Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަނަހާ (02)

Aiman Ahmed Level 1
June 21, 2023 2 Mins Read
1 Comment

އަވަހައް ނުވާ ކަމަކަށް ނިޔާޒުގެ މޫނު އަނބުރާލިއެވެ. ނިޔާޒު ކައިރި އައިސް ހުއްޓުނީ ޒުހާ އެވެ. ޒުހާ އަކީ ނިޔާޒު އެ އޮފީހުގެ ވަޒީފާއަށް ނުކުންނަން ފެށީންސުރެ ނިޔާޒުގެ ލޯބި ހޯދަން މަސައްކަތް ކުރާ ކުއްޖެކެވެ. ނަމަވެސް ނިޔާޒުގެ އެއްވެސް ޝައުގުވެރި ކަމެއް ޒުހާގެ މައްޗަކަށް ނެތެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޒުހާ އަކީ އެހާ އުޅުން ރަނގަޅު ކުއްޖެއް  ނޫނެވެ. ޒުހާ އައް ކަމުދާ ސިފައެއް ހުންނަ ކޮންމެ މީހަކު ޒުހާއަށް ހަމަ ހެޔޮވަރެވެ. އެހެންކަމުން ޒުހާ އަށް ނިޔާޒުގެ ހިތުގަ މާ ހާއްސަ ކަމެއް ނޯވެއެވެ.

ޒުހާ ނިޔާޒުގެ މޫނާއި ދިމާލައް އަތް ގެންގޮސް އިނގިލިން ފުއްޓަތްކެއް ޖަހާލިއެވެ. އެވަގުތު ނިޔާޒު ލޯ އަޅާލައިގެން ހުރެ ޒުހާ އާއި ދިމާލައް ބަލާލިއެވެ. ”ޒުހާ ތިދެން ކޮން ކަމެއް. މަށައް ބުނެވިއްޖެ ކަންނޭގެ މިހާރު އެތައް ފަހަރަކު ޒުހާ ކައިރި ތިހެން މަށައް އުނދަގޫ ނުކުރާށޭ. މަށަކަށް އެހާ ކޮންފަޓަބަލް އެއް ނޫނޭ ތި އުޅޭ ގޮތެއް“ ނިޔާޒު ބުންޏެވެ. ”ނިޔާ ރުޅި ނާދެބަލަ. ކޮންމެ ގޮތެެއް ވިޔަސް އަހަރެން ނިޔާ ހާސިލް ކުރާނަން. މި ވަރަށް މި މަސައްކަތް ކުރާ ކަމަށް ވާނަމަ އަދި ކޮންމެސް ދުވަހަކުން ނިޔާ މަގޭ މީހަކަށް ވާނެ“ ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު ޒުހާ ބުންޏެވެ. ނިޔާޒު ގެ ރުޅިގަނޑު ދިޔައީ އިންތިހާ ދަރަޖަ އަށް ބޮޑުވަމުންނެވެ. ”އުމޭރު ހިނގާ އަވަހަށް މި ތަނުން ދާން. ނޫނީ އަތުން ފައިން ގޯހެއް ހެދި މީހާގެ އަގު ވެއްޓޭ ހިސާބައް މިކަން ދާނީ“ ނިޔާޒު ނިކަން އަޑު ހަރުކޮން ބުނެލިއެވެ. އެ އަޑަށް އެ ހިސާބުގަ ތިބި އެ އޮފީހުގެ އެހެން މީހުންވެސް އެދިމާލައް ބަލާލިއެވެ. އަދި އެތަނުން މީހަކު އައިސް ކަމެއް ގޯސް ވީހޭ އަހާލުމުން އުމޭރު ނޫނެކޭ ބުނާ ކަހަލަ ގޮތަކަށް ނޫނެކޭ ބުނެ ބޯ ހޫރުވާލުމައް ފަހު ނިޔާޒުގެ ކޮނޑުގައި ހިފަހައްޓައިގެން ނިޔާޒު ގޮވައިގެން އޮފީހުން ނިކުތެވެ.

ނިޔާޒު އާއި އުމޭރު ސައިކަލުގަ ގޮސް މަޑުކޮއްލީ މާފަންނު ކޮޅު ހިރިޔާ ސްކޫލް ކައިރި ހުރި ޓޭކްއަވޭ އެއް ކައިރިއަށެވެ. އަދި އެ ޓޭކްއަވޭގައި ހުރި މީހާ ކައިރި ދެ ކަޅުކޮފީ އަށް އެދުނެވެ. ”ނިޔާޒް މަށައް ހީވަނީ މިހާރު އެ ޒުހާ ކަންތައްވެސް ވަރަށް ބޮޑު ވާހެން“ ދެންމެ އޮފީސް ތެރޭ ވި ކަންތަކާއި ގުޅުވައިގެން އުމޭރު ވާހަކަ ފެށި އެވެ. ”ކަލެއައް އަދިވެސް ހީތަވަނީ. ހަމަ ހުވާ މި ބުނީ މި ވަރުގެ އުނދަގޫ ބޮޑު މީހެއް މަގޭ ހަޔާތުގަ ވެސް އަދި ނުދެކެން“ ނިޔާޒް އޭނާގެ އުދާސްތައް ބޭރު ކުރަމުން ދިޔައެވެ. ނިޔާޒު އެހެން ބުނުމުން އުމޭރު ކައިރިޔައް ހިނި އަންނަ ގޮތްވެސް ވިއެވެ. އުމޭރު ގަބޫލު ކުރާ ގޮތުގައި އަންހެން ވެރިންގެ ކަންތަކުގައި މާ ހާސްވާނި ކަމެއް ނެތެވެ. ކެއްކޮލުން އެއީ އުމޭރު ގަބޫލު ކުރާ ގޮތުގައި އެންމެ މޮޅު ގޮތެވެ. ”އޭ އަނެއްކާ އެ ޒުހާ މި ދަތުރުގަ ދޭބާ“ ނިޔާޒު ކަންބޮޑު ވެފަ އިނދެ އުމޭރު ކުރެން އަހާލިއެވެ. ”އާން ލިސްޓްގަ ނަން އެބޮތް. އޭނަ ގޮސްގެން ދޯ އަހަރެމެން އެކޮޅުގަ ކުރަން ހުރި މަސައްކަތުގެ އެޑްމިން މަސައްކަތްތައް ކުރެވޭނީ“ އުމޭރު ބުންޏެވެ. ”ކަލޯ އުމޭރު ތިހެންވީރު ތިޔޮތީ ހަތަރެސްކަން ހަމަވެފައެއްނު. މަގޭ ޒަމާން މި ދިޔައީ. އެކަމު މި ފަހަރު ނެތް ނުގޮސް ވާކައްވެސް. ވަރަށް ބައިވަރު ތަޖުރިބާ މީ ދޯ“ ނިޔާޒު ބުނެލިއެވެ. އެވަގުތު ޓޭކްއަވޭގަ ހުރި މީހާ ކޮފީ ނިމިއްޖެ ކަމަށް ބުނުމުން އުމޭރު ގޮސް ފައިސާ ދެއްކުމަށް ފަހު ދެ ކޮފީ ތަށި ހިފައިގެން އައިސް ސައިކަލު މަތީ އަރިޔަކައް ޖައްސާލައިގެން އިން ނިޔާޒު އަށް އެއް ކޮފީ ތަށި ދިއްކޮއްލާ ދެ އެކުވެރިންގެ އަމިއްލަ ވާހަކަތައް ދައްކަން ފެށިއެވެ.

ނިޔާޒު އައް ގެޔައް ދެވުނީ މެންދުރު ފަހު ތިނެއް ޖަހާ ބޮޑުވި ފަހުންނެވެ. ހަވީރު ފަހެއްޖަހާއިރު ފުރަން ޖެހޭތީ ފެންވަރާ ތާހިރުވެގެން އައިސް ދަބަހައް އެއްޗެތި އަޅަން ފެއްޓިއެވެ. ނިޔާޒުމެން ހަފްތާ އެއްހާ ދުވަހު އުޅެން ޖެހޭނީ އއ.އަތޮޅު ރަސްދޫގައެވެ. އެއީ އަދި ކިހިނެއް އޮންނަ ރަށެއް ކަމެއްވެސް ނިޔާޒަކަށް ނޭންގެއެވެ. ދަބަސް ޕެކްކޮށް ނިމުމައްފަހު ވަރުބަލި ފިލުވާލަން ނިޔާޒު އެނދުގައި ޖައްސާލިއެވެ. އިރުކޮޅެއް ނުވެ ނިޔާޒައް ނިދުނެވެ.

(ނުނިމޭ) 03 ވަނަ ބަޔައް އިންތިޒާރު ކޮއްލައްވާ………

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aiman Ahmed

Level 1

Other Articles

Previous

ވަކިވީ ލޯބިން 2

Next

ވަކިވީ ލޯބިން 3

Next
June 22, 2023

ވަކިވީ ލޯބިން 3

Previews
June 20, 2023

ވަކިވީ ލޯބިން 2

One Comment

  1. Anonymous says:
    June 21, 2023 at 6:17 pm

    When next part

Comments are closed.

Next Episodeވަނަހާ (03)←


All Right Reserved!