Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އޮޔާ (1)

Reems Level 110 Stories
October 19, 2015 4 Mins Read
19 Comments

މި ވާހަކައަކީ އަރާމަގުގައި އަޅުގަނޑު ޝާއިރުކޮށްފައިވާ ވާހަކައެކެވެ.

 

އޮޔާ (1)

ފައިހާއަށް ހޭލެވެމުން ދިޔައިރު ވެސް ކީބޯޑުން ޓައިޕްކުރަމުންދިޔަ އަޑު އިވިއިވި ހުއްޓެވެ.

“ނޫން، އެހެނެއް ނުވާނެ” ފައިހާއަށް އެއަޑާއި ދޭތެރޭ ޝައްކުވިއެވެ.

ކުރިންވެހެމުން ދިޔަ ވާރޭ ހުއްޓާލާފައިވާތީ، ސިޓިން ރޫމްބައިން އިވެމުން ދިޔަ އަޑު ސާފުކޮށް އިވިއިވި ހުއްޓެވެ.

ފައިހާ ގަޑިއަށް ބަލާލިއިރު ގަޑިން މެންދަމު 2 ޖަހާ ބޮޑު ވެއްޖެއެވެ. ރޭގަނޑުގެ ބޮޑުބައި އަނޫޝް ނިމޭތޯ އިނދެ އިނދެ ވަރުބަލިވި ފަހުން މިނިމުނީ އޭ ބުނުމުން އަވަހަށް ކޮޓަރިއަށް އައިސް ނިދަން ތައްޔާރުވެގެން ފޮނި އިންތިޒާރުގައި އޮށްވާ ފައިހާއަށް ނިދުނީއެވެ. އަނޫޝް ކޮޓަރިއަށް ނައިސް މަސައްކަތާއިގެން ކުރިއަށް ދިޔައީކަން އިހްސާސްކުރެވުމުން ހިތާމައިގެ އާހެއް ފައިހާގެ ހަށިގަނޑުން ނުކުމެގެން ދިޔައެވެ.

މަޑުން މަޑުން ތެދުވެގެން ގޮސް ސިޓިން ރޫމް ބަލާލިއިރު ފައިހާގެ ފިރިމީހާ އަނޫޝް ލެޕްޓޮޕްކައިރީ މަސައްކަތްކުރަން އިންތަން ފެނުނެވެ. އެއްޗެކޭ ވެސް ނުބުނެ ކޮޓަރިއަށް އައިސް ވަންނަމުން ފައިހާ ހިތައްއެރިއެވެ.

“މިހެން މިވަނީ ކީއްވެބާ، އަނޫޝް އަހަންނާއިއެކު މި ދަތުރު މިއައީ ކީއްވެބާ؟

ހުރިހާ ސުވާލަކަށް ވެސް އޮތީ އެންމެ ޖަވާބެކެވެ. ދަތުރު ނައި ނަމަ ދެމަފިރީންގެ ގުޅުން އިތުރަށް ގޯސްވެ ފައިހާ އަނޫޝަށް މާފުނުކުރާނެކަން އެނގޭތީއެވެ.

ފުން ނޭވާއަކާއިއެކު ފައިހާ ގޮސް އެނދަށް ވެއްޓިގަތެވެ. އަދި ކުޑަދޮރުން ބޭރު ބަލާލިއެވެ. ފުސްވެފައިވާ ދޮރުން ބަލާލިއިރު ތުނިތުނިކޮށް ވާރޭ ވެހެމުންދާތަން ފެނުނެވެ. އަދި އުޑުމަތި ބަނަ ވެފައިވާތަން ފެނުނެވެ.

ރަހުމަތްތެރިންތަކަކާއިއެކު ޔޮޓެއްގައި ފެއްޓި ދަތުރަށް ހަފްތާއެއް ވީއިރު މޫސުމް ގޯސްވެ ކޮންމެ ދުވަހަކުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މިދަތުރުގައި ފައިހާ ބައިވެރިވާން ބޭނުންވި އެންމެ ބޮޑު ބޭނުމަކީ ފިރިމީހާއާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. އަނޫޝްގެ ބިޒީ ޝެޑިއުލްގެ ސަބަބުން ދެމީހުންގެ ގުޅުން ގޯސްވެ ކައިވެނީގެ ވާފަށް މޮހެން ކާރިވެފައިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

 

ފައިހާއަކީ ކަނޑު މައްޗަށް ގަދަ މީހެއްކަމުގައި ވިޔަސް ކުރަމުންދިޔަ ގަދަ ވިއްސާރައިގެ ސަބަބުން ހިތް ނުތަނަވަސް ވެފައިވެއެވެ. އެހެންނަމެސް ޔޮޓުގެ ކެޕްޓަން ބުނާ ގޮތުންނަމަ އަލިވާންވާއިރަށް މޫސުމް ރަނގަޅުވެ ދަތުރުގެ އެންމެ ފަހުގެ މަންޒިލް ކ.ގާފަރަށް ދެވޭނެއެވެ. ފައިހާ ވެސް ހުރީ ހިކިފަސް ތަނެއްގައި ފައިޖެހޭނެ ވަގުތަކަށް ބަލަބަލައެވެ.

ފައިހާއާއި އޭނާގެ އެކުވެރިން މި ދަތުރަށް ފުރީ ހުޅުމާލެއިންނެވެ. އަދި ކ،އަތޮޅުގެ އެކި ރަށްރަށަށް ޖައްސަމުން ގޮސް މިހާރު ޔޮޓުގެ މިސްރާބު ހުރީ ކ.ގާފަރާއި ދިމާލަށެވެ. މިކަހަލަ ދަތުރެއް ރާވާލީ ތަފާތު ކަމެއް ކޮއްލުމުގެ ނިޔަތުގައެވެ. ޔޮޓުގައި 6 ކޮޓަރި ހުންނައިރު ފައިހާ ނެގީ އެންމެ ބޮޑު އަދި އެންމެ ޚިދުމަތްތައް ރަނގަޅު ކޮޓަރިއެވެ. ދެވަނަ ހަނީމޫނެއްގެ އުފާ ހާސިލްކޮށްލުމުގެ ބޭނުމުގައެވެ.

ކަޅު އަނދިރީގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިން ފައިހާގެ ސިކުނޑިއަށް އަނެއްކާވެސް ނަގައި ގަނެވުނީ ކީބޯޑުން ޓައިޕްކުރަމުންދިޔަ އަޑެވެ. ވެހެމުން ދިޔަ ވާރޭގެ އަޑާއި ޔޮޓަށް ބިންދަމުން ދިޔަ ރާޅުތަކުގެ ތެރެއިން މަޑުމަޑުން އިވެމުން ދިޔަ އެ އަޑަށް ފައިހާގެ ސަމާލުކަން ހުއްޓިގެން ދިޔައިރު ހިތަށް މޮޅިވެރިކަން ވެރިވިއެވެ.

ފައިހާގެ ހިއްހަމަ ޖެހުމާއި އުފާތަށް ފޭރިގަންނަ އެ އަޑެވެ. ދެވަނަ ހަނީމޫނަކަށް ދިއުމަށް ފައިހާ “ސެކްސީ” ނިދާ ހެދުންތައް ތައްޔާރުކުރިއިރު އަނޫޝް އަށް މުހިއްމުވީ އޭނާގެ ލެޕްޓޮޕާއި ދެފޯނާއި އަތުން ދޫކޮށްނުލެވޭ ރިފަރަންސް ފޮތްތައް ގެނައުމަށެވެ.  ފައިހާ ރޭވި ހުރިހާ ރޭވުމެއް ފެނަށް ދިޔައީ ދަތުރަށް ފެށުމާއިއެކު އަނޫޝް ލެޕްޓޮޕް އަތުން ދޫކޮށްނުލާ މަސައްކަތާއިގެން މަޝްއޫލުވީމައެވެ. ހީވާ ގޮތުން އަނޫޝް ގެ ދެވަނަ އަންބަކީ އެ ލެޕްޓޮޕެވެ.

 

އަނޫޝްއަކަށް ބޭކާރު ކަންކަމަށް ވަގުތު ދެވޭކަށް ނެތެވެ. ސަން ލައުންޖްގައި ވަގުތުތައް ބޭކާރެއް ނުކުރެވޭނެއެވެ. ރައްޓެހިންނާއިއެކު ހީ ސަމާސާކޮށް މަޖާކުރާކަށް ހިތެއް ނޭދެއެވެ. އަންހެނުންނަށް ސަމާލުކަން ދިނުމަށްވުރެ ކުރަން ހުރި މަސައްކަތްގިނައެވެ. ޑެޑްލައިން އައިސް އޮތީ ބޯމަތީގައެވެ. އަނޫޝް މިދަތުރު އަންނަން ބޭނުން ނުވިއަސް ފައިހާ ކަންތައް ބޮޑުކޮށްލާނެވަރު އެނގޭތީ ދަތުރުއައުމަށް އެއްބަސްވީއެވެ. ފައިހާ ދެކެ ލޯބި ނުވާތީއެއް ނޫނެވެ. އަނޫޝް ވެސް ފައިހާއާއިއެކު ލޯބި ކޮށްލާ ފައިހާގެ ހިތްފުރާލަދޭން ބޭނުންވެއެވެ. އެކަމަކު މިހާރު އޭނާގެ ބިޒީ ޝެޑިއުލްގައި އެކަމަށް ވަގުތެއްނެތެވެ.

ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކުރަމުން ކުރަމުން ގޮސް ބޭރުން ތަނެއް ނުފެންނަ ވަރަށް ވިއްސާރަ ގަދަވަމުން ދިޔައެވެ. ޖެހެމުން ދިޔަ ވައި ވެސް ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަވަމުންނެވެ. ފައިހާ އެނދުގައި އޮވެފައި ކުއްލިއަކަށް ތެދުވިއެވެ. އަދި އުއްމީދު ކަނޑާލަން ބޭނުން ނުވާތީއެވެ. މިރެއަށް ތައްޔާރުވުމުގެ ގޮތުން ފައިހާ ހުރީ ތުނި ލޭސް ފޮއްޗެއްގެ ވަރަށް ރީތި ނައިޓީއެއް ލައިގެންނެވެ. މަޑު މަޑުން ކޮޓަރިން ނުކުމެގެން ދިޔައީ ފިރިމީހާގެ ހިތަށާއި ޖިސްމަށް އިޝްގީ ބާރެއް ފޯރުވުމުގެ ނިޔަތުގައެވެ.

ސިޓިން ރޫމަށް އައިސް ވަތްއިރު އަނޫޝް އޭނާގެ މަސައްކަތަށް ގެއްލިފައިއިނެވެ. ނެގި ރާޅަކާއިއެކު ޔޮޓު ދެފަރާތް ދެފެރާތަށް ހަލުވާލިއެވެ. ތިރީގައި އަޅާފައިވާ ޑެކް ފައިދަށުން ދާފަދަ އިހްސާސެއް ކުރެވުނު ނަމަވެސް ފައިހާ ހުރީ ހަމަޖެހިލާފައެވެ. މި ވިއްސާރައަކީ ކަންބޮޑުވާފަދަ ކަމެއް ނޫންކަމަށް ކެޕްޓަން ބުނި ހަދާންވާތީއެވެ. ފައިހާ އެތަނުގައި ދެތިން މިނިޓް މަޑުކޮށްލައިގެން ހުރިއިރުވެސް އަނޫޝްއަށް މީހެއްގެ ހިލަމެއް ވީހެންވެސް ހީނުވެއެވެ. އެކަމަކު ފައިހާ އޭރުވެސް ހުރީ އަނޫޝްގެ ރީތިކަމަށް ގޮސް ގެއްލިފައެވެ. ކައިވެންޏަށް 8 އަހަރު ވީއިރުވެސް އަނޫޝް ފެންނަ ކޮންމެ ފަހަރަކު ފައިހާގެ އިސްތަށިތައް ކޮޅަށްޖެހެއެވެ. މުޅި މީހާގެ ހަށިގަނޑު އަނޫޝްގެ ބީހިލުމަށް އެދި އާދޭސްކޮށްލައެވެ.

އަނޫޝް ހުސްގަޔާ އިންއިރު އޭނާގެ ފުޅާ ބައިމަތި އިތުރަށް ބިޔަކަމަށް ދައްކައެވެ. ޖާދުވީ ދެލޯ ހުއްޓިފައިވަނީ ލެޕްޓޮޕުން އޭނާ ކުރަން އިން މަސައްކަތަށެވެ. ލޯ ކުޑަކޮށްލާފައި އިންގޮތުން މާބޮޑަށް ހިތްދަމައިގަންނަހެން ފައިހާއަށް ހީވިއެވެ. އެއްއަތުން މައުސްއާއި ކުޅެމުން ދިޔައިރު އަނެއްއަތް ދަތްދޮޅީގައި ވިއްދާލައިގެން އިނެވެ. ފައިހާއަށް މިމަންޒަރުވީ ބަލާ ފޫހިނުވާނޭ ފަދަ މަންޒަރަކަށެވެ. ފައިހާގެ މަގްސަދު ހަދާންވުމުން އަވަސް އަވަހަށް ގޮސް އަނޫޝް ބަލާލުމުން ސީދާ ފެންނާނެހެން ހުއްޓިލާފައި ކަރުކެހިލިއެވެ.

ކަހާތަން ހިރުވާލިހެން ވެސް ހީނުވިއެވެ. “ހޫމް” އެއް ލައްވާލާފައި ފައިހާއާ ދިމާލަށް ބަލާވެސް ނުލާ ޓައިޕްކުރަމުންދިއައެވެ. މާޔޫސް ވިޔަސް އުއްމީދު ކަނޑާނުލާ އަނެއްކާ ވެސް ކަރުކެހިލިއެވެ. އެއްވެސް އިޝާރާތެއް ނުވިއެވެ. އެވަގުތު ޔޮޓު ތަޅުލާވުލުން ފައިހާ ދަނޑިވަޅުގެ ބޭނުން ހިފާ ބިރުގަތްކަމަށްހެދި ހަޅޭއްލަވައި ގަތެވެ.

އަނޫޝް ސިއްސައިގެން ގޮސްފައި ބަލާލިއިރު ފައިހާ ވެއްޓިފައި އޮތެވެ. އަވަސް އަވަހަށް އައިސް ފައިހާ ތެދުވުމަށް އެހީތެރިވެދިނެވެ. އަދި ގޮވައިގެން އައިސް ސޯފާގައި ބޭންދިއެވެ. އަނޫޝް ވަރަށް ފަރުވާތެރި ކަމާއެއެކު ފައިހާއަށް ބަލާލިއެވެ. އަދި ފައިހާ ފެނުމުން އަނޫޝްގެ ހިތުގެ ހިނގުން އަވަސްވިއެވެ. ތުނި ތުނި އެނައިޓީގައި އިން އިރު ފައިހާ ގެ ރީތިކަން ފެނިގެން ދިޔައެވެ. އަނޫޝްގެ އެ ބަލާލުމުގައި ވާ މަސްތީކަން ފައިހާއަށް ނަގައި ގަންނާކަށް އުނދަގުލެއް ނުވިއެވެ. އަނޫޝް އެގޮތަށް ބަލާލާނީ ފައިހާއާއި ލޯބިކޮށްލަށް ބޭނުންވީމައެވެ. “ފައި” އަނޫޝް ލޯބިން ގޮވާލުމުން ދެމީހުންގެ ހިތުގައި ވެސް ވަނީ އެއް އެދުމެއްކަން އެނގިގެން ދިޔައެވެ. ފައިހާ ރަކި ގޮތަކަށް ހީލިއެވެ.

“ލޯބީ، އަދި ފަސްމިނިޓް ދީ އިނގޭ”

އެހެން ބުނެލުމާއިއެކު އަނޫޝްގެ ބެލުން ލެޕްޓޮޕަށް އަމާޒުވެ މަސައްކަތައިގެން ކުރިއަށްދިއައެވެ.

ފައިހާއަށް މިކަންވީ ގަބޫލުކުރަން ދަތިކަމަކަށެވެ. ރުޅި އާދެވި ރޮވެން އުޅޭހެން ހީވީމާ، “މިދަނީ ވައި ޖައްސާލަން” ށޭ ބުނެ އަވަހަށް އެތަނުން ބޭރަށް ދާން ހިނގައިގަތެވެ.

“ހޫމް އަދި ކުޑައިރު ކޮޅަކު އިންތިޒާރުކޮށްލާ އިނގޭ” އަނޫޝް ޖަވާބު ދިނެވެ.

ބޭރަށް ދަނީއޭ ބުނީމަ ވެސް އެއްޗެކޭ ނުބުނީ އަނޫޝްއަށް ކުރަމުން ދިޔަ ވިއްސާރައިގެ ކަންފުޅެއްވެސް ނޭނގޭތީ ބާއޭ ފައިހާ ހިތައްއެރިއެވެ. ފައިހާއަކީ އެއްވެސް އިރެއްގައި ރުޅިއައުމުން އަނޫޝްއާއި ދިމާއަށް ހަޅޭއްލަވާ މީހެއް ނޫންކަމުން އަނބުރާ ކޮޓަރިއަށްގޮސް ލައިގެން ހުރި ތުނި ނައިޓީގެ ބޭލުމަށްފަހު ރީދޫ ކުލައިގެ ޓީޝާޓަކާއި އެކްސަސައިޒް ކުރާއިރު ލާ ވައްތަރު ހަރުވާޅެއް ލާ، ބޫޓަށް އަރައިގެން ބޭރަށް ނުކުތެވެ.

އަނޫޝް ކައިރިން ލާފައި ބޭރަށް ނުކުތްއިރު އިސްއުފުލާ އަނޫޝް ބަލާވެސް ނުލިއެވެ. ގައިގާ ހުރި ބާރެއްލާފައި ކޮޓަރީގެ ދޮރު ޖެހުމުން ވެސް އެކަން އަނޫޝްއަށް އެނގުނު ހެނެއް ހިއެތްނުވެއެވެ.

އަނޫޝް މިރެއަށް ނިންމަން ޖެހޭ ހިސާބަށް މަސައްކަތް ނިންމާލައިފައި ލެޕްޓޮޕް ލައްޕާލުމާއިއެކު ދެންމެ ވީ ކަންތައްތަކާއިމެދު ވިސްނާލެވުނެވެ. ފައިހާ ބޭރަށް ދިޔަތަން ފެނުނެވެ. އަދި ހުރީ ރުޅިއައިސްކަން ވެސް އަނޫޝްއަސް އިހްސާސް ކުރެވުނެވެ. އަނޫޝް ގެ ފަންފަން އިސްތަށިގަނޑު ތެރެއަށް އަތްލާ އަތްހިނގާލަމުން ހިތާ ހިތާ ކިޔާލިއެވެ.

” މި އަންހެނުންނަކީ ހާދަ ފާޑެއްގެ ބައެއް. އެންމެ ފަސްމިނެޓަށް މަޑުކޮށްލަށް ބުނީމާ، ރުޅިއައިސް ރަތްވެގެން އެދިޔައީ”

ކުއްލިއަކަށް ވަރަށް ބާރަށް ޔޮޓު ތަޅުވާލިއެވެ. ބޭރުގައި ހިނގަމުންދާ ކަންތަކާމެދު އަނޫޝްއަށް ވިސްނާލެވުނީ ދެނެވެ. ބޯކޮށް ވާރެވެހެމުން ދެއެވެ. ވައިގަދަކަމުން ހީވަނީ ތޫފާނެއް އައިސްފައި ހުރިހެންނެވެ. ހަމަ އެވަގުތު ފައިހާ ވީ ބޭރުގައިކަން ހަދާންވެގެން އަނޫޝް ބޭރަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ވައި ޖެހޭލެތް ބާރުކަމުން ދޮރުހުޅުވުން ވީ އުނދަގޫ ކަމަކަށެވެ. ވަރަށް މަސައްކަތުން ދޮރު ހުޅުވުމުން ބޭރަށް ނުކުމެ ބަލާލިއިރު އެއްވެސް މީހަކު ފެންނާކަން ނެތެވެ. ފެނުންހާ ވެސް ތަނަކީ ބިޔަ ރާޅުތަކެއް އައިސް ޔޮޓަށް މުގުރަމުން ދާތަނެވެ. ތަނެއް ނުފެންނަ ވަރަށް ވާރޭ ވެހެމުން ދިޔަތަނެވެ. ވައި ބާރުކަމުން އެއްޗެއްގެ އެހީއާ ނުލާ ކޮޅަށް ހުރެވޭ ވަރެއްނުވެއެވެ. ޖެހެމުން ދިޔަ ބާރު ވަޔަށް ނުބަލާ އަނޫޝް ކުރިއަށް ދާން ފެއްޓިއެވެ. ފައިހާ އެހާ މޮޔައީ ކީއްވެބާއޭ ހިތައްއަރަމުން ދިއައެވެ. ދެތިން ހަތަރު ފަހަރު ފައިހާގެ ނަމުން ގޮވާލުމުން ވެސް ހިމަލެއް ނުވިއެވެ. އަނޫޝްގެ ހިތް ބިރުގަންނަން ފެށިއެވެ.

 

ކުއްލިއަކަށް ޖެހިބާރު ގުގުރުއަކާއެކު ވިދާލުމުން މުޅިތަން އަލިވެގެންދިޔައެވެ. އެވަގުތު އަނޫޝަށް ފައިހާ ފެނުނެވެ. ތެމި ފޯވެފާ ހުރިއިރު ފައިހާ ހުރީ ބާރަށް ޔޮޓުގެ ރެއިލިންގައި ހިފާއްޓާލައިގެންނެވެ. ފައިހާ ހުރީ އަނޫޝްއަށް ވުރެ ދިވަ ވަރަކަށް ފޫޓު ދުރުގައިކަމުން ބާރަށް ގޮވާލުމުން ވެސް ޖަވާބެއް ނުދިނެވެ. އަނޫޝް ކުރިއަށް ގޮސް ގޮސް ހުއްޓާ ނެގި ބޮޑު ރާޅަކާއިއެކު މުޅި ޔޮޓުގެ ޑެކްތެރެއަށް ފެން ވައްދާލިއެވެ. ތަނެއް ދޮރެއް ނުފެނެއެވެ، އަނޫޝް އަރިއަޅާލައިގެން ގޮސް ވެއްޓެމުން ދަނިކޮށް ޑެކްގައި ހަރުކޮށްފައި އިން ގޮނޑިއެއްގައި ހިފާއްޓާލާ ފައިހާ ކޮބާތޯ ބަލާލިއިރު ފެންނާކަންނެތެވެ. އަނޫޝްގެ ފައިދަށުން ބިންގަނޑު ދޫވެގެން ދިޔަފަދައެވެ.

“ފައިހާ” އަނޫޝް އަށް ބާރަށް ރޮއި ގަނެވުނެވެ.

(ނުނިމޭ)

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

އިންތިޒާރު ( 19 )

Next

ކަނޑުފެން (ތިންވަނަ ބައި) KanduFen (P-3)

Next
October 19, 2015

ކަނޑުފެން (ތިންވަނަ ބައި) KanduFen (P-3)

Previews
October 18, 2015

އިންތިޒާރު ( 19 )

19 Comments!

  1. dark princess says:
    October 19, 2015 at 10:37 am

    Vv nice… daily koh up kohdhehchey..

    1. Reems says:
      October 19, 2015 at 10:59 am

      Insha allah ..

  2. New says:
    October 19, 2015 at 1:56 pm

    V reethi

    1. Reems says:
      October 19, 2015 at 3:43 pm

      Thank u

  3. 4f!4h says:
    October 19, 2015 at 3:59 pm

    Very Nice. Mi firihenunnaky haadha faadeh ge baekey dho… ^_-
    waitng for nxt part.

    1. Reems says:
      October 19, 2015 at 4:44 pm

      Thanks.. insha allah tmrw

  4. Anonymous says:
    October 19, 2015 at 4:06 pm

    anooshah mee ragalhu gothaky.. anoosh ah mee kuh gotheh

    1. Reems says:
      October 19, 2015 at 4:44 pm

      Thnks den rangalhu kollanan

  5. jey says:
    October 19, 2015 at 4:51 pm

    V hub

  6. samee says:
    October 19, 2015 at 6:49 pm

    nyc…nyc..

    1. Reems says:
      October 19, 2015 at 8:27 pm

      Thank u

  7. mary says:
    October 19, 2015 at 8:14 pm

    V rythi……..waiting 4 next part…

    1. Reems says:
      October 19, 2015 at 8:27 pm

      Thank u

  8. minnu says:
    October 19, 2015 at 10:53 pm

    Interesting.. waiting for the next part

    1. Reems says:
      October 20, 2015 at 8:45 am

      Thanks

  9. marry says:
    October 20, 2015 at 10:00 am

    Kurin mi story ah kee dhevana honey moon
    Keehveh nan change kuree

    1. Reems says:
      October 20, 2015 at 11:28 am

      vaahaka aa gulhenee oyaa kamah fennathee change kollee.. first episode ga innane kurin shaairu kuri vaahaka eh kamah liyefa

  10. saadhu says:
    October 20, 2015 at 10:03 am

    Nice story

    1. Reems says:
      October 20, 2015 at 11:30 am

      thank u

Comments are closed.

Next Episodeއޮޔާ (2)←


All Right Reserved!