“އެކަމް ކީއްވެ.؟ އިންނަން އެހާ ގާތްވއފަ އޮއްވާ އެކަހަކަ ކަމެއް ކުރާކަށް ނުވާނު.” މަންމަ އެހެން ބުނުމުން މަންމައާއި ދިމާލަށް ބަލއިލެވުނެވެ.
މަންމާއެވެ. މަންމައަަށް މިވާހަކަ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ނާފިއު ދިނީ ދޯކާއެވެ. އަހަރެންގެ މަދުވީ ކޯންޗެއްހެއްޔެވެ. އަހަރެންނަށް ސާރިމް ދިނީ މާ ބޮޑު ދޯކާއެކެވެ. މަންމާއެވެ. އަހަރެންމީ މީހެއްގެ އަތްބަކީމެވެ. އެވެސް އެ ސާރިމްގެއެވެ. އަހަންނަކަށް ނާފިއު އަކާއި ނީނދެވޭނއެވެ.
މިއީ މިވަގުތު އަހަރެންގެ ދުލުން ބޭނުން ކުރަން ބޭނުން ބަސްތަކެވެ. ނަމަވެސް ދޫ އެކަމަށް ނުކުޅެދެއެވެ.
“ދަރިފުޅާ ކީއްވެހޭ ނާފިއު އާއި ރުޅިވީ.” މަންމަ އަނެއްކާވެސް އަހާލިއެވެ.
“ނޭނގެ.” އަހަރެން ކުރު ޖަވާބެއް ދީ ނިދީ އެކަމުން ސަލާމަތްވާށެވެ.
*
އޭގެ އަނެއްދުވަހު ނިދައިގެން ހޭލިއިރު މީހާ ހުރި ހުމާއެވެ. ބޮލުގައި ރިއްސަނީ ކެތްނުވާވަރަށެވެ. އޮފީހުން އޮފްެއް ނެގީ ސާރިމް އާއި ކުރިމަތިލާނެ ހިތްވަރުވެސް ނެތީމައެވެ.
“ދޮންތީ.! މަންމަ ބުނެގެން މިއައީ.! ދޮންތި އޮފީހަށް ނުދަންތަ؟” އަޔާން އައިސް އަހަރެން އޮތް އެނދުގައި އެއްފަޅީ އިށީނދެލިއެވެ.
“ދޮންތި ކުޑަކޮށް ބޮލުގައި ރިއްސާތީ…” އަހަރެން ބުނެލީމެވެ. އެހެން ބުނުމުން އަޔާންވެސް އެތަނުން ދިޔައެވެ.
ހިތްވަރުކޮން އެނދުން ތެދުވުމަށްފަހު ޕެނެޑޯލް ގުޅައެއް ކާލީމެވެ. ހުން މަޑުވޭތޯއެވެ.
މަޑު މަޑުން އެނދުގައި އޮށޯވެލީމެވެ. އޭރު ހުންނާނީ އޮފީހުގެ ރަސްމީ ގަޑި ފެށިފައެވެ.
“ދަރިފުޅާ ސަމްރީން. ރީން ހޯދަން އައިސް އެބަހުރި.” އަހަރެން ވަރަށް އުދަނގުލުން އެނދުން ތެދުވީ ކާކުތޯ ބަލާށެވެ. އެއީ ޝަނާޔާއެއް ނޫނެވެ. ޝަނާޔާ އައިސް ސީދާ ވަންނާނީ ކޮޓަރިއަށެވެ. ވަރަށް އުދަނގުލުން ގޭގެ ފާރުތަކުގައި އަތްލަމުން ސިޓިން ރޫމާހަމައަށް ދެވުނެވެ. ގައިގާ އަޅާ ވޭނާ ހިތުގައި އަޅާ ވޭން އެކުވުމުން އެކުރެވޭ އިހްސާސް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
ސޯފާގައި އިން ސާރިމް ފެނި އަހަރެންގެ ވޭނ އިތުރުވިއެވެ. އަނބުރާ އައި ދިމާލަށް ހިނގައިގަތީމެވެ.
“ސަމްރީން” އަހަރެންގެ ހަށިގަނޑު އޭނާގެ ދެއަތުގެ އެހީގައި އުފުއްލާލިއެވެ. މަންމަ ނެތްކަން ނަސީބެކެވެ. އަހަރެން އެއްޗެކޭ ނުބުނެ ހުރީ އެއީ ފިރިމީހާ އަށް ވީމައެވެ. ގެންގޮސް ކޮޓަރި އެނދުމަތީ ބާއްވާލިއެވެ.
“ހާދަ ހުން ގަދައޭ.” ސާރިމް އަހަރެންގެ ނިތްކުރީގައި އަތް ޖައްސާލިއެވެ.
“އޮފީސް؟” އަހަރެން ވާހަކަ ދެއްކީ އޭނާގެ މޫނަށް ނުބަލައެވެ.
“އަހަރެންގެ އަންހެނުން ބަލިވެ އޮއްވާ އޮފީހަށް ދެވޭތަ.؟” ސާރިމް އެހެން ބުނުމުން ރުޅި އާދެވުނެވެ.
“އަންހެނުން؟” އަހަރެން ބުނެލީމެވެ.
“ހޫމް ވައިފް” ނޭނގޭ ކަމަށް ހެދީ ގަސްތުގައެވެ.
“އަހަރެންގެ އަމިއްލަ ހާލަށް ދޫކޮށްލާފަ ދޭ. ” އަހަރެން ބުނެލީމެވެ.
“ސަމްރީން މަންމަވެސް ގޮއްސި.” ސާރިމް ބުނެލިއެވެ.
“ހެވޭ. މިތަނުން ދާށޭ. އަހަރެން ކަލޭގެ މޫނު ދެކޭ ހިތްވެސް ނުވޭ” އަހަރެން އޭނާ ދުރަށް ކޮށްޕާލީމެވެ. އަގައިން އިތުރުބަހެއް ނުބުނެ ނިކުމެގެން ދިޔައެވެ.
އަހަރެން އޮތްތަނުން ތެދުވެ ބޭރަށް ދާން ހިނގައިގަތީ ސާރިމް ދިޔަކަން ޔަގީން ކުރާށެވެ.
“އަޔާން ކިޔަވާނީ ސައިންސް ސްޓްރީމް. ބޭނުމީ ޕައިލެޓް އަކަށް ވާން. އެއީ އަޔާންގެ ބައްޕަގެ ވަރަށް ބޮޑު ޑްރީމްއެއް.” އަޔާން ވާހަކަ ދައްކަމުން ދިޔައީ ސާރިމް އާއެވެ. ސިޓިން ރޫމްގައި ތިބިއިރު އެތަނަށް ނުފެންނާނެހެން އިން ފާރު ކައިރީ މަޑު ކޮށްލީމެވެ.
“ހާން. ސަމްރީން.. މި ބުނީ ދޮންތަ.. ބައްޕަ ދޮންތަގެ ފަރާތުން ދެކެނީ ކޮންކަހަލަ ހުވަފެނެއް؟” ސާރިމް އެހެން ބުނުމުން ހިތްހަމަ ނުޖެހެވުނެވެ. އެ ހުވަފެން ފެނަށް ހަދާލީ ޚުދު އޭނާއެވެ.
“ހޫމް ދޮންތަ މެރީ ކުރާތަން.! ދޮންތަ މެރީ ކޮށްގެން ރީތި އުޅުމެއް އުޅޭތަން ބެލުން. ސާރިމްބެ ނުބުނައްޗޭ މި ވާހަކަ އަޅުގަނޑު ބުނިކަން.” އަޔާން މަޑު މަޑުން ބުނެލިއެވެ.
“ހޫމް ނުބުނާނަން. މި އަޔާންއަށާއި ޔައިލްއަށް ސާރިމްބެ ދޭ ހަދިޔާއެއް.” ވޮލެޓުން ސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި އަޔާންގެ އަތަށް ދިނެވެ. އަހަރެން އިތުރަށް އެ މަންޒަރު ބަލަން ނުހުރެ އެތަނަށް ދިޔައީމެވެ.
“ސަމްރީން.!” ސާރިމް އަހަރެން ފެނުމާއެކު ބުނެލިއެވެ. ބޮލުގައި އަތްއަޅާލައި ތިރިވެވުނީ ބޮލުގައި ރިއްސާލުމުންނެވެ. އެއީ މާ ބާރަށް ހިނގާފައި އައީމަ ކަންނޭނގެއެވެ.
“ސަމްރީން ހިނގާ ހޮސްޕިޓަލަށް. އަޔާން މަންމަ އައީމަ ބުނައްޗެ.” އަހަރެންގެ ގައިގާ ހިފައްޓާ ނަގަމުން ސާރިމް ބުނެލިއެވެ. ސާރިމްގެ އެހީގައި ސާރިމްގެ ކާރަށް އެރީމެވެ. ސާރިމް އާއެކު ހޮސްޕިޓަލަށް ދިޔައީމެވެ.
ޑަކުޓަރަށް ދެއްކުމުން އަހަރެން އެނދުމަތި ކުރިއެވެ. ސާރިމްގެ ފަރާތުން ފެނުނު އަޅާލުމާއި އޯގާތެރި ކަމަކީ އޭނާއާއި ވަރަށް ނުގުޅޭ ސިފައެކެވެ.
އަހަރެން އެނދުމަތިކުރިތާ ގަޑިއެއްހާއިރު ކައިރީ އިނުމަށްފަހު ޝަނާޔާއަށް ގުޅީ އޮފީސް މީޓިން އެއްގައި ބައިވެރިވުމަށެވެ.
“ސަމްރީން..! ނުއެސް ބުނޭ ބަލިވެ އުޅޭ ވާހަކަ. ދޮންބެ ނުބުނި ނަމަ ނޭނގޭނެ.” ޝަނާޔާ އަހަރެން ފެނުމާއެކު ސުވާކުކުރިއެވެ. މިއަދު ޝަނާޔާ އާއި ވާހަކަ ދައްކަން އަހަރެން ފަސްޖެހެމެވެ. ލަދުގަނެއެވެ. ބިރު ގަނެއެވެ. ޝަނާޔާ ފެނުމުން ކުރެވެނީ އެހެން ކަހަލަ އިހްސާސެކެވެ. އަހަރެންގެ ހަޔާތުގެ ދެބައި ކޮށްފަ އެއްބައި ހިއްސާ ކުރާ މިތުރަކީ އެޔެވެ. ބޮޑު ސިއްރެއް އޭނާޔާ ފޮރުވުމަކީ ދަތިކަމެކެވެ.
“އޭތް ވާހަކަ ނުދައްކަންތަ.” ޝަނާޔާ އެކުރި ސުވާލަށް ޖަވާބު ނުދިނުމުން ބުނެލިއެވެ.
“އުނހޫން. ބޮލުގައި ރިއްސާތީ.” އަހަރެން ވަރަށް އުދަނގުލުން ބުނެލީމެވެ.
“އެހެންވެއްޖާ ނިދާލާ. ހަވީރުން ގެޔަށް ދެވޭނެ.” ޝަނާޔާ ކައިރީ އިން ގޮނޑީ އިށީންނަމުން ބުނެލިއެވެ.
އަހަރެންނަކަށް ނުނިދުނުތާ ޝަނާޔާގެ މޫނަށް ބަލަން އޮތުން ނޫން ކަމެއް ނުކުރެވުނެވެ.
ޝަނާޔާއެވެ. އެތައް ވާހަކަތަކެއް ބުނެދޭން ބޭނުމެވެ. އެތައް ވާހަކައެއް ކިޔައިދީ ރޯން ބޭނުމެވެ. ޝަނާޔާއަށް ނޭނގުނަސް އަހަރެން މީ ކުށްވެރިއަކީމެވެ.
“އޭތް ރޮނީތަ؟” އަހަރެންގެ ލޮލުން އައި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.
ނަސީބަކުން އެވަގުތުވީ ސާރިމް ކާއެއްޗެހި ހިފައިގެން އައި ވަގުތަށެވެ.
“ދޮންބެ، ސޯ ނޮޓް ޔޫ.!” ކާއެއްޗެހީގައި ހިފައި ސައިޑް ޓޭބަލް މަތީ އެ އެއްޗެހި ބެހެއްޓިއެވެ.
“މިއުޅެނީ ރީން ރޯވަރުން.” އަނެއްކާވެސް ވާހަކަ ދެއްކީ ޝަނާޔާއެވެ.
ސާރިމް އަހަރެންގެ މޫނަށް ބަލައިލީ ކިހިނެއްވީތޯ އަހަމުން ކަހަލައެވެ. އަހަރެން އޭނަ ވީ ފަޅި ނޫން އަނެއްފަރާތަށް އެނބުރުނީ އިތުރަށް އެ މޫނު ވެސް ދެކެން ބޭނުންނުވާތީއެވެ.ފުން ނޭވާއެއް ދޫކޮށްލީ ސާރިމް އެތަނު ދިޔުމުންނެވެ.
“މި ދޮންބެ މިހާރު އަންޑަސްޓޭންޑެއް ނުވެ.! ކުރިން ރީންއަށް ގޮވާނެ އެއްޗެއް ގިވާފަ މިހާރު.” ޝަނާޔާ ބުނެލިއެވެ.
“ހޫމް. ފިރިހެނުންނެއް ނީނގޭނެ.!” އަހަރެން އެއްބަސް ވެލީމެވެ.
“ނާފިއު ކާކާ އެކީ ފެނުނީ.” އަހަރެންނާ އެކުރި ސުވާލަށް ޖަވާބު ދޭނީ ކިހިނެއްހެއްޔެވެ؟ އެއީ އޭނާގެ ވާން އުޅުނު ފަހަރިއެވެ.
” ރީއްޗަކަށް ނުފެނޭ.! ޗީޓް ކުރިކަން އިނގުނީ.”އަހަރެން ގަސްތުގައި ދޮގު ހެދީމެވެ.
ހަވީރު ގެޔަށް ފޮނުވާލިއެވެ. ހުރިހާ އިރަކު އަހަރެން ކައިރީ އިނީ ޝަނާޔާއެވެ. ސާރިމް ކާ ގަޑިތަކުގައި ކާން ހިފައިގެން އާދެއެވެ. ގެޔަށް އައިސް އަހަރެން ޝަނާޔާ ގާތު ދިޔުމަށް ބުނީ އިތުރު ކަމެއް ބޭނުން ނުވާތީއެވެ. ހުންގަނޑުވެސް މައިތިރި ވެފައި ހުރީމައެވެ.
“މަންމަ މި ބުނީ ނާފިއު އާ ރުޅިވީ ކީއްވެހޭ.؟” އަހަރެން ކޮޓަރީ އޮއްވާ މަންމަ އައިސް އަހާލިއެވެ.
“ނޭނގެޔޭ.” އަހަރެންގެ އަޑު އާންމުކޮށް ވާހަކަ ދައްކާވަރަށްވުރެން ބާރު ކޮށްލީމެވެ.
“ރީއްޗަށް ބުނެބަލަ ނާފިއު އާއި އިންނަން ބޭނުން ނުވަނީ ދޯ..!” މަންމައަށް އެވާހަކަތައް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟
“ދެން މަންމާ…! ނޫޅެވޭނެކަން އިނގުނީމަ ރުޅިވާނެދޯ.!” އަހަރެން ބުނީމެވެ.
“ނޫޅެވޭނެކަން އިނގުނީ އިންނަންވީމަތަ؟” މަންމަގެ އަޑުގައިވީ ރުޅިވެރިކަމެވެ.
“ހާން، ނަސީބެއްނު. ވަތިވުމަށްވުރެން ރަނގަޅެއްނު” އަހަރެން ބުނީމެވެ.
“ހާން ކުރަން ބޭނުން ނޫން ކަންކަމަށް ވަރަށް ބަހަނާ ދައްކާނެ.! އެކަމް ދެން ޖެހޭނީ ނާފިއު އާއި ކައިވެނި ކުރަން.!” މަންމަގެ ރުޅިވެރި ކަމާއި އަމުރުވެރިގޮތް އަޑުއިވި ޑްރާމާތަކުގައި ދައްކާ އެރޭންޖް މެރިއޭޖްގެ މަންޒަރެއް ސިފަވިއެވެ. ގަދަކަމުން މަޖުބޫރުން އެއްކަމެއްވެސް ނުކުރެވޭނެއެވެ. އެއީ އަބަދުވެސް އަހަރެން ގަބޫލްކުރި ގޮތެވެ. ނަމަވެސް ސާރިމް އެކަން ދޮގުކޮށްދިނެވެ. އަހަރެން މަންމަގެ އެ އަމުރަށް އިންކާރު ކުރަން ބޭނުންނުވިނަމަވެސް އެ ނޫން ގޮތެއް ނެތެވެ. އަހަރެން މީ އެހެން މީހެއްގެ ހައްގެކެވެ.
“މަންމާ އެކަމެއް ނުވާނޭ ” އަހަރެން އާދޭސް ކުރަން ފެށީމެވެ.
“ކީއްވެހޭ ނުވާންވީ.! ނާފިއު އެއީ ވަރަށް ރަނގަޅު ކުއްޖެކޭ.” އެޔަށް ދޭނެ ރައްދެއް ނޭނގުމުން ފާހަނާއަށް ވަނީ ވަކި ސަބަބެއް އޮވެގެންނެއް ނޫނެވެ. މަންމައާއި ފިލާށެވެ.
އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ކައިރީ ސާރިމް އެއީ އަހަރެންގެ ފިރިމީހާ ކަން ނުބުނެ ވާކަށް ނެތެވެ. އެހެންނޫނީ މަންމަ ކުރުނުކޮށް ނާފިއު ވާހަކަ ދައްކާނެއެވެ. އަހަރެންގެ މި މަޖުބޫރީ ހާލަތު ހިއްސާކުރާނީ ވަކި ކާކާހެއްޔެވެ.؟ ސާރިމް ނޫން އިތުރު ފަރާތެއް ނެތެވެ. ކޮންމެއަކަސް އޭނާއަށް ހުރިހާ ހަގީގަތެއް އެނގޭނެއެވެ.
ފާހަނައިން ނިކުމެ ސާރިމްއަށް ގުޅާލީ ހަދަންވީ ކިހިނެއްތޯ އަހާލުމަށެވެ.
“ސާރިމް މަންމަ ވަރަށް ބޮޑަށް ޕްރެޝަރ ކުރޭބަ ނާފިއު އާއި އިންނަން. ހެޔޮނުވާނެ އަހަރެން ވަރިކޮށްދީ..” އަހަރެން އޭނައަށް ގުޅާ އާދޭސް ކުރަންފެށިމެވެ.
“ނާފިއު އާއި އިންނަން ވަރިކުރަންވީ.! ނާފިއު އާއި ދުރުކުރަން އިނީ.” ސާރިމް އޭނާގެ އާންމު ރާގުގައި ބުނެލިއެވެ. އަހަރެންގެ ގައިގާ އަޅާއި ވޭން ސާރިމްއަށް އެނގޭނެ ނަމައެވެ. އަހަރެންގެ ގައިގާ ރިއްސާވަރު އޭނާއަށް ވިސްނޭނެނަމައެވެ.
،”އެކަމް ސާރިމް، މަންމަ ނާފިއު އާއި އިންނަންކިޔާބައޭ. ރުޅިވީ ކީއްވެތޯ އަހާބައޭ. އަހަންނަކަށް ނުކެރޭނެ ކިޔާދޭކަށް.” އަހަރެންގެ ހިތުގައި ހުރި ޝަކުވާތައް ބަންޑުން ކޮށްލީމެވެ.
“މަންމަ ކައިރީ ބުނޭ ތީ އަހަރެންގެ ވައިފް އޭ. ސިމްޕަލް.” އޭނާއަށް ދުވަހަކުވެސް އެހެން މީހެއްގެ އިހްސާސްތަކާއި މެދު ނުވިސްނޭނެއެވެ. އެހެން މީހަކަށް ކުރާނެ އަސަރެއް ނޭނގޭނެއެވެ.
އޭނާ އެބުނި ކަންތަކަށް ފާޅުގައި އެއްބަސް ނުވި ނަމަވެސް ހިތުން އެއްބަސްވީމެވެ. ދެން މަންމަ ނާފިއުގެ ވާހަކަ ދައްކާފިއްޔާ އެ ސިއްރު ފާޅު ކުރާނަމެވެ. ދެން ވާނޭ ކަންތަކުގެ ޒިންމާ ނަގަންޖެހޭނީ ސާރިމްއަށެވެ.
ކޮޓަރީ އިރުކޮޅާކު އެހެން އޮވެލުމަށްފަހު ރޜގަނޑުގެ ކެއުމަށް އިންސާފު ކުރަން ބޭރަށް ނިކުތީމެވެ. މިރޭމީ ބޮޑުރެއެއްކަން އެނގިހުރެއެވެ. މަންމަގެ އިތުބާރު އަހަރެންނަށް ގެއްލޭނަކަން އިނގުހުރެެއެވެ. ނަމަވެސް ސާރިމްއަކީ ގޯސްމީހެއް ނޫނެވެ. މަންމަމެން ކުރިމަތީ ނާފިއުއަށްވުރެން އެތައްހާސް ގުނަ ރަނގަޅުވާނެޔޭ އަހަރެންގެ ހިތް ބުނެއެވެ. ސާރިމް އަކީ އަހަރެންގެ ފިރިމީހާކަން އެނގުމުން މަންމަ ވާނީ އުފާ ކަންނޭނގެއެވެ.
އަހަރެން ދިޔައިރު ކާނ ހުރީ ތައްޔާރުވެފައެވެ. ޔައިލް އާއި އަޔާންއާއި މޭޒު ކައިރީ ތިއްބެވެ. މަންމަވެސް ތަށި ހިފައިގެން އައިސް އަހަރެން ކުރިމަތީ ބަހައްޓާލިއެވެ. ކެއުމުގެ ތެރެއިން އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޔައިލް އާއި އަޔާން އިނީމަ ކަންނޭނގެއެވެ. ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ޔައިލް އާއި އަޔާން ދިއުމުން މަންމަގެ ސުވާލުތައް އަމާޒުވާން ފެށިއެވެ.
“މި ގަޑީ ރަނގަޅު އުޒުރެއް ނުދެއްކިއްޖާ މަންމަ ނާފިއު އަށް ގުޅާފަ އަންނަ ހަފްތާގައި އިނުމުގެ ކަންކަން ހަމަޖައްސާނަން.” މަންމަ އެހެން ބުނީ އަހަރެންނާ ދިމާ ނުބަލައެވެ. އަހަރެން މީހެއްގެ އަތްބަކަށްވުން އުޒުރަކަށް ފުދޭނަކަން ކަށަވަރެވެ. ނަމަވެސް ބުނާނީ ކީކޭ ހެއްޔެވެ؟
“ކީއްވެ ހޭ ނާފިއު އާއި ރުޅިވީ…!” އަހަރެން އެއްޗެކޭ ނުބުނުމުން ސުވާލު ތަކުރާރު ކޮށްލިއެވެ.
“އަހަރެން…އަހަރެން…” އަހަރެން ހިތްބިރުގަންނަ ފެށިއެވެ.
“ހޫމް ކީއްވެޔޭ؟” މަންމަގެ އަޑުގައިވީ ރުޅިވެރިކަމެވެ.
“އަހަރެން މީ… އަނމް…. މީ…” އަހަރެންވެ ދޫ ހަރަކާތް ކުރަނީ އެހިސާބަށެވެ.
“އަހަރެން މީ… ހޫމް އަޑު އުވޭބަ އެ.” މަންމަ އަހަރެން ކުރިމަތީ އިން ގޮނޑީގައި އިށީނދެލިއެވެ.
“އަހަރެން މީ މީހެއްގެ އަތްބެއް.” ދެލޯ މަރާލުމަށްފަހު ހިތުގައި އަތް އަޅާލައި އެހެން ބުނީ ހުރިހާ ލަދެއްގައި ބެދި މަންމަގެ އިތުބާރު ގެއްލުނަސް ހެޔޮކަމަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Haadha kurey
Next part Thankolheh avhah beynun kiyaalan
Yh… Knirakun aneh part kiyaalan libeynee 😩