ދިރުމެއްނެތް ދިރިއުޅުން 29
“ނޫން ބައްޕާ!…. އަހަރެން ބޭނުން އެނގެން. ކާފަ ބައްޕަދެކެ އެވަރަށް ރުޅިއަންނަ ސަބަބު… އަހަރެން ބޭނުން އެނގެން ބައްޕައަށް ވީގޮތް…. އަހަރެންނަށް އެނގެން ބޭނުން ބައިވަރު އެއްޗެސް އެބަހުރި.” ވާހަކަތައް އަޑުއަހަން ޝަޢުގުވެރިވެފައިވާތީ އަހަރެން އިނީ ގޮތުގައެވެ. ރޮމުން ގިސްލަމުން ވެސް އަހަރެން ބޭނުންވަނީ މުހިއްމު ސުވާލުތަކެއްގެ ޖަވާބެވެ.
“ދަރިފުޅާ! ކާފަ އެވަރަށް ރުޅިއައީ…. ކާފައަކީ އަބަދުވެސް ރުޅިގަދަމީހެއް. ކާފަ ބޭނުން ނުވީ ރަށަށް އަރުވާލާފަހުރި މީހަކާ އާދިލް ކައިވެނި ކުރަން. ކާފައާއި ދަރިފުޅުގެ ބައްޕަ އާދިލްއަކީ މާތަނަވަސް ބައެއްނޫން. އެހެންވެ ޒީނިޔާކަހަލަ “ގޮތެއްފޮތެއް” ނެތިގެން އަރުވާލާފަ ހުރި “ވިޔާނުދާ” މީހަކާ އާދިލް އިންނަން ކާފަ ގަބޫލުނުވީ.” ވާހަކަތައް ކިޔައިދެމުން ދިޔައިރު ފަރީދު ދިޔައީ ޒީނިޔާއަށް އަންނަމުންދާ ބަދަލުތައް ދެނެގަންނަމުންނެވެ.
“ޒީންގެ ކާފަ އަބަދުވެސް ބޭނުންވީ އޯގާތެރި އަންހެނަކު އާދިލްއަށް ލިބުމަށްވުރެ ބޮޑަށް…. ރަހުމެއްނެތް މުއްސަންޖަކާ އާދިލް ދެވަން. އެއީ ޒީނިޔާ މިރަށަށް އައުމުގެ މާކުރިންވެސް ކާފަ ބޭނުންވިގޮތް. އެކަމަކު އެކަމާ އާދިލް އިންކާރުކޮށްކޮށްފަ އެންމެފަހުން އެއަންހެން މީހާއާ ދެކޮޅު ހަދަމުން ޒީނިޔާއާ ކައިވެނި ކުރީ. އެއީ އާދިލްއަށާ ޒީނިޔާއަށް ކާފަ ނަފްރަތު ކުރާ އެންމެ ބޮޑު ސަބަބު. ދެން އޮތީ…. ދެން ކިޔައިދޭން އޮތީ ޒީން ބައްޕަގެ ރަހުމްކުޑަ މަރުގެ ވާހަކަ…….” ފަރީދު ވާހަކަތައް ކިޔައިދެމުން ދިޔަވަރަކަށް ޒީންއާ ޒީނިޔާގެ ޝައުގުވެރިކަން ބޮޑުވަމުން ދިޔައެވެ. ރުއިމުގެ ތެރެއިން ހައިރާންވެގެން ކަރުނަ ފޮހެލަން މަޑުކޮށްލަންޖެހޭ ބައެއް ވަގުތުތައްވެސް ދިޔައެވެ.
“ކާފަ އައިސް އާދިލްކައިރި ބުނީ ދަރުކޮޅެއް ބަލާ ވަލަށް ދާން. އާދިލް ބުނި އަހަރެން ކައިރި ފަރީދުވެސް ދާންވާނޭ. އެކަމަކު ޒީންގެ ކާފަ އެކަމަކާ އެއްބަހެއްނުވި. ވަރަށް ގިނައިން އާދޭސް ކުރީމަވެސް، ކާފަ ބުނީ…. ކާފަ ބުނީ އަޑުއަހަން ތިބި މީހުންގެ ވިސްނުމާ ކުޅެލާކަހަލަ ވާހަކައެއް…. ކާފަ ބުނީ، ކުރިޔަށް އޮތް ދެގަޑިއިރު ތެރޭ ކޮންމެހެން ޒީނިޔާ ކައިރި މީހަކު ހުންނަން މަޖުބޫރޭ.” ފަރީދަށް ޝައްކުވާންފެށި ހިސާބުން އެހާދިސާގެ ވާހަކަތައް ކިޔައިދެމުން ދިޔައެވެ.
“ދެން ޒީންގެ ކާފަ ބުނީ … އަހަރެންގެ ހުއްދަނެތި އަހަންނަށް ދަރު ހޮވައިދޭނެ ކަމެއްނެތޭ. އެހެންކިޔާފަ ޒީންގެ ކާފަ ދިޔައީ. އެހެންވެ އަހަންނަށް ކޮންމެސް ވަރަކަށް ޝައްކުވި. ދެން އާދިލްއާ އޭނަބައްޕަ ދިޔަމަގުން ފާރަޔަށް އަހަންނާއެކު ޖުމްލަ ހަތަރު މީހުން ކާފަ ބުނި ގަޑިޔަށް ދިޔައީ. ފާރަލާން މަޖްބޫރުވީ އެކަހަލަ ގޮތަކަށް ކާފަގެ ވާހަކަތައް ހުރީމަ. ފާރަލެވުނުކަން އެއީ އަހަރުމެންގެ ނަސީބު.” ފަރީދު ކޮންމެސް ވަރަކަށް ކިޔައިދިނެވެ. އޭރުވެސް ޒީނިޔާ މޭގައި އަތް އަޅާލައިން އިނދެ ރޮނީއެވެ. ޒީންއާ ދިމާލަށް ބަލައިލުމަކީވެސް ޒީނިޔާއަށް ކުރަން ކެރޭވަރުގެ ކަމެއް ނޫނެވެ.
“ދަރިފުޅާ ޒީން! ބައްޕަ ތަކަންދޫއަށް ދިޔަ ސަބަބު މަންމައަށް އެނގުނީ މާފަހުން….. ދަރިފުޅު ވިހޭ ފަހުން އެރަށަށް….. ގޮސްފަ އައިސް، ބައްޕަ ކޮންމެސް ވަރަކަށް…… އެވާހަކަ ދައްކަން ފެށި. މަންމައާ ފަރީދު ބައްޕައާ….. ތިއްބަ އެވާހަކަ ކިޔައިދިނީ…. ޒީން! ޒީންގެ ބައްޕަ ގަތުލްވުމުގެ ދެ…..ދެ ދުވަސް ކުރިން ކާން އިނދެފަ މަންމަގާތު ބުނީ….. މަގޭ ޒީން މީހަކާ އިންނަ ދުވަހެއް ފެނިއްޖެއްޔާ،…… އެމަންޖެގެ ކައިވެނި ކުރުވަން ކޮންމެހެންވެސް ބޭނުންވަނީ…… ތިމަންނަ ރައްޓެހި ވަހީދުގެ ދަރިފުޅާއޭ… އާދިލް ބުނި ތިމަންނަ ދު….. ދުނިޔޭގަ ނެތަސް މިކަން ކޮށްދެއްޗޭ…. އާދިލް ބުނި ގޮތުން…… އޭރު އެފިރިހެން ކުއްޖާގެ އުމުރުން ދިހަ….ދިހައަހަރު ވެފަހުރީ.” ޒީނިޔާ ކޮންމެސް ވަރަކަށް ޒީންއަށް ކިޔައިދިނެވެ. އެއީ ޒީންގެ ހަޔާތުގެ މަޖްބޫރީ ހާލަތު ފެށުނު ގޮތެވެ.
އެވާހަކަތައް އަޑުއަހަމުން ދިޔައިރު އަހަރެން އިނީ ހައިރާންވެފައިވާ. ބައްޕަ އެވަރުގެ ކަމެއް ކުރަން މަންމަގާތު އެދުނު ސަބަބު އަދިވެސް އަހަންނަކަށް ނޭނގެއެވެ. ރައްޓެއްސެއް ކަމުގައިވާ ކޮންމެ މީހަކަށް ދޭންވާ ހައްގަކީ އަނެކާގެ ދިރިއުޅުން ހެއްޔެވެ؟ މިވެސް ރައްޓެހިންނަށް ދޭންވާނެ އިނާމު ހެއްޔެވެ؟ މިއީ މައިންބަފައިން އެމީހުންގެ ދަރިންނަށްޓަކާ ކުރަން އެންމެ ރަނގަޅު ކަމެއް ހެއްޔެވެ؟ ދަރިންގެ ދިރުން ގުޅިފައިވާ އެދަރިންގެ މުސްތަޤްބަލް ބަނަކޮށްލުންހެއްޔެވެ؟ އަހަރެން މިދުނިޔެއަށް ނޭވާ ލާންޖެހުނީވެސް ކަސްތޮޅު އެޅިފައިވާ މީހެއްފަދައިންނެވެ. އަހަރެންގެ ސިކުނޑިން ތަފާތު އެތައްކަމެއް އަހަންނަށް އުނދަގޫ ކުރަމުން ދިޔައެވެ.
އަހަރެންގެ ހަށިގަނޑުގައި މިވަގުތު ހިނގަނީ ކޮންކޮން އިހްސާސެއްކަން ބުނެދޭން އަހަންނަށްވެސް ދައްޗެވެ. އެ އިހްސާސަކީ އުފާވުންނަމަ، އަހަރެން އުފާވާންވީ މިވާހަކަތައް އެނގުނީތީހެއްޔެވެ؟ އެ އިހްސާސަކީ ހިތާމަނަމަ، އަހަރެން ހިތާމަކުރަން ނުޖެހޭ ކަމެއް މީގައި ވޭހެއްޔެވެ؟ އެ އިހްސާސަކީ ބިރުގަތުންނަމަ، އަހަރެންގެ ދިރިއުޅުން އެހެން މީހެއްގެ އަތްދަށަށް ދާތީ، އަހަރެން ބިރު ނުގަންނާނެހެއްޔެވެ؟ އެ އިހްސާސަކީ ކެކުޅުންނަމަ، އަހަރެން ވޭނުގައި އުޅެންޖެހޭ އެތައް ސަބަބެއް ވޭނޫންހެއްޔެވެ؟ އެ އިހްސާސަކީ ހިތްހަމަޖެހުންނަމަ، މިކަންކަމުގެ ސަބަބުން އަހަރެންގެ މުޅި ހަޔާތުގައި ލިބޭނެ ހިތްހަމަޖެހުމެއް ވޭހެއްޔެވެ؟ މިހުރިހާ ކަމެއް އަހަރެންގެ ހަށިގަނޑުގައި ހިނގާއިރު އަހަރެންގެ މިނިވަންކަން ކޮބާހެއްޔެވެ؟ އަހަރެން ބޯގޮވަން ކައިރިވެއްޖެއެވެ. އަހަރެންގެ ސިކުނޑިއަށް ސަވާރުވަމުންދާ ހުރިހާ ވިސްނުންތައް އުފުލާނެ ހިއްވަރު އަހަރެންގެ ހަށިގަނޑަކު ނެތެވެ.
“ކޮބާ ނޫޅެންތަ އިތުރަށް ކިޔަވަން މާލެދާކަށް؟ މިރަށުން ދެން މާރަނގަޅަށް ކިޔެވެނީކީވެސް ނޫނެއްނު. މި ސައިތަށި ބޮއެގެން އަހަރެން މާލެދާން މިއުޅެނީ… ކިޔަވަން ބޭނުމިއްޔާ ރައްޓެއްސެއް ކައިރިން ބުނެގެން އިޝާލްއަށް ކިޔެވުމާ ހުރުމުގެ ކަންކަން ހަމަޖައްސަދީފާނަން.” ސައިތަށި ނަގާ އަނގައިގަ ޖަހާލަމުން ނާސިފް ވާހަކަދެއްކީ އިޝާލްއާއެވެ.
“ސަހީމައްތައާ ޚާލިދުބެވެސް މިކިޔަނީ އިޝާލްކައިރި ދެން މާލެދާންވީ ނޫންހޭ ކިޔަވަން. ޖީސީއީގެ ނަތީޖާވެސް ރަނގަޅެއް ނޫންވިއްޔަ. ގޮސް ކޮންމެސް ކޯހެއް ހަދާލީމަ ވަޒީފާތަކާ އެއްޗެސް ހޯދަން ފަސޭހަވާނީ. ނަސޭހަތް ދިނަސް އިޝާލް ބޭނުމެއްނުވެ ދާކަށް.” ބިސްގަނޑު ލާފައިވާ ތަށި އިޝާލްއާ ކައިރިކޮށްލަމުން ސަހީމާ ބުންޏެވެ.
“އާނ.. އަދި ނުވޭ ދާކަށް. ދެއަހަރެއްވަރު މިހެން ހުރެލާފަކަންނޭނގެ މާލެ ދާންވީ. އެހެން ނޫނަސް ދެން އަހަރެން ކިޔަވާހިތެއް ނެތް.” ބިސްގަނޑުގައި ސަމުސާ ކާއްތާލަމުން އިޝާލް ބޭނުންވާގޮތް ހާމަކޮށްލިއެވެ.
“އެބުނީނު…. އެކަމު ނާސިފަށް އެނގޭތަ؟ އިޝާލްމީ ޖީސީއީ ނޫން ހުރިހާ އިމްތިހާނަކުން ކްލާހުން އެއްވަނަ ގެންނައި ކުއްޖެއް.” ސަހީމާ ކިޔައިދިނެވެ.
“ދެން…. ދެން ކިހިނެއްތިވީ މިފަހަރު.؟ ހާދަ ހީނުކުރާކަހަލަ ކަމެއް” ނާސިފް ހައިރާންވެފައި ސުވާލު ކޮށްލިއެވެ. އެއަށްފަހު ފެންތަށި ނަގާ ބޯންފެށިއެވެ.
“އިޝާލްއަށް ވީގޮތަކީ އަންހެން ކުއްޖެއްގެ ކަންތަކާ މާބޮޑަށް އުޅެން ހަދައިގެން ކިޔެވުނު އެއްޗިހިމަތިން ޓެސްޓުގަ ހަނދާންނެތީ. އެންމެފަހުން ކޮންތާކު މިޖެހުނީ؟…. އެކުއްޖަ ވާހަކަ ދައްކަނީ އެއްނޫން.. ކިޔެވި އެއްޗަކުން ފާސްވީއެއްނޫން. އިޝާލްއަކަށްނު ހުރިހާ ދެރައެއް މިލިބުނީ.” ނާސިފްއާ އިޝާލް ސައިބުއި ތަށިތައް އެއްތަން ކުރަމުން ސަހީމާ ވާހަކަދެއްކިއެވެ.
“ނާސިފް… ނާސިފް…އަވަހަށް އާދޭ.” ފުރަން ނުކުންނަންވީކަން އިޢުލާން ކުރަމުން ޚާލިދު ގޮވިއެވެ
“ސަހީމައްތާ! އަހަރެން ދެން ދަނީ ފުރަން…. އަންހެން ކުދިންގެ ވާހަކަ ދައްކަން އިޝާލްކައިރި މަޑުކުރެވޭކަށްނެތް. ހިތްހެޔޮކުރާތި އިނގޭ. ނޭނގެ ދެން އަވަހަށް ދިމާވާނެ ކަމެއްވެސް. އެކަމު ކޮންމެސް ދުވަހަކުން ކައިވެނި ޕާޓީއަށް ކިޔާނަން. ހެހެހެ.” ނާސިފް ހިނގައިގަތީ އިޝާލްގެ ކޮނޑުގައި ދެފަހަރަކު ޖަހާލުމަށްފަހުއެވެ.
“ދަރިފުޅާ ޒީން! މަންމަ އެތާ ކައިރި…….. ގެއެއްގަ ބައިންދާފަ، މި ބައްޕަމެން ދިޔައީ ވަލަށް….. ކާފަ އާދިލް ކައިރި ބުނިގަޑިޔަށްވުރެން ފަރީދުމެންނަށް…. ދެވުނުއިރު ލަސްވީ ކުޑަކުޑަ މިނެޓްކޮޅެ. އެތަނަށް ދެވުނު….. ދެވުނުއިރު….. އޭރު ޒީންގެ ބައްޕަގެ ކަ……ކަރުގަ ބެދިފައި އިން ވާގަ……..ވާގަނޑާއެކު ބިމުން މައްޗަށް……… އަރައިން ގޮސް ގަހުގަ އެލި…….އެލިފައޮއްވާ ފަރީދުމެންނަށް ފެނުނީ.” ޒީނިޔާ ކިޔައިދިނެވެ. ވަރަށް ހިތްވަރު ކުރަމުންނެވެ.
“އެދުހު، މަންމައަށް އެކަން….. އެކަން އެނގުމާއެކު ކުއްލި….. ކުއްލިޔަކަށް ހޭނެތުނީމަ….ސިއްހީ މަރުކަޒުގަ އެނދުމަތިކުރީ…… ޒީން… މަންމަ……މަންމަމީ ހިތުގެ ބަލިމީހެއް. އަހަރެންގެ……ހަށިގަނޑުގަ ކެތްނުކުރެވޭ ފަދަ ވޭ….ވޭނެއް އަޅަންފަށައިފި… ދެން މިވާހަކަތައް ކިޔައިދޭނެ ހިތްވަރު……އަހަރެންގެ ގަޔަކުނެތް.” ޒީނިޔާގެ ވާހަކަތައް އެހިސާބަށް ދިޔައިރު އޭނާގެ ހާލު ދަށްވާން ފަށައިފިއެވެ.
ޒީނިޔާ މޭގައި އަތްއަޅައިން އިނދެ ރޮމުން ގެންދިޔައީ އަޅަމުންދާ ވޭނަށް ކެތްކުރަން ދަތިހާލުގައެވެ. ޒީނިޔާގެ ވާހަކަތައް ނުނިމުނަސް މިވަގުތު އެވާހަކަތައް ހުއްޓާލަން ޒީނިޔާއަށް މަޖުބޫރެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Varah reeethi mi part vxx❤️
Thanks for the comment Aluu.
Next part next Monday GA in sha allah
I love this story
When Is next part 💕
imko!!
Next part ah inthizaaru kollahvaa
Next part Monday GA in sha Allah
Vv reethi Mi part vs.. When next part?
Thanks a lot ifoo
V ufaavejje vaahaka reehchey buneleema.
Next part inee Monday GA in sha Allah.
Inthizaaru kollahvaa 😊
Adhives vhk thankolheh dhikoh genas dheeba plxx 😩
Hey ifoo
aslu Eba balan vaahaka dhigu kuraan. Ekam liye nimifa in vaahaka eh noon veema Hama undhagulee ehaabodahves dhigukoh genesdheyn..
Komme part ehves hama dhuvahah aslu mi liyelanee… Ehnveema time schedule innagothunnaa eki vaagothei.
Dhen ekamves balaanan adhives miyahvure maa dhigu nukurevunas thankolhei dhiyukolleveytho in sha Allah..
Ifoo ehen bunelaathee shaleen Hama v visnan parts dhigukollan ingey.
Thanks a lot dear ❤️