ވަނަހާ (03)
އިރުކޮޅެއްނުވެ ނިޔާޒައް ނިދުނެވެ. ދެން ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަމުން ދަނީ އުމޭރު އެވެ. އަވަހަށް ފޯނު ނެގުމައްފަހު ނިޔާޒު ފޯން ކަންފަތުގައި ޖަހާލިއެވެ. ”ނިޔާޒު ކޮބާ ކަލޭ. ހަތަރު ގަޑި ބަޔައް ތައްޔާރު ވެގެން ފައިބާށޭ ބުނީމަ މަ މި ހުންނަނީ. މިހާރު އެޔޮއް ހަތަރު ގަޑި ފަންސާސްވީ“ އުމޭރު އެހާ ގިނައިރު ބަރު ދަބަހެއް އަޅުވައިގެން މަގުމަތީ ހުންނަން ޖެހުމުން ޝަކުވާތައް ފައްޗަކަށް އަމުނާލިއެވެ. ”އޭ ސޮރީ ބަޑީ. މަށައް ނިދުނީޔޭ. މިހާރު މި ދަނީ އިނގޭ“ ނިޔާޒު އެހެން ބުނެ ފޯން ބޭއްވުމައްފަހު ފާހަނަ އަށް ވަދެ މޫނު ދޮވެލާ ތާޒާ ވެލައިގެން ނިކުމެ ފުރަންދާ އެެއްޗިހި ލައިގެން ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. އޭރު ޒިޔާނާ އިނީ ސޯފާގައި އޭނާގެ ކޮއްކޮ ޝައުލީން އާއި ވީޑިއޯ ކޯލް އެއް ކޮއްގެންނެވެ. ނިޔާޒު ކޮޓަރިން ނިކުތީރައް ޝައުލިންއަށް ނިޔާޒު ދައްކާލިއެވެ. ނިޔާޒުވެސް އަތުން ހަނާ އަޅާލުމަށްފަހު ޝައުލިން ކުރެން ހާލު އަހަލާ ހެދިއެވެ. އަދި މަންމަ ޒިޔާނާ ކައިރި ބައްޕަ ކޮބާތޯ އަހާލިއެވެ. ބައްޕަވީ ބޭރުގަ ކަމަށް ބުނުމުން ބައްޕަ ކައިރި ފުރި ވާހަކަ ބުނައްޗޭ ބުނެލުމަށްފަހު ނިޔާޒު ގޭން ނުކުމެ ނައްޓާލީ އުމޭރު ބަލައެވެ.
ނިޔާޒު އުމޭރުމެން ގެޔާ އަރާ ހަމަވިއިރު އުމޭރު އެގޭ ބޭރުގައި ޕާކު ކޮއްފައިން ސައިކަލެއް މަތީ އިށީންދެލައިގެން އިނެވެ. ނިޔާޒު ހަމަ ފެނުނީރަށް އުމޭރު ބޯން އިން ސިނގިރޭޓު ބިންމައްޗައް ވައްޓާލިއެވެ. ”އޭ ގައިމު މަގޭ ކައިރި ބުނި މިހާރު ސިނގިރޭޓް ހުއްޓާލީއޭ ރާޔާ ބުނެގެން“ ނިޔާޒު އަށް އުމޭރު ސިނގިރޭޓު ބޯން ހުރިކަން އިގުނުކަން އަންގާލިއެވެ. އަދި އުމޭރު ސައިކަލައް އެރުމުން އައްޗީ ދުވާ ވަހޭ ކިޔާ ނޯށުގަ އަށް އެޅުމައް ފަހު ސައިކަލު ކުރިޔައް ދުއްވާލިއެވެ. ”އާނ ރާޔާ ބުނެގެން ހުއްޓާލީ. ނިޔާޒު ކައިރި ނުބުނެވިގެން އަދި މި އުޅެނީ. ރާޔާ ދޫކޮއްލައިފިން އަހަރެން“ އުމޭރު އެހެން ބުނެލިތަނާހެން ދޮގު ނަހަދާށޭ ބުނެ ވާހަކަ އިތުރަށް ނިޔާޒު ވަރުގަދަ ކޮއްލިއެވެ. ”ދޮގެއް ނޫނޭ މީ. ރާޔާ މަށައް ޗީޓް ކުރީމަ ދެން ކީއްކުރަން އުޅެނީ. ރަނގަޅު ސިނގިރޭޓު ހުއްޓާލީ ރާޔާ ބުނެގެން. އެކަމަކު ބޭވަފާތެރިޔަކަށް ޓަކައި އަހަރެން ދޫކޮއްލި ކަންކަން ދޫކޮއްލައިގެން ހުންނާކަށް މިހާރު އަހަރެން ބޭނުމެއްނޫން“ އުމޭރު އޭނާގެ އިހުސާސްތައް ބޭރު ކުރުމުގައި އަވައްޖެއް ނުވިއެވެ. ”ބޭވަފާތެރިޔަކަސް އޭނަ އުމޭރު ކައިރި ދުރުވާން ބުނި ނޭދެވޭ އަމަލުތައް އޭނަ ދިޔަޔަސް އަލުން އިޔާދަ ކުރުމަކީ އެހާ އެދެވޭ ކަމެއް ކަމަކަށް އަހަންނަކަށް ނުފެނޭ“ އުމޭރުގެ ވާހަކަ މެދު ކަންޑާލުމަށްފަހު ނިޔާޒު ވާހަކަ ދެއްކިއެވެ. މިގޮތައް މި މައުލޫގައި ވާހަކަ ދައްކަމުން ދަނިކޮން ނިޔާޒުމެން ފުރަން ހަމަޖެހިފައިވާ ލޯންޗާއި ހިސާބައް އާދެވިއްޖެއެވެ. ލޯންޗް އޮތީ އެއް ނަމްބަރާއި ދިމާލުގައެވެ. އަވަހައް ސައިކަލު އެތާ ކައިރި އިން ޕާކިންގ ޒޯން އަކަށް ޖެހުމައްފަހު ބައިބޯ މީހުން ގަނޑުގެ ތެރޭން ފުރޭނެމުން ކަހަލަ ގޮތަކަށް ގޮސް ލޯންޗައް އަރައިފިއެވެ. އޭރު ލާންޗް ގައި ނިޔާޒު އާއި އުމޭރު ފިޔަވާ ދަތުރުގެ އެންމެހާ ބައިވެރިން ތިއްބެވެ. ނިޔާޒު ގޮސް އިށީންނި ސީޓުގެ ކުރިޔައް ނިޔާޒު މެނައް ކުރިމަތި ވާހެން އިން ސީޓު އިނީ ހުސްކޮށެވެ. ނިޔާޒު އިށީންދެ ރަނގަޅައް ހަމަ ޖެހި ނުލެވެނިސް އެއްކަލަ ޒުހާ އައިސް ހުސްކޮން އިން ސީޓުގައި އިށިންނެވެ. ހަމަ ޒުހާ އިށީނުމާއި އެކު ނިޔާޒު ތެދުވެ ނިކަން ބާރަށް ގޮސް ކުރިން ޒުހާ އިން ސީޓުގައި އިށީންނެވެ. ޒުހާ އަނެއްކާ ނިޔާޒު ކައިރިޔައް ދާން ބަލާލި އިރަކު އެދިމާލަކު ތަނެއް ނެތެވެ. ދެން ޖެހުނީ ޒުހާ އަށް އަމާން ދޭށެވެ. އެމަންޒަރު ތައް ބަލަން ބަނޑު ތެރެއަށް ހިނިގަނޑު ފިއްތައިގެން އުމޭރު ނުވާކަމަކަށް ނިކަން ކެތް ކޮއްލައިގެން ނުހޭން އިނެވެ. އެވަގުތު ލޯންޗު ނައްޓާލަނީ ކަމަށާއި އެކަކުވެސް ނުތެދުވުމަށް އިރުޝާދު ދެމުން ލޯންޗުގެ ކައްޕި ލޯންޗު ސްޓާޓުކޮށް ނެރުން ނުކުތުމަށް ލޯންޗު ނައްޓާލިއެވެ. އޭރު ފަޅުވެރި ކުދިން ކޮޅުވެސް ތިބީ ވާ މޮހާލުމަށް ފަހު އެކުދިންގެ ސީޓު ތަކުގަ އިށީންދެގެންނެވެ.
ހަތަރު ވަރަކަށް ގަޑި އިރުގެ ދަތުރަކަށްފަހު ނިޔާޒުމެން ދަތުރު ކުރި ލޯންޗް އއ އަތޮޅު ރަސްދޫ ބަނދަރަށް ގާތް ކުރިއެވެ. އޭރު ރަސްދޫ ކައުންސިލް އިދާރާގެ ރައީސް އާއި ނައިބު ރައިސް އަދި ދެ ކައުންސިލް މެންބަރަކާއި ކައުންސިލްގެ ޕުރޮކިއުމަންޓް އޮފިސަރ ނިޔާޒުމެންނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ވަޑައިގެން ތިއްބެވިއެވެ. ނިޔާޒުމެންގެ މި ދަތުރުގެ އެންމެ އިސް ފަރާތް ކަމުގައި ވާ ޕުރޮޖެކްޓް މެނޭޖަރ އާތިފް ގެ ފަހަތުން ރަށުގެ ވާޓަރު މައްޗައް ފޭބި ނިޔާޒުގެ ލޮލުގައި އެވަގުތު އަޅައިގަތީ ކައުންސިލް ޕުރޮކިއުމަންޓް އޮފިސަރ ހިމްނާއެވެ.
04 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
