Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 41

BONDAY Level 210 Stories
October 8, 2015 4 Mins Read
29 Comments

ކަނޑުގައި އެއްވެސް ރާޅެއްނެތް އިރު ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރުދުވެލީގައި ދިޔަ ލޯންޗުގެ ފަހަތު ސީޓުގައި މައިޝާއާއި ފައިހާ އަދި ފިޒާން ތިބިއިރު އިތުރު ފަސްގެސްޓުންވެސް ލޯންޗުގައި ތިއްބެވެ. ފިޒާން މަޖާވެގެން އުޅޭމަންޒަރު ފައިހާ ފޮޓޯނަގަމުން ދިޔައިރު މައިޝާއިނީ އެއޮމާން ސާލެއްފަދަ ކަނޑަށް ނަޒަރު ހުއްޓައިލައިގެންނެވެ. ތިރީސް ފަސްމިނެޓުގެ ދިގުދަތުރަކަށްފަހު ލޯންޗު ރިޒޯޓުގެ ބަނދަރުގައި މަޑިކުރިއެވެ. އޭރު ޖެޓީމަތީގައި ގެސްޓުންގެ އިސްތިގުބާލުގައި ހަތަރު މީހުންތިއްބެވެ. ފައިހާމެން ބަލާގޮސްހުރި އަންހެންކުއްޖާއާ އެކު ރިޒޯޓަށް އަރައިގެން ގޮސް މަޑުކޮއްލީ ރެސްޓޯރެންޓް ކައިރީގައެވެ. އިރުކޮޅަކުން ލަގެޖު ހިފައިގެން އަންނާނެ ކަމަށް ބުނެފައި މައިޝާމެން ތިބެން ޖެހޭ ރޫމްގެ ތަޅުދަނޑި ދީފައި އެއަންހެންކުއްޖާ ދިޔައީއެވެ. ބަގީ ޑުރައިވަރ މައިޝާމެންގެ ދަބަސް ހިފައިގެން އައުމުން ބަގީއަށް އަރައިގެން ގޮސް މަޑުކޮއްލީ 108 ނަމްބަރ ރޫމް ކައިރީގައި އެވެ. މައިޝާމެން ރޫމަށް ވަތްވަގުތު ޖެހިގެން ހުރި ރޫމްއިން އިން ޒެދީންއާއި ސެލީނާ ނިކުތެވެ. މައިޝާމެން ކުޑަތަންކޮޅެއް ލަސްވި ނަމަވެސް އެމީހުނަށް ޒެދީންމެން ފެންނާނެއެވެ.

ރޫމުން ނިކުތް ޒެދީންމެން ގޮވައިގެންގޮސް ރެސްޓޯރންޓު ކައިރިއަށް ބާލާފައި އަނެއްކާވެސް ބަގީ ޑުރައިވަރ ދިޔައީ މައިޝާމެން ބަލައެވެ. ރެސްޓޯރެންޓާ މާދުރު ނޫން ހިސާބެއްގައި އޮތް ޕޫލާއި ދިމާލަށް ހިނގާފައި ދިޔަ ޒެދީންމެންނާއި ދިމާލަށް ބަލަހައްޓައިގެން އަރުސަދު ހުއްޓެވެ.

” ފައި ކޮބާތަ އެއަރުޝަދު… އޭނައަކަށް ނޭގޭތަ ފައި އަންނަ ކަމެއް… ” ބަގީން ފައިބަމުން މައިޝާ ބުނެލިއެވެ. ފައިހާ ބޯހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެވަގުތު ރެސްޓޯރެންޓް ތެރެއިން ނިކުމެގެން އެމީހުންނާއި ދިމާލަށް ހިނގާފައި އައި އަރުޝަދު ފައިހާއަށް ފެނުނެވެ.

” މިހާރު ކިހާއިރެއް އަހަރުމެން މިރަށުގަ އުޅޭތާ… އަދި ކިރިޔާ ތިއާދެވުނީ.. ” މައިޝާމެން ކައިރީގައި މަޑުކޮއްލި އަރުޝަދު ފެނުމުން މައިޝާ ބުނެލިއެވެ. އަރުޝަދު ހަމައެކަނި ހިނިތުންވެލީއެވެ.

” ކޮންތާކަށް ދާން ތިއުޅެނީ…؟ ” އަރުޝަދު ފިޒާންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.

” ކޮކީ ވެލި ކުޅޭހިތުން ބީޗައް ދޯ…” ހިނިތުންވެލަމުން ފައިހާ ބުނެލިއެވެ. ފިޒާން ދުވަމުން ސަކަރާތްޖަހަމުން ދިޔައިރު މައިޝާމެން ފިޒާންގެ ފަހަތުން ހިނގަމުން ދިޔައެވެ. ޕޫލް ވަށައިގެން ގޮނޑި ޖަހައިފައި ހުރި އިރު ބީޗް ބާރ ޖެހިގެން ހުއްޓެވެ. ބީޗް ބާރގައި ތިބޭއިރު ޕޫލަށް އެރިއުޅޭމީހުން ވަރަށް ރީތިކޮއްފެނެއެވެ.

ބީޗް ބާރ އާއި ދިމާލަށް އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި މައިޝާ ގޮސް ޖައްސާލިއެވެ. ފިޒާން ކައިރީގައި އޭނަގެ ކުޅޭ ސާމާނުތައް ހިފައިގެން ކުޅެން އިނެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށް ވީނަމަވެސް އެވަގުތު ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން އުދާސްކަން ކުޑަކުރަމުންދިޔައެވެ. އަތުގައި އޮތް ކެމެރާއިން މައިޝާ ކުޅެން އިން ފިޒާންގެ ފޮޓޯތައް ނަގަމުން ދިޔައެވެ.

” ފައިގެ ތިއްތިއާ ވައްތަރު މީހާވެއްޖެ މިތަނުގައި… ފައިމެން އައުމުގެ ކުޑަތަންކޮޅެއް ކުރިން އެމީހުން މިތަނަށް އަންނަނިކޮށް ދެކުނިން… ” ބީޗް ބާރގައި ހުރި މޭޒެއްގެ ކައިރީގައި އިށީންނަމުން އަރުޝަދު ބުނެލިއެވެ.

” އަޅެ ހިނގާބަލަ އެދިމާ ބަލާލަން… ފަހަރެއްގައި އެއީ ހަމަ ތިއްތިއަށްވެސް ވެދާނެއޭ… އެއީ އަހަރެންގެ ތިއްތިއަށް ވެއްޖިއްޔާ އަހަރެން ފެނުނީމަ އެނގޭނެ… ” ފައިހާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.

” އަހަރެން ދިޔައީމަ އެހާ ރަނގަޅެއް ނުވާނެ… އިރުކޮޅަކުން އަންނާނެ މިކޮޅަށް… ” ކޮޅަށް ތެދުވި ފައިހާ އަތުގައި ހިފާ ގޮނޑީގައި ބައިންދަމުން އަރުސަދު ބުނެލިއެވެ. ކިތަންމެ ދާން ބޭނުންވެފައި އިންނަމަވެސް ފައިހާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އިނެވެ.

ޖޫސްތައްޓެއް ހިފައިގެން އައި މަލީސާގެ ލޮލުގައި އަޅައިގަތީ ރަބަރު ފަކީރެއް ކަހަލަ އެއްޗެއް ހިފައިގެން ވެލިގަނޑުމަތީގައި ކުޅެން އިން ފިޒާންއެވެ. މައިޝާ އިނީ ފުރަގަސް ވާގޮތަކަށް ކަމުން މަލީސާގެ ލޮލުގައި މައިޝާއަށް އަޅައެއް ނުގަތެވެ. މޫނުމަތިން ޒެދީންއާއި ވައްތަރުވިއިރު އެންމެ ބޮޑަށް އަޅައިގަތީ ފިޒާންގެ އެމަޑު އަޅިކުލައިގެ ދެލޮލުގައެވެ. ކައިރީގައި ހުރި ގޮނޑިގައި އިން މައިޝާ މަލީސާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. މަޑުމަޑުން ހިނގާފައި އައި މަލީސާ ހުއްޓުން އެރީ ކެމެރާގެ ޑިސްޕުލޭއަށް ބަލަހައްޓައިގެން އިން މައިޝާގެ މޫނު ފެނުމުންނެވެ. މީހަކު ކުރިމަތީގައި ހުއްޓިގެން ހުރިހެން ހީވުމުން މައިޝާ އިސްއުފުލާ ބަލާލިއެވެ. މައިޝާ ބަލާލުމުން މަލީސާ ހައިރާންކަން އިތުރުވީނަމަވެސް ހިނިތުންވުމެއް ރައްދުކުރަމުން އަތިރިމަތީގައި ހުރި ގޮޑިއެއްގައި އޮށޯވެލައިގެން އޮތް ޒޮބީދުއާއި ދިމާލަށް ހިނގައިގަތެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ މައިޝާ އޭނަނެގި ފޮޓޯތައް ބަލަން އިނީއެވެ.

” ޒޮބީދު… ހީވަނީ އެއިނީ ޒެދީންގެ ދަރިފުޅުހެން.. ވަރަށް ވައްތަރު ޒެދީންއާ… އެމަޑު އަޅިކުލައިގެ ކަޅި.. އެހިނިތުންވުން… ” ޒޮބީދު ކައިރީގައި ހުރި ގޮޑީގައި އިށިންނަމުން މަލީސާ ބުނެލިއެވެ. ޒޮބީދުއަށް އަވަސް އަވަހަށް ތެދުވެ މަލީސާ އިށާރަތްކޮއްލި ދިމާލަށް ބަލާލިއެވެ. މައިޝާ ފެނުމުން އެއީ ޒެދީންގެ ވޮލެޓަށް ލައްވާފައި އިން ފޮޓޯގައި އިން އަންހެންކުއްޖާކަން ޒޮބީދަށް ޔަގީންވިއެވެ. ޒޮބީދުއަށް ބަލާލެވުނީ ޒެދީން ކޮބާތޯއެވެ. ޒެދީން އެވަގުތު މޫދުގައި އޮތުމުން މައިޝާއާއި ދިމާލަށް ހިނގައިގަތީ ފިޒާން ދެކިލުމަށެވެ.

މަޑުމަޑުން މައިޝާމެންނާއި ދިމާލަށް ހިނގާފައި ދިޔަ ދޮބީދުގެ ކަޅި ހުއްޓިފައިވަނީ ވެލިގަނޑުމަތީގައި ކުޅެންއިން ކުޑަކުޑަ ފިޒާންއަށެވެ. ޒޮބީދުގޮސް މަޑުކޮއްލީ މައިޝާމެންނާ ދިހަވަރަކަށް ފޫޓުދުރުގައެވެ. މައިޝާ ބަލާލުމުން ކުޑަހިނިތުންވުމަކާއެކު ޒޮބީދު ގޮސް މަޑުކޮއްލީ ފިޒާން ކައިރީގައެވެ. ފޯރީގައި ކުޅެން އިން ފިޒާނަށް ޒޮބީދު ފެނުމުން ފިޒާންގޮސް ވަނީ މައިޝާގެ ފުރަހަގަށެވެ.

” ކޮން ނަމެއްތަ ކޮއްކޮއަށް ކިޔަނީ…؟ ” މައިޝާގެ ފުރަގަހުގައި ހުރި ފިޒާންއާއި ސަލާމް ކުރަން އަތްދިއްކޮއްލުމުން ޒޮބީދު ބުނެލީ އިނގިރޭސިންނެވެ.

” ފިޒާން… ” މައިޝާ ފިޒާން ގެނެސް ޒޮބީދު ސަލާމްކޮއްލަން ދިއްކުރިއަތުތެރެއަށް ފިޒާންގެ އަތްލައްވަމުން ބުނެލިއެވެ. އޭރުވެސް ފިޒާން ހުރީ ޒޮބީދުއަށް ނުބަލަން ވެގެން މޫނު އަނބުރާލައިގެންނެވެ.

” ކޮބާ ކޮއްކޮގެ ބައްޕަ… ” ޒޮބީދު ކުރަން ބޭނުންވި ސުވާލު ވަގުތުގެ ބޭނުން ހިފާ ކޮއްލިއެވެ. ޒޮބީދު އެސުވާލު ކުރުމުން މައިޝާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލްވެގެން ދިޔަކަން ޒޮބީދުއަށް އެނގުނެވެ. ނަމަވެސް އެކަން އިނގޭ ކަމަށް ހަދާނުލާހުރީއެވެ.

” މަރުވެފަ.. ” އިސްޖަހާލަމުން މައިޝާ ބުނެލިއެވެ. އޭރު މައިޝާގެ އަޑުގައިވެސް އެކުލެވިގެން ދިޔަ އަސަރު ޒޮބީދަށްވެސް ފާހަގަ ކުރެވުނެވެ. ޒޮބީދުވެސް ދެރަވީ ކުޑަކުޑަ ކުއްޖަކު ބައްޕައެއްގެ ލޯބިން މަހުރޫމް ކޮއްލައިގެން އެހުރިހާ ދުވަހު އޭނައަށް އުޅެވުމުންނެވެ.

” މާފްކުރޭ… ކިހާ ދުވަހެއް ވެއްޖެ.. ” ފިޒާންގެ ކޮލުގައި ހިފާލަމުން ޒޮބީދު ބަލާލީ މައިޝާގެ މޫނަށެވެ. ޒޮބީދު އިނީ މައިޝާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

” ތިން އަހަރުވެއްޖެ… ” މައިޝާ މަޑުމަޑުން އެހެން ބުނެލީ އިސްޖަހާލައިގެން އިނދެއެވެ. ހަގީގަތުގައި ޒޮބީދުގެ އެސުވާލުތަކުން މައިޝާގެ މާޒީ އޭނަވަށާލީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ޒޮބީދު ފިޒާންގެ ކޮލުގައި ހިފާލަމުން އެތަނުން ތެދުވެގެން ދިޔައީއެވެ. ޒޮބީދު ބޭނުންވީ އެދުވަހުން އެދުވަހަށް ރިޒޯޓުން ފުރައިގެން ދާށެވެ.

ފިޒާން މައިޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލައިދިނުމަށްފަހު މައިޝާއާއި ދިމާލަށް ވައްތަރެއް ޖައްސާލާފައި ދުއްވައިގަތެވެ. ކިތަންމެ ދެރަވެފައި އިންނަމަވެސް މައިޝާއަށް އެވަގުތު ހެވުނެވެ. މައިޝާވެސް ފިޒާން އަތުލުމަށްޓަކައި ފިޒާން ފަހާ ދުއްވައިގަތެވެ. ފިޒާން ހެމުން ހަޅޭއްލަވަމުން ދުވަމުން ދިޔަ އިރު މައިޝާވެސް ފަހަތުން ދިޔައެވެ. ކުޑަކުއްޖަކު ހަޅޭލަވާތީ މޫދުގައި އޮތް ޒެދީންވެސް އެއަޑު އަންނަ ދިމާލަށް ބަލާލިއެވެ. އޭރު ކުޑަކުއްޖަކު ފަހާ އަންހެނަކު ދުވަމުންދެއެވެ. އެމީހުން ދުވަމުން ދިޔައީ ޒެދީންމެން ތިބި ދިމާލާ ދުރައްކަމުން އެމީހުންގެ މޫނެއް ޒެދީންއަކަށް ނުފެނެއެވެ.

” ދުވަސް ކޮޅަކުން އަހަރުމެންވެސް އެކަހަލަ ލޯބި ލޯބި ކުއްޖަކު ހޯދާނީއޭ… ” ސެލީނާ އައިސް ޒެދީންގެ ކަރުގައި އަތް އަޅުވާލަމުން ބުނެލިއެވެ.

” އަޅެ ދަންތަ އެދިމާ ބަލާލަން… ” ފައިހާއަށް ނީދެވިގެން އަހާލެވުނެވެ. އަރުޝަދުވެސް އިތުރު އެއްޗެކޭ ނުބުނެ ބޯޖަހާލީ އެގޮތަށް ހިފެހެއްޓުމުން ފައިހާ ދެރަވާނެވަރު ވިސްނުމުންނެވެ. އަރުޝަދު އެއްބަސް ވުމުން ހެވިދިލިފައި ހުރެ ޕޫލާއި ދިމާލަށް ފައިހާ ހިނގައިގަތެވެ. ޕޫލު ތެރޭގައި ތިބިމީހުންނަށް ވަރަށް ރަނގަޅަށް ފައިހާ ބަލާލިއެވެ. ނަމަވެސް އެތަނުން ފާޒިންއާއި ކިރިޔާ ވައްތަރު މީހަކުވެސް ފައިހާއަކަށް ނުފެނުނެވެ. އަތިރި މައްޗައްގޮސް އެދިމާލުގައި ކުޑަކޮއް ހިނގާލާފައި ގޮނޑިއެއްގައި އިށިން ދެލައިގެންއިން މައިޝާއާއި ދިމާލަށް ފައިހާ ހިނގައިގަތީ އަރުޝަދުވެސް މައިޝާ ކައިރީގައި މަޑުކޮއްލައިގެން ހުރުމުންނެވެ.

” ފައި ހިނގާ ދެން ރޫމަށް ދާން… މިހާރު މިތާގައި އިނދެ އިނދެ މުޅިން ވަރުބަލިވެއްޖެ… ” މައިޝާ ތެދުވެ މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. ދާން ބޭނުން ނުވިޔަސް ފައިހާވެސް ބޯޖަހާލަމުން ކައިރީގައި ހުރި އަރުޝަދުއަށް ބަލާލިއެވެ. ފައިހާ ބޭނުންވަނީ ވީހައިވެސް ގިނަވަގުތަކު އަރުޝަދު ކައިރީގައި މަޑުކުރާށެވެ.

” މަންމިގެ ދޫނި ބޭނުންތަ ރޫމަށް ދާން… ” ފިޒާންގެ ބޮލުގައި ފިރުމާލަމުން މައިޝާ އަހާލިއެވެ. ފިޒާން ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

” ފައި ކޮކީއަށް މިޕަކެޓު ދީބަލަ.. ތިއްތިބޭދައްތަ އަންނާނަން ފާހާނައަށް ވަދެލާފައި… ” ގޮނޑީ ކައިރީގައި ބަހައްޓާފައި ހުރި ދަބަހުން ޕަކެޓެއް ނަގާ ފައިހާގެ އަތަށް ދެމުން މައިޝާ ބުނެލިއެވެ. މައިޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ފައިހާ ޕަކެޓު ކަނޑާލާފައި ފިޒާންއަށް ދިނެވެ.

އެކެއް ޖަހަން ކައިރިވުމުން މައިޝާމެން ރޫމަށް ދިޔައީ ކާންދިއުމަށްޓަކައި ކުޑަކޮއް ތައްޔާރުވެލާށެވެ. ތައްޔާރު ވެލައިގެން ނިކުތް އިރު ބަގީ ޑުރައިވަރު މައިޝާމެން ބަލާގޮސް އޮތެވެ. މައިޝާމެން ގޮސް ރެސްޓޯރެންޓު ތެރެއަށް ވަންނަން ދިޔަ ވަގުތުވީ ޒެދީންމެންވެސް ކައިނިމިގެން ނިކުންނަން އައި ވަގުތަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހިޖުރަ (ސައުރަތިރީސްވަނަ ބައި)

Next

ﷲ މަތިން ހަނދުމަ ކުރުން (2ވަނަ ބައި)

Next
October 8, 2015

ﷲ މަތިން ހަނދުމަ ކުރުން (2ވަނަ ބައި)

Previews
October 8, 2015

ހިޖުރަ (ސައުރަތިރީސްވަނަ ބައި)

29 Comments!

  1. Ihthu says:
    October 8, 2015 at 5:24 pm

    mi part ves kamudhaane kamah hykuran…

  2. Thinker says:
    October 8, 2015 at 5:42 pm

    V rythi

  3. aal says:
    October 8, 2015 at 6:12 pm

    Varah varah reethi

  4. lol says:
    October 8, 2015 at 6:23 pm

    Mee iyye ge part ve aneh baeh nu?varah fake….

  5. shaya says:
    October 8, 2015 at 7:02 pm

    Thankolheh dhigukoh genes dhyba

  6. Princess Noddy says:
    October 8, 2015 at 7:03 pm

    Masheh dhen nubunaanan dhigu kuraa sheky.. V salaam

  7. jeezan says:
    October 8, 2015 at 7:41 pm

    dhen thakolheh avahah genesdhenveenun dho haadha kurey

  8. Shau says:
    October 8, 2015 at 7:43 pm

    Mi part fashaafa vx mi iny kurin part ge bodu baeh laafa… Hama dhigukoh nugenes dheyn vgn dho.. Thihen hadhanyya readers foohi vaane ehnu plus readers ge support gehleyne dho…plxx thihen nuhadhaa reethikoh dhen up kuraa parts thah mi ah vuren dhigu kohleveytho balaaba.. Eyrun knme part eh kiyaafa readers hiyhama nujehign ulheykah nujeheyne dho.. Assu mi story vrh habeys hama ekani massala aky parts kuru koh gennaathi.. Ekm vrh hope kuran upcoming parts thakuga improve kohlaane kamah.. Wish u all the very best Ihthu! 🙂 😉

  9. Usha says:
    October 8, 2015 at 7:44 pm

    Ehves meehaku aadheeys kuraane kameh neh… Eulhenee meehun lahva aadheys kuruvan.. Ehenaafahe meedhen boduvaru dhw.. Kuree dhuvahuge 1/2 mibaiga liyelaafa aabayekow miothee.. Thivarun nuliyuneemaveenun dhw..

    1. naufal says:
      October 11, 2015 at 11:40 pm

      thi varah dhera vaa iru kyhvetha USHA vaahaka eh nuliyanee… Usha ves vaahaka eh liyefa upload kohbala… engidhaane vaa vareh…

  10. Faxoo says:
    October 8, 2015 at 8:49 pm

    varah reethi ingey

  11. naufal says:
    October 8, 2015 at 9:23 pm

    thi varah ehchehi kiyaa iru rangalhu liyun therin vaahaka thah upload kuraakan ves… ekamakuves thankolheh kuru genesdheyleh…

  12. shix says:
    October 8, 2015 at 9:48 pm

    V nice this partves

  13. zai says:
    October 9, 2015 at 12:43 am

    Rangalheh nu vahahka kithanme kuras upload kohdheykan..btw v salhi mi baivex..?

  14. nazi says:
    October 9, 2015 at 5:06 am

    v reethi plz ihthu zobeedh ge magsadhu haasilviya nudheythi waiting 4 next part

  15. fathun says:
    October 9, 2015 at 6:30 pm

    Grrrrr.. Mee dhen koncheh.. ?

  16. Get says:
    October 9, 2015 at 9:24 pm

    Neynge vaanuvaa eh. Nan thah ehgoi kamun

  17. nazi says:
    October 9, 2015 at 9:48 pm

    ihthu koba vaahaka up kolla dheynee konirakun mihaaru kiyaahithun belunu adhadhuves neynge

    1. Please says:
      October 10, 2015 at 4:00 pm

      When next part

  18. Please says:
    October 10, 2015 at 3:59 pm

    Love this story best story ever

  19. nazi says:
    October 10, 2015 at 4:45 pm

    vahaka kiyahithun mihaaru halaakuvaavaru veyje plz plz plz avaha up kolla dheebala

  20. Xxx says:
    October 10, 2015 at 9:04 pm

    Fixaannn…plxxxxxx aburaa mai ge hayaathah aisdheee ???

  21. nazi says:
    October 11, 2015 at 9:35 am

    alhe plz plz avaha up kolla dheebala noonee kureveyne date bune dhee bala eyrun hamajehilaagen egadiyaka redee veveyne vaahaka kiyan

  22. aal says:
    October 11, 2015 at 7:26 pm

    Konirakun tha next part up vany. Avahah up koh dhey bala plx plx

  23. shuhoo says:
    October 11, 2015 at 11:03 pm

    Den avahah genes dheeba

  24. naufal says:
    October 11, 2015 at 11:36 pm

    kurukamun evarah ehchehi kiyaafa adhi upload nukohgen ves haadha vareh dhahkaey…

  25. naufal says:
    October 11, 2015 at 11:42 pm

    Ihthu buni dhen vaahaka upload kuraanee mi month 20 ge fahunney..

  26. Ihthu says:
    October 12, 2015 at 2:05 pm

    Naufal kae thy kaaku adhi maa ihthu vegen mashah goi kiyan???ma kn iraku kae kairy buny??ma evey myhakah hedhigen… Ma beynun irakun gennany kiyanya kiua nukiyanya nukiya aga madun laigen thibeu…

  27. shif says:
    October 12, 2015 at 2:42 pm

    ??????????

Comments are closed.

Next Episodeހިތަކުން ނުފިލާނެ 42←


All Right Reserved!