ރާނީ 8
ރާގިނީގެ އަތުގައި ބައެއް ގިފްޓަތައް ހުއްޓެވެ. ރާގިނީ ސޯފާގައި އިށީންދެ ގިފްޓްތައް ކަޑަން ފެށިއެވެ. އެކަމަކު އަވިނާޝް ދިން ގިފްޓް ނުކެނޑިއެވެ. “ތި ގިފްޓް ކަނޑާބަލަ” ރާގިނީގެ ހަރަކާތްތަކަށް ބަލަން އެނދުގައި އިށީނދެގެން އިން އަވިނާޝް ބުނެލިއެވެ ނޫން ނުކަނޑާނަން ކީއްވެ؟ ” އަވިނާޝް ދިނީމަ ” އެޔޯ؟
އަހަރެންދިން ގިފްޓްތައްވެސް ނުކަނޑަމެއްނު ރަގިނީ ބުނެލީ އަވިނާޝް އާއި ދިމާލަށް ބަލަންހުރެއެވެ. “މިހާރު ކަނޑައިފީމެއްނު ހެދުންވެސް ލައިގެންނު މިހިރީ” ކިތައް ދުވަސް ފަހުން ކެނޑީ؟ ” ބަޓް ރާގިނީ ލައިގެން ތިހިރަ ހެދުމަކީވެސް އަހަރެން ދިން ގިފްޓެއް “….އެހެންތަ؟ މީތި ދެން ނޭންގި ލެވުނީ ބަޓް މި ގިފްޓެއް ނުކަނޑާނަން… ” އޯކޭ… އޯކޭ….. ބައްވާ ނެކްސްޓް ބާރތްޑޭގަ ނުޖެހޭނެއެއްނު އިތުރު ގިފްޓެއް ދޭކަށް ” ހުންނާނަންތަ؟ މަށާއެކީ ނެކްސްޓް ބާރތްޑޭ ޖެހެން ދެންވެސް؟ ރާގިނީ އަށް އަހާލެވުނެވެ….. “އާން އަހަރެން ކޮންތާކަށް ދާނީ ޑޫޔޫ ލައިކް ދަ ޑްރެސް؟ ” ޔޭސް ވަރަށް ރީތި…..އެންޑް ތެންކިޔު ފޯރ މޭކިން މައި ބާރތްޑޭ ސޯ ސްޕެޝްލް….”
ރާގިނީ ވާހަކައެއް އަހާލަންތަ؟ ” ހޫން އަހާބަލަ….. “ރާގިނީ ކޮންފަރެންސްއަށް ދަންތަ ؟ ” ހޫން ދާންވާނެ….. ކާކު ގެންދަނީ އެކުގައި؟ އަދި ނުނިންމަން…..ކިހިނެތްވީ؟ “އަހަރެން ބޭނުމެއްނޫން ރާގިނީ އެހެން ފިރިހެނަކާއެކީ ދާކަށް ގޮސް އަހަރެމެން ގޮސް ވީ ކަހަލަ ކަމެއް” …..ހުއްޓާލާ….ހުއްޓާލާ….އަވިނާޝް އަހަރެން ކިތައް ފަހަރު ބުނާނީ އަހަރެން މީ ތިޔަ ހީކުރާ ކަހަލަ މީހެއް ނޫނޭ އަވިނާޝް ނޫން މީހަކާ ދުވަހަކުވެސް ކައިރިއެއް ނުވަން އަހަރެންނަކީ ރާބޯމީހެއް ނޫން އެރޭ އަހަރެންގެ ޑްރިކް އޮޅުނީކަމަށްވެސް ވެދާނެ….އަހަރެން ހީކުރީ ވާހަކަ ދައްކާ އަހަރެންގެ އުފަންދުވަސް ފާހަނގަކުރީ އަވިނާޝް އަހަންނާ މެދު ދެކޭގޮތް ބަދަލުވީމަކަމަށް އެކަމް އަހަންނަށް ކުރެވުނީ ބޮޑު ކުން ހީއެއް….ރާގިނީއަށް ރޮވެމުން ދިޔައެވެ. ހަމަ ތިހިތުން މަށަށް ކުޑަ ޖާގައެއްވެސް ލިބެން ނެތީތަ؟ ހަމަ އެހާ ގޯސް ކަމެއްތަ މަކުރީ؟ ކުރިކަމެއް ކުރީ ލޯބިވާވަރުން އަވިނާޝް އާ ނުލާ ނޫޅެވޭ ވަރަށް ލޯބިވުމުން…
” އަހަރެން ބުނާއެއްޗެއްވެސް އަޑު އަހާބަލަ ރާގިނީ ” މިހާލު…އަވިނާޝް ބުނެވުނީ އެވަރަށެވެ. މިހާލޭ؟ ހާލެއްގައި އުޅެނީ އަވިނާޝްތަ؟ ނޫނީ އަހަރެންތަ؟ އެތައް މަހެއް ފާއިތުވެގެން ދިޔައިރު ލޯބިން އަނގައިން ބުނެލިންތަ؟ ކައިގެން ތޯ ބަލާލިންތަ؟ އެކަމަކުވެސް ހާލުގައޭ؟ ބޮޑު ހަވޭލީ ދޫކޮށްލާފަ އައިސް މިތާ މިއުޅެނީ ތާ…..ރޮއޮ ރޮއެ އޮއްވާ ނިދެނީ ކިތައް ރޭ ކަމެއްވެސް ނެންގޭ އެއްފަހަރުވެސް އަވިނާޝް ބަލާލިންތަ ؟ ދުޝްމަނަކުވެސް ކަންތައް ކުރާނެ ގޮތެއް ނޫން ތީ….
” ރާގިނީ ހެޔޮނުވާނެ އަހަރެން މި ކިޔާއެއްޗެއްވެސް އަޑު އަހާބަލަ އަވިނާޝް ބުނެލިއެވެ ”
ބޭނުމެއްނޫން އެއްވެސް އެއްޗެއް އަޑުއަހާކަށް ދެން ކެތެއް ނުވާނެ އަހަރެން ވަރު ބަލިވެއްޖެ…..
އަހަރެން ދެން ދަނީ ދެން ދުވަހަކުވެސް ނަ އަންނާނަން އަވިނާޝްއަށް އުދަގޫކުރާކަށް އަހަރެން މި ދަނީ އަވިނާޝް ބޭނުން ނަމަ ޑިވޯސް ފޯމްލިޔަސް އޯކޭ……
” ރާގިނީ މަޑުކޮށްބަލަ ” އަވިނާޝް ރާގިނީގެ އަތުގައި ހިފާލަން އުޅުނެވެ ނަމަވެސް ރާގިނީ ފޮޅުވާލިއެވެ….ރާގިނީ….އަވިނާޝްއަށް ބުނެވުނީ ވަރަށް މަޑުމަޑުންނެވެ.
އަވިނާޝް ބެނުންވާ ގޮތައް ކަންތައް ވީ އެއްނު ބީ ހެޕީ…..ރާގިނީ ނިކުމެގެން ދިޔައިރުވެސް ހަރަކާތެއްވެސްކޮށްލަން ނޭންގިފައި އަވިނާޝްއަށް ހުރެވުނެވެ.
ރާގިނީ ދިޔަ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ރާގިނީގެ އެއްވެސް ހަބަރެއް ނުވިއެވެ. އަވިނާޝް ކުރި މެސެޖުތަށް ޑެލިވާރއެއްވެސް ނުވޭ. ގުޅިއަސް ފޯނެއްވެސް ނުނަގައެވެ. ގެއައް ދިޔުމުން އެތެރެއަށް ވެސް ގާޑުން ވައްދަނީއެއް ނޫނެވެ. އޮފީހަށްވެސް އަންނަނީއެއް ނޫނެވެ. ރާގިނީ އާއި ގުޅޭނެ ހުރިހާދޮރެއް ރާގިނީ ބަންދު ކުރިއެވެ. ރާގިނީ ދިޔުމުން ގޭ އެންމެންވެސް ތިބީ އަވިނާޝް ދެކެ ރުޅި އައިސްފައެވެ. އަވިނާޝްގެ ހާލު ތޯ ؟ އެފަކީރަށް މިހާރު ރަގަޅަކަށް ނިދެނީއެއް ނޫން….ކެވެނީ އެއް ނޫން………އޮފީހަށް ދާހިތްވެސް މިހާރު ވަނީއެއް ނޫން…….
” މަންމާ އަހަރެންގެ ބްލެކް ގަމީސް ކޮބާތަ؟ ” ދަރިފުޅާ ރާގިނީ އައި ފަހުން ދަރިފުޅުގެ ހުރިހާކަމެއް ކުރީ އެމަންޖެ…ހުންނާނެ ކަބަޑުގައި ބަލާލަބަލަ…
“ނެތޭ ވަރަށް ހޯދައިފިން…ދެން އަޅަނުލާ މަންމާ އޮފީހަށް ދާހިތެއް ނުވޭ…..” ދަރިފުޅުމިހާރު ކިހިނެތް ތި އުޅޭނީ އެހާ ގިނައިން ނުވާނެ އޮފީހަށް ސަލާމް ބުނާކަށް….
” މަންމަ ނޫނީ މިހާރު އަހަންނާ އަގައިން ބުނާ މީހަކުވެސް ނުހުރޭ މިގޭގަ އަވިނާޝް ބުނެލީ ވަރަށް ދެރަވެފައެވެ…
ފަހުން ރަގަޅުވާނެ ދަރިފުޅާ…..މަންމަމެންނަށް އިނގޭ ދަރިފުޅުގެ ރުހުމުގައި ކުރެވުނު ކައިވެޏެއް ނޫންކަން ކޮންމެވެސް ދުވަހަކުން މިހެން ވާނެކަން….އެކަމަކު ރާގިނީގެ ރަގަޅުކަމުން އެންމެނަށްވެސް ލޯބިވެވުނީއެއްނު އެ މަންޖެދެކެ….
” ނޫން މަންމާ ތި ހީކުރަނީ ރަގަޅަކަށްނޫން…ކައިވެނި ކުރެވުނު އިރާ މިހާރާ ވަރަށް ތަފާތު…އަހަރެން ހީކުރީ މަންމައަށް ނުބުންޏަސް އަހަރެންގެ ހާލު އިނގޭނެކަމަށް..
“މަންމާ އަހަރެން ރާގިނީ ފޮނުވާލީއެއް ނޫނޭ….މިގޭ އެހެން މީހުންނެކޭ އެއްގޮތައް ނޫނީ އެއަށްވުރެންވެސް ބޮޑަށް އަހަރެން ބޭނުމެއް ނޫން ރާގިނީ މިގެއިން ދާކަށް……އެކަމަކު މަންމާ އެރޭ ރާގިނީ ހުރީ އަހަރެން ދައްކާ ވާހަކައެއް އަޑު އަހަން ވެސް ބެނުން ނުވެފައި…..އަހަރެން ބުނި އެއްޗެއްގެ ގޯސް މާނާ ނެގުމަށް ފަހު ރުޅިއައިސްގެން ހަމަ ނިކުމެގެން ދިޔައީ އަހަރެން ވަރަށް މަސައްކަތްކުރިން ހުއްޓުވަން” އަވިނާޝްއަށް ބުނެވުނީ ވަރަށް މަޑުމަޑުންނެވެ…..
“މަންމާ އައި ރިއަލީ މިސް ހާރ…ނުވެސް ނިދޭ…..ނުވެސް ކެވޭ….ރާގިނީ ދިޔަ ފަހުން….މަންމާ ޕްލީޒް ރާގިނީއަށް ގުޅާފަ ބުނެދީބަލަ އަންނާށޭ މަންމަ ބުނީމަ އަންނާނެ……ރާގިނީގެ ހާލު ބަލާދިބަލަ ” އެންމެ ފަހުން އަވިނާޝްއަށް ރޮވުނެވެ…ދަރިފުޅުގެ ހާލު ފެނުމުން ހަސީނާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ…..
ދުރުގައި ބަލަން ތިބި އިޝާނީ އާއި އިޝާން އަށް ކެތްކުރެވުނީ އެހާ ހިސާބަށެވެ، ދެމީހުން އައިސް އަވިނާޝްގައިގަ ބައްދާލިއެވެ… ދޮންބޭ ޕްލީޒް ނުރޮއެ ބަލަ…ދޮންބެއަކާ ނުވެސް ގުޅޭ… ދޮންބޭ ނައު ޔޫ ލަވް ދޮންބެދައްތަ ދޯ؟ އިޝާން އަހާލިއެވެ. އަވިނާޝް ބޯޖަހާލިއެވެ. ދޮންބޭ ގޯ އެން ސޭ ދެޓް ޝީ ވިލް ބީ ވެރީ ހެޕީ….ޝީ ވިލް ކަމް ބެކްޓު ޔޫ….
” ދޮންބެ ކިހިނެތް ބުނަނީ؟ ފޯނެއް ވެސް ނުނަގާ މެސެޖެއް ކުރިޔަސް ޑެލިވާރއެއްވެސް ނުވޭ އޮފީހަކަށް ވެސް ނާދޭ…އެ ގެޔަށް ދިޔުމުން ގާރޑުން ނުވައްދާ…ދެން ކިހިނެތްތަ؟”
ދޮންބޭ ޔޫ ޓްރައިޑް އޯލް ދެޓް….އިޝާން އަހާލިއެވެ…އަވިނާޝް ބޯޖަހާލިއެވެ ދޮންބޭ އަގަރް ސީދީ އުންގްލީސޭ ގީ ނާ ނިކް ލޭ ތޯ؟ އިޝާން ބުނެލިއެވެ.. އޯކޭ ވިސްނިއްޖެ ތެންކިޔު ދޮންބެގެ ޖާން…
އަވިނާޝް އިންތިޒާރު ކުރަމުން ދިޔައީ ރޭގަނޑު ވާނެ އިރަކަށެވެ. ރޭގަނޑު 10 ޖެހުމުން އަވިނާޝް އާއި ކަރަން ގޮސް ކާރު ޕާކް ކުރީ ރާގިނީގެ ގޭގެ ފުރަގަހުގައެވެ. ކާރު މަޑު ކުރުމަށް ފަހު އަވިނާޝް ދިޔައީ ސާރވެންޓް ކުއާޓާއާއި ދިމާލުން ފާރުން އަރައިގެން ވަރަށް ހާލުން އެތެރެއަށް ވަދެވުވުނެވެ. ޕައިޕުން އަރައިގެން ގޮސް ރާގިނީގެ ބެލްކަނިން އެތެރެއަށް އަވިނާޝްވަނެވެ. އޭރު ވާރޭ ވެހޭތީވެ އަވިނާޝް ކޮންމެވެސް ވަރަކަށް ތެމުނެވެ. ކޮޓަރިއައް ވަދެވުމާއެކު އަވިނާޝް އެކިފަރާތް ފަރާތައް ނަޒަރު ހިންގާލިއެވެ. އަވިނާޝްގެ ގެއައް ވުރެން އެ ކޮޓަރިވެސް ބޮޑެވެ.. އެދުމަތީގައި ލޯބިކޮށް ނިދާލާފައި އެއޮތީއަވިނާޝްގެ ހިތުގެ މަލިކާއެވެ… ލޮލަށް ނުފެންނަތަން ހަފްތާއެއް ވީއެވެ. އަވިނާޝް ތެމިފައި ހުރުމުން ލައިގެން ހުރި ހޫޑި ބަލަފައި އެތާހުރީ ސޯފާމަތީގައި ބައްވާފައި އައިސް ރާގިނީގެ ކަރީގައި މަޑުމަޑުން އޮށޯތެވެ. ހުދު ކުލައިގެ ތުނި ތުނި ނައިޓީގައި ރާގިނީ ވަރަށް ރީއްޗެވެ. ރާގިނީގެ މޫނަށް ބަލަން އެހެން އޮއްވާ އެތައް ދުވަހަކަށް ފަހު އަވިނާޝްއަށް ރަގަޅަށް ނިދުނެވެ.
ރާގިނީ އަށް ހޭލެވުމާއެކު ކައިރީގައި ހުސް ގަޔާ ނިދާލާފައި އޮތް އަވިނާޝް ފެނުމުން ހައިރާން ވިއެވެ. އެކަމަކު ހަމަ އެ ވަގުތު ކޮޅުގައި އޭނާގެ ހިތް އުފަލުން ނަށާލިއެވެ. އެތައް ދުވަހަކަށް ލޯބިވާ ފިރިމީހާ ފެނުމުން ފަހު ފެނުމުން ވަރަށް އުފާވިއެވެ. ރާގިނީ ވަރަށް ހަމަޖެހިގެން އަވިނާޝް އަށް ބަލާލިއެވެ. ކަސްރަތީ ރީތި ހަށިގަނޑެކެވެ.. ނަމަވެސް ކުޑަކޮށް ހިކި ހެން ހީވިއެވެ.. އެހާ ކައިރީގައި އޮތުމުން ވަރަށް ބައްދާލާ ހިތްވިއެވެ. ނަމަވެސް ރާގިނީއަކަށް ނުކެރުނެވެ. އިރުކޮޅަކުން އަވިނާޝްއަށް ހޭލެވުނެވެ.
ކީއްކުރަން ތިޔަ އީ؟ ކިހިނެތް ވަނީ؟ އަވަސް އަވަހަށް ރާގިނީ ސުވާލުކޮށްލިއެވެ. ” އެތައް ދުވަހަކަށް ފަހު އަހަރެން ފެނުމުން އުފަލެއްވެސް ނުވޭތަ ފުރަތަމަވެސް ތި ފުލުހެއްހެން ސުވާލުކުރަން ފެށީ” ދެން ބުނެބަލަ ކީއްކުރަން ތި އައީ؟ ވަނީ ކިހިނެތް؟ ރަގިނީ އަނެއްކާވެސް ސުވާލު ކުރިއެވެ. ” ކިހިނެތްވީ ނާދެވޭނެތަ އަހަރެންގެ އަންހެނުން ކައިރިޔަކަށް؟ ބަލަ މީ މަގޭ ސަސުރާލް އޭ…ވަން ގޮތް ދޯ؟ ދޮރުން ނުވެއްދީމަ ޕައިޕުން އަރައިގެން ވަގަށް ވަނީ…. އިތުރު އެހެން ގޮތެއް ނެތީމާ އެހެންތާ ހަދަންޖެހެނީ ގުޅީމަފޯނު ނަގަނީއެއްނޫން…..މެސެޖެއް ޑެލިވާރއެއް ވަނީއެއްނޫން…..އޮފިހަށް ދަނީއެއްނޫން…..ގާރޑުން ކައިރީވެސް އަހަރެން ނުވައްދަން ބުނެފައި”
ދެން ކީއްކުރަން އެހާ ބުރަ އުފުލައިގެން ތިޔަ އައީ؟ ރާގިނީ އަހާލިއެވެ….
” ރާގިނީ އަހަރެންގެ ހުރިހާ ހެދުންތައްވެސް ހުރީ ދާވެފައި…އެނދު ތަންމަތި އެޅި ހަނދާނެއްވެސް ނުވޭ…ނުވެސް ކެވޭ ނުވެސް ނިދޭ….” ތީގެ މާނަޔަކީ؟ “މިބުނީ ރާގިނީ ބަލައޭ މި އައީ…ނުދާނަމޭ ބުނެފިއްޔާ؟ “އަހަރެންވެސް ނުދާނަން އެހެންވެއްޖެއިއްޔާ ”
ކޮންއިރަކު އައީ؟ ” ރޭގަ 10 ޖަހާކަންހާއިރު” ރޭއްސުރެންތަ މިތާ ތި އޮތީ؟ ޔޭސް….ރާގިނީ އައިއެމް ހަންގްރީ؟ ވަރަށް ދުވަސްވެއްޖެ ރަގަޅަށް ނުކެވޭތާ އަވިނާޝް ބަނޑުގައި އަތް ހާކާލިއެވެ” ދެން ކީއްވެ ނުގޮވީ؟
” ނިދާފަ އޮތްލެތް ލޯބިކަމުން ނުކެރުނީ ގޮވަން ”
ރާގިނީ ލަދުގަތުމުން އާދޭ ތިރިޔަށް މިދަނީ އެއްޗެއް ހަދާލަން ކަމަށް ބުނެފައި ދިޔައެވެ. އަވިނާޝްދެކެ އައިސްފައި ހުރި ރުޅި ދިޔަތަނެއްވެސް ރާގިނީއަކަށް ނޭގޭ ފަދައެވެ. އެތައް ދުވަހެއްފަހުން ފެނުމުން އުފާވެފައި ހުރެވުނީއެވެ. ރާގިނީ އައިރުވެސް ގޭގަ ކައްކާމިހާ ހުރީ ކައްކާފަ އެވެ. އެހެންވެ ރާގިނީ އިށިދެލީ އަވިނާޝް އަންނަން ދެނެވެ. އިރުކޮޅަކުން އަވިނާޝްވެސް އައިސް އިށީނެވެ. ރާގިނީ އަވިނާޝް އަށް ކާން އަޅައި ދިނުމަށްފަހު އިތުރު ތައްޓެއް ނަގަން އުޅުމުން އަވިނާޝް އެކަން ހުއްޓުވިއެވެ. އަދި ރޮށިކޮޅެއްގައި މުގުރިހަ ޖައްސާފަ ރާގިނީ އާއި ދިމާލަށް ދިއްކޮށްލިއެވެ. އަވިނާޝްގެ މި އަމަލުން ރާގިނީ ވަރަށް ހައިރާންވިއެވެ. ނަމަވެސް އަނގަހުޅުވާލިއެވެ. ރާގިނީއަށް ލެއްވުމަށް ފަހު އަވިނާޝް އަށް ލައްވާދިނުމަށް އަތުން އިޝާރާތް ކުރިއެވެ. ރާގިނީ ވަރަށް ލޯބިން ލައްވާލި ދިނެވެ. އެގޮތަތަށް އެކަކު އަނެކަކުގެ އަތުން ދެމީހުން ސައިބޮއެ ނިމިގެން މައްޗައް ދިޔައެވެ. ގޮސް އަވިނާޝް އެދުމަތީގައި އޮށޯތެވެ… ރާގިނީ ހެޑްބޯރޑަށް ލެނގިގެން އިށިދެގެން ހުއްޓެވެ.
އޮފީހަކަށް ނުދާނަން ؟ ރާގިނީ އަހާލީ އަވިނާޝް އަށް ބަލަން ހުރެއެވެ. ” ހޫމް ނުދާނަން……. ޔޫނޯ މަގޭ ބޮސް ވެސް މިހާރު ނާދޭ އޮފީހަކަށް އެހެންވެ އަހަރެންވެސް ދާހިތެއް ނުވޭ….. ”
ބޮސް ބަލަން ތަ އޮފިހަށް ދަނީ…. “އާން ނުފެނުނީމަ ނުވޭ ދާހިތެއް… އޮފީސްވަރަށް ވައި….
“ރާގިނީ އަހަރެންދިން ގިފްޓް ކަނޑާނީ ކޮންދުވަހަކުންތަ؟”
ކަނޑަންވީތަ؟ ރާގިނީ އަހާލީ ވަރަށް ލޯބިންނެވެ. ” ރާގިނީ ބޭނުން އިރަކުން ކަނޑާ.. ރާގިނީ ތީ ހަމަ އަހަރެންދެކެ ރުޅިއައިސްގެން ގެއިން ނިކުމެގެން އައި މިހާ ތަ؟ ރުޅި މާއިތިރި ވީތަ؟ ”
އަވިނާޝް ބުނި އެއްޗަކުން ރާގިނީ ލަދުން ހަލާކު ވިއެވެ. އެބުނާހެން ރުޅި ކޮބާތަ؟ އޭނާގެ ހިތަށް އެރިއެވެ.
“ދެން ބްލަޝް ނުވެ ހުރޭ އިނގެޔޭ ރާގިނިއަކަށް ނުހުރެވޭނެކަން އަހަރެންދެކެ ރުޅިންނެއް….” އިތުރަށް ރާގިނީ ލަދުގަތެވެ. އެހެންވެ ބާލީހެއް ނަގާ އަވިނާޝް އާއި ދިމާލަށް އެއްލިއެވެ.
އަވިނާޝް ކުޑަކޮށް ރާގިނީ އާއި ކައިރިވެލާފައި ރާގިނީގެ އުނގުގައި ބޯއަޅާލިއެވެ. އަވިނާޝްގެ މި އަމަލުން ރާގިނީގެ ހިތް ބާރަށް ތެޅެންފެށިއެވެ. އަދިވެސް ނިދާލަން ބެނުމީ…. ” އޯކޭތަ މިހެން އޮވެ ނިދާލިޔަސް ؟ ” ހޫމް ރާގިނީ ބުނެލީ ހަމައެކަނި އެހެންނެވެ.
ރާގިނީގެ އުނގުގައި ލޯބިކޮށް ނިދާލާފައި އޮތް އަވިނާޝްގެ ފަން އިސްތަށި ކޮޅުގައި ރާގިނީ އަށް ފިރުމާލެވުނީ ބޭ އިހްތިޔާރުގައެވެ. އިރުއިރުކޮޅާ ފިރުމާލެވެނީ އެވެ. އަވިނާޝްގެ ބަދަލުވެފައިވާ ބަދަލުވުން ރާގިނީއަށް ވަރަށް ކަމު ދިޔައެވެ. އެހެން ހުރެ ރާގިނީއަށް ވެސް ނިދުނެވެ. ގަޑިއެއްހާއިރު ފަހުން ރާގިނީއަށް ހޭލެވުނެވެ. އޭރުވެސް އަވިނާޝް އޮތީ ރާގިނީގެ އުނގުގައި ނިދާފައެވެ. ރާގިނީ މަޑުމަޑުން ތިރިވެ އަވިނާޝްގެ ނިތްކުރީގައި ބޮސް ދިނުމަށް ފަހު ބަލާލިއިރު އަވިނާޝް އޮތީ ލޯ ހުޅުވައިގެން ރާގިނީ އާއި ދިމާލަށް ބަލާށެވެ.
” ރާގިނީ……ވަޓް އާރ ޔޫ ޑުއިން؟ އާރް ޔޫ ޓްރައިޓް މޮލެސްޓް މީ؟ ”
އަވިނާޝް ދެން…. ރާގިނީ ތެދުވެގެން ދުވެފައި ގޮސް ތިރިއަށް ފޭބިއެވެ. ރާގިނީގެ ފަހަތުން އަވިނާޝްވެސް ފޭބިއެވެ.
” ރާގިނީ މިއަދު ލަންޗް އަހަރެން ރެޑީކުރަންތަ؟ ”
ކޮފީ ނޫނީ އެހެން އެއްޗެއް ހަދަން އިނގޭ ބާ؟
” ޔޭސް ބޭބީ؟ ވަޓް ޔޫ ވޯންޓް އީޓް؟ ” އަވިނާޝް ބޭބީ އޭ ކިޔާލުމުން ރާގިނީގެ ހިތް އުފަލުން ފުރިގެން ބަންޑުން ވިއެވެ… ވައިޓް ސޯސް ޕާސްތާ ރަގިނީ ވަރަށް ވިސްނާލާފައި ބުންޏެވެ. އަވިނާޝް ނޫނެކޭ ބުނާނެ ކަމަށް ހީކޮށެވެ. ” އޯކޭ ބޭބީ… އޭރު ގޭ ފޯނު ރިންގުވާތީ ރާގިނީ ފޯނު ނެގިއެވެ. ކީކޭ ޔާނޫ ޔޫ އެންޑް ރާހުލް އާރ ކަމިން ހިޔަރ ނައު؟ ރާގިނީ ބަލާލީ އަވިނާޝްއަށެވެ. އޯކޭ ކަމަށް އަވިނާޝް އަތުން އިޝާރާތް ކުރިއެވެ. ޔާނާ އާއި ރާހުލް އައިރު ރާގިނީ ކާމޭޒު ކައިރީގައި ހުއްޓެވެ. އެ ދެމީހުންވެސް އެތާ އިށީނެވެ. ހާދަ މީރުވަސް ދުވައޭ ދޯ މިއަދު ކޯއްޗެއްތަ ކައްކަނީ ؟
” ލަންޗް އިޒް ރެޑީ ބޭބީ…”
އަވިނާޝް ފެނުމުން ޔާނާ އާއި ރާހުލް ހައިރާން ވެފައި ތިއްބެވެ. އަވިނާޝް ކޮން އިރަކު އައީ؟ ކިހިނެތް މިގެޔަށް ވަނީ؟ ޔާނާގެ ސުވާލުން އަވިނާޝް އާއި ރާގިނީ އެކަކު އަނެކަކަށް ބަލާލިއެވެ އެޔާއެކު ދެމީހުންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ.
” ޔާނާ ޕްލީޒް އެވާހަކަ ނާހަބަލަ ދެން……….. ޔާނާގެ ފެވަރިޓް މިއަދު މިހިރީ ހަދާފަ…”
ހައު ޑު ޔޫ ނޯ ދެޓް؟ ސުވާލުކުރީ ރާގިނީއެވެ. ” ކަރަން ބުނި އަޑު އެހީ… ”
ކަރަން އަހަރެންގެ ވާހަކަ ދައްކާތަ؟ ޔާނާއަށް އަހާލިއެވެ…. “ހޫމް ވަރަށް ގިނައިން އެކަމު ނުބުނެވޭނެ އިނގޭ ދައްކާ ވާހަކައެއް” ޕްލީޒް ބުނެބަލަ ؟ ޔާނާ އާދޭސްކޮށްލިއެވެ..
” ނޫން ނުކެރޭނެ ހީވިލް ކިލް މީ….އަވަހަށް ކައިބަލަ ފިނިވީމާ ނުވާރެ މީރެއް…ވާވް ވަރަށް މީރު ރާގިނީ ބުނެލިއެވެ ”
ތެންކިޔު ބޭބީ…ރާގިނީ އަވިނާޝް އަށް ލައްވާދިނެވެ އެތަން ބަލަން ހުރި ރާހުލްގެ ހިތުގައި ރިއްސާލިއެވެ. އެކަމް ރާގިނީގެ ހިނިތުންވެފއިވާ މޫނު ފެނުމުން ހިތް ހަމަޖައްސާލެވެތޯ ބެލިއެވެ.
މާދަން ފްރީ އީ ކޮންބައެއްތަ؟
މަށާ ޔާނާއާ ދެމިހުންވެސް ހަވީރު 6 ގަ ޑިޔުޓީ..ރާހުލް ޖަވާބު ދިނެވެ….. ” ސޯ ހިންގާ ދޯ މިނީ ޕިކްނިކް އަކަށް ދާން މާދަމާ އަވިނާޝް ބުނެލިއެވެ…
.ޔޭސް…ޔޭސް… ޔާނާ އުފާލުން ބުނެލިއެވެ. އަނެއް ދުވަހު ހެދުނު ދިމާވާން ނިންމާފަ ޔާނާ އާއި ރާހުލް ގެޔަށް ދިޔައެވެ.
” ރާގިނީ ހަވީރު ހިންގާބަލަ ގެއައް ދާން މަގޭ ސާމާނިކޮޅު ބަލާ… ” ސާމާނި؟ ” ހޫން ރާގިނީ ދެން މަލާމާތްކުނުކުރޭ މަވަރަށް އެހެން އަނގަ ގަޅިޖެހޭނެ. އެރޭވެސް މިހާރު އޭ ބުނަން އުޅުމުން މިހާލޭ ބުނެވުނީ ބުނެވުނީމަ ރުޅި އައިސްގެން މަގޭ ކިޔާ އެއްޗެއްވެސް އަޑު ނާހާ މަގޭ ސައިޒު ކޮށްފަ އައީ…. ”
ރާގިނީއަށް ވަރަށް ބާރަށް ހެވުނެވެ. އަވިނާޝް އަސްލުވެސް ސައިޒުވިތަ؟
” ހޫން ނުފެނޭތަ މީހުންގެ ނިދާ ކޮޓަރިޔަށް ވަގަށް ވަންނަމުން ދާތަނެއް…. ކީކޭތަ އެހެންވީއްޔާ އެރޭ ބުނަން އުޅުނީ؟
” ނުބުނާނަން އަޑުނާހާ އައީއެއްނު….ބަޓް ގެއައް ކިހިނެތް ދާނީ؟ މަގޭ ކާރުވެސް ނުގެންނަން” ސްކޫޓީގަ ހިންގާ… ”
އޭގަ ސާމާންކޮޅު ނުގެނެވޭނެ އެއްނު…
މިގޭ ގަރާޖުގަ އެބަހުރި ކާރުތައް ރެޑީވެގެން ހިންގާ ބަލަން ބެނުން އެއްޗެއްގަ ދެވޭނެ…
” އޯކޭ ރާގިނީ ދޭ ފެންވަރަން ހެދުން ހިފައިގެންދާ…ތުވާލިކޮޅުގަ ނުނިކުންނާތި… ”
އަވިނާޝް އެހެން ބުނުމުން ކުރީގެ ހަންދާނެއްވެފައި ލަދުން ރާގިނީގެ މޫނު ރަތްވެގެންދިޔައެވެ. އެކަމަކުވެސް ދެރަނުވާންވެގެން ހަމަ އެހެން ނިކުންނާނީ އޭ ބުނެލިއެވެ. ” ސޯ އޭގެފަހުން ވާ ކަންތަކަށް ފުރިހަމައަށް ޒިންމާވާތި….ރާގިނީ ދުވެފައި ގޮސް ފާހާނާއަށް ވަނުމުން އަވިނާޝް ހިނިގނޑެއް ޖަހާލިއެވެ…..
ރާގިނީ ފެންވަރައިގެން ނިކުތެވެ. އަވިނާޝް ދެން ދޭ ފެންވަރަން…. ” ބަޓް ބޭބީ އައި ހޭވް ނަތިން ޓު ވެއާރ…..
ވެއިޓް……ރާގިނީ ކަބަޑް ހުޅުވާލުމަށް ފަހު ކަޅުކުލައިގެ ގަމީހަކާއި ޖިންސެއް ނަގާފައި ދިނެވެ. ”
މި ގަމީސް ހޯދިން ވަރަށް ނުފެނިގެން ބަޓް މި ގަމީސް މިގޭގަ އޮތީ ކީއްވެ… ” ރާގިނީ ކުއްވެރިޔެއް ހެން ލޯ ބޮޑުކޮށްގެން އަވިނާޝްއާއި ދިމާލަށް ބަލަން ހުއްޓެވެ. ” ބޭބީ ޔު ސްޓޯލް އިޓް؟ ”
އެރޭ އައީ އެއްވެސް އެއްޗެއް ނުލާކަމުން ނެކްސްޓްޑޭ އަވިނާޝް އޮފީހަށް ދިޔަފަހުން އަހަރެން ދިޔައިން ގެއައް ގޮސް ރޫމަށްވަދެ އަހަރެންގެ ހެދުން ކޮޅާކާއި އެކު ގެނިއީ މިސްވާނެތީ….
‘ ވާވް ބޭބީ މިސްވާ މިހާ ބަހައްޓާފަ ހެދުން ގެނައީ….
އަވީ ދެން ދޭބަލަ….މިހާރު ހެދުންވެސް ލިބިއްޖެއެއްނު ދޯ….
ތައްޔާރުވެގެން ދެމީހުން އެކީ ގޮސް ގަރާޖަށް ވަނެވެ. ބެބީ ކޭން އައި ޓޭކް ދަ ރެޑް ރޭންޖްރޯވާރ؟….އޮފްކޯރޒް….ކާރުގައި ގޮސް ސެކިއުރިޓީ ކުރިމައްޗަށް ކާރު ހުއްޓާލާފަ އަވިނާޝް އޭގެ ވިންޑޯ ތިރިކޮށްލިއެވެ……ކޮބާ ނުވެއްދިޔަސް މިހިރީ ވަދެ… މޭޑަމް މޭނޭ ސާހިބްކޯ ޖާނޭ ނެހީ ދިޔާތާ ޕަތާ ނެހީ އަންދަރު ކޭސޭ ގަޔާ…
ކޮއި ބާތް ނެހީ…. އަބް ކަބީ ބީ މަތް ރޮކްނާ އިސޭ… ޖީ މޭމް…
ކާރު ގޮސް މަޑުކޮށްލި އަޑަށް އިޝާނީ ދުވެފައި ބޭރަށް ނިކުތެވެ. ކާރުން ފޭބި ރާގިނީ ފެނިފައި ގޮސް ބައްދައިގަތެވެ. އައި މިސް ޔޫ ބާބީ…ހަސީނާވެސް ރާގިނީ ފެނުމުން އުފާވެފއި ހުރި ވަރުން ހީވަނީ އީދެއް އައިސްގެން އުޅެހެންނެވެ.
“މަންމާ ކުޑަ ދުވަސް ކޮޅަކަށް އަހަރެމެން ރާގިނީމެން ގޭގައި އުޅެލިޔަސް އޯކޭތަ؟
ލައްބަ ދަރިފުޅާ ދެކުދިންނަށް އެކަނި އުޅެލާފަ އާދޭ…..
” އަހަރެމެން ދެމީހުންވެސް މިއުޅެނީ ޗުއްޓިގައި މަންމަމެން ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާލާތި ” … ރާގިނީމެން ދިޔުމުން ދޮންބޭ ޑިޑް ޔޫ ޓެލް ހާރ އިޝާން އަހާލިއެވެ… ނޯ އަދި ނުވެއް ބުނެވޭ….އަވަހަށް ބުނެބަލަ ބެސްޓް އޮފް ލަކް ދޮންބެ….
ރާގިނީމެން އެރޭ ގެޔަށް ދިޔައީ ރޭގަނޑުގެ ކެޔުންވެސް ކައިގެންނެވެ. ފަތިހު ތެދުވެ ރާގިނީ ނަމާދުކޮށް ނިމިގެން އަވިނާޝްއަށް ވެސް ގޮވާލިއެވެ. އަދި ނަމާދު ކުރަން ވެސް ބުނެލިއެވެ. ރެޑީވެގެން ނިކުތް އިރު ޔާނާ އާއި ރާހުލްވެސް ތިއްބެވެ. އެމީހުން ދިޔައީ ކޯރެއްގެ ކައިރީގައި ހުރި ކުޑަ ހޮޓެލްއަކަށެވެ. 4 މީހުންއެކީ ގޮސް ސާބޮއެ ބާބަ ކިޔު ހަދާ ވަރަށް މަޖާކޮށްފއި ގެއައް އައީ 5 ވެސް ޖަހަން އުޅެނިކޮންނެވެ. ޔާނާމެން އަވަސް އަވަހަށް ދިޔާއީ ޑިޔުޓީ ގަޑި ޖެހެތީއެވެ.
ރާގިނީ ފެންވަރާ ނަމާދުކޮށްގެން އައިސް ރިތިވެގެން އަވިނާޝް މިސްކިތުން އަންނަންދެން އިންތިޒާރުގައި ހުއްޓެވެ. ގޭ ފޯނު ރިންގުވިއެވެ.. ޔާނޫ… އެހާ އަވަހަށް މިސްވީ…ވީހޭވް ލޮޓްސް އޮފް ފަން ދޯ.. އަވިނާޝް އިޒް ވެރީ ފަނީ… ނައު ޔޫ ޑޯންޓް ހޭޓް ހިމް ރައިޓް ޔާނޫ؟ ޔެސް އައި ތިންކް ހީ ހޭވް ފިލިންގަސް ފޯރ ޔޫ.. ބަލާލާގޮތުން އަދި ބޭބީ އޭ ކިޔާ ގޮވާލާ ލޯބި ގޮތުން….ނޫން ހިޔެއްނުވޭ…..ރާގިނީ ބުނެލިއެވެ….ގިއްނީ އާރ ޔޫ ހެޕީ ނައު ؟ ޔޭސް ޔޭސް ވަރަށް އުފާވި އަމިއްލައަށް އައީވެސް….ވާހަކަ ދައްކަބަލަ އަހާބަލަ އެރޭ އަސްލު ބުނަން އުޅުނީ ކީކޭހޭ؟ ދެމީހުން ވާހަކަ ދެއްކުމަށް ފަހު ފޯނު ކަނޑަލިއެވެ.
އަވިނާޝް ގެއައް އައިސް ގަމީސް ބާލާފައި ކޮނޑުގައި އަޅުވާފަ ޓީޝާރޓް ލާންވެގެން ޓީޝާރޓް ނެގިއެވެ. އަވީ… ރާގިނީގެ އަޑު އިވުމުން އަވިނާޝް ގަނޑުވި ކަހަލަ އަތުގައި އޮތް ޓީޝާރޓުވެސް ވެއްޓުނެވެ. ” ބޭބީ އަދި އެއްފަހަރު ތިހެން ގޮވާލަބަލަ.. ތިހެން ގޮވާލާ އަޑު އަހާހިތުން ހާދަ އިންތިޒާރެއް ކުރެވިއްޖެވެ ” މަޑުމަޑުން ރާގިނީ އާއި ދިމާލަށް ހަމަ އެކަނި ޖިންސް ގައި ހުރެ ދަމުން އަވިނާޝް ބުނެލިއެވެ.
އަވީ…ރާގިނީ އަވިނާޝްގެ މޫނަށް ބަލަންހުރެ ގޮވާލިއެވެ. އަވިނާޝްއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް ރާގިނީގެ ގައިގަ ވަރަށް ބާރަށް ބައްދާލިއެވެ…. ” އައި ލަވް ޔޫ ބޭބީ…އައި ލަވް ޔޫ…. ” އަވިނާޝްގެ އަޑު ކުރެހިގެން ދިޔައެވެ….އަވިނާޝްގެ ދުލުން އިވުނު އެއްޗެއް ރާގިނީ އަށް ގަބޫލުކުރަން ވަރަށް އުދަނގޫވިނަމަވެސް ރާގިނީއަށް ވެސް ބައްދާލެވުނެވެ….އައި ލަވް ޔޫ ޓޫ.. ރާގިނީ އަށް އެހެން ބުނެވުނު އިރު ހަމަ ރަގަޅަށްވެސް ރޮވިއްޖެ އެވެ.
” ބޭބީ އައިމް ސޯ ސޮރީ އެހާވަރަށް ހިތުގައި ޖެއްސުނީމަ…” އިޓްސް އޯކޭ އަވީ…އަވިނާޝް ރާގިނީ ގެ ގައިން ދޫކޮށްލާފައި ރާގިނީގެ ކަރުނަ ފޮހެދިނެވެ ރާގިނީވެސް އަވިނާޝްގެ ކަރުނަ ފޮހެލައިދިނެވެ. އަވީ ހާދަ ދުވަހެއްގެ އިންތިޒާރަކަށް ފަހު އޭ ތި ދެއަތުގެ ހިމާޔަށް މި ލިބުނީ އެހާ އަވަހަށް ދުރު ނުކޮށްބަލަ އަވިނާޝް އަނެއްކާވެސް ބައްދާލިއެވެ ” ދެން އަބަދުވެސް ހުންނާނީ މި ދެ އަތުގެ ހިމާޔާތުގައި އަވިނާޝް ރާގިނީގެ މޫނުގެ އެތަން މިތަނުގައި މަޑުމަޑުން ބޮސް ދިނެވެ.
ކުއްލިޔަކަށް އަވިނާޝްގެ ލޮލުގައި އަޅައިގަތީ ރާގިނީގެ ތުންފަތެވެ.. އެވަގުތު އަވިނާޝް އެއްޗެއް ހަންދާންވިއެވެ..
” ޔުއާރ ލިޕްސް އިޒް ސޯ ބިއުޓިފުލް ކޭން އައި ކިސް ޔޫ ؟ ” އަވިނާޝް ބުނި އެއްޗަކުން ރާގިނީ ވެސް އެހަދާންވެ ލަދު ގަތެވެ.
އަވީ ކިއްކުރަން އެރޭގެ ވާހަކަ ދައްކަނީ…އެރޭ އަސްލު ވެސް…. ރާގިނީ ދުރަށް ދާން އުޅުނެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

awww so romantic and cute
I was imagining when I was reading
When is next part
Awww so romantic and cute
I was imagining when I was reading
So when is next part
Next part maadhama submit kuraanan
Adhi ves kiyaaalan nulibey
Yeah😞 but Thursday submit kohfin still pending ga inyyy