Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 12

ailessh Level 1
June 29, 2023 11 Mins Read
9 Comments

“ސޯ ޔޫ ޑޫ…!” އަހަރެން ޖަވާބުގައި އެއްޗެއް ނުބުނެ ދެ ތިން މިނެޓް އިނުމުން ބުނެލިއެވެ. އެއީ އަހަރެންގެ ހިތުގައި އޮތް ގޮތެވެ. އަހަރެންނަށް ދުއާ ކަމުދެއެވެ. އަހަރެންނަށް އެހެން ބުނުމުން ޒައިން އާއި ދިމާލަށް ބަލައިލެވުނެވެ. އެއްބަސް ވާކަށް ނުކެރުނެވެ. ނަމަވެސް ހިތްވަރުކޮށްފައި ބޯ ޖަހާލީމެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. މިއީ މުޅިއަކުން ދޮގު ވާހަކަ ތަކެއް ނޫނެވެ.

 

 

“އެހެންމަ ވަރަށް ކެރިގެން ކުރިމަތިލާން ޖެހޭނީ… 3 މަހެއްނު ދިނީ… އޭރުން ތިކަން މާ ރަނގަޅަށް ވެސް ވާނޭ.” ޒައިން ބުނެލިއެވެ.

“ތިބުނީ؟” އަހަރެން ކޮށްލީ ސުވާލެކެވެ.

“އަހަރެން މި ބުނީ އަނިލް ބޭނުމިއްޔާ ޔޫ ހޭވް އަ ޗާންސް ޓު ވިން ހަރ އޭ..” ޒައިން ބުނެލިއެވެ.

“އެ ކިހިނެއް؟” އަހަރެން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

“ބަލަ އަހަރުމެން ސިންގަލް އަކަސް ތަޖުރިބާ ހުންނާނޭ… ދެން އަނިލް އަހަރެންގެ ކޮއްކޮވީމަ ލަދުންނެއް ނޫނޭ އުޅެންވީ… ތި މަގޭ ޅިޔަނެއްނު. ކައިވެނި ކޮށްފީމެއްނު… އެއީ އޭ އަސްލު ހަގީގީ ލޯބި ފެށޭ ހިސާބު.! އަނިލް އެހާ ރަނގަޅަށް ދީން އެނގޭއިރު މި އެއްޗިއްސެއް ނޭނގޭތަ؟” ޒައިން އޭނާގެ އާންމު ރާގުގައި ބުނެލިއެވެ.

“އޯހް… ދެން މަ ކީއްތަ ކުރަންވީ…” އަހަރެން އަނެއްކާވެސް ކުރީ ސުވާލެކެވެ.

“އޭނަ ބުނާ ގޮތް ހަދައިދީ… އޭނަ ދުރުގަ ހުންނަން ބުނެފިއްޔާ ދުރުގަ ހުރޭ.. ކައިރި ވާށޭ ބުނީމަ ކައިރިވޭ… މި ބުނި އެއްޗެއް ވިސްނޭނެ ކަމަށް އުންމީދު ކުރަނީ…” އޭނާ އެބުނި އެއްޗެއް އަހަރެންނަކަށް ފަހުމެއް ނުވިއެވެ.

“ދުރުގަ ހުންނަން ބުނެފިޔާ ދުރުގަ ހުންނާށޭ..، ކައިރިވާން ބުނެފިއްޔާ ކައިރި ވާށޭ…” އަހަރެންނަށް ކިޔާލެވުނެވެ.

“ހޫމް ހޫމް… އެހެން. މަ އިތުރު ތަފްސީލެއް ނުދޭނަން.” އަހަރެންނަށް އެ ޖުމުލަ ނެގުނީ ޒައިން ޖެހި ޖޯކެއް ގޮތަށެވެ.

އެހެން އިރުކޮޅަކު ޒައިން އާއެކު ވާހަކަ ދައްކަން އިނުމަށްފަހު ކޮޓަރިއަށް ދިޔައީމެވެ. އޭރު ހަވީރު ފަހެއް ޖަހަނީއެވެ. ދުއާ ޑްރެސިން ޓޭބަލް ކުރިމަތީ ހުރެ ތައްޔާރުވަމުން ދިޔައެވެ. އެންމެ ފަހުން ސެންޓް ޖަހާލުމަށްފަހު އަހަރެންނާ ސުވާލުކުރިއެވެ.

“ރީތި ތަ؟”

އާއެކެވެ. ވަރަށް ވެސް ޗާލެވެ. ކަޅުކުލައިގެ އާބާޔާއެކު ފެންނަލެއް ކިތަންމެ ހާ ވެސް ފުރިހަމައެވެ. އަޅާލެވިފައިވާ ކަޅު ޝޯލްގެ ސަބަބުން އޭނާގެ ރީތިކަން އިރު ކޮށްދެއެވެ. އެއްވެސް މޭކަޕެއް މޫނުގައި ނެތްއިރު ފެންނަނީ ވަރަށް ސާދާ ކޮށެވެ. މި ހުރިހާ އެއްޗެއް ހިތުގައި ރައްކާކުރަމަށްފަހު “ނޮަޓް ބޭޑް” އޭ އަހަރެން ބުނީމެވެ.

“އެއްކަލަ މީހާ… ބަލަގަ ތީ މަގޭ ފިރިމީހާއޭ ހަމަ ރީތިކޮން އެޑޯރ ވެސް ކުރަން ނޭނގޭތަ.؟” ދުއާގެ މިކަހަލަ ކުދި ޝަކުވާތަކަށް އަހަރެން މާ ބޮޑު ސަމާލުކަމެއް ދޭކަށް ބޭނުމެއް ނުވެއެވެ. ރައްޓެހިންގެ ގޮތުގައި އުޅުމަށް ބުނީ އޭނާ އެވެ.

“އޭތް މި ކިޔާ އެއްޗެއް އަޑުއިވޭތަ؟” ދުއާ ކައިރިއަށް އައީ ރުޅިއެވެ.

“ވަޓް ނައު؟” އަހަރެންގެ މަގުސަދަކަށްވީ އޭނާގެ ރުޅި އިތުރަށް ގަދަ ކޮށްލުމެވެ.

“އަހަރެން މި ބުނީ ތައުރީފު ކުރަން އެނގޭ ހެ؟” ދުއާ އެހެން ބުނުމުން އަހަރެން އޭނަ ކައިރިއަށް ދިޔައީމެވެ. އަހަރެން އޭނަ ކައިރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ފަހަތަށް ފިޔަވަޅެއް އަޅަމުންދިޔައެވެ. ކައިރީ އިން ފާރުގައި ދުއާ ގޮސް ތަތްވުމުން އޭނާ އިސް ޖަހާލިއެވެ. ދަތްދޮޅީގައި ހިފައި އަހަރެންނަށް އޭނާގެ މޫނު ފެންނާނެހެން ހިފަހައްޓާލީމެވެ.

“ވަރަށް ރީތި.. ހަމަ ހީވަނީ ހަނދެއްހެން….” އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގެއެވެ. އަހަރެން މީ ދުވަހަކުވެސް އަންހެން ކުއްޖަކަށް ތައުރީފުކޮށް ބަހެއް ބުނި މީހެއް ނޫންވިއްޔާއެވެ. ނަމަވެސް އެވަގުތު ދުއާގެ މޫނަށް އަރަމުން ދިޔަ ޖަންބު ކުލަ ފެނި، އަހަރެން ހިނިތުންވެލީމެވެ. އެވަގުތު ދުއާ އަހަރެންގެ އަތްދަށުން ނެއްޓިގެން ދިޔައެވެ.

 

“ތިހުރީ އެޑޯރ ކުރީމަ ވާ ގޮތް. މީހަ ތިޔޮށް ރަތްވީނު.” އަހަރެން ޖެއްސުމަށް ބުނީމެވެ.

“އޯ ރިއަލީ…. ކާކުތަ ޕްރޮމިސް އާއި ހިލާފުވީ.؟ އަހަރެން ބުނީ ޑިސްޓެންސް ބަހައްޓާށޭ…” ރުޅި އައިސް ހުރެ ދުއާ ބުނެލިއެވެ.

“ރުޅި އައީމަ ވަކިން ރީތި.!” އަހަރެން ބެލީ އިތުރަށް އޭނަ ރުޅި އަރުވާލެވޭތޯއެވެ. އެކަންވީ އަހަރެންނަށް މަޖާ ކަމަކަށެވެ.

“އޯ ރިއަލީ… ޔޫ ތިންކް އައި ކާންޓް ޑޫ އެނީތިން.” އަހަރެން ކޮޓަރީގައި އިން ސޯފާގައި ފޯނަށް ބަލަމުން އިށީުމުން ދުއާ ބުނެލިއެވެ.

“ޔޭ އޮފްކޯޒް…. ޔޫ ކާންޓް… ދުއާ އަކަށް ނުވާނެ.” އަހަރެން ބޭނުންވީ އިތުރަށް ޖެއްސުން ކުރާށެވެ.

ދުއާގެ ކުއްލި ހަރަކާތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދުއާ އައިސް އަހަރެންގެ ކޮލުގައި ބޮސްދިނެވެ. އެކަހަލަ ކަމަކަށް އަހަރެން އިނީ ތައްޔާރުނުވެއެވެ. ދުއާގެ ފަރާތުން އެ ފަދަ ހަރަކާތެއް އައުމަކީ ވަރަށް ނާދިރު ކަމަކެވެ. އަހަރެންނަށް ދެލޯ ބޮޑު ކޮށްލާފައި ދުއާ އާއި ދިމާލަށް ބަލއިލެވުނެވެ.

“ކޮބާ އެއްވެސް ކަމެއް ނުވާނެ ބުނި މީހާ… މިހާރުވެސް ދެލޯ ކާއްޓަކަށް ހަދައިގެން ތީނީ ބަލަން.” ދުއާ ފެށީ އަހަންނަށް މަލާމަތް ކުރާށެވެ. ހަގީގަތުގައި ވެސް އަހަރެންނަށް މަލާމަތް ހައްގެވެ.

 

“ތީ އެއްނު ޑިސްޓެންސް ބަހައްޓަން ބުނި މީހާ…” އަހަރެން ދުއާގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ބުނީމެވެ.

“ޑޭމްިޓް… ބަދަލަށް ބަދަލު ހިފޭނެ ދޯ…!” ދުއާ އެހެން ބުނުމުން އޭނާގެ އަތުން އަހަރެން ދޫކޮށްލީ ކޮޓަރީ މީހަކު ޓަކި ދިނިމުންނެވެ.

ވަނަސް އެންމެ ރަނގަޅު ކަމަށް ބުނުމުން އެތެރެއަށް ވަނީ ޒައިންއެވެ.

“ދުއާ ހޯދަން އައިސް އެބުހުރި… ކާކުތަ އެއީ… ހޫމް ނޫރް.” ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ހަސަދައިގެ ހުޅު އެވަގުތު ރޯވިއެވެ. ނޫރް އަކީ ފިރިހެނެކެވެ. ހަމަ ޔަގީނުންވެސް ދުއާ އަކަށް އަހަރެން ހިލޭ ފިރިހެނަކާ އެކީ ތަން ތަނަށް ދިޔުމުގެ ހުއްދައެއް އަހަރެންގެ އަތްބެއް ގޮތުގައި ހުރިހާ ދުވަހަކު ނުދޭނަމެވެ. އެއީ އަހަރެން ހިތަހަމަ ޖެހޭ ކަމެއް ނޫނެވެ.

“ހޫމް… ނޫރް ދޯ…. އޯކޭ ދޯ އޭނައާއެކީ ދިޔަޔަސް.” ޒައިންއަށް އިޝާރަތް ކޮށްލަމުން ބުނެލިއެވެ.

“ދުއާ… ދޮންބެމެނަށްވުރެ ދުއާގެ ފިރިމީހާގެ ބަހުގެ ބާރޭ މިހާރު ހިނގާނީ… އޭނަ ކައިރިން ހުއްދަ އަށް އަހާ… ލާނެތް ފާޑަކަށް ހީލަމުން ޒައިން އެހެން ބުނުމަށްފަހު ބޭރަށް ދިޔައީއެވެ.

“އޯކޭތަ ދިޔަޔަސް…!” ބުނި ބަސގަބޫލްކޮށް ކުޑަކުއްޖެއްހެން އަހަރެން ކައިރިން ދުއާ ހުއްދައަށް އެދުނެވެ.

“ނޫރް އަކީ ކާކު؟ ކޮންގެއެއްގެ ކުއްޖެއް؟ ފިރިހެނެއްތަ؟ އަންހެނެއްތަ؟” އަހަރެން ސުވާލު ފައްޗެއް އަމުނާލީމެވެ. ބޭނުމަކީ އެއީ އަންހެނެއްތޯ ބެލުމެވެ.

“މިސާލަކަށް ނޫރް އަކީ ފިރިހެނެއް ވެއްޖާ…. ފޮނުވާނަންތަ؟” އަހަރެންގެ ހިތުގައި އޮތް އެއްޗެއް ދުއާއަށް އެނގުނީ ކަންނޭނގެއެވެ.

“ނުފޮނުވާނަން.” އަހަރެން ޖަވާބު ދިނީ ސީދާ ސުވާލަށެވެ.

“އޯ… ނޫރު އަކީ ފަރީދައްތަގެ ދަރި، އަހަރެންގެ ކަޒިންއެއް. ދެން އެއީ އަންހެނެކޭ.. ޖޭ ވާނެ ކަމެއް ނެތް…” ދުއާ ޖަވާބު ދިނެވެ.

“ހޫމް ދޭ… މާ ލަސްނުވެ ގެޔަށް އަންނާތި.” އަހަރެން އޭނަޔަށް ކޮށްލީ އަމުރެކެވެ.

ދުއާ ގެއިން ދިއުމުން އަނެއްކާވެސް އަހަރެން ދިޔައީ ޒައިން ކައިރިއަށެވެ. ކުރާނެ އިތުރު ކަމެއް ނެތީމައެވެ. އޮފީސްވެސް މިއަދުން ފެށިގެން ބަންދު ކުރީ އީދާއި ގުޅިގެންނެވެ.

ޒައިން އާއެކު އަހަރެން ވަނީ ޒައިންގެ ކޮޓަރިއަށެވެ.

“ސޯ… ހަޔާ ކަންތަކުގަ ވިސްނާފިންތަ؟” އަހަރެން ބޭނުންވީ ޒައިން އެކަމުގައި ވަކި ގޮތެއް ޒައިން ނިންމިތޯބަލާށެވެ.

“ތިކަމާ މިވިސްނަނީ… އަނިލް އަކަށް މިހާރު އަހަރުމެން ފެންނަ ވަރެއް ނުވޭވިއްޔަ…” ޒައިން ކުރީ ޝަކުވާއެކެވެ.

“ހޫމް ވަގުތު ނުވާތީ މީނީ އައިސް.. ދެން.. ކިޔާބަލަ ކިހިނެއްތަ ހަދަނީ؟” އަހަރެން އަނެއްކާވެސް އެ ސުވާލު ތަކުރާރު ކޮށްލީމެވެ.

“ހޫމް ނޭނގެ ހަދާނެ ގޮތެއް… އަހަރެން ހަޔާ ދެކެ ލޯބިވޭ.. އެކަމް އޭނަ ދޭތެރެ ޖައްސަން އުޅުނީ… ދެން ފަހުން މި ގެޔަށް އައިސް އެކަހަލަ ކަމެއް ކޮށްފަ ގޭގެ މަސްލަހަތު ނަގާލީމަ ކަޑަދޯ…!” ޒައިންގެ ވިސްނުން ހުރި ގޮތް ހާމަކޮަށްލަދިނެވެ.

 

“އޭޒް އަ ފްރެންޑް އަހަރެން ބުނަން އޮތީ ޒައިން ލޯބިވަންޏާ އެކަން ކުރާށޭ. ހައިޝަމް ބަދަލުވިގޮތަށް ހަމަ ހަޔާ ވެސް ބަދަލުވެދާނު. ހަމަ ދެން މިއަދު ހައިޝަމް ވެސް ބުންޏެއްނު ހަޔާ ވަރަށް ދެރަވި ވާހަކަ. އިންސާނުންނަށް ކުށް ވެސް ކުރެވޭނީ.. އޭގެ މާނަ އެއް ނޫން އެއީ މުޅި އުމުރު ދުވަހު އެ ކުށް އޭނަގެ ބޮލުގައި އަޅުވާށެކޭ… ޒައިން އޭނަ ދެކެ ލޯބިވަންޏާ އަހަރެން ބުނާނެ އެއްޗެއް ނެތް. އަހަރެން ގަބޫލް ކުރާ ގޮތުގައި ހަޔާ އަކީ ގޯސް ކުއްޖެއް ނޫން. މިހާރު ހަޔާއަށް ވިސްނިފަ އެހުރީ….. ދެން ބުނެވެން ވެސް އޮތީ ތިކަން ކުރާށޭ ” އަހަރެން ޒައިންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީމެވެ.

 

“ހޫމް ދެން ޅިޔަނެއްގެ ހައިސިއްޔަތުން ކީކޭ ބުނާނީ…” އެ ސީރިއަސް ވަގުތު ވެސް ޒައިން ބެލީ ބޮޑު ޖޯކަކަށް ބަދަލު ކޮށްލެވޭތޯއެވެ.

“މިރޭ ގުޅާނަން ހަޔާއަށް… ދެން ވަކި ގޮތެއް ނިންމާފަ ބުނެލާނަން.” ޒައިން ބުނެލިއެވެ.

 

“ތިއެއް ނޫނޭ.. އީދު ނިންމާފަ އެކޮޅު ގެޔަށް ބަދަލުވާން ކަމަށް މި ވިސްނަނީ.” އަހަރެން އެއީ އެ ވާހަކަ ބުނުމަށް އެންމެ މުނާސަބު ވަގުތުކަމަށް ދެކުނީމެވެ.

“ކީކޭ…؟ އަނިލް ދޮންމަންމަ ގެޔަށް، ދުއާ އޯކޭ..؟” ޒައިން ހައިރާނވިއެވެ.

“ހޫމް.. ރޭ ޕާޓީގަ ދައްތަ އެދުނި ކަމެއް އެއީ… ދެން ދުއާ ވެސް ބޭނުންވެގެން ” އަހަރެން ބުނެލީމެވެ.

“ހަމަ ދާންވީ.. އަހަރެން ނެތިން އެއްޗެކޭ ބުނާކަށް.” ޒައިން އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“އެކަމް މޭކް ޝުއަރ ދުއާ އިޒް ހެޕީ…” ކަމެއް ހަނދާންވި ފަދައިން ޒައިން ބުނެލިއެވެ. އަހަރެން ބޯ ޖަހައިލީމެވެ.

*

އީދު ދުވަހު، އީދު ނަމާދުން ފައިބަަގެން ޒައިން އާއެކު އަހަރެން އައީ ގެޔަށެވެ. އޭރު ދުއާ ބަދިގޭގައި ކާން ހަދައިގެން ހުއްޓެވެ. އިރު ކޮޅެއްފަހުން އަހުމަދުބޭ ވެސް އައެވެ.

“އެންމެން ހަމަވީނު. އެބޮތް ވަރަށް ބޮޑު ވާހަކައެއް..” ޒައިން އެންމެން އެއްތަން ވުމުން ބުނެލިއެވެ.

“އަނެއްކާ އުފާވެރި ވާހަކައެއް ތަ؟” ދުއާ އޭނާގެ އާންމު ރާގުގައި އަހާލިއެވެ.

“ވެދާނެ. އަހަރެން މީހަކާ އިންނަން ބޭނުން.” ފާޅުކަން ބޮޑު ގޮތެއްގައި ޒައިން އެހެން ބުނުމުން ހައިރާން ވެފައި އިނެ އޭނަ އާއި ދިމާލަށް ބުނެލެވުނެވެ.

“ކާކާ؟ ހަޔާއާތަ؟ ” ދެން އައީ އަހުމަދުބޭގެ ސުވާލެކެވެ. އަހުމަދުބޭއަށްވެސް އެ ދެމީހުން ރުޅިވި ކަން އެނގެއެވެ.

“ހޫމް.. ހަޔާ އާއި. ކުރިންވެސް ކައިވެނި ކުރަން އުޅެފަ ރުޅިވީ… ވަރަށް ދެރަވެފަ ހުރީ ކުރެވުނު ކަންތަކަށް. ދެން އެކަހަލަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނީމަ މިހެން މި ނިންމީ… ދެން އެންމެން ގަބޫލިއްޔާ މި ކަން ކުރާނީ..” ޒައިން ވާހަކަ ދައްކަމުން ދިޔައެވެ.

“ދަރިފުޅަށް އުފަލުގައި އުޅެވެންޏާ ބައްޕަގެ އެއްވެސް މައްސަލަ އެއް ނެތް.” އެއީ އަހަރެންނާ ދުއާއީ ކައިވެނި ކުރެވުނު ދުވަހުވެސް އަހުމަދުބޭ ބުނި ޖުމުލައެވެ. ދުނިޔެގެ ނަޒަރުގައި އަހުމަދުބޭ މުއްސަނދި ނޫނަސް އަހުމަދުބޭ އަކީ ހަގީގަތުގައި މުއްސަނދި މީހެކެވެ. ހަގީގީ މުއްސަނދި ކަމަކީ ހިތުގެ މުއްސަނދި ކަމެވެ. އެއް އިރެއްގައިވެސް ދެގޮތެއް ނުވެ، ދެ އިރު ދެހިތެއް ނުބައްވާ އުޅުމެވެ. ހިތްހެޔޮކަމާއި ތެދުވެރިކަން އިސްކުރުމެވެ.

 

“ކޮންއިރަކު އޯ ފަހަރި ގެންނަންނީ އޮފިޝަލީ…” ދުއާ ހުރީ މާ ބޮޑަށް އުފާވެފައެވެ. ދުއާގެ އެ ސިފައަކީ އަހަރެންނަށް ވަރަށް ކަމުދާ ސިފައެކެވެ. ހަޔާ އިލްޒާމް އެޅުވީ ދުއާގެ ބޮލުގައި އެވެ. ނަމަވެސް ޒައިންގެ ކައިވެނީގެ ވާހަކަ އިވުމުން ދުއާއަށްވުރެ ބޮޑަށް އުފާވި މީހަކު ނެތެވެ.

“ނެކްސްޓް މަންތަށް މި ކިޔަނީ… ދެން ދުއާމެންވެސް ނެކްސްޓް ވީކްގަ ބަދަލުވަމެއްނު ގެޔަށް. ސޯ ގެ އެހާ ފަޅުވީމަ ކަމަކު ނުދާނެ.” ޒައިން އެހެން ބުނުމުން އަހުމަދުބެ ހައިރާންވިއެވެ.

“މިހާރު އެވާހަކަވެސް އަނިލް ބުނީދޯ…” ދުއާ ފާޑަކަށް ބަލައިލަމުން ބުނެލިއެވެ.

“އެއްކަލަ ސައިކޯ… އަނިލް ދުއާއާއި އިނުމުގެ ކުރިން އެއީ މަގޭ ބެސްޓް ބަޑީ އޭ.. މި ބުނޫ މަގޭ އެއް ފަޅި އޭ އެއީ… މިހާރުވެސް އަހާބަލަ ކާކުދެކެ ހޭ ލޯބި ވަނީ އެންމެ ބޮޑަށް… ބުނާނެ މަށޭ…” ޒައިން ވާހަކަ ދެއްކީ ވަރަށް “ކޮންފިޑެންސް” އާއެކުއެވެ.

“އަޅެ ކާކު ދެކެ ލޯބިވަނި..؟” ދުއާގެ އެ ސުވާލު އަމާޒު ވީ ސީދަ އަހަންނަށެވެ.

“އެއްކަލަ ދެމީހުން ފެށީ… އަނިލްއާއި ތި ދެމީހުން ނުތޮޅިބަލަ. ބައްޕަ އެންމެ ލޯބިވަނީ އަނިލް ދެކެ…” އަހަރެންނާ އެކުރި ސުވާލުގެ ޖަވާބު ދިނީ އަހުމަދުބެއެވެ.

 

“ދުވަސް ކޮޅަކުން ފަހަރި ގެނައީމަ، އަނިލް އާއި ފަހަރި ދެންވާނީ ބައްޕަގެ ދަރިންނަށް.” ދުއާ ޝަކުވާ ކޮށްލިއެވެ.

“އަނިލްއެއް ތިދެމީހުން ހެން ޒުވާބެއް ނުކުރެއޭ. ދެން ލޯބިވާނެއްނު. އަދިވެސް އޭނީ ކެތްކޮށްގެން އެއްޗެކޭ ނުބުނެ، އެކަހަލަ ދަނބި ދަރިއެކެއްނު ބޭނުންވާނީ” އަހުމަދުބެ އެހެން ބުނުމުން އަހަރެން ހީލީމެވެ.

“ދެން މަ އަނިލްހާ ރީތި ނޫންވީމަ.” ޒައިން ކުޑަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ.

“އަޅެ ދޮންބެއަކަށްވުރެން އަނިލް ރީއްޗެއް ނުވާނެ…” ޒައިން އާއި ދުއާ އެއްބައިވެލިއެވެ.

“ހޫްމ ދެމީހުން ސަކަރާތް ނުޖަހާ ކައި ނިންމަބަލަ. އީދު ކުޅޭތަނަށް ދާން ވާނެއްނު.” އަހުމަދުބޭ ބުނެލިއެވެ. އެހެން ބުނުމުން އެކަމަށް އެއްބަސްވެ އެންމެން އެކީ ސައިބޯނިމިގެން ދިޔައީ އީދު ކުޅޭތަނަށެވެ. ހަނދާންވާންފެށިފަހުން އަހަރެން އީދު ކުޅޭތަނަކަށް ދާ މިއީ އެންމެ ފުރަތަމަ ފަހަރެވެ. މަގުމައްޗަށް ނިކުމެ އުޅުމަކީ އަހަރެން ކުރާ ކަމެއް ނޫނެވެ. ކުރު ގޮތަކަށް ބުނަންޏާ އަހަރެން ބާކީވާތާގައި ބާކީވެގަންނަނީއެވެ.

އަހަރެން ކުރިން ބޭރަށް ނިކުމެ އުޅުނީ ބައްޕަނެތް ކުއްޖެގެ ގޮތުގައެވެ. ނަމަވެސް އަދު ބޭރަށް މި ނިކުތީ ދުއާގެ ފިރިމީހާގެ ހައިސިއްޔަތުންނެވެ. އަހުމަދުބޭގެ ދަނބި ދަރީގެ ގޮތުގައެވެ. ޒައިންގެ ޅިޔަނެއްގެ ގޮތުގައެވެ. މި މަގުސަދު ބޭއްވީ އަހަރެންގެ ހިތު ތެރޭގައި ފޮރުވާފައި އެވެ. އެއީ އަހަރެން އަދު ވިސްނާ ގޮތެވެ. ވިސްނުން ތިމާގެ ހިތް ބަދަލު ކޮށްލައެވެ.

މިހުރިހާ ކަމަކަށްވުރެން ބޮޑަށް އަހަރެން ބޭނުންވީ ތަފާތު މީހަކަށްވާށެވެ. ދިރި އުޅުމުގެ އައު “ޗެޕްޓާ” އެއް ފަށާށެވެ. ހަޔާތުގައި ނެގުނު ބޮޑު ފިޔަވަޅަކާއެކު މުޅިން އައު އަނިލްއެއް ގެންނާށެވެ.

ބޭރުތެރެއަށް ނިކުމެ ރަށުތެރޭ ކުރާ ހުރިހާ ކަމެއްގައި ބައިވެރިވާށެވެ. ކޮޓަރިތެރޭ ނުވަތަ ގޭތެރޭ އެކަނި އުޅުމުގެ ބަދަލުގައި އެންމެންނާއި އެކުވެ އުޅޭށެވެ. މިފަދަ ބަދަލަކާއެކު އަހަރެންގެ ހިލޫސިލޭޝަން ޗާޕްޓާއަށް ނިމުމެއް އަތުވެދާނެއެވެ. މިހާރު އަހަރެން ބޭނުންވަނީ ދުއާއެކީ ދިރިއުޅެމެއް ފަށާށެވެ. “ވަރި” އެއީ ހައްލެއް ކަމަކަށް ނުދެކެމެވެ. އަހަރެން ކިތަންމެ އުޅެން ބޭނުންވިޔަސް ސުއާ އުޅެން ބޭނުންނޫނިއްޔާ ކުރާނީ ކީއްހެއްޔެވެ؟.

ގޮތަކަށް ބުނަންޏާ ދުއާ ބުނެފިނަމަ އަހަރެންގެ ހަޔާތް ދުއާ ބޭނުން ގޮތަކަށް ބަދަލުކުރާނަމެވެ. އެއީ އަނބި ދަށުވުމެއް ނޫނެވެ. އެއީ އުފާވެރިކަމުގެ އެއް ނިޝާނެވެ. މުޅި އުމުރަށް އުޅެވޭނެ ކަމުގެ އެއް އަލާމާތެވެ. ފިރިމީހާއާއި އަމިއްލަ މީހާ ހުރިހާ ކަމެއް ކުރާން ޖެހޭނީ ހަމައެކަނި އަނބިމީހާއަކަށް ނޫނެވެ. އެހުރިހާ ކަމެއްގައި ދެމީހުންގެ އެއްބާރުލުންވެސް ދޭން ޖެހޭނެއވެ..

އީދު ކުޅޭތަނަށް ނިކުތުމުން އަހަރެންނަށް އެނގިގެން ދިޔައީ ބާކީވާނީ އަދި ބާކީވެގަންނާނީވެސް އަމިއްލައަށް ކަމެވެ. އަހަރެންނާއި ދިމާލަށް އެކި މީހުން ފާޑު ފާޑު އެއްޗެހި ކި ނަމަވެސް އަހަރެންވެސް ހުރިހާ ކަމެއްގައި އެންމެން ބައިވެރިކުރިއެވެ. ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނެވެ. އެ ފުރުސަތުގެ ބޭނުން އަހަރެން ހިފީމެވެ.

ހަމައެހެންމެ، އަދު އަހަރެންގެ ބަލިކަށިކަމާއި ނިކަމެތިކަންވެސް އެނގި ހާމަ ވެގެން ދިޔައެވެ. އަހަރެންނަ މީހުން ކިޔާ އެއްޗިއްސަށް ވިސްނައި އަމިއްލަ އަށް ބޭކާރުވެގަނުމުގެ ނިކަމެތިކަން އިހްސާސް ކުރެވުނެވެ. އަހަރެންގެ އެކަނިވެރިކަމާއި ގުޅިފައިވަނީ ހަމަ ސީދާ އަހަރެން ކަން އެވަގުތު ރޭކާލިއެވެ.

 

“ކޮބާ އަނިލް މަޖާތަ.؟” ހެނދުނު ކުޅެން ހަމަޖެހިފައި ހުރި ކުޅިވަރުތައް ކުޅެ ނިމުމުން ގެޔަށް ދާ ހިނގައިގަންނަމުން ޒައިން ބުނެލިއެވެ.

“ވަރަށް ސަޅި. ހިތަށް އަރާ ކުރިންވެސް ނިކުމެ ވުނު ނަމައޭ…” އަހަރެން އެހެން ބުނުމުން ޒައިން މަ އޭރުވެސް ބުނީމެއްނު ހޭ ބުންޏެވެ.

“އަދި އަނިލް އަލަށްތަ މިކަހަލަ ތަނަކަށް ނިކުތީ…” ދުއާ ހުރީ ހައިރާން ވެފައިކަން ޔަގީނެވެ.

“ހޫމް…އަހަރެންނަށް މީހުން ކިޔާ އެއްޗެހި އަޑުއިވުނީމަ ނުނިކުންނަނީ… އެކަމް މިއަދު މި ނިކުތީ ދުއާގެ ހަސްބެންޑްގެ ގޮތުގައެއްނު. އެކަމުން ހިތްވަރު ލިބިގެންނޭ…” އަހަރެން ބޭނުންވީ “ފްލާރޓް” ކޮށް އޭނާ ލަދު ގަންނުވާލާށެވެ. އަހަރެން ބޭނުންވި ކަންތައް ހާސިލްވި ކަން ދުއާ އިސްޖަހާލުމުން އެނގުނެވެ.

“ދެމީހުން މާ ފޮޅުވަނީ ދޯ..” ޒައިން ބެލީ ސަކަރާތް ޖަހާލެވޭތޯއެވެ.

ސިއްސްއިގެން ދިޔައީ އައި ހަމަލާއެއްގެ ސަބަބުންނެވެ.ފަހަތުން ކުލަ އުކީ ހަޔާއެވެ. ޒައިން ތެމިގެން ދިޔައިރު، އަހަރެންގެ ގަޔަށް އޭގެން އެންމެ އެތިކޮޅެއްވެސް ނާދެއެވެ. ނަމަވެސް ދުއާ އާއި ހަޔާ އެއްބައިވެގެން އަހަރެން ވެސް ތެންމާލީއެވެ. ކުލައާއި ފެނުގެ އަސަރު އަހަރެންގެ ގައިގާ ހުއްޓެވެ. މުޅި ޖައްވުގައި ގުގުމާލާފައިވަނީ ފެން ޖެހުމުގައި މަސްއޫލްވެ އުޅޭ މީހުންގެ ހަޅޭކުގެ އަޑެވެ.

މާ ގިނައިރެއް ނުވެ އަހަރެންގެ މޫނު މަތިން ރަތްވެ ދާހިއްލާން ފެށިއެވެ. ނޭވާލާންވެސް އުދަނގޫވިއެވެ. އަހަރެންނަށް އެވަގުތު ނޭނގުނީ އަހަރެން ކުލައަށް އެލާޖިކްވާކަމެވެ. އަހަރެން އެވާހަކަ ޒައިން ކައިރީ ބުނުމުން އަވަހަށް ފެނާއި ސައިބޯނި ލައިގެން ގައިގާ ހުރި ކުލަތައް ފިލުވޭތޯބެލިއެވެ.ބޭރުތެރޭގައި ރަނގަޅަށް ނުފިލުވުމުން އަވަހަށް ދިޔައީ ގެޔަށެވެ. އަހަރެންނާއެކު ދުއާއި ޒައިންގެ އިތުރުން ހަޔާ ވެސް ގެޔަށް އައެވެ.

އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ގެޔަށް ވަނެ އަވަސް އަވަހަށް ފެންވަރާލީމެވެ. އެވަގުތު ކިރިޔާވެސް ހަމައަކަށް އެޅުނުނަމަވެސް އަހަރެންގެ މޫނުމަތީ ހުރި ރަތްކަން ނުފިލައެވެ.

“އަހަރެން ހިޔެއް ނުކުރަން މިވަރު ވާނެކަމަކަށް… ސޮރީ…” އަހަރެން ފެންވަރައިގެން ނިކުތުމުން ދުއާ މާފަށް އެދުނެވެ.

“އެއީ ދުއާގެ މައްސަލައެއް ނޫނެއްނު، މަށަށް ވެސް ނޭނގެ އެލާޖިކް ވާކަމެއް.” އެއީ ދުއާގެ ކުށެއް ނޫނެވެ.

“އެކަމްވެސް ހެވޭ އަނިލް ދާން އުޅުނީމަ އަހަރެންނޭ ހިފެހެއްޓީ…” ދުއާ އެހެން ބުނި ވަގުތު އަހަރެން އިޝާރަތް ކޮށްލީ ދުއާގެ ގައިގާ ހުރި ކުލަތަކަށެވެ. ފުންމާގެން އިންތަނުން ތެދުވެ އޭނާ ވަނީ ފެންވަރާށެވެ. އަހަރެން ވެސް އެއްޗެހި ލާގެން ބޭރަށް ނިކުތީމެވެ. އޭރު ޒައިން އާއި ހަޔާ ސަކަރާތް ޖަހާ ނުނިމެއެވެ.

“އޭ އަނިލް ނުނިކުންނާތި މިތަނަށް..” އަހަރެން ބޭރަަށް ނިކުންނަން އަޅާލި ފިޔަވަޅު ހުއްޓަން މަޖުބޫރުވިީ ޒައިން އެހެން ބުނުމުންނެވެ.

“ދޮގެއް އަނިލް… ނިކުމޭ..” ޒައިންގެ އަތްދަށުން ސަލާމަތް ނުވެގެން އުޅުނު ހަޔާ ބުނެލިއެވެ.

“އުނހޫން ޔޫ ގައިޒް އިންޖޯއީ…” އަހަރެން އެހެން ބުނުމަށްފަހު އަނބުރާ ކޮޓަރިއަށް ދިޔައީމެވެ. އެމީހުންނަށް ވަގުތު ކޮޅެއް ދިނުމަށެވެ.

“އޭ ހުވާ ސޮރީ އޭ ދެން…” އަހަރެން ކޮޓަރިއަށް ވަނުމާއެކު ދުއާ އަނެއްކާވެސް ބުނެލިއެވެ. އޭރު ދުޢާ ހުރީ ލޯގަނޑު ކުރިމަތީ ރީތިވާށެވެ.

“މަ ރުޅިއައިތަ؟ މަށެއް ނުބުނަމެއްނު އެއްޗެކޭ…” އަހަރެން ބުނީމެވެ.

“އެއްކަލަ މީހާ.. ރުޅި އައިސް ނިކަން ހަޅޭލަވާބަލަ. ޒުވާބެއް ޖެއްސެން ވެސް ނޯވެއޭ…” ދުއާގެ އެ ސަކާ މިޒާޖުގައި ބުނެލިއެވެ.

“ދުއާ ބޭނުމީ ޒުވާބު ކުރަންތަ؟” އަހަރެން އޭނާއާއި އެއްބައިވެލަމުން އަހާލިއެވެ.

“ހޫމް.. ދެން އަނިލްވެސް މާ ރަނގަޅު ވެގަނެގެން ނޫޅިބަލަ. ކޮންމެވެސް އިރަކު ރުޅިވެސް އާދެބަލަ ދޯ…” ދުއާ އަނެކާވެސް ބުނެލިއެވެ.

“އަހަރެންގެ ރަނގަޅުކަން ނުފެނިގެން ތިޔައުޅެނީ.؟” އަހަރެން އޭނަޔާ ދިމާލަށް ދަމުން ބުނެލީމެވެ. އެވަގުތު އޭނާވެސް އަހަރެންނާ ވީ ފަޅިއަށް އެނބުރުނެވެ. ހަތަރު ކަޅި ހަމަވެ ހިތުގެ ވިންދު އަވަސް ވިއެވެ. އަހަރެން ހުރީ ދުއާ ދިމާ ކަޅި ޖަހާ ނުލައި ބަލާށެވެ.

އޭނާވެސް ރައްދުގައި އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. ތަނަށް ވެރިވެފައިވި މަޑުމައިތިރި ކަމެވެ. ދެމީހުންގެ ނޭވާގެ އަޑު ނޫން އެހެން އަޑެއް ތަނަށް ވެރިވެފައި ނުވެއެވެ.

 

އެ ލޯ މިވަގުތު އެބުނަނީ ކީކޭ ކަމެއް ނޭނގުނެވެ. ނަމަވެސް އަހަރެންގެ ހިތްއެދި ގޮވަމުން ދިޔައީ އޭނާއަށެވެ. އޭނާގެ އަތުގައި ހިފައި އަހަރެންގެ މުށުތެރެއަށް ލުމަށެވެ. އޭނާގެ މޫނުމައްޗަށް ވެރިެފައިވި ހިނިތުންވުމުގެ ފަހަތުގައިވި އެއްޗެއް އަހަރެންނަކަށް ނޭނގެއެވެ.

އެއް އަތުން އޭނާގެ މުނުމައްޗައް ވެއްޓިފައި ހުރި އިސްތަށިތައް އެއްފަރާތް ކޮށްލީމެވެ. އިސްތަށިގަނޑު ދޮވެ ފެންވަރާގެން ހުރުމުގެ ސަބަބުން އެ އިސްތަށިގަނޑުގައި ވީ ތެތްކަމެވެ. މަޑުމަޑުން އޭނާގެ މޫނުގައި ހިފައި އަހަރެންގެ މޫނާ ގާތްކޮށްލެވުނެވެ. އަހަރެންގެ އަމާޒު ހުރީ އޭނާގެ ތުންފަތަށެވެ. އޭރުވެސް އަހަރެންގެ ހިތަ ތެޅެމުން ދިޔައެވެ. ކުރެވެނީ ރަނގަޅު ކަމެއްބާއޭ ނުވަތަ ނޫންކަމެއް ނޭނގެއެވެ.

ކުރެވެން އުޅުނުކަންތައް ރޭކާލުމުން ބޭއިޚްތިޔާރުގައި ފަހަތަށް ޖެހެވުނެވެ. ނަމަވެސް ހުއްޓެން މަޖުބޫރު ވީ ދުއާ އަހަރެންގެ އަތުގައި ހިފުމުންނެވެ. އޭނާގެ މޫނަށް ބަލައިލެވުނީ ހައިރާންވެ ހުރެއެވެ.

ދުއާ އަހަރެންގެ އަތުގައި ހިފެހެއްޓުމުން އޭނާއާއި ދިމާ ބަލައިލީމެވެ. ވީ ކިހިނެއްތޯ އަހާ ކަހަލަ ގޮތަކަށެވެ. އޭނާ ބޯ ޖަހައިލިއެވެ. ނަމަވެސް އަހަރެން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ފަސް އެނބުރި ދާން ހިނގައިގަތީމެވެ. ބުނީ ކީކޭކަން އަހަރެންނަށް އެނގުނު ނަމަވެސް ނޭނގޭ ކަމަށް ހެދީއެވެ.

އަހަރެން ސޯފާއިގައި އިށީނެ ފޯނަށް ބަލއިލީމެވެ. އޭރުވެސް އަހަރެންގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަހަރެންނަށް މިވަނީ ކީއްކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ވައުދެއް އޮތީ ވެވިފައެވެ. އެ ވައުދާ ޚިލާފުވުމަކީ އަހަރެން އެްގޮތަކަށްވެސް ކުރަން ބޭނުން ކަމެއް ނޫނެވެ. ދުއާއާއި ގާތްވުމަށް އަހަރެންގެ ހިތް އެދުނުނަމަވަެސް އެކަމަށް އަހަރެންނަށް ޖެހޭނީ ބީރު ކަންފަންތެއް ދޭށެވެ. ގަދަކަމުން މަޖުބޫރުން ކަމެއް ކުރުމަށްވުރެން ނުކުރުން މާރަނގަޅެވެ. އެހެންމެ ގަދަކަމުން މަޖުބޫރުން އެފަދަ ކަމެއް ކުރެވިއްޖެ ނަމަ އެކަމުން ހާމަވާނީ އަހަރެންގެ ބަލިކަށިކަމެވެ. ފިރިހެނަކަށްވެ ހުރެ އަންހެން ކުއްޖަކަށް އިހްތިރާމް ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ.

އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންނަށް ‘ލޯބި’ ވެވިއްޖެކަމެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. އިޚްތިޔާރުން ބޭރުގައި އެވެ. ހަމަ ޔަގީނުންވެސް ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް އަހަރެންނަށް ލޯބިވެވުނީއެވެ. އެންމެ އަންހެން ކުއްޖެއް ދެކެއެވެ. ވަގުތު ނަގާނެ ކަމަށް ބުނި ބުނުމަކީ މުޅިން ގޯސް ވާހަކަ އެއް ނޫނެވެ. އަހަރެންގެ ހިތް ދުއާއަށް ލެނބެން ނެގީ މަދު ވަގުތު ކޮޅެކެވެ. މަދު ސިކުންތުކޮޅެކެވެ. ބިރު ގަންނަނީ ވަކިވާން ޖެހިދާނެތީއެވެ. ހިތާމަ ކުރަން ޖެހިދާނެތީއެވެ. އަހަރެންގެ އެކަނިވެރިކަމަށް އަނެއްކާވެސް އަނބުރާ ދާން ޖެހިދާނެތީއެވެ.

*

 

ކައިވެންޏަށް ހަފްތާއެއް ވުމާއެކު އަހަރެން ދޮންމަންމަގެ ގެޔަށް ބަދަލުވީމެވެ. އޭގެ ކުރިން އީދުގެ 4 ދުވަހުގައި ބޭރަށް ނިކުމެ އީދު ކުޅިވަރު ކުޅުމުގައި އެންމެ ކުރީސަފަުގައި އަހަރެން ފައިހަމަ ކޮށްލީމެވެ. އެންމެނާ އެއްބާވެ އެކި އެކި ކަންކަމުގައި މަސްއޫލްވީމެވެ. އީދު ކުޅިވަރުގައި އުޅުމަށްފަހު ދެން އިތުރަށް އަހަރެންނަށް ވިސްނާނެވަރަކަށް ވަގުތެއް ނޯވެއެވެ. އެވަރު ހިތްވަރެއް ވެސް ނުހުރެއެވެ. ވާނީވެސް އެހެންނެއްނޫން ހެއްޔެވެ؟ ދުވާލުދާ ހަތަރު ދަމު އެކި ތަންތަނުގައި އުޅުމުން ވަރުބަލި ވާނެއްނުހެއްޔެވެ.؟

މިދުވަސތަކުގެ ތެރޭގައި ދުއާ އާއި އެކީ އެކަނި ނުވޭތޯ ބެލީމެވެ. އަހަރެންނަށް ދުއާއާއި މާބޮޑަށް ‘އެޓޭޗް’ ވެވިއްޖާ ކަމަކު ނުދާނެކަން ވިސްނައިދެމުންނެވެ. ދުއާ އަހަރެންގެ ހަޔާތަށް އައީ ފަޅި ސިކުންތަކަށެވެ. އެ ފަޅި ސިކުންތުގައި އަހަރެން ކެތްކުރާނަމެވެ. އަހަރެންނަކީ އަހަރެންގެ ޒާތުގައި ހިތްވަރުގަދަ މީހަކީމެވެ.

ގެޔަށް ބަދަލުވުމަށްފަހު ކުރީގެ ދިރިއުޅުމަށް ބަދަލުވީމެވެ. އޮފީހުން ގެޔަށް، ދެން ކުރުހުމަށް އެހެނިހެން ވަގުތުތައް ހުސްކޮށްލީމެވެ. އެއީ އަހަރެން ޒައިންގެޔަށް ބަދަލު ނުވާއިރު އުޅެމުން ދިޔަ ދިރިއުޅުމެވެ. ނަމަވެސް ތަފާތަކީ އަހަރެން ތަހައްމަލް ކުރަމުންދިޔަ ހިލޫސިނޭޝަންއަށް އެކީހެން ފަރުވާއެއް ލިބުމެވެ. އަހަރެންނަށް ހިލޫސިނޭޝަންގެ ޒަރިއްޔާއިން ފެންނަ މަންމަގެ ބަދަލުގައި އަހަރެންނަށް ފެންނަނީ ދުއާއެވެ. މީގެއިތުރުން ދޮންމަންމަގެ އުޅުމަށް އައި ހެޔޮބަދަލާއެކު އަހަރެންނަށް އަހަރެންގެ އަމިއްލަ މަންމަ ލިބުން ކަހަލަ އިހްސާސެއް ކުރެވުނެވެ.

އޮފީހުން ގެޔަށް އަިގޮތަށް ފެންވަރައި ތާޒާވެލާގެން އަހަރެން ޖައްސާލީ ނިދާށެވެ. ވެފައިހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. ނިދައި ހޭލެވުނީ ދުއާ ގޮވަން ފެށުމުންނެވެ.

“އަނިލް. ހޭލަބަލަ. މިހާރު އަހަރެންނާ ރަނގަޅަށް އަނގާންވެސް ބުނެ ނުލާ” ދޮގެއް ނޫނެވެ. އޮފީހުގެ ކަންކަމުގައި މާބޮޑަށް މަސްއޫލްވުމުގެ ސަބަބުން އަހަރެންނަށް ދުއާއާއި ވާހަކަ ދެއްކުންވަނީ ދަތިކަމަކަށެވެ. އެއީ އަހަރެން އިޚްތިޔާރު ކުރި ގޮތް ގޮތުގައިވުން އެކަށީގެންވެއެވެ. އެއީ މަދު ދުވަސކޮޅެއްގެ ކަމެކެވެ. ނަމަވެސް ދުއާ ފެންނަނިކޮށް ކުރެވޭ އިހްސާސްތަކަށް ބަދަލެއް ނާދެއެވެ.

“ހޫމް ސޮރީ….” އަހަރެން ކަންނެތް ފާޑަކަށް ބުނީމެވެ.

“ޑޭމިޓް… އަހަރެން ފޫހި ވަނިއްޔޭ…” ދުއާ ބުނެލިއެވެ.

“ދެން ކީއްކޮށްދޭންވީ…” އަހަރެން ބުނެލީމެވެ.

“ހިނގާބަ ބުރެއް ޖަހާލަން ދާން.. އަދި މެރީ ކުރި ފަހުން ޑޭޓްއަކަށްވެސް ނުދަމެއްނު ސޯ ލެޓްސް ގޯ…” ދުއާ އެ ބުނު މެރީ އަކީ ނަމަކަށް ކުރިއެއްޗެކެވެ. އެހެންވީމާ ދެމެދުގައި ގުޅުމެއް ބޭއްވުމަކީ ކޮން ކަމެއް ހެއްޔެވެ.

“ހޫމް..” އަހަރެން ހޫމް އާލުވާލުމަށްފަހު ގަމީހެއް ލައި ކާރު ތަޅުދަނޑި ހިފައިގެން ބޭރަށް ނިކުތީމެވެ. އޭރުވެސް އަހަރެން ހުރީ ނިދަން ބޭނުންވެފައެވެ.

ދުއާވެސް އަހަރެން ފަހަތުން އައިސް ކާރަށް އެރިއެވެ. ކާރު ސްޓާޓް ކޮށްލުމަށްފަހު ދުއްވާލީމެވެ.

“ޕާލމް ސިޓީއަށް ދޯ ދާނީ..” ދުއާ އެހެން ބުނުމުން އަހަރެން މިސްރާބު ބަދަލުކޮށްލީ ޕާމް ސިޓީއަށް ދިއުމަށެވެ. ކާރުގެ ދުވެލި ބާރު ކޮށްލެވުނެވެ.އޭރި ކުރިމަތިން ހުރަސް ކުރަމުން ދިޔައީ ލޮރީއެކެވެ. ހަނދާނ ހުރީ އެހިސާބަށެވެ.

ހޭލެވުނު އިރު އޮތީ ހޮސްޕިޓަލުގައެވެ. އަހަރެންގެ ކައިރީ އިނީ ދޮންމަންމައާއި ޝިޔާއެވެ. އަހަރެންނަށް ފުރަތަމަ ވެސް އަހާލެވުނީ ދުއާ ކޮބާތޯއެވެ.
“ދުއާ އަނެއް ރޫމްގަވީ…” އެހެން ބުނުމުން ހިންދެމެލެވުނު ނަމަވެސް އަނެ ސިކުންތުގައި އޭނާގެ ހާލަކީ ކޮބާތޯ އަހަރެން ބެލީމެވެ.
“ޝީ އިޒް ފައިން އޭ ނޯ ނީޑް ޓު ބީ ވޮރިޑް… ދޮންބެގެ ބޯ ފަޅާގެން ދިޔައީ. ދޮންބެދައްތަގެ މޫނުމަތީ ބައެއް ސްކާ ތައް ހުރީ…. އޭނާ ބޭސްއަޅަނީ… ދޮންބެ ހޭ އަރައި ރަނގަޅުވީމަ ނޫނީ ދޮންބެދައްތަ ބޭނުމެއް ނުވި އޭނާގެ ގައިގާ ބޭސް އަޅާކަށް…” އަހަރެން އެވަގުތު އެކީއްވެތޯ ބަލަން ބޭނުންވިއެވެ. ނަމަވެސް ކެތްކޮށްލީ ގެޔަށް ގޮސް ހަމަޖެހިލައިގެން އެވާހަކަ އެހޭނެތީއެވެ.
“ސޯ ޔޫ ރިއަލީ ލަވް ހާ.؟” ދޮންމަންމަ އެތަނުން ބޭރަށް ދިޔުމުން ޝިޔާ އަހާލިއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ.
“ޔުއަރ އައިޒް ނެވާ ލައި، ދޮންބެގެ ލޯ އެބަ ހެކިދޭ އެކަމަށް.” ޝިޔާ ވަހަކަ ދައްކަން ފެށިއެވެ.
“މައްސަލައެއްތަ؟” އަހަރެން ސުވާލު ކޮށްލީމެވެ. މަޑު މަޑުން ތެދުވެ ހަމަ ޖެހިލަން މަސައްކަތް ކުރީމެވެ.ނަމަވެސް އެކަން ޝިޔާ ހުއްޓުވީއެވެ. ކުރި މަސައްކަތް ވީ ބޭކާރެވެ.
އިރުކޮޅެއްފަހުން ދުއާ އެތަނަށް ވަނެގެން އައެވެ. އަހަރެން ކަޅި އެއްލީ ޝިޔާއަށެވެ. އެތަނުން ދިޔުމަށް އެދުއެވެ. ނަސީބަކުން ޝިޔާއަށް އެކަން އެނގި އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ.
“އެގެއިނ ސޮރީ…” ދުއާގެ ލޮލުހައިވީ ކަރުނައެވެ.
“ދުއާގެ މައްސަލައެއްނޫނެއްނު” އަހަރެން ބުނެލީމެވެ.
“ފުރަތަމަ އެލާޖިކް، ދެން ބޯ… ދެން ނޭނގެ އަނިލްގެ ފުރާ…” އެހެން ބުނުތަނާ އޭނަ ހުއްޓުވީމެވެ.
“ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް.” އަހަރެން ބެލީ އޭނައަށް ވިސްނައިދެވޭތޯއެވެ.
“ހޫމް، އަނިލް އަހަރެންގެ އަމިއްލަ އަތުން ހަލާކުވެގެންވެސް ދާނީ ރަނގަޅަކަށް” އަހަރެންގެ މޭމަތީ ދުއާގެ ބޯ ބާއްވަމުން ރޯންފެށިއެވެ. އެވަގުތު އަހަރެންގެ ހިތަށް ގެނުވައިދިން އުފާ ބުނެދޭކަށް ނޭނގެއެވެ. މުޅިއުމުރަށް ވެސް އެހެން އޮންނާނެ ނަމަ އޭ ހިތަށް އަރައެވެ.
“ދުއާ ހުއްޓާލަބަލަ” ދުއާގެ ބޮލުގައި އެއްއަތުން ފިރުމާލަމުން އަހަރެން ބުނީމެވެ. އެވޭނީ ގިސްލުން އަޑުއަހާކަށް ކެތެއް ނުވާނެއެވެ.
“އަނިލް ޕްލީޒް… އަހަރެންނަށް ތިހެން ނުހަދާ…. ޕްލީޒް… އަހަރެންނަށް ތިހާ ރަނގަޅަށް ކަންތައް ނުކޮށްދީބަލަ.” ދުއާ ކުރަން ފެށީ އާދޭހެވެ.
“އެއީ ކީއްވެ؟” އަހަރެން ސުވާލުކޮށްލީމެވެ.
“އަނިލް ތިގޮތަށް ކަންތައްކޮށްދީފަ މީގެ ދެމަހެއް ފަހުން އަހަރެން ޑިވޯސް ކުރީމަ އަހަރެންނަށޭ އުދަނގޫވާނީ… އެއްފަހަރުވެސް ބުނެބަލަ ކީއްވެގެންތަ ތިހެން ކަންތައް ތިކުރަނީ… އަނިލްގެ ކުރިމަތީ އަހަރެން މީ ކާކު؟ ” އޭނާގެ ޝަކުވާތަކެވެ. އެޔަށް ބުނާނީ ކީކޭ ހެއްޔެވެ.
“އޯ ސޮރީ…” އޭނާ އަހަރެންގެ މޭމަތީ ބާއްވާފއި އޮތް އަތްނަގަމުން ބުނެލިއެވެ.
“ޔޫ އަރ މައި ވައިފް، ޔޫ ހޭވް ފުލް ރައިޓްސް އޮން މީ.”
އަހަރެން ދިނީ ކުރު ޖަވާބެކެވެ.
“ދެން މީގެގފަހުން އަހަރެންނާއި އެހާ ރީތިކޮށް ވާހަކަ ދައްކާ ރަނގަޅަށް ކަންތައް ކޮށްދީގެން ނުވާނެ.” ދުއާ ކޮށްލީ އަމުރެކެވެ. އަހަރެން ދެލޯ އެވަގުތު މަރާލީމެވެ. އިތުރަށް ދުއާގެ ޝަކުވާތައް އަހާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެ އާދޭހުގެ އަޑު އަހަރެންނަށް އަހަން ކެތްވާނެހެއްޔެވެ؟

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ހިތް އެދޭގޮތް ބޭނުންވެއެވެ 4

Next

ވަކިވީ ލޯބިން 6

Next
June 29, 2023

ވަކިވީ ލޯބިން 6

Previews
June 29, 2023

ހިތް އެދޭގޮތް ބޭނުންވެއެވެ 4

9 Comments!

  1. ailessh says:
    June 29, 2023 at 3:57 pm

    So guysss here is 12th part, mibpart kudakohh dhiguvaaane. Hopw u guys will like it. 🤍
    But next part kudakoh lasvunn ekashygen vey. I am sorry for that 🤍

  2. Ifoo says:
    June 29, 2023 at 7:17 pm

    Vvv reethi Mi part vs.. Knirakun aneh part kiyaalan libeynee

    1. ailessh says:
      June 29, 2023 at 7:49 pm

      I still dunno, but technical issue eh nethiyyaa liyelevunyma submit kollaanan n thanks

  3. leesh says:
    June 29, 2023 at 8:46 pm

    vrh reethi.
    Thank you part dhigu kohladhinema

    1. ailessh says:
      June 29, 2023 at 10:33 pm

      Thank u 🤍🤍

  4. Ifoo says:
    June 30, 2023 at 1:18 am

    Maadhamaa kiyaalan libeyne tha 😩

    1. ailessh says:
      June 30, 2023 at 5:09 am

      Probably not, sorry 🤍

  5. Ifoo says:
    July 2, 2023 at 11:16 am

    Knirakun tha next part kiyaalan libeynee😩

  6. Anonymous says:
    July 2, 2023 at 12:34 pm

    Vahka enme reethi vi hisaabun vhka genesdheyleh las vaan fashaifi

Comments are closed.

Next Episodeކުލަ 13←


All Right Reserved!