އިންތިޒާރު 10 (ފަހުބައި)
އެމީހުން ދިޔުމުން އަހަރެން ގެއައްދާން ހިނގައިގަތީމެއެވެ. ކުޑަތަންކޮޅަކަށް ގޮސް އަހަރެން ފަސް އެނބުރި ބަލާލީމެވެ..އޭރު އަބާން އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ…އަހަރެންނަށް ރޮވެންފެށުމުން އަނެއްފަރާތައް އެބުރުނީމެވެ…ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އަބާން އަހަރެންނާ ވާހަކައެއް ނުދައްކައެވެ….އިބާ ކައިރިޔަށް ދުވާލަކު އެތައްފަހަރަކު އާދޭ އެކަމަކު މިހާރު އަބާންގެ ހިތުގައި އަހަރެންނަށް އެއްވެސް ޖާގައެއް ނުވާ ފަދަ އެވެ…އެހެންވެ އަހަރެންވެސް އަބާން ހުންނަގަޑީގައި ބޭރަށް ނުނިކުމެވޭތޯ ބަލަމެވެ…އަނބުރާ އައުމަށް އެދި އެނީ އާއި އަމަންވެސް މިހާރު ކިޔަނީ އެހާވަރަށެވެ. އެކަމަކުވެސް އަބާން އާއި އިބާ ދުރުކުރަން ނޭދޭތީ އަހަރެން މަޑުކޮށްގެން ހުރި ނަމަވެސް އޮފީހުން ނެގި ޗުއްޓީވެސް ހަމަވާތީ ދާން ޖެހޭނެއެވެ. އަހަރެން އަބާން އާއި ވާހަކަ ދައްކަން ނިންމީމެވެ….އެދުވަހު ހަވީރު އަހަރެން އަބާންމެން ގެޔަށް ދިޔައީމެވެ… އަހަރެން ގޮސް ރޫމަށް ވަންތަން ފެނިފައި އަބާން އަތުގައި ހުރި އެއްޗިހި ތައް ބާލީސްދަށަށްލާ ފޮރުވިއެވެ…އަހަރެން އެކަމަކަށް މާ ސަމާލުކަމެއް ނުދެމެވެ…އިބާ ގޮސް އަބާންގެ ފައިގަ ބައްދާލިއެވެ….އަބާން އިބާ އުރާލިއެވެ…
ކިހިނެތް ވީ މި ގެއައް ތި އައީ؟ އަބާން އަހާލިއެވެ.. އެ ދުރު ހިލޭކަމުން އަހަރެންގެ ހިތުގައި ރިއްސާލިއެވެ… އަބާން އަހަރެން އެބަޖެހޭ ހިންނަވަރަށްދާން މާގިނަ ދުވަސް ނުގޮސް މަޑުކޮށްފިއްޔާ ވަޒީފާއިން ކަނޑާލާނެ….ވަޒީފާއިން ކަނޑާލައިފީއްޔާ އަހަރެންގެ ކިޔެވުން އަދި އިބާގެ ކަންތައް ކުރާނެ ގޮތެއް ނުހުންނާނެއެވެ. އަބާން ބޭނުން އިރަކު އިބާ ކާރިޔަށް އަންނަންވީ….ބައްދަލުކުރެވޭނެ. އަހަރެން ބުނެލީމެވެ…
ސޯ މިފަހަރު ކީއްވެ ތި ބުނީ ކުރިން ދިޔަ ގޮތައް ފިލައިގެން ނު ދިޔައީ ކީއްވެ….؟
އަބާން ޕްލީޒް ދެން އެ ވާހަކަތައް ނުދައްކަބަލަ…އަހަރެން ބުނެލީމެވެ…
“ދައްކާނަން ކީއްވެ ނުދައްކަންވީ ޒައިނީ އަހަރެންގެ މުޅި ދިރި އުޅުން އެފުން މިފުށަށް ޖަހާލިއިރު އެއްވެސް އެއްޗެކޭ ހިތައް ނާރާތަ؟ ”
އަހަރެންގެ ހިތުގަ އަޅާވެން އަހަރެންނަށް އިނގޭ…..އަބީ ތި ރުޅިއަންނަނީ އަހަރެން އަބީ ގެ ކުށެއްނެތި ދުރުވީމާ……އަހަރެންމީ އެއްވެސް ކުށެއް ނެތް މީހަކަށް އަދަބު ދިން މީހާ……އަހަރެން ހިތަށް އެއްޗެއް ނާރާނެ؟ ވަރަށް ގިނަ އެއްޗިހި އަރާ……ވަރަށް ހިތުގައި ޖެހޭ….އެހާލޯބި ވާއިރުވެސް އަބީ އާ ދުރަށް ދާން ޖެހޭތީ ހިތްފަޅައިގެން ދާވަރުވޭ އެކަމަކު ކީއްކުރާނީ…..އަބީ ބޭނުން ވަނީ މިހާރު އަހަރެން ދާކަށެއް ނު…އަހަރެންނަށް ރޮވެންފެށިއެވެ އަހަރެން އަބާންގެ ފައި ކައިރީ ބިންމަތީގައި އިށީނދެލީމެވެ…އަބީ ހެޔޮ ނުވާނެ އަހަރެންނާ ވާހަކަ ނުދެއްކިޔަސް އަހަރެން ތި ލައިފްގަ އެކްސެޕްޓް ނުކުރިޔަސް އަހަރެންނަށް މާފުކޮށްދީ…..އަހަރެން ވަރަށް ދެރަވޭ އަހަރެންނަށް ކުރެވުނު ކަންތަކާ…
އަހަރެންނަށް މާފު ހައްގު ނުވާ ކަންވެސް އިނގޭ….ރުޅި އައިސްގެން ހަޅޭލެވިޔަސް އެންމެ ރަގަޅު… އަބީ ޕްލީޒް ފޮގިވް މީ….. އަހަރެން އަބާންގެ އަތުގައި ދެ އަތުން ހިފާލީމެއެވެ. މިފަހަރު އަބާން އަތްފޮޅުވައެއް ނުލައެވެ. ކުއްލިޔަކަށް އަހަރެން ކައިރިޔަށް އެނދުމަތިން އެއްޗެއް ވެއްޓުނެވެ… އަހަރެން ނަގާ ބަލާލީމެވެ…. ވެޑިންޑްރެސްގައި ހުރި އަހަރެންގެ ފޮޓޯއެކެވެ… އަހަރެން އަބާން އާއި ދިމާލަށް ބަލާލީމެވެ…އަބާން އެއްވެސް އެއްޗެކޭ ނުބުނެއެވެ…އަހަރެން އެނދުމަތި ބަލާލިއިރު ހުރި އަހަރެމެންގެ ކައިވެނީގެ ފޮޓޯތަކެވެ….އަހަރެން އަދި އެފޮޓޯތައް ނުވެސް ދެކެމެވެ….އަހަރެން އައުމުން އަބާން ފޮރިވި އެއްޗިހި ތައް އިބާ ބޭރަށް ނެރުނީއެވެ….އަހަރެން ފޮޓޯތައް ބެލީމެވެ…ވަރަށް ރީއްޗެވެ… އަހަރެން އަބާން ކައިރިޔަށް ގޮސް ހުއްޓުނީމެވެ…. އަބާން އަހަރެން މަތިން ހަނދާން ވޭތަ؟
ނުވޭ އަބާން ބުނެލީ މަޑުމަޑުންނެވެ…
އަބާން ދެން ކީއްވެ މި ފޮޓޯތައް މިތާ މިހިރީ؟ އަދި އަހަރެންގެ ގެ ހަދައިގެން އެ ގޭގައި ތި އުޅޭނީ؟ ގެއައް ނަންވެސް އަހަރެމެން ދެމީހުންގެ ނަމުން ދިނީ ކީއްވެ؟
އަހަރެން ނުޖެހޭނެ ޒައިނީގެ އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް….އަބާން ބުނެލިއެވެ.
އަބާން ދެން ތި ރުޅި މައިތިރިކޮށްލުމަށް ފަހު އަހަރެންނަށް މާފޮކޮށްބަލަ…އަހަރެން ބޭނުމީ އަބާން އާ އެކު އުޅެން…އަބާން ބޭނުންނަމަ ކޮންމެ އަދަބެއް ދިނަސް އަހަރެން ހިތުން ރުހުމުން ގަބޫލުކުރާނަން….އަހަރެން އަދިވެސް އަބާންދެކެ ވަރަށް ލޯބިވޭ…..އިނގޭ އަބާންވެސް ލޯބިވާކަން ލޯބި ނުވާނަމަ މި ފޮޓޯތައް މިތާކު ނުހުންނާނެ…..ޕްލީޒް އަބީ އަހަރެންނަށް މާފުކުރޭ…..
“ޕްލީޒް އަބީ” ފަހަތުން އިވިގެން ދިޔަ އިބާގެ އަޑުން އަހަރެމެން ދެމީހުންނަށް އެއްކޮށް ބާލާލެވުނެވެ… ދެމީހުންނަށް އިބާ ކާރިޔަށް ދެވުނީ އެއްކޮށްނެވެ…އަބާން އިބާ އުރާލިއެވެ…ބައްޕިގެ ދޫނީ…އަބީ ނުކިޔާތި އެއީ ހޯ ހޯ ކަމެއް……އަބާން ބުނެލީ ލޯބިން އިބާގެ ކޮލުގައި ބޮސްދެމުންނެވެ….އެވަގުތު އަމަން ގުޅިއެވެ…
ކީކޭ އަމަން….؟ ހެނދުނު 6 ޖަހާއިރު ދާނަން ޒައިނީމެން ބަލާ…..އަމަން ބުނެލިއެވެ.
އޯކޭ އަމަން އަހަރެމެން ތިބޭނަން ރެޑިވެގެން….އަހަރެން ފޯނު ކަނޑާލި އިރު އަބާން ހުރީ އަހަންނާ ދިމާލަށް ބަލާށެވެ….އެބެލުމުން މާނަކުރަންވީ ކޯޗެއްކަމެއް ނޭގުނެވެ….އަހަރެން އަބާންގެ އަތުގައި ހުރި އިބާ އުރާލައިގެން ނިކުންނަން ހިންގައިގަތީމެވެ….އަނެއްކާވެސް ފަހަތަށް ބަލާލެވުނީ އަބާންގެ ފަރާޓުން އިޝާރާތެއްވޭތޯ އެވެ… ނަމަވެސް 15 ވަރަކަށް މިނެޓް ވީ އިރުވެސް އެއްވެސް އެއްޗެކޭ ނުބުނުމުން……ބާއި އަބީ…. އަހަރެން ބުނެލީމެވެ….އަހަރެންގެ ފަހަތުން އިބާވެސް ހަމަ ބާއި އަބީ ބުނެލިއެވެ…ކުޑަ ތަންކޮޅަކަށް ގޮއްސަ އިބާގެ ފެންފުޅި ބާއްވާފައި އާދެވުމުން އަނބުރާލާފައި އަހަރެން ގޮސް ވަން އިރު އަހަރެންނަށް އިވުނީ އަބާންގެ ގިސްލުމެއްގެ އަޑެވެ. އެ އަޑުއިވުމުން އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ…އަބީ އަހަރެން ގޮސް ދޮރުމައްޗައް އަރާ ގޮވާލީމެވެ….އިބާ ބިންމަތީގައި ބަހައްޓާފައި ގޮސް އަބާން އިށީނދެގެން އިން ސޯފާގައި އަބާންގެ ކައިރީގައި އިށީނީމެވެ…
ތިހާ ލޯބި ވާއިރު ކީއްވެ ތި ފޮނުވާލަނީ؟ ބުނެބަލަ ނުދާށޭ ތިމަންނަ އިބާ އާ އަހަރެންގެ ހުރިހާކަމެއް ބަލާނަމޭ…..ޖަވާބު ދީބަލަ އަބާން…..އަބީ… އަހަރެން ބާރަށް ގޮވީމެވެ..ނަމަވެސް އަބާން އެއްވެސް އެއްޗެކޭ ނުބުނިއެވެ….
ފައިން އަބި ހުރޭ އަބީގެ ގޮތުގަ މިގެއިން ނެރެލިޔަސް ދެން ނުދާނަން އަބީ ދޫކޮށްލާފައެއް…..އެއްބަސް ނުވިޔަސް ތިހާ ލޯބިވާ މީހަކު ދޫކޮށްލާފަދެވޭނީ ކިހިނެތްތަ؟….ރުޅި އަޔަސް ވާހަކަ ނުދެއްކިޔަސް އޯކޭ ހަމަ އަބީ އާ އެކު އަހަރެން އުޅޭނީ….އިތުރަކަށް ދުރުގައި ރޮއެރޮއެ އަހަރެންނެއް ނުހުންނާނަން…..ރޯންވެސް ހުންނާނީ އަބީ ކައިރީގަ….އަބީ އަށް ފެންނަ ހިސާބުގައި….ދެން ހުންނާނީވެސް މިގޭގަ…..ދެން ނިކަން ފޮނުވަބަލަ…..އަހަރެން ނުވެސް ފޮނުވޭނޭ އަދި އަބީ އަކަށްވެސް މިގެއިން ނުދެވޭނެ….އަހަރެން ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަބާން އަނގަޔަކުން ނުބުނެއެވެ… ނަމަވެސް ރުއިން ހުއްޓާލާފައި އަހަރެންނާ ދިމާލަށް ބަލާލިއެވެ.
އަހަރެން ބޮޑުދައިތަ އަށް ގުޅާފައި އިބާ އާއި އަހަރެންގެ އެއްޗިހި ފޮނުވާދިނުމަށް އެދުނީމެވެ. އޭރުވެސް އަބާން އަހަރެންގެ ހަރަކާތްތަކަށް ބަލަންހުއްޓެވެ….. އަބާންގެ އެބެލުމުން އަހަރެން ލަދުވެސް ގަތެވެ..
އިބާ ދޫނީ ބައްޕި ކައިރީ ބަސްއަހައިގެން ހުންނާތި މަންމި އެބަ އަންނަން ކައްކާލާފަ…އަހަރެން އެހެން ބުނެލުމުން އިބާ ދުވެފައި ގޮސް އަބާންގެ އުނގަށް އެރިއެވެ.
އަހަރެން ބަދިގެޔަށް ގޮސް ރޮށި ފިހެފަ ވަޅޯމަސް ރިހަ ކައްކާލީމެވެ…އަބާން ކަނީ ރޮށިކަން އިނގޭތީ އަހަރެން ރޮށިފިހުނީ… އަދި އިބާއަށް ވެޖިޓަބްލް ރައިސް ކޮޅެއް ހަދާލީމެވެ…ހުރިހާ އެއްޗެއް ހުރުމުން ކައްކަން ވަރަށް ފަސޭހަވިއެވެ….ކައްކާ ނިމިގެން ގޮސް އަހަރެން އަބާން އަށް ކާން ގޮވާލީމެވެ… އަހަރެން ގޮވާލުމާއެކު ބަސްއަހާ ކުއްޖެއްހެން އަބާން އައިސް މޭޒު ކައިރީ އިބާ އުނގަށް ލައިގެން އިށީނެވެ.. އަބާންއަށް ކާތަށި މޮޑެފަ އުލަކާ ސަމްސަލާ ލާފަ ދީފައި އަހަރެން އިބާ އަށް ކާންދޭން ފެށީމެވެ…ކާން އިނދެ އިރު އިރުކޮޅުން އިބާ އަބާން އަށް އަބީ ކިޔާ ގޮވާލައެވެ…އަބާން ގާތަށް ހިނިވެސް އާދެއެވެ…އަބާން ކައިގެން ދާން ފެށިމާ އަހަރެން ގޮވާލާފައި އިބާ ދިނީމެވެ… އަދި ބޮޑުދައިތަ ފޮނުވި ފޮށިތައް އެތެރެއަށް ވެއްދީމެވެ…. އިބާ އާއި އަހަރެންގެ ހެދުން ތައް ކަބަޑަށްލީމެވެ…އަދި އިބާގެ ނިދަން ލައްވާ ހެދުންކޮޅަކާއި ރީތިވާ ސާމާނު ނެގީމެވެ. އިބާ ފެންވަރުވާ ރީތިކޮށްލާފައި އަބާން އާއި ހަވާލުކޮށްފައި ކާން ދިޔައީމެވެ… ކައިގެން ތަށިތައްނަގާ ނިމިގެން އައިރު އަބާންގެ މޭމަތީގައި ލޯބިކޮށް އިބާ ނިދާލާފައި އޮތެވެ….ލޯބިކަމުން އަހަރެން ފޮޓޯވެސް ނެގީމެވެ…އަހަރެން ފެންވަރާލައިގެން ޓީޝާރޓަކާއި ހަރުވާޅެއް ލައިގެން ބަދިގެ ފަރާތަށް ބޭރަށް ނިކުމެލީމެވެ…. އެތާ ރީތި އުނދޯލިއެއް ހުއްޓެވެ….އެ ތަންފެނުމުން އަހަރެން ކުޑައިރުގެ ހަނދާން އާވެގެން ދިޔައެވެ…މަންމަ އާއި ބައްޕަމަތިން ހަނދާންވިއެވެ. އެތަން ހުރީ ހަމަ އޭރުވެސް ހުރި ގޮތަށެވެ….އުނދޯލިޔާއި ޖޯލި އަދި ގޮނޑިތައް ހަލާކުވެފައި ހުރުމުން އާކޮށްލާފައި ހުރުން ނުން އެހެން ބަދަލެއް ގެނެސްފައި ނެތެވެ….
އަހަރެން ގޮސް އެތާ ހުރިގޮނޑިއެއްގައި އިށީނދެލީމެވެ…. އޭރު ތުނި ތުނިކޮށް ވާރޭ ވެހެމުންދިޔައެވެ…ނަމަވެސް ބޮޑު އަނބުގަސް ދަށަށް ވާރެއެއް ނުވެހެވެ…އެތާ އޮވެ އަހަރެން ދެލޯ މަރާލީމެވެ….އަހަރެންގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ…
މީހަކު އަހަރެންގެ ކޮނޑުގައި އަތް ޖައްސާލުމުން ސިއްސައިގެން ގޮސް އަހަރެން ކޮޅަށް ތެދުވީމެވެ…ކައިރީގައި ހުރީ އަބާން އެވެ…
އިބާ ހޭލީތަ؟ އަހަރެން އަހާލީމެވެ…އަބާން ބޯ ހޫރުވާލިއެވެ..
އަނެއްކާވެސް އަހަރެން ފިލީ ކަމަށްދޯ ހީކުރީ ؟ އަހަރެން އެހެން އަހާލުމުން އަބާން ދާން ހިންގައި ގަތެވެ.
އަހަރެން އަބާންގެ އަތުގައި ހިފާލީމެވެ…ހިންގާ އަހަރެންވެސް ދާނަން އަހަރެން އަބާންގެ އަތުގައި ހިފައިގެން ގޮސްވަނީމެވެ. އަބާން މިފަހަރު އަތް ފޮޅުވާނުލުމުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ….އަހަރެން ދޮރު ތަނޑު އަޅުވަން ފެށުމުން އަބާން ދާން ފެށިއެވެ… އަހަރެންނަށް ތަންޑު އަޅުވާލާފައި ދެވުނު އިރު އަބާން ގޮސް އެތާހުރި ރޫމަކާ އަރާހަމަވަނީއެވެ…އަހަރެން ދުވެފައި ގޮސް އަބާންގެ އަތުގައި ހިފާ އެ ރޫމަށް ވެއްދީމެވެ…އަދި ދޮރު ތަޅުލާ އޭސީ ޖެއްސީމެވެ…
ޒައިނީ ކިހިނެތްވެގެން ތި އުޅެނީ؟ އަބާން އަހާލިއެވެ….
އަބީ އަކަށް ހަމަ ނޭންގޭތަ މި ވެގެން އުޅޭގޮތެއް….މި އުޅެނީ ތިހެން ފެންނަ ފަށުގައި އުޅޭތީ އަބީ އާ ދުރުގަ ކެތްނުކުރެވިގެން……ޒައިނީ… އަބާންއަށް ބުނެވުނީ އެހާވަރަށެވެ…ޝް! ޝް! އޭ ބުނެ އަހަރެން އަބާން އާއި ކާރިވަމުން ގޮސް ބާރަށް އަބާންގެ ގައިގަ ބައްދާލީމެވެ……މި ފަހަރު އަބާން އަހަރެން ދުރުކުރާކަށް ނޫޅޫނެވެ…. އަބީ އައި ލަވް ޔޫ ސޯ މަޗް….އެންޑް އައިއެމް ސޯ ސޮރީ ފޯރ އެވްރީތިންގް…އަހަރެން އެހެން ބުނެފައި އަބާންގެ ކަރުގައި ބޮސްދިނީމެވެ. އަހަރެން އަބީ މަތިން ހާދަ މިސްވެޔޭ….ދެން ދުވަހަކުވެސް ނުދާނަން އަބީ ދޫކޮށްލާފައެއް…އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ. އަބާންވެސް އަހަރެންގެ ގައިގަ ބައްދާލިއެވެ…އެތަށް ދުވަހަކަށް ފަހު އަބާންގެ ދެއަތުގެ ހިމާޔަތް ލިބުމުން އަހަރެންނަށް ބާރަށް ރޮވުނެވެ…
ޒައި…. މިހާރު ކީއްވެ ތި ރޮނީ….؟ އަހަރެން ޒައި އަށް މާފްކޮށްފީމޭ….ހުއްޓާލާ…ދެން އެކަކުވެސް ނުރޯނެ….ދުރުގަ ތިބެގެންވެސް ދެމީހުން ހުސް ރުއީ އެއްނު އަދި ކައިރީގަތިބެގެން ވެސް ރުއީ….މުޅި އުމުރަށް ވާވަރަށް ރޮވިފަ ހުންނާނީ މިހާރު…… އަބާން ލޯބިން އަހަރެންގެ ކަރުނަ ފޮހެލާދިނެވެ…
” އަދި ކިރިޔާ ތަ ވިސްނުނީ….” ؟ ޒައިނީ ކިޔާ… އަހަރެން އަބާން އާއި ދުރަށް ޖެހިލީމެވެ… އަބާން އަހަރެން ގެނެސް އަނެއްކާވެސް އަބާންގެ އަތުތެރެޔަށް ލިއެވެ. ދެން ތިހާ ފަސޭހައިން ނުދެވޭނެ އޭ ބުނެ ބާރާށް ބައްދާލިއެވެ…..
އަބާން އަހަރެންގެ މޫނަށް ބަލާލިއެވެ….ޒައި މީ އެދުވަހު އަހަރެން ޒައި ކޮށްޕާލީމަ ދޯ ތަދުވޭތަ؟ މިހާރު އޯކޭ ކުޑަ ތަންކޮޅެއްނު….އަހަރެން ބުނީމެވެ.
އެކަމަކުވެސް އަހަރެން ގަސްތުގައެއް ނޫން އަސްލު ރުޅި އާދެވުނީ ފަހުން ދެރަވެސް ވި އައި އެމް ސޮ….އަބާންއަށް އެހީސާބަށް ބުނެވުނުތަނުން އަހަރެން އަބާންގެ ބަސް ހުއްޓުވީމެވެ…އެތައް ދުވަހަކަށްފަހު ކައިރިވެވުމުން ދެމީހުންގެ ހިއްސުތައްވެސް ހޭލަމުން ދިޔައެވެ…އަބާން ކުއްލިޔަކަށް އަހަރެން އުރާލާފައި އެނދުމަތީގައި ބޭއްވިއެވެ…ހާދަ ދިގު އިންތިޒާރެއް ކުރި ފަހުންނޭ ޒައި އަތުގައި މިޖެހުނީ ބުނީމެއްނު ބޭނުން އަދަބެއް ދޭށޭ ސޯ ބީ ރެޑީ މިއުޅެނީ އަދަބުދޭން….
އަބީ އަހަރެން ރެޑީ…. އަހަރެން އަބާންގެ ކޮލުގައި ބޮސްދިނީމެވެ…އަބާން އަހަރެންނާ ކައިރިވެލިއެވެ…އަބާންގެ ހަރަކާތްތައް އަވަހެވެ….އަބާން ހީ ވީ އެތައް ދުވަހަކު ކަރުހިއްކައިގެން ހުރެފައި ފެންފޮދެއް ލިބިގެން އުޅޭ ހެންނެވެ….ޒައި އައި ލަވްޔޫ…އަބާން އަދިވެސް ހިތް ނުފުރެނީތަ؟ އަބާން އަދިވެސް އަހަރެން ދޫކޮށްލަން ނޫޅުމުން އަހަރެން އަހާލީމެވެ…. އާން ތި ލޯބިން ދުވަހަކުވެސް މިހިތެއް ނުފުރޭނެ…ހިންގާ ދެން އެ ރޫމަށް އިބާ ހޭލައި ފިއްޔާ ރޯނެއެއްނު….އަބާން ދިޔައީ އަހަރެން އުފުލާލައިގެންނެވެ ލައިގެންނެވެ… އިބާ އެއްފަރާތަކަށް ޖައްސާލާފައި އަހަރެން އަބާންގެ އުނގު ތެރެޔަށް ވަނީމެވެ….
ޒައި ކީއްވެ އަހަރެން ދެކެ ރުޅިން ހުރެވެސް ބޭބީ އަށް އިބާ ކީ؟
އަބާން އެސުވާލު ކުރާނެކަން އަހަރެންނަށް މާކުރިންވެސް އެނގުނެވެ.
ހަމަ ކިޔަން އުޅެ އުޅެ އެހެންނަމެއް ކަމު ނުދިޔައީ…….. ދަރިފުޅާ ނުގުޅުނީ….އަހަރެން ބުނެލީމެވެ.
އަހަރެންނަށް އެނގުނު ޒައި ޕްރެގްކަން…..ޒައި ދިޔަފަހުން ޒައިގެ ރިޕޯޓް ދުށިން….. އަހަރެން ވަރަށް ދެރަވި އެހެން އަހަރެން ދައްކާ ވާހަކަ އަހާނުލާ ދިޔުމުން އަހަރެން ވަރަށް މަސައްކަތް ކުރިން ޒައި ހޯދަން މިރަށަށްވެސް އައީ ޒައި ހޯދަން އެކަމް ޒައި އެއް ނުފެނުނު….އެހެން އެކި ރަށްރަށުން ތެޅިތެޅި ހުއްޓާ ޓްރެއިނިން އަށް ދާންޖެހުނީވެސް…ޓްރެއިނިން ނިންމާލާފައިވެސް މާލެ ނުދަން ޒައި މަތިން ވަކިން ބޮޑަށް މިސްވާނެތީ…..ދެން ހިތައް އެރީ މިގެ ހަދަން ހިތައް އެރީ ކޮންމެވެސް ދުވަހަކުން ޒައި އަންނާނެ ގައިމުވެސް މީ ޒައިގެ މައިންބަފައިންގެ ގެ ވީއްޔާ……އަހަރެން މީ ޒައިގެ ހަޒް ވީމަ ހުރިހާކަމެއްވެސް އަހަރެންނަށް ކުރެވުނު…..މިހާރު އަހަރެއް މިވަނީ މި ގޭގައި އެކަނި އުޅޭތަން….. އެދުވަހު ޒައި އެހާލުގައި ފެނުމުން އަހަރެން ވަރަށް ހިތުގައި ޖެހުނު އަދި އުފާވެސްވި….ޒައި ކާރިޔަށް ދާންވެސް ބޭނުންވި….. އަހަރެންނަށް ޒައި ފެނުނު ބަނދަރުމަތިންވެސް… ހިތައް އެރި ކާރިޔަށް ދާން އިބާ އުރާލާހިތްވެސް ވި އެކަމް ޒައި އަހަރެން ކާރިޔަށް ނައުމުން ނުކެރުނީ……
ޒައި އައް ހަގީގަތް އެނގިގެން އައުމުން އެރޭ އެތައް ދުވަހަކަށް ފަހު އަހަރެންނަށް ހަމަޖެހިގެން ނިދާލެވުނު…..ޒައި އަހަރެންނަށް ފެންނަ ހިސާބުގައި އުޅެން ފެށުމުން އަހަރެންގެ ރުޅި އެއްކޮށް ފިލިއިފި އަސްލު ގޮތް ދެއްކިޔަސް….އެންޑް މީ ވަރަށް ހާއްސަ ރެއެއް އެތަށް ދުވަހެއް ފަހުން ލޯބިވާ އަނބިމީހާގެ އަތުން ކާން މިލިބުނީ….އަދި އަހަރެންގެ ދަރިފުޅާ އަނބިމީހާ އެއްކޮށް ވަގުތު ހޭދަ ކޮށްލަން މި ލިބުނީ ހާދަ އިންތިޒާރެއް ކުރި ފަހުންނޭ…..
އަބީ….ދެން ކީއްވެ މިރޭ ދާ ވާހާކަ ބުނީމަ ނުހުއްޓުވީ…ނަސީބެއްނު ދެވަނަ ފަހަރު އާދެވުނުކަން…
ނޭންގޭ އެހާ ހިތްވަރު ނެތީ؟
ހިތްވަރުނެތް ކަމެއް ނޭންގޭ މީގެ ކުޑައިރުކޮޅެއް ކުރިން އުޅުނު ގޮތުން…..އަހަރެން އަބާން އާ ދިމާކޮށްލީމެވެ…
ކިހިނެތްތަ އުޅެވުނީ ވަރަށް ހަޑިކޮށްތަ އުޅެވުނީ….
ނޫން ވަރަށް ލޯބިކޮށް އުޅުނީ…އަހަރެން ޖަވާބު ދިނީމެވެ.
އަހަރެން އަބާންގެ އަތުގައި ބޮސްދިނީމެވެ.
ޒައި އަބީ ކިޔާތީ މިހާރު އިބާވެސް ކިޔަނީ އަބީ…..އަބާން އެހެން ބުނެލުމުން ދެމީހުންނަށް ވެސް ހެވުނެވެ.
ޒައި އިބާއަށް އަހަރެން ވަކި ކުރަން އެނގުނީ ކިހިނެތް؟ ޒައި ބުނެދިނިން ދޯ އަހަރެން މީ ބައްޕިއޭ…އިބާއަށް އަހަރެން އެނގުމުންނާއި ދަރިފުޅަށް އިބާ ކިޔުމުން އަހަރެން ގެ ހިތުގައި ވީ ޝަކުވާ އަސްލު ވަރަށް ކުޑަވި…..ވަރަށް އުފާވި އަހަރެން ދަރިފުޅާ ދުރުނުކުރީމާ…
އަހަރެން އެހާ ގޯހެއް ނޫން އިނގޭ….. އަހްމަދު އަބާން ޝާހީން….އަހަރެން އިބާ ވަރަށް ކުޑަ ކުޑަ އިރުންފެށިގެން އިބާއަށް އަބީގެ ފޮޓޯ ދެއްކިން ބުނެދިނިން މީ އިބާގެ ބައްޕިއޭ…އެކަމަކު އެހާ ކުޑައިރު ވެސް އަސްލުކޮށް ފެނުމުން ވަކިކުރަން އެނގުނީތީ އަހަރެން ވެސް ހައިރާން ވި….
އިބާ ވަރަށް ލޯބިވޭ އަބީދެކެ….އޭނާ ފުރަތަމަ ލަފްޒަކަށް ބުނީވެސް ބައްޕީ އޭ…މަންމި ކިޔަން ދަސްކުރީ އަދި މާފަހުން… އަސްލުވެސްތަ؟ އަބާން އަހާލީއެވެ..
ހިންގާބަލަ ނިދަން އަބީ….
އަހަރެން މިރޭ ނިދާކަށް ބޭނުމެއް ނޫން…އަނެއްކާ ހޭލާއިރު ޒައި ނެތިއްޔާ….
އަބީ…. އަހަރެން އަބާންގެ ގައިގަ ބައްދާލީމެވެ…. ނުދާނަން ދުވަހަކުވެސް ދެން އަބަދުވެސް އަބީއަށް އިތުބާރު ކުރާނަން….
އަބީ މަންމަމެން ކޮބާތަ އެމީހުންނަށް އިނގޭތަ އަހަރެން އައިކަން؟ މަންމަމެންވެސް އަހަރެންދެކެ ރުޅިންތަ ތިބީ؟
އަހަރެން ގެއައް ގުޅިން ގުޅުމުން ބުނީ މަންމަމެން ވީ އުމްރާގައޭ…..އަބީ މިހާރު އަނެއްކާ މަންމަމެންނާ ދުރުވެގެން ދޯ ތި އުޅޭނީ…..
ޒައި… ޒައި….މަޑުކޮށްބަލަ ހާދަ ސުވާލެކޭ…..މަންމަ މެންނަކަށް ޒައި އައި ކަމެއް ނޭގޭނެ….އަދި އިބާގެ ކަންތަކެއްވެސް…..އެމީހުން ޒައި ދެކެ ރުޅިއެއް ނާދެ…..އަދި އަހަރެން މަންމަމެންނާ ދުރެއްވެސް ނުވަން…ހަމަ ގޭގައި ޒައި މަތިން މިސްވާވަރުން އުޅެވެން ނެތީމަ އައީ….މަންމަމެންވީ އުމްރާގައި…..މާދަމާ ގުޅާނީ ދޯ….
ގުޅާލަދޭނަންތަ؟ އަހަރެން އަހާލީ އަބީ ގެ މޫނާއި ވަރަށް ކައިރިވެލާފައެވެ..
ޔޭސް…ޒައި… އަބާން އަހަރެންގެ ތުންފަތުގައި ވަރަށް ލޯބިން ބޮސްދިނެވެ….އެހެން ދެމީހުން ލޯބިން ސަކަރާތް ޖަހާ ވާހަކަ ދައްކާން ތިއްބާ ނިދުނު އިރެއްވެސް އަހަރެންނަކަށް ނޭގުނެވެ…ހޭލެވުނީ 8 ޖެހިފަހުން އިބާ ހޭލައިގެން ރޯންފެށުމުންނެވެ….
އަޅޭ އަބީ ހޭލަބަލަ…..އަހަރެން އިބާ އުރާލީމެވެ…ކިހިނެތްވީތަ ލޯބީ؟
އަހަރެން އަމަން ކައިރީ ނުދާ ވާހަކަ ބުނަން ހަނދާންނެތުނީ އަމަން އަންނާނެ ލޯންޗް ހިފައިގެން…..
ޒައި ގުޅާބަލަ ހީޔެއް ނުވޭ އައިހެނެއް؟ ގެނޭ އިބާ ފެންވަރުވައިގެން އަންނާނަން އަބާން ބުނެލީ ވަރަށް ހަމަޖެހިލަމުންނެވެ…
އަހަރެން އަމަން ފޯނު ނުނެގުމުން އެނީއަށް ގުޅީމެވެ…އެނީ އަޅެ އަމަން އަހަރެންދެކެ ރުޅި އައިސްގެންތަ ފޯނު ނުނެގީ އަހަރެން ނުދާން ނިންމި ވާހަކަ ބުނަން ހަނދާން ނެތުނީ އޭ….
އަމަން އައިތަ؟
އަމަން މޮޔަވީތަ އެހާ ލޯބިން ޒައި އަބާންގެ އަތުތެރޭގައި ނިދަން އޮއްވާ ޒައި ބަލާ ދާން؟
ކީކޭ ތިބުނީ ކިހިނެތް އެނީ އަށް އެނގުނީ؟
ޒައި ރޭގަ އަބާން ފޮނުވި ޒައި ވަރަށް ލޯބިން އަބާންގެ އަތުތެރޭގައި ނިދާލާފައި އޮތް ފޮޓޯއެއް މަށަށް…އައި އެމް ސޯ ހެޕީ ފޯރ ޔޫ ޒައި……
އެނީ އަހަރެންވެސް ވަރަށް ހެޕީ އަބީ ފައިނަލީ އަހަރެންނަށް މާފު ކުރީ….އަހަރެން ހެވިލާފައި ބުނީމެވެ…
ޒައިގެ ތި ހީލުމުގެ އަޑު މި އިވުނީ ހާދަ ދުވަހެއް ފަހުންނޭ…..އަބަދުވެސް އުފަލުގައި ހުރެބަލަ…. އައި ލަ ވް ޔޫ ޒައިނީ ގަނޑާ…
އައި ލަވް ޔޫ ޓޫ…އެނީ….އަހަރެން އެހެން ބުނެލާފައި އެނބުރުނު އިރު އަހަރެންގެ ކުރިމަތީގައި އަބާން ހުއްޓެވެ…
ޒައި މާގިނަ ދުވަހު މަށާ ދުރުގަ ހުރެވުމުން އަނެއްކާ……
އަބާން ދެން ނުބުނާތި އެންމެ ލަފްޒެއް ވެސް ރޭގަ ވެސް ނޭގުނު ތަ އަހަރެން އަދިވެސް ލައިކް ވަނީ ފިރިހެނުން ދެކެ ކަމެއް….ފިރިހެނުންނެއް ނޫން ހަމައެކަނި އަބާންދެކެ ކަން…އަހަރެން ބުނި އެއްޗެއް އެނީއަށް އިވޭނެތީ އަބާން ލަދު ގަތެވެ… ހެއީ އަބީ ޔޫ އާރ ބްލަޝިން….
“އަބީ އިޒް މައިން” އިބާ ބުނި އެއްޗަކުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ…..އެނީ އަޑު އިވުނުތަ އަހަރެން އަބީ ކިޔާތީ މިހާރު އިބާވެސް ކިޔަނީ އަބީ….
“ހެހެ….ތި ވީގޮތުން އަހަރެންވެސް ވިސްނަންތާ މިޖެހުނީ…. މާދަން ނޫން އަނެއް ދުވަހު އަނެއްކާ ކައްކަނީ ޒައި އާދެބަލަ އަބާން ވެސް ގޮވައިގެން އަމަން އާއި ވެސް ފްރެންޑް ކުރުވަން ވާނެއެއްނު ދޯ؟”
އަބީ އާ ވާހަކަ ދައްކާލާފަ އެބަ ގުޅަން އަހަރެން ފޯނު ބޭއްވީމެވެ…ޒައި މަށަކަށް ނޭންގޭ މި ނެޕީ ޖަހާކަށް….. އަހަރެން ގޮސް އަބީ އަށް ނެޕީ ޖަހަން ދަސްކޮށްދިނީމެވެ….
ސައި ބޮއެ ނިމިގެން އަބާން މަންމަމެންނަށް ވީޑިޔޯ ކޯލްކުރިއެވެ….އަހަރެން ހުރީ ކުޑަކޮށް ދުރުގައެވެ… ހެލޯ މަންމާ ބައްޕާ ކިހިނެތްތަ ހާލު؟ އަބާން އަހާލިއެވެ….އަހަރެމެން ހަމަ ރަގަޅު ދަރިފުޅު ހާދަ އުފަލުން މިއަދު ތިހިރީ…. މަންމަ އަހާލިއެވެ…
“ދަރިފުޅާ އަބާން ތީ ހާދަ ލޯބި ބޭބީ އެކޭ…….އެކަމަކު ދަރިފުޅާއި ހާދަ ވައްތަރޭ…ހީވަނީ ހަމަ ދަރިފުޅު ކުޑައިރުހެން….”
މަންމާ އަހަރެންގެ ހުރިހާ އުފަލެއް ގުޅިފައިވަނީ އެންމެ ފަރާތަކާ ކަން މަންމަމެންނަށް އިނގެއެއްނު…ދޫނީ މީ ކާކުތަ؟ އިބާ ކައިރިން އަބާން އަހާލިއެވެ… “އަބީ” އިބާގެ ޖަވާބުން މަންމަމެންވެސް ހެވުނު އަޑު އަހަރެންނަށް އިވުނެވެ…ދެން ކާކު؟ އަނެއްކާވެސް އަބާން ސުވާލުކުރިއެވެ. “ބައްޕީ” އޭ ކިޔާފައި އިބާ އަބާންގެ ކަރުގައި ބައްދާލިއެވެ.
“ދަރިފުޅާ އަބާން ތީ ދަރިފުޅުގެތަ؟ އެހެންވެ ދޯ އެހާ ވައްތަރީ؟ އެހެން މީހަކަ އިން ވާހަކައެއް ނުވެސް ބުނަމެއްނު…..”
ދެން މަންމާ…..އަބާން އަހަރެން ކައިރީ އައުމަށް ބުނެލިއެވެ…އަހަރެން ގޮސް އަބާން ކައިރީ އިށީނދެލީމެވެ. މީޓް މައި ވައިފް….މަންމާ ބައްޕާ….އަބާން އަހަރެން އަބާން ގެ ގަޔާ ކާރިކޮށްލާފައި ހިނިތުންވެލިއެވެ…
މަންމައަށް ހީވެއްޖޭ ޒައިނީ އައީހެން އަބާންގެ ތި އުފާވެރިކަން އެހެން އެއްވެސް ގޮތަކުން ނުފެންނާނެ ވީއްޔާ…..ކީއްވެ ނުބުނީ ޒައިނީ ބަނޑުބޮޑު ވި ވާހަކަ….؟ މަންމަ އަހާލިއެވެ.
މަންމާ އަހަރެންނަށް އެނގުނު ޒައި ދިޔަ ފަހުން…..ދެން ކުރީގެ ވާހަކަ ނުދައްކާ…..އަބާން ބުނެލިއެވެ….
އަބާން މިހާރު ޒައިނީ އަށް މާފު ކުރީތަ؟ ގައިމު ބުނި ދުވަހަކުވެސް މާފެއް ނުކުރާނަމޭ…..
ހަމަ އެހެން ބުނިތަ އަހަރެން އަހާލީމެވެ؟
ލައްބަ ދަރިފުޅާ ހަމައެހެން ބުނީ…
އޭރުވެސް މަންމަ ބުނީމެއްނު ޒައިނީ ފެންނައިރަށް ތި ރުޅިގަނޑު ފިލާނޭ….މަންމަ ބުނެލިއެވެ.
މަންމަވެސް ދެން ހަމަ ދޭތެރެ ޖައްސަނީއޭ ތީ…އަބާން ބުނެލީ ވަރަށް ހީލާފައެވެ…
ކޮލުގެ އަޑިކޮޅު ފެންނަވަރަށް އަބާން ހީލުމުން ލޯބިކަމުން އަހަރެންނަށް ބަލަން ހުރެވުނެވެ….
އިބާ ގޮވާބަލާ މާމަ އަށް؟ މަންމަ ބުނެލީމެވެ…
ނޫނޭ ދޫނީ ކާފައަށް ގޮވާ ބައްޕަ ބުނުލުމުން އަހަރެންނަށް ހެވުނެވެ…އިބާ ދެމީހުންނަށްވެސް ގޮވާލިއެވެ….ދޫނީ ކޯޗެއް ބޭނުމީ ބައްޕަ އަހާލިއެވެ…އެވަގުތު އިބާ ކުޅެން ގެންގުޅޭ ބެއާ ނަގައިގެން ބޭބީ އޭ ބުނެލިއެވެ….
ދޫނީ ބައްޕީ ކައިރީ ބުނޭ ބޭބީ ހޯދަދޭން….ކާފަ ގެންދާނަން ހަދިޔާ…..
ބައްޕަވެސް ދެން ދޯ….އަބާން ބުނެލިއެވެ…
“އަބަދުވެސް ތިހެން އުފަލުގައި ތި ދެކުދިން ތިބޭތި…މަންމަމެން ދުއާ ކުރާނަން….”
ފޯނު ނިމުމުން އިބާ ބިމަށް ފޭބިއެވެ…
އަހަރެންނަށް ދުވަހަކުވެސް މަފު ނުކުރާނަމޭ ބުނިންތަ؟……އަހަރެން އަބާން އާއި ދިމާކޮށްލީމެވެ.
އާން ބުނިން…. ވަރަށް ގިނައިން ބުނިން… އެކަމަކު ކީއްކުރާނީ އެއައްވުރެން މާ ލޯބިވޭ…ދެން އެހާވަރަށް ދެރަކުރެވޭތަ…..؟ އެ ނޫނަސް މާފު ނުކުރުމުން ކޯޗެއް ލިބެނީ ޒައި ގެއްލޭނީ އަނެއްކާ….މާފުކުރީމާ މިހާރު ކިހާ ހެޕީ….
އަހަރެން އަބާންގެ އުނގުގައި ބޯއަޅާލީމެވެ….ޒައި ޕްރެގް އިރު ހުރީ ކިހިނެތް ހުރީ ވަރަށް ބޭނުން ބަލަން ޑޫ ޔޫ ހޭވް ފޮޓޯ…؟
އަބާން އެހެން ބުނުމުން އަހަރެން ޖީބުގައި އޮތް ފޯނުނެގީމެވެ…އަބާން ވަގުތުން ފޯނު ހޯދިއެވެ…ކުރިން ޕެޓާން އެނގުނަސް މިހާރު ނުހުޅުވޭނެ…އަހަރެން ބުނެލީމެވެ…
އަބާން އެކި އެއްޗިހި ޖަހަމުން ދިޔައެވެ….އެންމެފަހުން ފޯނު ހުޅުވިއެވެ…ވާއު ޒައި މިފަހަރު ލީމިން ހޯގެ ބަދަލުގައި ދަ ގްރޭޓް އަބާންގެ ގެ ވޯލްޕޭޕާރއެއްތަ؟
އަހަރެންގެ ބާރތްޑޭ ފޯނު ލޮކް ކޯޑުގަ….އަހަރެންގެ ފޮޓޯ ވޯލްޕޭޕާރގަ…..އަހަރެންގެ ދަރިފުޅަށް ކީ އަހަރެން ބުނި ނަން…..ކޮންކަހަލަ ރުޅިއެއްތީ؟ ޒައި އަހަރެން ދޫކޮށްލާފަ ފިލީ….. އެކަމަކު މީކޮން ކަމެއް….
އަބީ އަހަރެން ބުނީމެއްނު އަހަރެންނަކަށް އަބީދެކެ ނަފްރަތު ނުވެވުނޭ….އަބަދުވެސް ހަނދާންވޭ….މިހާރު މިއެނގެނީ އެއީ އަބީގެ ކުށެއްނެތީމަކަން…..ދެން ބީ ހެޕީ.. އަހަރެން ފޯނު ހޯދުމަށްފަހު އަހަރެން ޕްރެގްއިރުގެ ފޮޓޯތަކާ އިބާގެ ފޮޓޯތައްވެސް ދެއްކީމެވެ….އަބާން އެހުރިހާ ފޮޓޯއެއް ވަގުތުން ލެޕަށް އެޅިއެވެ….
އަބީ އެނީ ބުނީ މާދަން ނޫން އަނެއްދުވަސް އެމީހުން އަނެއްކާ ކައްކާ ވާހަކަ ބުނީ އަބީ ގޮވައިގެން އައުމަށް…..
އާން ހިންގާ ދާން….އަބާން ބުނެލިއެވެ.
އަސްލުވެސް ދާނަންތަ؟ އަހަރެންނަށް އުފަލުން އަހާލެވުނެވެ…
އާން ދާނަން…..ޒައި ގެ ހުރިހާކަމެއްގަ ހެލްޕްވީ އެމީހުންނެއްނު…އެމީހުންގެ އުފަލުގައި ބައިވެރިވާން އުފަލުން ދާނަން….އަބާން އަހަރެންގެ ގައިގަ ބައްދާލިއެވެ…
މެންދުރު ކާން އަހަރެމެން ދިޔައީ ބޮޑުބެމެންގެޔަށެވެ. ހަވީރު އެންމެން ސާބޮން ދިޔައީ ރެސްޓޯރެންޓަކަށެވެ….
އިބާ ނިދުމުން އިމްނާ ގެނެސް ބަހައްޓާފައި އަހަރެމެން ދެމީހުން ދުއްވާލަން ދިޔައީމެވެ….ގޮސް އަތިރިމަތީ ހަދާފައި ތިބި ހިތް ފަސޭހަ މައިޒާން ތަކުން ޖޯލިއެއްގައި އިށީނީމެވެ…
ޒައި މީ ކޮން ރެއެއްކަން އިނގޭތަ؟ ހަމަ ގައިމުވެސް އަބީގެ އުފަންދުވަހެއް ނޫން….އަހަރެން ޖަވާބު ދިނީމެވެ…..
ޒައި މީ އަހަރެމެންގެ ސެކަންޑް ވެޑިން އެނިވާރސަރީ….
” އޭ މިއަދު 18 ތަ؟” އަހަރެން އަހާލުމުން އަބާން ބޯޖަހާލިއެވެ…އަދި ޖީބުން ކުޑަ ކުޑަ ފޮއްޓެއް ނަގާފައި ދިނެވެ….އަހަރެން އެ ހުޅުވާލިއިރު “އޭ” އަކުރެއް ޖަހާފައިން ވަރަށް ލޯބި ރިންގެކެވެ…އަހަރެން އަތް ދިއްކޮށްލުމުން އަބީ އަޅުވާލަދިނެވެ…އަހަރެން އަބާންގެ އަތުގައި ބޮސްދިނީމެވެ…
އަހަރެންވެސް ހަދިޔާއެއް ގަތިން…. އެކަމަކު މިއަދު ދޭން ހަނދާންނެތުނީ…..ހިންގާ އަވަހަށް ގެޔަށް އަދި އިމްނާވެސް ގެއައް ޑްރޮޕްކުރަންޖެހޭނެ….މާދަން ފުރަން އަވަހަށް ތެދުވީމައެއްނު…އަހަރެން ބުނީމެވެ.
އަބާން އިމްނާ ލާން ދިޔުމުން އަހަރެން ގޮސް ވަރަށް ރެޑިވެލީމެވެ. ވައިޓްކުލައިގެ ތުނި ތުނި ނައިޓީއެއްލީމެވެ…އަދި ރޫމްގައި ކޭންޑްލަސް ޖަހާލީމެވެ.
އިމްނާ ލާފައި އައި އަބާން އަށް އަހަރެން އަނެއް ރޫމަށް އައުމަށް އެދި މެސެޖްކޮށްލީމެވެ. އަބާން މަޑުމަޑުން ދޮރުހުޅުވާލިއެވެ…ވާވް ޒައި ޔޫ އަރ ލުކިން ސޯ ހޮޓް….އަނެއްކާ މިރޭ އަހަރެންގެ ގައިގަ ރޯ ނުވީއްޔާ ރަނގަޅު…އަބާން ބުނެލީ ލާނެތްގޮތަކަށެވެ.
އަހަރެން ގޮސް އަބާންގެ ގައިގަ ބައްދާލީމެވެ…އަބީ ހެޕީ އެނިވާރސަރީ….އަދި އަހަރެން ހަދިޔާ ދިނީމެވެ.
ރިއަލީ ޒައި.. ބޮކްސާ؟
ކިހިނެތްވީ ކަމުނުދޭ؟ އަހަރެން އަހާލީމެވެ…
“ނޫން ހަމަ ރަގަޅު…..އެކަމަކު…… ” އެކަމަކު މިކަމަކު ކިޔާނެކަމެއް ނެތޭ ކިޔާ އަހަރެން އަބާންގެ އަތުގައި ހިފާލާފައި އަހަރެން ގަތް ގަޑި އަޅުވާދިނީމެވެ….ގަޑި ރީތި ތަ؟ އަހަރެން އަހާލީމެވެ….
ގަޑީގެ ގޮތެއް ނޭންގޭ ޒައި މިރޭ ވަރަށް ރީތި އަބާން އަހަރެން ނަގާ އަބާންގެ އުގަށް ލިއެވެ….އަދި އަހަރެންގެ ގައިގަ ބައްދާލިއެވެ….
އަހަރެމެންނަށް ހިންނަވަރަށްދެވުނީ މެންދުރުއެވެ…އަހަރެމެން ފެނުމުން އެނީ ހީވަނީ އުފަލުން މޮޔަވެދަނެހެންނެވެ…އަމަންވެސް ހުރީ ވަރަށް އުފަލުންނެވެ…
ޒައި ހިންގާބަލަ މޫދަށްދާން މިރަށު މޫދު ހާދަ ރީއްޗޭ…..އަދި ދުވަހަކުވެސް މަށާ އެއްކޮށް މޫދަކަށްނުދަމެއްނު….
ސާބަސް އަބީ ދެން އިމޯޝަނަލްބްލެކްމެއިލް ނުކުރިޔަސް ދާނަމޭ…އިބާ ވެސް އަދި ދުވަހަކުވެސް މޫދަކަށް ނުދޭ…އަހަރެން އަބާން އުރާލައިގެން އިން އިބާގެ ކޮލުގައި ބޮސްދިނީމެވެ…އެވަގުތު އަޑެއް އިވުމުން އަހަރެން ދުރަށް ޖެހިލީމެވެ…އަހަރެން ބަލާލިއިރު އަމަން އަހަރެމެންގެ ފޮޓޯއެއް ނެގިއެވެ..އަމަން އެ ފޮޓޯ ދައްކާލިއެވެ…އަހަރެމެން އެއްކޮށްނެގި ފުރަތަމަ ފޮޓޯ ވަރަށްވެސް ހިތްގައިމެވެ….އަހަރެމެން އިބާ ގޮވައިގެން މޫދަށް ދިޔައީމެވެ އިބާއަށް ވަރަށް މަޖާވިއެވެ..މޫދުން އަރުވަން ޖެހުނީ ރޮއްވާލައިގެންނެވެ…
ކައްކާ އެ އެއްޗިހި ޕެކްކޮށް ބަހާ ހުރިހާކަމެއްގައިވެސް އަބާން ގެ އެހީލިބުނެވެ…އަބާން ހުރުމުން އަމަންއަށް ވެސް ވަރަށް ލޫ ވެގެން ދިޔައެވެ…ހުރިހާކަމެއް ނިމިގެން އަހަރެމެން ފެންވަރާލައިގެން އައިސް ސޯފާގައި ޖައްސަލީމެވެ…
ޒައިނީ ބަސްއަހައިގެން އުޅޭތި އިނގޭ އަބާންގެ ހިތުގައި ނުޖައްސާތި……އަމަން ބުނެލިއެވެ.
އަމަން އަބަދުވެސް ބުނާނެ އަހަރެންމީ ކޮއްކޮއޭ އެކަމް އަބާން ފެނުނުތާ އަދި 24 ގަޑި އިރު ނުވޭ….އަބާން އާއި މެދު ތި ވިސްނީ……
ނޫން ޒައިނީ މި ވިސްނީ ހަމަ ޒައިނީ އާ ދޭތެރޭ…އަހަރެންނަށް ވަރަށް ޔަގީން އަބާން ޒައިނީއަށް ދެރަގޮތެއް ނަހަދާނެކަން…އެކަމް ޒައިނީ އަބާން އަށް ދެރަގޮތެއް ހެދިޔަސް ހިތުހަ ޖެހިފަ ރޯނީވެސް ޒައިނީ…..އެހެންވެ މިބުނީ ޒައިނީ އަބާން އަށް އިތުބާރުކުރުމަށް…..
ދެން އަދިވެސް އަންނާތި އަހަރެމެން ވެސް ދާނަން…ތި މީހުން ކާރިޔަށް ކިހިނެތް ހަދަން ގަސްތު ތިކުރަނީ….ރަށަށް ދަނީތަ ނޫނީ މާލޭގައި އުޅޭނީތަ…..އަމަން އަހާލީ އަބާން ކައިރިންނެވެ…
އަހަރެން މި ގަސްތުކުރަނީ ޒައިމެން ގޮވައިގެން މާލެ ދާން…..ޒައި ދިޔުމުން އައިގޮތަށް އަހަރެންވެސް ނުދަން މާލެއެއް….އެކަމަކު އެއީ އަހަރެންގެ ގެ އަހަރެން ބޭނުމީ އަހަރެންގެ ދަރިފުޅާއެކު މަންމަމެން ކާރީ އެތާ އުޅެން…އެކަމަކު ޒައި ބޭނުމީއްޔާ….އަބާން އަހަރެންނާ ދިމާލަށް ބަލާލިއެވެ…އަބީގެ ކޮންމެ އުފަލަކަށް މަރުހަބާކިޔާނަން…..އަހެރެން ލޯބިން ބަލާލަމުން ބުނެލީމެވެ….
އޯހް ސަޅި…..އަމަން ބުނެލިއެވެ… ދެން އެ ގެޔަށް ކިހިނެތް ހަދަނީ ކުލިޔަށްތަ ދޭނީ؟
ނޫން އަހަރެން ވަރަށް ލޯބިން ހެދި ގެއެއް އެއީ….ކުލިޔަކަށް ނުދޭނަން މި ގަސްތު ކުރަނީ ވަރަށް އިތުބާރު ހިފޭ މީހަކާ ހަވާލުކުރަން…..
ވަރަށް ރަގަޅު ގޮތެއް…..
އެކަމަކު އެމީހާ ހަވާލު ވާނެބާ؟ އަބާން ބުނެލިއެވެ
ބުނީމަ ތާ އެނގޭނީ….. އަމަން ބުނެލިއެވެ.
ސޯ އަމަން ބުނެބަލަ ދާނަންތަ އެގޭގަ އުޅެން އެނީ އާ އަމާނީ ގޮވައިގެން؟ އަބާން ސުވާލުކުރިއެވެ.
ވަޓް އަހަރެން ކިހިނެތް؟ އަމަން ބުނެލިއެވެ.
އަމަން އަހަރެންނަށް އިނގޭ އަމަން ގެ މައިންބަފައިންނެއް ނެތްކަން…އަދި އެނީގެ މައިންބަފައިންވެސް މިކާވެންޏާ އެހާ ގަބޫލު ނޫންކަން….އަދި މީ އަމަންގެ މާމަގެ ގެ އެއް އެކަމަކު މިގޭގައި އުޅެނީ ކުލިޔަށް ކަންވެސް އިނގޭ….އަމަން ތި އުޅެނީ ފުލުހުންގެ ވަޒީފާގައި ޖެހޭނެ އެހެން ރަށްރަށަށް ދާންވެސް އޭރުން އެނީމެން މިތާ އެކަނި ތާ ތިބޭނީ…އެތާ އެކަނި ގެ އެއްގަ ތިއްބަސް އެނީގެ މައިންބަފައިން އެތިބީ ކައިރީގައި އަދި ޝަރީފްބެ މެންވެސް އެތިބީ…. އަހަރެންނަށް ހަމަ ޔަގީން އެނީ އަށް ނޫނީ އަމާނީއަށް ކަމެއް ބޭނުން ވެއްޖެއްޔާ އެމީހުން ދާނެކަން އެނީ ނުވާނެ އެކަންޏެއް…. އެނީ ގެ މައިންބަފައިންގެ ރުހުންވެސް ލިބޭނީ އަމަން ތީ ކިހާ ހެޔޮ ފިރިއެއްކަން އެމީހުންގެ ދަރިފުޅު އުޅެނީ ކިހާ އުފަލުގައިކަން އެނގިގެންތާ އެކަން އެނގޭނީ ފެންނަ ހިސާބުގައި އުޅުނީމައެއްނު…. އަބާންގެ ވާހަކަ އަޑު އަހާފައި އަހަރެން އުފާވީ ވަރުން ލޮލުން ކަރުނަވެސް ހިލުނު… އަހަރެންނަށް ފަހްރުވެރި ވެވުނެވެ. އެކަހަލަ އޯގާތެރި ހިތްހެޔޮ ފިރިއެއް ލިބުނީމާ…
އަހަރެމެން މާލެ ފުރާނަން އަންނަ ހަފްތާގައި….ހިންގާ އަހަރެމެންނާއެކު ދާން ކާފަ ދަރި ދައްކަބަލަ ގޮސް….އެނީގެ މައިންބަފައިންނަށް…..އަބާން ބުނެލުމުން އަމަން އަބާންގެ ގައިގަ ބައްދާލިއެވެ..ތޭންކްސް މޭން….އަމަން ބުނެލިއެވެ…
އަހަރެންވެސް ތެންކިއު ނުބުނަމެއްނު ޒައި އާ އިބާ އެހާ ލޯބިން ތި ދެމީހުން ބެލީމެއްނު…ޒައި އަށް އެންމެ އެހީ ބޭނުންވީ ވަގުތު ތި ދެމީހުން ތިބީމެއްނު….
ޒައިނީ އަބާން އަކީ ހަމަ ޖވާހިރެއް….އަމަން ބުނެލިއެވެ…
އަމަން އެވާހަކަތައް އެނީ ކައިރީގައި ބުނުމުން އެނީ ވަރަށް އުފާވިއެވެ…އަމަން ގެ ވަޒީފާވެސް ކުޅުދުއްފުށީ ޕޮލިސްޓޭޝަންއަށް ބަދަލުކުރެވުނެވެ…އަހަރެމެން އެންމެން އެއްކޮށް ހިންވަރުން ފުރައިގެން ކުޅުދުއްފުއްޓަށް އައީމެވެ. ރަށަށް އައިސް ފެންވަރާ ކައިގެން އިބާ ބޮޑުބެމެންގެޔަށް ލާފައި އަހަރެމެން ދިޔައީ އެނީމެންގެޔަށެވެ….
އެނީ ފެނުމުން އެނީގެ ބައްޕަ އާއި މަންމައަށް އުފަލުން ރޮވުނެވެ….ނަމަވެސް ކުއްލިޔަކަށް އަމަން ވަން ތަން ފެނުމުން އެމީހުން އެތެރެޔަށް ދާންފެށިއެވެ…
ބޭބޭ…އަބާން ގޮވާލިއެވެ….
ތިހާ ހިތްހަރު މީހަކަށް ނުވެ ބަލަ އެނީ އަމަން އާއި ކައިވެނި ކުރީ ލޯބިވާތީ….އަމަންއަށް އެނީ ބެލޭކަމުގެ ޔަގީންކަން އޮތީމާ….
ހަމަ އެކަނި މައިންބަފައިން ނެތް ކުއްޖެކޭ ކިޔާފައި އަމަން ކަމުނުދިޔައީ….
އެކަމަކުވެސް ބޭބޭ ވިސްނާލަބަލަ…ކިޔަވައިގެން ރަގަޅު ވަޒީފާއެއްގަ އެހެރީ….އަމިއްލަ ގެ ދޮރެއްނެތަސް އެނީ ބެހެއްޓީ ކަން ފުރިހަމަ ކޮށްފައިވާ ގެއެއްގައި…އެދަނީ އެނީގެ ހުރިހާކަމެއް ކުރަމުން…
އަހަރެން ސުވާލެއްކޮށްލަންތަ؟ މުއްސަނދި މީހަކާ އިނދެގެން ނުނީ ބޭބެ ބޭނުން މީހަކާ އިންނަމަ އެނީ އުޅޭނީ ވަރަށް އުފަލުގައި ކަމުގެ ޔަގީންކަން ދެވިދާނެތަ؟
އަބާން ގެ ސުވާލަށް އެނީގެ ބައްޕ އެއްވެސް ޖަވާބެއް ނުދިނެވެ….
އެކަމަކު ބަލާބަލަ އެނީ އަށް އޭނަ އުޅެނީ ވަރަށް އުފަލުގައި……ބޭބެ… އެއީ ނޫންތަ ބޭނުން ވާކަމަކީ؟
އަބާން އަހަރެން އުރާލައިގެން ހުރި އަމާނީ އުރާލިއެވެ. އަދި އެނީގެ ބައްޕަކައިރިޔަށް ދިޔައެވެ…
ބަލާލަބަލަ މިއޮތީ ބޭބެގެ ލޯބި ލޯބި ކާފަ ދަރިއޭ…. އަމަން އެހެން ބުނުމުން އެނީގެ ބައްޕަ ކުޑަކުޑަ އަމާނީ އުރާލާ ގަޔާލާ ބޮނޑިކޮށްލިއެވެ…އެތަންފެނިފައި އެނީއަށް ރޮވުނެވެ…އަމަން އެނީ އަމަންގެ ގަޔާ ކާއިރިކޮށްލާފައި އެނީގެ އަތުގައި ހިފާލިއެވެ…
ސަކީނާ ބަލާބަލަ އަހަރެން ކާފައަކަށް ވީ އޭ…. އެނީގެ ބައްޕަގެ އުފަލުން ބުނެލިއެވެ…އެނީގެ މަންމަވެސް ދަރިފުޅު އުރާލިއެވެ…އަދި އެނީ އާއި އަމަންގެ ފަރާތުން މާފަށް އެދުނެވެ….
ސަކީނައްތާ….ހިނގާބަލަ އަވަހަށް އަހަރެންގެ މަންމަގެ ގެޔަށް ދާން އެނީ އަދި ވިހައިގެން ނުވޭ މަހެއްވެސް އެހާ ގިނަ އިރު ނުހުރެވޭނެއެއްނު ކޮޅަކަށް…..ދިވެހި ބޭސްކޮށް އަވަހަށް އެނީ ދެވަނަ ކުއްޖަކު ހޯދަން ތައްޔާރު ކުރޭ…އަހަރެން ބުނެލީމެވެ..
ޒައި ގަނޑާ ނޫން…އެނީ އެހެން ބުނުމުން އެނަމެންނަށްވެސް ހެވުނެވެ.
ހިންގާބަލަ ހުރިހާ ކުދިން ކާން މިއަދު ވަރަށް މިރުކޮށް ކައްކާފައޭ މިހިރީ….އެންމެން ގޮސް މަޖާކޮށް ކައިގެން ސިޓިންރޫމުގައި ތިބީމެވެ.
ބައިދަވޭ ސަކީނައްތާ ކޮބާތަ މިގޭ އަމީތާބް؟ ނޫޅޭތަ މީހަކާ އިންނާކަށް؟
އާން ޒައިނީ މަށާ އިނީއެއްނޫން ދެން ކިއްކުރަން އަހަނީ؟ ފަހަތުން އިވިގެން ދިޔަ އަޑުން އަހަރެން ބަލާލިމެވެ ކުރިމަތީގައި އެހެރީ އެނީގެ ބޭބެއެވެ….
އަހަރެން މޮޔަވީތަ މީނަޔާ އިންނަން؟ އަމީތާބޫ….. އަހަރެން އޭނަޔާ ދިމާކޮށްލީމެވެ.
ސާބަން ޒައި އަދިވެސް ދޮންބެ އާ ދިމާކުރުން ހުއްޓައެއް ނުލާނަންތަ؟ އެނީ ބުނެލީ އަހަރެންނާ ދިމާލަށެވެ…
ހެއި އަމިތް މީޓް މައި ހަޒްބަންޑް އަބާން…..އަހަރެން އަބާންގެ އަތުގައި ހިފާ ކާރިޔަށް ގެނައިމެވެ…
ނައިސްޓު މީޓް ޔޫ…އެންޑް ތެންކިޔު މަގޭ ކޮއްކޮ ގެނެސްދީ ބައްޕައަށް ވިސްނާދިނީތީ…..އަމިތް ބުނެލީ އަބާން އާއި ސަލާމްކޮށްލަމުންނެވެ…..
ބައިދަވޭ ޗައިނީ… އަބާން އެހާ ސްވީޓް ވީމާ ދެން އަހަރެން މާދަން ނޫން އަނެއް ދުވަހު މެރީކުރާނީ ހައިފާ އާ….އަމިތު ބުނި އެއްޗަކުން އަހަރެން އަދި އެނީވެސް އުފަލުން ވާޓް އޭ ކިޔާ ހަޅޭލަވައިގަތީމެވެ.
ހައިފާތަ؟ މަގޭ ފަހަރިޔަކަށް ވަނީ……އެނީ އުފަލުން ބުނެލިއެވެ… ހައިފާ އަކީ އަހަރެމެން ދެމީހުންނާ އެންމެ ގާތް އަނެއް އެކުވެރިޔާއެވެ…..
އަހަރެމެން މާލެ ފުރީ އަމިތްގެ ކައިވެނިވެސް ނިންމާލާފައެވެ…އެތައް ދުވަހަކަށްފަހު މާލެދެވުމުން އަހަރެން އުފާވިއެވެ…މަންމަމެން ދެކޭހިތުން ކެތްމަދުވިއެވެ…ގެއައް ވަދެވުމާއެކު މަންމަގެ ގައިގަ ބައްދާލީމެވެ….އަހަރެމެން އައުމުން މަންމަ ހީވަނީ ދެ އީދު އެއްފަހަރާ އައިސްގެން އުޅޭ މީހެއް ހެންނެވެ….މަންމަ އިބާގެ ދެތާއި ފައިގަ ރަންފަތް އެޅުވުމުން އިބާ އިނީ ވަރަށް ފޮނިވެފައެވެ….މަންމަމެން އިބާ އާއި ސަކަރާތް ޖަހަމުން ދިޔައެވެ….އިބާއަށް އަދި އަހަރެންނަށްވެސް މަންމަ ވަރަށް ގިނަ ހަދިޔާ ގެނެސްފައި ހުއްޓެވެ. އަހަރެންގޮސް ރޫމަށް ވަނީމެވެ…އެތައް ދުވަސްކޮށްފައިވެސް އެތަނަށް ވަދެފައި ހިތަށް ވަރަށް ހަމަޖެހުންލިބުނެވެ. އަހަރެން ދިޔަ ދުވަހު ހެނދުނު ޖެހި މާތަށް ހިކި ފައި ހުއްޓެވެ…އެކަމމަކު ހިރަފުސް ފޮޅާ ސާފުކޮށްފައި ހުއްޓެވެ. ކުއްލިޔަކަށް އަބާން އައިސް ބައްދާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފައިނަލީ ވީ އާރް ބެކްޓު އަވާރ ލަވްނެސްޓް….އަބާން އަހަރެން ގޮވައިގެންގޮސް އެނދުމަތީ އޮށޯވެލިއެވެ. ޒައި ޕޫލް ކިހިނެތް ހަދާނީ؟
ތިބުނީ…ހިންގާ ޕޫލަށް އެރެން… ޓޫ ޕީސްގަ އަންނަން ވީ؟ އަހަރެން ބުނެލީމެވެ…..
ސާބަސް ޒައި….މި ބުނީ އިބާ އުޅޭއިރު ޕޫލު އެހެން ބޭއްވުމަކީ ރައްކާތެރިކަމެއް ނޫނޭ… އެހެންވެ މާދަމާ ބަޔަކު ލައްވާ ފެންސް ޖަހުވާން ކަމަށް މި ވިސްނަނީ….އެންޑް ޓޫ ޕީސްގަ ޕޫލަށް އެރެން އަހަރެން މިހާރުވެސް ރެޑީ ޒައި އާ އެކީ……..އަބާން ބުނި އެއްޗަކުން އަހަރެންނަށް ހެވުނެވެ.
ތީ ހަމަ ބެސްޓް ބައްޕިއެއް…އަހަރެން ވެސް ތިހެން ހިތަކަށް ނާރާ….
ޒައި ތީ މޮޔައެއް ވީމާ ނުވިސްނޭނެތާ؟ އަބާން އަހަރެންގެ ނޭފަތުގައި ހިފާލިއެވެ…
އަހަރެން މޮޔަވީވެސް އަބާންގެ ލޯބީގައި އަހަރެން އަބާން އާއި ކައިރިވެލާފައި އަބާންގެ ނިތްކުރީގައި ބޮސްދިނީމެވެ.
ޒައި ކިޔަވަން ޕިޒިކަލް ކްލާސްތަކަށް ޖޮއިން ކުރަންވީނު؟….މަންމަމެން އިބާ ބަލާނެ….އެ ދެމީހުންނަށް ހީވަނީ ކުޅޭއެއްޗެއް ލިބިގެން އުޅޭހެން…..އަބާންގެ ވާހަކަ އަހާފައި އަހަރެން އަބާންގެ މޭގައި ބޯއަޅާލީމެވެ…
ހަފްތާއެއް ފަހުން އަހަރެން ކިޔަވަން ދާންފެށިމެވެ… އަބާންގެ ހިތްވަރު ލިބިގެން އަހަރެން ކިޔަވަމުން ދިޔައީމެވެ…
އެއްދުވަހަކު އަހަރެން ގޭގައި ހުއްޓާ އަހަރެންނަށް ގުޅީ އަބާންގެ ބެސްޓް ފަރެންޑް އިކީގެ ވައިފްއެވެ. އަދި ވަރަށް އަވަހަށް ބައްދަލުކުރުމަށް އެދުމުން އަހަރެން އެގެޔަށް ދިޔައީމެވެ…. އަހަރެން ފެނުމުން ހަމްނާ އަހަރެންގެ ގައިގަ ބައްދާލާފައި ރޯންފެށިއެވެ….
ހަމްނާ:- ޒައިނީ އަހަރެން މިވާހަކަ ދައްކަންވެސް ލަދުގަނޭ….ދެރަވެސްވޭ………..އަބާން ރޭގައި ގެޔަކަށް ނިދާކަށް ނުދެއެއްނު….
ޒައިނީ:- އާން… އަނެއްކާ އަހަރެންގެ އަބާން އަށް ކަމެއްވީތަ؟
ހަމްނާ:- ކަމެއްވީ އެއްނޫން އަބާން ރޭގައި މިގެޔަށް އައި އަހަރެންގެ ކަޒިން އަކާ އެކީ އެ ދެމީހުން އުޅެނީ ރައްޓިހިވެގެން…..ރޭގަ ނިދީވެސް މިގޭގަ…އެހެންވެ ގެޔަށް ނުދިޔައީ
ޒައިނީ:- ހަމްނާ ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ އަހަރެންގެ އަބީ އެއް ނޫޅޭނެ އެހެންނެއް އެއަށްވުރެން މާ ލޯބިވާނެ އަހަރެންދެކެ…..
ހަމްނާ:- ބަލަ ޒައިނީ މަގޭ މި ދެލޮލުންނޭ ދުށީ….
ޒައިނީ:- މި ބުނީ ނު ނުކުރާނަމޭ ގަބޫލެއް…..އަހަރެންގެ އަބީ އެއް ނޫޅޭނެ އެހެންނެއް…އަބީ ރޭގައި ދިޔައީ ޑިޔުޓީއަށް…..ހަމްނާ އެއް ކަމަކު ތި ކުރަން އުޅެނީ ވަރަށް ގޯސްކަމެއް……ތިކަހަލަ ކަންތައް ކުރަން ލަދު ގަންނަން ޖެހޭނެ…ވިސްނާލަބަލަ މީހަކު އިކީ އޭ ކިޔާ ތިކަހަލަ ވާހައެއް ދެއްކިނަމަ…..އެއްފަހަރު މަށަށް އަބީއަށް އިތުބާރު ނުކޮށް ގޯސް ހެދިއްޖެ….މިހާރު އަމިއްލަ ނަފްސަށް ވުރެ އިތުބާރުކުރަން އަހަރެން ދެން ދަނީ ތިކަހަލަ ދޮގު ވާހަކަ ދައްކަން ދެން ވެސް މަށަށް ނުގުޅާތި….މަގޭ އަގުހުރި ވަގުތު ބޭކާރުކުރަން….
އަހަރެން ގެޔަށް ދާން އެބުރުނު ވަގުތު އަބާން އަހަރެންގެ ކުރިމަތީގައި ހެވިފައި އިނެވެ އަދި އައިސް ލޯބިން ބައްދާލިއެވެ…. އަހަރެން މިއަދު ވަރަށް އުފާވެއްޖެ….ގަބޫލުކުރެވިއްޖެ މިހާރު އަސްލުވެސް އިތުބާރު ކުރާކަން މިހިތަށް ހާދަ ލުއި ވެއްޖެޔޭ……
ޒައިނީ ސޮރީ…އަބާން ގެ ހިތުގައި ވީ ބިރުވެރިކަން ފިލުވާލުމަށް ޓަކައި އަހަރެން އަދި އިކީގެ ރޭވުމެއްމީ…..އޭރު އިކީވެސް ކޮޓަރ ތެރެއިން ނުކުމެގެން އައިސް ހަމްނާގެ ކައިރީ މަޑު ކުރިއެވެ…..އަބާން ހިތަށް އަރަނީ އަދިވެސް މީހަކު ދައްކާ ވާހަކައަކުން ޒައިނީ ގެއްލިދާނޭ…އެހެންވެ ބިރު ފިލުވާދިނީ މީ…ހަމްނާ ބުނެލިއެވެ….
ތެންކިޔު ބުނެ އަހަރެންވެސް ހަމްނާއަށް ޝުކުރު އަދާކުރީމެވެ…. ޒައިނީ ޝުކުރު އަދާނުކޮށް މަރުހަބާ ކިޔާބަލަ…އަހަރެން ޕްރެގް އޭ…..
އަޅޭ ވާވް…ކޮންގްރާ އޭ ބުނެ އަހަރެން ހަމްނާގެ ގައިގަ ބައްދާލީމެވެ.
އަހަރެމެން ގެއައް ދާންވެގެން ކާރަށް އެރީމެވެ….
އަބީ އަހަރެން ނުދާނަމޭ އަބީ ދޫކޮށްލާފައެއް ގަބޫލުކުރޭ…އަހަރެން އަބާންގެ އަތުގައި ހިފާލީމެވެ…މިހާރު އަބީ އޭ އަހަރެންނަށް އަށް ޓްރަސްޓު ނުކުރަނީ….އަހަރެން ބުނެލީމެވެ…… އަހަރެން ޓްރަސްޓްކުރަން އެކަމް ހަމަ ހިތް ބިރުގަންނާތީ….އެކަމް މިހާރު އެބިރު ފިލައިފި…..އައި ލަވް ޔޫ ޒައި….އަހަރެން އަބާންގެ އަތުގައި ބޮސްދިނީމެވެ.
އެއް އަހަރު ފަސް
މުޅިގެ ޒީނަތްތެރި ކުރެވިފައިވަނީ އިބާގެ 2 ވަނަ އުފަންދުވަހަށެވެ…ބޮޑުބެމެން…. އެނީ އާއި އަމަން،އަމިތު އާއި ހައިފާ އަދި އަބާންގެ އާއިލާ އެންމެންވެސް ޕާރޓީގައި ބައިވެރިވުމަށް މާލެ އައިސް ތިއްބެވެ…. އެންމެންގެ ތެރޭގައި ޕިންކު ކުލައިގެ ހެދުމުގައި އިބާ ހިވަނީ ކުޑަ ކުޑަ ޕަރީއެއްހެންނެވެ…އަމާނީ ވެސް މިހާރު ހިންގާތީވެ އިބާ އާއެކު ދުވަމުން ދިޔައެވެ…..ހައިފާވެސް 6 މަހުގެ ބަނޑުކޮޅާއެކު ނުހަނު ލޯތްބެވެ… ޕާރޓީ ނިންމާލާފައި އެންމެން ދިޔުމުން އަހަރެން ޕޫލްކައިރީ އިން ބެޑްގައި އަބާން އުނގުގައި އަހަރެން އިށީނދެލީމެވެ. އަދި އަބާންގެ ގައިގަ ބާރަށް ބައްދާލީމެވެ.
ކިހިނެތްވީތަ ލޯބި އުތުރި އަރައިގަތީ؟
އަބީ އަހަރެންގެ މި ލޯތްބަކަށް ދުވަހަކުވެސް ބަދަލެއް ނައަންނާނެ…. އަހަރެން ދުށް ހުރިހާ ހުވަފެނެއްގައި އަބީ ކުލަޖައްސާދީފި… މިހާރު ލޯޔަރަކަށްވެސް ވެވުނީ….ތީ ހަމަ ބެސްޓް އަހަރެން އަބާންގެ ކޮލުގައި ލޯބިން ބޮސްދިނީމެވެ…އަބީ ގިފްޓެއްދެންތަ؟ އަބާން ބޯ ޖަހާލިއެވެ..
“އަހަރެން ޕްރެގް” އަހަރެން އަބާންގެ ކަންފަތް ދޮށުގައި ބުނެލީމެވެ…
އަސްލުވެސްތަ އަބާން އުފަލުން އަހަރެންގެ ގައިގަ ބައްދާލިއެވެ….އަދި އަހަރެންގެ ބަނޑުގައި ފިރުމާލިއެވެ…
ޒައި އަހަރެން ބޭނުން މިފަހަރު އިބާގެ ޓައިމްގަ ޒައި އަށް އުނިވި ލޯބި އެއްކޮށްދޭން….އަހަރެންނަށް ނުކުރެވުނު ހުރިހާ ކަމެއް ކުރަން….އަހަރެން ބޭނުން ފުލް ޕްރެގްނެންސީ އެކްސްޕީރިއެސްން ކުރަން ޒައި އާއެކު ޑޮކްޓަރަށް އެކީ ގޮސް ކްރޭވިންސް އައިމަ އެއްޗިހިތައް ހޯދަން ދުވަން…އަބަދުވެސް ވަރަށް ބޭނުންވި ފުރިހަމަ ނުވެ އޮތް ކަމެއް އެއީ… އިންޝާﷲ ފުރިހަމަވާނެ އަހަރެން ބުނެލީމެވެ….
ޒައި އަހަރެން މިހާރު ހާދަ އުފާވެޔޭ…އަބަދަށްވެސް އަހަރެމެންގެ ގުޅުން މިގޮތުގައި ލަހައްޓަވާށި…
“އާމީން” އަބާންގެ ވާހަކަޔާ ގުޅުވާލައިގެން ބުނީމެވެ…
އަދި އަބާންގެ އަތުގެ އިނގިލިތަކުގެ ތެރެޔަށް އަހަރެންގެ އިނގިލިތައް މަހާލީމެވެ އަދި އަބާންގެ ކޮނޑުގައި ބޯއަޅާލަމުން އަހަރެން ބުނެލީމެވެ…އަހަރެމެން ކުރި ހިއްދަތި އިންތިޒާރުގެ ނިމުން ކިހާ ފޮނި ހެއްޔެވެ. އަބާންގެ ދެއަތުން އަހަރެންގެ ހަށިގަނޑު ވަށާލުމުން އަހަރެން ލޯމަރާލީ މެވެ.
-ނިމުނީ-
7 Comments!
Comments are closed.

alheyyyy numunytha!!!?? haadha rehcheyy
hama v v v v v rythi story eh mee!
Nadhoo ge new story akah inthizaaru kuran.
i love this story
Wow… Vhk vvvvvv reethi.. But ehaa avahah nimmaaly ma v Dheravehji.. :(.. Still, nadhoo ge new story akah vv inthizaaru kurevey.. Ummeedhu kuran v avahah new story eh kiyaalan libeyne kamah.. Tc 🙂
Aww.. Vv reethi Mi vaahaka ❤️😊
Varah ufaavey vaahaka reethi kamah kudhin bunaathi♥️ ifoo aki abadhuves comment kuraa kuhjjekan faahanga vey😍 Thank you..varah avaha aa vaahaka eh liyaa nan
I am so happy I love this story
Mi vaahaka varha reethi
Nadhoo ge next story a I witting kuraan
I really like the story ❤️❤️
And I am waiting for the next story ❤️❤️
Once again I like the story ❤️❤️
Varah salhi vaahakaeh 😘😘😘😘