ކުލަ 8
“ވާނެތަ؟” އަނެއްކާވެސް ޒައިން އަަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“ވިސްނާނަން. އެކަމް ވީ ގޮތެއް ބުނެބަލަ.” އަހަރެން ޒައިންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“އަޑުއަހާލަ.” ޒައިން ފޯނު ނަގައި އޯޑިއޯއެއް ޕްލޭ ކޮށްލަމުން ބުނެލިއެވެ.
“އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮށްލީ. އެކަމުގެ ބަދަލުގަ އަހަރެން ހަމަ ސީދާ ކަލޭގެ އަމަލުތައް ތަކުރާރު ކުރާނަން …” އެއީ ވަރަށް ކުރު ނަމަވެސް ވަރަށް ބޮޑު އިންޒާރެކެވެ. ދެވަނަ ފަހަރަށް އަހަރެން އެ އޯޑިއޯ ޕްލޭ ކޮށްލަން ބުނީމެވެ. އެ އަޑު އަހަރެންނަށް އެހެން ތަނަކުން އިވުނުހެން ހީވީމައެވެ.
“އެއީ ހަޔާ ބޭބެގެ އަޑުތަ؟” އަހަރެން ސުވާލު ކޮށްލީމެވެ.
“ހޫމް.ކިހިނެއްވީ…؟” ޒައިން ބުނެލިއެވެ.
“އެއީ ޔޫ ނޯ ޝިޔާ…. އެ ދުވަހު އެތާ ހުރި މީހާގެ އަޑޭ އެއީ… ޝިޔާ ގުޅި އިރު ހަމަ އެ އަޑު އިވުނީ… ކެން ޔޫ ޝޯ އަ ޕިކްޗަރ އޮފް ހިމް..” އަހަރެން ބުނެލިއެވެ.
ޒައިން ފޯނުގެ ގެލެރީއަށްވަނެ ހަޔާ އާއި ޒައިންގެ އިތުރުން ހައިޝަމް އާއެކު ނަގާފައި އިން ގޮޓޯގަނޑު ދައްކާލިއެވެ.
އެއީ ހަމަ އެ ސޫރައެވެ. ހަމަ އެ ސިފަތަކެވެ. ތަފާތެއް ނެތެވެ. އަހަރެންގެ ހިތުގައި އޮތް ޝައްކު ޔަޤީން ވެއްޖެވެ. ކުރެވުނު ހީ ހަގީގަތަށް ވީއެވެ.
“އެއީ ހަމަ އޭނާ…” އަހަރެން ބުނީމެވެ.
“ވެދާނެ. އަހަރެން ގަބޫލް ކުރަން.. ހީ ސެއިޑް ރިވެންޖް ނަގަނީއޭ ވަޓް އިފް ހީ ޔޫސް ދުއާ. އެހެންވެއޭ އަހަރެން އަނިލް ކައިރީ އެކަން ކޮށްދޭން މިބުނީ…” ޒައިން ބުނެލިއެވެ.
އަހަރެންނަށް ޖެހުނީ ވިސްނާށެވެ. ދެންވާނީ ކިހިނެއްހެއްޔެވެ.؟ އަހަރެންގެ ކަޅާއި ހުދުގެ ހަޔާތް ދުއާ އާއި ހިއްސާކުރަންވީ ހެއްޔެވެ؟ ދުއާ ދެކެމުން އައި ހުވަފެންތަކުގައި ހަޤީޤީ ކުލަ ނުޖެހެނީސް އަހަރެންވީ އޭނާގެ ހުވަފެންތައް އިތުރަށް ފަނޑު ކުރަންހެއްޔެވެ؟ އަހަރެންގެ ކުލަ ނުވެ އޮތް ހަޔާތުގެ އެއްބަޔަށް އޭނާ ހަދަންހެއްޔެވެ؟
“އެކަމް އަހަރެން ކީއްވެ؟” އަހަރެން ޒައިން މޫނަށް ބަލައިލަމުން ސުވާލު ކޮށްލީމެވެ.
“މޭން. މޭން. އަހަރެން އަންހެން ކޮއްކޮއެއްގެ ބޭބެއަށްވެހުރެ އަނިލް ކައިރީ އޭނައާއި ކައިވެނި ކުރަން ބުނީ. އަހަރެން ބޭނުމިއްޔާ ހަމަ ހައިޝަމް ކައިރީ ވެސް ބުނަންވީނު ދުއާ އާއި ކައިވެނި ކުރަން.. ޔޫ ނޯ.. އެއްވެސް ބޭބެއެއް އޭނާގެ އަންހެން ކޮއްކޮއަށް ދެރަ ގޮތެއް ވާކަށް ނޭދޭނެ. އަހަރެންނަށް އިނގޭ އަނިލް އޭނައަށް ހެޔޮކޮށް ހިތާނެކަން. އޭނައަށްދޭން ޖެހޭ ގަދަރާއީ އިހްތިރާމްވެސް ކުރާނެކަން.” ޒައިން ބުނެލިއެވެ.
“ދުއާ އެއްބަސް ވެއްޖާ އަހަރެންގެ ފަރާތުން އާ ބަސް ލިބުނީ ކަމަށް ބަލާ.” އަހަރެން ބިރުން އިނެ ބުނެލީމެވެ.
“ޝުކުރިއްޔާ… ހިނގާ ދެން ނިދަން އުޅެމާ…” ޒައިން އެހެން ބުނުމުން އަހަރެން ވެސް އެއްބަސް ވީމެވެ. ނަމަވެސް މިރޭ އަހަރެންނަށް ނިދުން ވާނީ ދަތި ކަމަކަށެވެ. އާ ބަސް ބުނެވިއްޖެއެވެ. ފަސް ޖެހޭކަށް ދެން ނުކެރޭނެއެވެ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމަށް އަހަރެންގެ ސިކުނޑިއަށް ވިސްނައިދެމުން އަހަރެން ދެލޯ މަރާލީމެވެ.
ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ތެދުވެ ފާހަނާއަށް ވަނެ ތައްޔާރުވެގެން މިސްކިތަށް ދިޔައީމެވެ. ނަމާދުން ފައިބެ ގެޔަށް އައިސް ކޮޓަރިއަށް ވަނެ ޖައްސާލީމެވެ. އޭރު ޒައިން ހޭލާ އުޅެއެވެ.
“އަނިލް މިއަދު އަހަރެން ދުއާ އާއި ވާހަކަ ދައްކާނަން. އަނިލް ވެސް އެ ގަޑީ ހުންނަން ޖެހޭނެ.” ޒައިން ބުނެލިއެވެ. އަހަރެންވެސް ބޯ ޖަހައިލުމަށްފަހު ކިޔަވަން ފެށީމެވެ. އިރުކޮޅެއް ފަހުން ބޭރަށް ނިކުތީމެވެ. އޮފީހަށް ދިއުމަށް ކާއެއްޗެއް ކާލާށެވެ. އޭރު ދުއާ ބަދިގޭގައި އުޅެ އެވެ.
“އަނިލް… ރޭގަ ދޯކާ ދީފަ ދިޔައީ… އެހެންމަ ދެއަރ އިޒް ސަމްވަން ދޯ.”
ދުއާ ކޮށްލީ ސުވާލެކެވެ. އެ ސުވާލުގެ ޖަވާބުގައި އަހަރެން ބުނާނީ ކީކޭ ހެއްޔެވެ.؟ އަހަރެންގެ ހަޔާތަކަށް ދުއާ ނޫން އެހެން ކުއްޖެއް ނާންނާނެއެވެ. މަ ގިނަ އިރެއް ނުވެ ޒައިން ވެސް އެތަނަށް އައެވެ.
“ދޮންބޭ ބަލާބަލަ އަނިލް… އަނިލް އަންހެން ކުއްޖެއް…” ދުއާ ވާހަކަ ދައްކަން ފެށުމުން އަހަރެން އޭނާ ހުއްޓުވީމެވެ.
ޒައިން އަހަރެންނާ ދިމާލަށް ބަލާލިއެވެ. އޭނާގެ މޫނުގައި އިނީ ސުވާލު މާކެކެވެ.
“އަހަރެން ހަޔާތައް އަންނަ ކުއްޖެއް ގެންނާނީ ވަރަށް ރީތި ގޮތުގައި… އައި ޕްރިފަރ ހަލާލް ވޭ ” އަހަރެން ޖޯކެއް ޖަހާލީމެވެ. ބޭނުންވީ ޒައިންއަށް ލުޔެއްދޭން ދުއާ ކައިރީ އެ ވާހަކަ ދައްކާށެވެ. ޒައިން އިނީ އަހަރެންނަށް ބަލަހައްޓައިގެންނެވެ. އޭނާ އިޝާރާތުން ކިހިނެއްވަނީ ހޭ އަހާލިއެވެ. އަހަރެން ބޯ ޖަހއިލީމެވެ.
“ސޯ ހޫ އިޒް ޝީ…” ދުއާ އަހަރެންނަށް ސައިތަށި ދެމުން ބުނެލިއެވެ.
“ވަޓް އިފް އައި ސޭ ޔޫ އަރ ދި ވަން..” އަހަރެން އެހެން ބުނީ ވަރަށް ހިތްވަރާއެކު، ވަރަށް އުދަނގުލުންނެވެ.
“ފައިނަލީ. އަނިލް އެގްރީ ވެއްޖެ ދޯ… ދުއާ މިތާ އިށީނެބަލަ.” ޒައިން ދުއާއަށް އިޝާރަތް ކޮށްލަމުން ބުނެލިއެވެ.
“ދުއާ.. ދެން އޮތީ ދުއާގެ ސައިޑުން ޖަވާބެއް.. ދޮންބެ ބޭނުންވަނީ މި ގޮތް… އެއީ ދުއާ އަށް ވެސް ރަނގަޅަކަށް…” ޒައިން ފެށީ ދުއާއަށް ވިސްނައިދޭށެވެ.
ދުއާ އިންނާނީ ހައިރާން ވެފައި ކަން ޔަގީނެވެ.
“އަހަރެންނަށް އެނގޭ ދުއާއަށް ވަރަށް އުދަނގޫ ވާނެކަން ގޮތެއް ނިންމަން.. އެކަމް ދޮންބެ ނެތިން ދުއާއަށް ފޯސް ކުރާކަށް. އުންމީދުކުރަނީ ދުއާ މި ކަމަށް އިންކާރު ނުކުރުމަށް.ވިސްނާފަ ފަހުން ޖަވާބެއް ދީ…” ޒައިން ބުނެލިއެވެ.
އަހަރެބްވެސް އަވަހަށް ކައި ނިންމާލުމަށްފަހު އަހަރެން ދިޔައި ކޮޓަރިއަށެވެ. ފެންވަރައިގެން އޮފީހަށް ދިއުމަށެވެ.
ފެންވަރާ ނިމުމަށްފަށްހު ލޯގަނޑު ކުރިމަތީ ހުއްޓިލީމެވެ. އަހަރެންމީ ކާކުހެއްޔެވެ؟ އަހަރެންނަކަށް އަހަރެންނެއް ވެސް ނޭނގެއެވެ. އާ ބަސް ބުނެވިއްޖެއެވެ. ފަސްޖެހޭކަށް ނުކެރޭނެއެވެ.
ތައްޔާރު ވުމަށްފަހު އަހަރެން އޮފީހަށް ދިޔައީމެވެ. އާންމުކޮށް އޮފީހަށް ދާ ވަގުތަށް ވުރެ ކުރީގައެވެ.
އޮފީހުގެ މަސައްކަތުގައި މަސްއޫލުވުން އަހަރެންނަށް ވި ދަތި ކަމަކަށެވެ. އުދަނގޫ ކަމަކަށެވެ. ނަމަވެސް ގަޑި ޖެހެންދެން އަހަރެން މަސައްކަތް ކުރީމެވެ.
އޮފީހުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު އަހަރެން ގެޔަށް އައީމެވެ. ކޮޓަރިއަށްވަނެ ފެންވަރައިގެން ބޭރަށް ނިކުތީމެވެ. އޭރު ދުއާ ބޭރުގައި ހުއްޓެވެ.
“އަނިލް. އަހަރެން ބޭނުން ވާހަކ ދައްކަން.” ދުއާގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
“ވައި އާރ ޔޫ ޑުއިން ދިސް.” ދުއާ އަހަރެންނާ ކޮށްލީ ސުވާލެކެވެ.
އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.
“އަމް..އެއީ…” އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
“ހޫމް އެއީ..” ދުއާ އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“ބިކޯޒް އައި ލައިކް ޔޫ.. ސިމްޕަލް..!” އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބުނީމެވެ. އެއީ ތެދު ކަމެއް ނޫނީ ދޮގު ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ.
“އައި ނޯ… ރޭގަ ދުއާ އަހަރެން ކައިރީ ފިރިހެނެއްގެ ވާހަކަ ދެއްކި ކަން. ބަޓް ސްޓިލް އައި ޑޯންޓް ކެއާ.” ދުއާ މާ މަޑުން އިނީމަ އަހަރެން ބުނީމެވެ.
“ޑޫޑް.. އެޔެއް ނޫނޭ… ތިހެންތަ ދެން މީހުން ލައިކްވާ ވާހަކަ ބުނަނީ… މޮސްޓް އަންރޮމޭނޓިކް ޕާސަން. ހުއް” ދުއާ އަނެއް ފަރާތަށް މޫނު އަނބުރާލަމުން ބުނެލިއެވެ.
އަހަރެންނަށް އެކަންވީ މަޖާކަމަކަށެވެ.
“އޯ.. ވަޓްސް ދަ ޕްރޮބްލެމް.” އަހަރެން ސުވާލު ކޮށްލީމެވެ.
“އަނިލް އަހަރެން ޑްރީމް ތަކެއް ހުރެއޭ… ދެން އަނިލް އަށް އެ ހުވަފެންތައް ކުލަ ނުކޮށްދެވެންޏާ އަހަރެން ކީއްކުރާން އަނިލް އާ މެރީ ކުރާންވީ…” ދުއާ ބުނެލިއެވެ.
“ސޯ ވަޓްސް ޔުއަރ ޑްރީމް..؟” އަހަރެން ސުވާލު ކޮށްލީމެވެ.
“ޔޫ ނޯ ވަޓްސް މައި ޑްރީމް. އިޓްސް އަ ސީކްރެޓް އޯ….” ދުއާ ހޭނ ފަށަމުން ބުނެލިއެވެ.
“އަނހާ.. ދެންމެ ލެކްޗަރ ދިނީ މިހާރު ދެން ކޮން ކަމެއް…. އެނީވޭޒް، ދުއާ ހުރިހާ ހުވަފެންތަކެއް އަހަރެން ކުލަ ކޮށްދޭނަން. އައި މައިޓް ނޮޓް ބީ ޔުއަރ ޑްރީމް މޭން ބަޓް ސްޓިލް އައި ވިލް ޓްރައި މައި ބެސްޓް ޓު ފުލްފިލް އޯލް ޔުއަރ ޑްރީމްސް. އިޓްސް އަ ޕްރޮމިސް.” އަހަރެން ދުއާ އާއި ދިމާ ބަލައިލަމުން ބުނެލީމެވެ.
“އަނިލް. އަހަރެން ވަރަށް ހޯދައިފިން… މިތާ ކީއްތި ކުރަނީ..؟” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޒައިން އައިސް ކޮޓަރިއަށް ވަނީ އަހާލުމެއް ކަހާލުމެއް ނެތިއެވެ.
“ދޮންބޭ… އިޓްސް އަ ޔެސް.” ދުއާ ބުނެލިއެވެ.
އެވަގުތު އަހަރެންނަށް ދުއާ އާއި ދިމާ ބަލައިލެވުނެވެ. އޭނާގެ މޫނުގައިވީ ހިނިތުންވުމެކެވެ. އުފާވާންވީ ކީއްވެހެއްޔެވެ؟ ކުރިއަށް އޮތީ ހަނގުރާމައެކެވެ.
“އޯވް.. އުޑުން ތަރި ބާލަ ދެނީ ދޯ.” ޒައިން ފެށީ ޖޯކު ޖަހާށެވެ.
“ދޮންބޭ އަނިލް އަކަށް އެވަރު ކަމެއް ނުވާނެ. ހީ އިޒް ސޯ…” ދުއާ ވާހަކަ ދައްކަން ފެށިއެވެ.
“ޖަސްޓް ޝަޓަޕް.” އަހަރެން ކައިރިއަށް އައީ ރުޅިއެވެ. ދެވަނަ ސިކުންތުގައި އަހަރެން ބޭރަށް ދިޔައީމެވެ. ދިޔަގޮތަށް ގޮސްވަނީ ކޮޓަރިއަށެވެ.
“ދަރިފުޅަ… ދަރިފުޅާ…މަންމަ ވަރަށް އުފާވެއްޖެ.” އެ އައީ އަހަރެންގެ މަންމައެވެ. އަހަރެން އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް ދިޔައީ ބޭރަށެވެ.
“އަނިލް ހިނގާ ކާންދާން. ” ޒައިން އަހަންނަށް ގޮވީ ކާށެވެ. ޒައިންއާއެކީ އަހަރެން ދިޔާއީ ކާށެވެ.
“އެހެންވީމަ ނެކްސްޓް މަންތުގައި މެރީ ކުރާނީ ދޯ..” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހާދަ އަވަހަކަށެވެ. ދުއާ އަކީ ކިޔަވާ ކުއްޖެކެވެ. އޭނާ ކިޔަވާ ނިމެންދެން މަޑު ކުރެވިދާނެ އެއްނުހެއްޔެވެ.؟
“ހާދަ އަވަހަކަށް… ދުއާ އަދި ކިޔަވަނީނު” އަހަރެން ބުނެލީމެވެ.
ޔޫ ނޯ… މިކަން ނިންމީމަ ނޫނީ ދެން ހަމަޖެހުން ނުލިބޭނެ.” އަހަރެން ކަންފަތް ބުޑުގައި މަޑު މަޑުން ޒައިން ބުނެލިއެވެ.
“ސޯ ލެޓްސް ފިކްސް އަ ޑޭޓް.” އަހަރެން ބުނެލީމެވެ. އަހަރެންގެ އެ ހަރަކާތުން ދުއާ އިނީ ހައިރާންވެފައެވެ.
“ޖުލައި 1 ވިލްބީ އޯކޭ.. ޓޫ ވީކްސް ވަރު އަދި އެބައޮތެއްނު. ދެން ރަންކިޔުން ކަންތައް ތި މީހުން އަމިއްލައަށް ނިންމާ.. އަހަރެން މި ދަނީ ބައްޕަ ކައިރީ މި ވާހަކަ ދައްކަން..” ޒައިން އެހެން ބުނުމަށްފަހު ދިޔައެވެ.
“ސޯ އިޓްސް އަޕް ޓު ޔޫ.. ރަންކިޔާ ކުއްޖާނު ރަންކިޔާނެ ތާރީޙު ފިކްސް ކުރަންވާނީ..” އަހަރެން ދުއާ އާއި ދިމާ ބަލައިލަމުން ބުނެލިއެވެ.
“އިޓްސް އެބައުޓް އަސް އިނގޭ.. ޔޫ ކަންޓް ސިމްޕްލީ އެސްކޭޕް. ލެޓްސް ޗޫޒް އަ ޑޭ ބިޓްވީން 26 ޓު 30”
ދުއާ ވާހަކަ ދެއްކި ގޮތުން އަހަރެންނަށް އިހްސާސްވީ މިއީ ދުއާ ބޭނުންވެގެން ކުރާ ކައިވެންޏެގެ ގޮތުގައެވެ. އެހެނެއް ނުވާނެއެވެ. އަހަރެން ކަހަލަ ބައްޕަ ނެތް މީހަކު ދެކެ ދުއާ ލޯބި ވާންވީ ވަކި ސަބަބެއް ނެތެވެ. އަހަރެން ޚިޔާލްތަކާއި ދުރުވެ 29 އޭ ބުނެލީމެވެ.
“ދުއާ. މި ކައިވެންޏަށް ރުހެންތަ؟” އަހަރެން ދުއާގެ މޫނަށް ބަލައިލަމުން ބުނެލީމެވެ.
“ޔެސް އޮފްކޯޒް. ޔޫ ނޯ ވަޓް. ޔޫ އަރ ދި ވަން އައި ލައިކްޑް. ލާސްޓް ނައިޓް އައި ވޯޒް އިންޓްރޮޑިއުސިން ރައިޓް. އަސްލު އަހަންނަކަށްވެސް ގަބޫލެއް ނުކުރެވެ. އައި ސްޓިލް ކާންޓް ބިލީވް. ހަނދާންވޭތަ މިފަހުން އެންމެ ފުރަތަމަ ދިމާވި ދުވަހު އަހަރެން އަނިލް އާއި ވާހަކަ ދެއްކި ގޮތް. ދެޓް ވޯޒް ސަމްތިން ފަނީ… ބަޓް ޔޫ ނޯ އައި ލައިކް އެވްރީތިން އެބައުޓް ޔޫ. މިވީ މަދު ދުވަސްކޮޅު ތެރޭގަ އަހަރެންނަށް އަނިލް އެނގިއްޖެ… އަދި މިއަދު މާ އުފާވެއްޖެ އަނިލް އަހަރެން ދެކެ ލައިކްވާކަން އެނގުނީމަ.”
ދުއާ އެ ދެއްކި ވާހަކަތަކަށް އަހަރެން ބުނާނީ ކީކޭހެއްޔެވެ.؟ އޭނާ އެވީ އިޤްރާރެވެ. ކުރީ އިންކާރެއް ނޫނެވެ. އެއީ އޭނާގެ ހިތުގެ އުދާސްތައް ކަން ގައިމެވެ. އަހަރެން ހަދާ ކަހަލަ ދޮގު މޮޅެތި ވާހަކަތަކެއް ނޫނެވެ. އަހަރެން އެޅުވި ކަހަލަ އަދުނެއް ނޫނެވެ.އަހަރެން އޭނާ ކައިރީ ކަމުދެޔޭ ކިަޔއިގެން ދެއްކި ވާހަކަ ގަބޫލު ކުރީއެވެ. އަނެއްކާ ދުއާއަށް އަހަރެންގެ ގައިން ފެނުނީ ކޮން ކަމެއްކަން ވެސް ޚުދު އަހަރެންނަކަށް ނޭނގެއެވެ.
“އޯ.” ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.
“އަދިވެސް އޯ އޭތަ ބުނަނީ… އަމް… ޕޭސްޓަލް ތީމް ވެޑިން އެއް ދޯ ބާއްވާނީ… ޓެލްމީ ޔުއަރ ފޭވިރަޓް ކަލަރ.” ދުއާ ކުރީ ސުވާލެކެވެ. ހުދާއި ކަޅުގެ އިތުރުން އަހަރެންނަށް ކަމުދާ އިތުރު ކުލައެއް ނެތެވެ. އިތުރަށް ޖެހުނީ ދޮގެއް ހަދާށެވެ.
“ފެހިކުލަ.” އަހަރެން ބުނީމެވެ.
“އޯ އައި އޯލްސޯ ލައިކް ދެޓް ކަލަރ. ސޯ ފައިނަލް.” ދުއާ ބުނެލިއެވެ.
“ދެން އިނީ އަހަރެންގެ ވެޑިން ޑްރެސް… ” ދުއާ ފޯނު ނަގައި ބަލައިލަމުން ބުނެލިއެވެ.
އަހަރެން ގަތީ ބިރެވެ. ކުރިއަށްވުރެ ބޮޑަށް ކަންބޮޑު ވީއެވެ. ރުފިޔާ ނެތިގެންނެއް ނޫނެވެ.ދުއާ އަށް ލޯބި ނުދެވިދާނެތީއެވެ.
އަހަރެން ވެސް ކަނބޮޑުވާންވީ ކީއްވެހެއްޔެވެ؟ ދުއާ އަކީ ގޯސް ކުއްޖެއް ނޫނެވެ. އަހަރެންނަ ށް ލިބޭ ޖަވާހިރަކަށްވުން ވެސް އެކަށީގެންވާ ފަރާތެކެވެ. ކޮްންމެވެސް ދުވަހަކުން ހަޔާތުގައި މި ދުވަސް ދެކެން ޖެހޭނެއެވެ.
“ސޯ ޑޫ ޔޫ ލައިކް ދިސްވަން.” ވެޑިން ޑްރެސްއެއްގެ ޑިޒައިން ދައްކާލަމުން ބުނެލިއެވެ.
“ދީނާ ޚިލާފު ނުވާ ކޮންމެ އެއްޗެއް ވެސް ރަނގަޅުވާނެ.” އަހަރެން ދުއާގެ މޫނަށް ބަލައިލީމެވެ.
“އައި ނޯ އޭ ބަޓް އައި ސްޓިލް ނީޑް ޓު ނޯ ޔުއަރ ޗޮއިސް.” ދުއާ އެހެން ބުނުމުން އަހަރެން ފަހުން އެކަމާ އުޅޭނަން ކަމަށް ބުނެ ދިޔައީ ކޮޓަރިއަށެވެ.
ފުން ނޭވާއެއް ދޫކޮށްލީމެވެ. ކުރެވެން އުޅެނީ ރަނގަޅު ކަމެއްކަން ސިކުނޑިއަށް ވިސްނައިދިނީމެވެ.
“އަނިލް ބައްޕަ އެބަ ގޮވާ” ޒައިން ކޮޓަރީ ދޮރު ހުޅުވާލަމުން ބުނެލިއެވެ.އަހަރެން ވެސް ޒައިން އާއެކީ އޭނާގެ ބައްޕަ ކައިރިއަށް ދިއައީމެވެ. އަހަރެންގެ ވާން އުޅޭ ބަފާބެ ކައިރި އަށެވެ. އަހުމަދުބެ ކައިރިއަށެވެ. އެހެންޏާ އަހަރެން އަހުމަދުބެ ކައިރިއަށް ދަނީ ޒައިންގެ ރައްޓެއްސެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަހަރެން މިއަދު މިދަނީ އެހެން ހައިސިއްޔަތަކުންނެވެ.
ކަންބޮޑުވަނީ އަހުމަދުބޭ އަހަރެން ގަބޫލް ނުކޮށްފާނެތީއެވެ. އަހުމަދުބޭގެ ހުރި ހަމައެކަނި ދަރި އަހަރެންކަހަލަ ބައްޕަ ނެތް މީހަކާއި ހަވާލު ނުކޮށް ‘އިންސަލްޓް’ ކޮށްލަފާނެތީއެވެ. ނަމަވެސް ކަންވީ އެގޮތަކަށް ނޫނެވެ. އަހުމަދުބޭ އެކަމަށް އެއްބަސްވީއެވެ. ހިތުން ރުހުމުންނެވެ. އުފަލުން ހުރެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރަންކިޔާ ދުވަހާ ބައްދަލުވާން ދެން އޮތީ އެންމެ ދުވަހަކެވެ. އަހަރެން ދުއާގެ އެދުމުގެ މަތިން ދުއާ ގޮަވއިގެން ފިހާރައަށް ދިއައީމެވެ. ދުއާ ބޭނުންވާ ސަމާނުތައް ގަތުމަށެވެ.
” އަނިލްް ބަލާބަލަ. މިއާއި މި ގުޅޭތަ؟” އަތުގައި އިތް ކުޑަ ފޮތި ކޮޅަކާއި ޝޯލްއެއް ޖައްސާލަމުން ދުއާ ބުނެލިއެވެ. ކެއްކިރަތްކުލައިގެ ފޮތިކޮޅެކެވެ. ހަމަ އެކުލައިގެ ޝޯލް އެކެވެ. ގުޅޭނީ ދެން އެވަރަށެވެ.
“މާ ބޮޑަށްވެސް ގުޅެ އެއްނު.” އަހަރެން ބުނެލީމެވެ.
“އެއްކަލަ މީހާ… އައި ކާނޓް ބިލީވް މީގެ 5 ވަރަކަށް ދުވަސް ފަހުން ތި މީހާ އަހަރެންގެ ފިރިމީހާއަށް ވާނެކަން…” ދުއާ މޫނު ހަދައިލަމުން ބުނެލިއެވެ. އަހަރެންނަށް އެކަންވީ މަޖާ ކަމަކަށެވެ.އެއީ އުފާވެެި ވަގުތުކޮޅެކެވެ.
“ހައި ދުއާ… ކިހިނެއްތަ ހާލު؟” އެ އުފާވެރި ވަގުތުކޮޅޫ ބަދަލުވެގެން ދިޔައީ ފެނުނު މޫނަކާއި ހެދިއެވެ. ހަމަ އެކަނި އަހަންނަށެވެ. ދުއާއަކަށް ނޫނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

When next part
Liyelevunyma hama submit kollaanan
yeah gud
is that hayaa or haishamI guess thats one of them
Just a guess
vrh reethi
waiting for next part
Thank you girl, keep waiting 🤍
Hello there, First and foremost, I apologize for informing you that the next part will be quite late since I have been struggling to write the 9th part (wedding). But I’m expecting to submit it next week. 🤍