Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (އަށުތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 17, 2015 8 Mins Read
48 Comments

“ބައްޕާ….ބައްޕާ. ބައްޕާ!” އަފްރީން ބާރުވަމުން ދިޔަ އަޑަކުން ބައްޕައަށް ގޮވަމުން ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ދޮރުގައި އެއްއަތުން ތަޅަން ފެށިއެވެ. ބޭރުގައި ހުރި ޝަރީފަށް އެ އަޑު އިވުމުން އޭނަ ވަގުތުން އެ ދިމާލަށް ދިޔައެވެ. ދޮރާއި ހަމަވެ ތަޅު އަނބުރާލަން އުޅުނު ވަގުތު ތަޅުގައި އެޅުވިފައި އޮތް “ޑޫ ނޮޓް ޑިސްޓާބް” ގެ ނިޝާން ފެނިފައި ޝަރީފްގެ ނިތަށް ރޫގިނަވިއެވެ. ސިކުނޑިއަށް ގޯސް ޚިޔާލުތަކެއް ވެރިވިއެއްކަމަކު ފަހުން ހިތަށް އެރީ މިއީ އަފްރީންމެންގެ މަސައްކަތަށް ހުރަސް އެޅިދާނެތީ އަޅުވާފައި އޮތް ނިޝާނެއް ކަމަށެވެ. ޝަރީފް ތަޅު އަނބުރާލަމުން ދޮރު ހުޅުވާލިތަނާހެން އަފްރީން ވައިއަޑުން ބައްޕާއޭ ކިޔައި ޝަރީފްގެ ގައިގައި އޮޅުލައިގަތެވެ. އަފްރީންގެ ދެއަތް ފިނިވެފައިވި ގޮތުން އޭނަ ބިރުގެންފައިވިކަން ޝަރީފަށް އެނގުނެވެ. މިތާނގައި ބަންދުވީ ކިހިނެއްތޯ ޝަރީފް ސުވާލުކުރަން އުޅުނު ވަގުތު ބިންމަތިން ތެދުވެލީ މިޞްބާޙް ޝަރީފަށް ފެނުނެވެ. މިޞްބާޙް ކޮޓަރީގެ ދޮރާއި ދިމާލަށް އެނބުރިލީ ވަގުތު ޝަރީފްގެ މޫނުމައްޗަށް އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަން ވެރިވިއެވެ. ޝަރީފްގެ ސިކުނޑި ވަގުތުން ކަންތައްވީ ގޮތް އަމިއްލަ އަމިއްލައަށް ނިންމައިފިއެވެ. އޭނަ އަފްރީން ގަޔާއި ދުރުކޮށްލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް މިޞްބާޙްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. މިޞްބާޙް ޝަރީފަށް ބަލާލީތަނާހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. ލިބުނު ޝޮކާއެކީ މިޞްބާޙް އޭނަގެ ކޯތާފަތްމަތީ އެއްއަތް އަޅައި ދެލޯ ބޮޑުކޮށްގެން ހުރެ ޝަރީފަށް ބަލާލިއެވެ.

 

“ކަލޭދޯ މަގޭ ދަރިފުޅު މިތަނަށް ގެނެސް ތަޅުލީ؟” ޝަރީފް ރުޅިވެރިކަމާއެކީ ހަރުއަޑުން ސުވާލު ކުރިއެވެ. ޝަރީފްގެ އަޑުގަދަ ކަމުން ޖެހިގެން ހުރި ކޮޓަރީގައި ތިބި ފަލަކްމެނަށް ވެސް އެ އަޑު އިވުނެވެ. ކަންތައް ވަރަށް ގޯސްވެއްޖެކަން އެނގި އެމީހުން ރަނގަޅަށް އަޑު އެހުމަށްޓަކައި ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލަމުން އެކޮޅުން ދެކެވޭ ވާހަކައެއް އަޑު އިވޭތޯ މަސައްކަތް ކުރިއެވެ.

 

“އަޅުގަނޑު ނޫން ތަޅުލީ. އަޅުގަނޑުވެސް ކޮޓަރިއަށް ވަތްފަހުން ތަޅުލެވުނީ.” މިޞްބާޙް އާދައިގެ އަޑަކުން ސާބިތުކަމާއެކީ ޝަރީފަށް ބަލަންހުރެ ބުނެލިއެވެ.

 

“އެއީ ތެދެއްތަ އަފޫ؟” ޝަރީފް އަފްރީނާއި ދިމާލަށް އެނބުރިލަމުން ސުވާލު ކުރިއެވެ. އެވަގުތު މިޞްބާޙަށް ވެސް އޭގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.

 

“ލައްބަ ބައްޕާ. އެކަމަކު މީނައަކީ އެ ދޮރު ތަޅުލި މީހުންގެ ބައިވެރިއެއް.” އަފްރީން ނުރުހުންތެރިކަމުން ފުރިފައިވާ ހިތަކާއެކީ މާ ބޮޑު ވިސްނުމެއްނެތި ބުނެލިއެވެ. އޭނަ ދުވަހަކުވެސް މީހަކާމެދު މިގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ވާހަކަ ދެކެވުނު ގޮތާއިމެދު ފުރަތަމަ ސިކުންތުގައި ހިތާމަ ކުރެވުނެއްކަމަކު ދެވަނަ ސިކުންތުގައި މިއީ މިޞްބާޙަށް ޙައްޤުވާ ގޮތް ކަމުގައި ހިތް ބުނެލައިފިއެވެ.

 

“އަހަންނަކީ އެމީހުންގެ ބައިވެރިއެއްނޫން އަފްރީން!” މިޞްބާޙް މޭމަތީގައި ޝަހާދަތް އިނގިލި ޖައްސަމުން އަފްރީނަށް ބަލަހައްޓައިގެން ހުރެ އަންގާލިއެވެ. އެއިން އަފްރީނަށް އަސަރެއް ކުރިކަމުގައި ނުވެއެވެ.

 

“ރައިޓް! ތި ބުނަނީ ތިމަންނައަކީ އަމިއްލަ ކޮއްކޮގެ ބައިވެރިއެއްނޫނޭތަ؟” އަފްރީންގެ އަޑު ހަރުވިއެވެ. އެހެނަސް ޝަރީފް އެއާއިމެދު ވަކި އެއްޗެކޭ ނުބުންޏެވެ. އެއްޗެކޭ ބުނުމަށްވުރެ ބޮޑަށް އޭނަ ހުރީ އަފްރީނާއި މިޞްބާޙްގެ ވާހަކަތަކަކުން ކަންތައް ވީ ގޮތް އެނގެން ބޭނުންވެފައެވެ.

 

“ސިނާން އަހަންނަށް އޮޅުވާލީ. އަހަރެން އޮޅުވާލައިގެން އޭނަ އަހަރެން މިތަނަށް ގެނައީ. ސިނާން ބުނީ އަހަރެންގެ އައި ޕެޑް އޮތީ މިގޭގައޭ. އޭތި ނަގަންވެގެން އަހަރެން މިގެއަށް އައީ.” މިޞްބާޙްގެ ވާހަކަ ނިމުނުތަނާހެން އަފްރީން ވާހަކަ ފެށިއެވެ.

 

“ވާވް! މިޞްބާޙް ވަރަށް މޮޅު އެކްޓުކުރަން. ފިލްމެއް ކުޅެންވީއެއްނު؟ އަހަރެން އޮޅުވާލަން ނުއުޅޭތި! އަހަރެން އަޑުއެހިން މިޞްބާޙާއި ސިނާން އެއްތަނެއްގައި ތިބެގެން ދެއްކި ވާހަކަތައް. އަދި ކުރީކޮޅު އުޅުނީމެއްނު އަހަރެންގެ ސަމާލުކަން ހޯދަން؟ ހީކުރީތަ ކޮންމެކޮންމެ އަންހެން ކުއްޖަކު ހައްލާލާ ގޮތަށް އަހަރެން ހައްލާލެވޭނެ ކަމަށް؟ ޗި! ނުއުޅެން ތިކަހަލަ މީހަކު ނުލިބިގެން.” އަފްރީން ވާހަކަ ދެއްކި ގޮތުން މިޞްބާޙްގެ ހިތް ދެރަވިއެވެ. އަފްރީން ނަފްރަތުން ފުރިގެންވި ދެލޮލުން އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި އޭނަގެ އަރުތެރެ ބެދެން ފެށިހެން މިޞްބާޙަށް ހީވިއެވެ.

 

“އަފްރީން…….އަ…ހަރެން ބަދަލުވެއްޖެ.” އަފްރީން ޤަބޫލުކުރާނެ ކަމުގެ އުއްމީދެއްނެތި މިޞްބާޙް މަޑުމައިތިރި އަޑަކުން ބުންޏެވެ.

 

“ދޮގު!” އަފްރީން ދެދަތްޕިލަ ޖައްސައިގެން ހުރެ އެހެން ބުނެލީ ޔަޤީންކަމާއެކީގައެވެ. އަފްރީންގެ ހިތުގައި އޭނައަށްޓަކައި ކުޑަވެސް އިތުބާރެއް ނެތްކަން އެނގުންވި މިޞްބާޙްގެ ލޮލަށް ކަރުނަތައް ގިނަވެގަތެވެ. އޭނަ އެކަން ފޮރުވުމަށްޓަކައި ޖިންސްގެ ޖީބަށް އަތްޖަހާލަމުން އިސްޖަހާލިއެވެ.

 

“އެ ނޫންކަމެއް މީނަގެ ފަރާތުން އުއްމީދު ކުރާނެކަމެއްވެސް ނެތް. މިއީ އެ މަކަރުވެރި އަމީންގެ ދަރިފުޅުވިއްޔަ!” ޝަރީފް މިޞްބާޙަށް ބަލަންހުރެ ބުނެލިއެވެ. އެ ވާހަކައިން މިޞްބާޙްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވާން އުޅުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެ އަލިފާން ނިވާލީ ރުޅި އިސްކުރުމުން ޙާލަތް އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަން ހަނދާން ކުރަމުންނެވެ.

 

“މީނަ ދަރިފުޅުގެ ގަޔަށް އަތްލިތަ؟” ޝަރީފް އަފްރީނަށް ބަލާލިއެވެ.

 

“އަތް ނުލެވެނީސް ބައްޕަ ތިއައީ. ހުރީ ދުރުގަ އަހަރެން އަންނާނެ އިރެއްގެ އިންތިޒާރުގަ. އަހަރެން ނުގޮސް ހުއްޓާ މާ ގިނައިރުވިނަމަ އޭނަ އައީސް.” އަފްރީން މިޞްބާޙަށް ބަލަންހުރެ އެ ނޫން ގޮތަކަށް ކަންތައް ވެފައިވާނެކަމަށް ހިތަށްވެސް ގެނައުމެއްނެތި ބުނެލިއެވެ. މިޞްބާޙް ޤަބޫލުކުރަން ވެސް ދަތިވެފައި ކުއްލިއަކަށް އިސްއުފުލާލަމުން އަފްރީނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު މިޞްބާޙްގެ މޫނުމަތީގައިވި ޙައިރާންކަމާއި ހިތާމަވެރިކަން އެކުލެވޭ އަސަރެއް ފެނިފައި އަފްރީންގެ މެއަށް ގޮތެއްވިއެވެ. އޭނައަށް ދެންމެ ވާހަކަ ދެކެވުނީ ރަނގަޅަކަށް ނޫންހެން ހިނދުކޮޅަކަށް ހީވިއެވެ. އެހެނަސް މިޞްބާޙަކީ ދަޅަ ދައްކަން މޮޅު މީހެއްކަން ހަނދާންވުމުން އެ ޚިޔާލު ބަދަލުވިއެވެ.

 

“ހިނގާ ދަރިފުޅާ.” ޝަރީފް އެހެން ބުނެލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އަފްރީން ވެސް މާ ގިނައިރު އެތާ ހުރުމެއްނެތި އެތަނުން ނިކުމެގެން ދިޔައެވެ. ޝަރީފާއި އަފްރީން ގެއިން ނިކުންނަން ދިޔަ ވަގުތު ބޭރުގައި ތިބި އަމާނީ އާއި ފަލަކް ކޮޓަރިތެރެއަށް ދެމިގެންފިއެވެ.

 

ޝަރީފްގެ ފަހަތުން ގެއިން ނިކުމެގެން އަފްރީން ޖިޕާއި ހަމައަށް ދިޔައިރު ވައިބާރުވެފައިވިއެވެ. އުޑުމަތިން އެންމެ ތަރިއެއްވެސް ނުފެންނަ ގޮތުން ދެންމެ ދެންމެ ވާރޭވެހެން ފަށާފާނެހެން ހީވެއެވެ. ޖެހެމުން ދިޔަ ވައިން ސަލާމަތް ވަމުން އަފްރީނަށް ޖިޕަށް އެރުނީ ޝަރީފާއި އެކުއެކީގައެވެ. ޖިޕްގެ ދޮރު ލައްޕާލަމުން އަފްރީން ބައްޕަގެ މޫނަށް ބަލާލިއިރު ބައްޕަގެ މޫނުން އޭރުވެސް ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. ބައްޕަ ވަކި އެއްޗެކޭ ނުބުނެ ޖިޕް ދުއްވާލުމުން އަފްރީން ފުން ނޭވައެއް ދޫކޮށް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. މަގުގެ ދެފަރާތުން ގެތަކަށް ފަސްދެވެމުން ދިޔަ މަންޒަރަށް ބަލަން އިންދާ އަފްރީނަށް މިރޭ ވެގެން ދިޔަ ހުރިހާ ކަމަކާމެދު ވިސްނެން ފެށިއެވެ. ފަލަކް އޭނަގެ ގެއަށް އައުމަށް އެދި އަފްރީނަށް ގުޅި ވަގުތެވެ. އޭނަ އެގެއަށް ދިޔުމުން އޭނަ ކޮޓަރިއަކަށް ގެންދެވުނު ގޮތެވެ. ފަލަކްމެން ސައި ހަދާށޭ ކިޔާފައި ދިޔަ މަންޒަރެވެ. އޭގެ އިރުކޮޅެއްފަހުން މިޞްބާޙް އޭނަގެ ކުރިމައްޗަށް އެރި ހިނދުކޮޅެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮރު ލެއްޕިގެން ދިޔައިރު އޭނަހެން މިޞްބާޙް ވެސް ސިހިގެން ދިޔަ ގޮތެވެ. ކޮޓަރީގެ ބޭރުން ސިނާން ދެއްކި ވާހަކަތަކެވެ. މިޞްބާޙް ކޮޓަރިން ނިކުންނަން ކުރި މަސައްކަތެވެ. އެކަން ކާމިޔާބު ނުވުމުން މިޞްބާޙް އޭނައާއި ދިމާލަށް އަންނަން ފެށިހެން ހީވި ހީވުމެވެ. އޭގެ އިރުކޮޅެއްފަހުން އިވުނު މިޞްބާޙްގެ ގިސްލުމުގެ އަޑެވެ. މިޞްބާޙް ތިމަންނަ ބަދަލުވެއްޖެއޭ ބުނިއިރު އޭނަގެ މޫނުމަތީގައިވި ހިތާމައިގެ އަސަރެވެ. އެ ދެރަ މޫނު އަފްރީންގެ ލޯމައްޗަށް ސިފަވެގެން ދިޔަ ވަގުތު އޭނަގެ ޚިޔާލު ހުއްޓުމަކަށްއައެވެ. މިޞްބާޙް ހަމަ ޙަޤީޤަތުގައި ވެސް ބަދަލުވެފައި ވެދާނެބާވައެވެ؟ އަފްރީންގެ ސިކުނޑި ވަގުތުން ނޫނެކޭ ބުނީ ނަޝާ ބުނި އެއްޗެއް ހަނދާން ވުމުންނެވެ. ނަޝާ ބުނި ގޮތުގައި މިޞްބާޙް އޭނައަށް ޤަބޫލުކޮށްދޭން އުޅޭ ކަމަކީ އޭނަ ބަދަލުވެއްޖެކަމެވެ. ނަޝާއަށް އިތުބާރު ކުރެވިދާނެބާވައެވެ؟ އަފްރީނަށް ވިސްނާލެވުނެވެ. ނަޝާ ބުނި ގޮތުގައި ނައުފާވަނީ ސިނާންގެ ރޭވުމުގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ. އެހެނަސް މިރޭ އެގެއަށް އައުމަށް އޭނައަށް ދަޢުވަތު ދިން ފަލަކަކީ ނައުފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެދެމީހުންގެ ދެމެދުގައި އެއްވެސް ސިއްރެއް އޮންނާނެހެނެއް އަފްރީނަކަށް ހިއެއްނުވެއެވެ. ނަޝާ އެރޭ އޭނަ ގާތު ދެއްކީ ދޮގު ވާހަކަތަކެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އަފްރީންގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އޭނައަށް އިތުބާރު ކުރަންވީ ކާކަށްކަމެއް ނޭނގުނެވެ. އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ސީޓަށް ލެނގިލިއެވެ. ދެލޯ މަރާލުމާއެކު އެސްފިޔަތަކުގެ ދޭތެރެއިން އޭނައަށް ސިފަވީ މިޞްބާޙްގެ ސޫރައެވެ. މިޞްބާޙްގެ ފަރާތުން ފެނުނުހާ ރަނގަޅު ސިފަތައް ހަނދާންވެފައި އޭނަ ގޯސްވާނީ ކިހިނެއްތޯ އަފްރީންގެ ހިތް ސުވާލުކުރިއެވެ. އޭނަ ގޯސްވިނަމަ އޭނަ މިރޭ އެއްވެސް ކަމެއްނުކުރީ ކީއްވެ ހެއްޔެވެ؟ އެ ޢަމަލު ހިންގާކަށް އޭނަ ވަކި އަފްރީން ރުއްސާކަށް ނުޖެހެއޭ ފުރަތަމަ ފަހަރަށް އަފްރީންގެ ހިތް ބުންޏެވެ. ސިނާން ބޭނުންވަނީ މިޞްބާޙް ލައްވާ އޭނަ ބަދުނާމު ކުރަން ކަމުގައިވާނަމަ މިރޭ މިޞްބާޙަށް މާ ރަނގަޅަށް ވެސް އެކަން ކުރެވުނީހެވެ. ނަމަވެސް މިޞްބާޙް އެއްވެސް ކަމެއް ނުކުރެއެވެ. އެ ޚިޔާލު ސިކުނޑިއަށް ވަނުމުން އަފްރީންގެ ހަނދާނަށް އައީ މިޞްބާޙް އޭނަ ވެސް އޮޅުވާލެވުނު ގޮތް ކިޔައިދިން މަންޒަރެވެ. އެއީ ތެދަކަށްވާނަމަ މިރޭ އޭނައަށް މިޞްބާޙަށް ވަރަށް ބޮޑު އަނިޔާއެއް ދެވުނު ކަހަލަ އިޙްޞާޞެއް އަފްރީނަށް ކުރެވުނެވެ. އޭނަ ކުއްލިއަކަށް އޭނައަށް ބުނެވުނުހާ ވާހަކައެއް އަނބުރާ ގެންނަން ބޭނުންވިއެވެ. މިޞްބާޙްގެ ނުބައި ނިޔަތެއް ވިނަމަވެސް އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެވުނުނަމައޭ ހިތަށްއެރިއެވެ. މިޞްބާޙް ދެރަވާނެ މިންވަރު ތަޞައްވުރު ކުރެވުމުން އަފްރީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގެން އައީ ޙަޤީޤަތަކީ ކޮންމެ އެއްޗަކަށް ވިޔަސް ދެން އޭނައާއި މިޞްބާޙާއި ދެމެދު އޮތް ގުޅުން ރަނގަޅެއް ނުވާނެކަމަށް ސިކުނޑި ބުނުމުންނެވެ. މިޞްބާޙަކީ ޞާލިޙު މީހަކަށް ވިޔަސް ދެން މިޞްބާޙް އޭނައަށް މަޢާފުކުރާނެކަމެއް ނޭނގެއެވެ. އަފްރީނަށް އޭނަގެ ކޯތާފަތް އެއްއަތުން ފޮހެމުން ނޭވައެއް އެތެރެއަށް ދަމާލެވުނެވެ. ހަމަ އެވަގުތު ޝަރީފް ކުއްލިއަކަށް ބުރަކި ޖައްސާލިއެވެ. އަފްރީނަށް ހީވީ އޭނަގެ މޭގަނޑު އަތަށް އައީ ހެންނެވެ.

 

“އަފޫ……އޭނަ ޙަޤީޤަތުގަ އަތްލިދޯ؟ ބައްޕައަކަށް ހިއެއްނުވޭ އެކަހަލަ މީހަކާއެކީ އެކަނި ކޮޓަރިއެއްގަ ސަލާމަތުން ހުރެވޭނެހެނެއް.” ޝަރީފް ބުމަގޮށްޖެހިފައި އިނދެ ބުނެލިއެވެ.

 

“ނޫން ބައްޕާ. އޭނަ ހަމަ އެއްވެސް ކަމެއް ނުކުރޭ.” އަފްރީން ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް ވާހަކަ ދެކެވުނީ ރޮވިފައިވާ އަޑަކުންނެވެ.

 

“އަފޫ ބިރުނުގަންނައްޗޭ. ބައްޕައަށް ހީވަނީ ވަރަށް ކުރީއްސުރެހެން އެ މިޞްބާޙަކު ދަރިފުޅާއި އަޅައިގަނެގެން އުޅެނީ. ބައްޕަ ދުށީމޭ އޮރިއެންޓޭޝަން އޮތް ރޭ އޭނަ ސައިކަލުމަތީގައި އިނދެ އަފޫއާ ވާހަކަ ދެއްކިތަން. އޭނަ އުޅެނީ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކުރަންހެން ބައްޕައަށް ހީވަނީ. އެކަމަކު އޭނަ ކިތަންމެ ބިރެއް ދެއްކިޔަސް ދަރިފުޅު ބައްޕަ ގާތު ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދީ.” ޝަރީފް ކަންބޮޑުވުމަކާއެކީ އަފްރީން ހިތްހަމަޖައްސައިދޭން އުޅޭ ފަދައަކުން ވާހަކަ ދެއްކިއެވެ.

 

“ނޫން ބައްޕާ. އޭނައަކީ އެކަހަލަ މީހެއްނޫން.” އަފްރީނަށް އެހެން ބުނެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާނުލައެވެ. ޚުދު އޭނަ އަމިއްލައަށް އޭނައަށް ބުނެވުނު އެއްޗަކާމެދު ޙައިރާންވިއެވެ. ޝަރީފް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އެންމެ ރަނގަޅު. ދަރިފުޅު ދޭ ގެއަށް. ބައްޕަ އެބަ އަންނަން އިރުކޮޅަކުން.” ޝަރީފް އަފްރީނަށް ބަލަން އިނދެ ބުނެލިއެވެ. ގެއަށް އާދެވުނުކަން އަފްރީނަށް އެނގުނީވެސް ޖިޕުގެ ކުޑަދޮރުން ބޭރު ބަލާލުމުންނެވެ. އޭނަ ކުޑަކޮށް ހޫންލައްވާލަމުން ޖިޕުން ފައިބައިގެން ގެއާއި ދިމާލަށް ހިނގައިގަތެވެ. އަފްރީން ހިނގަމުން ދިޔަތަން ޝަރީފަށް ބަލަން އިނދެވުނީ ހާސްވެފައިވާ ހިތަކާއެކީގައެވެ. ނޭނގޭ ސަބަބަކާހުރެ ބަޔަކު މީހުން އޭނަގެ ދަރިފުޅު ވަރަށް ބޮޑު ކުޅިގަނޑެއްގެ ތެރެއަށް ވައްދައިގެން އުޅޭހެން ޝަރީފަށް ހީވިއެވެ. އަންހެން ކުދިންނަށް ބިރު ދައްކައިގެން ކަންތައް ކުރުވާ ވާހަކަ މި ދުވަސްކޮޅު އިވެމުން ދަނީ މަދުންނެއްނޫނެވެ. އޭނަ އަފްރީން އެފަދަ ކަމެއްގެ ޝިކާރައަކަށްވާކަށް ނޭދުނެވެ. އެ އަމީންގެ ދަރިފުޅު އަފްރީނަށް އަނިޔާކުރާހެން އަނެއްކާވެސް ހީވި ވަގުތު ޝަރީފްގެ ބުމަގޮށްޖެހުނެވެ. އޭނަ ނަވާޒާއި ނަވާޒްގެ ބައިވެރިންނަށް އިންތިހާއަށް ރުޅިއާދެއެވެ. ޝަރީފްގެ ނަޒަރުން އެމީހުންނާއި ގުޅޭ އެންމެނަކީ ވެސް ނުލަފާ މީހުންނެވެ. އޭނަ އޭނަގެ ދަރިފުޅު ނުލަފާ މީހެއްގެ ވާރިސެއްގެ އަތްދަށުން ސަލާމަތް ކޮށްދޭނެއެވެ. އެ ޚިޔާލު ހިތަށް ވަނުމުން ޝަރީފް ދެވަނަ ވިސްނުމެއްނެތި ވަރުގަދަ ޢަޒުމަކާއެކީ ޖިޕް ދުއްވާލިއެވެ.

**

 

“އިންތިޚާބަށް މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް، ތި ބޭފުޅުން ވަރަށް ވިސްނަވަންޖެހޭ. ވަށައިގެން އިވެމުންދާ އަޑުތައް ރަނގަޅަށް އައްސަވަންޖެހޭ. އެ ހުރިހާ އަޑުތަކަށް ބަލާއިރު އެންމެ ސާބިތުކަން ހުރީ ކޮން ޕާޓީއަކުން އިވޭ އަޑުތަކެއްގަތޯ؟” ހޯލެއްގެ ސްޓޭޖެއްގެ މަތީގައި ހުރި މުށި ކުލައިގެ ޕޯޑިއަމަށް އަރައި ހުރި އަމީން ވާހަކަ ނިންމާލީ އަޑު ހަރުކޮށެވެ. އެހާ ހިސާބަށް އޭނަގެ ވާހަކަ ދިޔަތަނާ ހޯލުގައި ތިބި އެންމެން އަތްތިލަ ބަޑިޖަހަން ފެށިއެވެ. ހޯލުގެ މެދުގައި ހަނި މަގެއް ވާގޮތަށް ދެ ފަރާތުގައި ގޮނޑިތައް ރޭވިފައި ހުރިއިރު ހުސް އެންމެ ގޮނޑިއެއްވެސް ނެތެވެ. އެންމެ ކުރީ ސަފުގައި ޢިއްޒަތްތެރިންނާއެކު އޮރެންޖް ކުލައިގެ ދިގު ހެދުމެއްގައި ހަމަ އެކުލައިގެ ބުރުގާއެއް އަޅައިގެން ހެވިފައި އިން ޒާހިޔާވެސް އިނެވެ. މި ޖަލްސާއަކީ ނުހަނު ބޮޑު ޖަލްސާއަކަށް ވުމުން ހޯލުގެ އެކި ދިމަދިމާލުގައި ނޫސްވެރިން ކެމެރާ ހިފައިގެން އުޅޭތަން ފެނެއެވެ. ހޯލުގެ ސީދާ މެދުގައި އެޗް.އެން ޓީވީގެ ބޮޑު ކެމެރާއަށް މައްޗަށް ނަގާލެވިފައިވީއިރު ޔޫނުސް ފުރަތަމަ ދެ ސަފުގެ މެދުގައި އޭނައާއި އެއް އިސްކޮޅެއްގެ ސްޓޭންޑެއްގައި ކެމެރާ ހަރުކޮށްގެން ހުއްޓެވެ. ހުރިހާ ނޫސްވެރިންނާއި ޕާޓީގެ މެންބަރުން ވެސް އެންމެ ޙައިރާންވީ މިހާ ބޮޑު ޖަލްސާއަކަށް ނަވާޒް ހާޒިރު ނުވީތީވެއެވެ. އަމީންގާތު އެ ސުވާލުކުރެވުމުން ނަވާޒް އުޅެނީ ބަލިވެ ކަމުގައި އޭނަ ބުނެފައިވެއެވެ.

 

ޔޫނުސް ސީރިއަސް މޫނެއްގައި ހުރެ ކެމެރާގެ ބަޓަންތަކަށް ފިތަމުން ދަނިކޮށް އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވިއެވެ. ކެމެރާއިން އަމީން ވީޑިޔޯ ކުރެވެމުން ދާ ގޮތާއިމެދު ހިތްހަމަޖެހުމުން ޔޫނުސް އޭނަގެ ޖީބުން ފޯނު ނަގައި ބަލާލިއެވެ.

 

“ޓީވީއިން އެބަފެނޭ. ތަންކޮޅެއް ތިއްތިކޮށް ހުރެބަލަ.” ނަޞްރާގެ މެސެޖު ކިޔާފައި ޔޫނުސްގެ މޫނުމައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. ނަޞްރާ އޭނައާއި ސަމާސާއެއް ނުކުރާތާ ފުދޭވަރަކަށް ދުވަސްވެއްޖެއެވެ. ނަވާޒް އެމީހުންގެ ގެއަށް އައި ދުވަސްފަހުން އެދެމެދަށް ވަނީ ދުރުކަމެއް ވެރިވެފައެވެ. ޔޫނުސް މި ދިޔަ ދުވަސްކޮޅުގެ ތެރޭގައި ނަޞްރާއާއި އަލުން އެކުވެރިވެވޭތޯ އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް ފަހަކަށް އައިސް ސިޔާސީ ޖަލްސާތައް ގިނަވެ އޭނައަށް ލިބޭ ވަގުތު މަދުވުމުން އޭނައަށް އޮންނަނީ މާ ބޮޑު ކަމެއް ނުކުރެވިފައެވެ. ނަޞްރާގެ ފަރާތުން ވެސް އޭނައާއި އެކުވެރިވާން މަސައްކަތް ކުރާ ކަމުގެ ނިޝާނެއް ނުފެންނާތީ ޔޫނުސްގެ ހިތްވަރު އެލޭ ގޮތްވެއެވެ. އެހެނަސް މިރޭ ނަޞްރާ އިނީ އޭނަ ދެކޭހިތުން ޢާއްމު ގޮތެއްގައި ނުވެސް ބަލާ ކަހަލަ ޖަލްސާއެއް ބަލަންކަން އެނގުންވުމުން ޔޫނުސްއަށް އާ ހިތްވަރެއް ލިބިއްޖެއެވެ. އޭނަ ހެވިފައިހުރެ ނަޞްރާއަށް ރިޕްލައި ކުރަން އުޅުނެވެ.

 

“ހުއްޓާލާ!” ހޯލުގެ ދޮރުމަތީގައި ހުރި ފިރިހެނަކު ހަރުއަޑުން ގޮވާލި އަޑަށް އެންމެނަށް އެކުއެކީގައި ފުރަގަހަށް ބަލާލެވުނެވެ. މުޅި ތަނަށް ހިމޭންކަން ވެރިވި ވަގުތު ޔޫނުސް ވެސް ހޯލުގެ މެދުގައި ހުރި ބޮޑު ކެމެރާގެ އެއްފަރާތުން އެތާނގައި ހުރި މީހަކު ފެނޭތޯ ބެލިއެވެ. އެ ދޮރުމަތިން ރުޅިން ރަތްވެފައިހުރި ޝަރީފް ފެނިފައި ޔޫނުސްއަށް ލިބުނު ޙައިރާންކަމާއެކީ އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ.

 

“ޤައުމު ކުރިއަރުވާ ވާހަކަ ދެއްކުމުގެ ކުރިން އަމިއްލަ ދަރި އުޅޭ ގޮތް ބެލޭތޯ މަސައްކަތް ކޮށްބަލަ!” ޝަރީފް ތަނުގެ ހިމޭންކަން ނަގަމުން އަމީނާއި ދިމާލަށް ހަޅޭއްލެވިއެވެ. ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.

 

“ތިބޭފުޅާ ތި ދައްކަވާ ވާހަކައެއް އަޅުގަނޑަކަށް ސާފެއްނުވޭ.” އެތެރެއިން ރުޅިން އަނދައަނދާ ހުއްޓެއްކަމަކު މޫނުން އެކަން ދެއްކުމެއްނެތި އަމީން ޕޯޑިއަމްގައި ހުރެ ބުނެލިއެވެ.

 

“ސާފެއްނުވާނެ ދުވަހަކުވެސް. އަމިއްލަ ދަރިފުޅު ހިތް އެދޭހާ ތަނަކަށް ފޮނުވާފަ ތި ހުންނަވަނީ ޖަލްސާތަކަށް ވަޑައިގެންފަ ވިއްޔާ. ގެއަށް ގޮސް ހޯދަބަލަ ދަރިފުޅު ހުރިތަނެއް. ދެންމެ ވެސް އޭނަ ކޮންމެވެސް އަންހެން ކުއްޖަކު ގަދަކަމުން ކޮޓަރިއަކަށް ގެނެސް ތަޅުލައިގެން ހުއްޓާ އަހަރެން މިއައީ އެކުއްޖާ ސަލާމަތް ކޮށްފަ!” ޝަރީފް އަޑަށް ބާރުލާފައި ވާހަކަ ދެއްކީ އަފްރީންގެ ނަން އޮޅުމަކުން ވެސް ނުގެންނަން ހުވާކޮށްގެން ފަދައެވެ. އޭނަގެ ވާހަކަ ނިމުނުތަނާހެން މުޅި ހޯލު ތެރޭގައި ސިއްރު ވާހަކަތަކެއް ދެކެވެން ފެށިއެވެ. ޕޯޑިއަމްގައި ހުރި އަމީނާއި ގޮނޑީގައި ހުރި ޒާހިޔާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެމީހުން ވެސް ތިބީ ވާނުވާއެއް ނޭނގިފައެވެ. އެމީހުންނާއި އެއްވަރަށް ޝަރީފަށް ބަލަހައްޓައިގެން ހުރި ޔޫނުސް ވެސް ހުރީ ވީ ގޮތެއް އެނގެން ބޭނުންވެފައެވެ. ޝަރީފް މިފަދަ ވާހަކައެއް ދައްކާނީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިގެން ކަން ޔޫނުސްއަށް ޤަބޫލުކުރެވުނެވެ.

 

ޒާހިޔާ އޭނަގެ ވަށައިގެން އިވެމުން ދިޔަ ވާހަކަތަކަށް ކެތްނުކުރެވިގެން އެންމެ ފަހަކަށް ގޮނޑިން ތެދުވިއެވެ.

 

“އަހަރުމެންގެ މިޞްބާޙަކީ އެކަހަލަ ކުއްޖެއްނޫން. ކުރީގަ އޭނަ ގޯސްކޮށް އުޅުނު. އެކަމަކު ފަހަކަށް އައިސް އޭނަ ވަރަށް އަދަބުވެރި. ވަރަށް ބަސްއަހާ. ހިއެއްނުވޭ މިޞްބާޙް ތިކަހަލަ ކަމެއް ކުރާނެހެންނެއް.” ޒާހިޔާ އެންމެނަށް ކުރިމަތިލަމުން އޭނަގެ ދަރިފުޅަށްޓަކައި ވާހަކަ ދެއްކިއެވެ. އެވަގުތު މުޅި ހޯލަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ.

 

“އާނ……އަހަރުމެންގެ ދަރިފުޅު ވަރަށް ރަނގަޅު.” އަމީން އެހެން ބުނެލީ އޭނަގެ އަމިއްލަ ޤަދަރާއި ޢިއްޒަތަށްޓަކައެވެ.

 

“މިއޮތް ފެންނަނީ ތިމާގެ ދަރި ތިމާއަށް ދޮންފުތުވާ ގޮތް. ކިތަންމެ ތަޢުރީފެއް ކުރިޔަސް ޙަޤީޤަތް ބަދަލެއްނުވާނެ.” ޝަރީފްގެ ވާހަކަ ނިމުނުތަނާ ހޯލު ތެރެއިން ފިރިހެނަކު ކޮޅަށް ތެދުވިއެވެ.

 

“ބަލަ މީނަ މިއުޅެނީ މަނިކުފާނުގެ ޖަލްސާ ޚަރާބުކޮށްލަންވެގެން. މިއީ އެއްކަލަ ޕާޓީގެ މީހެކޭ.” އެ މެދު ޢުމުރުގެ ފިރިހެން މީހާ ހޯލުގައި ތިބި އެންމެނަށްވާ ގޮތަށް ގޮވާލިއެވެ. އެއާއެކު ގިނަ ޢަދަދެއްގެ ބަޔަކު އާނއެކޭ ކިޔައި ގޮވަން ފެށިއެވެ. މާ ގިނައިރެއްނުވެ މުޅި ތަން އަޑުގަދަވެ ޝަރީފާއި ދިމާލަށް މީހުން އަންނަން ފެށިއެވެ. ޝަރީފް ދިގު ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތީ ކުރެވުނު ކަމާމެދު ފަޚުރުވެރިވެ ހުރެއެވެ. އޭނައަށް ވާހަކަ ދެކެވުނީ ނުބައިކޮށް ކަމަށްވިޔަސް މި ވާހަކަތައް މިގޮތަށް ޖަލްސާއެއްގައި ދެކެވުމުން އަމީން އަމިއްލަ ޤަދަރަށްޓަކައި ވިޔަސް މިޞްބާޙާއިމެދު ފިޔަވަޅެއް އަޅާނެތީ ޝަރީފް ހިތާހިތުން އުފާކުރިއެވެ. މިއަދަށްފަހު އަފްރީނާއި ބެހޭނެ މީހަކު ނުހުންނާނެކަން ޔަޤީންކުރަމުން ޝަރީފް އެއްވެސް މީހެއްގެ އަތުގައި ނުޖެހި ޖިޕަށް އަރައި ދުއްވާލިއެވެ.

 

**

 

“ކޮބައިތަ އޭނަ؟! ފޯނެއްވެސް ނުނަގާ. ރަނގަޅަށްވިއްޔާ މިހާރު ވެސް ހުންނާނީ އެ މީހާ ބުނި ގޮތަށް އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގަ.” އަމީން އޭނަގެ އަތުން ފޯނު ހިފައިގެން ސިޓިންގް ރޫމުގައި ދެކޮޅުން ދެކޮޅަށް ހިނގަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ގޭގެ ހުޅުވާލެވިފައިވާ ދޮރުގެ ސަބަބުން ބޭރުން ވެހެމުން ދިޔަ ބޯ ވާރޭގެ އަޑު ގަދަޔަށް އިވެމުން ދިޔައެވެ.

 

“ނޫން އަމީން ތިހެން ނުބުނޭ. މިޞްބާ އެހެންނެއް ނަހަދާނެ. އޭނަ އެއަށްވުރެ ރަނގަޅު.” ޒާހިޔާ ޖަލްސާއިން އައި ގޮތަށް ސޯފާގެ ކައިރީގައި ކޮޅަށްހުރެ ދެރަ ގޮތަކަށް ބުނެލިއެވެ. އަމީން ޗޮއްކަނޑާލަމުން ގޭގެ ދޮރާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ވާރެއާއި ތެމި ފޯވަމުން ގޭގެ ފެންޑާ ތެރެއިން ހިނގާފައި އަންނަމުން ދިޔަ މިޞްބާޙް އަމީނަށް ފެނުނެވެ.

 

“މިއޮތް އައީ ރައީސުލްޖުމްހޫރިއްޔާ! މުޅި ރަށުތެރޭގަ މަނިކުފާނުގެ ވާހަކަ.” މިޞްބާޙް ދޮރުމައްޗަށް އައިސް ހުއްޓުނު ވަގުތު އަމީން ބުނެލިއެވެ. މިޞްބާޙް އިސްއުފުލާލި ވަގުތު އޭނަގެ ހިތާމަވެރި މޫނުމައްޗަށް ހިސާބެއްގެ ޙައިރާންކަމެއް ވެރިވެފައިވިއެވެ.

 

“މިޞްބް……” ޒާހިޔާ މިޞްބާޙްގެ ދުޅަވެފައިވާ ދެލޯ ފެނިފައި އޭނަގެ ގާތަށް ދާން އުޅުނު ވަގުތު އަމީން އެއްއަތް ދިއްކޮށްލަމުން އެކަން މަނާކުރިއެވެ.

 

“ކޮންތާކުތަ ހުރީ މިހާއިރު؟” އަމީން ހަރު އަޑުން ސުވާލުކުރުމުން މިޞްބާޙްގެ ހިތަށް ލިބިފައިވާ ޒަޚަމްތަކުން ދިލަ ނެގި ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ.

 

“އެކުވެރިއެއްގެ ގެއަކަށް ދިޔައީ. އައި ޕެޑް ނަގަންވެގެން.” މިޞްބާޙް ތެދުތެދަށް ޖަވާބު ދިނެވެ.

 

“ކޮބައިތަ ތިބުނާ އައި ޕެޑް؟” އަމީން މިޞްބާޙްގެ ވައްޓާލެވިފައިވާ ދެއަތަށް ވަކިވަކިން ބަލަމުން ހަރުކަށިކޮށް ސުވާލު ކުރިއެވެ. އެއާއެކު މިޞްބާޙްގެ ލޮލަށް އަނެއްކާވެސް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ އަމިއްލަ ކޮއްކޮ އޭނަ އޮޅުވާލި ވާހަކަ ދެން ކިޔައިދޭނެ ހިތްވަރެއް އޭނަގެ ނެތެވެ. އެއްފަހަރު ކިޔައިދިނުމުން ވެސް ބައެއްމީހުން އިތުބާރެއް ނުކުރިއެވެ. ބައްޕަވެސް އޭނައަށް އިތުބާރު ނުކުރާނެއޭ ހިތް ބުނި ވަގުތު މިޞްބާޙަށް އިސްޖަހާލެވުނެވެ. އޭނަ ރޮވެން ކައިރިވިއެވެ. މި ދިގު ރޭ އަވަހަށް ނިމިދާނެނަމައޭ ހިތަށްއެރިއެވެ.

 

“ޖަވާބެއްދީ!” އަމީން ހަރު އަޑުން ގޮވާލިއެވެ. މިޞްބާޙް ދެންވެސް އިސްޖެހިފައި ހުރީއެވެ. އޭނަ ހުރިގޮތުން ދުރުގައި ހުރި އޭނަގެ މަންމަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

މުސްލިމުން އަބަދުވެސް ތިބެންވާނީ ޑިއުޓީގައެވެ.

Next

ޝެރިން (7 ވަނަ ބައި)

Next
October 18, 2015

ޝެރިން (7 ވަނަ ބައި)

Previews
October 17, 2015

މުސްލިމުން އަބަދުވެސް ތިބެންވާނީ ޑިއުޓީގައެވެ.

48 Comments!

  1. jana says:
    October 17, 2015 at 10:23 pm

    Assalam’alaikum 🙂 dhen oiy bai monday ga In Sha Allah

  2. Anonymous says:
    October 17, 2015 at 10:34 pm

    Misbaahah thihen nahadhaa.. heyo nuvaane.. afreen bappa hithun haadha molhu kamekey e kohlevuny.. nasra ah vee kihinehtha?

    1. jana says:
      October 18, 2015 at 10:48 am

      Misbaahah ves adhi rangalhu goiy thah dhimaavaa dhuvasthah annaane 🙂 hmm Shareef hithun Afreenattakai ekan kury. Nasra ah vy goiy engeyne dhen anna bayakun In Sha Allah 🙂

  3. Marix says:
    October 17, 2015 at 10:43 pm

    Haadha kurey , v reethi

    1. jana says:
      October 18, 2015 at 10:53 am

      kurutha alhe? safhaa number ves manzaruthah ves gina koh mi baiga hury. *sigh* jana haftaa aku effaharu gennanamatha miavvure dhigukoh genesdheveyny dho? 🙂 dhen balaany kuru muhdhathegge thereyga dhigukoh genesdheveytho In Sha Allah 🙂

  4. sana says:
    October 17, 2015 at 10:44 pm

    Varah reethi mi part ves… keep it up jana.. 🙂

    1. jana says:
      October 18, 2015 at 10:54 am

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  5. shaz says:
    October 17, 2015 at 10:54 pm

    v retthi.. waiting

    1. jana says:
      October 18, 2015 at 10:56 am

      Alhamdhulillah! 🙂

  6. lully says:
    October 17, 2015 at 11:12 pm

    Best story ever..Masha allah.. Jana move on..in sha allah yuh can do this

    1. jana says:
      October 18, 2015 at 4:13 pm

      no lully i shared the best story ever with the last episode. story of Yusuf (AS) 😀 hehe….Jazakillah Khairan for the support 🙂

  7. امنة says:
    October 17, 2015 at 11:13 pm

    ماشا الله varah reethi mi part ves.keep it up jana

    1. jana says:
      October 18, 2015 at 4:14 pm

      Alhamdhulillah! Jazakillah Khairan for the support 🙂

  8. dark princess says:
    October 17, 2015 at 11:25 pm

    V rythi mi part ves.. jana ekm misbaah fakeerah thihen nahadhaa.. heyo nuvaane… next part ga misbage kusheh neiy kan angachey… kiyaahithun keh madhuvany… waiting 4 next part…

    1. jana says:
      October 18, 2015 at 4:18 pm

      Alhamdhulillah! hehe…..dark princess jana ves dheravey misbaahah vaa gothun. hurihaa massalaeh halluvandhen keh kuramaa hinga In Sha Allah 😉

  9. Amin says:
    October 17, 2015 at 11:32 pm

    Nice

    1. jana says:
      October 18, 2015 at 4:19 pm

      Alhamdhulillah! 🙂

  10. datha says:
    October 17, 2015 at 11:42 pm

    A salaam Alhaikum mivaahakaykee vare iburathari vaahakae mi vaahakae kiyaen fashunu fahun alhugandae ves varae iburathari filaavalhu thakae libijjae hayaathugae kithae mae kamakae hauo badhal tha kae ganae vijjae vare bodae shukuriyaa janaa

    1. jana says:
      October 18, 2015 at 4:27 pm

      Wa’alaikumussalam Warahmatullahi wabarakatuhu. 😀 vvv ufaavejje datha ah thihaa bodu heyo badhaleh aima. Alhamdhulillah! 🙂 shukuru adhaa kurumuge gothun jana attakai dua kohdheyhchey ingey datha? Allah alhamen emmenah hidhaayaiy dhakkavai heyo rahmaiy lavvaashi! Ameen!

  11. rish says:
    October 17, 2015 at 11:53 pm

    Vow.. v v nice. Alhe thankolheh dhigukoh liyunu nama. Best story eva. Keep up Jana.

    1. jana says:
      October 18, 2015 at 4:30 pm

      mee dhen liyevunu varu rish. dhen gina kanthah vaan feshyma kanneynge baithah dhiguhen heevaany In Sha Allah. 🙂 mi story reethi vedhaane. ekamaku emme best story aky hama Yusuf (AS) ge vaahaka. jana eythi share koffa hunnaane hijra page ga. kiyaalahchey rish ingey? jana mi vaahaka liyanyves Quran gai vaa vaahaka thakun inspire vegen. jana ge vaahaka reethi viyya hama yageenunves Quran ge vaahakathah maa bodah ves reethi vaane 🙂

  12. Hasy says:
    October 18, 2015 at 12:06 am

    VV Nicr

    1. jana says:
      October 18, 2015 at 4:30 pm

      Alhamdhulillah! 😀

  13. Azu says:
    October 18, 2015 at 2:28 am

    Masha allah v reethi mi bai ves. Jazaakillah khaira jana

    1. jana says:
      October 18, 2015 at 4:31 pm

      Alhamdhulillah! Wa iyyaaki! 😀

  14. shiu says:
    October 18, 2015 at 2:29 am

    mulhi mi part ga ves emme dhe scene mi inee??? jana dhigu koh genes dhevenya v ufaa vaane

    1. jana says:
      October 18, 2015 at 4:35 pm

      dhe scene ey tha shiu? :O furathama scene aky shareef kotariah vadhegen vaahaka dhekki scene. dhevana scene aky shareef aa Afreen jeepga thibi scene. thin vana scene aky jalsaa. hatharuvana scene aky Misbaah geah aun. *sob sob* 😛
      dhen dhigu hen heevaany gina kanthah komme bayakun vaan feshyma kanneynge. mihaaru mihingaa gina kanthahthakaky tasfeel koh gennan jehey kanthahthah veema komme baegga madhu haadhisaa thah hingany. dhen oiy bai thankolheh rangalhu vaane kanneynge In Sha Allah 🙂

  15. hanu says:
    October 18, 2015 at 2:32 am

    avahah kolhehga jassa ba jana.. kommes dhuvahaku bonus part ehge gothugai dhe part ehdhuvahaku up koh dheeba jana. as a gift to d readers????????

    1. jana says:
      October 18, 2015 at 4:37 pm

      hehe…..jana ah heevany emme fahu bai bonus bayakah vaane hen In Sha Allah. ebai liyan varah gina vaguthu beynun vaane henves heevey. inthizaaru kollavva hanu In Sha Allah 😀

  16. nausha says:
    October 18, 2015 at 2:35 am

    sinaan menge hageegai emmen kuri macchah gennacchey. adhi eha easily maaf nukuraathi ehaa evil kamakah. kurevunee kudheh kan ihusaas kohdheefa ekushiga adhabu ves libenvaane. eyru reethi vaanee. tas laafa maaf dhineema real eh nuvaane k?

    1. jana says:
      October 18, 2015 at 4:48 pm

      jana vaahakain vaane gotheh adhi kiyaeh nudhenan nausha. ekamaku maaf kurumaa medhu thi buni ehchakaa medhu baheh bunelan beynun. anekkaaves Yusuf (AS) ge vaahaka dhakka hiyvany. mi dhuvaskolhu surah Yusuf ah haassa samaalukameh dheveythy kanneynge. hehe….nausha e vaahaka nukiyunas ivifa kanneynge onnaany Yusuf (AS) ge akhun ekaleygefaanaai medhu kanthah kuri goiy dho? aharumenge therein meehakaa medhu efadha kameh bayaku kurinama aharumennah dhuvahakuves maaf nukurevunys. ekamaku ethah aharuthakeh fahun e akhunnai bahdhaluvevadaigennevyma Yusuf (AS) ebeykalunnah maaf dhevvai ebeykalunnai reethi bahun vaahaka dhekkevy. jana ves kureega varah hairaanvey egothah maaf kurevvi vaahaka fenunyma. ekamaku fahun enguny komme kameh ves kuraairu Allah vodigenvaakan handhaan kuraa kamugai vaanama maaf kurumaky ves undhangoo kamakah nuvaanekan. ey e maaf kuraa meehaa badhalakah edheny hama ekani Allah ge hazratun.
      Sorry ingey lecture eh dhevunythy. 😛 But i just wanted to say that its not unrealistic for someone to forgive easily. Yusuf (AS)’s story is a true story 😀

  17. leen says:
    October 18, 2015 at 2:36 am

    jana ulhenee job ehga tha?

    1. jana says:
      October 18, 2015 at 4:49 pm

      hmm…ey jobekey bunevidhaane hen heevany. hehe 😛

  18. ava says:
    October 18, 2015 at 2:40 am

    haudhahai dhera koshey mi venee. jana avahah insaaf dhera fela. miko ma dhera vegen v goavan! nasra mennas haudhahai vai koshey veyndenee. ehei ufaaveri ahnun kaiveneege kuree keda as. afreen ashas visney evves ehthah neh. ma hama boa govaalaahah miko mi thibey kudhin veyndey lehakun. pis pis. kiyankau benaanei?

    1. jana says:
      October 18, 2015 at 4:56 pm

      mee kon koodhah enakko 😀 komme koodhakaa viyas thevarah nigoava vaa. fahun jana courtah giney jehiyeyheh kamas niengi. 😛
      Nasra men vai hen heeveny jana everinge bai rangalha nigineyhedhy. Plus jana beynumah nivi marriage aky “fancy” ehthegge gothe sifakohdhey beynun nivy hedhy. jana beynunvy realistic marriage life ah dhakka. jana marriage life ey behey maa bondo ehthah niengenas. engey ehthaky kithamme rangalhaa ehekaa enehekaa kanthethi kohdhey dhebaakinnas ridi araa dhuvas eyhekkan. ekan halluveyney dhemeehunnas hallu keraa masakka koggan kan. mee dhogaky?
      hehe….Afreen furei thebe visnai nun ekkoh nivisnenas? 😛
      miko thibey kudhin dhy? aslu ekudhinnas varah rangalha veyheh afirin kahalae meehun ekudhinnai gulhey gothah ekudhinnah naseyhah dhey masakka kerifehey In Sha Allah. ey jana dhekey goh. 😀

  19. aseel says:
    October 18, 2015 at 3:26 am

    jana mi vaahakige hus firihen kudhin goas vanee. aslu anheh kudhin ves hama ehvareh vanee. mihaaru ulhey girls varah show off kuraane firihen kudhin fenuneema. adhi ehaa flirt ves kuraane. i’ve come across so many girls like that. thui vefa ulhey. rangalhu firihen kudhin ves halaaku kuraane anheh kudhin. dhn jana girl akah v ma dho girl ge side in liyefa mi inee. ekam e view ahannah kamaku nudhey!

    1. Basma says:
      October 18, 2015 at 12:25 pm

      Ragalhu anhen kudhin ves thibe ey.. misbaah ehaa goas kuhjaku kihaa ragalhutha e vy? anhenunnah kamaku nudhaane firihenehge nazarun inna ehcheh.. firihenunnakah ves kamaku nudhaane anhenehge nazarun inna ehcheh.. aslu jana beynun vanee kithanme goas koh ulhey mee haa ves ragalhu vedhaaney.. nasra, yunus, afreen, misbaah…
      firihenun maa avahah hehleythy mahsala aky.. fuh jahaa make up kohgen nikunna faiminyah dhe loa jahigen thibeyny… neygeyne belun thiri kuraakah.. firihenun ves anhenun dhahkaa dhalha thakah hehleyne kameh nei.. baaru hedhun laigen fuh ehchakah erigen thibey anhenun gina firihennunnah reethi vaany. adhi gabooleh nukuraane thimaage kusheh..

    2. jana says:
      October 18, 2015 at 5:10 pm

      Aseel: vedhaane thee aseel ge nazariyyaathu huri goiy kamahves. jana ge nazariyyaathun mi vaahakain mihaaru bodah highlight kurevemun midhany varah rangalhu firihen kujjegge vaahaka. jana qabool kuran aseel thi dhekki vaahaka. rangalhu adhi goas firihen kudhin thibeygothah rangalhu adhi goas anhen kudhin ves ulheyne. hama qabool kuran anhen kujjegge sababun firihen kujjegge dhiriulhun barubaadhu vedhaane kamahves. and vice versa. firihen kudhin anhen kudhin hallalumah raavaa gothah anhen kujjakah ves reyvidhaane. Nasra ge baiga e vaahaka genesdheefa hunnaane. eyna gasdhuga eynage firihen ekuverinnah eygein komme meehehdheke eyna loabivaahen heevaa gothah ulhevunu vaahaka.
      jana ah heevany aseel ah thihen bodah feel vy firihen kudhin anhen kudhinnah biru dhakka vaahaka othyma kanneynge dho? ey shareef ge sikundeega dhauruvy vaahaka eh. anhen kujjegge bappa akah efadha haalathegga visneyny ekahala kamakaa medhugahen heeveema jana ehen liyuny. vaki firihen kudhin goas kuraakah noon 🙂 komme gothevvias jana ge mi vaahakain evves firihen kujjaku offend viyya varah bodah sorry.
      Basma: coincidentally jana ah mi vaahakaige therein jana islaahu kury 2 firihen kudhinnai 2 anhen kudhin dho? hama hama. Alhamdhulillah! 😀
      Basma. aharumen egothah assume koggen nuvaane dho? hama aharumenge therein baeh kudhinnah rangalhu khulqegge veri firihen kudhin kamudhaa fadhain baeh firihen kudhinnavves kamudhaany saalih anhen kudhin. ey hama haqeeqaiy 🙂

  20. neem says:
    October 18, 2015 at 3:29 am

    e thedheh. varah gud boyx ulhey!

    1. jana says:
      October 18, 2015 at 5:11 pm

      I agree!

  21. Kitty says:
    October 18, 2015 at 6:09 am

    V nice masha allah but plxx misbaah salamai kohdhy

    1. jana says:
      October 18, 2015 at 5:12 pm

      Alhamdhulillah! dhen balamaa misbaahah vaa gotheh In Sha Allah 🙂

  22. risha says:
    October 18, 2015 at 6:39 am

    masha Allah varah reethi.. vaahaka nimeneedho..

    1. jana says:
      October 18, 2015 at 5:12 pm

      hmm nimeny. Alhamdhulillah! 🙂

  23. Alima says:
    October 18, 2015 at 12:56 pm

    Varah reethi mi part ves…. 🙂 .. hama ekani reygandu gadeega keehve up kurany?

    1. jana says:
      October 18, 2015 at 5:13 pm

      hehe……ey dhen liyamun liyamun gos up kurevey gadi hama. 😛 Alhamdhulillah! 😀

  24. humey says:
    October 18, 2015 at 8:35 pm

    Zana marriage kuran eee hama onnagoi islamdhynuga..thiyan vuren bodan zanayan dhen igeyne henen hiyenuve.zana haadhahaiva molhey vaahakadhakan..insha allah

    1. me says:
      October 18, 2015 at 10:52 pm

      mi kujja mikee evves ehcheh fahumeh nuvi?

Comments are closed.

Next Episodeހިޖުރަ (ނަވަތިރީސްވަނަ ބައި)←


All Right Reserved!