މާޒީ 3
“އަޅުގަނޑުގެ މަންމަ އެއް ދުވަހަކުވެސް ނުފެނޭ… އެހެން ކުދިންގެ މަންމަ ފެންނަނިކޮަށް ވަރަށް ދެރަވޭ…” އާދިބްގެ ތުއްތު ތުއްތު އެ އަޑުގައި ވީ ހިތާމައެވެ. އެ ޖުމުލަ އިވުނު ކޮންމެ މީހަކަށް އަސަރު ކުރާނެކަން ގައިމެވެ. ބުނެވުނީ ކިހާ ބޮޑު އެއްޗެއްކަން ސާރާއަށް ވިސްނުނީދެނެވެ.
“ލާސްޓް ޓީޗަރސް ޑޭގަ ބުންޏެއްނު ޓީޗާސް އަކީ ސެކަންޑް ޕޭރެންޓސްއެއް ސޯ… މިސް އަކި އާދުގެ ސެކަންޑް މަމް އޭ..” ސާރާ ހީލަމުން އެހެން ބުނުމާއެކު އާދިންވެސް ހީލިއެވެ.
ސާރާއާދިން އާ ހަމަޔަށް ތިރިވެލާ ފޮޓޮއަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ހިޔާލަކަށް ގެއްލިފައި ހުރި އަނިލް ސާރާގެ ލޮލުގައި އަޅައިގަތެވެ. އެއްޗެކޭ ނުބުނީ ލަދުންނެވެ.
“ބައްޕީ… ތިރިވެބަލަ” އާދިން އަނިލްގެ އަތަށް ދަމާލުމުން ސިއްސާގެން ގޮސް އަނިލް ތިރިވިއެވެ.
ޕާޓީގެ ނިމެން ވެފައިވަނިކޮށް ސާރާ އަނިލްއަށް ގޮވައި ވަކިން ބައްދަލު ކުރިއެވެ.
“އާދުގެ ބައްޕަ އަށް އިނގޭތަ އާދު ކުލާހުގަ އުޅޭގޮތް.؟” ސާރާ ފުރަތަމަ ބޭނުންވީ އެކަން އިނގޭތޯ ބަލާށެވެ.
“ގޯސްކޮށް ކަމެއް ކުރީތަ؟.” އަނިލް ކޮށްލީ އިތުރު ސުވާލެކެވެ.
“އާދުގެ ބައްޕަ ކަމަށް ބެލެވެނީ ގޯހީ..” ސާރާ ވިސްނާލުމަށްފަހު ބުންޏެވެ.
“ކީއްވެ؟” އަނިލް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.
“އާދުގެ މަންމަ ކޮބާ؟”
“ނެތް… ދުނި…ޔެއަކު” ސާރާ އެހެން ބުނެ ނުނިމެނީސް އަނިލް ބުނެލިއެވެ.
“އޭޒް އަ ޓީޗަރ. އާދު އަށް ވަރަށް ބޮޑަށް އެކަމުގެ ސަބަބުން އަސަރު ކޮށްފަ ހުރިކަން ފާހަގަ ކޮށްލަން. ކުލާހުގަ އިންނަ އިރު ވާހަކައެއް ނުދައްކާ… ކުދިން ބުލީކޮށް ކަންތައް ކުރަނީ.. ވަރަށް އެސްކޭޕް ކުރަން އުޅޭކަން ފާހަގަކޮށްލަން.. ދެން އަހަރެން އަމިއްލަ ގޮތުން ބުނާނީ އެއީ މަންމައެއްގެ ލޯބި ނުލިބޭތީ ވާ ގޮތޭ.. ރޯންގް ކޮށް ނުނަގާތީ ސިންގަލް ޑޭޑް އަކަށް އެ ކުއްޖާއަށް ދޭން ޖެހޭ ވަރަށް ލޯތްބެއް ނުދެވޭނެ ހަގީގަތުގައި. އާދު މެންޓަލީ ރަނގަޅެއް ނޫން. އާދު ބޭނުންވޭ މިއަދު މައެއްގެ ލޯބި. ހޯޕް ޔޫ އަންޑަސްޓޭންޑް” ދެ ހަފްތާ ވަންދެން ހިފަހައްޓަލައިގެން ހުރި އެއްޗެއް ކިޔާދެވުމުން ސާރާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
“އޮކޭ” އަނިލް އެހުރިހާ އެއްޗަކަަށް ޖަވާބުދިނެވެ.
“ދޮންތާ މަންމަ ގުޅާބަ ލަސްވެގެން… ދާންވީނު.” ސާނިދު ދޯނާ ކުޅެމުން އެތާ ކައިރީ ހުއްޓިލަމުން ބުނެލިއެވެ. ސާރާވެސް ދެބަސް ވުމެއް ނެތި ސާނިދުއާއެކު ދާން ހިނގައިގަތެވެ.
“މިސް ދަނީތަ؟” ދޮރާ ހަމަވުމާއެކު އާދިން އައިސް ބައްދާގަތެވެ.
“ޔެސް.. ވިލް ސީޔާ ސޫން…” އާދިންގެ ކޮލުގައި ހިފައިލަމުން ސާރާ ބުނެލިއެވެ.އަދި ގެއިން ނިކުމެގެން ދިޔައެވެ.
“އަނިލް ސާރާ ވަރަށް ޔަންގްތަ؟” ޒައިން ހުރީ ސާރާ އެތަނުން ނުގޮސްގެން ކަންނޭނެގެވެ.
“ނޭނގެ” އަނިލް އެހެން ބުނުމަށްފަހު ސޯފާގައި އިށީނެވެ.
“އެއީ އާދު އާ ވަރަށް ގުޅާލައިގެން އުޅޭތީ…ހީވަނީ ވަރަށް އެކްސްޕީރިއެންސް ހުރިހެން…” ޒައިން އެބުނީވެސް ދޮގު ވާހަކައެއް ނުނެވެ.
“ހަޔާ.. އެފްބީގަ ސާޗްކޮށްލާފަ ބަލާލަބަލަ.”
“ކޮން ނަމެއްތަ ކިޔަނީ؟” ހަޔާ ބުބެލިއެވެ.
“ސާރާ… ޖެހީމަ ފެނިދާނުން.” ޒައިން ބުނެލިއެވެ.
“އޯހް.. ސާރާ ސާރިމް” ހަޔާއަށް ސާރާގެ އައިޑީ ހޯދުންވީ ފަސޭހަކަމަކަށެވެ.
“ޝީ އިޒް 24 އެއް.. މެރީ ވެސް ނުކުރެއް.” ހަޔާ ސާރާގެ އެފްބީ އައިޑީ ހާވާލިއެވެ.
“މޮޅު ކުއްޖެކޭ ދޯ…”
“ސާރާ ސާރިމް…؟” އަނިލް ކަންފަތުގައި ޖެހުނީ ސާރާގެ ފުރިހަމަ ނަން އެކަންޏެވެ.
“ހޫމް ސާރާ ސާރިމް” ޒައިން ޖަވާބުދިނީ ހައިރާންވެ އިނެއެވެ.
“ސާރިމްގެ ދަރިތަ އެ.؟ އަހަރުމެންނާ އެކީ ޕްރޮޖެކްޓް ހަދަން ބޭނުންވި ” އަނިލް ކުރަން ބޭނުންވި ސުވާލުކޮށްލިއެވެ.
“ޔެސް ޔެސް. ފޮޓޮއެއް އެބެން” ޒައިން ބުނެލިއެވެ.
***
ގެޔަށް ވަނެވުމާއެކު ފުންނޭވާއެއްލާ ސާރާ ގޮސް ކޮޓަރިއަށް ވަނީ މަންމަ ފެންނަން ނެތުމުންނެވެ. ގެ ކޮޓަރިއަށް ވަނުމާއެކު އެއްފައްޗަކަށް މެސެޖްގެ ނޮޓިފިކޭޝަން އަންނަން ފެށިއެވެ.
“ކަލޭ ހީކުރީ ސަލާމަތްވެވޭނެ ކަމަށްތަ؟”
“ހީނުކުރައްޗޭ އެހާ ފަސޭހައިން ދެވޭނޭ…”
ގޮތް ނޭނގޭ ނަންބަރަކުން މެސެޖް ކޮށްފައި ހުރިނަމަވެސް އެއީ ކާކުކަން ސާރާއަށް އެނގޭކަން މާގިނައިރެއް ނުނެގިއެވެ. ހިތުގެ ތެޅުން އަވަސްވެ މީހާ ގައިން ދާ ހިއްލާން ފެށިއެވެ.
އެންމެފަހުން ސާނިދު އަށް ގުޅައި އެވާހަކަ ބުނަން ނިންމީ ބައްޕަ ހާސްވެދާނެތީއެވެ.
“ދޮންތިގެ ރޫމްއަށް އާދެބަލަ.” ސާނިދު އަށް ގުޅާލުމަށްފަހު އެހެން ބުނުމަށްފަހު ސާރާ ވަގުތުން ފޯނު ކަނޑާލިއެވެ.
“މިއޮށް ދަންވަރު ކިހިނެއްވީ؟؟؟” ކޮޓަރިއަށް މިނެޓެއް ނުވެސް ސާނިދު އައީ ބިރުންނެވެ. ކަމެއް ވީކަމަށް ހީކޮށެވެ.
“ބަލާބަލަ.” ސާރާގެ ފޯނުން ޗެޓް ހުޅުވާލުމަށްފަހު ސާނިދުއަށް ދައްކާލިއެވެ.
“ވަޓް ދަ. އޭނާ އަނެއްކާވެސް ފެށީތަ” ސާނިދުގެ އަޑުގައިވީ ރުޅިވެރިކަމެވެ.
“ހޫމް.. ބައްޕަމެން ކައިރީ ނުބުނައްޗޭ އަދި ސާނިދު ވެސް އޭނައާ މީޓް ނުކުރާތި.! އިތުރަށް އުދަނގުލެއް ކޮށްފިއްޔާ…”
“އެކަމް ދޮންތާ… އޭނަ ދޮންތައަށް ކަމެއއ ކޮށްފާނެއްނު. ކުރިންވެސް ކިރިޔާނު ސަލާމަތްވީ..” ސާނިދުގެ ރުޅިވެރިކަމުގެ އެ އަޑު މިހާރު ވަނީ މަޑުމައިތިރި ކަމަށް ބަދަލުވެފައެވެ.
“ބައްޕަގެ ހޭޓާސް ގިނަވި ވަރަކަށް އަހަރުމެންނަށް އޭގެ އަސަރު ކުރަނީ. އެހެންވެ އޭ މަވެސް ބިޒްނަސް ދޫކޮށްލީ.. މަގޭ ދަރިންނަށްވެސް” ސާނިދުގެ ވާހަކަ ހުއްޓުވީ ސާރާއެވެ.
“އޭތް އޭތް.. ފަހަރިއެއް ހޯދާ ދިނީތަ؟” ސާރާއަށް ކުރިންވިޖަންތައް ހަނދާން ނެތުނެވެ. ސާނިދު ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.
“ކާކު؟؟؟” ސާރާ އިނީ ވަރަށް އުފާވެފައެވެ. ލިބެން އުޅޭ ފަހަރީގެ ގޮތް ނޭނގިގެން ކެތްމަދުވެފައެވެ.
“މި. އެލީޝާ.” ފޯނުން ފޮޓޮއެއް ދައްކާލަމުން ސާނިދު ބުނެލިއެވެ.
“ކޮން އިރަކު މަންމަމެން ކައިރީ ބުނަނީ…؟؟”
“ދޮންތި އަދި ނުބުނައްޗެ… އަހަރެން މާދަން ރޭ ގެންނާނަނަމޭ އޭނަ” ސާނިދު އެ ދިން ހަބަރުން ސާރާ މާ އުފާވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Vv reethi mi part vs Maasha Allah ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah.. Next part Thankolheh dhigukoh genas dheeba plx
Maasha Allah mi part ves varah varah reethi… Next part kiyaalan libeyny kon dhuvahakun??? And next part thankolheh dhigu koh genes dheyne kamah ummeedhu kuran….
Hi Ailessh sorry I didn’t see your second story
But I read your second story it is so beautiful and this story is also beautiful
Mi part vex varha reethi
Unmeedhu kuran next part kiyaalan libeeney kama
Thankolheh dhigukoh genas dhineeba
When next part kiyaalan libeynee???
Keehve Las vanee 😩