Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބިވެވުނީ 4

Lilac Level 1
March 26, 2023 7 Mins Read
1 Comment

އެގޮތަށް އެ އެންމެން ކައި ނިންމާލީ މޫނުގައިވާ ހިނިތުންވުމަށް އެއްވެސް ބަދަލެއްނެތިއެވެ.

♡ހަތަރުވަނަ ބައި♡

އެދުވަހު ހަވީރު ޔައިލީ އައިރާމެންގެއަށްދިޔައީ ކުރިން ދުވަހު ބުނިހެން ގްރޫޕް ސްޓަޑީ ހަދާށެވެ. އެއީ ދާދި ފަހުން އައިރާމެން ބަދަލުވި ގެއެކެވެ. ޔައިލީ އެ ބޮޑު ގޭގެ 8 ވަނަ ފަންގިފިލާއަށް ގޮސް ދެވަނައަށް ހުންނަ ދޮރުގައި ބެލްއެޅިއެވެ. ބެލް އެޅިތާ އިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވާލީ 40 ގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. ބަލާބެލުމުން ވަރަށް ރައްޓެހި ވައްތަރު ޖަހައެވެ. ޔައިލީ ފެނުމާއެކު އެ އަންހެން މީހާ އަޅައިގެން ހުރި ބުރުގާ ރީތިކޮށްލާފައި ފުޅާ ހިނިތުންވުމަކާއެކު ޔައިލީ ވަންނަން ތަންދެއްކިއެވެ. “އަހާ ޔައިލީ. އަވަހަށް ވަދޭ. އައިރާ އެބައުޅޭ ކޮޓަރީގަ. ދީމާވެސް އައިތާ އިރުކޮޅެއްވެއްޖެ.” އޭނާ ބުންޏެވެ. ހީވަނީ ޔައިލީ ކުރަން އުޅުނު ސުވާލު ކުރިންވެސް އިނގޭހެންނެވެ. ވާނީވެސް އެހެންތާއެވެ. ޔައިލީއާއި އޭނާގެ މަންމަ އެންމެ ބޭނުންވި ދުވަހު އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލި ބަޔަކީ އައިރާއާއި ދީމާގެ އާއިލާ ވިއްޔާއެވެ. ޔައިލީ އެންމެ ކުޑައިރު ހަނދާންވާން ފެށިފަހުންވެސް އެ އާއިލާތަކަކީ ޔައިލީއާ ވަރަށް ގާތް ބައެކެވެ. ޔައިލީ އެމީހުން ދެކެނީ އަމިއްލަ އާއިލާގެ ގޮތުގައެވެ. “ފާއްތަ ހާދަ މޮޅޭ ޔައިގެ ހިޔާލުތައް ދެނެގަންނަން. މިހިރީ ފާއްތައަށް މަންމަދިން އެއްޗެއް.” ޔައިލީ ހެވިފައިހުރެ ފާތުން އަތަށް ފޮތި ކޮތަޅެއް ދިއްކޮށްލިއެވެ. “އާނދޯ. މީ ފާއްތަ ބުނެގެން ވަދީ ދިން ފޮތިކޮޅެއް. ފާއްތަ ހެދުމެއް ފަހާލަންވެގެން.” ފާތުން އެ ކޮތަޅުގައި ހިފަމުން ބުންޏެވެ.

އެގޮތަށް ދެމީހުން ވާހަކަ ދައްކަން ތިއްބާ ދުވަމުން ކަހަލަ ގޮތަކަށް ކުޑަ ފިރިހެން ކުއްޖެއް އައިސް ޔައިލީ ފައިގާ އޮޅުލައިގަތެވެ. “އަރީން.” ޔައިލީ އޭނަގެ ހުރިހާ ދަތްތަކެއް ދައްކަމުން އެކުއްޖާ އުރާލިއެވެ. އަދި ދެފަރާތަކަށް އެނބުރިލިއެވެ. “ޔައި ދައްތާ” އަރީންވެސް ހީލަމުން ޔައިލީއަށް ގޮވާލީ އަރީންގެ ލޯބިއަޑުންނެވެ. އަރީން އަކީ އައިރާގެ ދޮންތަ ލީނާއާއި އޭނާގެ ފިރިމީހާ ނަބީލްގެ އަލަތު ދަރިއެވެ. ނަބީލްގެ ހުންނަގޮތަށް އަރީންގެވެސް ހުންނަނީ ބުޅި އިސްތަށިގަނޑެކެވެ. އަދި މޫނުމަތިން ބޮޑަށް ވައްތަރީ ލީނާއާއޭ މީހުން ބުނެއެވެ. ނަމަވެސް ޔައިލީއާއި ދީމާއަށް ވައްތަރީ އައިރާއާއެވެ. އެހެނީ އަރީންވެސް އުޅެނީ އައިރާ އުޅޭހެން ހަލަނިކޮށްވިއްޔާއެވެ. އެހާމެ ލާނެތްވެސް ވާނެއެވެ. އަދި ހީލީމާ ކޮލަށް އެޅޭ އަޑިކޮޅުން އިތުރަށް ވައްތަރުކަމަށް ދައްކައެވެ. ލީނާގެ އިތުރުން ދެވަނައަށް ދޮށްޓަށް އައިރާގެ ތިއްތަ އިފާ ހުރެއެވެ. އަދި އޭނާގެ ފިރިމީހާ ޝިމާލްއާއެކު ދިރިއުޅެމުންދަނީ ޝިމާލްމެންގެ ގޭގައެވެ. އައިރާގެ ދައްތައިން ފިޔަވައި އައިރާގެ މަންމަ ފާތުންއާއި އައިރާގެ ބައްޕަ ނަދީމް ހުރެއެވެ. ކުއްލިގޮތަކަށް އޮފީހަށް ދާން ޖެހުމުން ނަދީމްވީ އޮފީހަށްގޮހެވެ. އެނޫން އެންމެން އެގަޑީ އެތާ ތިއްބެވެ. “ޔައިލީ ހާދަ ދުވަހެއް ކޮއްލާފަ މި ފެނުނީ. ވަރަށް މިސްވި އިންގޭ.” ކޮޓަރިން ނިކުމެގެން އައި ނަބީލް ޔައިލީއަށް ގޮވާލިއެވެ. ޔައިލީވެސް ފުޅާ ހިނިތުންވުމަކާއެކީ ނަބީލްއަށް ބަލާލިއެވެ. ނަބީލް އެއައީ މެލޭޝިޔާގައި ހުންނަ އޭނާގެ ވިޔަފާރީގެ ކަންކަން ކުރުމަށް މެލޭޝިޔާއަށް ދެ މަސްދުވަހުގެ ދަތުރަކަށް ގޮސްފައެވެ. ދިއައިރު ދިޔައީ ނަބީލްގެ ކުޑަ އާއިލަ ގޮވައިގެންކަމުން އަރީންވެސް ނުފެންނަތާ ދެމަސް ވީއެވެ. ދެ އަހަރުގެ ކުއްޖަކަށްވެސް އެހާވަރުން ޔައިލީ ހަނދާން ހުރީތީ ޔައިލީ ވަރަށް އުފާވިއެވެ. “ނަބީލްބެވެސް ވަރަށް މިސްވިޔޭ.” ޔައިލީވެސް ރައްދުގައި ބުންޏެވެ. “ކޮއްކޮއެއް މިސްއެއް ނުވޭތަ؟” އަރީން ޔައިލީއަށް ބަލާލާފައި ޔައިލީގެ ކޮލުގައި ހިފަހައްޓާލަމުން ބުންޏެވެ. “އޯންވ. އެންމެ ބޮޑުކޮށް މިސްވީ އަރީން ކޮއްކޮ. އިނގޭތަ ޔައި ދައްތަ ދެރަވިވަރު.” ޔައިލީ މޫނުމަތިން ދެރަވާކަމަށް ހެދެމުން ބުންޏެވެ. “ހެހެ. އެހެންމަ ދާންވަނެ ދޯ ތި ތިން ގާލްސް ގޮވައިގެން ރެސްޓޮރެންޓަކަށް މާދަން ހަވީރު.” ނަބީލް އެހެން ބުނެލީ ފުޅާ ހިނިތުންވުމަކާ އެކުގައެވެ.

“ރެސްޓޮރެންޓަކަށޭ!!!” ޔައިލީ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ކޮޓަރިން ނުކުތް އައިރާގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. “އިރާވެސް ބޭނުން ތިކިޔާ ރެސްޓޮރެންޓަކަށްދާން. ދޮންތަބެ އިރާއާ މާ ކްލޯސް ވާނެ އިނގޭ. އިރާގެ ދޮންތަބެއޭ ތީ. އެހެންނޫނަސް އިރާ ވަރަށް ކުރިން ބުނެފަ އޮންނާނީ ދޮންތަބެ ކައިރީ އިރާ ގޮވައިގެން ރެސްޓޮރެންޓަކަށް ދާން. އެކަމުވެސް އެކިޔާ ވަރުގަދަ ބިޒްނެސް ޓްރިޕްއަކަށް ދާންޖެހިއްޖެ ވިއްޔަ. އޭގެ ދަރަނި ކަނޑަން ޖެހޭނެއިނގޭ. އެހެންމަ އިރާ ގޮވައިގެން ތިދާތާކަށް ދާތި ކޮންމެގޮތެއްވިޔަސް.” އެއް އަތް އުނަގަނޑުގައި ވިއްދަމުން އަނެއް އަތުން ފުއްޓަކި ޖަހަމުން އައިރާ ވާހަކަ ދައްކަމުން ދިޔަ ގޮތުން އެންމެން ތިބެންޖެހުނީ އަޑިން ހީލަހީލައެވެ. “ސާބަހޭ އިރާ ކޮއްކޯ. ދޮންތަބެ ނުބުނަމެއްނު އިރާ ކޮއްކޮ ބަހައްޓަފައޭ ދާނީ. މިބުނީ މާދަން ހަވީރު ވާނެޔޭ ރެސްޓޮރެންޓަކަށް ދާން ތި ތިންކުދިން ގޮވައިގެން.” ނަބީލް ވަކިވަކި އަކުރުތަކަށް ބާރުލަމުން ބުނެލީ ތިން ކުދިންނަށް އިޝާރާތް ކުރަމުންނެވެ. “އޯ. އެހެން ދޯ. ނޭނގޭނެޔެއްނު.” އައިރާވެސް ކަޑަ ނުވާންވެގެން ބޯކަހާލަމުން ބުންޏެވެ. އަދި ނަބީލްވެސް އައިރާގެ ބޮލުގައި މަޑުމަޑުން ޖަހާލީ ސިކުނޑިން އެއްޗެއް ވިސްނޭހޭ ބުނާ ކަހަލަ ގޮތަކަށެވެ. “ބައެއްފަހަރު ހިތަށްއަރާ އިރާގެ ބޮލުގަ އޮންނަނީ ސިކުނޑިއެއްބާއޭ ނޫނީ ހިލަގަނޑެއްބާއޭ.” ދީމާ ވިސްނާކަމަށް ހެދެމުން ކޮލުގައި ޝަހާދަތް އިނގިލިން ދެފަހަރަކުމަތިން މަޑުމަޑުން ޖަހާލާފައި އެހެން ބުނެލީ އައިރާ ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. ވީވެސް ދީމާ ހީކުރިގޮތެވެ. އައި ރުޅީގައި އައިރާ ދީމާ ފަހާ ދުވަންފެށިއެވެ. މުޅި ސިޓިން ރޫމް ކުޑަކުރެވުނުއިރުވެސް އެދެމީހުން ދުވުން ހުއްޓާކަށް ނޫޅުނެވެ. އައިރާ ވަރުބަލިވެގެން އެންމެފަހުން ދުވުން ހުއްޓާލިއެވެ. އެވަރުންވެސް ދީމާ ހެވިފައި އައިރާއާ ދިމާލަށް ދޫ ދިއްކޮށްލާފައި ފެށީ ހޭށެވެ. އެއްވެސް ވަރަކަށް ވަރުބަލިވިކަމުގެ އަސަރެއް ދީމާގެ ކިބައަކުން ނުފެނެއެވެ. “ދެން ސާބަސް ތި ދެމީހުންނަށް. ތީ ދެން ތަންކޮޅެއް ބޮޑުވަރު.” ޔައިލީ އަރީން ބިންމަތީގައި ބަހައްޓާފައި ހަށަން ބަނދެލަމުން ބުންޏެވެ. “ޔައިވެސް ތިހެން އަނގަނުތަޅުވާ އާދެބަލަ މިތަނަށް. ވަރަށް މަޖަލޭ.” އައިރާ މާނޭވާލަމުން ވާހަކަދެއްކިއިރުވެސް ދީމާ ހުރީ ހިނިގަނޑު ފިއްތައިގެންނެވެ. “މޭ ބީ ލޭޓާ.” ޔައިލީ އިންކާރު ކުރިއެވެ. “ނަބީލްބެ ކާރުގަ އަހަރުން ގޮވައިގެން އަދި ގޮސްލަންވާނެ ހުޅުމާލޭ ފޭސް 2 އަށް. ވަރަށް ދުވަސްވެއްޖެ އެތަނަށްވެސް ނުދެވޭތާ.” ދީމާވެސް ހެވިފައިހުރެ ބުނީ ނަބީލްގެ ކާރުގައި ދުއްވާލަން ދާންބޭނުންވިލެއް ބޮޑުކަމުންނެވެ. އެކަމަށް އެއްބަސްވުމަށްޓަކައި ޔައިލީއާ އައިރާ އަވަސްއަވަހަށް ބޯ ޖަހާލިއެވެ. މިކަމާ އެތާ ބާކީތިބި މީހުންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ވާނުވާގައިހުރި އަރީންވެސް އެންމެން ހޭތަންފެނި އެ ހުނުމުގައި ބައިވެރިވިއެވެ.

“ދެން ހިނގާބަ ގްރޫޕް ސްޓަޑީ ހަދަންދާން. އެހެންވެގެންނު މިތަނަށް މިއައީވެސް.” ޔައިލީ އަވަސްއަރުވާލާފައި ބުނިގޮތުން އައިރާއަށްވެސް ދީމާއަށްވެސް ނުހީހުރެވުނީ ހަމަކިރިޔާއެވެ. “އެއްކަލަ ޓެސްޓުދެކެ ބިރުގަންނަ ކުއްޖާދޯ މީ. ތިހާވަރު ނުވިޔަސް ޔައި ފާސްވާނޭ. ހަމަޖައްސާލަބަ ދޯ. ހްމްމް. ދެން ހިނގާ. ޔައި ބުނީމަ ވާނެދޯ ދާން. އެކަމް ދުވަސްކޮޅަކުން ޔައި ޖެހޭނީ އަހަރުމެން ބުނާގޮތް ހަދަންތާ ދޯ.” ދީމާ ހަމަޖެހިލަމުން އައިރާގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ހީވަނީ ޓެސްޓުޕޭޕަރު އެއްކޮށް ހިތުން ދަސްކޮށްގެން ހުރި މީހެއްހެންނެވެ. “ވަޓްސް ދެޓް ސަޕޯސް ޓު މީން؟” ޔައިލީ ސުވާލުމަކެއްގައި ހުރެ އައިރާއާ ދީމާ ފަހަތުން ކޮޓަރިއަށްވަނެވެ.

ތިން ކުދިންވެސް ހޭވައްޓާލަފައި އިރުއޮއްސެންދެން ކިޔަވަންއިނެވެ. ތިން ކުދިންގެ މޫނުމަތިންވެސް ވަރުބަލިކަން ފެންނަން ފެށުމުން ކިޔެވުން ހުއްޓާލާފައި އަމިއްލަ ވާހަކައަށް ގެއްލުނެވެ.

“ޔައި. އަދި ހަނދާންނެތިފައޭ މިހުރީ. މިއަދު ފިހާރަ ކައިރިން ކާކާތަ ޔައި ވާހަކަދެއްކީ؟ ވަރަށް ބިރުވެރި ވައްތަރެއްޖަހާ މީހެއް.” ދީމާ އެހެން ބުނީ ފިހާރަކައިރިން ޔައިލީގާތު ނުދަންނަ ފިރިހެން ހުރިކަން ހަނދާންވުމުންނެވެ. ނުދަންނަ މީހެއްކަން އެނގުނީ ޔައިލީގެ މޫނުފެނިފައެވެ. އަދި އޮޅިގެންވެސް އެފެނުނު ކަހަލަ މީހަކާ ރައްޓެހިނުވާނެކަން އިނގޭތީއެވެ. މިހެން ބުނުމާއެކު ޔައިލީ ކޮނޑު ހިއްލާލާފައި ބޯހޫރުވާލީ ނޭނގޭކަމަށް ދައްކަންވެގެންނެވެ. “ނޭނގެ ޔައިއަކަށް އެއްގޮތަކަށްވެސް. އެގަޑީ ތިދެމީހުން ފިހާރައަށް ވަނީމަ ޔައިގެ ދެފައި ވާޅުވެގެން މީހެއްގެ ސައިކަލެއްމަތީގަ ޖައްސާލި. ދެން ފަހަތުން މީހެއް ކަރުކެހެލީމަ ކުއްލިއަކަށް ތެދުވިގަޑީ ކިރިޔާ ނުވެއްޓުނީ. އޭނަ ނަންވެސް ބުނި. ކޮންމެސް ޔާޝް އެކޯ. ނޭނގެ ދެން.” ޔައިލީ އެދުވަހު ފިހާރަކައިރީ ވީގޮތް ތެދުތެދަށް ކިޔައިދިނެވެ. “އޭނަ ހީވަނީ ރިހިން ފެންވަރައިގެން ހުރި މީހެއްހެން. އިސްތަށިގަނޑުން އެއްގޮތް ހަމަ ރަނގަޅު އަންހެނަކާ. ހެދުމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ހީވަނީ ދުވަހަކުވެސް ހެދުން ބަދަލުނުކޮށް ހުރިމީހެއްހެން. ނޫނީ ލާނެ ރަނގަޅު ހެދުމެއްދޭން ބުނިނަމަ އިރާ ދިނީމުހޭ.” އައިރާ އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސަމުން ވާހަކަ ދެއްކީ ިފިހާރައިން ނުކުތްވަގުތު އައިރާއަށްވެސް އޭނަ ފެނިފައިވާތީއެވެ. އޭރު ދީމައާ ޔައިލީ ހުރެގެން ހެނީއެވެ. “އެހެންނުވާނީ. މިހާރުގެ ފިރިހެންކުދިން އުޅޭނީ މާ ބޭޑް ބޯއީ ވެގެންނު. ދެން ކިޔާނީވެސް ޕާޓޭ މީހުން.” ދީމާވެސް ސީރިއަސް ވެލާފައި ބުންޏެވެ. “ދެން އޭނައާ ދިމާލަށް އިރާ ކިޔާނީ ޕާޓޭ ގައީ. އޭރުން ތަންކޮޅެއް ބިރުކުޑަވާނީ. އޯކޭއެއްނު؟” އައިރާ ހެވިފައިހުރެ ބުންޏެވެ. މިހެންބުނުމާއެކު ދީމާއާ ޔައިލީ އެއްފަހަރާ ކަހަލަގޮތަކަށް އޯކޭއޭ ބުނެ ހޭންފެށިއެވެ.

“މިއަދު ކްލާސްތެރޭ ކިނެކޯ ވީ؟ އަޑުއެހިން ޔައިއާ އާކިންއަ ދެމީހުން މާވަރަކަށް ބެލި ވާހަކަ. މިހާރު ކޮންކަމެއް ލައިގަތީ؟” ދީމާ އެންމެ ކުރަންބޭނުންވި ސުވާލުކޮށްލިއެވެ. އަދި ޔައިލީއަށް ވާގޮތެއްބަލާލަންވެސްމެއެވެ. މިސުވާލާއެކު އިސްޖަހައިގެން ފޮތަށް ބަލަންއިން ޔައިލީ ސިހިގެންދިޔައިރު ކުއްލިއަކާ އިސްއުފުލާލާ ފަހަރަކު މީހެއްގަޔަށް ބަލައިލީ ޖަވާބު ދޭންވީތޯ އަހާކަހަލަ ގޮތަކަށެވެ. އައިރާވެސް މަޑުމަޑުން ބޯޖަހާލީ ބުނާށޭ ބުނާފަދައަކުންނެވެ. “އެ ދެން ބެލިދާނެ ދޯ އެހެން. އަނެއްހެން މާބޮޑުކަމެއްނުންދޯ އެއީ. ޖަސްޓް ރެންޑޮމް ގްލާންސެސް. ދެން އޭނަވެސް މާވަރަކަށް ބަލާތީ ބެލެނީ.” ޔައިލީ ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ. ނަމަވެސް އަޑުއައީ މަޑުންކަމުން ޔައިލީ ހުރީ އެކަމާ އަމިއްލަ ނަފްސާ ކުދިކިޔާލައެވެ. “ތިއެއްނޫނޭ. މިއަދު ދީއާ ޒިލާލްއާ ކޮންކަމެއް ހިންގާލީ. ޔޫ ގޮޓް ދަ ހޯލް ސްކޫލްސް އެޓެންޝަން ޖަސްޓް ބައީ ސްޓޭންޑިންގ ނެކްސްޓު ހިމް. ޒިލާލް އެއީ ދުވަހަކުވެސް ކުއްޖަކާ އަނގައިންވެސް ބުނެލި މީހެއްނޫން. ސްޕެޝަލީ ގާލްސް” ޔައިލީ މައުޟޫ އޮޅުވާލަމުން ބުންޏެވެ. “އެ ދެން ވެދާނެ ދޯ މާ ރިޗް ވީމަވެސް. ހީ އިޒް ނައިސް ދޯވ. ހީ ކައިންޑަ ސޭވްޑް މީ މިއަދު.” ދީމާ މިހެން ބުނުމާއެކު ޔައިލީއާ އައިރާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. މިތަންފެނި ދީމާ ފަނޑުގޮތަކަށް ހީލިއެވެ. އަދި މިއަދު ސްކޫލު ހޯލްތެރޭގައި ވީގޮތް ކިޔައިދިނެވެ. “އަޅޭ. ލޯބީގެ ފެށުމެއްދޯ.” އައިރާއަށް އެއްވެސް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ވަރަށް ދުވަސްކޮށްލާފައި އަނެއްކާވެސް ކުއްޖަކާ ދިމާކޮށްލަން ފުރުސަތެއް ލިބުނީމާ އެ ދޫކޮށްލަން ބޭނުންވާނީ ކާކުހެއްޔެވެ؟ “ލޯބީގެ ފެށުމޭ ބުނާއިރު އިރާއާ އަލާންއޯ. ތިދެމީހުންނެކޭ ސައުވީސް ގަޑިއިރު ހިފާތަޅާލަ ހުންނަ ޖަނަވާރުންތަކެކޭ އެއްގޮތް. އެއަށް އެއްޗެކޭ ބުނީމަ ބުނާނީ ވަރަށް ފޫހިވާ މީހެކޭ. މީހުން ބުނެއުޅެއެންނު ނަފްރަތަކީ ލޯބީގެ ފެށުމެކޭ. ދެން އެހެންމަ ކާކާދިމާލަށް ލޯބީގެ ފެށުމެކޭ ބުނަންޖެހޭނީ.” ދީމާވެސް އައިރާއާ ދިމާކޮށްލާނެ ފުރުސަތެއް ލިބުނީތީ އެކަމާ އުފާކުރާ ހާލު ލާނެތް ހިނިތުންވުމަކާއެކު ބުނީ ހަށަން ބަނދެލަމުންނެވެ. “ހަހް. އިރާއާ އަލާންއާ. ނޯ. ވޭ. މި ދުނިޔެއިން ޑޭޓް ކުރާނެ މީހުން ހުސްވިޔަސް އޭނައަކާ ގާތެއްވެސް ނުވާނަން. އޭނައަށްވުރެ މާ ރަނގަޅުވާނެކަންނެ އެއްކަލަ ޕާޓޭ ގައީ. އެހެންނޫނަސް އަލާން ހީކުރަނީ އޭނައަކީ ރީތިމީހަކަށްވީމަ ބޭނުންގޮތެއް ހެދޭނެޔޭ. ބަޓް ދެޓްސް ނޮޓް ގޮނަ ވޯކް އޮން މީ. ހީޒް އެން އެބްސޮލިއުޓް އިޑިއަޓް.” އައިރާ ދީމާގެ ބަހާ ދެކޮޅުހަދަމުން ބުންޏެވެ.

“އޯވ. ކޮންއިރަކު އިރާއަށް އަލާން ރީތިވީ؟ އަހަރުން ހިއެއްނުކުރަން އެހެންކުދިންނަށް އަލާން ރީތިވިޔަސް އިރާއަށް ރީތިވާނެކަމަކަށް. އޯ ވެލް. ގެސް ދެޓްސް އެބައުޓް ޓު ޗޭންޖް.” އައިރާ ދެއްކި ވާހަކައިގައި ޔައިލީއަށް އެންމެބޮޑަށް އަޅައިގެން ތަންކޮޅަކީ ރީއްޗޭ ކިޔާފަ ކީ ތަންކޮޅެވެ. “އައްޗި. ކާކުބުނީ އަލާން ރީއްޗޭ؟ އެއީ ހަމަ ރަނގަޅު ސޭކެއް ތާކު ބަހައްޓާފަހުރި. އިރާ ދުވަހަކުވެސް ނުދެކެން އޭނައަށްވުރެ އެހާ ސޭކު މީހެއް. ކުރަން އިނގޭހާވެސް ކަމަކީ އިރާ ރުޅިއެރުވުން. ޕާޓް ޓައިމް ޖޮބަކަށް ދިޔަޔަސް މާ ރަނގަޅުވާނޭ. ކޮންމެހެން އިރާއާ ހިފާކަށް އޭނަ އަމިއްލައަށް އޭނަގެ ޓައިމް ވޭސްޓް ކުރާނެކަމެއްނެތް ދޯ.” އައިރާ ޔައިލީއާ ދީމާއަށް ދޯ ދިނެވެ. “ދީއަކަށް ނޭނގެ އަލާން އިރާ ރުޅިއަރުވަނީ ޓައިމް ވޭސްޓުކުރަންކަމެއް. އެކަމް އެނގޭހާވެސް އެއްޗަކީ ދެމީހުންވެސް ތިކިޔާ ‘އެއްޗެހިކިޔުން’ އެންޖޮއި ކުރާކަން.” ދީމާ އޭނަގެ ދެއަތުން ކޮމާކޯޅިއެއް ހަދާލާފައި ބުންޏެވެ. ޔައިލީވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލާފައި ހިނިގަނޑެއް ޖަހާލިއެވެ. އެތިންކުދިން ސަކަރާތާ މަޖަލަށް ގެއްލިފަ ހުއްޓާ ތިންކުދިންގެ ފޯނުން މަޣްރިބް ނަމާދު ބަންގިގޮވިކަމުގެ ނޮޓިފިކޭޝަންގެ އަޑުއިވުނެވެ. ތިންކުދިންވެސް ނަމާދުކޮށްލައިގެން ގެއަށްދިޔައީ މިއަދު ޖެއްސުނު ގްރޫޕް ސްޓަޑީއާދޭތެރޭ ހިތްހަމަޖެހިގެންހުރެއެވެ.

އޭގެ އަނެއް ދުވަހެވެ. ދުވަހަކީ އުޑުމަތި ސާފު ދުވަހެކެވެ. އާދައިގެ މަތިން ހުރިހާ ކިޔަވާ ކުދިން ކިޔަވަންދާ ގަޑިއެވެ. ޔައިލީވެސް އޭގެތެރޭގައި ހިމެނެއެވެ. އެދުވަހު ޔައިލީ ލަސްވާނެ ވާހަކަބުނުމުން ޔައިލީ ބުނެކިޔައި އާދޭސްކޮށްގެން އައިރާއާ ދީމާ ޔައިލީއަށްވުރެ ކުރިން ސްކޫލަށް ފޮނުވާލިއެވެ. ޔައިލީއަށް ސްކޫލަށްގޮސް ކްލާހަށްވަން ވަގުތަކީ ކްލާހުގެ ހުރިހާކުދިން ކޮންމެވެސް ކަމަކަށް މަޝްވަރާ ކުރާއަޑުއިވުނު ވަގުތެވެ. ޔައިލީ ދަބަސް ގޮނޑީގައި ބަހައްޓާލުމަށްފަހު އައިރާއާ ދީމާކައިރަށް ދިޔައީ ވެގެންއުޅޭގޮތެއް އޮޅުންފިލުވާށެވެ. ޔައިލީއަށް އެނގިގެންދިޔައީ އަލާންމެންގެގައި ކުޑަ ޕާޓިއެއް އޮންނަކަމެވެ. ހަމައެވަގުތު އައިރާގެ އަތުގައި އޮތް ދައުވަތު ކާޑު ލޮލުގައި އަޅައިގަތެވެ. އަދި އައިރާއާ ދިމާލަށް ފާޑަކަށް ހީލިއެވެ. “އަލާން އިރާއަތަށްތަ ތި ކާޑު ދިނީ؟” ޔައިލީ އަހައިލިއެވެ. “ނޯ. އޭނަ އެންމެ ކުރިން ދޭން އުޅުނީ ދީ އަތަށް. އެކަމު އައިތަނެއް ނޭނގެ އިރާ އެ ކާޑު ޖެހިގަނެފަ ދުރަށްގޮއްސި.” އައިރާ ވާހަކަދައްކަން ފުރުސަތެއްނުދީ ދީމާ ވާހަކަދެއްކީ ފުޅާ ހިނިތުންވުމަކާއެކުއެވެ. “އޯ. މީދޯ މިވީގޮތަކީ. އަލާން ހުންނާނެތާ އުފާކޮށްލާފަ.” ޔައިލީއަށް ދިމާނުކޮށް ނުހުރެވުނީއެވެ. “މާ ހެވިފަ ހުންނާނެކަމެއް ނެތް. އަލާންދާހާ ތަނަކަށް އެ އާކިންވެސް ދާނެ. އެހެންމަ އާކިން އެ ޕާޓީއަށް ދާނެކަން އެއީ ޝައްކެއްވެސް އޮތްކަމެއް ނޫން.” އައިރާ މޫނުހަދާލައިގެން އެހެން ބުނުމާއެކު ޔައިލީއަށް ފާޑެއްގެ ގޮތެއްވެގެން ދިޔައެވެ. މިކަންއެނގި އައިރާގެ މޫނުމަތިން ކާމިޔާބުގެ ހިނިތުންވުމެއް ފެނިގެންދިޔައެވެ. އަދި އެއްމިޔަނަކުން ހީލިއެވެ. ދީމާވެސް ހުރީ ދެމީހުން ދިމާކުރަތީ ހީހީ ބިނދޭވަރުވެފައެވެ. ކްލާހުގެ އެހެން ކުދިން މާވަރަކަށް ޕާޓީގެ ވާހަކަދައްކާތީ އެތިންކުދިންގެ މެދުގައި ހިނގާކަމެއް ނޭނގެއެވެ. އިރުކޮޅެއްނުވެ ހުރިހާ އަންހެންކުދިންގެ ލޯތަށް އަމާޒުވެގެންދިޔައީ ކްލާހަށް ވަދެގެންއައި ދެކުދިންނަށެވެ.

އާކިންއާ އަލާންއާ ދެކުދިން ދުވަމުން ކަހަލަގޮތަކަށް ކްލާހާދިމާލަށް ދިޔައީ ބެލްޖެހުމުންނެވެ. އަލާން އެވަގުތުވެސްދިޔައީ އާކިން ފާހަނާގައި ލަސްވާކަމަށްޓަކައި ކުދިކިޔާލައެވެ. ޕާޓީ ކާޑުތައް ބަހާ ނިމުނުހެން އާކިން ފާހަނައަށް ދާންޖެހުނެވެ. އާކިން ލަސްވެގެން އެންމެފަހުން އަލާން ފިރިހެން ކުދިންގެ ބަޔަށް ވަންއިރު އެތާ ލޯގަނޑުން ފަރިބަލަނީއެވެ. އަންހެނަކަށްވުރެ ކަންތައް ފަލައޭ އަލާން އެވަގުތު ހިތަށްއެރިއެވެ. ކްލާހަށްވަދެވުމާއެކު އެދެކުދިންނަށް ފުންނޭވާއެއް ދޫކޮށްލެވުނީ ކްލާހަށް އަދި ޓީޗަރު ނާންނާތީއެވެ. ނަމަވެސް ހުރިހާ އަންހެންކުދިން ބަލަންތިބުމުން އެކުދިން ކުޑަކޮށްނަމަވެސް ލަދުގަތެވެ. އެއްލި ކަޅިއަކުން އާކިންއަށް ފެނުނީ ޕާޓީކާޑު ކިޔަންއިން ޔައިލީއެވެ. ކައިރީގައި ދީމައާ އައިރާ ވާހަކަދައްކަން ހުރުމުން އެމީހުންއައިކަމެއް ޔައިލީމެންނަކަށް ނޭނގެއެވެ. ޔައިލީއަށް ބަލަހައްޓައިގެން އާކިންއަށް ހުރެވުނުކަން އެނގުނީ އަލާން ކޮލުގައި ފިތާލުމުންނެވެ. “ބްރޯއަށް ދެން ސާބަސް. ތިހާވަރަށް ނުބެލިޔަސް ޔައިލީއެއް ނޫޅެޔޭ ބްރޯ ނޫން މީހަކާ ރައްޓެހިވާކަށް. އެކަމް ބޮޑަށް ރަނގަޅީ ތެޔޮނާށި ކާޅު ޖަހައިގަތީމުކުރިން ޕްރޮޕޯޒްކުރަން. ހެލްޕެއް ބޭނުމިއްޔާ މަ މިހުރީ ލައިންގެ އެންމެ ކުރީގަކަން ހަނދާން ކުރާތި.” އަލާން ހިނިތުންވެލައިގެން ހުރެ އާކިންގެ ކޮނޑުގައި އަތް އަޅާލަމުން އެހެން ބުނެ އިށީންނަން ދިޔައެވެ. އާކިންއަށް ހުރެވުނީ އަލާން ދެންމެ ދެއްކި ވާހަކައާމެދު ވިސްނާށެވެ. އަލާން އެދެއްކީ މުޅިއަކުން ގޯސް ވާހަކައެއްނޫނެވެ. އާނއެކެވެ. ‘ލައިކް’ ވެއެވެ. ނަމަވެސް އާކިންއަށް ޔައިލީދެކެ ލޯބިވެވުންކަން ޝައްކެވެ. އާކިންއަށް ވަރަށް ގިނަ ރީތި އަންހެން ކުދިން ފެނިފައިވެއެވެ. އެކަމުވެސް ޔައިލީ ފެނުމުން ވާ އެއްވެސް ގޮތެއް އެހެންކުދިން ފެނުމުންނެއް ނުވެއެވެ. މިކަމާ ޚުދު އާކިންވެސް ހައިރާންވެއެވެ. އިތުރަށް ވިސްނަން ނުހަދައި އާކިން އޭނަގެ ސީޓަށްދިޔައެވެ.

އެދުވަހުގެ ކްލާސްތަކުގައި އާކިން ޔައިލީއަށް އަނގައިން ބުނެނުލިތާނގައި ބަލައިވެސް ނުލިއެވެ. އެކަމުގެ ސަބަބުން ޔައިލީގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް މޫނުމަތިން އެކުލަވަރު ނުދައްކާހުރީ އެއްވެސް މީހަކަށް ޝައްކުވެދާނެތީއެވެ. އެކަމަށް ޔައިލީ އެހާވެސް ކުޅަދާނައެވެ. އަނެއްކޮޅުން އާކިން އެއުޅެނީ އޭނަގެ އަމިއްލަ ހިޔާލުތަކުން ދުރުނުވެވިގެންނެވެ. އެހެން ކަންކަމަށް ސަމާލުކަންދެވޭވަރަށްވުރެ އާކިންގެ ވިސްނުންވަނީ މުޅިން އެހެން ދިމާލަކަށެވެ. އެކަމާ ވިސްނަންހަދައިގެން ދެން އޮތްގަޑީގެ ޓީޗަރު ކްލާހަށް އައިކަމެއް އާކިންއަކަށް ނޭނގުނެވެ. އާކިންއަށް ހަމަބިމަށް އާދެވުނީ އަލާން ކަރުކެހެލާފައި އާކިންގެ އަތުގައި ކުޑަކޮށް ކޮއްޓާލުމުންނެވެ. އެވަގުތު ހިސާބު ޓީޗަރު ރާޖޭޝް ސަރ ކްލާހުގައި ހުރުމުން އާކިން ނޫން ހުރިހާ ކުދިން ތެދުވެ ސަރ އާ ސަލާމް ގޮވަނީއެވެ. އާކިންވެސް ފުންމައިގެން ތެދުވީ ފޫކޮޅުގައި ކައްޓެއް ޖެހުނުފަދައިންނެވެ. އެތަން ފެނުނު މީހަކަށް ކުޑަކޮށްނަމަވެސް ހެވޭނެއެވެ. ގައިމު ޔައިލީއަށްވެސް ނުހީ ހުރެވުނީ ކިރިޔާއެވެ. ސަރ ސަލާމް ބަލައިގަނެ ހުރިހާ ކުދިން އިށީންނަން ބުންޏެވެ.

އެދުވަހުގެ ސެޝަންވެސް ނިމުނީ ވަރަށް ކާމިޔާބުކަމައެކީގައެވެ. ދަބަހަށް ފޮތް އަޅަންހުރި ދީމާއަށް އެއްލި ކަޅިއަކުން ފެނުނީ ޒިލާލް އޭނަގެ ދަބަސް ކޮނޑުގައި އަޅުވަމުން ނުކުންނަންދާތަނެވެ. އައި ހިޔާލަކާއެކު ދީމާ އަވަސްއަވަހަށް ފޮތްތަށް ދަބަހަށް ގަޅާލާފައި ޔައިލީއާ އައިރާގާތު މި ދަނީއޭ ބުނެ ޒިލާލް ފަހަތުން ދުވެފައި ކަހަލަގޮތަކަށް ދިޔައެވެ. ދީމާ ކްލާހުން ބޭރަށް ނުކުތް ވަގުތަކީ ދީމާ ހީނުކުރާފަދަކަމެއް ދިމާވި ވަގުތަށެވެ.

ކްލާހުގައި ޔައިލީއާ އައިރާ ވާހަކަދައްކަން ތިބިއިރު ދުރުގައި ކުޅިބަލަންހުރި ރަޝާގެ ހިތްވަނީ ނަފްރަތުން ފުރާލެވިފައެވެ. ޔައިލީއާ ދިމާލަށް ބަލަންހުރިގޮތުން ހީވަނީ ދެންމެދެންމެ ނޮޅާލައިގެން ކާލަފާނެހެންނެވެ. ރަޝާ ދިޔައީ މިރޭގެ ޕާޓީގައި ކުރިޔަށްދާނެ ‘ހަރަކާތްތައް’ ލިސްޓުކުރަމުންނެވެ. މިކަން އެއްވެސް ގޮތަކަށް ފާހަގަނުވާ ޔައިލީއަށް މިރޭވެގެންދާނީ އޭނަގެ ހަޔާތް ބަދަލުވެގެންދާނެ ރެއެއްކަމަށް ރޭކާވެސް ނުލައެވެ.
ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

ލޯތްބަކުން ދިން….3ވަނަ ބައި

Next

ލޯތްބަކުން ދިން……4 ވަނަ ބައި

Next
March 27, 2023

ލޯތްބަކުން ދިން……4 ވަނަ ބައި

Previews
March 18, 2023

ލޯތްބަކުން ދިން….3ވަނަ ބައި

One Comment

  1. Quinn Lilac says:
    March 26, 2023 at 8:42 pm

    Salaam dear readers. Here’s the 4th episode. Ummeedhu kurany mi episode ves kamudhaane kamah. 😊

Comments are closed.

Next Episodeލޯބިވެވުނީ 5←


All Right Reserved!