Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 30

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
October 29, 2022 5 Mins Read
1 Comment

ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ އަނދިރި ކަމެވެ. ދިއްލާފައި ވި އެންމެ ބޮތްކެއްވެސް ނެތެވެ. ކޮޓަރއަށް އަލި ވަންނާނެ ހުރިހާ ގޮތެއްވެސް ވީ ބަންދު ކުރެވިފައެވެ. އެހެންނަމަވެސް އެ ކޮޓަރި ތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. ގިސްޖެހި ޖެހިފައި ހިތްދަތި ގޮތަކަށް ރޮމުން ދިޔަ އިރު އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެ އެވެ. އެންމެ ހަރު ހިލަ ހިތް ވެސް މަޑު ކަފަކޮޅަކަށް ވާނެ ކަން ގައިމެވެ. ދޮރުގައި މަޑުމަޑުން ޓަކި ޖަހާލި އަޑު އިވުމާއި އެކު ރުއިމުގެ އަޑު ކެނޑުނު ކަމުގައި ވިޔަސް ގިސްޖެހުމުގެ އަޑާއި ނޯއްދަމާލި އަޑު ކޮޓަރީގެ ހަތަރު ފާރުން އެތެރިން އިވުނެވެ.

އަނެއްކާ ވެސް ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއި އެކު ބޭރުން އިއަން ވާހަކަ ދެއްކި އަޑު އިވުނެވެ.  އަޒްލީނާ ކާން ގޮވި ވާހަކަ ބުނުމަށް ފަހު އިއަން އެތަނުން ދުރަށް ދިޔައީ ދެ ފަހަރު އިތުރަށް ދޮރުގައި ޓަކި ޖެހުމުން ވެސް އީވާ ދޮރު ނުހުޅުވުމުންނެވެ. އޭނާގެ ކޮއްކޮ އަށް ވެފައި ވީ ކިހިނެއްކަން ނޭނގުނު ނަމަވެސް، އިއަން އަށް އެއީ އަޔާޝް އާއި ދެމީހުން ދެމެދު ޖެހުނު މައްސަލަ އަކުން ދިމާވި ކަމެއްކަން އެނގުނެވެ. އެކަމަށް އޭނާ އަށް އީވާ އާ އިތުރު ސުވާލެއް ކުރާކަށް ނުޖެހުނެވެ.

 

༶•⛧┈♛ތިރީސް ވަނަ ބައި ♛┈⛧•༶

 

ކޮޓަރީގެ ކުޑަދޮރު ކައިރި ހުރި ނައިރާ ހުރީ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ގެއްލިފައެވެ. ހިޔާލެއްގެތެރޭ ހުރި އިރު މިޝްކާ އައިސް އޭނާ ކައިރި ހުއްޓި އޭނާ އަތަށް ކޮފީ އެއް ދިއްކުރި އިރު ވެސް ނައިރާ އަށް ރެއަކާ ނުލައެވެ. އެހާވެސް ބޮޑަށް އޭނާ ހުރީ އެ ވިސްނަމުން ދިޔަ ކަމަކަށް ގެއްލިފައެވެ. ނައިރާގެ ދެބުމަ ގޮށްޖެހިފައި މުހެވި އަދި މޫނަށް އެކި އެކި ކުލަވަރުތަށް އަރަމުން ދިޔަ ތަން ބަލަން މިޝްކާ އަށް ހުރެވުނެވެ.

އިރުކޮޅަކު ނައިރާ އަށް ބަލަން ހުރެފައި އަތުގައި އިން ކޮފީ ޖޯޑު ކައިރީ ހުރި މޭޒުމަތީގައި ބައިންދާލާފައި މިޝްކާ ނައިރާގެ ކޮނޑުގައި އޭޏާގެ އަތް ބާއްވާލިއެވެ. ސިހިފައި ނައިރާ އަށް މިޝްކާ އަށް ބަލާލެވުނެވެ. ހަމަޖެހުމުގެ ކުލަވަރުތަށް މޫނުމަތިން ދައްކަމުން ނައިރާ އޭނާގެ ކައިރިހުރި މިޝްކާ އާއި ކިހިނެއް ވީ ތޯ ސުވާލު ކުރި އެވެ.

” މީނި ނައި އަށް ގެނައި ކޮފީ އެއް… އެކަމް އެ ހިފައިގެން އައި އިރު ނައި ހުރީ ވަރަށް ފުން ވިސްނުމެއްގަ.. ކައިރި އަށް އައިސް މިތާ ހުންނަތާ ތިން މިނިޓު ވީ އިރު ވެސް ނައި އަށް މަ ހުރި ކަމެއް ނޭނގުނު ވިއްޔަ.. އެހާ ވަރަށް ކާކު މަތިން ތަ ތި ހަނދާން ކުރަނީ…؟” މިޝްކާ ވާހަކަ ދައްކަމުން ފޮނި ހިނގުމެއްގައި ކައިރި ހުރި އެނދުގައި އިށީންދެލިއެވެ. ނައިރާ އަށް ފުން ބެލުމަކުން ބަލާލަމުން ފަހުން ބުނެލި ޖުމުލަ ބުނެލީ ދެބުމަ ކައިރިކޮށްލައިގެން، ލޯ ކުޑަކޮށްގެން ހުރެ އެވެ.

 

” ހެހެ އެ ދޯ… ނޯ ވަން… އަހަރުންގެ މާސްޓާ ޕްލޭން އަށް ބައެއް އެޑްކޮށްލަން މި ވިސްނީ…” ނައިރާ އޭނާގެ ޑްރެސިން ޓޭބަލް މަތީ އޮތް ފޮތާއި ފަންސުރު ހިފައިގެން އައިސް ނައިރާގެ ކުރިމަތީ އެ ބާއްވާލިއެވެ. މިޝްކާ އެ ފޮތް ނަގާފައި އޭގައި އޮތް އެއްޗެއް ކިޔާލި ނަމަވެސް އެ މޫނުމައްޗަށް ބަލާލި ކޮންމެ މީހަކަށް ވެސް އެ ފޮތުން ކީ އެކައްޗެއްވެސް އެ ބޮލަށް ނުވަން ކަން ދެނެގަނެ ވޭނެ އެވެ.

” ނޭނގުނު؟..” މިޝްކާ އެ ފޮތް އޭނާގެ ކުރިމަތީ ބާއްވާލާފައި ނައިރާ އަށް ބަލާލުމަށް ފަހު ބޯ ކަހާލި ގޮތުން ނައިރާ އަށް އެހުނި ފުދޭ ވަރަކަށް ބާރަށެވެ. ނަމަވެސް ނަފްސު ހަމައަކަށް އަޅުވަމުން މިޝްކާ އަށް އޭގެން އެ ބުނާ އެއްޗެއް ކިޔައި ދިނުމައްޓަކާ ނައިރާ އެނދުމަތީ ހަމަޖެހިލައިގެން އިށީނދެލިއެވެ. އެއްފައި ކުރުކޮށްލައިގެން ނައިރާ މިޝްކާ އަތަށް ދިން ފޮތް ނަގާލިއެވެ.

 

” މިޝް އަށް މީގެން މި ބުނާ އެތި ނޭނގުނީމަ ތަންކޮޅެއް ރަނގަޅަށް ކިޔައިދީފާނަން….؛ … ހަނދާންވޭތަ އަހަރުން ދަތުރު ގޮއްސަ އަންނަން އޮތް ދުވަސް ނުން އޭގެ ކުރިން ދުވަހުގެ ރޭ ޓްރުތް އޯރ ޑެއާ ކުޅުނު ދުވަސް…. އެދުވަހު އިވާ ކީ އެއްޗެއް… އޭނާ އަށް ޖެހުނު ޓްރުތް؟.. ކޮންމެވެސް ޝާމިން އެކޯ… އެންޑް އެ ނަން އަޑު އިވިފަ އައި ސޯވ އެންމެންގެ ރިއެކްޝަން، އެސްޕެޝަލީ އަޔާޝްސް… ވެން ހީ ހާޑް ދެޓް ނޭމް ހީ ވޯޒް ލައިކް ސަމްވަން ޑްރޮޕްޑް އަ ބޮމްބްޝެލް… ދެން މަގޭ ހިތަށް އެރީ އެ ޝާމިން އަކީ ކާކު ހެއްޔޭ؟…. އިވެންޓުއަލީ އައި ގޮޓް ދި އާންސާ… އެއީ އީވާ ގެ ކްލާސްމޭޓް އެއް.. އޭނާ އީވާ ދެކެ ލޯބި ވާ ކަމަށް ވަނީ… ސިންސް އަޔާޝް އެންޑް އީވާ އާ ޑޭޓިން ޝާމިން ރުޅި އައީ… ބޭނުން ވީ އީވާ ހާސިލް ކުރަން… އެންޑް ޑިޕެންޑިން އޮން ދަ ކުއެސްޝަން ވިޗް ވޯސް އާސްކްޑް ޓު އީވާ، ދިސް ޝާމިން.. ޑޫޑް ވަޓްއެވާ… އޭނަ އަށް ބިރުދެއްކީ… ފޯރ ސަމް ރީޒަން….

އެންޑް ދަ ޕާސްޓް ފިއު ޑޭސް.، ދަތުރު ގޮއްސަ އައިސް އައި ޑިޑް ސަމް ރީ ސާޗް އެންޑް ފައުން އޯލް ދީސް އިންފޯ… ދެން މި ފޮތް… މި ފޮތުގަ މިއޮތީ ބޮޑު ޕްލޭން… މަށަށް އަޔާޝް ލިބޭނެ ގޮތާ.. އަހަރުން ދެމެދަށް އީވާ އެކޭ އެ ކިޔާ މ**** ނުވަންނާނެ ގޮތް…” ނައިރާ ތަފްސީލްކޮށް މިޝްކާ އަށް ހުރިހާ އެއްޗެއް ކިޔައި ދިނެވެ. ކަނުލާ އަޑުއަހަން އިން މިޝްކާ އަށް އެދެމީހުންގެ ބޮޑު ޕްލޭން އާއި ޝާމިން އާއި ހުރި ގުޅުން އަހާލެވުނެވެ.

” ވެއިޓް… ދެން ތި ހުރިހާ ކަމަކާ، ދެޓް ޝާމިން އަކާ އޮތީ ކޮން ގުޅުމެއް؟..” ” ހަހަ.. ކިޑް… އަދިވެސް ގެޓް ނުވަނި… ޝާމިން ލޯވިވޭ އީވާ ދެކެ… އޭނާ ހުރީ ކޮންމެ ގޮތަކުން ވިޔަސް އީވާ ހާސިލް ކުރަން ނިންމައިގެން.. އެހެންނޫނީ އޭނާޔަށް ހާސިލް ނުވިއްޔާ އީވާ އެހެން ފިރިހެނަކަށް ނުލިބޭ ހެން ހަދަން… އެނޑް ފޯ ދެޓް ހީ ވިލް ނީޑް މައި ހެލްޕް ކޮޒް އައި ނީޑް ހިމް މަށާ އަޔާޝް އާއި ދެމެދުން އީވާ ނެރެލަން…..” ނައިރާ އޭޏާ ބުނަން ބޭނުން ވި އެތި ބުނެލާފައި އަތުގައި އޮތް ފަނސުރު ފޮތް މައްޗަށް ވައްޓާލިއެވެ. މޫނުމަތިން ނުލަފާކަން ފެންނަމުން ދިޔަ އިރު އޭނާގެ ލޮލުން ނުރައްކާތެރި ކަމުގެ ކުލަވަރު ފެނެއެވެ. ދެފައި އެނދަށް ނަގއިގެން އިން ގޮތުން ނާއި މެއާއި ދިމާލުން އަތް ހުރަސްކޮށްލައިގެން އިން ގޮތުން ފިލްމް ތަކުން ފެންނަ “ވިލަން” އަކާ އޭނާ ވައްތަރު ވެއެވެ. އެހެން ނަމަވެސް އެ މަންޒަރު ދުރުން ފެންނަ މީހަކަށް ކައިރީގައި އެކައްޗެއްވެސް ގެޓް ނުވެފައި އިން މިޝްކާ ފެނި ހަމަ ގައިމުވެސް ހެވޭނެ އެވެ.

 

އީވާމެން ދަތުރު ގޮއްސަ އައިތާ މިހާރު ހަފްތާ އެއް ހާ ދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ނަމަވެސް އެކަކު އަނެކަކަށް ނުފެނެއެވެ. އެއްގެއެއްގައި އުޅޭ ބަޔަކު ފިޔަވައެވެ. ދަތުރުން އައިސް ދެދުވަސް ފަހުން ޒައްޔާން ފުރަން އޮތް ނަމަވެސް އޭނާގެ ޑިޕާޗާ އިތުރު އެއް ހަފްތާ އަށް ލަސްވި އެވެ. ޒައްޔާން އަށް އަޔާނި އާއި އެކު ހޭދަކޮށްލާނެ ވަގުތުކޮޅެއް ލިބުނީ އެވެ. އޭނާ އެ ދެން ފުރާފައި އަންނަ އިރު އަންނާނީ އަޔާނީ އޭނާ އާއި މެދު ފަޚުރުވެރި ވާނެ ފަދަ މިހަކަށް ވެގެން އަންނަން ޒައްޔާން އަށް އަޒުމު ކަނޑައެޅުނެވެ.

މާހީ އާއި ޒީހާން އެ ދެމީހުންގެ ‘ލަވް ސްޓޯރީ’ ލިޔަމުން ދިޔަ އެވެ. ޒީހާން ވެސް ރިސޯޓަށް ދަމުން މާހީއަށް ވަގުތު ހުސްކުރަމުން އެއްވެސް މައްސަލަ އެއް ނުޖެހި އެ ގުޅުން ކުރިއަށް ގެންދެވޭތޯ ބެލިއެވެ. އޭރު އެކަކަށް ވެސް ނޭނގޭނެ ހާ ސިއްރުން ފަރުދާގެ ފުރަގަހަތުން އިއަން އާއި ޒައިހާ އާއި ދެމީހުން ދެމެދު ވެސް ވަނީ ގުޅުމެއް އުފެދިފައެވެ. އެކުވެރި ކަމަށް ވުރެން ވަކިން ބޮޑަށް ވަރުގަދަ ގުޅުމެކެވެ. އެހެން ނަމަވެސް މައްސަލަ އަކީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބި ވާކަން ހާމަ ނުކުރަން އުޅޭ ކަމެވެ.

 

ޒިވާ އާއި ވިޝާމް އާ ދެމެދު ހިނގައި ދިޔަ ކަންތަކަށް ފަހު ނާއިފް އަށް ވަނި ޒިވާ ކުރިމައްޗަށް އަރަން ދަތި ވެފަ އެވެ. އެކި ބޭނުން ތަކުގައި ޒީހާން އާއި އެކު އެ ގެއަށް ދިޔަ ކަމުގައި ވިޔަސް އެ ދެލޯ ދެކިލުމަށް އެދި ހޯދާ ސޫރަ ވަނީ އޭނާ އަށް ނުފެންނަ ހިސާބެއްގައި ކަހަލަ އެވެ. ވިޝާމް އާއި އޭނާ އާއި ދެމެދު ބޯ ފާރެއް ލެވިފައި ވީ ނަމަވެސް އޭނާ ދިޔައީ އިއަން އަށްޓަކާ އެއްވެސްކަމެއް ބޮޑު ނުކޮށް ބެލެވޭތޯ މަސައްކަތް ކުރަމުންނެވެ.

 

އޭގެ އިދިކޮޅަށް އީވާ އާއި އަޔާޝްގެ ގުޅުން ވަނި އިހުނަށް ވުރެން ހީނަރު ވެފަ އެވެ. ދެމީހުންނަށް ވެސް ފެންނަ މަންޒަރު ތަކުން އެކަކު އަނެކަކަށް ދެހިތުގަިއ ވެސް ކުރެވޭ ޝަކުވާ ތަށް އިތުރު ވެ އެވެ. ކުދި ކުދި މައްސަލަތަށް ދެމީހުން ދެމެދު ޖެހުނު ނަމަވެސް އެފަދަ ބޮޑަކަށް ދެމީހުންގެ ދެމެދު ވީ އަށް އަހަރުގެ ގުޅުމުގައި ޖެހިފައި ނުވެއެވެ. ނައިރާ އާއި މިޝްކާ އެ ދެމީހުންގެ ބޮޑު ރޭވުމާއިގެން ކުރިއަށް ދާން ފެށުމުން މި ދެމީހުންގެ ގުޅުމަށް އަންނާނެ ހުރަސް ތަކަށް ނިކަން ވިސްނާލަބަލާށެވެ.

 

” އަޔާޝް… ހިނގާބަ އަހަރެން ގޮވައިގެން ވަރަށް އަވަހަށް ފިހާރަ އަށް ގޮސްލަން…” ތުއި ގޮތަކަށް އަޔާޝްގެ ކުރިމަތި ހުއްޓިލަމުން ނައިރާ ބުނެލިއެވެ. ފުން ވިސްނުމެއްގައި އިން އަޔާށް ނައިރާ އަށް ބަލާލާފައި އަވަސް އަވަހަށް އިސް ޖަހާލެވުނީ އީވާ ލައިގެން ހުރި އެއްޗިހިންނެވެ. ފަލަމަސްގަނޑުގެ ދެބައި ކުޅަ އެއްބައިވެސް ނުފޮރުވޭ ވަރުގެ ކުރު ސޯޓު ބުރި އެއް ލައިގެން ހުރި އިރު މަތިން ލައިގެން ހުރީ ޓީޝާޓު ވަނީ އެ ސޯޓުގެ ދަށަށް ޖަހާފަ އެވެ.

 

އަޔާށް އަށް ވީ ގޮތް ފެނިފައި ނައިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރި ވި އެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައި އަޔާޝް ބުނެލި އެތިންނެވެ.

” ތިޔަށް ވުރެން ދިގު އެއްޗެއް ލައިގެން ރެޑީ ވެގެން އާދޭ، އަހަރެން މިހިރީ ބޭރުގަ….” އިތުރު ބަހެއް ބުނުމަކާއި ނުލަިއ އަޔާޝް ނިކުމެގެން ދިޔަ ތަނަށް ބަލަން ހުރެފައި ނައިރާ އޭނާގެ ކޮޓަރި އަށް ގޮސް ޖިންސަކާއި ލައިގެން ހުރި ޓީޝާޓު ޓޮޕްކޮޅަކަށް ބަދަލު ކޮށްލައިގެން ނުކުތެވެ.

 

ނައިރާ އޭނާ ގަންނަން ބޭނުން ވި އެއްޗިސް ގަނެލައިގެން ފިހާރައިން ނުކުމެ އަޔާޝްގެ ސައިކަލު ފަހަތަށް އެރިތަން ފެނުނީ އެ މަގަށް އަޅުވާލި އީވާ އަށެވެ. ފިހާރަ އަށް ދާން އެ ބޭނުމުގައި މަޖުބޫރު ވެގެން ނުކުތް ކަމުގައި ވިޔަސް ފެނުނު މަންޒަރުން އޭނާގެ ހިތަށް ތަދު ވި އެވެ. އޭނާ އާއި އަޔާޝް އާއި ދެމެދު ކުރެވުނު ޒުވާބުގެ މަތިން ހަނދާންވެ އެ ދެލޮލަށް ކަރުނަ ބޮޑި ވެގަތެވެ. ނައިރާ ސައިކަލަށް އަރާ އަޔާޝްގެ ގައިގައި ތަތްވެގަތް ގޮތް ފެނި އީވާ އަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. އައި ކޮޅަށް ދުއްވައި ގަތް އިރު އޭނާ އަށް ނޭނގުނު ކަމަކީ އަޔާޝް ނައިރާ ކުރި ކަމަކުން އުނދަގޫ ވެގެން ނައިރާ ކައިރި އެހެން ނެހެދުމަށް ބުނި ކަމެވެ. ނަމަވެސް ފެންނަން ވީ ބައި ނުފެނި ނުފެންނަން ވީ ބައި ފެނިފައި އީވާ އަށް އޭގެން ނުބައި މާނަ އެއް ނެގުނީ އެވެ. އެދެމީހުން ދޭތެރޭ ހީނަރުވެފައި ވީ ގުޅުން އިތުރަށް ހީނަރު ވީ އެވެ.

 

~ނުނިމޭ~

 

މިބައި ލަސް ވި ކަމަށް ޓަކާ ކިޔުންތެރިންގެ ކބައިން މާފަށް އެދެން އިންޝާ ﷲ ދެން އޮތް ބައި އަވަސްކޮށްލެވޭ ތޯ ބަލާނަން….😁

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 26

Next

މައާފު އެދެމޭ… (ފުރަތަމަ ބައި)

Next
November 1, 2022

މައާފު އެދެމޭ… (ފުރަތަމަ ބައި)

Previews
October 27, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 26

One Comment

  1. Nayaa Nayaa says:
    October 29, 2022 at 1:24 pm

    Heyyyy 🖤🖤🖤
    Story is awesome as alwaysss🖤🖤🖤
    But too sad 😭😭😭..
    Sry ingey maa dhigu cmnt eh nukurevethy.. I’m just too bxy..
    nd thnx for the cmnt on my story 🖤🖤🖤
    Love youuuu 🖤🖤🖤🖤🖤

Comments are closed.

Next Episodeވައުދޭ ވެވޭ މީ… 31←


All Right Reserved!