“ވަޓް އަމްކޮ ޒެކް ދެކެ ލޯބި ވަނީ އޭ؟” އަޔާޝް އަމާނީ ކައިރީގައި އިށީން ދެލި އެވެ. “އާނ އަހަރެން އުޅުނީ މިއަދު އެވާހަކަ ޒެކް ކައިރީގައި ބުނަން އެކަމު ޒެކް އަހަރެން ގެ އަތް ފޮޅާލާފަ ދިޔައީ” އަމާނީ މިހެން ބުނުމަށްފަހު އަތުގައި އޮތް ކުޝަން މޫނު މައްޗައް އަޅާފައި ރޯން ފެށިއެވެ. އަޔާޝް އަށް އޭނާގެ ކޮއްކޮ ގިސްލަ ގިސްލާ ތަން ފެނި ހިތް ދަތި ވި އެވެ. އަދި އެއާއި އެކު އަމާނީ ގެ ބުރަކަށީ ގައި ފިރުމަމުން “ދެން ހުއްޓާލާ” މިހެން ބުނެލިއެވެ.
————
ސިކުންތު މިނެޓަށް ބަދަލްވެ، މިނެޓު ގަޑީރަށް ބަދަލްވެ، ގަޑީރު ދުވަހަށް ބަދަލްވެ، ދުވަސް ހަފްތާ އަށް ބަދަލް ވިއެވެ. މިހެން ގޮސް 3 ހަފްރާ ވަނީއެވެ. އަދިވެސް ޒެކް އަމާނީ އާއި ވާހަކަ އެއް ނުދައްކައެވެ. ދެން އަމާނީ ނިންމީ ޒެކް ހޯދުމަށް އޭނަގެ ގެއަށް ދިއުމަށްށެވެ. އަމާނީ އަވަސް އަވަހަށް ރެޑީ ވެލައިގެން މިސްރާބު ޖެހީ ޒެކް މެން ގެއަށް ށެވެ. ގެއަށް ގޮސް ވަތް ތަނާހެން ޒާރާ އައިސް އަމާނީ ކުރިމަތީގައި ހުއްޓުނެވެ. “އަމްކޯ ގުޑް ޓައިމިންގް އިހަށް ޒެކް ކައިރީ މިތާން ގަ މަޑުކޮށްބަލަ އަހަރެން މި އަންނަނީ ވަރަށް އަވަހަށް ތަނަކަށް ގޮސް ލާފަ” ޒާރާ މިހެން ބުނެފައި އަމާނީ ވަނުމަށް ތަން ދެއްކި އެވެ. އަދި ބާރު ހިންގުމެއްގައި ދިޔައެވެ. އަމާނީ ޒެކް ގެ ކޮޓަރި އަށް ވަތް ތަނާ އޭނާގެ ހިތް ހުއްޓުނު ފަދަ އެވެ. ވަގުތުންއަމާނީ ގެ ލޮލުން ކަރުނަ ތިކި ވެރެން ފެށިއެވެ.ވާނީ ވެސް އެހެން އެއް ނޫން ހެއްޔެވެ މީހާގެ ބޮލުގައި ވަނީ ބެންޑޭޖު އުޅާފައެވެ. އަދި ޒެކް ގެ ކަނާއަތާއި ވާ އަތް ވަނީ ވެސް ހަމަ މިފަދައިން ބެންޑޭޖު އުޅާފައެވެ. އަމާނީ މަޑު ހިންގުމެއްގައި ގޮސް ޒެކް ގާތުގައި މަޑުކޮށްލިއެވެ. އަދި ޒެކް ގެ އަތުގައި ހިފާލި އެވެ. ނަމަވެސް ޒެކް އަމާނީ ގެ އަތް ފޮޅާލުމަށްފަހު ނިކުންނަން ބުނި އެވެ. “ކާކު ޒެކް އަށް މިހެން ހެދީ؟” އަމާނީ މި ސުވާލާއި އެކު ޒެކް އަމާނީ އައި ދިމާލަށް ލޯ އަޅައިލިއެވެ. “ކާކުތަ ހަދާނީ؟ ކަލޭގެ ލޯބިވާ އުލްވާން މަށަށް މިހެން ހެދީ” ޒެކް މިހެން ބުނުމަށްފަހު ލޯ މަރާ ފިއްތާލިއެވެ. “އަހަރެން އުލްވާން ދެކެ ލޯތްބެއް ނުވޭ…. އަހަރެން ލޯބިވަނީ…” “ނޫޅެން އަޑުއަހާކަށް އައި ހޭވް ނޯ އިންޓްރެސްޓް” އަމާނީގެ ބަސްތައް ނުނިމެނީސް ޒެކް މިހެން ބުނެލިއެވެ. “ޒެކް އަޑު އަހާބަލަ!”
“މަށެއް ނޫޅެމޭ އަޑު އަހާކަށް! ކިތައް ފަހަރުތަ މަ ބުނަން ވީ ނިކުންނާށޭ!” ޒެކް މިހެން ބުނުމުން އަމާނީ އަށް ހާޓް އަޓޭކް އެއް ލިބުން ފަދައެވެ. “އޯކޭ މަ ބުނާނީ އެންމެ ތިން ބަސް” އަމާނީ މިހެން ބުނުމާއި އެކު ޒެކް “ހްމްމްމް” އެއް ލައްވައިލިއެވެ. “އައި ލަވް ޔޫ… އެކަމު ޒެކް އަހަރެން ދެކެ ލޯބި ނުވަންޏާމު އޯކޭ އަހަރެން މި ދަނީ” އަމާނި މިހެން ބުނެފައި ޒެކް ގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ދުވަހަކަށް ވުރެ ދުވަހަކު އަމާނީ ދިޔައީ ޒެކް އާއި މެދު ވިސްނަމުން އެވެ. ގިނަ ވަގުތު އަމާނީ ހޭދަކުރަނީ އޭނާގެ ކޮޓަރީގައެވެ. މަޖުބޫރީ ހާލަތެއްނޫނީ މަގުމައްޗަކަށް ވެސް ނުނިކުންނާނެއެވެ.
ހުކުރު ދުވަހެވެ. އަމާނީ އުޅުނީ އަވަދިނެތި ގޭގެ މާހިތު ތެރެއާއި ދޮރުމަތި ކުނިކަހައެވެ. މިހެން ހުއްޓާ ކުއްލިއަކަށް މީހަކު ގެ ފައި ފެނުމުން އަމާނީ އަށް ޖެހިލުން ވި އެވެ. މީހެއް ނޭންގުމުން ކުނިކަހަން އޮވެފައި އިސްޖަހައިގެން ހުރެ ތެދުވެލިއެވެ. “ހާދަ ބިރުން ތި ހުރީ” އިވުނީ ޒެކް ގެ އަޑެވެ. އެހެން ކަމުން އަމާނީ އިސް ނަގާ ރަންގަޅަށް ބަލައިލިއެވެ. އަދި ބަހެއް ނުވުނެ އެތެރެއަށް ވަންނަން ދިޔައެވެ. ނަމަވެސް އަމާނީ އަށް މިކަން ހާސިލް ނުވީ ޒެކް އަމާނީ ގެ އަތުގައި ހިފުމުން އެވެ.
“ދޫކުރޭ” “ނޫން ދެން ދުލެއް ނުކުރާނަން” ޒެކް ދެކޮޅު ހެދިއެވެ. “ޒެކް އަހަރެން ދެކެ ލޯބި ނުވަންޏާމު ކީއްކުރަންތަ އަހަރެން އަތުގަ ހިފަނީ” އަމާނީ މިހެން ބުނުމުން ޒެކް އަމާނީ އޭނާގެ ގަޔާއި ދިމާލަށް ދަމައި ގަތެވެ. އަދި އަމާނީ ޒެކް ގެ އަތުތެރޭގައި ހައްޔަރު ކުރިއެވެ. “އަހަންނަށް ތެދުވުނުހާ އަވަހަށް އަހަރެން މި އައީ އަމާނީ ގާތައް… އަމާނީ ގާތުގަ ބުނަން އަހަންނަށް ނުކެރުނީ އަހަރެން އަމާނީ ދެކެ އިންތިހާއަށް ލޯބިވާކަން” ޒެކް މިހެން ބުނުމުން އަމާނީ ޒެކް ގެ ގައިގައި ހިފުމަށްފަހު ރޯން ފެށިއެވެ.
———
ހަވީރު ވަގުތު ކަމަށް ވުމުން މަލިކާ ތައްޔާރުވަމުން ދިޔައީ އަޔާޝް އާއި އެކު ބުރެއް ޖަހާލަން ދާންށެވެ. ހިތް ފުރޭ ވަރަށް މޭކްއަޕް ކޮށްގެން އަލަމާރިން ޕީޗް ކުލައިގެ ހެދުމަކާއި ރޯޔަލް ބްލޫ ކުލައިގެ ޖިންސެއް ނަގާ ފައި އަވަހަށް ލައިގެން ގަޔަށް ސެންޓުޖަހައިލާގެން ނިކުމެލިއެވެ. އަދި ބޭރު ފާވަން ހަރު މަތީގައި ހުރި ޕީޗް ހީލްސް އަށް އަރައިގެން ބޭރަށް ނިކުމެލިއެވެ. ބޭރު ސައިކަލް މަތީގައި އިށީންދެލައިގެން ހުރި އަޔާޝް ފެނުމުން މަލިކާ އަޔާޝް ގައިގައި ފަހަތުން ބައްދާލިއެވެ. “ޔާޝޫ އައި މިސްޑް ޔޫ” މަލިކާ މިހެން ބުނުމުން އަޔާޝް މަލިކާ އާއި ދިމާލަށް އެނބުރުމަށް ފަހު މަލިކާގެ ގެ ކޮލުގައި ހިފާލިއެވެ. “މަލޫ އައި މިސްޑް ޔޫ ޓޫ… ދެން ހިންގާ އަވަހަށް ބުރު ޖަހަން ދަމާ ދޯ” އަޔާޝް ދޯ ދެމުން ބުނެލިއެވެ.
އަޔާޝް ސައިކަލު ސްޓާޓް ކުރުމާއި އެކު މަލިކާ އަޔާޝް ގެ ފަހަތައް އެރިއެވެ. އެއާއި އެކު އަޔާޝް ދުއްވައިލިއެވެ. މަލިކާ ދިޔަގޮތައް ގޮސް ތަތް ވީ އަޔާޝް ގެ އެ ފިރިހެން ވަންތަ ބުރަކަށީގައެވެ. އަދި އަޔަޝް ގެ ގައިގައި ބައްދާލާގެން ހުއްޓެވެ.
މާކު ގިނައިރުތަކެއް ނުވެއެވެ. އަޔާޝް ސައިކަލް މަޑުކޮށްލީ ރަށުގެ އިރުމަތީފަރާތުގައި އޮންނަ ބީޗް އާއި ދިމާލުގައެވެ. މަލިކާ ސައިކަލުން ފޭބުމާއި އެކު އަޔާޝް މަލިކާ ގެ އަތުގައި ހިފާލިއެވެ.
މަލިކާ ގޮވައިގެން އަޔާޝް ހިންގައިގަތީ ގޮނޑުދޮށާއި ހަމަ އަށް ށެވެ. ގޮނޑުދޮއް ފެނުމާއި އެކު މަލިކާ އަށް ރޮވޭ ގޮތް ވިއެވެ. ދޮން ވެލިގަނޑުމަތީގައި ވަނީ އުއްބައްތިއިން ހިތެއް ހަދާގައެވެ. ހިތުގެ މެދުގައި ވަނީ ‘އެމް ޕްލަސް އޭ’ މިހެން ލިޔެފައެވެ. މަލިކާ އަޔާޝް އާއި ދިމާލަށް ބަލައިލި އިރު އަޔާޝް ހުރީ އެއް ފައި މައްޗައް ތިރިވެގެން އަންގޮޓި ފޮއްޓެއް ހިފައިގެން އެވެ. “އާމިނަތް މަލިކާ ވިލް ޔޫ ބީ އޯނާޑް ޓުބީ މައި ވައިފް” އަޔާޝް މިހެން ބުނުމުން މަލިކާ ވަގުތުން އާއެކޭ ބުނެލި އެވެ. އަޔާޝް މަލިކާ ގެ ކަށި އިންގިލީގައި އަންގޮޓި އެޅުވުމަށްފަހު މަލިކާ ގެ މެދު ހަށީގައި ހިފާ އޭނާ އާއި ގާތް ކޮށްލިއެވެ. އަދި މަލިކާ އަށް ބޮސް ދޭންފެށި އެވެ. މަލިކާ އަޔާޝް ގެ މި އަމަލުގައި ބައިވެރިވިއެވެ.
“މަޑުކޮށް ބަލަ… ކޮން އިރަކު އިންނަނީ؟” މަލިކާ މަޑު މަޑުން އަޔާޝް އާއި ދުރަށް ޖެހެމުން ބުނެލިއެވެ. “ހްމްމް މާދަން ޚަލަފް އާ ޔޫހީ މެރީޑް ވަނީ ސޯ ނެކްސްޓް ވީކް ވެނިސްޑޭ ގަ ހިންގާ އިންނަން” އަޔާޝް މިހެން ބުނުމަށްފަހު މަލިކާ ގޮވައިގެން ރަށުތެރެއަށް ދިއުމަށް ދިޔައެވެ.
———
އާދައިގެ މަތިން މާކިން އާއި ޒާރާ އުޅުނީ ޚަލަފް އާއި ޔޫހީގެ ވެޑިން އަށް ރަށުގައި ހުންނަ އެންމެ ފޭންސީ ރެސްޓޯރެންޓް ތައްޔާރުކޮށްށެވެ.
އަމާނީ އާއި ޔީހީ އުޅުނީ ވެޑިން ޑްރެސް އެއް ގަނެގެން އައިސް ހެޔޮވަރުތޯ ބަލަ އެވެ. ޚަލަފް އާއި ޒެކް އުޅުނީ މީހުން އަށް އިންވެޓޭޝަން ފޮނުވަ އެވެ.
އަޔާޝް އާއި މަލިކާ އުޅުނީ ވެޑިން ކޭކް އެއް ބޭކް ކޮށްށެވެ. ކޭކް އަޅަމުން ދާއިރު މަލިކާ އަޅަން ޖެހޭ އެއްޗިސް މިންވަރަށް އަޅަމުން ދިޔައެވެ. އަޔާޝް ދިޔައީ މިކްސް ކުރަމުން އެވެ. މިހެން ގޮސް ތިން ތަށި ގިރިއެވެ. އަދި އަވަނަށް ލުމަށްޓަކައި ޓްރޭ އެއް ނެގުމަށް މަލިކާ ތަން ދޮރު ބަލަމުން ދިޔައެވެ. އެންމެފަހުން މަލިކާ ހަނދާން ވީ ބޮޑެތި ޓްރޭ ތައް ވަނީ ކަބަޑު ތަކުގެ މަތީ ގަ ކަމަށް ހަނދާން ވެގެން މަލިކާ ކައްކަން ހަމަ ޖައްސާފައި ވާ އަށީގެ މައްޗައް އަރާ ކޮރަ ކޮރާގެން ޓްރޭތައް ނެގި އެވެ. އަދި އެއާއި އެކު މަލިކާ ގެ ބެލެންސް ގެއްލި ވެއްޓެން ދިޔަ އެވެ. މަލިކާ ލޯފިއްތާ ބާރު ކޮށްލިއެވެ. އެވަގުތު ސިޓިން ރޫމް އިން އައި އަޔާޝް އަށް މި މަންޒަރު ފެނި މަލިކާ ހިފޭތޯ ދުއްވައިގަތެވެ. ދެން އިވިގެން ދިޔައީ ޓްރޭ ބިން މައްޗައް ވެއްޓުނު އަޑެވެ.
މި އަޑު އިވުމާއި އެކު ޔޫހީ ދިޔައީ ސިއްސައިގެން އެވެ. ޚަލަފް އާއި ޒެކް ގެ އަތުގައި ހުރި އިންވަޓޭޝަން ކާޑް ތައް ބުރައިގެން ދިޔައެވެ. އަދި ގެއަށް އައިސް ވަތް މާކިން އާއި ޒާރާ ވެސް ދިޔައީ ހަމަ ޔޫހީ އެކޭ އެއްފަދައަށް ސިއްސައިގެން އެވެ. އެންމެން އަވަސް އަވަހަށް ބަދިގެއާއި ދިމާލަށް ދިޔައެވެ. ބަދިގެއަށް ގޮސް ވަތް މާކިން އަށް ފުރަތަމަ ވެސް ލޮލިގައި އަޅައިގަތީ ލޭގެ ނިޝާނެކެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

