Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 30

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
November 29, 2022 8 Mins Read
18 Comments

ރަށުތެރެއަށް އަރައިގެން އައި މިލާންއާއި ޔައިނާއާއި، އަފާންއާއި، ޒާރާގެ އިތުރުން ލައުރާއަށްވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ވޭތުވެގެން ދިޔަ ފަސް އަހަރު ތެރޭ އެ ފަސް މީހުން އަދި ރަށަށް އެ އައީ ފުރަތަމަ ފަހަރަށެވެ. އެ ފަސް މީހުންވެސް ބަދަލުވެފައި ތިބި މިންވަރު ފެނި ގިނަ ބަޔަކު ދިޔައީ އާގަމަ ވަމުންނެވެ. އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓiފައިވަނީ މިލާންއަށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކުރިން ހިކިހިކި އިލޮށްޓެއްހެން ހުންނަ ކުއްޖާ މިހާރު އެ ހުރީ ހަށިގަނޑު ވަރުގަދަ ވެލައި، ފިރިހެންވަންތަކަން ހުސްކޮށްލައިގެންނެވެ. ކުރިޔަށްވުރެވެސް ފިރިހެންވަންތަވެފައިވާ އިރު ގިނަ އަންހެން ކުދީންތަކެއް ދިޔައީ އެ ޖާދޫގައި ޖެހެމުންނެވެ. މިލާންއެކޭ އެއްފަދައިން އަފާންއަށްވެސް އެތައް ބައެއްގެ ބެލުންތަކެއް އަމާޒުވަމުން ދިިޔައެވެ. ޒާރާއަށް ބަލަމުން ދިޔަ ފިރިހެން ކުދިން ފެނުމުން އަފާންއަށް އިތުރަށް ޒާރާ ގަޔާ ކައިރި ކޮށްލެވުނެވެ. މި މަންޒަރު ބަލަން ތިބި ބައެއް މީހުން އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި ސިއްރުން އެއްޗެހި ބުނެލާ ތަން ފެނެއެވެ. މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި އެންމެން އެކީ ހިނގާފައިި ދިޔަ އިރު އެކަކުވެސް އެއްޗެއް ބުނާކަށް ގަސްތެއް ނުކުރިއެވެ. އެންމެ ފަހުން އެ އެންމެން ވަކިވެލީ ދެކަފިވެފައިވާ މަގަކުންނެވެ. އަފާންއާއި ޒާރާ އެއްކޮޅަށް ހިނގައިގަތް އިރު ޔައިނާއާއި މިލާންގެ އިތުރުން ލައުރާގެ މިސްރާބު ހުރީ ދެވަނަ މަގަށެވެ.

“ލައޫ.. ވަދޭ އިނގޭ ގެޔަށް.. ފަހުން ގުޅާނަން..” ލައުރާގެ ގެޔާ އަރާ ހަމަވުމުން މިލާން ބުނެލީ، ލައުރާގެ އަތުގައި ހިފައިލަމުންނެވެ. މި މަންޒަރު ޔައިނާއަށް ކިތަންމެހާވެސް ރީތިކޮށް ފެނުނެވެ. “އޯކޭ..” ހިނިތުންވެލަމުން ލައުރާ ގެޔަށް ވަނީ ހަމަޖެހިފައިވީ ހިތަކައިގެންނެވެ. މިލާންގެ އެ ގާތް ކަމުން މިއަދު އެ ހިތަށް ކިތަންމެހާވެސް ބޮޑު އުފަލެއް ލިބިއްޖެއެވެ. އަމުދުން ޔައިނާގެ ކުރިމަތީގައި އެފަދަ ކަމެއް މިލާން ކުރުމުން ލައުރާއަށް ވަކިން ބޮޑު އުފާވެރިކަމެއް ލިބުނެވެ.

ހިނގަ ދާން..” ޔައިނާއާ ދިމާލަށް ބަލައިވެސް ނުލައި، މިލާން މިހެން ބުނެ ކުރިޔަށް ހިނގައިގަތް އިރުވެސް، ޔައިނާއަށް ހުރި ތަނުގައި ހުއްޓި ހުރެވުނީއެވެ. މިލާންއާއި ލައުރާގެ އެ ގާތް ކަމުން ކުރިން ނުކުރާ ފަދަ އަސަރެއް އެ ހިތަށް ކޮށްފިކަން ގައިމެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އެ ގާޓްކަމުން ޔައިނާޣެ ހިތަށް އުނދަގޫ ވަނީއެވެ. ތަދު ވަނީއެވެ. އެކަހަލަ ވިސްނުންތަކެއްގައި ހުރެ ޔައިނާޣެ ދެލޮލަށް ކަރުނަ ޖަމާ ވަމުން ދިޔައެވެ.

“ޔައިނާ.. އަޑު އިވޭތަ..؟ ހިނގާށޭ ދާން..” ޔައިނާ އަދިވެސް ހުރިތާ ހުއްޓި ހުރުމުން މިލާން ގޮވައިލިއެވެ. “މި.. މި ދަނީ..” ލިބުނު ކުއްލި ސިހުމާއިއެކު، ޔައިނާއަށް ބުނެވުނީ މަޑުމަޑުންނެވެ. އެއާއެކު މިލާންވެސް ކުރިޔަށް ހިނގައިގަތެވެ. ނަމަވެސް އެޅި ދެވަނަ ފިޔަވަޅާއެކު ހުއްޓެން ޖެހުނީ ޔައިނާ އޭނާގެ އަތުައި ހިފުމުންނެވެ. އެ ކުޑަކުޑަ ބީހިލުމުން އެކަނިވެސް އުނދަގޫވެފައި ހުރެ، މިލާން ފަހަތަށް އެނބުރި ބުމަ އަރުވައިލީ ކިހިނެއްވީ ހެއްޔޭ އަހާލާ ފަދައަކުންނެވެ.

“އަ.. އަހަރެން ބޭނުމީ ޒާގެ ގެޔަށް ދާން..” ނުކެރި ހުރެފައިވެސް، ޔައިނާ ހާމަކޮށްލީ އޭނާގެ ހިތުގެ އެދުމެވެ. “އެ ކީއްކުރަން.. މިއަދު ހަވީރުވެސް ދެވިދާނެ އެއްނު..” މިލާން ހީކުރީ ޔައިނާ އެހެން އެ ބުނީ ޒާރާ ކައިރި ހުންނަން ބޭނުން ވާތީ ކަމަށެވެ. “ނޫނޭ.. މާލެ ދާން ވަންދެން އަހަރެން އުޅެން ބޭނުމީ އެ ގޭގަ..” ޔައިނާ ބުނެލިއެވެ. އެވަގުތު މިލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “މާދަމާ އަހަރެމެންގެ ކައިވެނި ކުރެވޭނެ.. އަހަރެން ބޭނުންވަނީ އެހާ ތަނަށް ޔައިނާ އަހަރެމެންގެ ގޭގަ ހުންނަން.. ޔައިނާ ބޭނުން ނަމަ ކައިވެނި ކުރެވުނުހާ އަވަހަކަށް ހަމަ މާލެ ދާންވީ.. ދެން ނެތް އެންމެ ދުވަހެއް ވެސް.. އެހެންވީމަ ޒާރާމެން ގެޔަށް ދަނީ ކީއްކުރަން..؟” މިލާން އިއްވައިލިއެވެ. ޔައިނާ އިސް ޖެހި ގޮތަށް އެއްޗެކޭ ނުބުނެ ހުރީއެވެ. އޭނާޢަށް މިލާންއާ އެކީ އުޅެން އުނދަގޫ ވަނީއެވެ. އެ ހިތަށް ތަދު ވަނީއެވެ. މިލާންއަށް އެއީ އެންމެ ދުވަހަކަށް ވިޔަސް، ޔައިނާއަށް އެއީ އެއް ޤަރުނު ފަދައެވެ. ޒާރާމެން ގެޔަށް އޭނާ ދާން ބޭނުންވީވެސް އެހެންވެއެވެ. “ހިނގަ ދާން..” މިލާން ހިނގައިގަތުމުން ޔައިނާވެސް މިލާމްގެ ފަހަތުން ހިނގައިގަތީ އިތުރު ދެކޮޅު ހެދުމަކާ ނުލައެވެ.

މިލާން އައިސް ހަމަ ގެޔަށް ވަނުމާއެކީ މަނާލް އައިސް އޭނާގެ ގައިގައި އޮޅުލައިގަނެފިއެވެ. ހިނިގަނޑެއް ޖަހައިލަމުން މިލާންވެސް އޭނާގެ ލޯބިވާ ކޮއްކޮއަށް އެ ދެއަތުގެ ޙިމާޔަތް ދިނެވެ. ދެބެން އެ ބައްދަލުވީ ފަސް އަހަރުގެ ދިގު މުއްދަތަކަށް ފަހުއެވެ. ވީއިރު، އުފާ ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެބެންގެ ލޯބިވެތި ޙަރަކާތްތަކަށް ބަލަން ހުރި ޔައިނާގެ ތުންފަތުގައިވެސް ފަނޑު ހިނިތުންވުމެއް ކުޅެލިއެވެ.

“އަޅޭ ދޮންބެއަށް ނޭވާއެއްވެސް ލެވުނަ ނުދޭން ވެގެންތަ ނާލު ތި އުޅެނީ..؟” މަނާލް ބައްދައިގަނެގެން ހުރިލެއް ބާރުކަމުން މިލާން ބުނެލީ ސަމާސާ ރާގަކަށެވެ. އެއާއެކު، މަނާލް މިލާންގެ ގައިން ދޫކޮށްލިއެވެ. “ނާލުއަށް ކޯޗެއްތަ ގެނައީ ދޮންބޭ..؟” އަވަސްއަވަހަށް މަނާލް އެހެން އަހައިލި އިރު ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. އެ ދެލޮލުގައި ވިދަމުން ދިޔައީ އުފާޥެރިކަމެވެ. “ހޫމް.. އެހެންވެ ދޯ މާ އުފާވެގެން ތި އުޅެނީ.. ހަދިޔާ ލިބޭނެތީވެ ދޯ.. ދޮންބެ ފެނުނީމަކާ ނޫން ދޯ..” މިލާން ދެރަވާ ކަމަށް ހަދައިލަމުން އިސްޖަހައިލިއެވެ. “ޔޫ އާރ ސޯ ޑްރެމެޓިކް ދޮންބެގަނޑާ.. ދެން ހަދިޔާ ދޭންވީ އިނގޭ.. ނާލު ބުނީމެއްނު ބައިވަރު ޗޮކްލެޓް ގެންނާށޭ..” މަނާލް އަވަހަށް ގޮސް މިލާންގެ ފޮށި ނަގައިގެން ހުޅުވަން އުޅުނެވެ. “ސާބަހޭ ދައިތާ.. ނުގެންނަމޭ އެކައްޗެއްވެސް..” މިލާން ހަމަ އެހެން ބުނާ އިރަށް މަނާލް ތުންކޮޅު އޫކޮށްލާފައި ފުއްވައިލީ ކުޑަ ކުއްޖެއް ފަދައިންނެވެ. ހަމަ އެ ސިކުންތުގައި އެ މޫނުން އުފާވެރިކަން ފާޅުވާން ފެށީ މިލާންގެ ފޮށި ތެރެއިން އޭނާއަށްވީ ހަދިޔާ ފެނުމުންނެވެ. ބޮޑު ޑެއިރީ މިލްކް ޗޮކްލެޓް ފޮށްޓެއް އޮތް އިރު، ރަތް ކުލައިގެ ފޮށްޓެއްގެ ތެރޭގައި ކަރުގައި އަޅާ ފަށަކާއި، އަތުގައި އަޅާ ކެވެލިކޮޅަކާއި، ކަންފަތުލާ އެތިކޮޅެއްވެސް އޮތެވެ. އެ އެއްޗެހި ފެނުމުން މަނާލް އަނެއްކާވެސް ފުންމައިގަނެފައި ގޮސް މިލާންގެ ކަރުގައި އޮޅުލައިގަތެވެ. “ތެންކްޔޫ ތެންކެޔޫ ތެންކްޔޫ ދޮންބޭ.. ޔޫ އާރ ދަ ބެސްޓް!!” މަނާލް އުފާވެފައި ހުރި ވަރުން މިލާންގެ  ހިތަށްވެސް އުފާވެރިކަން ލިބުނެވެ. ލޯބިވާ ކޮއްކޮ އޭނާގެ ސަބަބުން އެހާ އުފާވެފައި ހުރިތަން ފެނުމުން އޭނާ ވަކިން އުފާވިއެވެ. މުޅި ދުނިޔޭގެ ކިބައިންވެސް އެ ކޮއްކޮ ރައްކާތެރިކޮށްދޭނެ ބޭބެއަކަށް ވުމަށް އެވަގުތު އޭނާ ހިތާ ހިތުން ވަޢުދު ވިއެވެ.

“ދޮންބެ ދައްތާ..” މިލާންގެ ފަހަތުގައި ހުރި ޔައިނާ މަނާލަށް ފެނުނީ އަދި ކިރިޔާއެވެ. މިލާންއާއި ޔައިނާގެ ދޭތެރޭގައި ވީ އެއްވެސް ކަމެއް ނޭނގޭ ޙާލު، މަނާލް ގޮސް ޔައިނާގެ ގައިގައިވެސް ބައްދައިލީ ނިކަން އުފަލުން ހުރެއެވެ. ޔައިނާވެސް މަނާލްގެ ގައިގައި ދެއަތް ވަށައިލީ އަމިއްލަ ކޮއްކޮއެއްގެ ގައިގައިވެސް ބައްދައިލާނެހާ ލޯބިންނެވެ.

“ކޮންގްރޭޖުލޭޝަންސް ދޮންބެ ދައްތާ.. ވަރަށް ވަރަށް އުފާ ވެއްޖެ ޔައި ދައްތަ ނާލުގެ ފަހަރިއަކަށް ވީމަ.. ޔޫ މޭޑް ދަ ރައިޓް ޗޮއިސް ދޮންބޭ.. މިހާ ލޯބިލޯބި ކުއްޖެއް ދެން ދޮންބެ އަކަށް ނުވެސް ލިބޭނެ.. ޔޫ ބޯތް އާރ ސޯ ލަކީ ޓު ހޭވް އީޗްއަދަރ..” މިލާންއާ ދިމާލަށް ބަލައިލަމުން މަނާލް ބުނެލިއެވެ.

ނާލުއެވެ. ދޮންބެވެސް އިރެއްގައި ތިހެން ހީކުރީމެވެ. ޔައިނާހާ ރަނގަޅު މީހަކު ނުލިބޭނެކަމަށް ހީކުރީމެވެ. ހިތް ފުރޭ ވަރަށް ޔައިނާއަށް ލޯބި ދިނީމެވެ. އަޅައިލީމެވެ. ނަމަވެސް، ބަދަލުގައި ދޮންބެއަށް ލިބުނީ ކޯޗެއްހެއް ހެއްޔެވެ؟ ކެއްސެވެ. މަކަރެވެ. ހީލަތެވެ. ޔައިނާވީ ބޭވަފާތެރިއަކަށެވެ. މިއަދު ޔައިނާއާ ގުޅެން ޖެހިފައި މި ވަނީވެސް މަޖުބޫރުންނެވެ. ދޮންބެއަށް މަޢާފު ކުރާށެވެ. މި ވާހަކަތައް ނާލުއަށް ކިޔައިދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް، ޔައިނާއާ ދޭތެރޭ އެއްވެސް މީހަކު ގޯސް ގޮތަކަށް ހީކުރާކަށް ދޮންބެ ބޭނުމެއް ނުވެއެވެ. އަދިވެސް ޔައިނާ ދެކެ އިންތިހާޔަށް ލޯބިވާތީއެވެ. އެ ލޯތްބަށް އެދެވޭތީއެވެ.

“އޯކޭ ދޮންބޭ.. ދަނީ ރެޑީވާން.. ރިޝްއާ އެކީ ބޭރަށް ދާން ޖެހޭ އެބަ..” މިލާންއަށް ޚީޔާލީ ކަނޑުން ބޭރު ވެވުނީ މަނާލް ވާހަކަ ދައްކަން ފެށި އަޑަށެވެ. މަނާލް ގޮސް ކޮޓަރިއަށް ހަމަ ވަތްތަނާ، މިލްނާ ބަދިގެއިން ބޯ ދިއްްކޮށްލި ތަން ފެނުނެވެ. މިލާން ފެނުމާއެކު، މިލްނާ އައީ ދުމެއް ޖަހައިލާ ބީދައިންނެވެ. އެހާވެސް ބާރަށެވެ. އައި ގޮތަށް އައިސް މިލާންގެ ގައިގައި އޮޅުލައިގަނެފައި، ނިތަށް ބޮސް ދިނެވެ. ފަސް އަހަރު ފަހުން މަންމަގެ އެ ލޯބިވެތި ފިރުމުންތައް ލިބެން ފެށުމުން މިލާންގެ ދެލޯ ފެންކަޅި ވިއެވެ. ކިތަންމެ ބޮޑު ވިޔަސް، މަންމަ ވާނީ މަންމައަށެވެ. މަންމަގެ ކުރިމަތީގައި އޭނާ އަބަދުވެސް ވާނީ ކުޑަ ކުއްޖަކަށެވެ.

“މަންމާ.. ފޮށިގަނޑުގަ ހުންނާނެ މަންމައަށް ވީ ހަދިޔާ އިނގޭ.. ނާލުއަށް ހަދިޔާ ލިބުނީމަ ދުމެއް ޖަހާހެން ގޮސް ވަދެފި ކޮޓަރިއަށް..” މިލާން ބުނެލީ ހެމުންނެވެ. އެއާއެކު މިލްނާވެސް ހިނިގަނޑެއް ޖަހައިލިއެވެ. ފަހަތުގައި ހުރި ޔައިނާ މިލްނާއަށް ފެނުނީ އަދި ކިރިޔާއެވެ. ވަގުތުން ގޮަސް ޔައިނާގެ ގައިގައިވެސް ބައްދާލާފައި، ކޮލުގައި ފިރުމައިލިއެވެ. ދަރިފުޅު ރަނގަޅުހޭ އަހައިލީ ނިކަން އޯގާތެރިކޮށެވެ. ހިތަށް ލިބުނު އުފާވެރިކަމާއެކު، ޔައިނާ އަވަސްއަވަހަށް ބޯ ޖަހައިލިއެވެ. އެވަގުތުވީ މާހިރުވެސް ސިޓިންރޫމަށް ނުކުތް ވަގުތަށެވެ.

“މިލްނާ.. ދޭބަލަ މިކުދިންނަށް ބޯލާނެ އެއްޗެއް ތައްޔާރު ކޮށްލަން..” މާހިރު އެހެން އެ ބުނީ މިލްނާ އެތަނުން ފޮނުވައިލާށެވެ. މިލާންއާ ދައްކަން ޖެހޭ ވާހަކައެއް އޮތީތީއެވެ. އެކަން މިލްނާއަށް އަންގަން ބޭނުން ނުވާތީއެވެ.

“ދަރިފުޅުމެން ދެކުދިން އާދެބަލަ މިތާ އިށީނދެލަން..” މިލްނާ ގޮސް ބަދިގެއަށް ވަނުމުން މާހިރު ސޯފާގައި އިށީނދެލާފައި، މިލާންއަށާއި، ޔައިނާއަށް ބުނެލިއެވެ. މަޑު ހިނގުމެއްގައި އައިސް ދެމީހުން އިށީނީ އެކަކު އަނެކަކާއި ދޭތެރޭގައި ފުދޭވަރެއްގެ ދުރުމިނެއް ބަހައްޓަމުންނެވެ. މިކަން މާހިރުއަށް ސިއްރު ނުވެ ނުދިޔައެވެ.

“ދަރިފުޅަށް އެނގޭނެ ކަންނޭނގެ ބައްޕަ ދައްކަން މި އުޅޭ ވާހަކަ..” މާހިރު އެހެން ބުނުމާއެކު، ދެމީހުން އެއްފަހަރާ އިސްޖަހައިލިއެވެ. އެ ވާހަކައަށް އެކެއްގެވެސް ޝައުގެއް ނެތީ ކަންނޭނގެއެވެ. “ކިތަންމެ ފޫހިވިޔަސް މި ވާހަކަ ދައްކަން ޖެހޭނެ.. ދަރިފުޅާ.. ކައިވެންޏަކީ ކުޅޭ ކުޅީވަރެއް ނޫން.. ދަރިފުޅުމެން ދެކުދިން އެހާ ގިނަ ދުވަހު އެކީ އުޅެފަ ކުއްލިއަކަށް ވަކިވުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮންނާނެކަން ބައްޕައަށް ޔަޤީން.. ދެން އަނެއްކާ ހަމަ ކުއްލިއަކަށް އައިސް އިންނަން ބޭނުންވާ ވާހަކަ ބުނީމަ ބައްޕައަށް ޝައްކު ވަނީ.. ދަރިފުޅާ.. ނިކަން ބުނެބަލަ.. ތި ދެކުދިންގެ މެދުގަ ޖެހުނީ ކޮން މައްސަލައެއްތަ..؟” މާހިރުގެ ސުވާލުން ޔައިނާއަށް ދެލޯ މަރައި، ބާރުކޮށްލެވުނެވެ. ދެއަތްދެއަތާ މޮޑެން ފެށީ، ކުއްލިއަކަށް ގަތް ބިރުންނެވެ. މިލާނަށްވެސް ވީ ހަމަ އެވަރެވެ. އެއްޗެއް ބުނަން ބޭނުން ނުވެފައި އިން އިރު، އޭނާގެ ހިތްވެސް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ޝިޔަލްގެ އަތުތެރޭގައި ޔައިނާ ވީ މަންޒަރު އަދިވެސް ލޮލަށް ސިފަވާ ކަހަލައެވެ.

“އެންމެ ރަނގަޅު ތި ދެކުދިން ބުނަން ބޭނުން ނުވަންޏާ ނުބުންޏަސް އެންމެ ރަނގަޅު..” އެ ދެމީހުން އެކައްޗެއްވެސް ނުބުނާނެކަން އެނގުމުން މާހިރު ގަސްތު ކުރީ ހަތިޔާރު ބަހައްޓާށެވެ. “އެކަމަކު އަދި އެއް ސުވާލު ކޮށްލަން ބޭނުން.. ދަރިފުޅުމެން ދެކުދިން ހަމަ މި ކައިވެނި ކުރަން ބޭނުންތަ..؟ ދަރިފުޅުމެން މި ކައިވެނި ތި ކުރަނީ ހަމަ އަމިއްލަޔަށް ބޭނުން ވެގެންތަ..؟ ކުރިންވެސް ބައްޕަ ބުނިހެން ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން.. އެއީ މުޅި ޙަޔާތް އެކުގައި ވޭތުކުރުމަށް ދެމީހުން ޖަހައިލާ މަތިވެރި ގޮށެއް.. އެހެންވީމާ މި ކައިވެނި ދަރިފުޅުމެން ކުރަން ވާނީ ވަރަށް ވިސްނާފަ..” މާހިރު ދެއްކި ވާހަކަޔާ ދޭތެރޭގައި މިލާން ފުންކޮށް ވިސްނައިލިއެވެ. އެ ބުނީވެސް ތެދެކެވެ. ކައިވެނި ކުރަނީ އުމުރު ދުވަހު އެކުގައި އުޅުމަށެވެ. ނަމަވެސް، ޔައިނާއާއި އެކީގައި މިލާނަށް ޙަޔާތެއް ވޭތުކުރެވިދާނެބާވައެވެ؟ އެކަމާ ސުވާލުއުފެދިފައި އިންދާ، ކުއްލިއަކަށް ލޮލަށް ސިފަވީ ޔާސިރުއެވެ. އިވުނީ އެ ވަޞިއްޔަތެވެ.

“ލައްބަ ބައްޕާ.. އަޅުގަނޑަށް އެނގޭ.. އަޅުގަނޑު ޔައިނާއާ މި ކައިވެނި ކުރަނީ ހަމަ ބޭނުންވާތީ.. އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވާތީ.. އަޅުގަނޑުމެންގެ މެދުގައި ޖެހުނު މައްސަލަ ހައްލު ކުރިން.. އެ މައްސަލައިގެ ސަބަބުން ކުރިޔަށް އޮތް ތާނގައިވެސް އެކުގައި އެކުގައި އުޅެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް.. އެއީ އެ މައްސަލަ ހައްލު ކުރަން އަޅުގަނޑުމެންނަށް އެނގުނީތީ.. އެހެންވީމަ ދިރިއުޅުމުގަ ދެން ޖެހޭ ކޮންމެ މައްސަލައެއްވެސް ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް..” މިލާން ޖަވާބު ދިނީ ވިސްނުންތެރިކަމާ އެކީއެވެ. އެއާއެކު، މާހިރުގެ ތުނަފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައީ ދަރިފުޅުގެ ހުރި ޙިކުމަތްތެރިކަމާ، ވިސްނުންތެރިކަން ފެނިފައެވެ. ހަމަ އެއާއެކު، ޔައިނާއަށް އިސްއުފުލައި ބަލައިލެވުނީ މިލާންގެ ޖަވާބު އެފަދަ ގޮތަކަށް އަތުވެދާނެ ކަމަށް ހީވެސް ކުރެވިފައި ނެތުމުންނެވެ.

“ބައްޕަ ވަރަށް އުފާވެއްޖެ.. ދަރިފުޅާ.. މާދަމާ ރޭ ކައިވެނީގެ ހަފްލާއާ ވަލީމާ ބާއްވަން ބައްޕަމެން ހަމަޖައްސައިފިން.. ކާޑުތައް ބެހުމުގެ މަސައްކަތް މާދަމާ ހެނދުނު ކުރާނަން.. ދެން އެ ހޯލް ރަނގަޅުތޯ ބަލައިލަން އަދި ދާންވާނެ އިނގޭ…” މާހިރުގެ ވާހަކައަށް މިލާން ބޯޖަހައިލިއެވެ. އެވަގުތު ބަދިގެއިން ބޯ ދިއްކޮށްލާފައި މިލްނާ ސައި ތައްޔާރުވެއްޖެ ކަމަށް ބުނުމުން ތިން މީހުން އެކީ ހިނގައިގަތީ ސަޔަށް އިންސާފު ކުރުމަށެވެ.

*** ** ***

އެނދުމަތީގައި އޮށޯވެގެން އޮތް ލައުރާ ދިޔައީ، ގިސްލަމުންނެވެ. މީހަކު ހިތް ފަޅައިގެންދާހާ ވޭނީ އަޑަކުން ރޮމުން ދިޔަ އިރު، މުޅި ކޮޓަރިތެރެއަށް ހުރީ އޭތިމީތި އުކާފައެވެ. ބެޑްޝީޓު ދެއަތަށްލައި، މުއްކަވާލައިގެން އޮތް އިރު، އެ ހޫނު ކަރުނަތަކުން ބާލީސް ތެމެމުން ދިޔައެވެ. ޚިޔާލުގައި ވަނީ ހަމަ އެންމެ ކަމެކެވެ. މާދަމާ ކުރެވެން އުޅޭ ކައިވެންޏެވެ. ޔައިނާގެ ޙައްޤަކަށް މިލާން ވާން އުޅޭ ކަމެވެ. އެ ނަސީބުން އޭނާ މަޙުރޫމްވެފައިވާ ކަމެވެ. ޢުމުރުން އެންމެ ތޭރަ އަހަރުން ފެށިގެން ލޯބިވީ ހަމައެކަނި އިންސާނާ އެހެން މީހެއް ޙައްޤަކަށް ވާތަން ބަލަން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ ދެރަވަނީ ހަމައެކަނި އެ ދެމީހުން ކައިވެނި ކުރާތީކީ ނޫނެވެ. ޔައިނާ އެ ކުރި ނުބައި ޢަމަލަށްފަހުވެސް، މިލާންގެ ޙަޔާތުން ޔައިނާއަށް ޖާގައެއް ލިބޭތީއެވެ. އެ ނަސީބު އޭނާއަށް ނުލިބި، އެހެން މީހަކަށް ލިބުނު ނަމަވެސް ހެވެވެ. މައްސަލައަކީ، އެ ކުއްޖަކީ ޔައިނާއަށް ވީތީއެވެ. ތަޤުދީރު މި ކުޅެނީ ކޮން ކަހަލަ ކުޅިވަރެއް ހެއްޔެވެ؟

*** ** ***

އައު ދުވަހަކަށް އިރު އެރީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަތައް ޖައްސަމުންނެވެ. ބައެއް މީހުންގެ ދިރިއުޅުމުގެ ޞަފްޙާތައް ކަޅުކުލައިން ފެވިގެން ދިޔަ އިރު، އަނެއްބައި މީހުންގެ ދިރިއުޅުން ދިޔައީ އެކި ކުލަތަކުން އުޖާލާ ވަމުންނެވެ. ނަމަވެސް، އޮތް ގޮތަކީ އެމީހަކަށް މިންވަރު ކުރެއްވި ގޮތަކައިގެން ކުރިޔަށް ދިޔުމެވެ. ދިރިއުޅުން އާރާސްތު ކުރަން މަސައްކަތް ކުރުމެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އިލާހީ ޤާނޫނެވެ. ތަޤުދީރުގެ ޙަޤީގަތެވެ.

ދިރިއުޅުމަށް ބަހާރު މޫސުން އައި މީހުންގެ ތެރޭގައި ޒާރާއާއި އަފާން ހިމެނުނެވެ. ދުވަސް ފެށުނީއްސުރެ، ދެމީހުން ހީވަނީ ގަޔަށް ހިނި އަރައިގެން އުޅޭ ހެންނެވެ. ހުންނަ އެއްތާކު އެކަކުވެސް މަޑެއް ނުވެއެވެ. އެކަކުއަނެކަކު ކުރިމައްޗަށް އަރަން ލަދުން އުޅޭހެންވެސް ބައެއް ފަހަރު ހީވެއެވެ. ކެތްތެރިކަމެއް ނެތި، ދެމީހުންނަށްވެސް އިންތިޒާރު ކުރެވެމުން ދިޔައީ ރެޔަށެވެ. އެކަކު އަނެކަކުގެ ދާއިމީ ޙައްޤަކަށް ވާނޭ އިރަކަށެވެ.

ދިރިއުޅުމަށް އަނދިރިކަން ވެރިވި މީހުންގެ ތެރޭގައި ލައުރާ ހިމެނުނެވެ. އެހެން މީހުންގެ ކުރިމަތީގައި ކިތަންމެ ހަމަޖެހިލައިގެން، އުފާވެފައި ހުއްޓަސް، އެ ހިތުގައި އަޅަމުން ދާ ވޭން ދެނެވޮޑިގެން ވަނީ ހަމަ އެންމެ ފަރާތެކެވެ.

މިލާންއާއި ޔައިނާ ވެގެން ދިޔައީ މި ދެ އިޙުސާސްވެސް ކުރަމުން ދިޔަ މީހުންނަށެވެ. އުފަލާއި، ހިތާމަ މައްސުނިވެގެން ދިޔައީ މިވަގުތު ދިރިއުޅުން އޮތް ނާޒުކު ފައްތަރުންނެވެ. ދުނިޔެމަތީގައި އެންމެ ލޯބިވާ މީހާ މުޅި ޢުމުރަށް ދާއިމީ ޙައްޤަކަށް ވެގެން ދާތީ، އުފާވެއެވެ. ނަމަވެސް، އެ އުފަލުގެ މައްޗަށް ކުރި ހޯދަނީ ކުރެވެން އުޅޭ ކައިވެނިން އެއްވެސް އުފަލެއް ލިބެން ނެތްކަން ހަނދާން ވުމުންނެވެ.

*** ** ***

ގަޑިން ރޭގަނޑު ހަތެއް ޖެހީއެވެ. ޒާރާއާއި ޔައިނާ ތިބީ ޒާރާގެ ކޮޓަރީގައެވެ. ޔައިނާއާއި ޒާރާ ލޯގަނޑު ކުރިމަތީގައި ތިބި އިރު، އެދެމީހުން ތައްޔާރު ކުރަން އައިސް އުޅޭ، ދެތިން މީހުން އުޅެއެވެ. އެއީ ޒާރާމެންގެ ސްކޫލް ޒަމާނުގެ ވަރަށް ގާތް އެކުވެރިންނެވެ. ޒާރާއާއި ޔައިނާ އެދުމުން އެމީހުން އައިސްދިނީއެވެ. ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް ދެމީހުންގެ މޫނުމަތިން ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ނުތަނަވަސް ކަމެވެ. ނަމަވެސް، މޫނުމަތިން ވީހާވެސް ބޮޑަށް ހަމަޖެހޭ ގޮތް ދައްކަން ދެމީހުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

“ޒާ.. ހަމަ އެހާ ބިރުންތަ ތި އިނީ..؟” ޒާރާ ދެއަތްދެއަތާ މޮޑޭ ތަން ފެނުމުން ޝުހާ އަހައިލިއެވެ. “އެ.. އާނ.. ނޫން.. ނުގަނޭ ބިރެއް..” ޒާރާ ހީވީ ބިރެއް ފެނިގެން ތެޅީގަތް ހެންނެވެ. ޒާރާއަށް ވީ ގޮތުން ޔައިނާ ކައިރިއަށްވެސް ހިނި އައެވެ. “އަސްލު އަހަރުމެން ހަމަ ސްކޫލުގަ އުޅުނު އިރު ކީ ގޮތަށް ދޯ މިވީ..؟ ޒާ އެންޑް އަފާން.. ޔައި އެންޑް މިލާން.. ކިހާ ލޯބި..” ޔައިނާގެ އިސްތަށިގަނޑު ހުޅިއެއް ޖަހައިލަމުން ރިޔާ ބުނެލިއެވެ. އެއާއެކު، ދެމީހުންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވީ، އެ އުފާވެރި އަދި މަޖާ ދުވަސްތަކުގެ މަތިން ހަނދާން ވުމުންނެވެ. ކިހައި އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ އެއްވެސް ޚިޔާލެއް، ފިކުރެއް ނެތި ދިރިއުޅެމުން ދިޔަ ޒަމާނެކެވެ. ނަމަވެސް، މިއީ އެ ދުވަހެއް ނޫނެވެ. މިއަދު ބޮލުގައި އަޅަން ޖެހޭ ބައިވަރު ޒިންމާތަކެއް އެބަ ހުއްޓެވެ. އަދާކުރަން ޖެހޭ ބައިވަރު މަސްއޫލިއްޔަތު ތަކެއް އެބަ ހުއްޓެވެ.

“މަށަށް އޭރުވެސް އިނގޭ މި އަފޭއާ ޒާރާއާ ގުޅޭނެކަން.. އާނ އެހެންޏަ.. އެވަރަށް ދެމީހުން ޒުވާބު ކުރޭ ވިއްޔަ.. ހަމަ ތިބޭނީ އެކަކު އަނެކަކު ނުފެނިފަ..” މައިރާ އެހެން ބުނުމާއެކު ޒާރާގެ ހިނިތުންވުން ފުޅާވެގެން ދިޔައީ އެދުވަސްތަކުގެ މަތިން ހަނދާން ވުމުންނެވެ. “އޭ.. މަ ބުނީ… އަފޭ އެއީ އޭރު ވަރަށް މަޖާ މީހެއްނު.. މިހާރު ދެން ރައްޓެހި ވީމަ.. އެހެމް.. އޭނަ ވަރަށް ރޮމްތަ..؟” ޝުހާ އެހެން ބުނީ ޒާރާ ލަދުގަންނާނެކަން އެނގި ހުރެއެވެ. ކަން ވީވެސް އެހެންނެވެ. ޒާރާގެ މޫނު ފިނިފެންމަލެއްހެން ރަތްވެގެން ދިޔަ އިރު، އެހެން މީހުންގެ ހުނުމުގެ އަޑުން އެތަން ގުގުމައިލިއެވެ. “ހަހަހަ ބަލަ އެއޮށް ބްލަޝްވާ ވަރެއް… ޒާ ނުބުންޏަސް މިހާރު ދެން ޖަވާބު ލިބިއްޖެ..” ރިޔާވެސް އެ ލާނެތް ޢަމަލުގައި ބައިވެރި ވެލިއެވެ. “ތެދެއް.. މިލާންއަކީ އަބަދުވެސް ވަރަށް ފްލާރޓީކޮށް އުޅޭ މީހެއްކަން އިނގޭ.. އެކަމް އަފާންގެ އަދި ނުފެނޭ އެ ސިފައެއް..” މައިރާވެސް އެމީހުންނާ އެއްބައިވެލިއެވެ. އެފަދަ މަޖާ ވާހަކަތަކުގައި ތިބެވެސް، އެމީހުން ދިޔައީ މަސައްކަތުގައި ވަރަށް ފަރުވާތެރި ވަމުންނެވެ.

“އޯކޭ ނިމިއްޖެ..” ތިން މީހުން އެކީ އެހެން ބުނުމުން ޒާރާއާއި ޔައިނާވެސް ލޯގަނޑުން އެމީހުންގެ އަމިއްލަ ސޫރަޔަށް ބަލައިލިއެވެ. ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލަހައްޓައިގެން އިން ޒާރާ ޔައިނާއާ ދިމާލަށް ބަލައިލީ އެކުވެރިޔާއަށް ތަޢުރީފު ކޮށްލުމަށެވެ. އެވަގުތު، ޒާރާގެ އަނގަ ހުޅުވިގެން ދިޔައީ ލިބުު ސިހުމަކުންނެވެ. އަނގަމަތީގައި އަތް އަޅައިލެވުނު އިރު، ދެލޯ ހުރީ ބޮޑުވެފައެވެ.

ޒާރާއަށް ވީ ގޮތުން ޔައިނާ ކައިރިޔަށް ހިނި އައެވެ. “ޔައީ..؟ ކޮން އިރަކު…؟ ކީއްވެ..؟ ކިހިނެއް..؟” ޒާރާއަށް އަހައިލެވުނީ އެހެންނެވެ. “ކިހިނެއްވީ..؟ ހަޑީތަ..؟” ޔައިނާ އަހައިލިއެވެ. “ނޫނޭ.. އެކަމު.. ނުވެސް ބުނެ ކުއްލިއަކަށް ބުރުގާ އެޅީމަ.. ކިހިނެއް މައިންޑަށް އައި އެއްޗެއް..؟” ޒާރާ އަހައިލިއެވެ. “ޒާ ހަނދާނެއް ނެތްތަ..؟ މިލާންއަށް ރީތީ ބުރުގާ އަޅާފަ ތިބޭ ކުދިންނެއްނު.. އެހެން ނޫނަސް، ދީނުގަ އަންގަވާފަ އޮންނީވެސް މިގޮތެއްނު.. އަސްލު މިހާރު މާ ލަސްވެސް ވެއްޖެ.. ބަޓް އައި ވޯންޓެޑް ޓު ޑޫ އިޓް.. އައި ފައުންޑް ބޯތް ޕްރޮޓެކްޝަން އެންޑް ފްރީޑަމް އިން ދިސް ހިޖާބް..” ޔައިނާ ބުނެލީ ހިނިތުންވެ އިނދެއެވެ. “މާޝާﷲ.. މިހާރު އަދި މާ ރީތި ޔައި.. އަބަދުވެސް ދެން ތިހެން ހުންނާތި..” ޔައިނާގެ ގައިގައި ބައްދައިލަމުން ޒާރާ ބުނެލީ އެކުވެރިޔާއާ ދޭތެރޭ ފަޚުރުވެރިވެ ހުރެއެވެ. ޔައިނާވެސް ޒާރާގެ ގައިގައި ބައްދައިލީ ޒާރާއަށްވެސް ތަޢުރީފު ކުރަމުންނެވެ.

*** ** ***

ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރަޔަށް ބަލަހައްޓައިގެން ހުރި މިލާން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޚިޔާލީ ކަނޑުން ބޭރުވާން އޭނާއަށް އެގުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލުމުންނެވެ. ވަގުތުން ފުން ނޭވާއެއް ދޫކޮށްލައި، މީހާ ހަމަޖެހިލިއެވެ. އަދި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި އަފާން ފެނުމުން ކޮނޑުގައި ޖަހައިލާފައި، އެކުވެރިޔާއަށް ތަޢުރީފު ކޮށްލިއެވެ. އަފާންވެސް ހަމަ އެފަދައިން މިލާންއަށް ތަޢުރީފު ކޮށްލާފައި ދާން ވެއްޖެ ކަމަށް ބުންޏެވެ. އެއާއެކު، ދެން ފެނުނީ ދެމީހުން އެކީގައި ގެއިން ނުކުތް ތަނެވެ. ވެއަތުވަމުންދާ ކޮންމެ ދުވަހަކާ އެކީ މިލާންއާއި އަފާންގެ އެކުވެރިކަން ބަދަހިވުން ވެގެން ދިޔައީ ދެމީހުންނަށްވެސް ހަމަޖެހުން ގެނުވި ކަމަކަށެވެ. ކައިވެނީގެ ރަސްމިއްޔާތަށް ދިޔުމަށް ދެމީހުން ހިނގައިގަތީ ހިތް އަވަސްވެފައި، އެހެނަސް، އުފާވެފައި ހުރެއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އިޝާރާތް 1

Next

ކަލާގެ ހިނިތުންވުން އިޢުލާން

Next
November 29, 2022

ކަލާގެ ހިނިތުންވުން އިޢުލާން

Previews
November 29, 2022

އިޝާރާތް 1

18 Comments!

  1. aal says:
    November 29, 2022 at 6:52 pm

    keevve tha ehaa lasvany vhk up vaaley……………alhe milaan ah kon irakun tha aslu hsageegai ingeynee…..vrh reethi mi vhk… adhi yaina ah milaaan ge hih saafu vaane dhww… alhe yaina ah dhera gotheh nahadhahchey nayaa plssss…. vrh avah next part up kohdhechey plsssssss…

    1. Nayaa Nayaa says:
      November 30, 2022 at 12:06 pm

      Aslu test dhuvas kolhu vyma kuda koh burn koh mi ulheny.. Kiyuntheringe kibain vrh bodah maafah edhen.. Ekamaku I’m doing my best hama..mi prt vs Sunday ga submit kohlaifin… Ekm up vefa eyny adhi kiriyaa dhw.. Thanks aal.. Insha Allah Yaina ah vs milaan ah vs Rangalhah kanthah dhimaa vaane kamah balamaa dhw.. Thanks again

  2. Ahu says:
    November 30, 2022 at 6:19 am

    Mi part ves v Reethi 😍 when next part ❤️

  3. younge says:
    November 30, 2022 at 6:24 am

    i love this story so love yo very mach 💗😘💕💘💓💞♥️😍

    1. Nayaa Nayaa says:
      November 30, 2022 at 12:08 pm

      Thankiu so much youngue.. Love ya more <3

  4. Girll says:
    November 30, 2022 at 9:32 am

    this story is da best ❤️
    Varah curious vefa mihury dhn vaane gothakaamedhu
    I hope that you will up the story fast.
    Lym and tc
    Study well

    1. Nayaa Nayaa says:
      November 30, 2022 at 12:11 pm

      Tyssssm girls.. I’ll try my best to upload the next part asap.. Lyt.. Yes I will study well Insha Allah

  5. Eekko says:
    December 1, 2022 at 11:13 am

    Owwwwwnnnnn…. Vrh reethi mi story❤️…. Dhn hama mi inthizaaru kureveny Dhn Anna part ah…. Naayooooo Dhn konirakun next part ❤️

    1. Nayaa Nayaa says:
      December 9, 2022 at 3:52 pm

      Tyssssm eekko.. Vrh ufaa vejje.. Next part mhr vs hama liyany mi.. Maa Las thakeh nuve kiyaalan libidhaane

  6. Ammu says:
    December 2, 2022 at 1:01 am

    Wowwwwwwwwwww
    I just loved it
    Keep doing your best work
    Ly
    Tc

    1. Nayaa Nayaa says:
      December 10, 2022 at 6:31 pm

      awwwwhhh thankiu ammu dearrr..
      lyt
      tc <3

  7. lau.laala786@gmail.com randhooni says:
    December 2, 2022 at 3:32 pm

    just broke my heart sissy….
    dhonaa… mi vhk kihinehtha mivanee… kiyaa iru vx neyge eyyyy…. sadness sadness sadness is all i see…
    hoan thieh nooney…. WHEN WIILLLLL MILAAN KNOW THE TRUTHHHHH???????? LITRALLYY….. I CANT JUST SEE THREE PPL HEART BREAKING INTO PEICES… OKAYY??? DO YOU UNDERSTAND ME… LMAO why was i talking in caps.. hahahahah eyy i gtg foiy kiyan in meehaa mee im bored hihihihihi

    1. Nayaa Nayaa says:
      December 4, 2022 at 9:56 am

      Anha.. Ekkala dhonbe ge randhooni tha mi ulheny? Haadha loabi veyey dhw dhonbe dheke.. Hehe
      Dhonaage dhoonyyaa adhi rangalhu gotheh vaane Iraadha kurevviyyaa.. Sadness adhi happiness ah badhalu vaane Insha Allah.. Ahaha
      Yes avahah dhey.. Bas ahaigen kiyavahchey dhoonyyaa

  8. ReeshA CoronA ReeshA CoronA says:
    December 4, 2022 at 4:33 pm

    Eyyy kobaa ma kuri comment????
    Nayattte fenun tha e comnt?

  9. ReeshA CoronA ReeshA CoronA says:
    December 5, 2022 at 4:28 pm

    Alhe kobaa tha alhugandu kuri comment??? Pending ga tha adhi vxx?

    1. Nayaa Nayaa says:
      December 9, 2022 at 3:57 pm

      Anha manje dhuniyeyga levviyyaa levvihaa hadi ehcheh kiyaafa cmnt kuryma publish kohdheynetha😑😑.. Dhen ves nukiyaathi ehn.. Yageeney eves maana neyngigen kee ehchehi kan..😂.. U too innocent hunnanings bro.. Dw I saw that cmnt.. Thanks ig?

  10. shaa says:
    December 10, 2022 at 10:58 am

    Wow u so talented maasha allah . Alhugadu vhk liyaa iru enme undhagoo vanee paragraph change kuran bt u are good at that too . Keep it up insha’Allah u will be successful writer soon.alhe i am soo curious to read next part.🥺when is next part??

    1. Nayaa Nayaa says:
      December 10, 2022 at 6:35 pm

      tysssssm shaa dear..
      hehe ingeytha eii assu kuryga alhugandah vs enme undhagoo eh kanthah..but baivaru foiy kiyaigennaa teachers gaathu ahaigen vrh gina dhuvahu masakkaiy kohgen e massala halluvy vs..kuryga scl ga vhk mazumoonu ehchehi liyaa iru teachers vs ekan faahaga kuravvaane..but mihaaru alhamdhulillah e massala hallu vejje..if i can do it, then so can u.. yess insha allah will be a successful writer one day..next part mihaaru vs hama liyany mi..heevany mirey submit kohlevey varu vaanehen.. keep waiting dear <3

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 31←


All Right Reserved!