ތެރޭގައި ހަރުކޮއްފައި ހުރި ކުޑަކުޑަ ލޯގަނޑަށް ބަލަން އަހަރެން ހުރީމެވެ. ހަގީގަތުގައި އަހަރެން ހުރީ ވިސްނުމެއްގެ ތެރޭގައެވެ. އޭރު އަހަރެންގެ ސިކުނޑި ވަށާލާފައިވަނީ ނާސިފްއާ ކައިވެނި ކުރި ދުވަހު ކަންތައްތައް ވީގޮތެވެ. އެއީ ނުރުހުމުގައި ހުރެ އަހަރެން އެންމެ ރީތިވި ދުވަހެވެ. އެދުހު އަހަރެން ބޮޑު ވެޑިންގް ޑްރެސްއެއް ލީމެވެ. ރާނީއެއް ފަދައިން ޖަވާހިރުން އަހަރެން ޗާލުވެލީމެވެ. އުންމީދެއް ނެތް ކައިވެންޏަކަށް ޓަކައެވެ.

އެހެނަސް މިއަދު އެއާ ޚިލާފެވެ. މިއީ އަހަރެން އެންމެ ރުހުމުގައި ހުރެ އެންމެ ރީތިވާންވީ ދުވަހެވެ. އެކަމަކު މިއަދު ކަންތައްތައް މުޅިން ތަފާތެވެ. ފަރީދު ބައްޕައަށްޓަކާ އަހަރެން ކައިވެނި ކުރަން މިވަގުތު ލައިގެން މިހުރީ އާދައިގެ އެހެނަސް ވަރަށް ރީތި ހެދުމެކެވެ. އުންމީދީ ފޮނި ކައިވެންޏަށްޓަކާ ތައްޔާރު ކުރެވިފައިވާ އަހަރެންގެ ހުވަފެނީ ވެޑިންގް ޑްރެސް އަދި އިނީ ކޮނޑުގައި އަޅުވާލާފައެވެ. ގަހަނާތަކާއި ރީތިވާން ބޭނުންކުރާ ސާމާނުތައް އަހަންނަށްޓަކާ ޑްރެސިންގް ޓޭބަލް މަތީ އިންތިޒާރު ކުރަމުންދާކަން އަހަންނަށް އެނގެއެވެ.

އިޝާލް ހުރީ ޒީންގެ އިންތިޒާރުގައެވެ. އެންމެ ފަހުގެ ތައްޔާރީތައް ވުމަށްފަހު ފާޚާނާއަށް ވައިން ޒީންގެ ހަބަރެއް ނުވެ އިރުކޮޅެއް ވުމުން ފާހާނާ ދޮރުގައި އިޝާލް ޓަކިޖަހަން ފެށިއެވެ.

“ޒީން… ޒީން… އަވަސްކޮއްލާ.. ގަޑި ޖެހެނީ..” ޓަކި ޖަހަމުން އިޝާލް ގޮވާލިއެވެ.

ސިއްސައިން ގޮސް އަހަރެން ފާޚާނާއިން ނުކުތީމެވެ. އެޔާއެކު އިޝާލް ވަރަށް އަވަހަށް އަހަރެންގެ އަތުގައި ހިފާލިއެވެ.

“ދައްކަބަލަ އިނގިލި.. ކޯޓަށް ދިއުމުގެ ކުރިން ހިނގާ އަނގޮއްޓި އަޅަން…” އަހަރެންގެ އަތްތިލައަށް ބަލައިލަމުން އިޝާލް ބުނެލިއެވެ.

ޖީބުން ކުޑަ ފޮއްޓެއް ނެގުމަށްފަހު އިޝާލް އަނގޮއްޓި ނެގިއެވެ. އަދި އަހަރެންގެ ވައަތު ކަށި އިނގިލީގައި ވަރަށް ލޯބިން އަޅުވާލިއެވެ. އެރީތި ރަން އަނގޮޓި ފެނި އަހަންނަށް ބުނަން ނޭނގޭފަދަ އުނދަގުލެއްވިއެވެ. މިއީ ނާސިފް އަހަންނަށް ދިން އަނގޮއްޓީގެ އިދިކޮޅެވެ. މީގައި ވަނީ ފުރިހަމަ ހިތެކެވެ. މާނަައަކީ ދިރިއުޅުމުގައި ދިރުމެއް ވާކަމެވެ. އިޝާލް އެޅުވި އަނގޮއްޓިން ފުރިހަމަ މާނައެއް ނަގަން އަހަންނަށް ވިސްނައިދިނީ ނާސިފްގެ ހަނދާންތަކެވެ.

“މި އަނގޮއްޓި އަހަރެން މި ޑިޒައިންއަށް ހެދުވީވެސް ވަރަށް ހާއްސަ ސަބަބެއް އޮތީމަ. އެހެން ނޫންނަމަ، މިރޭ އަހަރެން ޒީންއަށް ދޭނީ މިކަހަލަ ނުސީދާ މާނައެއް ނެގޭ އަނގޮއްޓިއެއް ނޫން… ޒީން!… އަހަރެންވެސް ހަމަ ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި… އަހަންނަށް އެކަން ކުރެވެން ނެތީ… އެހެންވީމަ އަހަންނާ ޒީންގެ ހިތް މިއޮތީ ދާދި އެއްގޮތަކަށް ފުނޑު ފުނޑުވެފަ. މި އަނގޮއްޓި މާނަކޮށްދެނީ އެވާހަކަ….”

“ޒީން! ކިހިނެއްވެފަ؟…. އަވަހަށް އާދޭދާން.” ހިޔާލެއް ގެ ތެރޭގައި ހުއްޓާ އަހަރެން ސިއްސައިން ދިޔައީ އިޝާލް އަހަރެންގެ ކޮނޑުގައި އަތް އަޅުވާލަމުން ހިނގައިގަތީމައެވެ.

ކައިވެނި ވެވުމުގެ ހަފްލާ ކުރިއަށް ދިޔައެވެ. އިޝާލްގެ މަންމައާ ބައްޕަގެ އިތުރުން ފަރީދާއި ނަތޫވެސް ނުހަނު އުފަލުން ތިއްބެވެ. އަހަންނަށް ދިނުމަށްޓަކާ ރަނުގެ ގޮތުގައި ގެނެސްފައިވަނީ ތައްޔާރު ކޮއްލާފައިވާ ރީތި ފޮއްޓެކެވެ. ކައިވެނީގެ ތެރެއިން އިޝާލް އެފޮށި އަހަރެންނާ ހަވާލުކުރީ ހިނިތުންވެ އިނދެއެވެ. ރައްދުގައި އަހަރެންވެސް ހީލީމެވެ.

އަހަންނާ އިޝާލް މީގެ އަހަރުތަކެއް ކުރިން އުންމީދުކުރި ކައިވެނި ކުރެވުނީއެވެ. ހުވަފެންތަކެއް ދެކެމުން އައި އެތައް ރެއެއްގެ އުންމީދުތަކުގައި ގޮށް ޖަހާލެވުނީއެވެ. ހަގީގަތުގައިވެސް މިއީ އަހަންނާ އިޝާލް އެންމެ އުފާވާނެ ދުވަހެވެ. އަހަރުމެންގެ އާއިލާއާއި ރައްޓެހިންވެސް މިއުފަލުގައި ބައިވެރިވާން ކެތް މަދުވެފައި ވާނޭކަން އަހަރުމެންނަށް އެނގެއެވެ. މިތަނުން ދިއުމައްފަހު ދެން އޮތީ ހަވީރުގެ ޕާރޓީއަށް އެންމެ ރީއްޗަށް ނަލަހެދިލުމެވެ. އެއީ ފަހަށް ރައްކާކުރާނެ ރީތި ފޮޓޯތަކާ އުފާވެރި ހަނދާންތައް ފޮރުވާލެވޭނެ އެންމެ އުފާވެރި ވަގުތުތަކެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އިފްރާ 1

Next

ދިރުމެއްނެތް ދިރިއުޅުން 49

Next
November 9, 2023

ދިރުމެއްނެތް ދިރިއުޅުން 49

Previews
November 7, 2023

އިފްރާ 1

15 Comments!

  1. love imko 💕💕 says:
    November 8, 2023 at 5:18 am

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama
    Shaleen sis ah avas sifaa akah edhen
    Huriaa kudin imko ah avas sifaa dheene kama unmeedhu kuran

    1. Shaleen says:
      November 8, 2023 at 7:14 am

      Thanks imko.. next part ves Hama ready veehaa avahah up kolladheynan. In sha Allah.
      Thanks … Shaleen mihaaru kommes varakah rangalhu.
      Alhamdhu lillah
      Ummeedhu kuran imko ves v avaha ranaglhu vaane kamah

  2. Ifoo says:
    November 8, 2023 at 9:14 am

    Aww 😍.. Maasha Allah Vv reethi mi part vs❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah…
    Shaleen and imko ah vs avas sifaa akah edhn.. Take care 😊
    Once again mi Part Vv reethi 💯👍
    I’m Waiting for next part igey 😩

    1. Shaleen says:
      November 8, 2023 at 9:31 am

      Thanks ifoo
      Next part ves Hama veehaa avahah up kollan mi masakkai kuranee. In sha Allah.
      Again thanks.
      Yes please…
      V avahah next part ves kiyaalan libeyne in sha Allah.
      Shaleen innaanee mhr vhk ekkoh nimmaalaafa.
      Hama emme final checkings hadhaalaafa up kolladheynan.
      In sha Allah

    2. love imko 💕💕 says:
      November 8, 2023 at 12:35 pm

      Imko mihaaru kommeves varka you agalu

  3. vempire girl says:
    November 8, 2023 at 1:13 pm

    Maasha Allah mi part vx varah varah varah varah reethi 🤗 Next part konirakun???

    1. Shaleen says:
      November 8, 2023 at 2:55 pm

      Hi my girl
      Next part Hama final checking nimmaalaafa up kollaanee In sha Allah

    2. Shaleen says:
      November 8, 2023 at 2:57 pm

      Hi LIM
      Thanks for the comment.
      Inthizaaru kollamaa. Next part ves v avahah up kollaanan Insha Allah.
      Yes Avas shifa eh dhevvaane thikudhinge dua AA eki. In sha Allah.
      Once again thanks for supporting.

  4. LIM🖤 says:
    November 8, 2023 at 1:17 pm

    V reethi abadhu vx shaleen ge vhk thah 😘
    Waiting for the next part ♥️
    Shaleen and imko ah avx shifaa akah edhen☺️
    Ones again thank you for uploading

  5. Kokila says:
    November 8, 2023 at 3:10 pm

    Mi part ves v furihama v reethi♥️ but aharen umeedhu kuri gothakah noon mi vy aharen beynun vy naasif ah zeen liben💔 but hama story v salhi

    1. Shaleen says:
      November 8, 2023 at 5:30 pm

      Hi kokila..
      V bodah thanks thi dhevvi comment ah. 🤗
      Ohhhh no…. Kokila beynunvi gothah Naasif ah zeen nulibunee dho…
      Ekamves hingaaba alhe vaahakaige EMME FAHU JUMLA ahves inthizaaru kollan.
      Nenge Hama mi vaan ulhey gothei dho..?
      Shaleen Hama bunaanee kuriyah in 2 part ah inthizaaru kollaashey.
      Eyrun vaahaka innaanee ekkoh nimifa.
      Thanks support kuramunves vaahaka vidhaalhuvaatheeve.
      Story reethi kamah buneleema thanks dear.

  6. Lily_. says:
    November 8, 2023 at 3:25 pm

    Masha alllah
    Vrh vrh reeeethi inge❤️
    cmnt nukuriyas hama kiyaalin last 3 parts vx… Ekm vrh hithah eri siss lily ge comment akah vrh inthizaaru kuraaaney😭😭😔
    My loabivaa missss, U knowww mi dhuvas kolhuge gothun hama vrh busy vaanekan??😭
    Andd lily ge dhuaa aky vx shaleen siss ge haaalu avahah rangalhuvunn

    1. Shaleen says:
      November 8, 2023 at 5:37 pm

      Hi Lily..
      Thanks v bodah time eh nagaigen ves thihaa BZ koh ulhemuves comment eh kolleema.
      Asluves lily … Shaleen irukolhakaa chk kuran comment libifa indheytho. Ekam ves comment nulibeythee hithah eri Lily BZ kannenge. Shaleen ah dhen ingifa innanee Lily BZ Kan. Ekam ves v v v miss Lilyge comment naanna part thakuga.
      In sha Allah shaleen rangalhu vamun dhanee.
      Again thanks lily

  7. Nadhoo says:
    November 8, 2023 at 8:04 pm

    Alhey neheeee💔 heart broken ey mivy bichaara Naasif😭😭😭😭. Shaaleen vaahaka varah reethi. varah beley up vefa in tho♥️ nimeni ey dho

    1. Shaleen says:
      November 8, 2023 at 11:14 pm

      Nadhoo ….
      Hehe
      Haadha dhera ey dho alhe naasif ah mi veegothakun….😔
      Shaleenves vaahaka liyunas vaahaka mi liyan jehenee shaleen beynunvaa gothakah noon… Life ehga hingaa / hingaafaane Kan kamah visnaigen.
      So v v v undhagoo mi vhk GA v Gina parts liyunu iru. .

      Specially last 2 parts liyan v undhagoo feel vi.

      Thanks Nadhoo shaleen GE mi vhk ah support dhevvaathee.

      Yeah vhk dhen mihaaru neyvaa kolhah dhaa hisaabuga. Hehe.
      Nimeny
      In sha Allah

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 49←


All Right Reserved!