Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ކަލާގެ ހިނިތުންވުން 5

✨ IFAA ✨
✨ IFAA ✨ Level 110 Stories
October 15, 2023 3 Mins Read
2 Comments

*”ކީއްވެހޭ ތި އެހީ ؟” ކައިޒާން އިޒްހާ ގެ އަތަށް ބާރުކުރަމުން އަހައިލިއެވެ. “އާން” އިޙްސާސް އެއް ނެތް ގޮތަކަށް އިޒްހާ ބުނެލިއެވެ.” އިޓްސް ބިކޯޒް އައި ލަވް ޔޫ” ކައިޒާން ބުނެލިއެވެ. *

“އައި ލަވް ޔޫ އޭ ؟! މަ ތީނަގެ މަންމަ ގެ ބެލުމުގެ ދަށަށް ދިޔަ ދުވަހުން ފެށިގެން ތީނަ އަހަންނަށް ދެމުން ދިޔައީ އަނިޔާ… ނުވިކަން މިއަދު މާ ލޯބި އަރައިގަނެގެން ތި އުޅެނީ ކީއްވެ ؟ އަހަރެން ވެސް ތީނަ ދެކެ ލޯބި ވޭ އެކަމަކު އަހަރެން ގެ ހިތަށް އަދިވެސް ދަނީ އަނިޔާ ލިބެމުން… އަހަރެން ފޫހި ވެއްޖެ ކައިޒާން ތި ލޯބި ތީ ހަމަ ފޭކް އެއް އަހަރެން މީ ތީނަ އާ ޔަލްވީ ގެ ޓާރގެޓް… އަހަރެއަހަރެން މީ ތީނަ ކުޅެން ގެންގުޅޭ ބުދައެއް ނޫ… ” އިސާހިތަކު އިޒްހާ ގެ ބަސް ތަށް ހުއްޓުނެވެ. ކައިޒާން ދިޔަ ގޮތަށް ގޮސް އިޒްހާގެ އުނަގަނޑުގައި އަތް ވަށައިލިއެވެ. އަދި އޭނާ އާއި ގަޔާ ކޮށްލި އެވެ.

މި ދެ ލޯބި ވެރިން އެތަކެއް މާތަށް ފުޅުވަމުން ދިޔައިރު މާ ދުރުނޫން ހިސާބެއްގައި ހުރި ޔަލްވީ ތުން ފިއްތާލި އެވެ. އަދި ކުދި ކިޔަމުން ގޮސް ކޭމްޕިން އޭރިއާ އަށް ދިއުމަށް ހިންގައިގަތެވެ.

**************

މެންދުރު ކެއުން ކެއްކުމަށް ހަނާ އާއި އިޒްހާ ދަނީ އަވަދިނެތި މަސައްކަތް ކުރަމުން އެވެ. “ކަނބުލޯ އިހަށް ތި އެއްތާ ހަމަ ޖެހިބަލަ” ނިޔާޒް އަނެއްކާވެސް ހަނާ އާއި ދިމާ ކުރަން ފެށި އެވެ. “ސަހާދަތެއް ހުވާ މަ މިބުނީ މި ސޮރު މަގޭ ކުރިމަތިން ދުރުކުރޭ” ހަނާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. “ޗިލް ބޭބީ ގާރލް! މަށެއް ނޫޅެމޭ ކަމަނަ ކައިލާކަށް” ނިޔާޒް މިހެން ބުނުމުން ހަމާ އޭނާގެ ފާވަން ކިބަ ނަގައި ނިޔާޒް ފުލުން ދުވަން ގެށިއެވެ.

“ހޫނު އެއްކަލަ ދެމީހުން ފެށީ ތި އިހައް މައިތިރި ވެބަލަ” ނައުފް މަޑުމަޑުން ބުނުމަށް ފަހު އެތާ ދޮންވެލިގަނޑު މަތީ އެކަނި ވެރި ކޮށް އިށީންދެލައިގެން ހުރި ކައިރާ އާއި ދިމާލަށް ދިޔައެވެ. އިސް ޖަހައިލައިގެން ހުރި ކައިރާ ފެނިފައި ނައުފް ގެ ހިތަށް އަރައިގެން ދިޔައީ އާދަޔާ ހިލާފު ތައްދެކެވެ. އެ ދެލޮލުން ވެއްޓެމުން ދިޔަ ކަރުނަތައް ފެނިފައި އެއަށް ވުރެ ބޮޑަށް ނައުފް ގެ ހިތަށް ވޭން އެޅި އެވެ. ނަަމަވެސް ފުން ނޭވާއެއް ލުމަށް ފަހު ކައިރާ ކައިރީ ގައި އިށީންދެލިއެވެ. “ކިހިނެއް ވެފަ ތިހުރީ؟” ނައުފް އަހައިލި އެވެ.

“ކިހާ ހިތް ގައިމު މި ރަށް ކޮންމެ ގޮތަކަށް ހުއްޓަސް ކޮންމެ ހާލެއްގައި ހުއްޓަސް ފާޑުކިޔާ މަލާމާތުގެ ބަސްތައް ބުނާ މީހުން އެއްނޫޅޭ… މިހާރު އެނބުރި ރަށަށް ދާނެ ހިތެއް ވެސް ނެތް އެކަމަކު މާދަން މަންމަ އެނބުރި ރަށަށް ދާނެ މަންމަ ގާތުގައި ނުވެސް އަހާ ޕިކްނިކް އައީ މަންމާ ރަށަށް ދިއުމުގެ ކުރިން އަހަރެން ރަށަށް ދާން ޖެހޭ… މި ރަށުގައި ނުކުރެވި ވަރަށް ބައިވަރު ކަންކަން އެބަ އޮތް” ކައިރާ ހިތުގައި އުފެދެމުން ދިޔަ ޝުޢޫރު ތައް ނައުފް އަށް ހިއްސާ ކޮށްލިއެވެ.

” އާދޭ ކާން!!! ” އިޒްހާ ގެ އަޑާއި އެކުގައި ދެމީހުން ދޭތެރޭ ގައި އޮތް ހަމަ ހިމޭން ކަން ނަގައިފިއެވެ. ނައުފް ކައިރާ ގޮވައިގެން ކޭންޕިން އޭރިޔާ އަށް ދިޔައެވެ.” ޔުއާރ މެޖެސްޓީ ޔޫ ލޫކް ރެވިޝިން ލީ ބުޔުޓިފުލް މައި ކުއީން” ނިޔާޒް ހަނާ އަށް ޖެއްސުމަށް ބުނެލި އެވެ.” މަގޭ އަނގައިން ގިނަ އެއްޗިސް ނުކިޔާ ތި މާތިރި ވެބަލަ ދޯ” ހަމަ ބޯހަލާކު ވާ ވަރު ވުމުން ބުނެލި އެވެ. އެންމެ ވެސް ކާ ނިންމުމަށް ފަހު ކައިރާ އާއި ނައުފް ފިޔަވައި އެންމެ ދިޔައީ ޕަޗަސް ކުޅޭންށެވެ.

” ކީއްވެ ޕަޗަސް ކުޅެން ނުދިޔައީ” މީހަކު ހުރި ކަމުގެ އިހްސާސް ކުރެވުމުން ކައިރާ އަހައިލި އެވެ. ” އެހާ ކުޅޭހިތްވާ އެއްޗެއް ނޫން އެއީކީ” ނައުފް ހަމަޖެހިލަމުން ބުނެލި އެވެ. މިގޮތަށް އޮލަވާހަކަ ދައްކަމުން ގޮސް ދެމީހުން އެކުވެރި ވިއެވެ.

******************

“ޖޫލީ! އައި ފައުންޑް ޔޫ ” ޖޫލިއާގެ އަތުގައި ހިފަމުން މަޔާން ބުނެލި އެވެ. “ދުލެއް ނުކުރާނަން ތަ ؟” ޖޫލިއާ އަހައިލިއެވެ.” ޖޫލީ ކީއްވެތަ އަހަރެންގެ ލޯބި ގަބޫލު ނުކުރަނީ އަހަރެން މީ ވަރަށް ގޯސް މީހަކީ ތަ… ޖޫލީ ތެދަށް ބުނެ ބަލަ ޑޫޔޫ ލަވް މީ ؟” މަޔާން ބުނެލިއެވެ.” މަޔާން ޔޫ ވޯންޓް އަންޑަސްޓޭންޑް….” “އައި ވޯންޓް އޭން އާންސާ” މަޔާން ކެއް މަދު ވެގެން ތަންކޮޅެއް ބާރަށް ބުނެލިއެވެ. “ޔެސް އާއި ލަވް ޔޫ އެކަމަކު ދޮންބެ މަށަށް ވޯނިން އަޅާފަ އޮތީ މަޔާން އާ ރައްޓެހި ވެއްޖިއާ އަހަރެން ހަނދާން ވެސް ނުފިލާނެ ފަދަ އަނިޔާ އެއް ދޭން… އައިމް ބީއިންގް ސޯލްޑް ޓު އަލޮޓް އޮފް ޕީޕަލްސް ދޮންބެ އަހަރެން ވިއްކާލާ ތަނަކުން ދާޕާޓޭ މީހަކަށް” ޖޫލިއާ ވާހަކަ ނިމުން އިރު ހުރީ ފެންކަޅިވެ ފައެވެ. މަޔާން ގެ ރުޅިގަނޑު އަރައިގަތެވެ. އަދި ޖޫލިއާގެ މޫނު ފޮރުވުމަށް ޖޫލިއާ ގަޔާ ކޮށްލިއެވެ.” ޖޫލީ އައި ޕްރޮމިސް އައި ވިލް ޕްރޮޓެކްޓް ޔޫ ” މަޔާން ޖޫލިއާ ގައިގައި ބައްދާލަމުން ބުނެލިއެވެ.

” އިޒޫ ޔޫ ލުކް ސޯ ބިޔުޓިފުލް” ކައިޒާން އިޒްހާ މޫނުގައި ފިރުމާ ލަމުން ބުނެލިއެވެ. “ދެން ޒާން މީހަކަށް ފެނިދާނެއޭ” އިޒްހާ ދުރުވެލަމުން ބުނެލި އެވެ. އަދި ގަޔާވިއެވެ.” ކައިޒާން… އިޒްހާ ؟ ވަޓްސް ދިސް ؟” ފަހަތުން އަޑެއް އިވުމާއެކު ކައިޒާން އާއި އިޒްހާ އަށް އެއްފަހަރާ ބަލައިލެވުނެވެ. ފަހަތުގައި ހުރި މީހުން ފެނި ދެމީހުން އަންތަރީޒް ވިއެވެ.

ނުނިމޭ –

I’m sorry for the late delay I got busy with my unit tests I hope you guys understand

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ބަދަލް

Next

ދިރުމެއްނެތް ދިރިއުޅުން 40

Next
October 15, 2023

ދިރުމެއްނެތް ދިރިއުޅުން 40

Previews
October 15, 2023

ބަދަލް

2 Comments!

  1. Rifoo says:
    October 15, 2023 at 10:30 pm

    Mi bai VX varah reethi Masha Allah.

  2. love imko 💕💕 says:
    October 16, 2023 at 9:02 am

    Mi part vex varha reethi

Comments are closed.

Next Episodeކަލާގެ ހިނިތުންވުން 6←


All Right Reserved!