Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަގުދީރު 8

ailessh Level 1
July 11, 2023 5 Mins Read
14 Comments

އެ ދުވަސްވެސް ނިމިގެން ދިޔައީ އެކަހަކަ ގޮތަކަށެވެ. ކައި ކޮންނެގަޑިއަކު ޝާޔަލްގެ ނަމުގެ އަޑު ނީވި އެއ ނުދެއެވެ. ކޮންމގޮތެއްވިޔަސް ޝާޔަލް އަށް އަހަރެންގެ ހިތުގައި ނަފުރަތު އުފެދޭން ފަށައިފިއެވެ. ސާރިމް އަހަރެންނާ ކައިވެނި ކޮށްގެން އުޅޭހާ ދުވަހަކު އެހެން އަންހެން ކުއްޖެއް ކައިރީ ފެންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އަހަރެން މީ އޭނާގެ ވަގުތީ އަތްބެއް ކަންނޭނގެއެވެ. ސަމީރައްތަމެން ނުގަބޫލުގައި މިކަން ކުރާކަށް ބޭނުނެއް ނޫނެވެ. އަނެއްކޮޅުން ސާރިމް އަހަރެންނާއި ކައިވެނި ކުރީ ނާފިއުގެ ކިބައިން ރައްކާތެރިކޮށްދޭށެވެ. ސާރިމް ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އެއީ އޭނަ ކޮށްދިން ރަނގަޅު ކަމެކެވެ. ނަމަވެސް އަހަރެންގެ މަންމަ އަހަރެންނާއި ދުރުވުމަކީ އޭނައަށް ނަފުރަތު ކުރާ އެއް ސަބަބެވެ. އާއިލާގެ ނުގަބޫލުގައި ސިއްރުން، ވަގަށް މިކަހަލަ ކަމެއް ކުރުމަކީ ނަފުރަތު ކުރާ އަނެއް ސަބަބެވެ.

އޭގެ އަނެއް ދުވަހު އަހަރެން ސާރިމް އާއެކު އޮފީހަށް ދިޔައީމެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން އެ ވަޒީފާ އަދާ ކުރަންޖެހޭނެއެވެ.

“އަހަރެންގެ އަންހެނުން މިތާ ވަޒީފާ އަދާކުރާތަން ދެކޭކަށް ބޭނުމެއް ނޫން. މި ބުނީ މިހާރު އަހަރެންގެ ގޭގައެއްނު އުޅެނީ. ސަމްރީންގެ ބޭނުންތައް ފުއްދޭވަރަށް އަހަރެންނަށް ލާރި ދެވޭނެ.” ސާރިމް އޮފީހު ކެބިންތެރެއަށް ވަދެ ފުރަތަމަ ވެސް ބުނީ އެހެންނެވެ.

“ކަލޭ ދޭ އެއްޗެއް ބޭނުމެއްނޫން.” އަހަރެންގެ ގޮތްދޫ ނުކުރުމުގެ ސިފަ ސާރިމްގެ ކުރިމަތީ ދައްކާލީމެވެ.

“ވަޒީފާއިން ކަނޑާލަންވީދޯ.. ނޫނީ މަންމަ ކައިރީ ތީ މަގެ އަންހެނުންނޭ ބުނަންވީ.؟” ސާރިމް ހުންނަނީ އަހަރެން ބިރުގަންނުވާނެ ފުރުސަތަކަށް ބަލަ ބަލައެވެ.

އެ ސުވާލަށް ޖަވާބު ނުދެވެނީސް ހާނިޔާ އޮފީސް ކެބިންތެރެއަށް އައިކަން ނަސީބެކެވެ.

“ސާރިމް، ޕާކިސްތާނަށް ގޮސް އަހަރެން ބުނި ކޮމްޕެނީގެ ޑީޓެއިލްސް ބެލިންތަ.؟” އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭނަ ބެލީ ޑީޓެއިލްސް އެއް ނޫނެވެ. ކުރީ ކައިވެންޏެވެ.

“ހޫން ބެލިން. ކިހިނެއްވީ..؟” ސާރިމް އަހާލިއެވެ.

“އަހަރެން ބޭނުން އެއްޗެހި.” ހާނިޔާ ބުނެލިއެވެ.

“މިގަޑީ ނެތް . ގޭގަ ވާނީ.” ސާރިމް ބުނެލީ ފޯނު ނަގަމުންނެވެ.

“ކޮންތާކުވާނީ. ވަރަށް އާޖެންޓްކޮށް އެ ބޭނުންވެގެން.” ހާނިޔާ އެ ބޭނުންވާނީ ކީއްވެހެއްޔެވެ؟ އޭނާ މިހާރު އޮފީހަކަށްވެސް ނާދެއެވެ.

“އޮންނާނެ އަހަރެންގެ އަލަމާރީ. އެއްކަލަ ބައިގަ.” އެއްކަލަ ބައި އަހަންނަށް ނޭނގުނަސް ހާނިޔާއަށް އެނގޭނެއެވެ. އެހެން ބުނުމުން ހާނިޔާ އެތަނުން ނިކުމެގެން ދިޔައެވެ.

“މިއަދު މަސައްކަތް ކުރެވިދާނޭ. އެކަމް މާދަން އޮފީހުން ފެނިއްޖާ ބުނާނަން.” ސާރިމްގެ އެ ހަރުކަށިކަމަށް ބަދަލެއް ނާދެއެވެ.

“ސާރިމް. އަހަރެން އެބޯތޭ ސުވާލެއް. ކީއްވެތަ ސާރިމް އެހާ ހަރުކަށީ. އައި މީން އަހަންނާ ތަންކޮޅެއް ރީތިކޮށް ވާހަކަ ދެއްކިޔަސް ގަބޫލް ކުރާނަން އެ އަށް އަމަލު ވެސް ކުރާނަން.” އަހަރެން ބޭނުންވީ ހަރުކަށި ކަމުގެ ފަހަތުގައި ފޮރުވިފައިވީ ސިއްރު ހޯދާށެވެ.

“އެއީ އަހަރެންގެ އަމިއްލަ ކަމެއް.” އެހެން ބުނީވެސް ހަރުކަށިކަމާއެކުއެވެ.

“ޝާޔަލް ދެކެ ލޯބިނުވާއިރު މަންމަމެން ކީއްވެ އެހާ ޕްރެޝަރ އެކުރަނީ.” އަހަރެން އެވަގުތަށް އިސްކުރީ މަޑުމައިތިރި ކަމެވެ. އެހެން ބުނުމާއެކު ސާރިމްގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ފުރަތަމަ ފަހަރަށް އެ ދެލޮލުން ކަރުނަ ފެނުނެވެ. އަހަރެން އޭނާގެ މުއްކަވާލެވިފައިވި އަތުގައި ހިފައިލީމެވެ.

“ކަލޭ ނުޖެހޭނެ އެ ބަލާކަށް…” އޭނާ އެ ވަގުތުގައިވެސް ބެލީ ހަރުކަށިކަން އިސްކުރެވޭތޯއެވެ.

” ކޮންމެ މީހެއްގެ ލައިފް އަކީ އެންމެ ޕާފެކްޓް ލައިފްއަށް ނުވެދާނެ.! އޭގެ މާނައެއް ނޫން އެއީ ތިމާގެ ހިތުގައި ހިނގާ އިހްސާސްތައް ފޮރުވާށެކޭ.” އަހަރެން އޭނައަށް ވިސްނައިދެވޭތޯ ބެލީމެވެ.

“ފުރަތަމަ ފަހަރަށް. ފުރަތަމަ ފަހަރަށް. އަހަރެންނަށް އަންހެން ކުއްޖެއް ދެކެ ލޯބިވެވުން. އެއީ ޝާޔަލް. ލޯބި ހުށަވެސް އެޅިން. ރައްޓެހިވެސް ވިން. މަންމަމެން ކައިރިއަށްވެސް ގެނައިން. ދެ އާއިލާވެސް ވަރަށް ގަބޫލް. ” އެހިސާބުން އޭނައަށް ރޮވުނެވެ. ވެވުނީ ހަމްދަރުދީ ކަމެއް ނޭނގެއެވެ. އޭނާ ރޯން ފެށުމުން އަހަރެންގެ ހިތަށް އަސަރު ކުރާން ފެށިއެވެ.

“ދެން” އަހަރެން ބޭނުންވީ އެ ވާހަކަ އަޑުއަހާށެވެ.

“އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކުރީގަ. ޒަހީން. އޭނަ އާއި ޝާޔަލް އެރޭ ނާފިއު އާއެކީ ފެނުނުހެން ފެނުން. އަހަރެންނަށް ގަބޫލެއްވެސް ނުކުރެވުން. އޭރު އަހަރެންނަށް ވާނީ ވިހި އަހަރު. އެދުވަހު ނިންމީ ޒަހީން ޝާޔަލްއަށް ދެއްކި ފައިސާއަށްވުރެ ގިނަ ފައިސާގެ ހައްގުވެރިއަކަށް އަހަރެންވާން. އަދި އޭނަ ނޫން އެހެން އަންހެން ކުއްޖަކާ މެެރީ ކުރަން.” އޭނާގެ އެވާހަކަތައް ބަންޑުން ކޮށްލިއެވެ. އެހެންވީމާ ސާރިމް އަހަރެންނާ ކައިވެނި ކުރީ ޝާޔަލް ގެ ސަބަބުންނެވެ.

“އޭ ހުއްޓާލަ. ޔޫ ކާންޓް ބީ ލައިކް ދިސް.” އަހަރެން އޭނާގެ ބުރަކަށީ ފިރުމާލީމެވެ.

“އަދި ރުޅިއެއްވެސް ނާދޭތަ؟” އެ އަޑުގައިވި ހަރުކަށިކަން ފިލާ ގޮއްސިއެވެ.

“ހޫމް ކީއްވެ ރުޅި އަންނަންވީ..؟” އަހަރެން ރުޅިއަންނަންވީ ސަބަބެއް ނެތެވެ.

“މައި ޓައިޕިކަލް ވައިފް އެއްނު.” މައި އޭ ބުނުމުން ހިނިތުންވެލެވުނެވެ.

“ދެން ހީކުރާނީ އެއްނު މަ ކަލޭ ދެކެ ލޯބިވާތީ އޭ ކައިވެނި ކުރީ.!” ސާރިމް ކުރިން ހުރި ހަރުކަށިކަމަށް ދިޔައެވެ.

އަހަރެންނަށް ސާރިމް މި އެނގުނީ ކިރިޔާއެވެ. ކިތަންމެ ހަރުކަށި ނަމަވެސް އޭނާގެ ހިތުގައި ވެސް ރަހުމްވެއެވެ. އެހެން އިހްސާސްތަކާއި ދުރުވާން އުޅުނަސް އޭނާ ވެސް އިހްސާސްތަކެއްވެއެވެ. އޭނާ އަހަރެންނާ ކައިވެނި ކުރީ ކޮންމވެސް ސަބަބެއް އޮވެގެންނެވެ. އަދި އަހަރެންނަށްވެސް ރަނގަޅަކަށެވެ. ސާރިމް ބުނާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނުމަށް ހިތުގައި އަޒުމު ކަނޑައެޅީމެވެ.

*

އޮފީސް ނިންމާލުމަށްފަހު ގެޔަށް އައީ ސާރިމް އާއެކުއެވެ. އޭރު ޝަނާޔާ އާއި ހާނިޔާ އާއި ސަމީރައްތަގެ އިތުރުން މުހައްމަދުބެ ވެސް ސިޓިން ރޫމްގައި ތިއްބެވެ.

“މަންމާ. ޝާޔަލް އާއި ކައިވެނި ކުރަން އަހަރެން ތައްޔާރު.” ސާރިމްގޮސް ސަމީރައްތަގެ ކައިރީ އިށީނެ ބުނެލިއެވެ. ބިންގަނޑު ފަޅައި އަޑިއަށް ދާންވީއޭ ވެސް ހިތަށް އެރިއެވެ. އަހަރެން ބިރު ގަންނަންވީ ކީއްވެހެއްޔެވެ؟ ސާރިމް ބޭނުން ކަމެއް ކުރެވޭނެއެވެ.

“އަސްލުތަ؟ ސަމްރީން އާދޭ އިށީންނަން.” އަހަރެން ހުރީ ފިޔަވަޅެއް އަޅާލަން ވެސް ނުކެރިފައެވެ.

އަހަރެން މަޑު މަޑުން އިސްޖަހައިގެން ގޮސް ސޯފާގައި އިށީނީމެވެ.

“ދެން ސާރިމް އަށް ކަމުދާ ކުއްޖާއޯ.” އެހެން ބުނުމުން ސާރިމް އަހަންނާއި ދިމާލަށް ބަލައިލިކަން އިނގެއެވެ.

“އެކުއްޖާ… މަންމަމެން ބުނީމެއްނު ސަމް.. އޯ ސޮރީ ޝާޔަލް ނޫން އެހެން ކުއްޖެއް މަންމަގެ ޅީ ދަރިއަކަށް ނުވާނޭ.” ސާރިމް އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ.

އެއީ ޝާޔަލްގެ ވާހަކަ ކިޔައިދިން ސާރިމް ކަމާމެދު ޝައްކެވެ.

“ދެން ތިކަން ފާހަގަ ކުރާނީ ފަހުން. ދޭ ފެންވަރައިލާގެން އަންނަން. ސަމްރީންވެސް ފެންވަރައިގެން ކާން އާދެ.” ސަމީރައްތަ އެހެން ބުނުމުން އަހަރެން ކޮޓަރިއަށްވަނެ ފެންވަރާ ތާޒާވެލީމެވެ.

ފެބްވަރައިގެން އަސުރު ނަމާދުކޮށްލިއިރަށް ހާނިޔާގެ ފޯނެއް އައެވެ. ޓެރަސް މައްޗަށް އައުމަށް ބުންޏެވެ. އަހަރެންވެސް އެހެން ބުނުމުން އިތުރު ކަމެއް ނެތުމާއެކު ޓެރަސްމައއްޗަށް ދިޔައީމެވެ.

އޭރު ސާރިމް އާއި ހާނިޔާ އެތާ ތިއްބެވެ. އަހަރެންވެސް އެތާ ގޮސް އިށީނެލީމެވެ.

“ދައްތަ ތި ދެމީހުންނާ ވަރަށް ސުވާލު ކުރަން ބޭނުން. ތެދަށް ޖަވާބު ނުދީފިއްޔާ ގޯސްވާނެ.” ފޯނުން ފޮޓޯގަނޑެއް ނަގައި ހާނިޔާ ދައްކާލިއެވެ. އެއީ އަހަރެންނާއި ސާރިމްގެ ކައިވެނީގެ ސެޓްފިކެޓެވެ.

“މި ކޮންކަމެއް؟؟؟” ހާނިޔާ އެހެން އަހާލުމުން ބަލައިލެވުނީ ސާރިމްގެ މޫނަށެވެ.

“މީޓް މައި ވައިފް. ސަމްރީން ނޫރް އަލީ.” ސާރިމް އެހެން ބުނުމުން އަހަރެން އިތުރަށް ގަތީ ބިރެވެ. އިސްޖަހާލެވުނީ ހާނިޔާ އާއި ދިމާ ބަލައި ނުލާށެވެ.

“ކައިވެނި ކުރުމަކުން މައްސަލައެއް ނެތް. އަހާލެވިދާނެތަ ކީއްވެ ކުރި ކަމެއްތޯ.؟ އެވެސް މަންމަމެނާ ވަގަށް. އަދި މިއަދު ޝާޔަލް އާއި ވެސް ކައިވެނި ކުރަން އެއްވަސްވެފަ.”

“ހޫމް.އެއީ މަންމައަށް ޝާޔަލްނޫން އިތުރުމީހެއް ޅީދަރިއެއްގެ ގޮތުގައި ބަލައި ނުގަނެވޭނެތީ. މަށަށް ސަމްރީން ގެއްލިދާނެތީ. ސަމްރީންވެސް ބޭނުމީ އަހަރެން ކައިރިން ވަރިވާން. އަހަރެން ޝާޔަލްއާއި އިނެފަ އޭނަ ވަރި ކުރާނަން.” ޖަވާބު ދިނީ ސާރިމްއެވެ.

“ކައިވެންޏަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން. ދާއިމަށް ދެމިގެން ނުދަންޏާ ކީއްކުރަން ކުރި ކަމެއް.”

“އިންސާނުންނަށް ކުށްވެސް ކުރެވޭނީ.” ސާރިމް އެހެން ބުނުމުން އޭނާގެ މޫނަށް ބަލައިލެވުނެވެ.

“ދައްތަވެސް މިކަން ސިއްރު ކޮށްދީ. އަހަރެން ބޭނުނެއް ނޫން ސަމްރީނަށް ދެރަގޮތެއްވާކަށް.” ސާރިމް އެހެން ބުނިއިރު އަހަރެން އިނީ ހައިރާންވެފައެވެ.

” މަންމަ ކައިރީ ނުބުނާނަން. އެކަމް ޝާޔަލް އާއި މެރީ ކުރާ ދުވަހު ޖެހޭނެ ޑިވޯސް ކުރަން އޭނަ.” ހާނިޔާ އެހެން ބުނުމަށްފަހު އެތަނުން ދިޔާއެވެ.

އޮތީ މަދު ދުވަސް ކޮޅެކެވެ.

“ކީއްވެ ޝާޔަލް އާއި މެރީ ކުރަން ނިންމީ ” އަހަރެން ސުވާކު ކޮށްލީމެވެ.

“ސަމްރީން ބުނެގެން.” އޭނާ އެހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށީ އިޚްތިޔާރުން ބޭރުގައެވެ. ސާރިމް އާއި ވަކިވާކަށް މިހާރު ހިތެއް ނޭދެއެވެ. ނަމަވެސް ތަގުދީރެވެ. ތަގުދީރުގައި ސާރިމް އާއެކު އަހަރެންވުން ވާނަމަ އެކަން ވެސް ވާނެއެވެ.

ދެލޯ ފޮހެލުމަށްފަހު ޓެރަސް އިން ފޭބީމެވެ. ކާ މޭޒު ދޮށުގައި ގޮސް އިށީނެ ލީމެވެ.

“އެހެންމެ މާދަން ނޫން އަނެއް ދުވަހު އެންގޭޖްމެންޓް ބާއްވާ ގޮތަށް. ޝާޔަލް ފެމެލީވެސް އޯކޭ.” މުހައްމަދުބެ އެހެން ބުނުމުން އަހަރެން އެތަނުން ދިޔައީމެވެ. އެތަނުގައި ދެކެވޭނީ ދެން އެ ކައިވެނީގެ ވާހަކަ ކަމަށް ވީމައެވެ.

އަހަރެން ކޮޓަރިއަށް ވަނެ ނިދާ ކަމަށް ހެދީމެވެ. ސަމީރައްތަމެންނާ ފޮރުވުމަށެވެ. އެމީހުންގެ ވާހަކަތައް ނޭހުމަށެވެ. ކޮންމެ ގޮތެއްވިއަސް ހާނިޔާ އަށް މިހާރު އެކަން އިނގޭނެއެވެ. ކުރާނީ ކީއްހެއްޔެވެ؟

އެ ދުވަހު ރޭގަނޑުވެސް އަހަރެން ނުކަމެވެ. ކޭތޯ ބަލަން އަންނަ އިރަށް ނިދަނީއެވެ.

އޭގެ އަނެއް ދުވަހު ގޭތެރެ ޒީނަތްތެރި ކުރެވެން ފެށިއެވެ.

އަހަރެންވެސް އަހަރެނގް ފިރިމީހާގެ އެންގޭޖްމެންޓްގައި އެކި ކަން ތައްޔާރު ކޮށްދިނުމަގއި އެހީވީމެވެ. ސަމީރައްތަ އެކަން ބޮޑުކޮށް ގެންދަން ބޭނުން ވިނަމަވެސް ސާރިމް އެކަމަށް އެއްބަސް ނުވުމުން ބައިވެރިވާން ނިންމީ ދެ އާއިލާ އެކަންޏެވެ.

އެކި ކަން ކަމުގައި މަސްއޫލްވުމަށްފަހު އަހަރެން ކޮޓަރިއަށްވަނީ އިރުއޮއްސި ހައެއް ޖެހުމުންނެވެ. ރޭގަނޑު އޮތް އެންގޭޖްމެންޓަށް ތައްޔާރުވުމަށެވެ. ޝަނާޔާ މެނަށަ ޝައްކެއް ވެދާނެތީއެވެ.

“އަހަރެން ހީކުރީ ކަލޭ މަ ޝާޔަލްގެ ކިބައިން ސަލާމަތް ކޮށްދޭނެ ކަމަށް” ސާރިމްގެ ޖުމުލަ އަހަރެންގެ ބޮލުގައި ތަކުރާރުވި އަދަދެއް ވެސް ނޭނގެއެވެ.

ނާފިއުގެ ކިބައިން ސަލާމަތްކުރީ އޭނައެވެ. އަހަރެންވެސް އޭނާ ސަލާމަތް ކޮށްދޭން ޖެހޭނެ ކަމަށް ހިތް ބުނެއެވެ. އަހަރެން ސާރިމް އަށް ގުޅައި ކޮޓަރިއަށް އައުމަށް އެދުނީމެވެ.

“ހިތުން ރުހުމުންތަ ތިކަން ކުރަނީ.؟” އަހަރެން ސުވާލު ކޮށްލީމެވެ.

“ހަގީގަތާ ކުރިމަތިލާއިރު ބައެއް ހުވަފެންތައް ހަނދާން ނައްތާލަން ޖެހޭނެ.” ސާރިމް ބުނެލިއެވެ.

“ސާރިމް. އަހަރެން… އަހަރެން…” އަހަރެން މެދުކަނޑާލީމެވެ.

“އަހަރެން؟” ސާރިމް އަހާލިއެވެ.

“ޝާޔަލްގެ ކައިރިން ސަލާމަތް ކޮށްދޭނަން. ” އަހަރެން ހިތްވަރާއެކު ބުނެލީމެބެ.

“މިގަޑީ ކިހިނެއް.؟” އެހެން ބުނުމުން އަހަރެން އިތުރު އެއްޗެކޭ ނުބުނެ އޭނާގެ ފޯނު އަތުލައި ތައްޔާރުވާނ ފޮނުވައިލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ހިނދުކޮޅެއް-ފަހުބައި

Next

ވަނަހާ (04)

Next
July 12, 2023

ވަނަހާ (04)

Previews
July 11, 2023

ހިނދުކޮޅެއް-ފަހުބައި

14 Comments!

  1. Sundhus says:
    July 11, 2023 at 11:26 pm

    Alhe haadha reechey mi vaahaka. When next part?

    1. ailessh says:
      July 12, 2023 at 10:53 pm

      Aww thank u 🤍

  2. Anonymous says:
    July 12, 2023 at 8:24 am

    Thankolheh dhigu koh genesdyba
    Meega kury part ge bai kiyaafa dhen innnany kuda thankolheh

    1. ailessh says:
      July 12, 2023 at 10:51 pm

      Will try next dhigu kollehveythw 🤍

  3. 👩🏽‍🏫 says:
    July 13, 2023 at 12:46 am

    Next part kniraku kiyaaalan libeyniii

  4. Aminath Nauryn Waheedh says:
    July 13, 2023 at 6:16 pm

    I am checking this site in every single hour! Just hoping for a long long part!!

  5. ailessh says:
    July 13, 2023 at 8:04 pm

    Ya all. I would like to aplogise for the delay and short else. Rashid beyruga ulheythyy Mihen vany. Sun nuns Mon ga high pep eh lieyleveythw balaanana. India Allah.
    Also thank u for ur love n support <<<33

    1. ailessh says:
      July 13, 2023 at 8:05 pm

      Rashun** 😅

  6. ailessh says:
    July 13, 2023 at 8:07 pm

    Autoin correct Vefa e hurry, sorry. Sunday ga nuny mondayga dhigu episode eh kiyaalan libeyvaru kohdheynan. Insha Allah.

  7. Aminath Nauryn Waheedh says:
    July 13, 2023 at 10:17 pm

    It’s okay dear! I can understand cuzz it’s BODU CHUTTEE!!

  8. Eeeek says:
    July 14, 2023 at 11:20 am

    Alheyy kuru koh viyas ok ey kiyaalan libenikoh😊

    1. ailessh says:
      July 14, 2023 at 5:27 pm

      Ehehe. Kiyaalan libeyne 💋

  9. Anonymous says:
    July 15, 2023 at 6:21 am

    Mihaaru meee july 15
    Enme fahun kiyaalan libuny 11 ga
    Hhaaadha inthizaarekey thikuruvany

    1. ailessh says:
      July 15, 2023 at 8:09 am

      Mihr submit kollaafa vaany, thn maa gina ireh nuvaane 😭

Comments are closed.

Next Episodeތަގުދީރު 9←


All Right Reserved!