ލޯތްބަކުންދިން-22
…… ދެތިން މަސްދުވަހު އައްޑޫގައި ކުއްޔަށް ތަނެއް ނަގައިގެން މަޑުކޮށްލުމުން ދެން ދިރިއުޅުން ބައްޓަން ކުރާނެގޮތެއް ހޯދުމަށް ފަސޭހަ ވާނޭކަމުގައި އަހަރެންނަށް ވިސްނުނެވެ. އައްޑޫއިން ވަޒީފާއެއް ހޯދަން ޖެހުނަސް މި މުއްދަތުގެ ތެރޭގައި އެކަންވެސް ކުރެވޭނޭ ނޫންހެއްޔެވެ. ޒިވިއަލްވެސް އާ ހަޔާތެއް ފަށައި ދިރިއުޅުން އާރާސްތު ކުރަން ވިސްނާނީވެސް އަހަރެން ލޯމަތިން ގެއްލުމުންނެވެ. ކިތަންމެ ލޯބިވިއަސް ލޯ ކުރިމަތިން ގެއްލުމުން ހަނދާން ނައްތާލަން ފަސޭހަވާނޭކަމުގައި އަހަރެންނަށް ޤަބޫލު ކުރެވުނެވެ.
އަހަރެން އައްޑޫއަށް ދާން ވިސްނާ ވާހަކަ އެންމެ ފުރަތަމަ ބުނީ ޝިޒާން ކައިރީގައެވެ.އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ދަރިފުޅާ ދުރުކުރަން އުޅޭކަމުގެ ތުހުމަތު ޝިޒާން ކުރިއެވެ.ނަމަވެސް އަހަރެންގެ މި ނިންމުމާއިމެދު އިތުރު ތަފްސީލެއް ޝިޒާންއަށް ދޭންޖެހޭނޭކަމުގައި އަހަރެން ޤަބޫލެއްނުކުރަމެވެ. އެހެނެއްކަމަކު އަހަރަކު މަދުވެގެން ދެފަހަރު ޝިޒާންއަށް ދަރިފުޅު ދައްކަން މާލެ އަންނާނޭކަމުގެ ޔަޤީންކަން ޝިޒާންއަށް ދިނީމެވެ. އަދި ޝިޒާން ބޭނުން އިރަކު ދަރިފުޅާ ގުޅައިގެން ވީޑިއޯ ކޯލް ކުރުމުގެ ފުރުޞަތުވެސް ދޭނޭ ކަމުގެ ޔަޤީންކަންވެސް ދިނީމެވެ.
ޒިލާލްއާއި ޒިވިއަލްއަށް އަހަރެންގެ މި ނިންމުން ހާމަކުރީ ޒިވިއަލްއާއި ޒިލާލް އަދި ޝިފާއާއި އެކު ޒިވާވެސް ގޮވައިގެން ސީ ހައުސްއަށް ހެނދުނު ސައިބޯން ދިޔަ ދުވަހެއްގައެވެ. ކާތަކެތި ތަށްޓަށް އަޅައިގެން އެންމެން އިށީނުމާއިއެކު ވާހަކަ ފެށީ އަހަރެންނެވެ.
” އެބައޮތް ތި މީހުން ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން..”
“ކޮން ވާހަކައެއް އަނެއްކާ؟ ގުޑް ނިޔުސް އެއްތަ؟” ލާނެތް ފާޑަކަށް ޒިލާލް އަހާލިއެވެ.
” އުނހު.. ޕްރޮބެބްލީ އަ ބޭޑް ނިޔުސް ފޯޔޫ ގައިޒް. މިއުޅެނީ އައްޑޫއަށް ޗޭންޖް ވާންކަމަށް.. އެޓް ލީސްޓް ފޯ ނައު” އަހަރެން އެހެން ބުނުމާއިއެކު ޒިވިއަލް އަނގައަށް ލައިލައި އިން ރޮށިކޮޅު މަޑުޖައްސާލާ އަހަރެންގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ މޫނަކާއިއެކުއެވެ.
” ވަޓް” ޒިލާލްއާއި ޝިފާއަށް އެހެން ބުނެވުނީ އެއްފަހަރާއެވެ.
” މިހެން އަންސްޓޭބަލް ލައިފްއެއްގަ އަބަދަކު ނޫޅެވޭނެއެއްނު. ޒިވާ އަށް ދިރިއުޅުމެއް ހޯދަދޭން މަސައްކަތް ކުރަން ޖެހޭނީ އަހަރެންނެއްނު” ޒިލާލްމެންނަށް ވިސްނައިދިނުމަކީ އުނދަގޫ ކަމަކަށް ވާނޭކަން އަހަރެންނަށް އެނގެއެވެ.
” ސޯ؟ އަހަރުމެންނާއެކު އުޅެން ހިތްހަމަ ނުޖެހެނީތަ؟ ކަމެއް މަދީތަ؟ ނޫނީ ހިތްހަމަ ނުޖެހޭ ކަމެއް ވަނީތަ؟” ޒިލާލް ސުވާލު ފުންޏެއް އޮއްސާލިއެވެ.
“ނޫން. ތީ މިހާރު އަހަރެންގެ އާއިލާ.. އެކަމަކު މާލޭގަ ހުރިހާ ދުވަހަކު ޝިޒާންގެ ކިބައިންވެސް ސަލާމަތެއް ނުވާނެ” އަހަރެންނަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒިލާލް ވާހަކަ ދައްކަން ފެށިއެވެ.
” ޝިޒާންއަށް އަންގަފާނަމޭ ގެއަށް ނުވަންނާން.. އަހަރެމެންގެ ހުއްދަނެތި ޝިޒާންއަކަށް އަހަރެމެންގެ ތާކަށް ނުވަދެވޭނެ ދޯ؟ އެހެން ނޫނަސް އައްޑޫއަށް މޫވް ނުކުރިއަސް ތިކަމަށް ސޮލިޔުޝަންއެއް ހޯދިދާނެއެއްނު. އައްޑޫގަ ކިހާ އެކަނިވާނެ އީމް. އެއްވެސް މީހެއްވެސް ނުހުންނާނެ”
” އިނގޭ ވަރަށް ބޮޑު ރިސްކެއްކަން މި ނަގަނީ.. އެކަމަކު ޝިޒާން ކައިރީ ގެއަށް ނުވަންނާންބުނެ ބޮޑު މައްސަލަ ގަނޑެއް ކްރިއޭޓްކޮށްގެން ނޫޅެވޭނެ. މިހާރު ބޭނުންވަނީ ސިކުނޑީގެ ހަމަޖެހުން. އަހަރެންނާ ހެދި ބައެއްގެ ދިރިއުޅުން މަޑު ޖެހިފަ ތިބުން އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން..އެއްވެސް މީހަކަށް އަހަރެންގެ ފަރާތުން ދެރައެއް އަދި ހިތާމައެއް ލިބުމަކަށް ނޭދެން” އަހަރެން އެއްލި ގާގަނޑުން ޒިވިއަލް ގައިގައި ޖެހުނުކަން އަހަރެންނަށް އެނގުނީ ޒިވިއަލް އަހަރެންނާ ދިމާއަށް ބަލާލިގޮތުންނެވެ.
“ދޮންބޭ! އީމް އަށް ވިސްނަ ދީބަލަ” ޒިލާލްވެސް ބަލާލީ ޒިވިއަލްއަށެވެ.
“އީމާންގެ ދިރިއުޅުން ބިނާކުރާނީ އީމާން ބޭނުންގޮތަކަށް. އެކަމާއި ދުރު މީހުން ބެހުން އެއީ ރަނގަޅު ގޮތެއް ނޫން” ޒިވިއަލްގެ އަޑުގައިވީ ހިތާމަކަމެއް ނުރުހުންކަމެއް ބުނެދޭކަށް އަހަރެންނަކަށް ނޭނގެއެވެ.
” އެހެންވިއަސް ހެޔޮ.. އީމް އަދި ވިސްނާލާތި” ޒިލާލްއާއި އެއްބައިވެލަމުން ޝިފާވެސް އެއީ ތެދެއްކަމުގައި ބުންޏެވެ.
“އަހަރުމެން އަސްލު ބްރެކްފާސްޓަށް މިއައީވެސް ނިޔުސްއެއް ބްރޭކްކުރަން.. އެކަމަކު މި ލިބުނު ބްރޭކިން ނިޔުސް މާބޮޑެއް ނު ދޯ ޒިލާ” ޝިފާ ޒިލާއަށް ދޯއެއް އެއްލިއެވެ.
“ތެދެއް.. އަހަރުން މިއައީ މެރީ ކުރަން ވިސްނާ ވާހަކަ ބުނަން. ނެކްސްޓް މަންތުގަ. ރޫމްވެސް ނިމިފަ ހުރީމަ ދެން އިތުރަށް ލަސްކުރަން ބޭނުން ނޫންވީމަ. އެކަމަކު މި ލިބުނު ޚަބަރު ކިހާދެރަ” ޒިލާލްމެން ކައިވެނި ކުރާވާހަކަ އަޑު އިވުމުން އަހަރެންވެސް ނުހަނު އުފާވިއެވެ.
“އެހެންތަ؟ ކޮންގްރާ ދެ ކުދިން…ވަރަށް އުފާވެއްޖެ.. ތި ކައިވެނީގެ ވަލީމާގަ ބައިވެރި ނުވެ އަހަރެން ނުދާނެ އެއްނު” އަހަރެން އެ ދެމީހުންނަށް މަރުހަބާކީމެވެ. އަހަރެންނަށް އައްޑޫއަށް ދެވޭނީ ހުންނާނެ ތަނެއްވެސް ހޯދައިގެންނެވެ. އަނެއްކޮޅުން ޒިލާލްމެންގެ ކައިވެނީގެ ފަހުން ދިޔުމުން އެމީހުންވެސް ކުޑަކޮށް ހަމަޖެހޭނޭކަމުގައި ޤަބޫލު ކުރެވުނެވެ. އަހަރެމެން ދެއްކި އެއްވެސް ވާހަކައެއްގައި ބައިވެރިނުވެ މަޑުމަޑުން ޒިވިއަލް ކަމުންގެންދިޔައެވެ. އެހިތަށް އަރައި ފައިބަމުންދިޔަ އިހްސާސްތަކުގެ ކުޑަވެސް މިންވަރެއް އަހަރެމެން އެއްވެސް މީހަކަށް ނޭނގެއެވެ.
އެރޭ ދަންވަރު އަހަރެން ޒިވީއަށް އަށް ގާތުންދޭން އިންއިރު ސިޓިން ރޫމްގައި މީހަކު އުޅޭހެން ހީވިއެވެ. ނަމަވެސް އެކަމާއި މާބޮޑު ސަމާލުކަމެއް ނުދީ އިންދައި ފޯނަށް އައީ މެސެޖެކެވެ.
“އާޔޫ އެވޭކް؟ ކޭން ވީ ޓޯކް” އަހަރެން އެމެސެޖަށް ރިޕްލައިކޮށްލީ މިނެޓެއް ދިނުމަށެވެ. އަދި ޒިވާ ނަގާ ވައިލެއްވުމަށްފަހު ލައިގެންހުރި ސޯޓުބާލާ ހަރުވާޅެއް ލައިގެން ދޮރުހުޅުވާލާ ބޭރު ބަލާލީމެވެ. ޒިވިއަލް ސޯފާގައި ފޯނާ ކުޅެން އިނެވެ.
” ކޭން ވީ ޓޯކް އިންދަ ރޫމް ޕްލީޒް” އަހަރެން ފެނުމާއިއެކު ޒިވިއަލް އަހަރެންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަހަރެމެން އެކަހިކޮށް ތިއްބައި ޒިލާލްއަށް ފެނިދާނެތީ ކަންނޭނގެއެވެ. ނޫނީ ސިޓިން ރޫމްގައި ދައްކާ ވާހަކަ ކޮޓަރިއަށް އަޑު އިވިދާނެތީ ކަންނޭނގެއެވެ. އަހަރެން ދޮރު ހުޅުވާލާ ޒިވިއަލް ވަނުމަށް ތަން ދެއްކީމެވެ. ޒިވިއަލް ގޮސް އަހަރެން ކޮނޑުގައި ހިފާ އެނދުމަތީބޭން ދުމަށްފަހު އަހަރެން ކައިރީ އިށީނެވެ.
“ކީއްވެ ކުއްލިއަކަށް އައްޑޫއަށް ދާން ތި ނިންމީ؟ އެއްކަލަ އިންސިޑެންޓާއި ހެދިތަ؟”
“ނޫން.. އެކަން ހަނދާން ނައްތާލައިފީމޭ ބުނީމެއްނު. އެކަން އެހެންވީ އަހަރެންގެވެސް ކުށުންނޭ! އެހެން ނޫނަސް ދެޓްސް ނޮޓް އަ ބިގް ޑީލް. މާ ބޮޑުކަމެއް ވީކީވެސް ނޫނެއްނު” އަހަރެން އިސްޖަހައިގެން އިނދެ ވާހަކަދެއްކީމެވެ. ޒިވިއަލްއާއި ހަތަރުކަޅިހަމަކުރަން އުނދަގޫވީމައެވެ.
“ދެން ކީއްވެ؟ އަހަރެން ރެންޓު ނުނަގާތީތަ؟ އިފް ޔޫ ވޯންޓް ރެންޓްވެސް ނަގާފާނަމޭ! އީމް އަހަރެމެންގެއަށް ބަދަލު ވާން ބޭނުންނުވަންޏާ މިތަނުގެ މުއްދަތުވެސް އިތުރުކޮށްފާނަން!” އަހަރެންނާއިއެކު އެކަނިވާ ވަގުތުތަކުގައި ޒިވިއަލް އަހަރެންނަށް އީމް ގެ ނަމުން މުޚާތަބުކުރާއިރު އުފާވެރިކަމެއް ހިތަށް ވެރިވެއެވެ.
“ނޫން ޒިވިއަލް! މިހާރުވެސް ޓޫ މަޗް އަސްލު! އިތުރަށް އިހްސާންތެރި ނުވޭ! ޒިވިއަލް ވެސް އަހަރެންނަށް ހެޔޮ އެދެންޔާ އަހަރެންގެ މި ނިންމުން ބަލަގަނޭ! މިއީ އަހަރެންގެ ހިތާ ސިކުނޑިއަށް ލުޔެއް ހޯދުމަށާއި ކުޑަ ކުޑަ ޒިވާއަށްޓަކައި ނަގާ ފިޔަވަޅެއް!” އަހަރެން ދެންވެސް އިނީ އިސްޖަހައިގެންނެވެ.
“ދެޓް ޑަޒަންޓް އެކްސްޕްލެއިން އެނީތިން އީމް!” ޒިވިއަލްގެ އަޑުގައިވީ ހިތާމަކަން ފުރަތަމަ ފަހަރަށް އަހަރެންނަށް އިހްސާސްކުރެވުނެވެ.
” ޓްރުތް މޭ ހާޓް” ބައެއް ފަހަރު ތެދަކީ ވަރަށް ވޭންހުރިއެއްޗެއްކަން ޒިވިއަލްއަށް ހަނދާންކޮށްދިނީމެވެ!
” އަހަރެން އީމް ދެކެ ލޯބިވެޔޭ ބުނީމަ ދޯ އަސްލު؟ އަހަރެން ކައިރީ މަޑު ކުރަން އެއްބަސްވޭ! ދުވަހަކުވެސް އީމް ދެކެ ލޯބިވެއެކޭ ނުބުނާން” ޒިވިއަލްގެ އެ އާދޭސްތައް އަޑު އަހަން އަހަރެންނަށް ކެތްކުރެވެނީ ކިރިއަ ކިރިއާއެވެ. އެކަމަކު އަހަރެން މި ނިންމުން ނިންމީ ޒިވިއަލްއަށްވެސް ހެޔޮ އެދޭތީއެވެ.
“ޒިވިއަލް! މައްސަލަ ގަނޑެއްގެތެރެއަށް ނުވަދެ ޝިޒާން ކައިރިން ސަލާމަތްވާން އަހަރެންނަށް ފެނުނީ މިގޮތް. ޝިޒާން އަހަރެންނާ ދިމާއަށް އެބަ ބުނޭ އަދިވެސް ބޭނުމޭ! އެހެންވީމަ އޭނައާއި އެއް ފަސްގަނޑެއްގަ ހުރެގެން އަހަރެންނަށް އެކަމުން ސަލާމަތެއް ނުވާނެ! އެއްގޮތް ނެތީއާ އަނެއްގޮތް ހޯދާނެ! ޝިޒާން އެއީ ވަރަށް ބޯހަރު މީހެއް. ނުވިތާކަށް ތީ އަހަރެން ވަރަށް އިހްތިރާމް ކުރާ މީހެއް! އަހަރެން ވަރަށް ދެރަވޭ އަހަރެންނަށްޓަކައި ތިހެން ހުންނާތީ! ޒިވިއަލްއާއި އަހަރެންނާ ދުވަހަކުވެސް ގުޅެވޭނެހެން ހިއެއްނުވޭ! ދައްތައާއި ބޭބެ އެހާ ހެޔޮ އިރު އެމީހުންނަށް ދެރައެއްދޭން އަހަރެންނަކަށް ނުކެރޭނެ! އެ މީހުން ހިތްހަމަ ނުޖެހޭ ކުޑަނަމަވެސް ކަމެއް ކުރުމަކީ އަހަރެން ކުރާނޭކަމެއް ނޫން! ދެން ޒިވާ! އަހަރެން ޒިވާ ބަލައި ބޮޑުކުރަން ބޭނުމީ ދިރިއުޅުން ދަސްކޮށްދީގެން! މިތާ ތިމީހުން ކައިރީ އުމުރު ހޭދައެއް ނުކުރެވޭނެ! ޒިވާ ބޮޑުވަމުން އަންނައިރު ތި މީހުންނާ މާ ބޮޑަށް އެޓޭޗް ވެއްޖެއްޔާ ތި މީހުންނާ އަހަރެން ދުރަށް ދާން ޖެހޭ ދުވަހަކުން އެ ކުއްޖާގެ ހިތް ފުނޑު ފުނޑުވާނެ! މި ހުރިހާކަމަކަށް ވިސްނާފަ އަހަރެން މި ނިންމުން ނިންމީ!” އަހަރެން ވާހަކަ ދައްކަމުން ދިޔައީ ޒިވިއަލްގެ އަތުގައި ހިފަހައްޓައިގެން އިނދެއެވެ.
” އީމް އަހަރެންދެކެ ކުޑަކޮށްވެސް ލޯބި ވޭތަ؟” ޒިވިއަލްގެ އެ ސުވާލުން އަހަރެން ހުއްޓުންއެރިއެވެ. “ލޯބި” އެއީ ކޯންޗެއްކަން އަހަރެންނަށްވެސް މިހާރު އޮޅިއްޖެއެވެ.ލޯބިވާކަމެއް ނޭނގެއެވެ. ނަމަވެސް… ޒިވިއަލް ތިޔަ ދެމުންދާ ލޯބިން އަހަރެންނަށް ރައްކާތެރިކަން އިހްސާސްކުރެވެއެވެ. ރުންކުރުކޮށް އަމުރުކޮށްލާއިރު އުފާވެއެވެ.ޒިވާ ގޮވައިން އުޅޭގޮތް ފެނުމުން ހިތަށް ފިނިކަން ލިބެއެވެ. މަދުން ވިޔަސް މިހެން އެކަނި ހޭދަވާ ވަގުތުކޮޅުތައް ހިތުގެ ތެރޭގައި ބިންވަޅު ނެގެއެވެ. ދެ މީހުންގެ ދެމެދުގައި ހިނގާ ކުދި ކުދި ” އިޝާރާތް” ތަކާއި ގަޔާވެވެއެވެ.އައްޑޫއަށް ދިޔުމުން ޒިވިއަލް ނުފެންނާނެތީ އިންތިހާ ދެރަވެއެވެ….. އެކަމަކު މީގެން އެއްވެސް ވާހަކައެއް ޒިވިއަލް ކައިރީ ބުނާނީ ކިހިނެއް ހެއްޔެވެ…އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް އަހަރެންވާން ވާނޭ ހެއްޔެވެ. ޝިޒާން އާއި ކައިވެނިކުރުމުން އެ އާއިލާއަށް ކުރިމަތިވި މަލާމާތާއި ހަމަ ޒިވިއަލްގެ އާއިލާއިންވެސް ކުރިމަތިލާން ޖެހޭނޭ ނޫންހެއްޔެވެ. ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ ބައްޕައަކީ ކާކުކަން ފަޅާއަރާ ހިސާބަކަށް ގޮސްފިނަމަ، މުޅި އާއިލާތެރެއަށް ނަގޫ ރޯޅިއެއް ފައިބާ އެތައް ދިރިއުޅުމެއް، އެތައް ގުޅުމެއް ސުންނާފަތި ވުމުގެ ފުރުޞަތުވެސް އެބައޮތެވެ. ދެން އޮތީ ޒިވިއަލް އާއި ދުރަށްދާން ޖެހުމުން އަހަރެންގެ ހިތުގައި އަޅާވޭނުގެ ވާހަކައެވެ.އެކަމުންވެސް ދުވަސްކޮޅަކުން އަރައިގަނެވޭނޭކަމުގައި އުންމީދު ކުރެވުނެވެ. އަހަރެން ގެ ހަޔާތުގައި ފުރަތަމަ ލޯތްބަކީ ޝިޒާންއެވެ. އަހަރެންގެ ޖިސްމުން އުފާ ލިބިގަތުމުގެ ފުރުޞަތު ލިބުނު ހަމައެކަނި ފިރިހެނަކީވެސް އެއީއެވެ. އެކަމަކު މިހާރު ޝިޒާންއަށްޓަކައި އަހަރެންގެ ހިތުގައި އެއްވެސް އިހްސާސެއް ނުވެއެވެ. އެހެންވީމާ ޒިވިއަލް މަތިން ހަނދާން ނައްތާލުން އަދި މާފަސޭހަ ވާނެތާއެވެ.އަހަރެންގެ ސިކުނޑީގެ މައްޗަށް ހިތުގެ އަޑު ގަދަކުރުވަމުން ދިޔައެވެ.
” އަދި ވަރިކުރި ފަހުން އަހަރެއް ނުވޭ! އެ ހިތިރަހަ އަރުބުޑުން ފިލައިގެން ނުދޭ! ކިހިނެއް އެހެން …….” އަހަރެންގެ ހިތުގެ އަޑުގެ މައްޗަށް ސިކުނޑި އިސްކުރީމެވެ. ނަމަވެސް އެ އަޑު ކަނޑުވާލަން ޖެހުނު އުނދަގޫކަމާއިއެކު ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ.
“އީމް ރޮއްވާލަން ބުނިއެއްޗެއް ނޫން އެއީ! އީމްގެ ގާތްކަން އަހަރެންނަށް ގޯސްކޮށް މާނަ ކުރެވުނީ! ބޭބީ އަށް ޒިވާ ކީމަ އަހަރެން ހީކުރީ އަހަރެންނާވެސް ގުޅުވާފަކަމަށް! ސޮރީ އީމް! އަހަރެން އީމްގެ ނިންމުމަށް އިހްތިރާމް ކުރާނަން! އަހަރެންނާ ދޭތެރޭ ނުވިސްނައްޗޭ! އީމް ބޭނުންވަނީ އަހަރެން ދިރިއުޅުމެއް ފެށުންކަމުގައި ވާނަމަ އެކަންވެސް އަހަރެންކޮށްފާނަން… ތިކަހަލަ އީމްއެއް ލިބޭތޯ އަހަރެން ހޯދާނަން! ލިބޭ އިރަށް އިންނާނަން އެނގޭ! ” ޒިވިއަލް ކިތަންމެ ސިއްރުކުރަން އުޅުނަސް އެއަޑުގައި ވި ރިހުން އަހަރެންނަށް ފޮރުވޭނޭ ހެއްޔެވެ.
” އެހީމެއްނު ކްލޯސް ފްރޭންޑެއް ގެ ގޮތުގަ ހުރެދޭނަންތޯ؟ އެކަމަށް ޖަވާބެއް ދޭންވެސް ބޭނުން! ޒިވިއަލްތީ މިވަގުތު އަހަރެންގެ ގިނަ ސިއްރުތައް އެނގޭ މީހާ! ސޯ ޔެސް! ލެޓްސް ސްޓޭ އޭޒް ފްރެންޑްސް ދޯ!” އަހަރެން ލޯ ފޮހެލަމުން ހީލީ ހިތުގައިވި ވޭންތައް އެއްފަރާތްކުރަމުންނެވެ. އިނގިރޭސި މުހާވަރާއެއްގައި އޮވެއެވެ. ” ޓައިމް ހީލްސް އެވްރީތިން”. އެއީ ތެދަކަށްވާނަމަ އަހަރެން މާލެއިން ދިޔުމުން މަޑުމަޑުން ޒިވިއަލް މަތިން ހަނދާން ނައްތާލެވިދާނެ ކަންނޭނގެއެވެ.
” އެހެންވިއްޔާ އޭޒް އަ ކްލޯސް ފްރެންޑް، ދެ ކަމެއް އެދެން ބޭނުން” އަހަރެންނަށް ޒިވިއަލްއާއި ދިމާއަށް ބަލާލެވުނީ ޒިވިއަލް ކިޔަން އެއުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭތީއެވެ.
“ކިއާބަލަ”
” ފުރަތަމަކަމަކަށް، އެކޮޅުން ގެއެއް ހޯދާ އީމް ދާންވާއިރަށް އެތަން ރެޑީކުރުމުގެ މަސައްކަތް ކުރާނީ އަހަރެން… ޑޯންޓް ވޮރީ.. އީމްއަށް ރެންޓް ދެއްކޭވަރުތަނެއް ނަގާނީ….” ޒިވިއަލްގެ ފުރަތަމަ ހުށަހެޅުމަށް އެންމެ ރަނގަޅު ކަމުގައި އަހަރެން ބުނީ އިތުރަށް އަނެއްކާވެސް ކޯޅެން ބޭނުން ނުވާތީއެވެ.
” ދެވަނަ ކަމަކަށް، ކިރިޔާވެސް ކަމަކަށް ބޭނުންވިޔަ ދެރަވިޔަސް ބޮޑު ކަމެއް ދިމާވިއަސް އަހަރެންނަށް ގުޅާތި! އައިވިލް ބީ ޖަސްޓް އަ ކޯލް އަވޭ! އެންމެ އަވަހަށް ފުރާ ފްލައިޓެއްގަ ދާނަން އީމް ކައިރިއަށް” އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ޒިވިއަލްއެވެ.
“ޒިލާލްވެސް ގޮވައިގެން ޓުދަ ރެސްކިޔު” ޒިވިއަލްއަށް ސަމާސާކުރަން އެނގޭކަންވެސް އަހަރެންނަށް އެރޭ އެނގުނެވެ.
“އޯކޭ އެކަމަކު އަބަދު އައްޑޫއަށް އަންނަން ނަހަދައްޗޭ!” އަހަރެންނަށް އެހެން ބުނެވުނުއިރު ޒިވިއަލް ނުކުންނަން ދޮރުތަޅުގައި ހިފީއެވެ.
“އީމް އަންނާށޭ ބުނަދެން ނުދާނަން” ފަސް އެނބުރި އެހެން ބުނެލިއިރު ޒިވިއަލްގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އެ ދޮލުލުން ފާޅުވަނީ ހިތާމައެވެ. އަހަރެން އަނެއް ފަރާތަށް އެނބުރުނީ ޒިވިއަލްގެ ހާލަތަށް ހަމްދަރުދީވެ އަހަރެންގެ ނިންމުން ބަދަލު ކުރެވިދާނެތީއެވެ. އަހަރެން މި ޤުރުބާނީ ވާން ނިންމީ ހުރިހާ އެންމެންނާއި ދޭތެރޭވެސް ވިސްނާފައެވެ.
އަހަރެން އައްޑޫއަށް ފުރާކަން އެންގުމުން އެކަމާ ޚަދީޖައްތަވެސް ހުރިހާ އިންތިހާ ދެރަވެފައެވެ. ޒިވާ ދެކެ ޚަދީޖައްތަވަނީ މާމަ ދަރިއަކު ދެކެވާ ލޯތްބެވެ.
” ދަރިފުޅު އައްޑޫއަށް ދާންވާނީ ޒިލާލްމެން ކައިވެނި ނިމުނީމަ. ސަމީރުބެއާއި ދައްތައާވެސް ދެ ދުވަހަކަށް އައްޑުއަށް ގޮސްލަން ވިސްނައިގެން މިތިބީ. އޭރުން ޒިވާ ގޮވައިގެން ދާން ވެސް ފަސޭހަ ވާނެއެއްނު.” ޚަދީޖައްތަ އެ ބުނީވެސް ތެދެކެވެ. ޒިވާ ގޮވައިން ފޮށިތަންމަތި ހިފައިގެން އެއާޕޯޓުގައި އުޅުންވާނީ ދަތިކަމަކަށެވެ. ދައްތަމެންނާއިއެކު ދެވިއްޖެނަމަ ދާންވެސް ފަސޭހަވާނެއެވެ.
އަހަރެން އައްޑޫއަށް ދާން ނިންމި ނިންމުމުން އެންމެންގެ ހިތްތަކަށް ލިބުނު ހިތްދަތިކަން މަޑުމަޑުން ފިލަން ފެށީ ޒިލާލްގެ ކައިވެނީގެ ކަންކަން ފެށިގެން ދިޔުމުންނެވެ.ޝިފާއަކީ ދެމަފިރިއެއްގެ ހުރި ތިންދަރިންގެ ތެރެއިން އެންމެ ހަގު އަދި ހަމައެކަނި ހުރި އަންހެން ކުއްޖާއެވެ. އެއާއިލާއަކީ މާ ބޮޑު އާއިލާއެއް ނޫނެވެ. އަދި ކިއެއްތަ ޝިފާއަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ މާލޭގައި ކުއްޔަށް ދިރިއުޅޭ ކުއްޖެކެވެ. ޝިފާގެ އެއްބޭބެއަކީ ލޯޔަރެކެވެ.އަނެއް ބޭބެއަކީ ޔުނިވަރސިޓީއެއްގެ ލެކްޗަރަރއެކެވެ. އެއާއިލާއަކީ މާ ބޮޑު އާއިލާއަކަށްވެސް ނުވުމާއިއެކު ކައިވެނީގެ ކަންކަން ހަމަޖައްސަމުން ދިޔައީ ދެ އާއިލާއެކީގައެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އެމީހުންނާއި އެއްވަރަށް އަހަރެން ބައިވެރިކުރަމުން ދިޔައެވެ. ކައިވެނި ޕާޓީއަށް ހުރިހާ އެންމެން އެއްކުލައަކުން ހެދުން ފެހި އިރު ކުޑަކުޑަ ޒިވާއަށް ވެސް ހުދުކުލައިގެ ޝިފާގެ ވެޑިން ޑްރެސް އާއި އެއްކަހަލަ ހެދުމެއް ފެހިއެވެ. މި ދުވަސްވަރު ޒިލާލްގެ ދުރުތާ ތިމާގެ ވަރަށް ގިނަ މީހުންނާއިވެސް ބައްދަލު ވިއެވެ.
ވިލިނގިލީގައި ހުންނަ ޒިވިއަލްމެންގެ އަސްލު ގެއަށް އަހަރެން އަލަށް ދިޔައީ ޝިފާ ކައިވެނީގެ ރަންކީ ދުވަހުއެވެ. ގޭތެރޭގައި ކުލަ ބޮކި ދިއްލާ ޒީނަތް ތެރިކުރުމުގެ ބަދަލުގައި ގޭތެރެއިން ފެނިގެން ދިޔައީ ސާދާކަމެވެ.ކިތަންމެ ފުދުންތެރިނަމަވެސް ދެއްކުންތެރިކަމެއް ނެތެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އެ ބޮޑު ގޭގެ ދެ ވަނަ ފަންގިފިލާ ޢިމާރާތްކޮށްފައިވަނީ 4 ކޮޓަރިންވެސް ޓެރަސް އަށް ނުކުމެވޭހެންނެވެ. އަދި ތިރީ ބައިގައި 2 ކޮޓަރި ހުރި އިރު ތަނަވަސް ބޮޑު ސިޓިން ރޫމަކާއި ބަދިގެއެއް ހަދާފައި ހުއްޓެވެ. ޢިމާރާތްކޮށްފައިވާ ބައިގެ އިތުރުންވެސް ގޭގެ ޖާގަބޮޑުކަމުން އެއީ އެންމެ ގޯއްޗެއް ނޫންކަން އެނގެއެވެ. ހީވާގޮތުން އެއީ ޖެހިޖެހިގެން އޮތް ދެ ގޯތި އެއްކޮށްލާފައެވެ. މައި ޢިމާރާތުން ބޭރުގައި، ގޯތިތެރޭގައި އެކި ކަހަލަ ގަސްތައް ހައްދާފައި ހުއްޓެވެ. އަނބާއި ޖަނބުރޯލެވެ.އަތަޔާއި ފޭރެވެ. މި ނޫނަސް އެތައްވައްތަރެއްގެ މާ އަޅާ ގަސްތަކެވެ. ގަސްގަހުގައި އެލުވާލާފައި ހުރި އުނދޯލިތަކާއި، ބަހައްޓާފައިހުރި ޖޯލިފަތިތަކުން އެތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެގޭތެރެއަށް ވަދެވުމަށްފަހު މި އުޅެވެނީ މާލޭ ސަރަހައްދުގައިކަން ހަނދާނުން ފިލައިގެން ދެއެވެ. އެހާވެސް ހިތްގައިމެވެ.
” ބޭބެ ކީއްވެ މާލޭން ބިމެއް ނުހޯދީ؟ ނުލާހިކު ފަސޭހަ ވާނެ އެއްނު އޭރުން” އަހަރެން އެ ސުވާލު ޚަދީޖައްތައާއި ކޮށްލީ ޒިވާ ނެޕީ ބަދަލުކޮށްދޭން ދައްތަ އިންގަޑީގައި ކައިރީގައި އިނދެއެވެ.
“ސަމީރުއަކީ ވަރަށް އާދައިގެ އުޅުމަށް ލޯބި ކުރާމީހެއް! މާލޭގަ ދުއްވާ އެއްޗެހީގެ އަޑު އެހާގަދަ އަނެއްކާ އެއްވެސް ހިތް ފަސޭހަ ކަމެއް ނުވޭ! އެހެންވެ މާލެ ބަދަލުވާން ނުވިސްނީ..”
ޒިލާލްއާއި ޝިފާގެ ރަންކިޔުމުގެ ހަފްލާ ކުރިއަށް ގެންދިޔައީ ހަމައެކަނި އެއްބަނޑު ކުދިންނާއި ދެ ހެކިވެރިންނާއިއެކުގައެވެ. ރަންކިޔުމުގެ ހަފްލާ ނިމުމުން ރޭގަނޑުގެ ކެއުމެއް ތައްޔާރުކޮށްފައި ހުއްޓެވެ. އަހަރެން އެގެއަށް ދިޔައީ އެރޭ މަޑުކުރާގޮތަށެވެ. ހުރިހާ އެންމެންގެވެސް އެދުމުގެ މަތީންނެވެ. ރަންކިޔުމުގެ ކަންކަން ނިމޭއިރު ލަސްވާނެތީ، އެގަޑީ ޒިވާ ގޮވައިން ކަނޑު ދަތުރެއްކޮށްފައި ދިޔުމަށް ޚަދީޖައްތަވެސް ސަމީރުބެވެސް ދެކޮޅުވީމައެވެ. މާ ބޮޑަށް އަހަރެން އެކަމާއި ނުހިފައި އެއްބަސްވީ، އަހަރެން ފުރުމުގެ ދުވަސްވެސް ކައިރިވަމުން އަންނާތީ އެ މީހުންވެސް ހިތްހަމަ ޖައްސައިދިނުމުގެ ބޭނުމުގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.


Finally nerefi esfiya in………varah reethi ❤️
Finally up vehje
Kiyaalafa cmnt eh kollaanan
Alheyyyy…. Neyngifa mi iny vhk up vikan ehenehnnu vaany reethi pic ehvihyya ❤️
Alhey haadha reehchey mi Bai vx… Maasha Allah….❤️❤️❤️ curiously waiting for the next part… Much loves ❤️❤️❤️
nice ingey when next part
finally 22 is also out
vrh reethi mibai ves.
when 23 nukunnaany curiously waiting
Varha reeti mi part ves zivial thaatheey fahathun
I am so sad about eem addu a thaatheey
I am so sad 😢😭
mi part ves ehn part thake key eh gothah varah reethi
when next part someoOne
keep it up
huaaa zivial ulhey gotheh
keep it up
madhamaa story kiyaaalan libeyne dhw
hieh nuvey zoeb.
adhi Someone up kuriyas site admin eh up kuraneeky eh nooney
sunday 18:00 kah haairu kiyan libeyne kamah mi balany
hieh nuvey Zoeb.
balaa sunday 18:00 kah haairu kiyaalan libeyvaru vaane
kameh because ginain up kurany evening ga mi vhk and
someone submit kuriyas esfiya admin submit kurymathaa
vaany.
hithah araa fahe esfiya meehun comments ves balai nulany baaeyy
hey guys. sorry for the late replies. we do check comments.. also Author submit kohfa maximum 24 hours therey approve kuraane team in. Max 24 hours ingey. mostly e ah hure fast vaane.
Masha allah
What a beautiful story!!!!!!!
Eem what are u going to do?
I dont think itsa good decision to take!
Anddd Eems dont heart zivial too much!!
He really luvs uu a lott!!!!!
Evennn shizaan!! are u crazy????
U don’t deserve her anymore
Hope everything will goes well!
Waiting for the next part <33
Thanks guys❤️
I will submit latest by 12 on Sunday إن شاء الله !
Insha allah
Curiously waiting
Yeah waiting for Sunday
mihaaru in cover balaalaafa heevanee zivial eem life in ehkon dhurah dhaan jehenee hen
Zeal thihen nubuney… SomeOne eem aaa zivial dhurunukurahchey 😩
mihaaru in cover balaalaafa heevanee zivial eem life in ehkon dhurah dhaan jehenee hen
mi part ves varah reethi
mi vaahakaige komme part ves kiyaneee varah kiyaa hithun
komme part ehves kiyaa nihmaafa hithah araa dhen kihineh baa ey vaanee
same
I don’t know how many times I have read each and every episode of this story 😩😍
Same 😩❤️
alheyyy nooon…zivial aa eem dhuru nukureyy.. addu ah fonuvius ok… addu ah ais zivial aa dhuru veema eem ah eyna loabivaakan engeyne ihusaas vedhaane kan neyge…but still it hurts heevani ekkoh vaki vani hen dhemeehun…and ma dhaanan eem recieve kuran addu airport ah …heheheheh
I’m literally crying. Alhe eem fonuvaa nulahcheyy 😩
As always vaahaka hama vrh reethi masha allah.💗
Dhn vaane gothakah vrh inthizaaru kurevey.
Masha’Allah mi part ves vvv reethi… Dhn vaane gothakaa medhu vv curious… Waiting for the next part… <3
Today is sunday
Konirakun up vaany next episode
Keihtherikamaaeku inthizaaru kuran
Avahah up kohdhehchey inthizaaru ge nimumah
Adhives vaahaka up eh nuvey someone……???
Hey guys! sorry! adhi miulheny submit nukurevigen… an exhausting day! ehenve ehen bunelan miaeeves.. ekam IA haveeru vaan vaairah submit kohllanan.. and will let you know! sorry!!!
and love you all!
mi mihaaru emme gina meehunge support libey vaahaka…. miadhu my mom ves ggulhaafa buni dharifulhaa ey eeman aa zivial ge vaahaka up veetho balaadheebalashey…i was shocked even she read this story… vaahaka hama vara reethi varah kiyaa hithun inthizaaru kurevey
Yeaaah aslu vx Mee mihaaru mi site ga enme gina mhhunge support libey vhka Aslu bunaa dhuvahah gavaidun vhaka genesdenyaa kiyuntherin bodah kiyaahih vaane ig ehen kanneynge evany
Waitinggg
iru irukolhaa site ah vadhevey eba.
miee mihaa thanah kiyunu enme reethi story.
When is next part
when next part
esfiya ga hunna ehn vaahaka eh kiyaa hitheh nuvey
and eygen vaahaka eh open kohlaafa ves story reethi thw balaahiy ves nuvey
waitinn for next part
Sameeeeeee…. N Mee adhi enmme Gina kudhin ge support libun vhk aky vx… Dhn someOne vx avahah vhk upload kohdhyba 😇
SomeOneeeeeeeeeeeeee
adhi ves upload eh nuvey
mi vaahaka kiyaalan haadha inthizaareh kuran jehe ey
YH MI VAAHAKA AH VARAH ITHIZAARU KURAN JEHEY EKAM MI VAAHAKA EKAANI EY KIYAA HIY VAA GOTHAKAH GENNANEE VES
Kobba story inthizaaru nkureveene
Alhe someone ves ehn kudhin hadhaa gothah vaahaka medhu kandaali tha? Mihaaru vaahaka ah inthizaaru kurevunu adhadhu ves neyge😕
And someone vaahaka nereba pls…………… varah inthizaaru kurevey vaahaka ah
SomeOne alhe heyonuvaane… Kudhinge bunaabunumah beeru kanfaih dheny Dhw 😦
Someone fileebaa?
Neynge Dhw… Habareh vx nevey vihyya
Dhen mihaaru reply vx dheyn vehjen
Foohi vaan fashaifi mihaaru dhen javaabeh nulibi maa gina iru mivany
Aaan keehthavy 24 gadi iru mihaaru vehje habareh dhabreh nuvaaathaa
Gaimu buney gavaaidhun comments thah kiyamey… Comments thah kiyaakamah vannyyaa reply dheynjeheyne Dhw at least…. Anonymous thi buny rangalhah mihaaru foohi vx vaan fashaafi
@weknow aslu vx
Ehen viyas alhugandu men jeheyne kehtherikamaa eku inthizaaru kuran maybe someone ah vrh muhinmu or bodu kameh kuran jehuny kamah vx vedhaane dhen hunnaaanethaa amilla dhiri ulhumuga kuranjehey kanthahthah vx alhugandu mi balany someone ah vee enme avahakah konme vx kahala habareh dheyne kamah cuzz someone aky vrh bunaa bahuga ithubaaru hunna liyuntherieh, kameh vaaany bunefa eh noon
Kohbaa tha aneh part someone next part avahah neribala dhww
@anonymous thi buny rangalhu vhk eh….jeheyne Keihtherikamaaeku madu kuran…. SomeOne bunnyyehnnu Kameh dhimaavegen ulhey vhk…. Dhn e ve dhaane Kiyuntherinnah suprise akah 23 n 24 genesdheyn Kamah vx ❤️🙂
Haha your expectations are too high 😭
Lol… Just for fun I said 😂😂
I will upload. Varha minimum kame dhimaavegen miulenee when eema story upload kureveetho balaana
Insha Allah ❤️♥️
Salaam readers, “SomeOne” wants me to tell you guys that she did not vanish. she is having some difficulties in accessing the site. but Insha Allah will upload the story tonight.
Insha Allah I will upload story tonight. kuntherin ge faraathun maafan eden
Mi vaahaka upload nuvee mi saith varha bodu kame dhimaavegen uleethee.