Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯތްބައް އެދެމޭ 9

✨ IFAA ✨
✨ IFAA ✨ Level 110 Stories
August 26, 2022 5 Mins Read
0 Comments

 

* ގެއަށް އައިސް ވަތް މާކިން އާއި ޒާރާ ވެސް ދިޔައީ ހަމަ ޔޫހީ އެކޭ އެއްފަދައަށް ސިއްސައިގެން އެވެ. އެންމެން އަވަސް އަވަހަށް ބަދިގެއާއި ދިމާލަށް ދިޔައެވެ. ބަދިގެއަށް ގޮސް ވަތް މާކިން އަށް ފުރަތަމަ ވެސް ލޮލިގައި އަޅައިގަތީ ލޭގެ ނިޝާނެކެވެ.*

 

“އާރ ޔޫ އޯކޭ؟” ލޯމަރާ ފިއްތައިގެން ހުރި މަލިކާ އަށް އިވެމުން ދިޔައީ އަޔާޝް ގެ މަޑު މައިތިރި ހަމަ ހިމޭން އަޑެވެ. މަޑުމަޑުން ލޯހުޅުވަމުން އަޔާޝް އާއި ދިމާލަށް ބަލައިލިއެވެ. “ޔާޝް ޔޫ އާރ ބްލީޑިން” ޙަލަފް މިހެން ބުނުމުން މަލިކާ އަޔާޝް ގެ ވާ އަތުގެ މަސްގަނޑާއި ދިމާލަށް ބަލައިލިއެވެ. “ޔާޝް!! ޔޫ އާރ ބްލީށޑިން ހިންގާ އަވަހަށް ބެންޑޭޖް އަޅަން ދާން” މަލިކާ މިހެން ބުނުމަށްފަހު އަޔާޝް ގެ އަތުގައި ހިފާ ދަމަމުން ދިޔައީ މަލިކާ ކޮޓަރީއަށް ށެވެ. އަޔާޝް އެކޮޓަރީގެ އެނދުމަތީގައި އިށީންދެލި އެވެ. މަލިކާ ކަބަޑު ތެރޭގައި ހުރި ފަސްޓް އެއިޑް ފޮށި ނެގުމަށްފަހު އަޔާޝް ކައިރިރީގައި އިށީންދެލިއެވެ. އަދި އަޔާޝް ގެ އަތުގައި ބޭސް އުނގުޅަން ފެށި އެވެ. “ޔާޝް ކީއްވެތަ އެހާ ރިސްކު ބޮށު ކަންތައް ކުރަނީ؟” މަލިކާ މިހެން ބުނީ އިރު އޭނާގެ ލޯވަނި އެއްކޮށް ފެން ކަޅި ވެފައެވެ. “މަލް؟!  މަލް އަށް ކަމެއް ވެއްގިޔާ އަހަރެން ވަރަށް ދެރަވާނެ އައި ޑޯންޓް ވޯންޓު ލޫސް ޔޫ އަގެއިން” އަޔާޝް މިހެން ބުނުމުން މަލިކާ އަޔާޝް ގައިގައި ބައްދާލިއެވެ.

 

—5 އަހަރު ފަސް—

 

އަޔާޝް އާއި މަލިކާ މިހާރު ދިރި އުޅެމުން ދަނީ މާލޭގައެވެ. “އެލީ، މައި ނުދުވެބަލަ” މަލިކާ އޭނާގެ 5 އާލިޔާ އާއި 4 އަހަރުގެ މައިލާ ގާތު މިހެން ބުނަމުން ދިޔައެވެ. “ޑެޑީގެ ޕްރިންސެސް އެންޑް ޑެޑީގެ ޕޮޕް ސްޓާ ހިންގާ އަވަހަށް ތައްޔާރުވާން ދާން އެހެން ނޫނީ ފްލައިޓު ޑިލޭ ވެދާނެ” އަޔާޝް މައިލާ އާއި އާލިޔާ އުރައިގެން ގޮސް މަލިކާ އަތައް ދެމުން ބުނެލިއެވެ. މަލިކާ މައިލާ އަށް ޕިންކު ކުލައިގެ ވަށްތިރި ހެދުމެއް ލެއްވުމަށް ފަހު އާލިޔާ އަށް ޖިންސް ސޯޓު ކޮޅަކާއި ހުދުކުލައިގެ ޓީޝާޓު މެދުގައި ހިތެއް ކުރަހާފައި އެ ހިތު މެދުގައި ލަވް  މިހެން ޖަހާފައި ހުރި ޓީޝާޓެއް ލެއްވި އެވެ. އެއަށް ފަހު މަލިކާ ހަޔުގެ ފަލަ މަސް ގަނޑާއި ހަމަ އަށް ދާ ވަރުގެ ހުދު ހެނދުމަކާއި ކަޅު ކުލައިގެ ސްކިނީ އެއް ލުމަށްފަހު މެރޫން ކުލައިގެ ޝޯލް އެއް އެޅިއެވެ. އަދި ހިތް ފުރޭ ވަރަށް މޭކަޕް ކޮށްލައިގެން ނިކުމެލިއެވެ. އަޔާޝް ކަނާއަތުގައި އާލިޔާ ހިފައިގެން ހުއްޓެވެ. އަޔާޝް ގެ ވާ އަތުގައި މަލިކާ ހިފައިގެން ހުއްޓެވެ. އަދި މަލިކާ ގެ ވާ އަތުގައި މައިލާ ހިފައިގެން އެއާރ ޕޯޓަށް ސާން ހިންގައިގަތެވެ.

 

————-

 

“މަންމީ ކޮން އިރަކުތާ ތުއްތައްތަ އާ ދޮންދައްތަ އާ ދޮންތަބެ އަންނަނީ؟” ޔޫހީގެ އަންހެން ދަރިފުޅު ހަނާ އަހައިލިއެވެ. “ތި ކުދިން ބަސް އަހާ ގެން ތިއްތި ވީމަ ދޮންދައްތަ އަންނާނެ” ޔޫހީ އުޅަނދަނޑުގައި އަތް ވިއްދަލާފައި ބުނެލިއެވެ. “ސަބަސް ޔާޔާ އަށް ހާދަ ހޭންޑް ފުލް ކޮށް ތި އުޅެނީ” ޚަލަފް ސޯފާގައި ހުރެ ޔޫހީ އަށް މަލާމާތް ކުރަމުން ދިޔައެވެ. “ޚަލަފް ވެސް މަށަށް މަލާމާތް ކުރަނީތަ؟! މަލާމާތް ނުލޮށް ޔާޒަން ކޮބާ ތޯ ބަލަން ދޭބަލަ” ޔޫހީ މިހެން ބުނުމުން ޚަލަފް އާންއެކޭ ބުނެފައި ބަދިގެ ބަލައިލިއެވެ. “ޔާޒް ހިންގާ ތިއްތި ވާން ދާން… ދޮންދައްތަ އާ ދޮންތަބެ އެބަ އާދޭ އަވަސް ހިންގާ” ޚަލަފް މިހެން ބުނުމުން ޔާޒަން “ޔޭ އަވަހަށް ހިންގާ” މިހެން ބުނެފައި ޚަލަފް ގެ އަތުގައި ހިފާފައި ބަދިގެއިން ނިކުމެގެން ޔޫހީ ކައިރިއަށް ދިޔައެވެ.

 

ހަނާ ރީތި ކޮށް ނިންމާފައި ޔާޒަން ރީތި ކުރަމުން ދަނިކޮށް ޔޫހީގެ ފޯނަށް މީހަކު ގުޅުމުން ކުރަން ކުޅޭ ކަންތައްތައް ހުއްޓާލާފައި ފޯނު ނެގިއެވެ. “ހެލޯ؟” ޔޫހީ ކަންފަތުގައި ފޯނު ޖެހުމަށްގަހު ބުނެލިއެވެ. “ޔާޔާ ކަލޯގެ ފިރިމީހާ ކައިރީގަ ބުނޭ އަހަރުނއ ރިސީވް ކުރަން އަންނާށޭ” އެކޮޅުން ވާހަކަ ދެއްކީ މަލިކާ އެވެ. ޔޫހީ އަވަސް އަވަހަށް ޔާޒަން ރީތިކޮށްލައިގެން ޚަލަފް އަތައް ދީފައި ހަނާ ގޮވައިގެން ޒާރާ އާއި މާކިން އުޅޭ ގެއަށް ދިޔައެވެ. ޚަލަފް އޭނާގެ ކާރު ނަގައިގެން ރަށުގެ ޖެޓީ އާއި ދިމާލަށް ދިޔައެވެ. “ޔާޒް އާދޭ ދޮންދައްތަ ބަލާ ދާން” ޔާޒަން އުފަލުން ކާރަށް އެރިއެވެ. “ދަރިފުޅާ ސީޓް ބެލްޓް އަޅުވާ” ޚަލަފް މިހެން ބުނުމުން ޔާޒަން ސީޓްބެލްޓު އެޅުވިއެވެ.

 

އަޔާޝް އާއި މަލިކާ އަދި އެދެމީހުންގެ ދެ ދަރިން ގޮސް ރަށުގެ ޖެޓީ މައްޗައް އެރީ އިރަށް ޚަލަފް އައިސް އެމީހުން ގެ ކުރިމަތީގައި ހުއްޓުނެވެ. “ޔޯ ޔާޝް … ޔާޝް ގެ އަންހެނުން އެންޑް ދަރިން އަވަހަށް އަރާ ކާރަށް އެހެން ނޫނީ ޔާޔާ މަ ދިރިހުއްޓަ ވަޅު ލާފާނެ” ޚަލަފް މިހެން ބުނުމުން އަޔާޝް ޑިކީ އަށް އެމީހުން ގެ ލަގޭޖް ތައް އަރުވާފަ އާލިޔާ ގޮވައިގެން ފަހަތުސީޓައް އެރިއެވެ. މަލިކާ މައިލާ ގޮވައިގެން އެރިއެވެ. ދެން ޚަލަފް ކާރު ސްޓާޓް ކުރި ގޮތައް ގޮސް މަޑުކޮށްލީ މާކިން އާއި ޒާރާ އުޅޭގޭގެ ޕާކިން އޭރިއާގައެވެ. “ދޮންބޭ!!” މަލިކާ މާކިން ފެނުމާއި އެކު މާކިން ގައިގައި ބައްދާލިއެވެ. “މަލް ވެލްކަމް ހޯމް” މާކިން މަލިކާ އަށް މަރްހަބާ ކިއެވެ. “މަލޫ ކަޒް އައި މިސްޑް ޔޫ” ޔޫހީ މިހެން ބުނެފައި މަލިކާ ގެ ކޮލުގައި ހިދިއެވެ. “ބުރުގާ އެޅީމަ މަލް ވަރަށް ކުއުޓް” ޔޫހީ މިހެން ބުނުމުން މަލިކާ ހިނިޔުން ވެލިއެވެ. “ސޭމް ޓު ޔޫ” މަލިކާ މިހެން ބުނުމަށްފަހު މައިލާ އާއި ދިމާލަށް ބަލައިލިއެވެ. މައިލާ ހުރީ މަލިކާ ގެ ފަހަތުގައެވެ. އާލިޔާ ހުރީ އަޔަޝް ގެ ފަހަތައް ވަދެ ފިލަ އެވެ. “ހާއި އަހަންނައް ކިޔަނީ މާހިލް” އާލިޔާ އަށް ވުރެ އަހަރެއް ބޮޑު ފިރިހެން ކުއްޖަކު އައިސް ބުނެލިއެވެ.

 

މާހިލް އަކީ މާކިން އާއި ޒާރާގެ އެންމެ ބޮޑު ކުއްޖާއެވެ. މާހިލް އުމުރުން 6 އަހަރެވެ. މާހިލް އަކީ އެންޖޯއި ކޮށް ކިޔެވުމަށް މޮޅު ކުއްޖެކެވެ. އާހިލް އާއި އެއްބަނޑު އެއްބަފާ ކުއްޖެއް ވެސް ހުރެ އެވެ. އޭނާ އަށް ކިޔަނީ ޒައިކާން އެވެ. ޒައިކާން އަކީ އާމު ކޮށް މީހުން ގިނަ ތަންތާން ގައި އުޅޭ ކުއްޖެއް ނުނެވެ. އޭނާ އާންމުކޮށް އުޅެމީ ކޮޓަރީގައެވެ. ޒައިކާން ގެ އުމުރުން 4 އަހަރެވެ.

 

“ހާއި މައި ލަދު ގަންނާކަށް ނުވާނެއެއްނު އެހާ ވަރަށް އަހަންނަކި ބީރައްޓެސް އެއް ނޫނޭ އަހަރެން މީ މައިގެ ތުއްތައްތަ” ޔޫހީ މިހެން ބުނެފައި މައިލާ އާއި ސަލާމް ކުރަން އަތް ދިއްކޮށްލި އެވެ. “ޔެސް މައި އަހަންނަކީ މައި ގެ ދޮންބެ” މާކިން މިހެން ބުނެލުމުން މައިލާ މާކިން ކައިރީގައި ހުރި ހަނާ އަށް ހިނިތުން ވެލިއެވެ.

 

———

“ދޮންބޭ؟!” އަމާނީ އަށް އޭނާގެ ދޮންބެ އަޔާޝް ފެނުމާއި އެކު އަޔާޝް އަށް ގޮވައިލިއެވެ. “އަމްކޯ އައިމް ބެކް” އަޔާޝް މިހެން ބުނުމުން އަލިޔާ އައި މައިލާ އަމާނީ ކައިރީގައި ހުރި އަލްމާ އަށް ބަލައިލިއެވެ. ހާއި އަހަންނަށް ކިޔަނީ މައިލާ އެކްމު ދޮންތި އާ މަންމި އެންޑް ބައްޕި ކިޔަނީ މައި ނައިސް ޓު މީޓް ޔޫ” މައިލާ އަލްމާ ކާތުގަ މިހެން ބުނުމަށް ފަހު އަލްމާ އަތުގައި ހިފައިގެން ކުޅެން ދިޔައެވެ. “އަމްކޮގެ އެންމެ ކުޑަ ދަރި ތަ މީ؟” އަމާނީ ފަހަތުގައި ފިލާ އިން 1 އަހަރުގެ އަޔާން ފެނީ އަޔާޝް އަހައިލިއެވެ. “އާން މީ އަޔާން އަހަރުން ލޯބިން ކިޔަނީ ޔާން” ޒެކް މިހެން ބުނުމާއި އެކު އާލިޔާ އުރައިލިއެވެ. “އެލީ ހާދަ ބޮޑު ވެއްޖޭ ދޯ؟ އެންމެ ފަހުން އެލީ ކުޑަބެ އަށް ފެނުން އިރު އެލީ އޭރު އެންމެ 3 އަހަރު” ޒެކް މިހެން މުނުމާއި އެކު އާލިޔާ ބޮޑު ހިނިތުން ވެލުމެއް ހަދިޔާ ކޮށްލިއެވެ.

 

ދުވަހަކަށް ފަހު ދުވަހެއް ފާއިތު ވެގެން ދަނީ އެވެ. ދުވަސް ތައް ހަފްތާ އަށް ބަދަލްވެ ހަފްތާ މަހަށް ބަދަލް ވަނީ އެވެ. މަސްތައް އަހަރަށް ބަދަލް ވެ 6 އަހަރު ފާއިތު ވެގެން ގޮސްފި އެވެ. 5 އަހަރުގެ އާލިޔާ އާއި ހަނާ އަދި އަލްމާ މިހާރު 11 އަހަރު ވެއްޖެއެވެ. 6 އަހަރުގެ މާހިލް މިހާރު 12 އަހަރެވެ. 4 އަހަރުގެ މައިލާ އާއި ޔާޒަން އަދި ޒައިކާން މިހާރު 10 އަހަރެވެ. އަދި 1 އަހަރުގެ އަޔާން އަށް މިހަރި 6 އަހަރެވެ.

 

“އޯކޭ އަހަރެން ވާހަކަ އެއް ބުނަންތަ؟” އާލިޔާ މިހެން ބުނުމުން ޒައިކާން “ހްމމމ” އެއްލައްވާލިއެވެ. “ތިމީހުން ބޮޑުވެގެން ވާން ބޭނުން ވަނީ ކޯޗެކަށް؟” އާލިޔާ މިހެން ބުނުމުން އެންމެން ވެސް ހިނިތުން ވެލިއެވެ. “އަހަރެން ބޭނުމީ ކޮންޕެނީ އެއްގެ ސީ.އީ.އޯ ގެ މަގާމު” މާހިލް މިހެން ބުނުމުން ޒައިކާން ހިނިގަނޑެއް ޖަހައިލިއެވެ. “މަ ވާނީ ގޭންގްސްޓާ އަކަށް” ޒައިކާން ބުނެލިއެވެ. “މަ ވާނީ ޕޮލިހަކަށް އޭރުން މަށަށް މި ޒައިކާން ހިފެހެއްޓޭނެ” ޔާޒަން ބުނެލިއެވެ. “އަހަރުން ދެމީހުން ވަނީ ޓީޗަރަކަށް” ހަނާ އާއި އަލްމާ ބުނެލިއެވެ. “އަހަރެން ވާނީ ކޮންޕެނީ އެއްގެ މަސައްކަތް ކުރާ މީހަކަށް” މައިލާ ބުނެލިއެވެ. “އަހަރެން ވާނީ ލަވަ ކިޔާ މީހަކަށް” އާލިޔާ މިހެން ބުނުމުން އެންމެންވެސް ހިނިތުން ވެލި އެވެ.

 

—9 އަހަރު ފަސް—

ގަޑިން  6:30 ވެއްޖެއެވެ. މައިލާ އޮތީ އޭނާގެ އެނދުމަތީހައި އަރާމުކަމާއިއެކު ނިދާގައެވެ. މިހެން އޮއްވާ ކުއްލިއަކަށް ސައިޑް ޓޭބަލް މަތީގައި އޮތް މައިލާގެ ފޯނު އެލާމް ވާން ފެށިއެވެ. މައިލާ އަށް ވަގުތުން ކޮޅަށް ޖެހުނެވެ. “އޯ ޝިޓް!! ދޮންތާ!!!!” މައިލާ މިހެން ބުނެފައި ދުއްވާގަތީ އާލިޔާގެ ކޮޓަރިއަށްށެވެ. “ދޮންތާ ދޮންތާ ދޮންތާ އަވަހަށް ތެދުވޭ މިހާރު 6:30 ވެއްޖެ” މައިލާ އަލިޔާ އަށް ގޮވަމުން ބުނެލިއެވެ. “އާން މައި މަ މި ތެދުވީއޭ… ދެން މައި ވެސް ދޭބަލަ ތައްޔަރުވާން” އާލިޔާ މިހެން ބުމުނަށްފަހު ފާޚާނާ އަށް ވަނެވެ.

 

މައިލާ އަވަސް އަވަހަށް ގޮސް ފާޚާނާ އަށް ވަދެ ތާޒާ ވެލައިގެން ނިކުމެ އަލަމާރިން މެރޫން ކުލައިގެ ފަލަމަސް ގަނޑާއި ހަމައަށް ދާ ވަރުގެ މެރޫން ހެދުމަކާއި ކަޅުކުލައިގެ ސްކިނީ އެއްލައިގެން އޭނާހެ ފަން ކަޅުކުލައިގެ އިސްތަށިގަނޑު ގައި އެއްފަރާތަކަށް މަދު ފަޅައިގެން ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނަގާ އަތް ދަބަހަށް ލުމަށްފަހު މައިލާ ހިންގައިގަތީ ވައިޖީ   ކޮމްޕެނީ އަށް ދިޔުމަށްށެވެ.

 

—ނުނިމޭ–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ނުފިލާނޭ މިހިތަކުން 2

Next

އެދުވަހު ލޯބިން 15

Next
August 26, 2022

އެދުވަހު ލޯބިން 15

Previews
August 26, 2022

ނުފިލާނޭ މިހިތަކުން 2



All Right Reserved!