Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުލަ 3

ailessh Level 1
June 5, 2023 4 Mins Read
8 Comments

ދިހަވަރަކަށް މިނެޓްފަހުން ދުއާ ގޮވައިގެން ޒައިން ގެއަށް އައެވެ. ދުއާ ގޭގެ ދޮރު ހޮޅުވާލުމާއެކު އަހަރެން ލައިޓްތައް ޖެއްސީމެވެ.

 

“ޔޫ؟…..”

އެއީ ދުއާއެވެ.ކަޅުކުަލއިގެ އަބާޔާ އަކާއެކު ހަމަ ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެންނެވެ. އެ ކަޅުކުލައިގެ ޝޯލްގައި ދުއާ ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. އެއްވެސް ވަރަކަށް މޭކަޕްގެ ބާވަތެއް ބޭނުންކޮށްފައި ނެތް އެ މޫނުން ފެންނަން ހުރީ ސާދާ ކަމެވެ.

 

ދުއާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ މޫނުމަތިން އުފާވެރި ކަމެއް ފެންނާކަށް ނެތެވެ.

“ދޮންބޭ… މި އެއްކަލަ އަނިލް ދޯ… އެއްކަލަ ބައް….” އެ ހިސާބަށް ބުނިތަނާ ޒައިން އޭނަ ހުއްޓުވިއެވެ.

ދުއާގެ މޫނުން ފެންނަން ހުރީ ރުޅިވެރިކަމެވެ.

 

“ދުއާ.. އެހެން ކިޔާކަށް ނުވާނެއްނު… ދުއާ ތި ކިޔަވާ އެއްޗެހީގެ އަސްލު ބޭނުމަކީ ކޮބާ؟”

ޒައިން ބެލީ ދުއާއަށް ވިސްނައިދެވޭތޯއެވެ. އަހަރެން އެމީހުންގެ އުފާވެރި ވަގުތު ފެނަށް ހަދާކަށް ބޭނުމެއް ނުވިއެވެ. އެގެއިން އަހަރެން ނިކުމެގެން ދިޔައީ ވަރަށް ބާރަށެވެ. ރުޅި އައިސްގެން ހުރެއެވެ.

 

އަހަރެން ދިޔައީ ގެޔަށެވެ.

“ހާނ… އުޅޭނެ ހާ ތާކު އުޅެފަ. މިތަ ގެއަށް އަންނަން އިނގޭ ގަޑިއަކީ..؟ ތިޔަހެން އުޅެނިކޮން އަދި ބޮނޑިއެއްބޮވޭނެ…”

އެއީ ދޮންމަންމަގެ ނުރުހުމުގެ ބަސްތަކެވެ.

 

“ދައްތާ…! އަހަރެންވެސް މިނިވަން ކަމާއެކު އުޅެން ބޭނުން ވާނެއްނު. އަހަރެން ވެސް އުފަލުގައި އުޅެނއ ބޭނުންވާނެއްނު. އަހަރެންނަކަށް ގެއަކުން ހިތްހަމަޖެހުމެއް ނުލިބޭ.. އަދި ބޭރަކުން ވެސް… ދެން އަހަރެން ދާނީ ޒައިން މެން ގެއަކައްނު.. ދައްތަ ކީއްވެތަ އަބަދު އަހަރެންނާމެދު ގޯސްކޮށް ކަންތައްތިކުރަނީ…؟ އަހަރެންނަށްވެސް ލިބުނު އެއްޗެއް ދައްތަ އަށްވެސް ދީގެން ދޯ މި އުޅެނީ…”

އަހަރެންގެ އައިސްފައި ހުރި ރުޅީގައި ބުނީމެވެ.ފުރަތަމަ ފަހަރަށއ ދައްތައާއި ދިމާލަށް އެއްޗެކޭ ބުނެވުނެވެ.

 

“ހާނ.. ދެން ރޯން ހަނދާނެ ކަމެއް ނެތް. މިހާރު ވެސް ގޭގައި ބަހައްޓާފައި ތިހުރީ ޒަހީރު ދަރިއެއްކަން ކަށަވަރު ވީމަ. އެހެން ނޫންނަމަ މިހާރު ގެއިން ނެރެލާފަ ހުންނާނީ… ކަލެއާ ހެދި މަގޭ ދަރިންނަށް އުދަނގޫވޭ.. އެމީހުން އަހަރެންގެ ދަރިންނަށޭ އެއްޗެހި ގޮވަނީ..”

އެއީ ދައްތަ އަހަރެންނާ ދިމާލަށް ނުބުނެ އެއްކޮށްފައި ހުރި އެއްޗެހި ކަން ޔަޤީނެވެ. އަހަރެންގެ ވީ ދެރައެވެ. އައިސްފައިހުރި ރުޅީގެ މަތިން ހަނދާން ނެތުނެވެ. އަމިއްލަ ނަފުސުގެ ނިކަމެތިކަން ފުރަތަމަ ފަހަރަށް އިހްސާސްވިއެވެ.

 

އަހަރެން ގައިގާ އިތުރު އެއްޗެކޭ ބުނާނެ ހިތްވަރެއް ނެތެވެ. އެހެންކަމުން އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ.

 

ލޯގަނޑު ކުރިމަތީ ހުއްޓި އަމިއްލަ ސޫރައަށް ބަލާލެވުނެވެ. އަހަރެން މީ ކިހާ ނިކަމެތި މީހެއް ހެއްޔެވެ؟ ކިހައި ފަޤީރު މީހެއް ހެއްޔެވެ.؟

އަހަރެންގެ ސިކުނޑިއަށް އަންނަންފެށި ތަފާތު ހިޔާލުތަކެކެވެ. އަހަރެންނަށް މި ހުރިހާ ހިޔާލުތަކަކާއެކު ހަޅޭލަވައިގަނެވުނެވެ.

 

“މަންމާ އެއްކަލަ އަނިލް އެއޮށް އައީި… އެއްކަލަ ނުހަ…..”

 

 

“ދޮންބޭ… މި އެއްކަލަ އަނިލް ދޯ… އެއްކަލަ ބައް….”

 

 

“ހާނ.. ދެން ރޯން ހަނދާނެ ކަމެއް ނެތް. މިހާރު ވެސް ގޭގައި ބަހައްޓާފައި ތިހުރީ ޒަހީރު ދަރިއެއްކަން ކަށަވަރު ވީމަ. އެހެން ނޫންނަމަ މިހާރު ގެއިން ނެރެލާފަ ހުންނާނީ… ކަލެއާ ހެދި މަގޭ ދަރިންނަށް އުދަނގޫވޭ.. އެމީހުން އަހަރެންގެ ދަރިންނަށޭ އެއްޗެހި ގޮވަނީ..”

 

އަހަރެންގެ ސިކުނޑީގައި ހުއްޓުމެއްނެތި ތަކުރާރުވަމުން ދިޔައީ އެއް ޖުމުލަތަކެވެ. އެ ބަސްތަކެވެ. އެ ލަފުޒު ތަކެވެ. މި ސަބަބާހުރެ އަހަރެން އަމިއްލަ ނަފުސުދެކެ ލަދުގަނެއެވެ. ފޫހިވެއެވެ.

 

“ދަރިފުޅާ އަނިލް… ބަސްއަހައްޗެ”

ދެން ހަނދާންވީ މާ ކުރީގެ ހަނދާންތަކެކެވެ. އެއީ އަހަރެންގެ މަންމަ އަހަރެން ކައިރީ ބުނި އެންމެ ފަހު ޖުމުލައެވެ.

 

“ދަރިފުޅާ އަނިލް…!”

އަހަންނަށް ފެނުނީ މަންމައެވެ.

“ދަރިފުޅާ އަނިލް.! ހިތްވަރު ކުރައްޗެ… މީ ދުނިޔެ”

މަންމަ އަހަރެން ގާތު އެހެން ބުންނެލިއެވެ. ދެވަނަ ސިކުންތުގައި މަންމަ ފެންނާކަށް ނެތެވެ.

 

އަހަރެންނަށް ހޭލާ ހުރެ ހުވަފެން ބެލެނީހެއްޔެވެ؟ ނޫނީ އެއީ އަހަރެންނަށް ހީވި ގޮތެއް ހެއްޔެވެ..؟

 

މީހާ މުޅިން ދަލުން ފުރިއްޖެވެ. ވާގޮތެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.

 

އަހަރެން ހިތްވަރު ކޮށްފައި ތެދުވެ މޫނު ދޮވެލާގެން އައިސް ނިދީއެވެ. މާދަން ހެނދުނާ ހޭލައި އޮފީހަށް ދާން ޖެހޭނެތީއެވެ.

 

*

ހެނދުނު ހޭލައި ފަތިސް ނަމާދުކޮށްގެން އަހަރެން ޤުރްއާން ކިޔަވަން ފެށީމެވެ. އަހަރެންނަކީ ފޯނާ މާ ރައްޓެހި މީހެއް ނޫނެވެ. އަހަރެން ދެކޭގޮތުގައި ފޯނުގައި ހޭދަކުރެވޭނީ މުޅިން ވެސް ބޭކާރު ވަގުތެވެ. ފޯނުގެ ސަބަބުން އަގުހުރި ވަގުތުތަކެއް ބޭކާރުވުން ފިޔަވައި އެއްކަމެއް ވެސް ނުވާނެއެވެ.

 

ޤުރްއާން ކިޔަވާ ނިންމާލުމަށްފަހު 7 ޖަހަންވާއިރަށް އޮފީހަށް ދާން ތައްޔާރުވީމެވެ.

 

ލޯގަނޑު ކުރިމަތީ ހުއްޓިލާ އަހަރެންގެ އަމިއްލަ ނަފުސަށް ބަލައިލީމެވެ.ކުއްލިއަކަށް ބޮލުގެ ތެރެއަށް އަންނަން ފެށީ ރޭގަ ހިނގާ ދިޔަ ކަންތަކުގެ އުސްއަލިތަކެވެ. އަނެއްކާވެސް އަމިއްލަ ނަފުސުދެކެ ރުޅި އާދެވެން ފެށުނެވެ.

 

ރުޅި ކޮންޓްރޯލް ކުރާނެ ގޮތެއް ނޭނގުނެވެ. އޮފީހަށް ދިއުމުން ރުޅި މައިތިރި ވެދާނޭ ހިތަށް އަރުވާލުމަށްފަހު އަހަރެން ބޭރަށް ހިނގައިގަތީމެވެ. އޭރު ދޮންމަންމަ އާއި ދޮންމަންމަގެ 2 ކުދިން ސްކޫލަށް ދާން ނިކުންނަނީއެވެ.

 

އެއީ ހަމަ އެކަނި ދޮންމަންމަގެ ދަރިންނެއް ނޫނެވެ. އަހަރެން ބައްޕަގެ ދަރިންނެވެ. އަހަރެންގެ އެއްބަފާ ކޮއްކޮއިންނެވެ.

 

“ދޮންބޭ… އައިޝާ މިއަދު ދާނީ ދޮންބެއާއެކު ސްކޫލަށް… ކާރުގަ.!” އަހަރެން ފެނުމާއެކު އައިޝާ އަހަރެން ގައިގާ ބައްދާލަމުން ބުނެލިއެވެ. ދޮންމަންމަ އަހަރެންނާ ދޭތެރޭ ކިތަންމެ ގޯސްކޮން ކަންތައް ކުރި ނަމަވެސް އަހަރެން ކޮއްކޮމެން ދެކެ ވަރަށް ލޯބިވެއެވެ.

 

އަހަރެންނަށް ބަލާލެވުނީ ދޮންމަންމައާ ދިމާލަށެވެ. ހުއްދައަށް އަހާކަހަލަ ގޮތަކަށެވެ. ދޮންމަންމަ ހީލާފައި ބޯ ޖަހާލިއެވެ.

އެއީ އަދި އަލަށް ވިކަމެކެވެ.

 

އަހަރެން، އަހަރެންގެ ދެ ކޮއްކޮ ގޮވައިގެން ކާރަށް އެރީމެވެ.

“ދޮންބޭ.. ހިނގާބަ އައިޝާމެން ގޮވާގެން މިއަދު ހަވީރުވެސް ދުއްވާލަން ދާން…”

އައިޝާ އަހަރެން ގާތު އެދުނީ ކަމަކުއެވެ.

“މަންމަ ހުއްދަ ދިނީމައެއްނު ދެވޭނީ… މަންމަ ހުއްދަ ދިނީމަ ދޮންބެއަށް ގުޅާ..”

އަހަރެން ޖަވާބު ދިނީމެވެ.

ދެން އިނީ ޝިޔާއެވެ. ޝިޔާ އަހަރެންނާ އާންމުކޮން ވާހަކަ އެއް ނުދައްކާނެއެވެ. އެއީ ޝިޔާ އުމުރުން ބޮޑުވީމާ ކަމަށް ވެސް ވެދާނެއެވެ. މިއަހަރު އޭނާ ކިޔަވަމުން އެ ދަނީ ގޮރޭޑް އެގާރާގައެވެ. ޝިޔާ އަކީ ވަރަށް އަޚުލާޤު ރަނގަޅު ކިޔެވުމަށް މޮޅު ކުއްޖެކެވެ.

“ދޮންބެ ކީއްވެތަ އަސްލު އެހާ ރަނގަޅީ… މަންމަ އަބަދު ދޮންބެ އަށް އެއްޗެހި ގޮވާއިރުވެސް ދޮންބެ އަޅުގަނޑުމެން ބުނާ ހުރިހާ ކަމެއް ކޮށްދެމެއްނު.”

ޝިޔާ ލަދުގަނެފައި އިނެ ބުނެލިއެވެ.

 

“އެހެން ބުނާކަށް ނުވާނެ. ޝިޔާ ވެސް ބޭނުން ކަމެއް އޮވެއްޖާ ދޮންބެ ކައިރީ ބުނާތި. ޝިޔާއަށް ޝިޔާ ބޭނުމިއްޔާ ދޮންބެއާ ހުރިހާ ވާހަކަ އެއް ހިއްސާ ކުރެވޭނެ.”

ޝިޔާ އިނީ ލަދުން ކަން އެނގުމުން އަހަރެން ބުނީމެވެ.

ސްކޫލް ދޮރުމަތީ އަހަރެން ކާރު ޕާކް ކޮށްލުމުން ޝިޔާ އާއި އައިޝާ ސްކޫލަށް ދިޔައެވެ.

 

އަހަރެން ވެސް އަވަސްވެ ގަތީ އޮފީހަށް ދިއުމަށެވެ.

 

*

“އޭ އަނިލް. ރުޅި އައިސްދޯ..!”

އޮފީސްތެރެއަށް ވަދެވުމާއެކު ފުރަތަމަވެސް އަހަރެން ކައިރިއަށް އައީ ޒައިންއެވެ.

“ނުހުން ރުޅި އަންނަންވީ ކީއްވެ.” އަހަރެން މާ ގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

 

“އޭ ސީރިއަސް ކޮށޭ… އަހަރެން ހިޔެއް ނުކުރަން ދުއާ އެހެން ބުނެފާނެ ކަމަކަށް….”

ޒައިންގެ މޫނުމަތިން އޭނާހުރީ ވަރަށް ކަޑަވެފައިކަން އެނގެއެވެ.

 

“ރުޅިއެއް ނާދޭ… ދެން އެއީ އާންމުކޮށް އަހަންނާ ދިމާލަށް މީހުން ގޮވާ އެއްޗެއްނު..” އަހަރެން ބުނީމެވެ.

 

“ހަމަ އަސްލު ވެސް ރުޅިއެއް ނާދޭތަ.!”

ޒައިން އަނެއްކާވެސް ސުވާލު ކުރިއެވެ.

“އާއެކޭ… ދެން މަ ރުޅި އަންނާނެތަ އެވަރު އެއްޗެއް ބުނެގެން.. ދެން ޒައިން ކޮއްކޮވީމަ އެއްޗެކޭ ހިޔެއް ނުކުރަން.”

އަހަރެން ރައްދު ދިނުމަށްފަހު އަހަރެންގެ ކެބިންއަށް ދިއައީމެވެ. އަހަރެންނަށް ރުޅި އާދެވެން އުޅޭހެން ހީވާތީއެވެ.

 

ކެބިންއަށް ގޮސް ގޮނޑިގައި އިށީނދެލާ ހަމަޖެހިލިއިރަށް ޒައިން އައެވެ.

“ހުވާ ދެން ބުނެބަލަ.” އަނެއްކާވެސް ޒައިން އަހަރެން ކައިރީ ބުނެލިއެވެ.

މިފަހަރު އަހަރެންނަށް ރުޅި ކޮންޓްރޯލް ކުރުން ވީ އުދަނގޫ ކަމަކަށެވެ.

“އާއެކޭ… ކިތައްފަހަރުތަ ބުނަންވީ…” އަހަރެން ވާހަކަ ދެއްކުމުގެ ރާގު ހުރި ގޮތުން ޒައިންއަށް އަހަރެން ހުރީ ރުޅި އައިއްސަ ކަން އިނގޭނެކަން ގައިމެވެ.

 

“ރުޅި އައީތަ.! އަނިލް ކިޔަން ބޭނުން ހުރިހާ އެއްޗެއް އަހަންނާ ދިމާލަށް ކިޔާބަލަ.” ޒައިން ބުނެލިއެވެ.

 

އަހަރެން ވަރަށް ރުޅިވެރިކަމާއެކު ހުރެ އެއްޗެހި ގޮވަން ފެށީމެވެ.

 

“އަހަރެންގެ އޮތީ ކޮން ކުށެއްތަ؟ އަހަރެންނާ ދިމާލަށް އެންމެން އެހެން ގޮވަނީ.. އެންމެން އަހަރެން ދެކެ ރުޅި އަންނަނީ… އަހަރެންނަކީ ކިހާ ބޭކާރު މީހެއް… އެ އެންމެނަށް އަހަރެންގެ ވެސް ހިތެއް އޮންނާނެކަން ނޭނގޭތަ..!”

އަހަރެންގެ ރުޅިގަނޑު ބަދަލުވީ ކަރުނައަށެވެ. އަހަރެންގެ ހުރިހާ ވާހަކައެއް ޒައިން ކެތްތެރިކަމާއެކު އަޑުއަހަން އިނެވެ.

 

އަހަރެން އަނެއްކާވެސް ފެށީމެވެ. އަހަރެންގެ ވާހަކަ މެދުކަނޑާލީ މާބޮޑަށް ރޮވުމުންނެވެ. ޒައިން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އޯގާތެރި އަތަކުންނެވެ. އޭނާގެ މޫނުމަތީގައި ‘ކެތްކޮށްލާށެ’ ލިޔެވިފައިވާ ކަހަލައެވެ.

 

އަހަރެން ވަރަށް އުދަނގުލުން އަމިއްލަ ނަފުސު ކޮންޓްރޯލް ކުރީމެވެ. އޮފީހުގެ މަސައްކަތް ޒައިންއާ ހަވާލުކުރުމަށްފަހު އަހަރެން ދިޔައީ ގެއަށެވެ. އެއްވެސް އެއްޗަކަށް ބަލާލުމެއްނެތި ސީދާ އަހަރެން ވަނީ އަހަރެންގެ ކޮޓަރިއަށެވެ.

 

އައު ކެންވަސްއެއް ނަގައި ކުރުހަން ފެށީމެވެ. އޭރު އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުންދިއައެވެ.

 

“ދަރިފުޅާ…. ދަރިފުޅާ…”

އަހަރެން ދިޔައީ ސިއްސާގެންނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ހިތް އެދޭގޮތް ބޭނުންވެއެވެ (2)

Next

ލޯތްބަކުންދިން-23

Next
June 5, 2023

ލޯތްބަކުންދިން-23

Previews
June 5, 2023

ހިތް އެދޭގޮތް ބޭނުންވެއެވެ (2)

8 Comments!

  1. nubalaashey says:
    June 6, 2023 at 6:07 pm

    next part konirakun tho nehreny

    1. ailessh says:
      June 7, 2023 at 1:07 am

      Next friday In sha Allah ❤

  2. facesad says:
    June 8, 2023 at 8:29 pm

    maadhan next part nehreh dhehchey

    1. ailessh says:
      June 9, 2023 at 11:16 am

      I have already submitted it ❤

  3. Omg says:
    June 9, 2023 at 1:46 pm

    Neh fennaakah submit kurikamakah

    1. ailessh says:
      June 9, 2023 at 2:41 pm

      Yeh i submitted it for preview, it will be published after admin teams approval

  4. huuhhh says:
    June 9, 2023 at 6:59 pm

    kohbaa vhk next part

    1. ailessh says:
      June 9, 2023 at 7:05 pm

      I have already submitted it for preview. After the admin teams approval it will be published…❤

Comments are closed.

Next Episodeކުލަ 4←


All Right Reserved!