Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ކަލާގެ ހިނިތުންވުން 6

✨ IFAA ✨
✨ IFAA ✨ Level 110 Stories
November 4, 2023 2 Mins Read
2 Comments

*” އިޒޫ ޔޫ ލުކް ސޯ ބިޔުޓިފުލް” ކައިޒާން އިޒްހާ މޫނުގައި ފިރުމާ ލަމުން ބުނެލިއެވެ. “ދެން ޒާން މީހަކަށް ފެނިދާނެއޭ” އިޒްހާ ދުރުވެލަމުން ބުނެލި އެވެ. އަދި ގަޔާވިއެވެ.” ކައިޒާން… އިޒްހާ ؟ ވަޓްސް ދިސް ؟” ފަހަތުން އަޑެއް އިވުމާއެކު ކައިޒާން އާއި އިޒްހާ އަށް އެއްފަހަރާ ބަލައިލެވުނެވެ. ފަހަތުގައި ހުރި މީހުން ފެނި ދެމީހުން އަންތަރީސް ވިއެވެ. *

 

 

ފަހަތުގައި ހުރީ ކައިރާ އާއި ނައުފް އެވެ. “ނައުފް ވަޓްސް ދިސް” ކައިޒާން ނުވާކަމަކަށް ހަދާލާފައި އަހައިލިއެވެ.” ކައިޒާން ކޭން އައި ޓޯކް ޓު ޔޫ އިން ޕާރސަން” ނައުފް ކައިޒާން ގާތުގައި ބުނެލިއެވެ. ކައިޒާންދިޔައެވެ. “އޭތް ޒާން މަ ކައިރާ ދެކެ ލައިކް ވޭ އެކަމަކު އަދި ބުނާކަށް ބޭނުމެއް ނުވޭ އަދި އަހަރެން އޭނާއާ މީޓް ވީ “ނައުފް ބުނެލިއެވެ. “އޭތް ކައެ ހާދަ ބިރަކުން… މަ ވަލީ ދީފިން ތިމީހުންނަށް ” ކައިޒާން ހިނިގަނޑެއް ޖަހާލި އެވެ.

 

 

“ހިންގާ ދަމާ މިހާރު އެޔޮށް އަޞުރަށް ގޮވަނީ ” އިޒްހާ މިހެން ބުނުމުން ކައިޒާން އާއި ނައުފް އާއި ކައިރާ އަދި އިޒްހާ އާއި އެކު ކޭމްޕިން އޭރިއާ އަށް ދިޔައެވެ. “ކަލޯ ހަތަރު ކުދިން ކޮން ތާކަށް ގޮސްފަ ތިއައީ ؟” ހަނާ އެމީހުން ލަސް ވުމުން ބުނެލިއެވެ. “މިއައީ އެކޮޅު ތުނޑީ އިން ” އިޒްހާ ބުނެލިއެވެ.” މިއަދު ހަވީރު 5:30 ގައި ރަށަށް ފުރަން ހަމަޖެހިފައި އޮތީ އެއީ މާދަމާ ހެނދުނު މަންމަ އާދޭ އެންޑް ކައި ޖެހޭ ރަށުގައި ހުންނަން ” ކައިޒާން ބުނެލި އެވެ.” މި ލޯކަނަ ކުއްޖާ ގެންނަން ވެއްޖެވާ… މީނަ ނުލާ އާއި ނަމަ ވަރަށް ބޮލަށް ފަސޭހަ ވާނެ އަވަހަށް ދާކާށް ނުޖެހޭނެ ” ޔަލްވީ ގެ މި ބަސްތައް ކައިރާ އަށް އަޑު އިވުމުން އިސާހިތަކު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ނައުފް އަށް ކައިރާ ކަރުނަ އަޅާ ތަން ފެނުމުން ދިޔަގޮތައް ގޮސް ޔަލްވީ ކޯތާފަތް މަތީ ގައި އެތިފަހަރެއް އަޅުވައިލިއެވެ. ހަމަ އެއާއެކު ނިޔާޒް ވެސް ހުރީ އަތް މުއްކަވާލާގެން އެވެ.

 

“ވަރަށް ކެއްކޮށްފިން އެއްޗެކޭ ނުބުނަން އަދި ވަރަށް ކެއްކޮށްފިން ނުޖަހާވޭތޯވެސް އެކަމަކު ޔަލްވީ ތިއުޅެނިީ ސައިޒް އޮޅީގެން އެކުއްޖާ އެ ހާލު ޖެހުނީ ކަލޭ ގެ އެހިރަ މުޑުދާރު އެކުވެރިޔާ އާހެދި… އެއްބަނޑު ތިމާގަ މީހަކަށް ވީމާ ހައްތަހާވެސް އެއްޗެކޭ ނުބުނެ މިހުރީ ލަދެއް ނުގަނޭ ތި މުޑުދާރު ވައްތަރަށް ތެޅޭކަށް”ނައުފް ގާތަށް އައި ރުޅީގައި ޔަލްވީ އާއި ދިމާލަށް ބުނެލި އެވެ. “އަހަރެން ލަދުގަނޭ ތީނަ ތީ މަގޭ އާއިލާ މީހެކޭ ބުނަން އައްޗި ކަލޭ މަގޭ ބޮލަށް ވަދެ މަށާ ދޮންބެ އާ ދެމީހުން ވަކި ކުރީ މަށެއް ނުބަލާނަން ކަލޭ ތީ މަގޭ އާއިލާ މީހެއް ކަމަކަށް ” ނިޔާޒް މިހެން ބުނެފައި އަތިރިއައި ދިމާލަށް ހިންގައިގަތެވެ. އެންމެން ވެސް ޔަލްވީ އާއި ދިމާލަށް ޑިސަޕޮއިންޓްމެންޓް އާއި އެކު ބަލަފައި ދަބަސް ހަމަ ކުރަން ދިޔައެވެ.

 

ހަނާ ނިޔާޒް ގެ ފަހަތުން އަތިރިއަށް ދިޔައެވެ. ގޮނޑު ދޮށުގައި ނިޔާޒް އިނުމުން ހަނާ ގޮސް ނިޔާޒް ގާތުގައި އިށީންދެލިއެވެ. އަދި އެ މޫނަށް ބަލައިލި އެވެ. “ކާމް ޑައުން ނިޔާޒް… މިޔޯ؟ މޮޔަވީތަ ؟” ނިޔާޒް ގެ އަތުން ލޭ އައުމުން ހަނާ ބަލައިލިއެވެ. “ލީވް މީ އެލޯން ހަނާ އިޓްސް ނޮޓް ސޭފް” ނިޔާޒް މަޑުމަޑުން ބުނެލިއެވެ. “ދައްކާ އަތް އަންނަ ރުޅިއާއެކު އަމިއްލަ ނަފްސަށް އަނިޔާ ދޭން ޖެހޭތަ؟ ރޭ ވިހި ތުއްތު ބަބާ އެއްތަ ތީ؟” ހަނާ ނިޔާޒް އަތުގައި ހިފާ ލަމުން ބުނެލިއެވެ.

 

*************************

 

ހަވީރު ގެ ވަގުތެވެ. އެންމެން ވެސް އަވަދިނެތި ރަށަށް ދިއުމަށް ތައްޔާރު ވިއެވެ. ދޯންޏަށް ސާމާނު އެރުވުމަށް ފަހު އެންމެ ވެސް ގެއަށް ދިއުމުގެ އަޒުމުގައި އެ ފަޅު ރަށުން އަމިއްލަ ރަށަށް ފުރަން ނައްޓައިލިއެވެ. އެންމެ ވެސް ދަތުރު ވަރުބަލި ކަމާއެކު ގޮސް ރަށަށް އެރިއެވެ. އަދި އެމީހެއްގެ ސާމާނު ހިފައިގެން އެމީހެއްގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

 

ކައިރާ އާއި ކައިޒާން އަދި އިޒްހާ ގޮސް ގެއަށް ވަތް ތަނާހެން ސަހީމާ އާއި ކުރިމަތި ލާން ޖެހުނެވެ. “މަންމާ!؟” ކައިޒާން އަށް ހަމައެކަނި ބުނެވުނީ މިހެން އެވެ. ސަހީމާ ގެ އެ ރުޅި ވެރި މޫނު ފެނި ކައިޒާން އިސް ޖަހައިލިއެވެ.

 

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

އިއުލާނު

Next

ދިރުމެއްނެތް ދިރިއުޅުން 46

Next
November 5, 2023

ދިރުމެއްނެތް ދިރިއުޅުން 46

Previews
November 4, 2023

އިއުލާނު

2 Comments!

  1. LIM🖤 says:
    November 4, 2023 at 5:58 pm

    vrh reethi mi part vx 🥰❤️
    When is next part???

  2. love imko 💕💕 says:
    November 4, 2023 at 6:50 pm

    Vrh reeeeethii mi part vex
    Unmeedhu kuran next part kiyaalan libeeney kama

Comments are closed.

Next Episodeކަލާގެ ހިނިތުންވުން 7←


All Right Reserved!