Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 4

ailessh Level 1
June 10, 2023 7 Mins Read
12 Comments

ދަރިފުޅާ…. ދަރިފުޅާ…”

އަހަރެން ދިޔައީ ސިއްސާގެންނެވެ.

“މަންމާ…”

އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

“މަންމަގެ ދަރިފުޅު ނުރޯނެ. މަންމަގެ ދަރިފުޅު ވަރަށް ހިތްވަރު ގަދަވާނެ.”

ކުރިމަތީ ފެންނަން އެހުރީ އަހަރެންގެ މަންމައެވެ. މަންމަ އަހަރެންނަށް ނަސޭހަތްދެމުން ދިޔައީ ވަރަށް ލޯބިންނެވެ.

އަހަރެންނަށް މަންމަ ބުނި އެއްޗަކާ މެދު ވިސްނާލެވުނެވެ. މަންމަ ބުނާފަދަ ހިތްވަރުގަދަ މީހަކަށް އަހަރެން ވާން ޖެހޭނެއެވެ. މަންމަ ފަޚުރުވެރިވާފަދަ ދަރިއަކަށް އަހަރެން ވާން ޖެހޭނެއެވެ.

 

ފޯނު ރިންގުވާން ފެށުމުން ހުރިހާ ޚިޔާލްތަކެއް އެއްކިބާ ކޮށްލުމަށްފަހު އަހަރެން ފޯނަށް ޖަވާބު ދިނީމެވެ ގުޅީ އަނިލްއެވެ.

“ކޮބާ އަނިލް… ވަރަށް މުހިންމު މީޓިންއެއް މިއަދު އެބޯތެއްނު..! ކެންސަލް ކޮށްލަންވީ؟”

އާއެކެވެ. އެއީ ވަރަށް މުހިންމު މީޓިންއެކެވެ. އަހަރެން ނޫނެކޭ ބުނެ އަވަހަށް މިސްރާބު ޖެހީ އޮފީހަށެވެ.

 

އޮފީހުގެ މީޓިންގައި ބައިވެރިވުމުން ހުރިހާ ކަމެއް ހަނދާންނެތުނެވެ. އަހަރެންގެ މާޔޫސީ މޫނު ހިނތުންވުމަކަށް ބަދަލު ކޮށްލިއެވެ.

އޮފީހުގެ ބުރަ މަސައްކަތުގައި މަސްއޫލްވީމެވެ. އެހެން ހިޔާލުތަކާއި ދުރުވާށެވެ. ކެހިވެރި ދުނިޔޭގެ ކެހިން މިންޖުވުމަށެވެ.

 

އޮފީހުގެ ބުރަ މަސައްކަތަށްފަހު ގެއަށް އާދެވުނު އިރު 4 ޖަހަނީއެވެ. އަހަރެން ނަމާދު ކޮށްލުމަށްފަހު ދިޔައީ ކާށެވެ.

ބަދިގެއަށްވަނެ އަހަރެން ކޮފީއެއް ހަދަން ފެށީމެވެ. އިރުކޮޅެއްފަހުން ޝިޔާ ބަދިގެއަށް އައެވެ. އޭނާ ހުރީ އިސްޖަހައިގެންނެވެ. ލަދުންނެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ ބިރުވެރިކަމާއި ކަންބޮޑުވުމާއި ހާސް ކަމެވެ. އަހަރެން އިސްވެ އޭނާއަށް ވީ ކީއްތޯ އަހާކަށް ބޭނުމެއް ނޫނެވެ.

 

“ދޮންބޭ..”

މަޑުން މަޑުން ޝިޔާ އަހަންނަށް ގޮވާލިއެވެ. ހީވާގޮތުން އޭނާ ހުރީ ކަމަކަށް ބޭނުންވެފައެވެ. އަހަރެންވެސް ކިހިނެއްވީތޯ ސުވާލު ކޮށްލީމެވެ.

“ދޮންބޭ ކަމަކު…. އަހަ… އަޅުގަނ…. އަހަ….” އޭނާ ތުރުތުރު އަޅަމުން ދިޔަ ހާލު ވާހަކަ ދައްކަމުން ދިޔައެވެ.

“ކިހިނެއްވީ؟” ޝިޔާގެ ބޮލުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ.

“އަޅުގަނޑު ކްލާސްކުއްޖެއްގެ ބާތުޑޭ ޕާޓީ މިރޭ އެބޮތް… މަންމަ ހުއްދަ ނުދިން ދާކަށް… ސޯ ކެން ޔޫ ހެލްޕް… އައި ނީޑް ޓު ގޯ ދެއަރ.. އިޓްސް ވެެރީ އިމްޕޯޓެންޓް…”

ޝިޔާ އިރު ކޮޅަކު ވިސްނަން ހުރެފައި ބުންޏެވެ. އަހަރެން ވެސް ވިސްނާލީމެވެ. ޝިޔާ ކަމަކު އެދުމުން އިންކާރު ކުރަން އަހަރެން ޖެހިލުންވިއެވެ.

 

“ކިހާ އިރަކު؟ ”

އަހަރެން ސުވާލު ކޮށްލީމެވެ.

އޭނާ އަށެއް ޖަހާއިރު އޭ ބުނެލިއެވެ.

“ދޮންބޭ… ގިފް…ޓެއް ގަން…ނަން ރުފި….ޔާއެއް”

ޝިޔާ އެހެން ބުނުމުން އަހަރެންނަށް ހިނިގަނޑެއް ޖަހާލެވުނެވެ. އޭނާ ބިރުންހުރެ އެހެން އެހީތީއެވެ. ހީލާފައި އަހަރެން އެއީ އެއްވެސް ކަމެއް ނޫނެއްނުހޭ ބުނެލީމެވެ.

 

ކޮފީ ބޯ ނިންމާލުމަށްފަހު އަހަރެން ދިޔައީ ޝިޔާއަށް ރުފިޔާ ދޭށެވެ. އަހަރެންގެ ވޮލެޓުން ރުފިޔާ ނަގައި ޝިޔާ އަށް ދިނީމެވެ. އަދި އަށެއް ޖަހާއިރު ރެޑީ ވެގެން ހުންނާށޭ ބުނެލީމެވެ.

 

ޝިޔާ ދިޔުމުން އަހަރެން ކޮޓަރިއަށް ވަނެ ޖައްސާލީމެވެ. ޒައިން ހަމަ އެ ގަޑިއަށް ގުޅީ އަހަރެން ޖައްސާލިކަން އެނގުނީމަ ކަމަށް ވެސް ވެދާނެއެވެ.

 

“އަނިލް… ހިނގާބެ މިރޭ ތަނަކަށް ޖައްސާލަން ކާން…”

ޒައިންއަށްވެސް ތަންތަނަށް ދާން ބުނަން ޖެހެނީ ހަމަ މިރޭ ހެއްޔެވެ.

“މިރޭ ކުޑަ ކަމެއް އެބެން….”

އަހަރެން ބުނެލީމެވެ.

“އޯ… ބިޓެއްގެ ކަމެއްތަ؟”

އެއީ ޒައިންގެ އާދައެވެ.

“އުނހޫން… ޝިޔާ ގޮވައިގެން ކޮންމެސް ތަނަކަށްދާން ޖެހޭ.”

އަހަރެން ބުނެލީމެވެ.

 

“ކޮބާގެ އަނިލްގެ ދޮންމަންމަ އޭނާ އޯކޭ؟” ޒައިން ކޮަށްލީ ސުވާލެކެވެ.

“އަހަރެންނަކަށް ނޭނގެ.. މިހާރު އެއްޗިއްސެއް ވެސް ނުގޮވާ.. ދެން ވަރަށް ސްމައިލްވެފަ ހުންނަނީ… އައި ތިންކް ޝީ ވިލް ބީ އޯކޭ…”

އަހަރެން ބުނެލީމެވެ.

“ހާނ.. ދެން އަނިލްއަށްވެސް މަންމައެއް ލިބުނީ ދޯ… ދެން ކުރާނެއް ކަމެއް ނެތް”

އެހެން ކިޔާ ޒައިން ފޯނު ކަނޑާލިއެވެ.

*

ގަޑިން އަށެއް ޖެހީއެވެ. އަހަރެން ދިޔައީ ޝިޔާ ތައްޔާރުވިތޯ ބަލައިލާށެވެ. އެ ކޮޓަރީ އަހަރެން ގޮސް ޓަކި ޖަހާލީމެވެ. އެވަގުތު ޝިޔާ ދޮރު ހުޅުވިއެވެ.

 

ޝިޔާ ހުރީ ގަމީސް މަތިކޮޅާކާއި ޖިންސެއް ލައިގެން ބެގީ ކޮށްގެންނެވެ. ” ޝޯލް ވެސް ކިރިޔާ ބޮލުގައި އޮތްކަމެވެ.

 

އަހރެން އަންނާށޭ ބުނީމެވެ. ދޮންމަންމަ ކައިރިއަށް ގޮސް ހުއްދައަށް އެދުމަށެވެ.

“ދައްތާ… މިރޭ ޝިޔާ ގޮވާގެން ކާން ދިޔައަސް އޯކޭތަ؟.” ދޮންމަންމަ ކައިރީ ހުއްދައަށް އެދުނީ އަހަންނަނެވެ.

“ހޫމް.. އެކަމް 10 އެއް ޖެހުމުގެ ކުރިން އޭނަ ގޮވައިން ގެޔަށް އަންނާތި.!”

ދޮންމަންމަގެ ރާގުގައިވީ ހިތްހެޔޮ ކަމެވެ. ހަޤީޤަތުގައިވެސް އެއީ ދޮންމަންމަހެއްޔެވެ؟

އަހަރެން ޝިޔާ ގޮވައިގެން ގޮސް ކާރަށް އެރީމެވެ. ލަދުންހުރެއެވެ. ޝިޔާ ހެދުން އަޅާފައި ހުރި ގޮތުންނެވެ. ކިތަންމެ އަޚުލާޤު ރަނގަޅާސް ހެދުން އަޅަން ޖެހޭނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށެވެ.

 

ޝިޔަ ގާތު ދާން ޖެހެނީ ކޮންތާކަށްތޯ އަހަރެން އަހައި އޮޅުންފިލުވީމެވެ. އަދި އަވަހަށް ނިންމާފައި އައުމަށް ވެސް އެދުނީމެވެ. ދޮންމަންމަ ކައިރީ ދޮގު ހަދާފައި ދިޔުންވީ އުދަނގޫ ކަމަކަށެވެ. ނަމަވެސް އަހަރެން އެކަން ކުރީ ކޮއްކޮގެ އުފަލަށް ޓަކައެވެ.

 

އަހަރެން ޝިޔާ ދިން އެޑްރެސް ކުރިމަތީ ކާރު ޕާކް ކޮށްލީމެވެ. ޝިޔާ އެގެޔަށް ގޮސް ވަނުމުން ވެސް އަހަރެން އެތާ މަޑުކޮށްގެން އިނީމެވެ.

 

އަންނަން އޮތީ ކޮންފަދަ ތޫފާނެއް ކަމެއް އަހަރެންނަކަށް އެވަގުތަކު ނޭނގޭއެވެ. އުޑުމަތި ބަނަވެސް ވިއްސާރަ ވިލާތައް ގިނަވި ކަން އަހަރެންނަށް ރެޔެއް ނުކާލައެވެ.

 

ގެޔަށް ވަތްތާ މާގިނައިރުތަކެއް ނުވެ ޝިޔާ އަހަންނަށް ގުޅިއެވެ.

“އަމިއްލައަކައްނު މިތަނަށް އައީ… ދެން ދެވޭނީ އަހަރެމެން ފޮނުވީމަ.”

އެއީ ޝިޔާއެއް ނޫނެވެ. ފިރިހެނެއްގެ ރުޅިވެރި އަޑެވެ. އަހަރެން އެގެޔަށް ގޮސް ވަނީމެވެ. އަހަރެންނަށް ފެނުނީ އެހެން މަންޒަރެކެވެ.

ލަދުން އިސްޖަހާލީމެވެ. ކައިރީގައި ހުރި ވާސް އެއް ނަގައި ޝިޔާ ކައިރީ ހުރި ފިރިހެން މީހާގެ ބޮލުގައި ޖެހީމެވެ. އެއީ ހާދަ ލަދެއް ނެތް މީހެކެވެ.

އެމީހާގެ ބޮލުން އައި ލޭތަކާއެކު އޭނާ ތިރިއަށް ވެއްޓުނެވެ. އަހަރެންނަށް މިކުރެވުނީ ކީއްހެއްޔެވެ. ބިންމަތީގާއި ލޭގެ ކޯރެއް ހެދިފައި ވަނީ ހަމަ އަހަރެންނާ ހެދިއެވެ.

“ދޮންބޭ…” ޝިޔާއަށް ހުރީ ރޮވިފައެވެ.

އޭނާ އަޅައިގެން ހުރި ޝޯލް އެތަށް މިތަނުން ވަނީ ހަލާކުވެފައެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ.

އަހަރެންނަށް ގަޑިއަށް އާދެވުނުކަން ނަސީބެކެވެ. އެތަނުން ދިއުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި އަހަރެން ދެކުނީމެވެ.

އަހަރެން ލައިގެން ހުރި ގަމީސް ޝިޔާގެ އަތަށްދީ ބޯ ނިވާ ކުރުމަށް އެދުނީމެވެ.

 

އަވަސްއަވަހަށް އެގެއިން ނިކުމެ އަހަރެން ކާރަށް އެރީމެވެ. ޝިޔާ ކާރަށް އެރުމާއެކު އެހެން މަގަކަށް އަނބުރާލައި ޒައިންއަށް ގުޅީމެވެ.

“އޭ ގޭގަތަ؟ ވަރަށް ބޮޑުކަމެއްވެގެން”

ޒައިން ކައިރީ އަހަރެން އަހާލީމެވެ. އޭނާ އާއެކޭ ބުނުމުން އަހަރެން ދިޔައީ ޝިޔާ ގޮވައިގެން އެގެޔަށެވެ. އަހަރެންނަށް އެ ނޫން ރާސްތާއެއް ނެތެވެ. އެއީ އެންމެ ރަނގަޅު ގޮތެވެ.

 

“އަހަރެން އެ ގެޔަށް ދިޔައިރު ޒައިން އެގޭ ސިޓިން ރޫމް ސޯފައިގައި އިނެވެ.

ޒައިންއަށް އަހަރެން ފެނުމުން ހައިރާންވިއެވެ. އަދިއަވަހަށް އޭނާ ކޮޓަރިއަށް ދާން އެދުނެވެ.

ޒައިން ކޮޓަރިއަށް ގޮސް ދުއާއަށް ގުޅިއެވެ. އޭނާ ގާތު އެކޮޓަރިއަށް އައުމަށް ބުނުމަށެވެ. ދުއާ ކޮޓަރިއަށް އައިރުވެސް އޭނާގެ މޫނުމަތީ އިނީ ސުވާލު މާކެކެވެ.

 

“ޝިޔާ ގޮވަިގެބް ދޭބަލަ.! ގޮސް ރަނގަޅު ހެދުމަކާ ޝޯލް އެއް ދީ..” ޒައިން ދުއާއަށް ބަލައިލާ ބުނެލިއެވެ. ދުއާ ޒައިން އެދުނު ކަންތައް އެއްވެސް އިންކާރު ކުރުމެއް ނެތި ގަބޫލުކޮށް ކުރިއެވެ. ވި ކަންތައް މަތިން އަހަރެން ހަނދާން ނެތުނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

 

“އޭ އަނިލް. މި ކޮން ޑްރާމާއެއް… ދެންމެ ހުރީ ހާސްވެފަ މިހާރު ކޮން އުފަލެއް ތިވަނީ…؟” ޒައިން ވެސް ހުރީ އާޝޯހުވެފއެވެ. އަހަރެންނަކީ ޒައިން ނަމަވެސް ވަނީ އެހެންނެވެ.

 

ކަމެއް ނުވެއޭ ބުނެ އަހަރެން ޝިޔާއަށް ވިކަންތައް ކިޔާދިނީމެވެ.

“ސުބުހާނަ ﷲ” ޒައިންއަށް ބުނެލެވުނެވެ.

“އަހަރެން ހައްޔަރު ކުރާނެތަ؟” އަހަރެން ބިރުން އިނެ ބުނެލީމެވެ.

“އަހަންނަށްވެސް އެނގޭ އެގޭގެ ގޮތް… އެގޭގަ އުޅޭނީ ހަމައެކަނި އޭނައެއް ނޫން. ދެން ތި ކްލާސް ކުއްޖެއް އޭނައަށްދިން ދޯކާއެއް. ހަޤީޤަތުގައި އޭނަ މަރު ނުވެއްޖައި ކަމެއް ނުވާނު ދެން އަނިލް އެގެޔަށް ވަތްކަމުގެ އެއްވެސް ހެއްކެއް ނީންނާނެ. އެގޭގަ ކެމެރާ ހުއްޓަސް އެޔަށް އަރާނީ އެތާ އުޅޭ މީހުން ހިއްޕަވަން އެއްޗެހި ގެންނަތަން… ހާސްނުވޭ.. ކަމެއް ނުވާނެ އިރާދަ ކުރެއްވިއްޔާ..” ޒައިން ފައްޗަކަށް އަމުނާލިއެވެ.

 

“އެކްޗުއަލީ އައިމް ޕްރައުޑް އޮފް ޔޫ…”

ޒައިން ހިނިތުންވެލަމުން ބުނެލިއެވެ.

 

އިރުކޮޅެއްފަހުން ޝިޔާ ގޮވައިގެން ދުއާ އައެވެ. އޭރުވެސް ޝިޔާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ޝިޔާ އޭރު ހުރީ އެހެން ހެދުމެއް ލައިގެންނެނެވެ. އެހެން ކުލައެއްގެ ޝޯލްއެއް އަޅައިގެންނެވެ. އޭނާ ކުރިން ކޮށްފައި ހުރި މޭކަޕްގެ އެއްވެސް އަސަރެއް އޭނާގެ މޫނުމައްޗަކުން ފެންނާކަށް ނެތެވެ.

 

“ޝިޔާ… ހުއްޓާލަ. އިރުކޮޅަކުން ގެޔަށް ވެސް ދާން ޖެހޭނެ އެއްނު. މަންމަ އަށް ފެނުނީމަ ކަމަކު ނުދާނެއްނު.” އަހަރެން ޝިޔާއަށް ވިސްނައިދޭން ފެށީމެވެ. އޭރު ދުއާ މަޑުމަޑުން އެތާ ހުއްޓެވެ. އޭނަގެ މޫނު މަތީ އެއްވެސް އުފާވެރި ކަމެއް ނެތެވެ.

އެވާނީ ޝިޔާ ހުރިހާ ވާހަކަތަކެއް އޭނައަށް ކިޔާދިނީ ކަމަށެވެ.

 

“ޝިޔާ ހިނގާ ގެއަށްދާން..” އަހަރެން ބުނެލީމެވެ.

“އަނިލް ގެއަށް ގޮސް ގުޅައްޗެ.” ޒައިން އަހަރެން ގާތު ބުންޏެވެ.

*

އަހަރެން ޝިޔާ ގޮަވައިގެން ގެޔަށް ދިޔައީމެވެ. އޭރު ދޮންމަންމަ އާއި ބައްޕަ ގޭ ސިޓިން ރޫމްގެ ސޯފާގައި އިނެވެ.

“ޝިޔާ ދަރިފުޅާ…. ކިހިނެއްވީ ހެދުން ބަދަލުވެފަ” ދޮންމަންމައަށް ޝިޔާ ފެނުމާއެކު ބުނެލިއެވެ.

“ޝިޔާ ރޮއެފަތަ ތިހުރީ” އަހަރެންގެ ބައްޕަ ޝިޔާ އާއި ސުވާލުކޮށްލިއެވެ.

ޝިޔާ ގޮސް ދޮންމަންމަ ގައިގާ ބައްދާލިއެވެ. އަޑުން އަޑުނަގައި ރޯން ފެށިއެވެ.

“މަންމާ އޭ…ނާ… އަހަ…ންނަށް… ކެހި ދިނީި….” ޝިޔާ ރޮމުން ރޮމުން ބުނެލިއެވެ. އެވަގުތު ދޮންމަންމަ އަހަރެންނާ ދިމާލަށް ރުޅި އައިސްފާހުރެ ބަލައިލިއެވެ.

“ކަލޭ މަގޭ ދަރިއަށް ކީއްކުރީ… ހަމަ މިހާރު ބުނޭ…” ދޮންމަންމަގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. އެއީ ހަމަ މީގެ ދެ ގަޑިއިރު ކުރިން އަހަންނާ ވާހަކަ ދެއްކި ދޮންމަންމަ ހެއްޔެވެ.؟

 

“ދޮން…ބެ… އެއ…އް ނޫ…ން…” އަހަރެންނާ ކުރި ސުވާލުގެ ޖަވާބު ދިނީ ޝިޔާއެވެ.

 

“ޝިޔާވެސް މަޑުންއިނޭ… މިރޭ ކޮންމެވެސް އެއްގޮތް ނިންމާން ޖެހޭނީ ޒަހީރުއަށް.. އަނިލް މިގޭގަ ބަހައްޓަންޏާ އަހަރެން ޖެހޭނީ ވަރި ކުރަން. އެހެން ނޫނީ ހަމަ މިހާރު އޭނަ މިގެއިން ނެރެލާ..” ދޮންމަންމަ ބައްޕަ އަށް ދިނީ އިންޒާރެކެވެ.

 

އެވަގުތު ބައްޕަގެ މޫނު މަތިންފެންނަން ހުރީ ހާސް ކަމާ ކަންބޮޑުވުމެވެ. އަނެއްކާވެސް އަހަރެން ނުކުރާ ކުށަކަށް ސަޒާ ލިބެނީ ހެއްޔެވެ؟ މުޅި ކާއިނާތު ވެސް އަހަންނާ ދެކޮޅުވާން އުޅެނީ ހެއްޔެވެ؟ ހަޤީޤަތުގައިވެސް އެއީ ދޮންމަންމަ ކަންތައް އެ ކުރަނީ ރަނގަޅަކަށް ނޫނެވެ. އެއީ ތޫފާނެއްގެ ތުހުމަތު ޖަނަވާރެއްގެ ބޮލުގައި އެޅުވުން ފަދަ ކަމެކެވެ.

 

ބައްޕަ އަހަރެންނާ ދިމާލަށް ބަލާލިއެވެ. އޭރު ބައްޕަ ހުރީ ފެންކަޅި ވެފައެވެ.

 

.

އޯކޭ… އަހަރެން މިގެއިން ނިކުމެގެން ގޮސްދާނަން. އަހަރެން އެއްވެސް ޝަކުވާއެއް ނެތް… އެކަމް ނުކުރާ ކުށެއްގެ އިލްޒާމް އަހަރެންގެ ބޮލުގައި އަޅުވައިގެން ނުވާނެ.”

އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހިތާ ދެކޮޅަށް ބުނެލީމެވެ. ކޮންމެހެން ވަންނާނެތަނެއް ހުރެގެންނެއްވެސް ނޫނެވެ. އެހެން މީހެއް އުފަލަށް ހުރަސް އަޅާން ބޭނުން ނުވާތީއެވެ. އަހަރެން ހިތްވަރުގަދަ ކަމަކުން ނޫނެވެ. އަހަރެންގެ ބަލިކަށި ކަމުންނެވެ.

 

ދޮންމަންމައަށް އަހަރެން ގެއިން ނިކުތުމުން ފަސޭހަވާނެކަން ޔަޤީނެވެ. އެހެންމެ ބައްޕަ އާއި ދިމާލަށް ދޮންމަންމަ ކިޔާ އެއްޗެހިން ވެސް ބައްޕައަށްވެސް މިންޖު ވެވޭނެއެވެ. ބައްޕަ ދުވަހަކުވެސް އަހަރެން ކައިރި ލޯބިވެޔޭ ނުވަތަ ދަރިފުޅޭ ކިޔާފައި ނުގޮވާލާ ސަބަބަކީވެސް ހަމަ ދޮންމަންމައެވެ. އަހަރެންނަށް އެކަން އިނގެއެވެ.

 

ކޮޓަރިއަށްވަނެ އަލަމާރިން އަހަރެން ލާން ގެންގުޅޭ އަންނައުނަތަކެއް ދަބަހަކަށް އެޅީމެވެ. އަހަރެން ދެން ގުޅީ ޒައިން އަށެވެ. ޒައިންއަށްވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔާދިނީމެވެ. އިރުކޮޅެއްފަހުން ޒައިން އަހަރެން ބަލާއައެވެ. އިތުރު ގޮތެއް ނެތެވެ. އަހަރެންނަށް މަގު އޮޅިއްޖެވެ. ގޮތްހުސްވެއްޖެވެ. ދާންވީ ކޮންތާކަށް ކަމެއް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ މާތް ﷲ އަހަރެންނާއެކު ވޮޑިގެންވާ ކަމެވެ. އެއްވެސް އަޅަކަށް އެކަލާނގެ ނުވާވަރު ކަމެއް ނުޖައްސަވާނެއެވެ.

 

ޒައިން އައުމުން އަހަރެން އޭނާ އާއެކު ދިޔައީމެވެ. ކޮންމެހެން ބޭނުން ވެގެންނެއް ނޫނެވެ. އަހަރެން ދިޔަ މަގުމަތީ ޒައިންއަކާއި އެއްވެސް ވާހަކައެއް ނުދައްކަމެވެ. ބޭނުންވަނީ ހިތްހަމަ ޖެހުމެވެ. ނަމަވެސް ހަޔާތުގައި މި ބުރު ނެގި ކޮޅިގަނޑު މާ ބޮޑެވެ. ވިއްސާރަ ވިލާތައް މާގިނައެވެ. ގުގުރާ އަޑު މާގަދައެވެ. ދުވަހަކުވެސް މި ކޮޅިގަނޑަށް ނިމުމެއް ނެތްކަހަލައެވެ.

 

އެގެޔަށް ގޮސް ޒައިން އަހަރެން ގެންދިޔައީ އޭނަ ކޮޓަރިއަށެވެ.

“އަނިލްއަށް، އަނިލް ބޭނުން ދުވަހަކު މިގޭގަ ހުރެވޭނެ… އެއްވެސް މީހަކު އެއްޗެކޭ ނުބުނާނެ.. އަހަރެން ބައްޕަ ކައިރީވެސް ބުނިން.. ބައްޕަ ވެސް ބުނީ އަހަރެން ކައިރީ މި ގޮތަށް ކަންތައް ކުރަން.” ޒައިން އަހަރެންނަށް ވިސްނައިދިނީ ވަރަށް ލޯބިންނެވެ. އަހަރެން ވެސް ހޫމް އޭ ބުނެލީމެވެ.

 

“ދެން ހިނގާ ކާންދާން… މާދަން ކޮންމެހެން އޮފީހަށް ދާނެ ކަމެއް ނެތް.. އަހަރެން ހުރިހާ ކަމެއް ކޮށްދޭނަން…” ޒައިން ބުނެލިއެވެ.

ޒައިން ކިހާ ރަނގަޅުހެއްޔެވެ.؟ އެއީ އަހަރެންގެ އެކުވެރިޔެކެވެ. ނަމަވެސް ހީވަނީ އަހަރެންގެ ބޭބެހެންނެވެ.

 

ޒައިންއާއެކު އަހަރެން ބަދިގެއަށް ދިޔައީމެވެ. އޭރު ދުއާ ކާންހަދައިގެން އިނެވެ.

“އަނިލް ކާން ފަށާ… ރަނގަޅަށް ކައިގެން މިރޭ ހަމަޖެހިލައިގެން ނިދާލާ… އޭރުން މާދަން ހެނދުނު ރަނގަޅުވެދާނެ…” ޒައިން ބުނެލިއެވެ. އެވަގުތު ޒައިން އަށް ހަޔާ ގުޅަން ފެށުމުން ފޯނަށް ޖަވާބު ދިނުމަށްޓަކައި ބޭރަށް ދިޔައެވެ.

 

އަހަރެންނަށް އިތުރު އެއްކަމެއްވެސް ނުކުރެވުނެވެ. ކުރެވުނުހާވެސް ކަމަކީ ކާއެއްޗިއްސަށް ބަލަހައްޓައިގެން އިނުމެވެ.

“އަނިލް.” އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ދުއާ އާ ދިމާ ބަލާލެވުނެވެ.

“އައިމް ސޮރީ… އެކްޗުއަލީ އެރޭ ޓޯކް ކުރެވުނީ ވަރަށް ހަޑިކޮށްދޯ..” ދުއާ އަހަރެން ކައިރިން މާފަށް އެދުނީއެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނަމެވެ.ބުނާކަށް ބޭނުމެއް ވެސް ނޫނެވެ. އެމީހުންނަށް ކުރެވޭ އަމަލުތަކަކީ އެހެން މީހެއްގެ އިހްސާސްތަކއި ކުޅެލާފަދަ އަމަލުތައްކަން އެނގޭނަމަ އެ އަމަލުތައް ކުރާނެހެއްޔެވެ

 

“އަނިލް އަހަރެން ދެކެ ރުޅި އައިސް ދޯ…!” ދުއާ އަނެއްކާވެސް ބުނެލިއެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ކާހިތެއް ނުވިއެވެ. ކާކަށް ބޭނުމެއް ވެސް ނޫނެވެ. އަހަރެން އެތާ އިންނާކަށް ވެސް ބޭނުމެއް ނުވިއެވެ.އަހަރެން އތާ އިނެ ވަގުތު ބޭކާރު ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ދިޔައީ ކޮޓަރިއަށެވެ. ޒައިންގެ ކޮޓަރިއަށެވެ. ވަރަށް ބާރަށެވެ.

 

އަހަރެން އެ ކޮޓަރިއަށްވަނެ އެތާ އިން ގޮނޑިއެއްގައި އިށީނީމެވެ. ދެވަނަ ސިކުންތުގައި އަހަރެން ގެނައި ދަބަހުން ފޮތަކާއި ގަލަމެއް ނަގައި ކުރަހަން ފެށީމެވެ.

“ދަރިފުޅާ އަނިލް…މަންމަ މިރޭ ވަރަށް އުފާވެއްޖެ… ތިއީ މަންމަގެ ދަރިއެއްކަން.. އަންހެން ކުދިންނަށް ރަނގަޅަށް ހިތާތި..!” އަހަންނަށް ފެނުނީ މަންމައެވެ.

“އެކަމް މަންމާ އަހަރެން…” އަހަރެން ޖުމުލަ ފުރިހަމަ ނުވަނީސް މަންމަ ވާހަކަ ދައްކަން ފެށިއެވެ.

“މިއީ ދުނިޔެ. އެމީހުންނަށް ފެންނާނީ ތިމާ ކުރާ ރަނގަޅު ކަންތަކަށްވުރެ ތިމާ ކުރާ ގޯސްކަންތައް އެއީ ދުނިޔޭގެ އާދަ.” މަންމަ ބުނެލިއެވެ.

“މަންމާ… އަހަރެން ވަރުބަލިވެއްޖެ…” އަހަރެން ބުނެލީމެވެ.

 

“އަނިލް ކާކާ ތި ވާހަކަ ދައްކަނީ؟. މިއޮތީ އަނިލްގެ ފޯނުވެސް..” އަހާލުމެއް ކަހާލުމެއްނެތި ދުއާ ކޮޓަރިތެރެއަށް ވަނެވެ. އެވަގުތު އަހަރެންގެ މަންމަވެސް ގެއްލުނެވެ.

 

“ނުދައްކަން ވާހަކައެއް.. އެއީ ހީވި ގޮތް” އެއްވެސް އަސަރެއް ނެތްގޮތަށް އަހަރެން ބުނެލީމެވެ.

“އަނިލް ދޮގު ނުހަދާތި.” ދުއާ އެހެން ބުނެލި ވަގުތު އަހަރެންނަށް ސިފަވީ ޒައިންއެވެ. އެއީ އާންމުކޮށް އަހަރެން ކައިރީ ޒައިން ބުނާ އެއްޗެކެވެ.

 

“ޒައިން…؟” ކުއްލިއަކަށް އަހަރެންނަށް ބުނެލެވުނެވެ.

“ޒައިންއެއް ނޫން ދުއާ…” ދުއާ ބުނެލިއެވެ.

“އޯ” އަހަރެންނަށް ބުނެލެވުނެވެ.

 

“ކާން ދާން ހިނގާށޭ…!” ދުއާ އަމުރެއް ކޮށްލިއެވެ.

“ނުކާނަން…” އަހަރެން ރައްދު ދިނީމެވެ.

“ދޮންބެ ކައިރީ ބުނާނީ ކޮޓަރީ ވަރަށް ވަގަށް އަންހެން ކުއްޖަކާ ވާހަކަ ދެއްކި ވާހަކަ އެހެންނޫނީ… ތި އަންހެން ކުއްޖެއްގެ ގޮތް އަހަރެން ކައިރީވެސް ނިކަން ބުނެލަބަލަ.” ދުއާ ވާހަކަ ދެއްކި ޖެއްސުމަށެވެ.

“ޝަޓަޕް… ބިޓު؟ ޑޭމިޓް..” އަހަރެން ރުޅި އައިސްހުރެ ބުނެލީމެވެ.

 

“ހާން އެއްކަލަ ދެމީހުން…” ޒައިންގެ ކޮޓަރި އާއި ދިމާލަށް އަންނަމުން ބުނެލިއެވެ.

 

“ދޮންބޭ އިނގޭތަ މި އަނިލް އަންހެން…” އަހަރެން ދުއާގެ އަނގަމަތީ އަތް އަޅާ ހުއްޓުވީމެވެ. ބޭއިޚްތިޔާރުގައެވެ.

“މިސް ދުއާ… ވަޓް ޔޫ ވޯންޓް؟ އައި ވޯޒްނޓް ޓޯކިން ޓު އެނީވަން.. ޔޫ އަރ ހޭވިން އަ މިސްއަންޑަސްޓޭންޑިން.” އަހަރެން ބުނެލީމެވެ.

“އެކަމް ދޮންބޭ ހީ ވޯޒް ޓޯކިން ޓު ސަމްވަންއޭ… އަހަރެން މިހެން މި އަހަނީ ފޯނުވެސް ބަދިގޭގަ ބާއްވާފަ އައިސްގެން ކޮޓަރީ ވާހަކަ ދައްކާ އަޑު އިވުނީމައޭ. އަނެއްކަ ޖިންނިއެއް ފެނުނީތަ؟” ދުއާ ވާހަކަ ދެއްކީ ވަރަށް ސީރިއަސް ވެގެން ހުރެއެވެ.

 

“ދުއާ ވެސްދެން ދޮގެއް ނުހަދާނެއްނު ވީ ކިހިނެއް ކަން ކިޔާދީބާލަ. އަހަރެމެން ދެމީހުންނޭ މިތިބީ… ދެން އަނިލް އަހަރެމެންނަށް ކިޔާދީބަލަ..” ޒައިން އެހެން ބުނުމުން އަހަރެން ކޮޓަރި އެނދުމަތީ ޖައްސާލީމެވެ.

 

ފުން ނޭވާއެއް ދޫކޮށްލީމެވެ. ހަމަ ކިޔާދޭންވީހެއްޔެވެ؟ ކިޔާދޭނީއެވެ.

 

“އަހަރެންނަށް ފެނުނީ އަހަރެންގެ މަންމަ… އަހަރެންގެ މަންމަ އައިސް އަހަރެންނަށް ނަސޭހަތް ދިނީ.. ދެން ދުއާ އައިސް ކޮޓަރި ދޮރު ހުޅުވާލިއިރަށް މަންމަ ގެއްލުނު.” އަހަރެން ކިޔާދިނީމެވެ.

 

“ވަރަށް ގިނައިން މަންމަ ފެނޭތަ.؟” ދުއާ ސުވާލު ކޮށްލިއެވެ.

 

“ހޫމ… އަހަރެން ދެރަވަނިކޮށް.. އަހަރެން ދެރަ ވެގެން ކޮޓަރިއަށް ގޮސް ވަނެ އިރުކޮޅެއް ވީމަ މަންމަ ފެނޭ…”

އަހަރެން ބުނެލީމެވެ.

 

“އެކަމް ދައްތަ ނިޔާވެއްޖެ އެއްނު…” ޒައިން ބުނެލިއެވެ.

 

“ހިލޫސިނޭޝަން” ދުއާ ބުނެލިއެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ލޯތްބަކުންދިން-25

Next

ހިތް އެދޭގޮތް ބޭނުންވެއެވެ( ކުރިޔަށް ހުރި ބައިތަކަށް އަލިއަޅުވާލުމެއް)

Next
June 10, 2023

ހިތް އެދޭގޮތް ބޭނުންވެއެވެ( ކުރިޔަށް ހުރި ބައިތަކަށް އަލިއަޅުވާލުމެއް)

Previews
June 9, 2023

ލޯތްބަކުންދިން-25

12 Comments!

  1. ailessh says:
    June 10, 2023 at 8:29 am

    Hello there, guys! I require feedback. Also, I want you to predict what will happen next, and I apologize for being late.❤

  2. leesh says:
    June 10, 2023 at 12:41 pm

    I think anil and dhuaa will be together at the end.
    they will fall in love with each other.
    and may be Anil hit one persons head with a vase
    so he may get blamed for it.

    1. ailessh says:
      June 10, 2023 at 1:18 pm

      Aww… letss see thww…, thank you ❤

  3. lover says:
    June 10, 2023 at 12:43 pm

    vrh reethi mi part ves.
    kon irakun next part nukunnaany

    1. ailessh says:
      June 10, 2023 at 1:21 pm

      Thank you, try kuraanan maadhan episode submit kohlleveythw ❤

  4. neyge says:
    June 10, 2023 at 12:46 pm

    neyge vaane gotheh konmes part eh ge
    comment eh ga inhen heevay konme
    dhuvahaku episode eh nereynamey or
    something may be I am talikng about some
    another story.
    konme dhuvahaku ves balan
    vhk up vehje thw.
    vrh reethi mi bai ves curiously waiting
    for next episode

    1. ailessh says:
      June 10, 2023 at 1:24 pm

      Ahaha maybe that’s another writer ❤
      Anyways thank you, also will try knmme dhuhuku submit kolleveythw

  5. don't know says:
    June 10, 2023 at 12:55 pm

    Love you Zain.
    Love Anil and Dhuaa also
    but my crush name is Zain
    So love you Zain more.

    1. reader says:
      June 10, 2023 at 12:57 pm

      @don’t know Insha allah you will get your love who is zain.

    2. ailessh says:
      June 10, 2023 at 1:25 pm

      Hehe, Zain has haya anyways 👀

  6. Who says:
    June 10, 2023 at 12:58 pm

    Next part konirakun nehremy

    1. ailessh says:
      June 10, 2023 at 1:26 pm

      Insha Allah tomorrow ❤

Comments are closed.

Next Episodeކުލަ 5←


All Right Reserved!