ފެށި ލޯބި އޮޔާ ދިޔުމުން 12 ( ފަހު ބައި )
ރިޝްވާން އަހަރެންގެ އިސް އުފުލާލާފައި އަހަރެންގެ ތުންފަތުގައި މަޑުމަޑުން ކިސްކޮށްލިއެވެ. ކުޑައިރުކޮޅަކުން ރިޝްވާން ދުރުވެލިއެވެ. ރިޝްވާން އަހަރެންގެ ބޮލުގައި ޖަހާފައި ހުރި ދަތިތައް ނައްޓަމުންދިޔައެވެ. ހުރިހާއެއްޗެއް ނެއްޓުމުން އަހަރެންގެ ބޮލަށް ފަސޭހަވެގެން ދިޔައެވެ. އަހަރެން ބައްދާލީމެވެ. ރިޝްވާންގެ އަތް ހަރަކާތް ކުރަމުން ދިޔައީ އަހަރެންގެ ހެދުމުގެ ހުރި ޒިބު ނެއްޓުމަށެވެ. އަހަރެން ލަދުން ދުރެވެލަން އުޅުމުން އަހަރެން ބަންޑުން އެނދުމައްޗަށް ވެއްޓުނެވެ. ރިޝްވާން ހީލާފައި އައިސް އަހަރެންގެ ކަނދުރާގައި ބޮސްދިނެވެ. އަހަރެން އަނެއްކާވެސް ދުރުވެލީމެވެ. ރިޝް ރެޑީ ނޫނިއްޔާ އަހަރެން އިންތިޒާރުކޮށްފާނަމޭ ބުނެ ރިޝްވާން ގޮސް ފާހާނާއަށް ވަނެވެ. ރިޝްވާން އެހެން ދިޔުމުން އަހަރެން ދެރަވިއެވެ. އަހަރެން ގޮސް ރިޝްވާންގެ ފަހަތުން ފާހާނާއަށް ވަނީމެވެ. އަހަރެން ލައިގެން އިން ބަރު ވެޑިން ޑްރެސް އާއެކު ފެން ވަރަން މާގަނޑު ދަށުގައި އިން ރިޝްވާންގެ ގައިގަ އަހަރެން ފުރަގަހުން ބައްދާލީމެވެ. އައިލަވްޔޫ ވާން އަހަރެން ބުނެލީމެވެ. “އައި ލަވްޔޫ ޓޫ ބޭބީ ރިޝް ހީކުރީތަ އެހާ ފަސޭހައިން އަހަރެން ރިޝް ދޫކޮށްލާނެކަމަށް މިރޭ އަހަރެން ހިތްފުރޭވަރު ވުމުން ނޫނީ ނުދެވޭނެ ދުރަކަށް ” އަހަރެންގެ ތެމިފައިވާ ވެޑިން ޑްރެސް ރިޝްވާން އަހަރެންގެ ހަށިގަނޑާ ވަކި ކޮށްލިއެވެ. ކުއްލިޔަކަށް ރިޝްވާން އަހަރެން އުރާލާއިގެން ގޮސް އެނދުގައި ބޭއްވިއެވެ. ތީ މިހާރު އަހަރެންގެ މީހެއް ރިޝްވާން އެހެން ބުނެލާފއި އަހަރެންނާ ކައިރިވެލިއެވެ. އަހަރެންވެސް ރިޝްވާންގެ ކޮންމެ އެދުމަކަށް އިޖާބަދެމުން ދިޔައީ އުފާލުންނެވެ.
ތިން އަހަރު ފަސް
ކައިވެނިކޮށްގެން ތިން މަސް ފަހުން އަހަރެމެން އާއިލާ އެއްކޮށް ލަންޑަނަށް ބަދަލުވީ އަހަރެން ކިޔެވުމަށެވެ. ރިޝްވާންގެ އިތުރުން އޭނާގެ މަންމަ އާއި ބައްޕަވެސް އަހަރެންނަށް ކިޔެވުމުގައި ހިތްވަރުދީ ހެދިއެވެ. ނިޝާންގެ ކަންތައް ކުރަނީ ވެސް އެހާލޯބިންނެވެ. ސްކޫލަށް ގެންގޮސް ބަލާ ދާނީ ރިޝްވާން އަދި ޤުރުއާން ކިޔަވާދީ ހަދާނީ މަންމަ އާއި ބައްޕަ އަހަރެންނަށް މިއަދު މިވަނީ ކޮލެޖުން ރީތި ވަނަޔަކާ އެކު ޑޮކްޓަރަކަށް ވެވިފައެވެ. މިހާރު އެންމެ އިންތިޒާރު ކުރެވެނީ ރާއްޖެ ދެވޭނެ ވަގުތަކަށެވެ. މަންމަ އާއި ބައްޕަ އަދި ކޮއްކޮމެން ކާރިޔަށެވެ. ރިފާ ކާރިޔަށެވެ. އަހަރެން ކިޔަވަން ބަދަލުވީތާ މާގިނަ ދުވަހެއް ނުވެ ކަނޑުމަތީގައި ދިމާވި ހާދިސާއެއްގައި އަހަރެންގެ ދޮންބައްޕަ ނިޔާވުމުން މަންމަ އާއި ކޮއްކޮމެންގެ ހުރިހާ ކަމެއް ވެސް ބެލީ ރިޝްވާންއެވެ. ދޮންބައްޕަގެ ޖަނާޒާއަށް ވެސް ރިޝްވާންގެ މަންމަ އަދި ބައްޕަވެސް ނިޝާން ގޮވައިގެން ދިޔައެވެ. އަހަރެން ގެ ޓެސްޓެއް އޮތުމުން ނުދެވުމުން އަހަރެން ވަރަށް ދެރަވިއެވެ. އަދި މީގެ އަހަރެއް ކުރިން މަންމަ އާއި އަހަރެންގެ އަސްލު ބައްޕަ ވަނީ ކައިވެނި ކޮށްފައެވެ. ބައްޕަ ކުރި އާދޭހަށް މަންމައަށް ވެސް ދެކޮޅު ހަދަން ނުކެރުނީ މަންމަވެސް އެންމެ ލޯބިވީ މީހަކީ އެއީ ކަމަށް ވުމުންނެވެ. އަހަރެން ގެ ދެ ކޮއްކޮމެން އަދި ކުޑަވީމާ ދޮންބައްޕަގެ ވިޔަފާރި ބެލުމާއި ދޮންބައްޕަގެ ބޭބެ އާއި ހަވާލުކުރީ މަންމަމެން މާލެ ބަދަލުވީ މާ މީހަކު އެކަންތައް ކުރަން ޖެހޭނެތީއެވެ.
ހުޅުލޭ އެއާރޕޯރޓުގައި ފްލައިޓް ޖެއްސުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އެތަށް ދުވަހަކަށް ފަހު އާއިލާ އާއި ބައްދަލު ވެވޭތީ އުފާވިއެވެ.
އަހަރެމެން ބަލާ އާއިލާގެ އެންމެން ވެސް އައިސް ތިއްބެވެ. އަހަރެން ގޮސް މަންމަގެ ގައިގަ ބައްދާލީމެވެ. މަންމައަށް އުފަލުން ރޮވުނެވެ.
“ދަރިފުޅުގެ ހުވަފެން ހަގީގަތަކަކަށްވީ ދޯ” މަންމަ އަހާލީ ރޮވިފައެވެ.
” އާން މަންމާ މީ މިހާރު ޑޮކްޓަރު ރިޝްމީ ” ޖަވާބު ދިނީ ރިޝްވާންއެވެ.
“ސާބަސް ރިފާ އަހަރެން ދިޔައީމާ އާބާދީ އިތުކުރު ކުރަން ދޯ ފެށީ” ރިފާގެ ފަސް މަސްވެފައިވާ ބަނޑުގައި އަހަރެން ފިރުމާލިމެވެ.
” އަސްލުވެސް ރިޝް އަދި އިނގޭތަ މި ފަހަރު ޓްވިންސް އޭ ”
“ވާވް ވެލް ޑަން އާލިމް” ރިޝްވާން އެހެން ބުނުމުން އާލިމް ލަދުން އިސްޖަހާލިއެވެ.
“ދަރިފުޅާ ރިޝްމީ ރިފާ އެއީ ދަރިފުޅުގެ ދައްތަ އޭ….ދައްތަ ކިޔާ ބަލަ” މަންމަ ބުނެލިއެވެ.
“ނޫން މަންމާ އަހަރެމެން މީ ބެސްޓް ފަރެންޑްސް އަދި ބެސްޓް ސިސްޓާސް” އެހެން ބުނެވުނީ އަހަރެންނާ ރިފާ އަށް އެކުއެކީގައެވެ.
“މީ ހަމަ ރަޝާދު ގެ ދެދަރި” މަންމަ ހީލާފައި ބުންޏެވެ.
މަންމަ ނިޝާން އުރާލިއެވެ. “މާމަގެ ލޯބީ….” އޭ ބުނުމުން ނިޝާން މަންމަގެ ގައިގަ ބައްދާލިއެވެ.
” މަންމާ ކޮބާތަ ރިހާމް އާއި ރިޔާމް؟ ” އަހަރެންނަށް އަހާލެވުނީ އަހަރެންގެ ކޮއްކޮމެން ނެތުމުންނެވެ.
ދަރިފުޅާ ދެކުދިން ވީ ސްކޫލުގައި ރިހާމް މިހާރު ގްރޭޑް 10 ގަ އަދި ރިޔާމް 8 އޭ އުޅެނީ އެހެންވެ މިހާރު ހަވީރުވެސް ދާންޖެހޭ ބައެއް ދުވަހު ސްކޫލަށް އެމީހުންނަކަށް ނޭންގޭނެ އެމީހުންގެ ދޮންތަ އަންނަކަމެއް ވެސް” މަންމަ ބުނެލިއެވެ.
މިތާ ތިބެތަ ހުރިހާ ވާހަކައެއް ދައްކާނީ ހިންގާ ބަލަ ގެޔަށް ދާން ރިޝްވާން ބުނެލިއެވެ.
އެންމެ އެއްކޮށް ކާރުގައި ދިޔައީ ރިޝްވާންމެންގެޔަށެވެ. ބައްޕަ ދިޔައީ ރިހާމްމެން ބަލާ ސްކޫލަށެވެ.
“ދޮންތާ” ސާ ބޯން ހުރި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން ދުވެފައި ގޮސް ވަދެގެން އައި ދެ ކޮއްކޮމެން ގައިގަ ބައްދާލީމެވެ. ” މިސްޔޫ ބޯތް ދޮންތަ ވަރަށް ހަދިޔާ ގެނައިން ” އަހަރެން ބުނީމެވެ
” މަންމާ މާށާﷲ ރިހާމް ހާދަ ސްމާރޓް އޭ ދުވަސް ކޮޅަކުން އަންނާނެ އަންހެން ކުދިން މަށަށް މަށަށް ކިޔަމުން” އަހަރެން އެހެން ބުނުމުން ރިހާމް ލަދުން އިސްޖަހާލިއެވެ.
” ހޫން އެއްކަލަ ދޮންތަ އަބަދުވެސް ދޮންބެ ރީތި ވާނީ އެ ހަމަ ދޮންތަޔާ ވައްތަރު ވީމަ އޭ”
ރިޔާމް ޝަކުވާކޮށްލިއެވެ.
” ދޮންތަ ގެ ޔާމް ވެސް މިހާރު ވަރަށް ހޭންޑްސަމް ވެއްޖެ ޔޭ މާ އަވަހަށް ބޮޑުނުވެ ބަލަ” އަހަރެން ބުނެލީމެވެ.
” ހޫން ދެން ހައްދަން އުޅޭނެކަމެއް ނެތޭ ” ރިޔާމް ބުނެލިއެވެ.
“ތުއްތުބޭ އިޒް ސޯ ކިއުޓް” ނިޝާން ބުނުމުން އެންމެންވެސް ހެވުނެވެ. އަހަރެން އެންމެނަށް ގެނައި ހަދިޔާތައް ދިނީމެވެ.
މަޖާ ކޮށް ސަކަރާތް ޖަހާ އެކަކު އަނެކަކާ ދިމާކޮށް ހެދުމަށް ފަހު އެންމެން ގެޔަށް ދިޔައެވެ.
ނިޝާން ނިންދަވާލާފައި އަހަރެން ގޮސް ބެލްކަނީގައި އިން ރިޝްވާންގެ ގައިގަ ބައްދާލިމެވެ.
“ވާން އައި ލަވްޔޫ”
“ރިޝް އަބަދުވެސް އަހަރެން ދެކެ ތިހެން ލޯބިވާތި އަހަރެންވެސް ވާނަން” އަހަރެން ބޯޖަހާލުމުން ރިޝްވާން އަހަރެން އޭނާގެ މެޔާލާ ފިއްތާލީ ވަރަށް ލޯބިންނެވެ.
މުޅި ދުނިޔެއަށް ސިއްރުން އަހަރެމެން ފެށި ލޯބި އޮޔާ ދަނިކޮށް އަހަރެމެން ދެމީހުންގެ ހިތްވަރުން އަހަރެމެންގެ ލޯބި މިވަނީ މިހާރު އަމާން ކަމުގެ އައސޭރިއަކަށް ގެނެވިފައެވެ.
-ނިމުނީ-
5 Comments!
Comments are closed.

Mi bai VX varah reethi..
Vvv Reethi mi vhk Maasha Allah ❤️.. Unmeedhu kuran nadhoo ge ehn vhk eh kiyaalan libeyne kamah 😊
Maasha Allah mi part ves varah varah reethi …. Ummeedhu kuran nadhoo ge aa vaahaka eh varah avahah kiyaalan libeyne kamah…🤗🤗🤗
I miss you so much nadhoo
Unmeedhu kuran AA vaahaka kiyaalan libeeney kama
I miss you nadhoo
Mi part vex varha reethi
Insha Allaah aa vaahakaeh varah avaha kiyaalan libeyne. thi dhehvi ehbaarulumah varah bondah shukuriyya