ލޯބީގެ ކުރި ދަތުރު 1
މަލްޝާ. ދަރިފުޅާ އަވަސްކޮށްބަލަ. ގަޑިޖެހެނީ އެޔޮއް. ލައްބަ މަންމާ މި ނިކުންނަނީ. މަލްޝާ އަކީ ޖަލާލުއްދީން ސުކޫލުގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ނަމަވެސް ބައްޕަގެ ވަޒީފާގެ ހާލަތު ހުރިގޮތުން މަލްޝާމެންނަށް ރަށަށް ބަދަލުވާން ޖެހުނީއެވެ. އާ ސުކޫލަކަށް ދެވޭތީ މަލްޝާ ހުރީ ވަރަށް އުފާވެފައެވެ. އުފާވެރިކަމާ އެއްވަރަށް ހިތްވެސް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. މުޅިން އާ ފެށުމެކެވެ. އާ ތަޖުރިބާ ތަކެއް، އާ ކުއްޖެކެވެ.
ރާއީކް. ކޮބާ ސައިބޯނިންމާލާ އަވަހަށް. މި ނިމެނީ. ރާއިކް އަކީ އދ އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ ތޫނުފިލި ކުއްޖެކެވެ. ރާއިކް އަކީ އެ ސުކޫލުގެ އެންމެ މޮޅެތި ކުދިންގެ ތެރޭގައި ހިމެނޭ ޖޫނިޔަރް ޕްރިފެކްޓެކެވެ. ތުއްތުއެިރުއްސުރެ ޕައިލެޓަކަށް ވުމުގެ ހުވަފެން އަބަދުވެސް ދެކެވެ. އަދި މި ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި ހިތްވަރުލާ މަސައްކަތް ވެސް ކުރެއެވެ. ސަބަބަކީ ލުއާ އާއި ޖޫދް ގެ ވެސް އެންމެ ބޮޑު އުންމީދަކީ ރާއީ ޕައިލެޓަކަށް ވުމެވެ.
އޭއި ނާއިފޫ ގޫޑް މޯނިންގް. ދެލޯ އުނގުޅަން ހުރި އިރު، ލައިގެން ހުރީ މަޑު ނޫކުލައިގެ ޔުނީފޯރމެކެވެ. ގަދަ ނޫކުލައިގެ ޓައީ އެއްގެ އިތުރުން ކަޅު ފަޓުލޫނެއް ލައިގެން ހުރި ނާއިފް ގެ ކޮނޑުގައި ކައިރާ ބޮނޑިއެއް އަޅާލިއެވެ. ހޫން. ކިހިނެއްވީ؟ ބަލަ ސުކޫލާ ހަމައަށް ދެވޭއިރުވެސް ރަނގަޅަށް ދެލޯ ނުހުޅެވޭ. ދެން ކައިރާ އަށް ކޮންކަމެއްތަ. ހޫމް. ދެން ބުނެބަލަ ރޭގަ ނުނިދާ ޕަޕުޖީ ކުޅެން އޮތީދޯ. އިނގެންޏާ ދެން ކީއްކުރަންތަ ތި އަހަނީ. ޕިސްޕިސް. ކައިރާ ކުލާހަށް މިސްރާބު ޖެހުމުން ނާއިފް އަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ކައިރާ އަކީ ރީތި ކުއްޖެކެވެ. ނަމަވެސް އެ ރީތި ކަމާ އެއްވަރަށް ބޮޑާކަމާ، ކިބުރުވެރިކަމާ، ހަސަދަވެރިކަމުގެ ސަބަބުން ކައިރާ ދެކެ ފާޑެއްގެ ފޫސެއްވެއެވެ.
މަލްޝާ އެކަނިމާއެކަނި ބޮޑު ސުކޫލު ގޯތިތެރޭގައި ކުލާސް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. ސުކޫލުގެ މެޕް ލިބުމަކީ ނަސީބެކޭ ހިތަށް އެރިއެވެ. ހާލަކު އުޅެގެން މަލްޝާ އަށް ކުލާހާ ހަމައަށް ފޯރިއެވެ. އޭރު ކުލާހުން ކުދިންތައް އެސެންބްލީއަށް ދިޔުމަށްޓަކައި ހިނި ހޮރުތަކުން ނިހުންނަހެން ދާތަން ފެނެއެވެ. ބޯޑު ފެންނާނެ ގޮތަކަށް އިން ގޮނޑިއަކާއި މޭޒެއް ކައިރިއަށް ގޮސް ގޮނޑީގައި ދަބަސް ބަހައްޓާލިއެވެ. އަދި ކުދި ފޮތަތައް މޭޒު ގެ އަޑީގައިން ވަތްގަނޑަށް ލުމަށްފަހު އަވަސްވެގަތެވެ. އެ ވަގުތު އޭނާ ނޫން ހުރިހާ ކުދިން ގޮއްސިއެވެ.
އެސެންބްލީ ފެއްޓެވީ ޤުރުއާނުގެ ބަރަކާތުންނެވެ. އެއާ ވިދިގެން އެ މޫރިތި އާޔައްތަކުގެ ތަރުޖަމާ އެވެ. އެއަށްފަހު އޮތީ އެ ދަނފަޅީގަ ކިޔަވައިދޭނެ ޓީޗަރުންގެ ތަޢާރަފެކެވެ. އެޔާ އެކު އެ ޓީޗަރުން ކިޔަވައިދޭނެ މާއްދާތަކާއި ކުލާސްތަކެވެ. ފާއިތުވެދިޔަ އަހަރުތަކު އަދ އަތޮޅު ތަޢުލީމީ މަރުކަޒަކީ ރަން ވަނަތަކެއް ހާސިލުކުރާ ސުކޫލެކެވެ. ހުރިހާ ޓީޗަރުންގެވެސް އުންމީދަކީ ރަނގަޅު އަޚްލާޤީ، ހަރުދަނާ މޮޅެތި ، ދިރިއުޅުމާ ކުރިމަތިލާން ކެރޭ ޤާބިލު ކުދިންތަކެއް އުފެއްދުމެވެ. ސާނަވީ އިމްތިހާނުންވެސް 20 ކުދިން ވަނީ މަތީ އަރުތަވެރީންގެ އިނާމު ހާސިލުކޯށްފައެވެ. ކުޑަ ސުކޫލެކެވެ. އެހާ ބޮޑު އާބާދީއެއް ނޫނެވެ. ނަމަވެސް ހިތްވަރުގަދަ ކުދިންނާއި، ޤާބިލު ފެންވަރު ރަނގަޅު ޓީޗަރުންނާއެކު، އެކުވެރި މާހައުލެއްގައި ކޮންމެ ސުކޫލަކަށްވެސް އެ ސުކޫލުގެ ނަން ދިއްލާލެވެނެވެ.
ދެ ގަޑިއިރުގެ އެސެންބްލީ ނިންމާލީ ދުޢާއިންނެވެ. ހަމަ އެވަގުތު އުފަލުން ގޮނޑިން ފުންމައނުގަނެވުނީ ކިރިޔާއެވެ. އެތާ އެޔޮއްހާއިރުވަނދެން މީހަކާ އަނގައިން ނުބުނެ މަޑުން އިނުންވީ އުނދަގޫ ކަމަކަށެވެ. ފުރަތަމަ ދުވަސް ކަމުން އިސްވެ ކުއްޖަކާ ވާހަކަދައްކާލެވޭހާ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. މަޑުމަޑުން ކުލާސް ތެރެއަށް ވަދެވުނުއިރު އޭރު ކުލާހު ތިބި ގިނަ ކުދިންގެ ކަޅި މަލްޝާއަށް އަމާޒުވިއެވެ.
މަލްޝާ އަކީ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް މީހުންގެ ތެރޭގައި އުޅޭއިރު މަލްޝާ އަކީ މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. އޭނާ އަކީ ހަމުގެ ކުލަ އަލި ކުއްޖެކެވެ. މަޑު ފެހި ކުލައިގެ ބޮޑު ދެލޮލެއް މާމަ ފަރާތުން ވަނީ ވާރަތުކޮށްފައެވެ. ފަން އިސްތަށިގަނޑު ގަތާލަފަ އިން އިރު ނޫކުލައިގެ ރެބަންކޮޅަކާއި ވޫލޮކޮޅަކުން ވަނީ ހައްޔަރުކޮށްލާފައެވެ.
އޭތް. އެއީ އާ ކުއްޖެއްތަ. ކައިރާ ބެސްޓްފްރެނޑު ރައިނާ އަހާލިއެވެ. ހީވަނީ އެހެން. ވަރަށް ރީތި ދޯ އެކުއްޖާ. އޯމައިގޯޑް. ބަލާ ނާއިފް ކަޅިއަޅާ ވަރު. ވަޓް ވަގުތުން ކައިރާ އެދިމާލަށް ބަލާލިއެވެ. ތެދެކޭ. ނާއިފް އެއިނީ މަލްޝާއަށް ބަލަން ގެއްލިފައެވެ. ހުވާ މި ބުނީ. ބޮޑު ބޮލުގެ ރިހުމެއްނު އެވައްޓާލީ. ކައިރާ މިހެން ކުސްތަޅާ އިންދާ މުދައްރިސް ކުލާހަށް ވަދެއްޖެވެ. އައްސަލާމު ޢަލައިކުމް. ވަޢަލައިކުމުއްސަލާމް. ހުރިހާ ކުދިން އެއް އަޑަކުން މުދައްރިސް އަށް އިޙުތިރާމް އަދާކުރިއެވެ.
ކޮބާ ހުރިހާ ކުދިންގެ ހާލު ކިހިނެއްތަ. މިސްގެ ނަމަކީ ރައުދާ. މީ ތިކުދިންގެ ކުލާސް ޓީޗަރު. ފަހަރަކު ކުއްޖަކު ތަޢާރަފް ވެލަމާ. ފަހަރަކު ކުއްޖަކަށް ޖެހެމުން އައިސް މަލްޝާގެ ވަގުތު އައިސް ޖެހުނީއެވެ. އަޅުގަނޑުގެ ނަމަކީ އައިމިނަތު މަލްޝާ ޖައިދާން. އަޅުގަނޑު އެންމެ ކިޔަވާހިތްވާ މާއްދާ އަކީ އިނގިރޭސި އަދި ސައިންސް. ހުސްވަގުތު އެންމެ ކުރާހިތްވާ ކަމަކީ ކުރެހުމާއި ވާހަކަ ކިޔުން. ބައެއްފަހަރު ފޮނި ކާއެއްޗެހި ހަދަން ވެސް މަސައްކަތް ކުރަން. އެހެންތަ. މަލްޝާ އެންމެ ހަދާހިތަވަނީ ކޯއްޗެއް. ބްރައުނީސް. މަލްޝާ ކުރިން ކިޔެވީ ކޮން ސުކޫލަކުން. ޖަލާލުއްދީން ސުކޫލް. އެހެންތަ. ހުރިހާ ކުދިންގެ ތަޢާރަފު ނިމުމުން އެ އަހަރުގެ ފުރަތަމަ ޓާމު ކިަވައިދޭނެ ގޮތުގެ ކުރު ޚުލާސާއެއް ދިނެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމިގެންގޮސް ފަހު ރަނގަބީލުގެ އަޑަށް ހުރިހާ ކުދިނަތައް ގެތަކަށް މިސްރާބު ޖަހަން ފަށާފިއެވެ. މަލްޝާ ވެސް އުފަލުންހުރެ ގެއާދިމާލަށްދާން ހިނގައިގަތެވެ. ފަހަތުން މީހަކު އަންނަކަމުގެ އިހުސާސެއް ވެގެން ފަހަތް ބަލައިލިއެވެ. މަލްޝާއާ އެއް ވަރުކުރަމުން އަންނަނީ ދޮންދޮން ރީތި ފިރިހެން ކުއްޖެކެވެ. މުށި ކުލައިގެ އިސްތަށިގަނޑު ރީތި ގޮތަކަށް ފުނާއަޅާފައި ހުރިއިރު ވަރަށް ހޭންޑްސަމްއެވެ. ފރިހެން ކުދިންދެކެ ފޫހިވާ މަލްޝާއަށް މި ފރިހެން ކުއްޖާއަށް ބަލާލެވުނީ ކީއްވެކަމެއް ނޭންގުނެވެ. އާންމުކޮށް އެ މަގުން ގެއަށްނުދާ ނާއިފް މިޔަދު އެ ގޯޅިއަށް އެޅީ މަލްޝާ ދާތަން ފެނުނީމަ ކަމެއް ޚުދު އޭނާއަކަށް ވެސް ނޭންގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Story is amazing
And Really interesting
Ekm dialogue thah vaki kollyma kiyaalan faseyha vaane
Mi part ah vure thankolheh dhigu koh genesdhehchey
When is next??
Thank you 😊
Insha Allah I will keep on improving.
Next part I already finished writing so i will be uploading soon insha Allah
When is next part