“ސަމްރީން” އެއްޗެކޭ ނުބުނުމުން ޝަނާޔާ ތަކުރާރު ކޮށްލިއެވެ.
އަހަރެން އެދިމާ ބަލއިލާ ހޫމް އަޅުވާލީމެވެ.
“ބަލާބަލަ މިއޮތީ ހުން އައިސް…” އަހަރެން ކައިރިއަށް އައިސް ނިތްކުރީގައި އަތްޖައްސާލަމުން ބުނެލިއެވެ.
“ދޮންބޭ..! ދޮންބޭ..! ސަމްރީން ހުން އައިހޭ އޮތީ..!” ސާރިމް އެހެން ބުނުމުން އައީ ދުވަމުން ކަހަލަ ގޮތަކަށެވެ.
“ހޭއި، ޑޯންޓް ޓެލް މީ ޔޫ ބޯތް އަރ ޑޭޓިން.” ސާރިމް ހުއްޓުވަމުން ޝަނާޔާ ބުނެލިއެވެ.
“އިޒިންޓް އިޓް ޓޫ އޮބްވިއަސް. ޝީ އިޒްންޓް މައި ޓައިޕް އީވެން” ސާރިމް އެހެން ބުނުމުން އަހަރެންނަށް ދެބުމަ ގޮށްޖަހާލެވުނެވެ.
“ޝީ އިޒް ޖަސްޓް އަ ފްރެންޑް އެވެސް ސެކްރެޓަރީ ވީމަ.” ސާރިމް އެ ހެދީ ދޮގެކެވެ.
“އޯހް…” ޝަނާޔާވެސް ދެބަސްވާކަށް ނޫޅެއެވެ.
“ހޮސްޕިޓަލަށް ދާންވީ..؟” ސާރިމް އަހާލިއެވެ.
“އުނހޫން… ހަވީރުވީމަ ރަނގަޅުނުވެއްޖާ ދާނީ.!” ސާރިމްއަށް އޮފީހަށް ދާން ޖެހޭނެއެވެ. އިތުރު ތަކުލީފެއް ޖައްސާކަށް ބޭނުމެއްނޫނެވެ.
“އެހެންވީރުން ގެސްޓް ރޫމަށް ޝިފްޓްވާން ހިނގާ…” ޝަނާޔާ އަހަރެންގެ އަތުފައި ހިފައި ކޮޅަށް ނެގިއެވެ.
“މި ނިކަން މާތް ރޫމެކޭ.. ޔޫ ނޯ.. ދޮންބެދައްތަ ނޫނީ ނުވައްދާނަމޯ ބުނީ އެކަމް ރީން ވައްދައިފި.” އަހަރެން އިށީނެލުމުން ޝަނާޔާ ބުނެލިއެވެ. ޝަނާޔާއަށް ނޭނގުނީ އަހަރެން މީ އޭނާގެ ދޮންބެދައްތަކަމެވެ.
“އިތުރު ގޮތެއް ނެތީމަ ވެއްދީ. ގެސްޓް ރޫމް ތަޅުލައިފަ ހުރީ މަންމަ އަތުގަ ތަޅުދަނޑި. ދެން ތިމީހާއަށް ގުޅާ ގުޅާ ފޯނެއް ނުނެގި..” ސާރިމް އޭނާގެ އާންމު ރާގުގައި ބުނެލިއެވެ. އެހެން ބުނުމާއެކު ޝަނާޔާ ފޯނު ނަގައި ބަލައިލިއެވެ.
“އޯ ޝި*…. ނިދާފަ އޮއްވައޭ ގުޅީ..” އެހެން ބުނުމަށްފަހު ޝަނާޔާ އަހަރެން ގޮވައިގެން ގެސްޓްރޫމަށް ދިޔައެވެ.
“ދަރިފުޅާ ސަމްރީން… ރަނގަޅުތަ؟” ސަމީރައްތަ ޖޫސްތައްޓެއް ހިފައިގެން އަންނަމުން ބުނެލިއެވެ. އެހެންވީމާ ސަމީރައްތައަށްވެސް އިނގުނީތާއެވެ.
“އަސްލު ދައްތަވެސް ވަރަށް ދެރަވެއްޖެ. ކަމެއް ބޭނުންވެއްޖާ ބީރައްޓެހިވެފަ ނުހުރޭ. ދަރިފުޅުގެ އަމިއްލަ މައިންބަފައިންކަމަށް ދެކިގެން އުޅެންވާނީ…” އަހަރެންގެ ބޮލުގައި ސަމީރައްތަ ފިރުމާލަމުން ބުނެލިއެވެ. އެ ފިރުމާލުމުގެ ބަދަލުގައި އެ ދައްތައަށް އަހަރެންނަށް ދެވޭނީ ކޯންޗެއްހެއްޔެވެ.؟ އަހަރެން މީ އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރީގެ އަނބިމީހާއެވެ. ވަންނާނެތަނެއް ނެތް ފަގީރެކެވެ. މުއްސަނދި އާއިލާއެއްގެ ޅީ ދަރިއަކަށްވުމަށް އެކަށީގެންވާ މީހެއްނޫނެވެ. އަހަރެންގެ އެ ފެންވަރެއް ނެތެވެ. ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް ޝާޔަލްއަކީ އެ މަގާމަށް އެންމެ ފުރިހަމަ ފަރާތެވެ. ލޮލުން ކަރުނަ ހިލުނީ ރަނގަޅު މައިދައިތައެއް އަހަރެންނަށް ލިބުނީމައެވެ. ނަމަވެސް އަހަރެން މީ އޭނާގެ ޅީ ދަރިކަން އެނގޭ ދުވަހުން އެކަންވެސް ނިމިދާނެއެވެ.
“ސަމްރީން ނުރޮއެ. މި ބޮއެލާގެން އާދޭ ބޭރަށް ސައިބޯން… ތިހެން އަބަދު ކޮޓަރީ އޮންނާކަށް ނުވާނެ.” އަހަރެންނާ މެދު އެ ބަހައްޓާ ގާތްކަމަށް އަހަރެން ދެރަވާން ފެށިއެވެ. މަޑުމަޑުން ސަމީރައްތައާއި ޝަނާޔާއެކު ޖޫސްތަށި ބޯލުމަށްފަހު ބޭރަށް ދިޔައީމެވެ.
ކާމޭޒު ދޮށުގައި އިށީންއިރު އެތާނގައި އަހަރެންނަށް މީރުވާނެހުރިހާ ކާނާއެއް ހުއްޓެވެ.
“ސަމްރީން ކާން ފަށާ..” މޭޒުގައި ހުރި ކާއެއްޗިސަށް ގެއްލިފައި އިންދާ ސަމީރައްތަ ބުނެލިއެވެ. އަހަރެން ކާހިތެއް ނުވެއެވެ.
އިރުކޮޅެއްފަހުން އޮފީހަށް ދާން ތައްޔާރުވެހެން ސާރިމްވެސް އެތަނަށް އައެވެ. އޭނާ އިށީނީ އަހަރެންނާ ކުރިމައއްޗައް އިން ގޮނޑީގައެވެ. މަޑު މަޑުން އަހަރެންގެ ތައްޓަށް ކާއެއްޗެހި އަޅައިގެން ކާންފެށީ އަވަހަށް އެތަނުން ދިއުމަށެވެ.
“ދަރިފުޅާ ޝާޔަލް އާއި ކައިވެނި ކުރާނީ ކޮންދުވަހަކު” ފުރަތަމަ ފަހަރަށް މުހައްމަދުބެގެ އެ ސުވާލާއެކު އަހަރެންގެ ހިތުގައި ރިއްސާލިއެވެ.
“އަހަރެން އޭނައަކާއި ނީންނާނަން.” ކާން އިން ރޮށިކޮޅު އަނަގައަށް ނުލެވި އުޅެނީސް ސާރިމް އެހެން ބުނުމުން ދހިޔައީ ސިއްސައިގެންނެވެ.
“އެކީއްވެ.؟” އެ ސުވާލާއެކު އަހަރެންނަށް އަނެއްކާވެސް ކުއްލި ސިހުމެއް ލިބުނެވެ. ސާރިމް ސިއްރު ގުޅުން ފަޅާ އަރުވާލަފާނެތީއެވެ.
“އަހަރެންނަށް ކަމުދާ އެހެން ކުއްޖެއް އެބަހުރި.!” ސާރިމްގެ ޖަވާބަކީ އެއީތާއެވެ. އަނެއްކާ ކާކުބާއެވެ.
“ތި އަންހެން ކުއްޖާއަކީ ކޮންމެ މީހަކަށްވިނަމަވެސް، ޝާޔަލް ނޫން ކުއްޖެއް އަހަރެންގެ ޅީ ދަރިއެއްގެ ގޮތުގައި ނުބަލާނަން.” މުހައްމަދު އެހެން ބުނުމުން އަހަރެން ކާ ނިންމާލުމަށްފަހު ތަށި ހިފައިގެން ސިންކާ ދިމާލަށް މިސްރާބު ޖެހީމެވެ.
“ސަމްރީން ހާދަ އަވަހަކަށް.” އެ އަޑު ނީވޭ ކަމަށް ހަދައި ކޮޓަރިއަށް ދިޔައީ ތަށި ދޮވެލުމަށްފަހުއެވެ.
ދެންވާނީ ކުހިނެއްހެއްޔެވެ؟ އަހަރެންނާއި ސާރިމްގެ ގުޅުމަކީ ވަގުތީ ގުޅުމެއްކަން މިއަދު އެނގިއްޖެވެ. ނުގަބޫލުގައި ކައިވެނި ކުރުމުގެ ބޭނުމެއް ނެތްތާއެވެ. އެއަށްވުރެން ބޮޑަށް ސާރިމް ގަޔާވާ އަންހެން ކުއްޖަކީ ކާކުތޯ ބަލަން ހިތުގައި އޮްތް ޝައުގު މާ ބޮޑެވެ.
“އޯކޭތަ” ސާރިމްގެ މެސެޖެއް އައެވެ.
“ކޮން ކަމެއް ރަނގަޅުވާނީ. ތި މަކަރުވެރި ނުލަފާ ނުބާ މީހެއް. އަހަރެން ކަލެއަށް ނަފުރަތު ކުރަން.” ރިޕްލައި ދިނީމެވެ.
“ކަލޭ ހީކުރީ މަ ކަލޭ ދެކެ ވަނީ ލޯބިކަމަށްތަ؟ އެހުރިހާ ކަމެއް ކޮށްދިނީ އެއީ މަގޭ ޒިންމާއެއްވީމަ.” އޭނާގެ އެ ޖުމުލައިން އެ ކުއްޖަކީ އަހަރެން ނޫން ކަން އެނގުނެވެ.
“އަހަރެންގެ މަޖުބޫރީ ހާލަތުގެ ނާޖާއިސް ފައިދާ ނުނަގާތި. ޝާޔަލް އާއި ކައިވެނި ކުރަންވީ. ސަމީރައްތަ ނޭނގެ އަހަރެން ގެއިން ވެސް ނުނެރެލާނެ ކަމެއް.” އަހަރެން މެސެޖެއް ކޮށްލީމެވެ.
“ކަލޭ ތިބުނީ މަ ކައިރީ ޝާޔަލް އާއި ކައިވެނިކުރަން؟” އޭނާ ސުވާލުކުރިއެވެ.
“ހޫމް މަ. ކަލޭ އަށް އެކަންޏެއް ނުން އަމުރު ކުރެވޭނީ.” އަހަރެން އަނެއްކާވެސް ފޮނުވާލީމެވެ.
“މަ ހީކުރީ ކަލެ ނާފިއު ކައިރިން ސަލާމަތް ކޮށްދިނީމަ މަވެސް ސަލާމަތް ކޮށްދޭނެކަމަށް.”
“އެއީ ހީއެކެއްނު” އެހެން ބުނުމަށްފަހު އޮފްލައިން ވެލީމެވެ.
ވިސްނެމުންދިޔައީ ސަމިރައްތަ ބުނި އެއްޗަކާ މެދުއެވެ. ސަމީރައްތައަށް މި ގުޅުން އިނގިއްޖެ ނަމަ އަހަރެންނަށް ހެޔޮއެދޭނެ ފަރާތެއް ދެން ނުހުންނާނެއެވެ. ސާރިމްގެ މަކަރުވެރިކަމުން އަހަރެންނަށް މި ކުރެވުނި ކަންތައް މުޅި އުމުރު ދުވަހު ހަނދާނުގައި ހުންނާނެއެވެ. މަންމަގެ އެ ވިހަގަދަ ބަސްތަކަކީ އަހަރެންނަށް ދުވަހަކުވެސް އަހަން ފަސޭހަ ބަސްތަކެއް ނޫނެވެ. މަންމަ އާއި ނުލާ މަންމަ އާއި ދުރުގައި އުޅެން ޖެހުމުން ހިތަށް އެކުރަ އަސަރު ބުނެދޭނީ ކިހިނެއްހެއްޔެވެ؟
“ސަމްރީން” ހޭބަލިވެފައި ކޮޓަރިތެރެއަށް ވަތް ޝަނާޔާ އަހަރެންނަށް ގޮވާލި އަޑަށް ދިޔައީ ސިއްސައިގެންނެވެ.
“އެއްވެސް ހެދުމެއް ވެސް ނެތެއްނު ރީން އަތަކުމި ހެދުން ލައިގެން ފެންވަރާލާ.. ދެން އެއަށްފަހު ދާނީ ޝޮޕިންއަށް.” ޝަނާޔާ ހެދުމެއް ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެންވެސް ފާހަނައަށް ވަނެ ފެންވަރާލީ އެއީ ކޮންމެހެން ބޭނުން ކަމަކަށް ވީތީއެވެ.
“ޝޮޕިން އަށް ދާން.” ސްކްރީންޝޮޓަކާއެކު ސާރިމް ކޮށްފައި އެއިން މެސެޖު ބަލާލީމެވެ. ފަސްހާސް ރުފިޔާ އަހަރެންގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި އިނެވެ. އަހަރެން އެޔެއް ބޭނުމެއް ނޫނެވެ. ޓްރާންސްފާ ކޮށްފައި އިން އަދަދު އަނބުރާ އޭނާއަށް ފޮނުވާލީމެވެ. އަހަރެންނަށް އަހަރެންގެ އަމިއްލަ ޚަރަދުތައް ބެލެހެއްޓޭނެއެވެ. އޮފީހަށް އަންނަ ހަފްތާއިން ފެށިގެން ދިއުމަށްފަހު އަންނަ މަހު މުސާރައިން އުޅެވޭނެ އެޕާޓްމެންޓެއްހިފައި ބަދަލުވެސް ވާނަމެވެ.
ޝަނާޔާއެކު ފިހާރައަށް ގޮސް ބޭނުންވާނެ ސާމާނުތައް ގަތީމެވެ. ގިނަ އެއްޗިއްސަށް ލާރި ދެއްކީ ޝަނާޔާއެވެ. ގެޔަށް އައިސް އަވަހަށް މެންދުރު ނަމާދު ކޮށްލީމެވެ. ދިރިއުޅުމުގެ އެންމެ މުހިންމު އެއްކަމަކަށް އަހަރެން ހެދީމެވެ. އެލިބޭ އަރާމއި ހިތްހަމަޖެހުމުގެ ސަބަބުންނެވެ.
ނަމާދަށްފަހު ދުއާކޮށް އެކަލާނގެ ހަޟްރަތަށް ދަންނަވަމެވެ. ބައެއް މީހުންނަށް އަހަރެންގެ ހަޔާތް ވަރަށް ކަމުގޮސްދާނެއެވެ. ފިލްމްތަކުގައި ވާގޮތަށް ސިއްރުން ކައިވެނިކުރީ މުއްސަންޖަކާއެެވެ. އަހަރެންވެސް ކުރިން ވީ އެކަހަލަ ހުވަފެންތައް ދެކެމުން އައި ފަރާތަކަށެވެ.
ތަގުދީރުގައި އަހަރެންނަށް ލިޔެވިފައިވީ އެގޮތެވެ. އެ ފިލްމްތަކާއި ސީރިޒް ތަކުން ނުފެނުނީ އެ އަންހެން ކުއްޖާ އުފުއްލާ ތަކުލީފުތަކެވެ. އެ އަންހެން ކުއްޖާގެ ގައުގާ އަޅާނެ ވޭންތަކެވެ. ހިތުގައި ރިއްސާނެވަރެވެ. އެ ވޭން އަހަރެންނަށް ނޭނގުނަސް، ނުފެނުނަސް މިއަދު މިއޮތީ އެ ތަކުލީފުތައް އުފުލަން ޖެހިފައެވެ.
މަންމައާއި ވަކިން ހޭދަވާ ކޮންމެ ސިކުންތެއްގައިވެސްވީ ވޭނެވެ. އެ އިހްސާސްކުރެވޭނެ އެމީހަކަށް އެކަމެއް ތަހައްމަލް ކުރަން ޖެހުމުންނެވެ.
“ސަމްރީން ކައިގެން ބޭސްކާން އާދޭ. އަހަރެން މުސައްލަ މަތީ އިންދާ ސަމީރައްތަ ގޮވާލިއެވެ.
“ނަމާދުގަތަ؟” ސަމީރައްތަގެ މޫނުން ފެނުނީ ހައިރާން ކަމެވެ. އަހަރެން ބޯ ޖަހާލުމަށްފަހު މުސއްލަ ނަގައި އަލަމާރިއަށް ލުމަށްފަހު ސަމީރައްތަ އާއޭކު ކާން ދިޔައީމެވެ.
އޭރު ސާރިމް ގެ އިތުރުން ޝަނާޔާ އާއި މުހައްމަދުބެ ވެސް އެތާ އިނެވެ.
“ސަމްރީން މިހާރު ރަނގަޅުތަ؟” މުހައްމަދުބެ އެހެން އަހާލުމުން ބޯ ޖަހއިލީމެވެ. ކާ މޭޒު ދޮށުގައި އިށީނީ އިސްޖަހއިގެން އިނެއެވެ. އަނެއްކާވެސް ސާރިމް އާއި ކުރިމަތި ލާން ޖެހުމުންނެވެ.
“ސަމްރީން ދަރިފުޅާ ލަދުން ނީނދެ ކާން ފަށާބަލަ.!” އަހަރެން އިސް ޖަހައިގެން އިނުމުން ސަމީރައްތަ ބުނެލިއެވެ.
“ދަރިފުޅާ ޝާޔަލްގެ އެންގޭޖްމެންޓް ޕާޓީ އަންނަ ހަފްތާގައި ބާއްވަން ނިންމާފިން.” އަހަރެން ދިޔައީ ސިއްސައިގެންނެވެ. މުހައްމަދުބެ އެހެން ބުނި ގޮތުން ހުރުހާ ކަމެއް އޮތީ ނިމިފައި ކަން އިނގުނެވެ.
“ކިހާދެރަކަމެއް… ބައްޕާ ނޫޅެމޭ..” ސާރިމް ރުޅިއައިސް ބުނެލިއެވެ.
“ޝާޔަލް އެއީ ނުލާހިކު ރަނގަޅު ކުއްޖެކޭ.. ސާރިމް ކީއްވެތަ އެއްވަސް ނުވަނީ.” އަހަރެން އެހެން ބުނީ ހުރިހާ ހަގީގަތެއް އެނގިހުރެއެވެ.
“އޯ ރިއަލީ..! ކަލޭ ބުނީމަ މަ ޖެހޭތަ ގަބޫލް ކުރަން ” އޭނާގެ އުޅުން އާއިލާ ކުރިމަތީ ވާ ވަގުތު ތަކުގައާއި އެކަނިވާ ވަގުތު ތަކުގައި ތަފާތެވެ. މަޑު މަޑުން އަހަރެންނަށް އޭނާގެ ޝަޚުސިއްޔަތު ދަސްވާން ފަށާފިއެވެ.
އެއްޗެކޭ ނުބުނެ ކާ ނިންމާލުމަށްފަހު ކޮޓަރިއަށް ވަނެ ޖައްސާލީ ޝަނާޔާވެސް ނިދާލަން ދާ ކަމަށް ބުނީމައެވެ.
“ކަލޭ ކައިރީ ކިތައްފަހަރު ބުނާނީ ޝާޔަލް އާއި މަށާ ނުޖައްސާށޭ.” ކޮޓަރިތެރެއަށް ވަތް ސާރިމްގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ.
“ދެން މަ ކީއްކުރަންވީ. ކަލޭ ބުނާގޮތް ހެދިގެންތަ ހުންނަންވީ..؟؟” އަހަރެން އެންމެތަންކޮޅެއްވެސް ދުލެއް ނުކުރަމެވެ.
“މީ ސަމްރީންގެ ފިރިމީހާއޭ. ރީތިކޮށް ވާހަކަ ދައްކާ..”ސާރިމް އެހެން ބުނުމުން އަހަރެން ގާތަށް އައީ ހިންޏެވެ.
“ހައްހައ. އަމިއްލައަށް މި އަނބިމީހާކަން ނުދަނެ ވާހަކަ ދައްކާފަ ނުޖެހޭ ކޮންމެހެން މަށަށް ތި ފިރިމީހާކަން އަންގަ ދޭކަށް.!.” ރުޅިވެރިކަމާއެކު ބުނެލީމެވެ.
“ހޭ ޝަޓަޕް.” އަހަރެންގެ އަތުގައި ހިފާ ބާރު ކޮށްލަމުން ބުނެލިއެވެ.
“ގާގަ އަތްނުލާތީ. ދައްތަ ކައިރީ ހަމަ ބުނެފާނަން.” ސާރިމް ކޮށްލާ ކަހަލަ ބްލެކްމެއިލް އެއް ކުރެވޭތޯ ބެލީމެވެ.
“އަހަރެންގެ މައިދާތައަށްވެސް އެނގެއެއްނު. ސަމްރީންގެ މައިދަާތައަށްވެސް އެނގެން ޖެހޭނެ. އިން ފެކްޓް ލެޓްސް ގޯ ޓްގެދަރ އެންޑް ޓެލް. އޭރުން މިއަށްވުރެން ހާލުގައި އުޅެން ޖެހޭނީ..!” ސާރިމްގެ ރާގުގައިވީ ރުޅިވެރިކަމެވެ.
“ތިހާ ކެރެންޏާ މަ ކުރާ މި ސުވާލަށް ޖަވާބު ދީބަލަ. ކީއްވެތަ އަހަރެން މިހުރިހާ ހާލެއްގަ ތި ޖައްސަނީ އޭން. އަހަރެންގެ ކުށަކީ ކޮބައިތަ؟” އަހަރެން ހިތުގައި ވި ސުވާލުތައް އަހާލީމެވެ.
“ކުށަކީ ކޮބާހޭ… މިއަށްވުރެން މާ ރަނގަޅު ވާނެ މަރުވިޔަސް.” ބެލްކަންޏާ ދިމާލަށް ހިނގައިގަންނަމުން ބުނެލީމެވެ. އެކަން ކުރާކަށް ނޫނެވެ.
“ބެލްކަންޏަށް ދިޔައިރުވެސް އޭނައެއް ނާދެއެވެ.
“ސަމްރީން. ކަލެއަށް މަ ކޮންމެ ހާލެއް ޖެއްސިޔަސް ކަލޭ ނުޖެހޭނެ މަރުވާކަށް.” ބެލްކަނިތެރެއަށް ސާރިމް އައެވެ.
“އެކީއްވެހޭ.” ސާރިމްގެ މޫނަށް ބަލަން ހުރެ ބުނެލީމެވެ.
“އެއީ… އެއީ…” އޭނާ އަހަރެންނާ ދިމާލަށް އަޅަމުން އައި ކޮންމެ ފިޔަވަޅަކަށް ބުނަމުން ދިޔައެވެ. އަހަރެންވެސް އޭނާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ފިޔަވޅެއް އެޅީމެވެ.
ބެލްކަނި އޮތް ޕޫލާ ހަމަޔަށް ގޮސް ހުއްޓާލިއެވެ. ނަމަވެސް ފެނުގެ އަސަރު މަތީ ހުރުމުން އަހަރެން ކައްސާލިއެވެ. އޭނާ އަހަރެންގެ އަތުގައި ހިފަހެއްޓިއެވެ.
“އެއީ ކަލޭއަށް ނަފުރަތު ކުރާތީ” އެހެން ކިޔައި އަހަރެންގެ އަތުން ދޫކޮށްލިއެވެ. ބެލެންސް ކަޓާއިގެން ގޮސް ވެއްޓުނީ ސީދާ ޕޫލް އަށެވެ. ފެނުގެ ތެރެއަށް އަހަރެން ވެއްޓުނެވެ. އެ ޕޫލްގައި އަހަރެންގެ އިސްކޮޅު ރަނގަޅަށްވެސް ހުއްޓެވެ. ގެނބޭ ކަމަށް ހަދައި އެކްޓް ކޮށްލީ ދެންވާނީ ކިހިނެއްތޯ ބަލައިލުމަށެވެ.
“އޯ ޔޫ އަރ ގުޑް އެޓް އެކްޓިން ޓޫ” ސާރިމް އެހެންބުނުމުން އަހަރެން މައިތިރިވެ ކޮޅަށް ރީއްޗަށް ތެދުވީމެވެ.
“ތެންކިޔޫ ފޯ ޓެލިން” އަހަރެން އޭނަ ކައިރިއަށް ހިނގައިގަތީމެވެ. އެތަނުން މައްޗަށް އެރުމަށް އޭނާގެ އަތްދިކޮށްލީ އެހީވުމަށެވެ. ނަމަވެސް އަހަރެން އޭނާގެ އަތުގައި ހިފައި ޕޫލާ ދިމާލަށް ދަމައިގަތީމެވެ. އައި ބާރުމިނުގައި އައިސް ޖެހުނީ ޕޫލްއަށެވެ. އޭރުވެސް އޭނާގެ އަތުގައި އަހަރެން ހުރީ ހިފަހައްޓައިގެންނެވެ. ރަނގަޅަށް ހަމަޖެހިލައި ސާރިމް ކޮޅަށް ތެދުވެ އަހަރެންގެގައިގާ ހުފައި އޭނައާއި ކައިރިއަށް ދަމާލިއެވެ. ސީދާ ގޮސް އެރީ ސާރިމްގެ މެޔަށެވެ.
“އޯ.. ދެންމެ ވަރަށް ހިތްވަރުގަދަ ކަމަށަ ދައްކާފަ މިހާރު.. ބިރުން ކަޅިއަރާފަ.” އަހަރެނެގް ގައިގާ ހިފަހައްޓައިގެން ހުރުމުން އުދަނގޫ ވާން ފޭށި ނަމަވެސް އޭނަ ކުރުމަތީ ދެރަވާކަށް ބޭނުމެއް ނޫނެވެ.
“އޯހ… ” މަޑު މަޑުން އޭނަގެ ކޮލަށް ބޮސްދިނީމެވެ.
އެވަގުތު އޭނާގެ އަތް އަހަރެންގެ ގައިން ދޫކޮށްލިއެވެ. ސަލާމަތުގެ އައްސޭރިއަށް އާދެވުނީއެވެ. އަވަސްއަވަހަށް ޕޫލުން އަރައި ފާހަނާއަށް ގޮސްވަނީމެވެ. ކުރެވުނީ ލަދުން މަރުވާ ވަރުގެ ކަމެކެވެ. ނަމަވެސް އެ ހިތްވަރު އަހަރެންގެ ގައިގާ ހުރުމުން އުފާވިއެވެ. ކުރީ ގޯސް ކަމެއް ނޫނެވެ.
*******
Reply nudhevunas commentthah kiyaalan. Thank you all.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
