Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ކަނޑުފެން (ދެވަނަ ބައި) KanduFen (Part-2)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
October 15, 2015 7 Mins Read
24 Comments

“ޔެސް… ޔެސް… ޔޭސްސްސް…” ލިންކް ހުޅުވާލަން ފިއްތާލުމަށްފަހު މަޑުމަޑުން މިހެން ބުނެލީ މުއްކަވާއިގެން ހުރި އަތުން ފައިގެ ފަލަމަސްގަނޑުގައި ތަޅަމުންނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮތް ކަޔާނަށް ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެވޯޑް ލިބިފައިވުމުން މިހާރު އެ ވާހަކަ ވަނީ ސައިޓުތަކުން ނަގާފައެވެ. ވީ ދެރައިން ފޯނު ނަގާ މިޝްކާއަށް ގުޅާލީ އެވާހަކަ ލިބޭނޭގޮތެއް ހޯދާލާށެވެ.

ތިންފަހަރުވެސް ފޯނު ދިޔައީ ވޮއިސް މެއިލަށެވެ. ކަޔާން ޖަވާބެއް ނުދީ ފޯނު ބޭއްވީ އެކަމާ ވަރަށް މޫޑު ޚަރާބުވެ ހުރެގެންނެވެ.

އެދުގެ ހެޑްބޯޑް މަތީގައިވާ ޑިޖިޓަލް ގަޑިއަށް ބަލާލިއިރު އޭރު ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. މިހާ ދަންވީމަ މިޝްކާވެސް ހޭލާ ނުހުންނާނެ ކަން އިނގޭތީ މާދަމާ މިޝްކާއަށް ގުޅާނީއޭ ހިތާ ނިދަން ހިތު ނިޔަތް ގަތެވެ.

ފޭސްބުކް ސްޓޭޓަސްގައި “ޑެސްޕަރޭޓްލީ ވެއިޓިންގް ޓު ރީޑް ދެޓް ބުކް…” މިހެން ޖަހާލުމަށްފަހު ފޯނު ބާއްވާ ނިދަން އޮށޯތީ މާދަމާ އެ ވާހަކަ ހޯދައިގެން ކިޔާލުމުގެ ނިޔަތުގައެވެ.

*** *** *** ***

ހެނދުނު އޮފީހަށް ގޮސް މަސައްކަތުގައި ހުރި އިރުވެސް ކަޔާންގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އަލީނާގެ ހަނދާންތަކެވެ. އަލީނާއި ދިމާނުވާތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވީއެވެ.

އެއް އަތުން ދަތްދޮޅީގައި ވިއްދާލައިގެން އަނެއް އަތުން މޭޒުމަތީގައި އޮތް ނޯޓު ޕޭޑްގައި ގަލަން ޖައްސާލައިގެން ހުރި ކަޔާންގެ އަތް ހަރަކާތްކުރަމުން ދިޔައެވެ. ވަރަށް ހަލުވިކޮށް އެ ހުސް ގަނޑުގައި ހުރަހަށް ލިޔަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. ގުޅުވާލެވިފައިވާ އިނގިރޭސި އަކުރުތަކަކުން ލިޔަމުން ދިޔައީ ކަޔާންގެ ހިތުގެ ޝުޢޫރުތަކެވެ.

“ވެއަރ އާ ޔޫ…. ވައި ޑިޑް ޔޫ ލީވް މީ…. އައިމް އޯލް އަލޯން…. އަލީނާ ކަމްބެކް، ޕްލީޒް…”

ކަޔާންގެ ހަނދާނަށް އަންނަންފެށީ އަލީނާއާ ދިމާނުވެގެން އުޅުނު ހިތްދަތި ދުވަސްތަކެވެ. އެޚިޔާލުތަކުގެ ތެރެއަށް ގެނބިގެންދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ.

ހިތުގައިވާ ހުރިހާ ޝުޢޫރުތަކެއް ފާޅުކުރުމަށް ނިންމައިގެން ހުރި ކަޔާން ފޭސްބުކުން އަލީނާއި ދިމާނުވާތީ އޭނާގެ ވޯލް ހުޅުވާލަން މަސައްކަތް ކުރިއެވެ. ނުވަދެވުމުން މީ އިންޓަރނެޓް މައްސަލައަކުން ވާކަމެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް އެހެން ޕޭޖެއް ހުޅުވަން މަސައްކަތް ކުރުމުން އެކަން ވަރަށް ފަސޭހައިން ވިއެވެ.

ފޭސްބުކްގައި މިޝްކާ އޮންލައިންގައި އިންތަން ފެނުމުން ކަޔާން މެސެޖެއް ފޮނުވާލިއެވެ. “ހެއި ކޮބާ ލީން… އޭނާގެ ވޯލަށް ނުވަދެވެނީ ކީއްވެތަ؟…”

“ނޭނގޭތަ، އޭނަ އެކައުންޓް ވަނީ ޑީއެކްޓިވޭޓް ކޮށްފަ…” މިޝްކާގެ ޖަވާބު ވަރަށް ކުރެވެ.

މި ޚަބަރަށްފަހު އަލީނާއަށް ގުޅޭތޯ ކަޔާން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ފޯނުވެސް ވަނީ ނިއްވާލާފައެވެ. އެހެންކަމުން މިޝްކާއަށް ގުޅައިގެން ޚަބަރު ބެލިއިރު އަލީނާ އެވަގުތު ވީ މެލޭޝިޔާގައި ކަމަށް ބުންޏެވެ. އަލީނާއާއި ގުޅޭނެ ގޮތެއް ހޯދޭތޯވެސް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަލީނާގެ އެންމެ ގާތް އެކުވެރިޔާ ބުނި ޖުމްލައިން ކަޔާނަށް ލިބިގެން ދިޔައީ އަޖައިބު ކުރުވަނި ހައިރާންކަމެކެވެ.

“އަލީނާ ބުނީ އެއްވެެސް މީހަކާ ކޮންޓެކްޓް ކުރަން ބޭނުން ނުވާ ކަމަށް… ދެން ދިރިއުޅުން އެއްކޮށް މެލޭޝިޔާއަށް ބަދަލުކުރަނީޔޯ….. ރާއްޖެ އަންނާކަށް ނުވިސްނަމޭވެސް ބުނި….”

މިޝްކާ ދެއްކި ވާހަކަ ޤަބޫލު ކުރަން ދަތިވުމުން، ކަޔާން މިޝްކާއި ބައްދަލުކުރަން ދިޔައެވެ. ކަޔާން އެދުވަހު އެދެމުން ދިޔައީީ އެއްފަހަރު ނަމަވެސް އަލީނާއާ އޭނާ ވާހަކަ ދައްކާލެވޭނެ ގޮތެއް ހަދައި ދިނުމަށެވެ. މިހެން ކިތެންމެ ފަހަރަކު މިޝްކާ ގާތު އާދޭސްކުރިއެވެ.

ކަޔާންގެ އާދޭސްތަކަށް ކެތްކުރަން މިޝްކާއަށް ވަރަށް އުނދަގޫވިއެވެ. މިޝްކާގެ ފޯނުން އަލީނާގެ މެލޭޝިޔާ ނަންބަރަށް ގުޅާލިއެވެ. ފޯނު ނެގުމާއިއެކު ކަޔާން އަލީނާއާ ބައްދަލު ނުވެގެން މޮޔަވަނީކަމަށް ބުނުމުން އަލީނާ ކަޔާނާއި ވާހަކަ ދައްކަން އެއްބަސް ވިއެވެ.

މިޝްކާ ފޯނު ދިއްކޮށްލުމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލުމުން އެ ކޮޅުން އަލީނާ ވާހަކަ ދައްކަން ފެއްޓިއެވެ. “ކީކޭ ކަޔާން….. އަހަރެން ކައިރީ ކޮން ވާހަކައެއް ނުދެއްކިގެން ތި އުޅެނީ…..” އަޑުގައިވަނީ ހަރުކަށި ގޮތެކެވެ. ކަޔާނަށް ހުރެވުނީ ވަރަށް ހައިރާން ވެފައެވެ. މީ ދުވަހަކުވެސް އަލީނާ އޭނާއާއި މުޚާތަބުކޮށް ވާހަކަ ދައްކައިފައިވާ ގޮތެއް ނޫނެވެ.

“ކީއްވެތަ އަހަރެން ތި ދުރުކޮށްލަނީ…. އަހަރެން ހީކުރީ ވީ ހެޑް ސަމްތިންގް ކަމަށް….. ޔޫނޯ… ސަމްތިންގް އަދާ ދޭން ފްރެންޑްޝިޕް….” ކަޔާނަށް މިހެން ބުނެވުނީ ހަމަ ކިރިޔާއެވެ.

“ބުނަން… އަހަރެން ބޭނުމެއް ނޫން އެއްވެސް ރިލޭޝަންޝިޕެއްގައި އިންވޯލްވް ވާކަށް…. ޖަސްޓް ވޯނަ ކޮންސެންޓްރޭޓް އޮން މައި ސްޓަޑީސް…” އަލީނާގެ އުޒުރު ފާޅުކުރިއެވެ.

“އޯކޭ އައިކޭން ވެއިޓް…. ލީން ނިމެންދެން ޔާން ވެއިޓް ކުރާނަން…. އައި ޕްރޮމިސް…” ކަޔާނަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް އަލީނާ އެނާގެ ފަހުބަސް ބުނެލިއެވެ.

“ނޯ…. އަހަރެން ބޭނުމެއް ނޫން…. ޔާން ޕްލީސް މޫވް އޯން….” ފޯނު ކަނޑާލުމުން ކަޔާން އަތުގައިވާ ފޯނު މިޝްކާއަށް ދިއްކޮށްލިއެވެ. ކަޔާނަށް ވެފައިހުރި ގޮތް ފެނި މިޝްކާ ވަރަށް ދެރަވިއެވެ. ވިސްނައިދީ ނަސޭހަތް ދޭން ވާހަކަ ދައްކަން ފެށުމުން ކަޔާން މިޝްކާއަށް ޖާވާބު ދިނެވެ.

“ޕްލީޒް ކީއްވެ ލީން އެހެން އެ ހެދީ…. އައިމް ޝޮކްޑް…. ހައު ހައު… ކިހިނެއް މަ މޫވް އޯން ކުރާނީ ސަބަބު ނޭނގި… މިޝްކާ ބުނެބަލަ ކީއްވެތަ ލީން އަހަރެން ކައިރިވާން މަސައްކަތް ކުރީމަ އަހަރެން ދުރަށް ލަނީ…..”

މިޝްކާވެސް އޭނާއަށް ކަމެއް ނޭނގެއޭ ބުނާފަދަ ގޮތަކަށް ކޮނޑު ހިއްލާލިއެވެ. އަލީނާގެ މި ނިންމުމަށް ކަޔާން ވަރަށް ހިތާމަކުރިއެވެ. ނަމަވެސް ކަޔާނަކީ އެމީހަކު ނޫޅޭ ވަރުން އެމީހެއްގެ ފަހަތުން ދުވެ އުނދަގޫ ކުރާ ޒާތުގެ ކުއްޖެއް ނޫނެވެ. އެދުވަހަށް ފަހު އޭނާ އަލީނާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ.

*** *** *** **** ***

މާޒީގެ ޞަފްޙާތަކަށް ގެއްލިފައި ހުއްޓާ ކަޔާންގެ ކެބިނަށް އައިސް ވަނީ ކަޔާން މަސައްކަތްކުރާ ޑިޕާޓްމަންޓްގެ އިސްކޮށްހުންނަ މެނޭޖަރެވެ. ލިބުނު ސިހުމާއިއެކީ މޭޒުމަތީގައި އޮތް ނޯޓްޕެޑްގައި ކަޔާން ލިޔަން ހުރި ގަނޑު ފޮތާއި ވަކިކޮށްލުމަށްފަހު އަތުތެރެއަށް ބޮނޑި ކޮށްލިއެވެ.

“މިއަދު މެޗު އޮތީމަ އޯކޭ ދެން ގެއަށް ދިޔަޔަސް…… މިރޭ ދާނަން ޓީމަށް ސަޕޯޓްކުރަން…. ގުޑްލަކް…” މެނޭޖަރ އަރީފް މިހެން ބުނެ ކަޔާންގެ ކޮނޑުގައި ހިފާލުމަށް ފަހު ހިނިތުންވެ ހުރެ އެ ކެބިން ތެރެއިން ނިކުމެގެން ދިޔައެވެ.

މިއަދު ކަޔާން ހުރީ މަސައްކަތާ އެހާ ގަޔާވެފައެއް ނޫނެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން އަވަހަށް ހިފާލިއެވެ. ކޮމްޕިއުޓަރ ނިއްވާލުމަށްފަހު މޭޒު ދޮށުން ތެދުވެ އޮފީހުން ނުކުތުމަށް އަވަސްވެގަތެވެ.

ސައިކަލަށް އެރުމަށްފަހު ގެއަށް ދިޔުމުގެ ބަދަލުގައި ކަޔާންގެ އަމާޒަކަށް ވީ އަޝްރަފީ ބުކްޝޮޕަށް ދިއުމަށެވެ. ބުކްޝޮޕަށް ވަދެ ކަނޑުފެން ވާހަކަ ފޮތް ގަތެވެ. ގެއަށް އާދެވުމުން ގަމީސް ބަދަލުކޮށްލުމަށް ފަހު އެނދުގައި އޮށޯވެލީ ހަމަޖެހިލައިގެން އެވާހަކަ ފޮތް ކިޔާލުމަށެވެ. އެނދުގައި ބާލިސް އަތުރާލުމަށްފަހު އަރާމު ވާނެގޮތަކަށް ޖައްސާލިއެވެ. ފުރަތަމަ ޞަފްޙާ ހުޅުވާލިއެވެ.

*** *** *** *** *** ***

ޒީކް ހުރީ ރަށަށް އާދެވުނު މޮޔަ ހިތަށް އަރާފައެވެ. ރަށަށް އައިސް ހަފްތާއެއް ވީ އިރުވެސް ޒީކް ހުރީ އިންތިހާއަށް ފޫހިވެފަައެވެ. އިރުވައިމޫސުން ކަމަށްވުމުން މި ދުވަސް ވަރަކީ އަހަރުތެރޭގައި އެންމެ ގަދަޔަށް ހޫނުވާ ދުވަސް ވަރެވެ. ދުވާލު ހަތަރުދަމު ޒީކް ހޭދަކުރަނީ އޭނާގެ ކޮޓަރީގައެވެ. ހަންގަނޑު އަނދާފާނެތީ ގެއިން ބޭރަށް ނިކުމެލަނީ މަދު ފަހަރަކުއެވެ.

ޒީކަކީ ދ. ކުޑަހުވަދޫއަށް އުފަން ކުއްޖެއް ކަމަކު އޭނާގެ އުމުރުގެ ގިނަދުވަސްތައް ހޭދަކޮށްފައިވަނީ މާލޭގައެވެ. މަންމައާއި ބައްޕަގެ ތަނަވަސް ދިރިއުޅުމުގެ ސަބަބުން ޒީކްގެ ހެދުން އެޅުމާއި މިޒާޖު ހުންނަނީ ފަހުގެ ޒަމާނީ ކުލަތަކާއި ވައްޓަަފާޅިއަށެވެ. އާންމު ގޮތެއްގައި ލައި އުޅެނީ ކުރުހެދުން ކޮޅު ނޫނީ ޖީންސާއި މަތިކޮޅެވެ. ފަސް ފޫޓުގެ ހެދިހެދިހުރި އިސްކޮޅެއް ލިބިފައިވާ ޒީކްގެ ލޫޅާފަތި ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ އުނަގަނޑާ ހަމައަށް އަންނަ އޭނާގެ ރާޅުބާނި އިސްތަށިގަނޑެވެ. ސައުވީސް ގަޑިއިރު މޭކަޕުން މޫނުގެ ކުލަތައް ރީތިކޮށްފައިވާ ޒީކް ހީވަނީ ދޮންކަމުން ފިހާރަތަކުގައި ހެދުން އަޅުވާ ނަލަކޮށް ބަހައްޓާފައި ހުރި ބުދެއްހެންނެވެ.

“ޒީކް… ދަރިފުޅާ.. ތެދުވެބަލަ… މީހާރު އެއޮށް ހަތެއް ޖަހަނީ…” ސީމާ ދިޔައީ ޒީކްގެ ކޮޓަރީގައި ޓަކިދީ ޒީކް ހޭލެއްވުމަށް މަސައްކަތް ކުރަމުންނެވެ.

ސީމާއަކީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޒާގެ އަންހެނުންނެވެ. މި އާއިލާ ދިރިއުޅެމުން ދަނީ މާލޭގައެވެ. އެހެންވެ ރަށަށް ނާންނަތާ ގިނަ ދުވަސްތަކެއްވުމުން، ސީމާގެ މަންމަ ސަފިއްޔާ ޝަކުވާކޮށް، މާމަ ދަރި ގޮވައިގެން ރަށަށް އައުމަށް އެދެމުން ދިޔައެވެ. ސީމާގެ އެ ކުޑަ އާއިލާ ބޮޑު ޗުއްޓީއަށް ރަށަށް ދިޔުމަށް ހަމަޖެއްސީ ރާއްޖޭން ބޭރުގައި ކިޔަވަން ހުރި ޒީކަށް ލިބުނު މިޑް ސެމެސްޓަރ ބްރޭކްގައި މާލެ އައުމުންނެވެ.

ޒީކަށް މި ލިބުނު ޗުއްޓީގައި ރާއްޖެ އާދެވުނު ނަމަވެސް މާލޭގައި އުޅޭ އޭނާގެ އެކުވެރިން ދޫކޮށްފައި ރަށަށް ދާން ޖެހުން ވެގެން ދިޔައީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކަށެވެ. ރަށަށް އައިސް ގިނަވަގުތު ކޮޓަރީގައި ހޭދަކުރާ މައިގަނޑު ސަބަބަކީވެސް އެއީއެވެ. ލެޕްޓޮޕްއިން އިނގިރޭސި އަދި ކޮރެޔާ ސީރީސް ބެލުމުގައްޔާއި ލަވަ ޖެހުމުގައި ޒީކް ވަގުތުތައް ހޭދަކުރަމުން ދެއެވެ. އަދި ފޭސްބުކްގައި އޭނާގެ ރަހްމަތްތެރިންނާ ވާހަކަ ދައްކާ ޗެޓްކުރުމަކީ އޭނާގެ މިފޫހި ވަގުތުތަކަށް ލިއްބައިދޭ ހިތްހަމަޖެހުމެކެވެ.

ކަންފަތްމަތީ ބާރޮކޮށް ބާލިސް އަޅައިގެން އޮތް ޒީކްގެ ކަންފަތުގައި ޖެހުނު ބާރު އަޑާއި އެކީ ފުންމައިގެން ތެދުވެއްޖެއެވެ. އަދި އަވަހަށް އެނދުން ފާބައިގެންގޮސް ދޮރުގެ ތަންޑު ނެއްޓުމަށްފަހު ތަންމިނަށް ދޮރު ހުޅުވާލިއެވެ.

“މިވަރު ނުކުރަނީސް ދޮރު ނުހުޅުވަންދޯ ތިއޮތީ؟… އެންމެން އެބަ ތިބި ޖެޓީ ކައިރީ…. ދަތުރު ރާވާފަ ނިދަނީދޯ ޕްރިންސަސް…” ކޮޓަރިތެރެއަށް ވަދެގެން އައި ފުރާވަރުގެ ތޫބާ ވާހަކަ ދެއްކީ ވަރަށް ރުޅިއައިސް ހުރެގެންނެވެ. “އަހަރެމެން މުނާޖާ ކޮޑުއަޅައިގެން ތެދުވިގޮތަށް މިއުޅެނީ…. ސީމައްތައަށް ގުޅީމަބުނި ވަރަށް ގޮވައިފީމޯ….” ތޫބާ ވާހަކަ ދައްކަމުން ޒީކްގެ ބުރަކަށީގައި އަޅާ ކޮއްޕަމުން ފާހާނާއާއި ހަމައަށް ގެންދިޔައެވެ.

“ބޮލުގައި ވަރަށް ރިއްސާ….. ތޫ މާބާރަށޭ ދޮރުގައި ތި ޖެހީ… ހީވަނީ މަގޭ ބޮލުގައި ތެޅިހެން….. އަސްލުވެސް ދަތުރު ކެންސަލް ކުރަމާ…” ޒީކް ހުރީ ދަތުރު ދާ ހިއްވާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ނަމަވެސް ތޫބާ ކުރުނުކޮށް ޝަކުވާ ކުރަމުން ދާތީ ޒީކް އެންމެފަހުން ފާހާނާއަށް ވަދެ ރީތިވާންފެށިއެވެ.

ކޮޓަރިން ދެމީހުން ނުކުތް އިރު ސީމާހުރީ ސިޓީންގް ރޫމުގައި ޒީކަށް ކޮފީތައްޓެއް ތައްޔާރުކޮށްގެންނެވެ. ކޮފީތަށިން އެއްބައި ބޯލުމަށް ފަހު ކޮނޑުގައި އަތްދަބަސް އަޅުވާލައިގެން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު ބަދިގެ ފަރާތުން ސިޓިންގް ރޫމަށް ވަދެގެންއައި ޒީކްގެ މާމަ ސަފިއްޔާ އަހާލިއެވެ. “ސީމާ… އެމަންޖެ ކޮންތާކަށްތަ އެދަނީ؟”

ޒީކް ބެހެއްޓި ކޮފީތަށި ތަބަކަށް ލައިގެން ބަދިގެއަށް ދާން ހިނގައިގެން ސީމާ އޭނާގެ މަންމައަށް ޖަވާބު ދިނެވެ. “އެމަންޖެ ގެއިން ބޭރަށް ނުނިކުންނާތީ…. ޝަހީމައްތަގެ ތޫބާ ކައިރީ ބުނެގެން ދަތުރެއް ރޭވީ… ފަހަރެއްގައި ދަތުރު ނިންމާލާފަ އަންނަ އިރު ކުދިންނާ ރައްޓެހިވެ މި މާހައުލަށްވެސް ހޭނިދާނެއްނު…..”

ތޫބާއަކީ ސީމާއާއި އެއްބަނޑު އެއްބަފާ ދައްތަގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. އުމުރުން 18 އަހަރުގެ ކުއްޖެކެވެ. ޒީކާއި ތޫބާއަކީ ދެބޭންގެ ދެދަރިންނެއް ކަމަކު މިދެމެދުގައި އޮންނަ ގުޅުމުން މާނަކުރެވެނީ އެއީ ގާތް ރަހްމަތްތެރިންގެ ގޮތުގައެވެ. ތޫބާއަކީ އިސްކޮޅުން ކުރު ކުޑަކޮށް ބިސް ގޮތެއް ހުންނަ އަންހެން ކުއްޖެކެވެ. އޭނާގެ ހަމުގެކުލަ ކަޅެވެ. ނަމަވެސް ލިބިފައިވާ ފަން ދިގު އިސްތަށިގަނޑުން އޭނާގެ ސިފަތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. ތޫބާއަކީ މިޒާޖުގެ ގޮތުން ވަރަށް ސަކަ ގޮތެއް ހުންނަ މީހުންނާ ވަރަށް ގުޅޭ ކުއްޖެކެވެ.

“ޒީކް ބަލާބަަލަ އެހެރަ ސޮރެއް….އެއީ މަޒީން… އޭނަ ވަރަށް ހެންޑްސަމް ދޯ… މަ ވަރަށް އާދޭސްކޮށްގެން އޭނަ މި ދަތުރުގައި ބައިވެރިވާން އެއްބަސް ކުރެވުނީ…. ދެން އަނެއްހެން ދަނީ ހުސް ކަޕްލްސް….” ކުޑަހުވަދޫގެ ބަނދަރުމަތީގައި ހުރި ބެންޗެއްގައި އިށީނދެގެން ހުރި މަޒީން ދައްކާލަމުން ތޫބާ ބެނެލިއެވެ.

ތެދެކެވެ. އެއީ ހާދަ ރީތި ފިރިހެން ކުއްޖެކެވެ. ކޮނޑާ ހަމައަށް ދިގުކޮށްފައިވާ މަޒީންގެ ފަން އިސްތަށިގަނޑު ޒީކަށް ވަރަށް ހިތްގައިމެވެ. ވައިގެ ތެރޭގައި އެ އިސްތަށިގަނޑު ވިހުރެމުންދާއިރު ހީވަނީ މަޑުމަޑު ކަފަކޮޅެއްހެންނެވެ. މޫނު މައްޗަށް ވެއްޓެމުން ދާ އިސްތަށިތަކާއި ހެދި އުނދަގޫ ވެގެން އަތުގެ އިނގިިލިތައް އިސްތަށިގަނޑަށް އަމުނާލައިގެން ހުރެ އޭނާ ދެފާރާތަށް ބަލާލިއެވެ. ތޫބާއި ޒީކް އެކީގައި ހުރިތަން ފެނި ބެންޗުމަތިން ތެދުވެ އެމީހުންނާ ދިމާލަށް ހިނގައިގަތެވެ.

“ޒީކް ބަލާ…. ހުވާ މަގޭ ބިޓެއް ނެތްނަމަ މީނަ ސެޓު ކުރާނަން…. އަޅެ ލޯބިކަން ދޯ….” ތޫބާ ދިޔައީ ޒީކަށް އެކަނި އިވޭނޭ ވަރަށް ޗުކުޗުކު ތަޅުވަމުންނެވެ. މަޒީން އައިސް އެމީހުންނާ އަރާ ހަމަކުރި އިރުވެސް ޒީކާއި ތޫބާ ހުރީ އެ ޒުވާނާގެ ހިތްގައިމު ހަށިގަނޑަށް ކަޅިި ޖަހާނުލާ ބަލާށެވެ.

“ތޫބާ… ކޮބާ ހިނގާ އަވަހަށް ފުރަމާ…. ކިތައް ދުވަހަށްތަ ދަނީ…. ތޫބާގެ ވިޝާލް ބުނި އޯވާރ ނައިޓަކަށޯ….” އޮޅުން ފިލުވާލަން މި ދަތުރު ޕްލޭންކުރި ތޫބާ ގާތު މަޒީން އަހާލިއެވެ.

“އާނ… ދެ ދުވަސް ނޫނީ ތިން ދުވަހަށް މި ދަނީ…. ދަތުރުގެ މަޖަލާއި ފޯރިއަށް ބަލާފަ އިނގޭނީ ތިންވަނަ ދުވަހަކަށް މަޑުކުރަންވެސް….” ތޫބާ މިހެން ބުނެ ދަތުރު ދާން އައިސް ތިބި އޭނާގެ އެކުވެރިންގެ ގާތަށް ހިނގައިގަތެވެ. ތޮށިގަނޑު ކައިރިޔަށް އައިސް މަޑުކުރި ލޯންޗާއި ދިމާލަށް ތޫބާގެ ފަހަތުން ޒީކާއި އެކީ މަޒީންވެސް ހިނގައި ގަތެވެ.

އެންމެން ލޯންޗަށް އަރާ ސީޓުތަކުގައި އިށީނދެ ހަމަޖެހިލުމުން ތޫބާގެ ލޯބިވެރިޔާ ވިޝާލް ފޯނުނަގާ އެންމެން އެކީ ފެންނާނެގޮތަށް ސެލްފީ އެއް ނަގާލިއެވެ. ޒީކް އޭނާގެ އަތްދަބަހުން ކެމެރާއެއް ނަގައި ވަށައިގެން ފެންނަމުންދާ ޤުދުރަތީ ރީތި މަންޒަރުތަކުގެ ފޮޓޯ ނެގުމުގައި މަސްއޫލުވެގަތެވެ. އެހިސާބުން ޒީކަށާއި މަޒީނަށް މި ދަތުރުގައި ބައިވެރިން ތޫބާ ތަޢާރަފްކޮށްދިނެވެ.

މި ދަތުރުގައި ބައިވެރިވަނީ ޖުމްލަ 10 ޒުވާނުންނެވެ. 4 އަންހެން ކުދިންނެވެ. އެއީ ތޫބާ އާއި ޒީކްގެ އިތުރުން ޝައްފައާއި މިންނާއެވެ. ޒީކް ފިޔަވާ އެއިން ކޮންމެ އަންހެން ކުއްޖެއް މިދަތުރުގައި ބައިވެރިވީ އެކުއްޖެއްގެ ލޯބިވެރިޔާއާއި އެކީގައެވެ.

ތޫބާގެ ލޯބިވެރިޔަކީ ވިޝާލްއެވެ. އެއީ ވަރަށް ކަޅު ބިޔަ ދިގު ހަށިގަނޑެއްގެ ވެރިއެކެވެ. ތޫބާއާއި ވިޝާލްގެ ޖޯޑު ގުޅޭ އެއް ސަބަބަކީ ދެމީހުންގެ ހަމުގެ ކުލަ އެއްގޮތް ކަމުންނެވެ.

ޝައްފަ ގެ ލޯބިވެރިޔާއަކީ ރާއިފެވެ. ޝައްފައާއި ރާއިފްގެ ސްޓައިލް ހުންނަނީ ޔޫރަޕް ސްޓައިލަށެވެ. ބޮލުގެ އިސްތަށިގަނޑު ހުންނަނީ ހައިލެޓްކޮށް ކުލަޖައްސާފައެވެ. މި ޖޯޑަށް ރަށުތެރޭގައި ކިޔައި އުޅެނީ ޕެރިސް ކުދިން ގޮތުގައެވެ.

ދެން ހުރީ މިންނާއާއި ލިޝާންއެވެ. އެމީހުންނަކީ ވަރަށް ލޯބިން އުޅޭ ދެކުދިންނެވެ. ސްކޫލު ދައުރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އައިސް މިހާރު ވަނީ ކައިވެނި ކުރުމަށް ނިންމާފައެވެ. އެ ދެމީހުން ތިބެނީ ވަރަށް މަޑު މަޑުންނެވެ. އެއީ މި ދަތުރުގައި ބައިވެރިވާ ބަސްއަހާ ޖޯޑޭވެސް ބުނެވިދާނެއެވެ.

ލޯބިވެރިންގެ ލިސްޓުން އެއްކިބާވެފައިވާ ޒީކްއާއި މަޒީނު ތިބީ ވަރަށް އެކަހެރިކޮށެވެ. ޒީކުގެ ކެމަރާއިން ފޮޓޯތައް ނަގަމުން ދިޔަ ވަގުތުގައި މަޒީން ދިޔައީ އޭނާގެ އައިފޯނުން ފޭސްބުކް ޕޭޖް ހާވަމުންނެވެ. މަޒީނަކީ ވަރަށް މަޑުމައިތިރި ބަސްއަހާ ކުއްޖެކެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެނީ ވަރަށް މަދުންނެވެ. ތޫބާގެ ބައިވެރިޔާ ކަމަށްވާ ވިޝާލްގެ ރަހްމަތްތެރިކަމުގައި އެރަށަށް އައިސްއުޅޭ ބީރައްޓެހި ޒުވާނެކެވެ. މަޒީނަކީ މި ބޮޑު ޗުއްޓީގައި ބާއްވަން ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި އެ ރަށުގެ ޓީމަށް ކުޅެން ގެނެސްފައިވާ ޒުވާނުންގެ ތެރެއިން ޒުވާނެކެވެ.

މީގެތެރެއިން އީވާނާއި ލީވާނަކީ ވެސް ވަރަށް އެކަނިވެރިކޮށް އެލޯންޗުގައި ހުރި ދެ ޒުވާނުންނެވެ. ނަމަވެސް އެކަން އެހެން މީހުންނަށް ފާހަގައެއް ނުވެއެވެ. އެމީހުން އޭރުވެސް ދިޔައީ ލޯންޗުގައި އެމީހުން ގެނައި ދެބެރުން ބެރުޖަހާ އަޑު ގަދަކޮށް ލަވަކިޔަމުންނެވެ. އީވާނާއި ލީވާނަކީ ކުޑަހުވަދޫގެ ބޮޑުވިޔަފާރި ވެރިއެއްގެ ހުރި އެއްމާބަނޑު ދެ ކުދިންނެވެ. މި ދެމީހުންގެ ވައްތަރުކަމުން ދެމީހުން އެކަކު އަނެކަކާއި އަޅާކިޔަން ވަރަށް އުނދަގުލެވެ. ދޮން، ހެޔޮވަރުގެ އިސްކޮޅަކާއި އެކު ލިބިފައިވާ ހަށިގަނޑު އެހާމެ ފުރިހަމައެވެ. އެމީހުންނަކީ މާލޭގެ ނަން މަޝްހޫރު ބޮޑުބެރު ގްރޫޕެއްގައި ބޮޑުބެރު ޖަހަމުން އަންނަ ދެ ޒުވާނުންނެވެ. ތަފާތު މުނާސަބާތަކުގައި ރަށުގައި ބާއްވާ ހަފްލާތަކުގައިވެސް ބެރުޖަހާއުޅޭ މި ދެ ޒުވާނުންނަކީ މިޔުޒިކާއި ރައްޓެހި ޒުވާން އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ބައެކެވެ.

މި ދެމީހުން ވައްތަރުކަމުން ގިނަ މީހުންނަށް ފާހަގަ ކުރަން އުނދަގޫވާތީވެ، މި ބޮޑުޗުއްޓީއަށް ރަށަށް އައިސް ދެކުދިންގެ ހެޔާރ ސްޓައިލް ބަހައްޓާފައި ހުންނަނީ ތަފާތުކޮށެވެ. އީވާންގެ ބޯހުންނަނީ އަރިމަތިން ތުނިކޮށްލާފައެވެ. ނިތްކުރިމަތިން ހުންނަ އިސްތަށިތައް ހެޔޮވަރަކަށް ދިގުކޮށްފައި ހުރުމުން ބައެއް ފަހަރު ހުންނަނީ ސްޕައިކް ޖައްސާފައެވެ. ލީވާންގެ އިސްތަށިގަނޑު ހުންނަނީ މަޒީންގެ ބޯ ހުންނަހެން ކޮނޑާއި ހަމަޔަށް އަންނަ ވަރަށް ދިގުކޮށްފައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހިޖުރަ (ސަތުތިރީސްވަނަ ބައި)

Next

ނިޤާބް

Next
October 16, 2015

ނިޤާބް

Previews
October 15, 2015

ހިޖުރަ (ސަތުތިރީސްވަނަ ބައި)

24 Comments!

  1. Ryn says:
    October 15, 2015 at 11:14 pm

    woowww shax its soo awsum.. waiting fr the nxt part curiously 🙂 🙂 🙂 🙂

    1. Ryn says:
      October 15, 2015 at 11:16 pm

      woww rynn dhw frst vx.. yay 🙂 🙂

  2. zai says:
    October 15, 2015 at 11:24 pm

    Wow wow its really owsome???

  3. Shax Lyn says:
    October 15, 2015 at 11:37 pm

    thanks &zai &Ryn 🙂 <3 (y)

  4. Crazi says:
    October 16, 2015 at 12:35 am

    Wow shalhi..

  5. saamy says:
    October 16, 2015 at 4:32 am

    v reethi… when next part…

  6. sofoo says:
    October 16, 2015 at 5:40 am

    Wowww nyce ……waiting 4 the next part

  7. unknown says:
    October 16, 2015 at 10:33 am

    Varah reethi vaahaka eh ..Hope this story will be lyk this till the end … gud luck …

  8. uhaf says:
    October 16, 2015 at 11:51 am

    Speechless…. good luck shax….. 🙂

  9. Shax Lyn says:
    October 16, 2015 at 11:56 am

    thanks @Crazi @saamy @sofoo @unknown @uhaf
    thanks for reading this episode… n glad u all liked it 🙂 next episode on next week Monday…. just keep waiting…:) <3

  10. isha says:
    October 16, 2015 at 1:04 pm

    its lovely

  11. Leen says:
    October 16, 2015 at 1:19 pm

    Reethi☺☺

  12. naahy says:
    October 16, 2015 at 3:27 pm

    Wow varah reethi. But mee biru veri vaahaka ettha? hoap biruver vaanekamah avaha up koh dhecey. thanks thanks nahoo

  13. naahy says:
    October 16, 2015 at 3:30 pm

    Wow varah reethi. But mee biru veri vaahaka ettha? hoap biruver vaanekamah avaha up koh dhecey. thanks thanks shax leen

  14. fifi says:
    October 17, 2015 at 1:10 am

    salhi eii.. thankolhei dhigu koh genebaaa.. 🙂 waiting for next part

  15. sira says:
    October 17, 2015 at 4:19 am

    Kalo v salhi.

  16. bubbly says:
    October 17, 2015 at 10:58 am

    Wow…. Teenage gouoeh dhathuru dhaa vaahakaeh dhw….. Varah habeys vaane hen heevaneeee…. Just cant wait to read….. Shazlyn ge mi vaahaka varah furihama…. Naja vaahakain fenunu kuhthah rangalhu kohfa hurikan faahaga kollan…. Najaa vaahaka gothah mives varah thafaathu story akah vaane dhw…. Keep it up… Ur one of my Fav writer…. Goodluck inge… ?????

  17. Saee says:
    October 17, 2015 at 11:09 am

    nice

  18. rahy says:
    October 17, 2015 at 12:52 pm

    vara reethi waiting for next part

  19. shif says:
    October 17, 2015 at 2:37 pm

    Annekkaa ves unique story e kiyaalan mi libunee..hats off to u .. a very creative writer.. keep it up..

  20. usha says:
    October 17, 2015 at 8:14 pm

    Ehvx ryhcheh noon mi story eh .. vv foohi

  21. Sana says:
    October 18, 2015 at 3:30 pm

    Alhe shaax anehkaa biruverivaahaka ehtha… Awsum story ??

  22. Elsa says:
    October 18, 2015 at 4:41 pm

    story bai fashaafa bodubai nugenesdhy nimmaalee…. waiting waiting…… MONDAY dhww….

  23. lilym says:
    November 13, 2015 at 2:38 pm

    Good

Comments are closed.

Next Episodeކަނޑުފެން (ތިންވަނަ ބައި) KanduFen (P-3)←


All Right Reserved!