Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (29)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 4, 2023 3 Mins Read
0 Comments

“އަހަރެން އަލަށްވެސް ސިނގިރޭޓު ބޯންފެށީ ސޮފްވާނާއެކު އުޅުމުގެތެރޭގަ..އަހަންނާ ސޮފްވާނުގެ ކަމަކީ ރެސްޓޯރެންޓުތަކުން ކޮފީބުއިމާއި ފެންނަ އަންހެންކުދިންނަށް ބެލުން…އެހެންނޫނީ ކޮންމެވެސް ލަވައެއް ބެލުން ނޫނީ ގޭމްކުޅުން…ސޮފްވާނާއެކު އުޅޭއިރު އަހަންނަށް އަބަދުވެސް ފެންނަނީ އޭނަ ސިނގިރޭޓު ބޯތަން…އެތުނބުގަ ސިނގިރޭޓު ބުރިއެއް ނީންނަ ގަނޑިއެއް މަދުވާނެ… އެއްދުވަހަކު އަހަރެން ގާތު ސިނގިރޭޓު ބުއިމަށް އޭނާ އެދުނު…ޒަމާނީ މީހުން އުޅޭނީ އެގޮތަށް ކަމަށްބުނި…އޭނާ ސިނގިރޭޓު ބޯވަގުތުތަކުގައި އަހަރެން އޭނާގެ ކައިރީގައި ހުރެމެ ސިނގިރޭޓު ނުބޯތީ އޭނައަށް އެއީ ވަރަށް އޮޑުކަމެއް ކަމުގައި ބުނި…އަހަރެން ފުރަތަމަ އެކަމަށް ދެކޮޅުހެދިން…ނަމަވެސް ސޮފްވާނުގެ ބަސްތަކުން އެބޯންފެށީ…އޭނާ ބުނިގޮތުގައި ސިނގިރޭޓަކީ މީހުން ހިތްހަމަޖެއްސުމަށް ބޯއެއްޗެއް…ސިނގިރޭޓަކީ އަހަރެމެންނަށް އަޑުއިވިފަ އޮންނަހާ ގެއްލުން ބޮޑު އެއްޗެއްނޫން ކަމަށް…މީހުން އެބުނާ ގެއްލުމަކީ އެއަށް ދެވިހިފުން ކަމުގައި އޭނާ ބުނި…އެހެންނޫންނަމަ އެންމެން ކަހަލަގޮތަކަށް އެބޭނުން ނުކުރާނެކަމަށް ބުނި…އަހަންނަށް ސޮފްވާނުގެ ބަސްތައް ގަބޫލުކުރެވުނނު…އެއީ މަގުމަތީގަ އުޅޭއިރު އަހަންނަށް އަބަދުވެސް ފެންނަނީ ކޮންމެމީހެެއްގެ ތުނބުގައި ކަހަލަގޮތަކަށް ސިނގިރޭޓުބުރި އޮންނަތަން…ގެއްލުން ބޮޑު އެއްޗެއްނަމަ އެންމެންވެސް އެއާ ދުރުހެލިވާނެކަމަށް ހިތް ބުނާތީ..ނަމަވެސް އަހަންނަށް ނުވިސްނުނު ތަންކޮޅަކީ އޭގެ ހުރި ގެއްލުން އެނގިހުރެ އެކަން ކުރަން ބޭނުންވާ މީހުން އުޅޭކަމާއި އެކަން ހުއްޓަން ބޭނުންވެ ނުހުއްޓިގެން އުޅޭ މީހުންވެސް އުޅޭކަން…

ދުވަސްތައް އެގޮތުގަ ހޭދަވަމުންދިޔަ…ސޮފްވާނާއެކު އުޅުނުއިރު ސޮފްވާނުގެ ތަފާތު އެކުވެރިންނާ ދިމާވޭ..އެމީހުން ސޮފްވާނާ ވާހަކަދައްކާއިރު އަހަންނާވެސް ވާހަކަދައްކާ…އެގޮތަށް އެއްދުވަހަކު ސޮފްވާނުގެ އެކުވެރިއަކާ ދިމާވި..އެދުވަހަކީ އަހަންނާ ސޮފްވާނުގެ އާދައިގެމަތިން ބުރެއް ޖަހާލަން ނިކުތް ދުވަހެއް…ދުއްވަމުންގޮސް ސިނގިރޭޓެއް ބޯލަންވެގެން އަހަރެމެން ތޮށިގަނޑު ކައިރި މަޑުކޮށްލިން އަދި ކައިރި ހުރި ފިހާރައަކުން އަހަރެންގެ ޚަރަދުގަ ދެމީހުން ބޯނެ ދަޅާއި ސިނގިރޭޓު ގަނެގެން ދިޔަ މަގުމަތީ މިބުނި މީހާއާ ދިމާވި އޭނާގެ ނަމަކީ އިކުރާމް…އިކުރާމަކީ ސޮފްވާނުގެ ރަށުމީހެއް..އޭނައާއެކު އިތުރު ތިންމީހަކުވެސް ތިބި…އެމީހުން ތިބީ ގުރޫޕް ހަދައިގެން ހީހީފަ ވާހަކައެއް ދައްކަން..ސޮފްވާނު ފެނުމުން އޭނާ ސޮފްވާނަށް ގޮވާލި…އަދި އަހަރެމެން އެމީހުންނާ ދިމާލަށް ދިޔައިން…ސޮފްވާނު އެމީހުންނަށް އަހަރެން ތައާރަފްކޮށްދިން…އަދި އެމީހުންވެސް ތައާރަފްވި….އިކުރާމްގެ އިތުރުން ދެން ތިބީ ހައްމާދު ޝަހާ އަދި ރަފާ…އެއަންހެނުން ލައިގެން ހުރި ނިވާކަންކުޑަ ހެދުމުގެ ސަބަބުން އެމީހުންގެ ވަނާތައް ރީއްޗަށް ހާމަވާންހުރި…ނަމަވެސް އެއީ އަހަރެމެން ދެކޭގޮތުގަ ޒަމާނީވުން…

އެމީހުންނަކީ ސޮފްވާނުގެ އެކުވެރިންތަކަކަށްވާތީ އަހަރެން އެއެންމެނަށް ބޯނެ ދަޅު ގަނެދިނިން…ދަޅު ގަނެ ނިމުނުތަނާ އިކުރާމް އަހަރެން ގާތު ސިނގިރޭޓެއް ދިނުމަށް އެދުނު….އެހެންވެ އަހަރެން އެވަގުތު ގަތް ސިނގިރޭޓު ފޮށި އެއްކޮށް އޭނާއަށް ދިނިން…އަހަރެން ސިނގިރޭޓު ފޮށި އެއްކޮށް ދިނުމުން އަހަރެންގެ ދީލަތިކަމުގެ ވާހަކަ އޭނަ އެންމެނަށް ކިޔައިދިން..އަދި އެކަމަށް ތައުރީފުކުރި…އިކުރާމްގެ އެދުމަށް އަހަރެން އެމީހުންނަށް ވަނަވަރު ކިޔައިދިނިން…އަހަންނަކީ މާލެ އަދި ތަނަވަސް އާއިލާއެއްގެ މީހެއްކަަމަށް ބުނުމުން އަހަންނަކީ ތަނަވަސް މީހެއްކަން އަތްމަތި ދީލަތިކަމުން ހީވެއްޖެކަމަށް އިކުރާމް އެދުވަހު ބުނި…އެދުވަހު އަހަރެން އެތަނުންދިޔައީ އިކުރާމްގެ އެދުމަށް އޭނާއަށް އަހަރެންގެ ނަންބަރު ހިއްސާކޮށްފަ..އެއީ އެމީހުން ބުނިގޮތުގައި އަހަރެންނަކީ ރަނގަޅު ރަހުމަތްތެރިއެއްހެން އެމީހުންނަށް ހީވާތީ އަހަންނާ ގުޅުން ބާއްވަން….އެމީހުންނާއެކު ހޭދަވި ދެތިން މިނެޓުގައި އަހަންނަށްވެސް ހިތްހަމަޖެހުން ލިބުނު…އެހެންވެ އެއީ ރަނގަޅު އެކުވެރިންތަަކަކަށްވާނެ ކަމަށް އެދުވަހު އަހަންނަށްވެސް ހީކުރެވުނު…ހަގީގަތުގަ އަހަރެންނާ އެމީހުން ގާތްވާން ނިންމީ އަހަރެންގެ ތަނަވަސްކަމުގެ ނާޖައިޒު ފައިދާ ނަގަންކަން އޭރު ނޭނގުނީ” އާނިމް ބުނެލީ ދެރަވެލާފައެެވެ.

“އިކުރާމަށް އަަހަރެންގެ ނަންބަރު ދިން ހިސާބުން އޭނާ އަހަންނަށް ގުޅަންފެށި…އެމީހުންގެ ކޮންމެ ކަމެއްގަ ބައިވެރިވުމަށް އަހަންނަށް ދަައުވަތުދޭން ފެށި….އަދި އެދައުވަތްތަކަށް އަހަރެން އިޖާބަދިނިން…އަަހަންނާއެކު ސޮފްވާނުވެސް ބައިވެރިވި…ނަމަވެސް އެމީހުންގެ އަހުލާގު ދަށް މިންވަރު ފެނި ސޮފްވާނު އެކަމާ ދުރުހެލިވި…އަދި އަހަރެން ގާތުވެސް އެކަމާ ދުރުހެލިވުމަށް އެދުނު ނޫންނަމަ އާޚިރު ނަތީޖާ ހިތިވާނެކަމަށްބުނި…އެމީހުންނަކީ ހުރިހާ ނުބައި ފާފައެއް ކުރާބައެެއް….ރާބުއިމާއި ހަށިވިއްކުމާއި ޒިނޭކުރުމާއި ޕާޓީކުރުންފަދަ ނުބައިހުރިހާ ކަމެއް ކުރަމުންދާ ބައެއް…

ފުރަތަމަކޮޅު އަހަންނަށް އެއީ ތަފާތު އާކަންތައްތަކަކަށް ވިއަސް ފަހުން އެކަންކަމަށް އަހަރެންގެ ހިތް ރުހެންފެށި…ނަތީޖާއަކަށް ވެގެންދިޔައީ އެމީހުންނާ އެއްފަދައިން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަހަރެންވެސް ހޭނިގަނެވުން…ނުކުރަން ހިތުލައިގެން ހުރިކަންތައް ޑުރަގު ބޭނުންކުރުންވެސް އެންމެފަހުން އެމީހުންނާއެކު އުޅެމުން ބޭނުންކުރަން ފެށުނީ…އަހަރެން ޑުރަގް ނަގާކަން އެނގުނު ހިސާބުން ސޮފްވާނު އަހަންނާ އެއްކޮށް ގުޅުން ކަނޑާލި…މަދުން ނަމަވެސް ފެންނައިރަށް އަނގައިން ބުނެލާ އަހަރެންގެ ރަނގަޅު އެކުވެރިންވެސް އެއްކޮށް ގުޅުން ކަނޑާލި…އަހަރެން ޑުރަގް ބޭނުންކުރާކަން އެނގުމުން އެމީހުން އަހަންނަށް ވަރަށް ނަސޭހަތްތެރިވި..އެކަމަކު އެމީހުންގެ ނަސޭހަތް އަޑުނޭހުމުގެ އިތުރުން އަހަރެން އެމީހުންދެކެ ރުޅިއައި…

ދުވަސްތައް އެގޮތުގައި އަހަރެން ހޭދަކުރަމުން ދިޔައިން…ކުރިން ހެނދުނު ހޭލާ މީހާ ފަހުން ހޭލަނީ މޭންދުރުވެ ހަވީރު އަތަށް އެޅުމުން…އަނެއްކޮޅު ފަތިސްވަންދެން އަހަރެން އުޅެނީ ބޭރުގަ…އެމީހުންނާއެކު ކާރުބުރު ޖެހުމުގަ…ނޫނީ މަގުމަތީގަ އަޑުގަދަކުރުމާއި މީހުންނަށް އުދަނގޫކޮށް ފޮށުން އަހަރެމެންގެ ކަމަކީ…ނޫނީ ޕާޓީކުރުން….އަހަރެން ކުރިން ގެންގުޅުނު އެކުވެރިންގެ ފަރާތުން އަހަންނަށް ނުުކުރާހާ ތައުރީފުތައް އިކުރާމްމެންގެ ފުށުން އަހަންނަށް ލިބެމުންދާތީ އެއީ ހަގީގީ އެކުވެރިން ކަމުގަ އަހަރެން ދެކުނިން….ހަގީގީ މަޖަލާ އުފަލަކީ އެމީހުންނާއެކު އެކުރާ ކަންތައްތައް ކަމަށް އަހަންނަށް ހީކުރެވުނު…އަމަލު ވުމަކީ ސަޅިކަމެއް ކަމަށް ދެކުނިން….މީހުންނަށް ފޮށި އުދަނގޫކުރުމަކީ އަހަރެންގެ ދިރިއުޅުމުގެ ބަޔަކަށް ހެދިން…އެހެންވެ އަހަރެން ޝައިނާ ފެންނައިރަށްވެސް އުދަނގޫކުރެވެނީ…އަހަންނަށް އެކަންކަން މަޖާވީމަ…އަހަންނަށް މާފުކުރޭ” އާނިމް ބުނެލީ އިސްދަށަސް ޖަހާލަމުންނެވެ. “އަހަރެން އާނިމަށް މާފުކޮށްފިން” ޝައިނާ ބުނެލިއެވެ.

“އަހަންނަކީ ވަޒީފާއަށް ދާމީހަކަށް ނުވިއަސް އަހަންނަށް ކޮންމެ މަހަކު މަންމަ ޕޮކެޓް މަނީގެ ގޮތުގަ ދިހަހާސް ރުފިޔާ ދޭ…ނަމަވެސް ފަހަކަށް އައިސް މަހުގެ މެދަކަށް ނޭޅި އުޅެނިކޮށް އެރުފިޔާތައް ހުސްވޭ…އެހެންކަމުން އަހަރެން މަންމަ ގާތު ރުފިޔާ ދިނުމަށް ބުނަންފެށި….އަހަރެންގެ އުޅުމަށް ބޮޑު ބަދަލުތަކެއް އައިސްފިކަން މަންމައަށް އެނގި އެކަމާ އަހަންނާ ސުވާލުކުރި…ކުރިން ގެންނަ ރަނގަޅު އެކުވެރިން ގެއަށް ނުގެންނާތީ އެކަމާވެސް ސުވާލުކުރި…އަހަރެންގެ އުޅުމާމެދު މަންމަ ހިތްހަމަ ނުޖެހިގެން އެތައް ފަހަރަކު އެއްޗެހިގޮވި، ނަސޭހަތްވެސް ދިން…އެކަމަކު އެކަންކަމަށް އަހަރެން ދިނީ ބީރުކަންފަތެއް…އަަބަދު އެއްފަތިވަރެއް ގޮވަންފެށުމުން އަހަރެން މަންމަ ދެކެ ރުޅިއަންނަން ފެށި…އަހަރެންގެ ނަޒަރުގަ މަންމަ ބެހެނީ އަހަރެންގެ މިނިވަންކަމާ” އާނިމް ދެރަވެލާފައި ބުނެލިއެވެ.

 

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

މާޒީގެ ސަފުހާއެއް 2

Next

މާޒީގެ ސަފުހާއެއް 3

Next
January 5, 2023

މާޒީގެ ސަފުހާއެއް 3

Previews
January 4, 2023

މާޒީގެ ސަފުހާއެއް 2



All Right Reserved!