ޝެރިން (5 ވަނަ ބައި)
ކުރެވުނު ކުޑަ ސަމާސާއަށްފަހު ދެމީހުންނަށްވެސް ކުޑަކޮށް ނޭވާ ހަމަޖައްސާލެވުނެވެ. ނީމް ގެއަށްލައި ދީފައި ކައިލް އަނބުރާ އައީ ސީދާ ގެއަށެވެ. ގޮތްނޭނގޭ ކޮންމެވެސް ސަބަބަކާއި ހުރެ ހަލުވި ދުވެއްޔެއްގައި ދިޔަ ކާރުގެ މަތިން އޭނާއަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. އެނގެނީ އެއީ ކަޅުކުލައިގެ ޕްރައިވެޓް ކާރެއްކަމެވެ. މިހާ އެކްސިޑެންޓުތައް ގިނައިރު، ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާއެއްޗެހި އަދިވެސް ދުއްވަމުން ދާތީ އެކަމާ ކައިލްވެސް ވަރަށް ކަންބޮޑުވެ އެވެ. ނަމަވެސް ހެއްވާ ކަމަކީ އޭނާ އަމިއްލައަށްވެސް ކޮންމެ ދުވަހަކު ކާރު ބުރު ޖަހާއިރު، މިދުއްވެނީ ރަނގަޅު ސްޕީޑެއްގައިކަން ގަބޫލެއް ނުކުރެވޭ ކަމެވެ.
ކައިލް އޭނާގެ ކޮޓަރިއަށް ދިޔައިރު ނިދިއައިސްގެން ހަލާކުވަނީ އެވެ. ގިނައިރު ހޭލާ ހުރުމުގެ ސަބަބުން ވަރުބަލި ވެފައިވާ ކައިލްގެ ދެލޯމެރެމުން މެރެމުންގޮސް ނިދިއްޖެ އެވެ.
ރޭގަނޑު ގިނައިރު ނުނިދާ ހުރުމުގެ ސަބަބުން ދިނާޔާއަށް ހޭލެވުނީ ހަގަޑި ބައިވެ ބޮޑުވި ފަހުންނެވެ. އޭނާ ހަތެއް ޖަހާއިރު އޮފީހަށް ދާން ޖެހެއެވެ. ދުވަހަކުވެސް މަސައްކަތަށް ފަރުވާ ކުޑަ ނުކުރާ ދިނާޔާއަށް މިކަމުގެ ސަބަބުން ވަރަށް އުދާސްކަން ލިބިއްޖެ އެވެ. އަވަސް އަވަހަށް ސުޖާޢުއަށް ގޮވާ ހޭލެއްވުމަށްފަހު އޭނާ ވަނީ ފާޚާނާއަށެވެ. ދިހަ ވަރަކަށް މިނިޓް ފަހުން ދިނާޔާ ތައްޔާރުވެލައިގެން އައިސް ޝެރިންގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލީ ޝެރިންވެސް ސުކޫލަށް ދާން ޖެހޭނެތީ އެވެ. އޭރު ދާނިޔާވެސް އަޙުމަދިއްޔާ ޔުނީފޯމުގައި ހުރެ، ބެލްޓު އަޅުވަމުން އެދިމާއަށް އާދެއެވެ. އޭނާ ތައްޔާރުވަމުން ދިޔައީ އިތުރު ގަޑިއަކަށެވެ.
“ޝެރީ… ޝެރީ ދަރިފުޅާ ހޭލެވިއްޖެތަ؟ ރޭގަ މާގިނައިރު ވަންދެން ހޭލާ ހުރެވުނީ ދޯ…” ދިނާޔާ ކޮޓަރިއަށް ވަންނަމުން ވާހަކަ ދެއްކި އެވެ. ކޮޓަރީގައި ވަނީ ފަންކާ ޖަހާފަ އެވެ. ޝެރިންގެ ހުސްކޮށް އޮތް އެނދު ހީވަނީ ވެލައެއް އަރާފައި އޮތް ތަނެއް ހެންނެވެ. އެނދުގެ ރަޖާގަނޑުވެސް އޮތީ މުށިގަނޑު މަތީގަ އެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރިއަށް ވެރިވެފައި ވެއެވެ.
“ޝެރިއްކޮ ނުހޭލަނީތަ…؟” ދިނާޔާގެ ފަހަތުން އައިސް ވަތް ދާނިޔާ އަށް ކޮޓަރި ތެރެ ފެނުނީ އެވަގުތެވެ. “މީ ކޮން ވަޑާމެއް؟؟” އޭނާއަށް ބުނެވުނެވެ.
“ނޭނގެ… ކިހިނެއްވީ ބާ…” ދިނާޔާ އަށް ބުނެވުނެވެ. “ޝެރީ ފާޚާނާގަތަ؟”
ދިނާޔާ ގޮސް ފާޚާނާ ދޮރުގެ ތަޅުގައި ހިފި އެވެ. ދޮރު ހުރީ ތަޅު ނުލައެވެ. ފާޚާނާއަކު ޝެރިނެއް ނެތެވެ.
“އަޅެ… މަގޭ ދަރިއަށް ކިހިނެއް ވީބާ…” ދިނާޔާ ހާސްވާން ފެށި އެވެ. އޭރު ގަޑިން ހަތްގަޑި ފަންސާސް ހިނގައިފި އެވެ. ޝެރިން ސުކޫލަށް ދާން ޖެހެނީ ހަތްގަޑި ވިހީގަ އެވެ. އަނެއްކޮޅުން ދިނާޔާގެ އޮފީސް ގަޑިވެސް ޖެހެނީ އެވެ.
އޭރު ދާނިޔާ ކޮޓަރީގެ އެތަންމިތަން ދިޔައީ ބަލަމުންނެވެ. ޝެރިން ހުރުން ނާދިރު ތަންތަނާ ޖެހެންދެން ވެސް ބެއްޔެވެ. އެންމެފަހުން ގޭގެ އެންމެނަށް މިޚަބަރު ލިބިއްޖެ އެވެ. ސުޖާޢު ގެންދެވީ ގޭގެ ނޯކަރުންނަށް ވެސް ސުވާލު ކުރައްވަމުންނެވެ. ކައިލާއި، ދާނިޔާ ތިބީ ހިތްއަވަސްވެ ހަދާނެ ގޮތެއް ނޭނގިފަ އެވެ. މިކްޔާލްވެސް ހުރީ ވަރަށް ދެރަވެ ކަންބޮޑުވެފަ އެވެ. އޭނާ ހަމަ އައުމާއި އެކު އޭނާގެ އެންމެ ހަގު ކޮއްކޮ ގެއްލުން ވާހަކަ އަޑު އިވުމުން ހުރެވުނު ތަންވެސް ނޭނގުނެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން މިކްޔާލްގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާ އެވެ………..
………………….
ވަރުބަލި ކަމާއިއެކު ޝެރިން ލޯ ހުޅުވާލި އެވެ. އެވަގުތު އޭނާއަށް ފަރާތް ފަރާތަށް ނަޒަރު ހިންގާ ލެވުނެވެ. ރަނގަޅަށް ހޭވެރިކަން ވީ އިރު ޝެރިނަށް އެނގުނީ މިހުރެވުނީ ތަނަވަސް ކޮޓަރިއެއްގައި ކަމެވެ. ދޮރުފޮތިތައް ހުރީ ބޭރު ނުފެންނާނޭހެން ބަހައްޓާފަ އެވެ. ކޮޓަރީގައި ހުރި މޭޒާއި، ޝެރިން އޮތް އެނދުގައި އޮތީ ހުދު ކުލައިގެ ލޭސް ފޮއްޗާއި އެކު އެތެރެއިން ހުދު ފޮތި އަޅާފަ އެވެ.
ކުއްލި އަކަށް ޝެރިނަށް ތެދުވެވުނެވެ. ތަޅުންގަނޑުގައި ފައި ޖެހުމާއިއެކު އޭނާއަށް ހީވީ ވަށައިގެން ވާހައި އެއްޗެއް އެނބުރެން ފެށިހެންނެވެ. އޭނާ އަވަސް އަވަހަށް އެނދުގައި ބާރަށް ހިފަހައްޓައި، ކުޑަ އިރުކޮޅަކަށް ދެލޯ މަރާ ތަގުޅި ކޮށްލި އެވެ. ހަމައަކަށް އެޅުމާއި އެކު، ދުވެފައި ގޮސް ދޮރުފޮތިގަނޑު ކަހާލި އެވެ. ފެނުނީ ގަބޫލު ކުރަންވެސް ދަތި މަންޒަރެކެވެ. ދުރުދުރަށް ދާންދެން ފެންނަމުން ދިޔައީ މާސިންގާ ކަނޑެވެ. ކަޅު ނޫކުލައިގެ އެކަނޑުގެ ލޮނުގަނޑު ކައިރިން މަދުމަދުން ކަނޑުމަތީ ދޫނި ތައް ޖައްސާތީ ފެނެ އެވެ. މިހުރެވުނީ ބިޔަ ނަވެއްގައި ކަން އެނގުމާއި އެކު ޝެރިންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެއް ހިތުތެރޭ ފުނި ޖެހުނެވެ. މިތަނަށް އޭނާ ގެނައީ ކޮންބައެއް ހެއްޔެވެ؟ އޭނާ މިތާ ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ އާއިލާ ކޮބައި ހެއްޔެވެ؟ ދެން ކުރިއަށް އޮތީ ކޮންފަދަ ނާމާން ކަމެއް ހެއްޔެވެ؟
ކުޑަދޮރު ހުޅުވާލަން ދޮރުގައި ހިފި ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޝެރިން ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް އެނބުރި ބަލާލި އިރު ފެނުނީ ހަމަ ކުރިންވެސް ފެނުނު ފަދަ ކަޅު ފޮތިން ނިވާވެފައި ތިބި ދެމީހުންނެވެ.
“ކީކުރަން މަމިތަނަށް ގެނައީ…؟ ބުނޭ! ހަމަ މިހާރު ބުނޭ…!! ކޮބާ އަހަރެންގެ މަންމަ؟” ޝެރިން ނުރުހުންވެފައި ވާހަކަދެއްކީ އޭނާ ގެންފައިހުރި ބިރާއި ނުތަނަވަސްކަން ފޮރުވުމުގެ ގޮތުންނެވެ. ނަމަވެސް އެމީހުން ޝެރިންގެ ވާހަކަތަކަކަށް ސަމާލުކަމެއް ނުދިނެވެ. ހީވަނީ ވަގުތު ބޭކާރު ނުކުރަން އުޅޭހެންނެވެ.
“ހާރކޮމެން…!!” އެތަނުން އެކަކު ގޮވާލި އެވެ. އަންހެނެއްގެ ބަރު އަޑެކެވެ. އެބުނި އެއްޗެއް ޝެރިނަށް އެނގުނީ އެއީ ޖަރުމަނު ބަސް ކަމަށްވާތީ އެވެ. ރާއްޖޭގައި އުޅުނެއް ކަމަކު މަންމަގެ ފަރާތުން ޖަރުމަން ބަސް ފުދޭވަރަކަށް ޝެރިން ދަސް ކޮށްފައި ވެއެވެ.
“ހާރކޮމެން…!!!!!” ކުރިއަށް ވުރެ ބާރަށް އެމީހާ ގޮވި އެވެ. މާނައަކީ މިކޮޅަށް އަންނާށޭ އެވެ. އެނޫން ގޮތެއް ނެތުމުން ޝެރިން ތެޅިތެޅި އޮތް ހިތަކާއި އެކު އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.
“ފޮލްގެ އޮންސް…” ތިމަންނަމެން ފަހަތުން އަންނާށޭ އެމީހާ ބުންޏެވެ. ވާހަކަ ދައްކާ މީހާ ފަހަތުން މަޑުމަޑުން ޝެރިން ހިނގައިގަތެވެ. އެމީހުންގެ ކޮނޑާ ހަމައަށްވެސް ޝެރިންގެ ބޯ ނާރައެވެ. ދެން ހުރި މީހާ ހިނގައިގަތީ ޝެރިންގެ ފަހަތުންނެވެ. ފަހަތުން އަންނަ މީހާ އަންނަނީ ޝެރިންގެ ގައިގައި ޖެހޭ ނުޖެހޭ ކައިރިން ކަމުން ހީވަނީ އެމީހާ އެހުރީ ޝެރިން ދުއްވާގެންފާނެތީ ހިފައިގަންނަން ތައްޔާރަށް ހެންނެވެ.
އެމީހުން ހިނގަމުން ގެންދިޔައީ ބޮޑު ހޯލެއްގެ މެދުންނެވެ. ހޯލުވަނީ ލޮލުކޮޅަށް އޮބާލާފައި ކަމުން އެނައުގެ ބިޔަކަން އެނގިގެން ދެއެވެ. އަލިވަނީ މަތީގައި ހަރުކޮށްފައި ހުރި ހޮޅިބުރި ތަކުންނެވެ. ދެފަރާތުގައި ފުދޭވަރަކަށް ދޮރު ހުއްޓެވެ. ގާތްގަނޑަކަށް ދިހަވަރަކަށް ކޮޓަރި ހުރިއިރު ކޮންމެ ކޮޓަރިއެއްގެ ދެމެދުގައި ގާތްގަނޑަކަށް ފަނަރަ ވަރަކަށް ފޫޓު ހުންނާނޭކަމަށް ލަފާކުރެވެ އެވެ.
“އަހަރެމެން ކަލޭ މިގެންދަނީ ޓެސްޓުތަކެއް ހަދަން… ކަލޭތީ އެމީހުންނާއެކު އުޅެވޭނެ ކުއްޖެއް ނޫން. އަދި ތިކަހަލަ އެކަކު ތިއާއިލާގައި އެބަ އުޅޭ… ޖަރުމަނުން އަހަރެމެން އޭނާ ދުށީ… އޭނާ ހުޝިޔާރު ކަމުން އަހަރެމެންގެ އަތްދަށުން ސަލާމަތްވީ… އެކަމަކު އަހަރެމެންގެ މަސައްކަތެއް ހުއްޓައެއް ނުލާނަން. ތިދެމީހުންވެސް ތިއީ އަހަރެމެންގެ ޙައްގެއް…”
ކުރިއަށް ހުރިމީހާ ވާހަކަ ދައްކަމުން ގެންދިޔައީ ޖަރުމަން ބަހުރުވައިންނެވެ. އެބަސް ޝެރިނަށް މާރަނގަޅަށް ނޭނގުނަސް ބުނާ އެއްޗެއް ފަހުމުވެ އެވެ.
މިއީ އަނެއްކާ ހަމަހޭގައި ހުރި މީހެއްބާއޭ ޝެރިންގެ ހިތަށް އެރި އެވެ. އޭނާ އާއި އޭނާގެ ބޭބެ މިކްޔާލަކީ މިމީހުންގެ ޙައްޤެކޭ ބުނަން މިއީ އަދި ކޮންބައެއް ހެއްޔެވެ؟ އެކަމަކު ޝެރިނަކީ އޭނާގެ އަމިއްލަ އާއިލާގައި އުޅެވޭނެ ކުއްޖެއް ނޫނޭ ބުނި ސަބަބެއް ޝެރިނަކަށް ނުވިސްނުނެވެ. ނަމަވެސް މުޅިން ނުދަންނަ ބަޔަކު ދައްކާހައި ވާހަކައަކަށް ހެއްލުމަށްވުރެން ޝެރިން މާ ހުޝިޔާރެވެ. އެހެންކަމުން އެމީހުން އެބުނި ވާހަކައަކީ މުޅިން ދޮގު ބުހުތާނެއް ކަމަށްބަލައި، އެކަން ހަނދާން ނައްތާލުމުގެ ބަދަލުގައި، އެއީ ތެދަކަށް ވެދާނެ ކަމަށްޓަކައި އެކަމަށް ސަމާލުވުމަށް ޝެރިންގެ ސިކުނޑި ވިސްނައިދިނެވެ.
ކުއްލިއަކަށް ބޭރުން ވިދާލައިފި އެވެ. އެކަން އިނގުނީ ހޯލުގެ ކުޑަދޮރުތަކުން ވަދެގެން އައި އަލިގަނޑަކުންނެވެ. ވަގުތުން ދެމީހުންވެސް ހުއްޓުނެވެ. ޝެރިނަށް ވެސް ހުއްޓެވުނެވެ. ސިހުނުކަމުގެ އަލާމާތްތައް އެދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ޝެރިން ހައިރާންވީ މިއޮއްހާއިރު އެމީހުންގެ ގަދަކަމުގެ ވާހަކަ ދައްކަދައްކާފައި ކުއްލިއަކަށް ބިރުން އުޅޭތަން ފެނުމުންނެވެ.
ދެން އިވެންފެށީ އެލާމެއްގެ އަޑެވެ. އެންމެ ވައްތަރީ ނުރައްކަލެއް އުޅޭކަމުގެ އެލާޓަކާއެވެ. ވަގުތުން ކަޅު ހެދުމުގައި ތިބި ފާރަވެރިންތަކެއް އެތަނަށް ޖަމާވެއްޖެ އެވެ. އޭރު މަޑުމަޑުން ނައު ގުޑެމުން އަންނަކަން ޝެރިން ފާހަގަ ކުރިއެވެ. ކުއްލިއަކަށް ހީވީ ނައު އެއްޗެއްގައި ލައިގަތްހެންނެވެ. އެރި ކުއްލި ގުޑުމާއިއެކު ބައެއް މީހުން ބެލެންސް ނުކުރެވިގެން ވެއްޓުނެވެ. ޝެރިންވެސް އަރި އަޅާލައިގެން ވެއްޓިއްޖެ އެވެ. އެއާއިއެކު ހޯލުގެ މަތީގައި ދިއްލާފައި ހުރި ހޮޅިބުރިތައް ކުއްލިއަކަށް ނިވިއްޖެ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.




Mee biruveri vaahaka ehtha… v salhi…
faxu vaahaka reethi ingey.
jeesh. vaahaka fenijje dhw ?? thankuu dear ?
Nooney loabige vaahakaeh..eynynun jahaafa
ya. humey.. mii loabiige vaahaka eh. and Dark Princess, mi story kudakoh biruverivx vaane. dhen ehaa biruveri nuvaanethy “biruveri” category ah nuly.. loabiige part thah vx fahun fahun annamun dhaane. inshAllah ?
Faxoo ge vaahaka tha v sali…but maa kureey….next part konduvahakuntha faxoo
thankuu Ayminoo… fazu madhuvegen hafthaa aku effaharu up kureveythw balan. ehehnvyma, komme hafthaa akuvx fennaane fazuge vaahakaeh. ?
vaahaka varah reethi but tahkolheh kuree dehfaharakun tahkolheh dhigu kohlahjah..
Plz next part dhigukoh genes dhehchey! But story v habeys?
V salhi miprt vx but thankolheh kuree
V salhi miprt vx but thankolheh kuree
V salhi mi prt vx but thankolheh kuree
V salhi mi prt vx but thankolheh kuree
maa kuree’
Faxoo haadha kurey dhn alhe thankolheh dhigukoh dhn faharakun gnesdheythi egey but varah reethi mi part ves waiting for nxt part…..?
thankuu kidy. 😉 dhen fazu ah vyvarakun dhigu kohdheveythw balaanan. vaahaka fenijje dhw ??
V salhi vaanehen hiivanii mi story..?..btw mi baivex awsome
thankuu all… hurihaa kudhin ves varah sweet. ^_^ hivvaru dhin varakun fazu vaahakaliyun kuriah gen dhaanan inshAllah ?
Haadha kurey. ehaa kuru veema foohi
alhey faxoo mi stry aslu vv nice but aliens kahala echehi mi vaahakaiga ulheytnetha?i hate aliens,mermaids,dragons………………………………..paranormal nukurachey!!!!!!!!!!!!!!!!!!!!!!!
Reethi…..but mibaa Maka kury.. … I hope next part will be a little bit longer…..
Vaahaka varah rythi… ekamaku maa bodahves kury.. thankolheh dhigukoh genesdhyba plx plx
owhh ok ok… ? faxoo ah vyvarakun vaahaka dhigu kureveythw balaanan. dhen 6 vana part dhigu koddheynan inshaAllah ?