Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ސޯޅަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 27, 2015 5 Mins Read
20 Comments

ނަމަވެސް އޮފީހަށް އަލަށް ވެއްދި ޒަހާއި ރަމްޝާމެން އައުމަށް ފަހު މަތީނު އެމީހުންނާ މާގާތް ގުޅުމެއް ބާއްވަން ފެށުމުން ސާނިޔާގެ ހަސަދަވެރިކަން އައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މި ކަންތަކުގެ ތެރޭގައި ޝާޑާއި ގުޅިގެން ޕާޓީކުރަން ދިޔުމާއި، އެކި ޒާތް ޒާތުގެ މަސްތުވާތަކެތި ނަގަން ފެށުން ވެގެން ދިޔައީ ސާނީޔާއަށް ލިބެން ފެށި އިތުރު ހިތްހަމަޖެހުމަކަށެވެ. ސާނިޔާވެސް ޝާޑާއި އެކީ އެ އޮފީހުން އެތެރެ ކުރަމުންދާ މަސްތުވާތަކެތި ވިއްކުމުގައިވެސް އެހީތެރިވެދީ ހަދަމުން ދިޔައެވެ.

ހެކިތަކާއި ބަޔާން….

ފަޔާޒާއި ނާއިފް އޮފީހަށް އައިސް ވަދެ ކޮމްޕިއުޓަރ ސްކްރީން އޮން ކޮށްލިއިރު ސްކްރީންގެ ތިރީކަނަށް އީމެއިލެއް އައިސްފައިވާކަމަށް އެރުމުން ފަޔާޒް އެ މެއިލް އަވަހަށް ހުޅުވާލިއެވެ. އެއީ ރިފްދާ ފަޔާޒަށް ފޮނުވާފައިވާ ވީޑިޔޯ ކްލިޕެކެވެ. މެއިލްގައި ރިފްދާ ޖަހާފައިވާ ލިޔުންކޮޅު ކިޔާލިއެވެ.

“މި ވީޑިޔޯއަކީ ސާނިޔާގެ ހަޤީޤަތް ހާމަވާ ކްލިޕެއް….”

ދެމީހުން ވެގެން އަވަހަށް އެ ވީޑިޔޯ ހުޅުވާލީ އޭގެން ފެންނަ މަންޒަރު ބަލަން ކެތްމަދުވެފައި ހުރެއެވެ.

*** *** *** *** *** ***

މުއާޒު އިނީ އޮފީހުގައި ލެޕްޓޮޕްއިން މަސައްކަތްތަކެއް ކުރާށެވެ. މުއާޒުގެ ފަހަތުގައި ހުރި މޭޒެއްގެ ދޮށުގައި ސާނިޔާ އިނީ ކޮމްޕިއުޓަރުން ކޮންމެވެސް އެއްޗެއް ޓައިޕް ކުރާށެވެ. އިރު އިރުކޮޅާ މުއާޒަށް ބަލާލުމަށް ފަހު ރަކި ލުއިގޮތަކަށް ސާނިޔާ ހިނިތުން ވެލައެވެ. ދެމީހުންގެ ލޮލުން އިޝާރާތުން ފުން ނަޒަރުތަކެއް ބަދަލު ކުރަމުން ދިޔައެވެ.

މި ދެމެދުގައިވާ ބުނެދޭން ނޭނގޭ ގުޅުމަށް ސިހުމެއް ގެނުވީ މުއާޒްގެ ފޯނު ރިންގުވާން ފެށުމުންނެވެ. މުއާޒަށް އައި ފޯނުކޯލެއްގައި ހުރެފައި އޭނަ މޭޒުދޮށުން ތެދުވެ އޮފީހުން ބޭރަށް ހިނގައިގަތެއެވެ.

ފަސް ވަރަކަށް މިނެޓް ފަހުން އޮފީސް ތެރެއަށް މަތީނާއި ޝާޑް ވަނެވެ. ޝާޑް އިށީނީ ކުރިން މުއާޒު އިށީނދެގެން ހުރި ގޮނޑީގައެވެ. މަތީނު އައިސް ހުއްޓުނީ ސާނިޔާ ގެ ފުރަގަހުގައެވެ. އަދި ގުދުވެލާފައި ސާނިޔާގެ ކަންފަތްދޮށުގައި ސިއްރު ވާހަކައެއް ބުނެލިއެވެ. ސާނިޔާ ބަޑިފަޅައިގެން ގޮސް ބާރު އަޑުން ހޭން ފެށިއެވެ.

ހެމުން ހެމުން ގޮސް ހަމަނޭވާލެވުމުން ސާނިޔާ ސުވާލު ކޮށްލިއެވެ. “ކޮބާ ދޮންތަ؟”

ޖަވާބުގައި ޒާން ގޮވައިގެން ހިނގާލަން ދިޔައީ ކަމަށް މަތީނު ބުންޏެވެ. އެހިސާބުން ޝާޑު ވާހަކަ ދައްކަން ފެށިއެވެ. “ސާނިޔާ ދޯ!…. ކުރިންރޭ ކުރި ކަމެއް!…. އަހަރެމެން ކިރިޔާ ބިރުން ހަލާކުނުވީ…..”

ސާނިޔާ ދެބުމަ ގޮށް ޖަހާލުމަށްފަހު ބުނެލިއެވެ. “ހެއި…. މަ އަސްލު ތިމީހުން ވެސް ޑްރިންކް ކުރާތީ… ޑްރިންކް ކޮށްލީ….. އަނެއްހެން ސަޅި…. އެކަމު ޖެހިގެން އައި ދުވަހު ބޮލުގަ ރިއްސާ ވަރުން ހިއްލާވެސްނުލެވުނު..”

މަތީނު ހިނިތުންވެހުރެ ސާނިޔާއާ ގާތްވެލަމުން ބުނެލިއެވެ. “އެންމެފަހުން އަހަރެމެންނަށް ޖެހުނީ މީނާ މިތާ ބަހައްޓަންވިއްޔަ… ކިހިނެއް ގެއަށް ގެންދާނީ އެވަރުކޮށްލީމަ… މަ ވަރަށް ބިރުގަން…. ޝިޔާނާ ގުޅީމަ މަ ބުނިން ކުއްލިގޮތަކަށް ކައިރީ ހުރި ރިސޯޓަކަށް ދާންޖެހިގެން ސާނިޔާ ގޮވައިގެން އެރޭ ދިޔައީއްޔޭ!…”

“ތިވާހަކައެއް ނޫނޭ….. ނެކްސްޓް ޝިޕްމަންޓުން ލިބޭ ޕީސްތައް އަގުބޮޑު ކޮށްލަމާ…. ހުންނާނެ ވަރަށް ހައި ކްލާސް މީހުން… ޔަޤީން ގަންނާނެކަން… މަނީ އިޒް އެވްރީތިންގް ޕާޓް..” ކަމެއް ކުއްލިއަކަށް ހަނދާންވެގެން ބުނާ ފަދައިން ޝާޑް ވާހަކަ ދައްކަން ފެއްޓިއެވެ.

ޝާޑް ދައްކަން ފެށި ވާހަކަ އަޑުއަހަން ހުރި ސާނިޔާ ދެލޯ ބޮޑު ކޮށްލުމަށްފަހު ދެއަތަށް ބޯހޫރަމުން މުއާޒު އައިސްދާނޭ ވައި އަޑުން ބުނެލީ މުއާޒަށް އެކަން އެނގިދާނެތީ ބިރުން ހުރެއެވެެ.

“މުއާ ދިޔައީ މަ ބުނެގެން މާލެއަށޭ….. ދޯ ޝާޑް….. އަންނަ މަހުގެ ފުރަތަމަ ހަފްތާގަ ޖެހޭނެ މުއާ ރިސޯޓަށް ފޮނުވާލަން…. އެހެންނޫނީ ޝިޕްމަންޓް ކަންތައް ބަސްޓް ވެދާނެ…. ގެރެންޓީ އޭނަ މިކަމަކާ ޤަބޫލެއް ނުވާނެ….” މަތީނު އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“ހުންންން ހިނގާ ގެއަށް ދާން ދެން…ތީ ނެކްސްޓް މަންތުގެ ކަމެއްނުން…. ތި ޕްލޭން ފަހުންވެސް ކުރެވިދާނޭ… މަ ވަރަށް ޓަޔަޑް…ހިނގާ ދެން ދާން” ސާނިޔާ މިހެން ބުނެ ތެދުވިއެވެ. ތިން މީހުން އެކީ އޮފީހުން ނުކުމެގެން ދިޔައީއެވެ.

*** *** *** *** *** ***

ވީޑިޔޯ ބެލުމަށްފަހު ނާއިފް ސުވާލުކޮށްލިއެވެ. ” މީ ކިހިނެއް ހޯދި ވީޑިޔޯއެއްތަ؟…”

ފަޔާޒްވެސް ހުރީ އެ ސުވާލުގެ ޖަވާބު އޮޅުން ފިލުވަން ބޭނުންވެފައެވެ. އެހެން ކަމުން އޭނާ އަވަހަށް ރިފްދާގެ ނަންބަރަށް ގުޅާލީ އޮފީސް ލޭންޑްލައިން ފޯނުންނެވެ. ފޯނުން ރިންގުވާން ފެށުމުން އަތްގަނޑު ބާއްވަމުން ފޯނު ސްޕީކަރަށް ލިއެވެ. ރިފްދާ ފޯނު ނަގާ ޖަވާބުދިނެވެ.

“އައްސަލާމްއަލައިކުމް…..”

މިކޮޅުން ޖަވާބުދިނީ ފަޔާޒެވެ. “ވާލައިކުމުއްސަލާމް… ރިފޫ.. މި ފަޔާޒް…”

ލައިނުގަނެގެން އުޅޭ މީހަކު ފަދައިން ރިފްދާ ޖަވާބު ދިނެވެ. “ހެއި ފަޔާ މެއިލް ޗެކް ކޮށްބަލަ…. ވީޑިއޯއަކާ ސާނިޔާގެ ބަޔާން ފޮނުވައިފިން… ލިބިއްޖެތަ؟…”

ފަޔާޒް ބޭނުންވާ މައުޟޫއަށް ދިޔައެވެ. “އާން ވީޑިޔޯ ލިބިއްޖެ…. އެ ވީޑިޔޯ ހޯދީ ކިހިނެއްތަ؟..”

ރިފްދާ އެ ވީޑިޔޯ ހޯދިގޮތް ކިޔައިދިނެވެ. “އެއީ މުއާޒްގެ ލެޕްޓޮޕްގެންސް ގެން ބެލިއިރު އޭގައި ހުރި ވީޑިޔޯތަކެއް…. އެ ލެޕްގަ އެބަހުރި ކިތަންމެ ވީޑިޔޯއެއް…. އޭނާ ސާނިޔާ ތުއިތަޅުވާގޮތް ބަލަން ހުންނަނީ ލެޕްގެ ކެމެރާ ރިކޯޑަށް ޖައްސާއިގެން…. މި ވީޑިޔޯ ފެނިގެން ސާނިޔާއަށް ވިސްނައިދޭން މުއާޒް އުޅުނީ….. ސާނިޔާގެ ބަޔާން ކީމަ ދެން ހުރި ބައި އެނގޭނެ… އޯކޭ ދެން ބާއްވަނީ… ވަރަށް ބިޒީކޮށް މިއުޅެނީ… ބާކީ ތިބި ކުށްވެރިންގެ ބަޔާން ނަގަންވެގެން….”

ރިފްދާގެ ވާހަކަ ނުނިމެނީސް ފަޔާޒް އަވަސްއަރުވާލާފަ ބުނެލިއެވެ. “ހެއި އަދި ތި ބުނާ ބަޔާނެއް ނުލިބޭ… ރީސެންޑް ކޮށްލަބަލަ…. އެންޑް ހެއި.. ތެންކިއު ފޯރ އެވްރީތިންގް….”

ރިފްދާ ޖަވާބުގައި ކުޑައިރުކޮޅެއް ފަހުން ފޮނުވާނެ ކަމަށް ބުނުމަށްފަހު ފޯނު ކަނޑާލިއެވެ.

ރިފްދާގެ ކޯލު ނިމުމުން ނާއިފް ދިޔައީ ގެއަށެވެ. ނަމަވެސް ފަޔާޒް އޮފީހުގައި އެރޭ މަޑުކުރީ ޝިޔާނާގެ މަންމަގެ ބަޔާން ތައްޔާރު ކުރުމުގައެވެ. އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި އެދުވަހު އެހާދިޘާ ހިނގި ގަޑީގައި ވަހީދާ ހުރީ ޝިޔާނާމެންގެ ކޮޓަރީގައި ހެދުމެއް ފަހާށެވެ.

*** *** *** *** ***

ޒާން ރީތިކޮށް ފުއާދާއި އެކީ ހުކުރަށް ފޮނުވުމުން، ސަޓަނި ހަދަން ކެރެޓްކޮށަން ދިޔުމަށް ސާނިޔާ ގާތުގައި ވަހީދާ އެދުނީއެވެ. ހުކުރުކޮށް ނިމިގެން ފުއާދުމެން އަންނަން ވާއިރަށް ކާންހަދަން ޝިޔާނާ ބޭރަށް ނުކުތްގޮތަށް އެކޮޓަރިއަކަށް ނާދެއެވެ.

އޭގެ އިރުކޮޅެއް ފަހުން ސާނިޔާ އައިސް އެ ކޮޓަރި ފާހާނައަށް ވަނީ ފެންވަރާށެވެ. ދެން ބޭރުގައި މީހުންތަކެއް އުޅޭ ހެން ހީވެގެން ވަހީދާ ބޭރަށް ބޯ ދިއްކޮށްލި އިރު ބޭރުގައި އުޅެނީ ސިފައިނެވެ. އޭރު ފާހާނަތެރޭގައި ހުރެ ސާނިޔާ ފޯނުން ދައްކަމުން ދިޔަ ވާހަކަ ވަރަށް ސާފުކޮށް ވަހީދާއަށް އަޑުއިވުނެވެ.

ސާނިޔާއި މަތީނުގެ ލޯބީގެ މި ކުޅިގަނޑުގެ ދެމެދަށްވާ ބޮޑުހުރަސް، ޝިޔާނާގެ ދުވަސް ދުއްވާލެވުނީ ކަމަށް ސާނިޔާ ބުންޏެވެ. މުއާޒް މަރާލީމަ މުޅި ވިޔަފާރި އެކީ މަތީނުގެ ތަނަކަށް މިލްކުވާނެއެވެ. މީގެ އިތުރުން ބޭރުން އެތެރެކޮށްގެން ވިއްކާ މަސްތުވާތަކެތީގެ ކަންތައްވެސް މުއާޒަށް އެނގިދާނެތީ އުޅޭކަށްވެސް ނުޖެހޭނެކަމަށް ބުނެ ސާނިޔާ މުއާޒާއި ދެއްކި ހުރިހާ ވާހަކައެއް ވަހީދާ އަޑު އަހިއެވެ.

ވަހީދާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ސާނިޔާއަށް ބެލުމެއްނެތި އޭނާ އެކޮޓަރިން ނުކުމެގެން ދިޔައީ ސާނިޔާގެ ކޮޓަރިއާއި ދިމާލަށެވެ. އޭރު އެ ކޮޓަރީގައި އޮތީ މުއާޒުގެ ފުރާނަ ނެތް މަސްގަނޑެވެ. ވަހީދާގެ ކޮނޑުގައި ހިފާ ފުލުހުންގެ މީހަކު އެ ކޮޓަރިން އޭނާ ނެރުނެވެ. ސިޓިންގް ރޫމްގެ ގޮނޑިއެއްގައި ބޭންދުމަށް ފަހު ކަންތައްވެގެން އުޅޭގޮތް ވަހީދާއަށް ކިޔައިދިނެވެ. ޝިޔާނާ ފުލުހުންނަށް ގުޅާ އޭނާ އަމިއްލައަށް މީހަކު މަރާލިކަމަށް އިއުތިރާފުވީ ވާހަކައެވެ. ވަހީދާއަށް ރޮއެގަނެވުނެވެ. ވަހީދާއަށް ޝިޔާނާއަކީ ކުށްވެރިއެއް ނޫންކަން އެނގެއެވެ.

ސާނިޔާ މިވަރުގެ ނުބައި އަމަލެއް ހިންގާނެކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. މަތީނަކީ ޝިޔާނާއަށް ހޯދައިދެވުނު ރަންގަނޑެއް ކަމަށް ހީކުރި ހީކުރުން ވެއްޔާ މޮޑެވުނީއެވެ. ސިކުނޑީގައި މިހުރިހާ ޚިޔާލުތަކެއް ދައުރުވަމުން ދިޔައިރު ވަހީދާއަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ.

ޝިޔާނާ އެކަހަލަ ކަމެއް ނުކުރާނޭ ކިޔައި ފުލުހުން ކައިރީ ޝިޔާނާ ދޫކޮށްލުމަށް އެދި ރޮމުން އާދެސްކުރަމުން ދިޔައެވެ. ނަމަވެސް އެމީހުން ދިނީ ވަހީދާގެ ވާހަކަތަކަށް ބީރު ކަންފަތެކެވެ. މި މައްސަލައިގެ އިތުރު މަޢުލޫމާތު ފުލުސް އޮފީހަށް އައުމުން ލިބޭނެ ކަމަށް ބުނި ވަގުތު މުއާޒުގެ ފުރާނަ ނެތް މަސްގަނޑު އެ އެޕާރޓްމަންޓުން ނެރެނީއެވެ.

ޝިޔާނާ ސަލާމަތްކުރުމަށް ވަހީދާ ހަދާނެގޮތް ހުސްވިކަހަލައެވެ. ޝިޔާނާގެ ކުށެއް ނެތްކަން ހާމަކުރަން އަނގަ ހުޅުވާލި ވަގުތު ވަހީދާގެ އަނގައިން ބަހެއް ބޭރެއް ނުވިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވާ ރޮމުން އޭނާ އެ އެޕާރޓްމަންޓުން ނުކުތީ މޮޔައެއް ފަދައިންނެވެ. ހިތުގައި ހުރި ހުރިހާ ވާހަކަތަކެއް ކިޔައިދޭން ބޭނުންވި ނަމަވެސް އޭނާގެ ދުލުގެ ހަރަކާތްވަނީ ހުއްޓިފައެވެ. ކަރު ތެރެއިން ނެރެވުނުހާ ބާރެއްލާފައި ވަހީދާ ހަޅޭއްލަވަމުން ދިޔައީ އެ ހާދިޘާ ހިނގިގޮތް ކޮންމެވެސް ވަރަކަށް އޭނާއަށް އެނގޭތީއެވެ.

ފުއާދަށް ވަހީދާ ފެނުމުން އައިސް ވަހީދާ ގައިގައި ބައްދާލިއެވެ. ވަހީދާ އޭނާގެ ފިރިމީހާއަށް މިހުރިހާ ވާހަކައެއް ހިއްސާކުރަން ބޭނުންވިއެވެ. ނަމަވެސް ދޫ ހަރަކާތްކުރަން ގަދައަޅާ ކުރި މަސައްކަތުން ވަހީދާގެ ބޮލަށް އައީ ނުހަނު ބާރު ތޫނު ތަދެއް އަރަމުންނެވެ. އެހިސާބުން ވަހީދާގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ދެން އޭނާއަށް ލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. ފުއާދާއި ވާހަކަ ދެއްކުމުން ވަހީދާ ހޭނަރާ އެހެން އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން އިނގުނެވެ.

*** *** *** *** *** ***

ފަޔާޒު ބަޔާން ލިޔެ ނިމުމުން ޕްރިންޓް ކުރަން ޖެއްސުމަށްފަހު އަނެއްކާވެސް އޭނާގެ މެއިލް ޗެކްކޮށްލިއެވެ. އެވަގުތު ރިފްދާވަނީ ސާނިޔާގެ ބަޔާން ލިޔުމަށްފަހު އޭގައި ސާނިޔާގެ އިނގިލީގެ ނިޝާން ޖަހާ އެ ބަޔާނުގެ ކޮޕީއެއް މެއިލް ކޮށްފައެވެ. ފަޔާޒް އެ މެއިލް ރަނގަޅަށް ކިޔާލިއެވެ. ހިތަށް ކުރަމުންދިޔަ ފުން އަސަރުން ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ކުށެއްނެތް ޝިޔާނާއަށް އެލިބުނީ ކިހާބޮޑު ހިތްދަތިކަމަކާއި ވޭނެއް ހެއްޔެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓަމުން މޫނުމަތި ޓިޝޫކޮޅަކުން ފުހެލިއެވެ.

އެވަގުތު އެ ކޮޓަރިއަށް އައި ނާއިފް ޕްރިންޓަރުގައިވާ ގަނޑުތައް ނަގާ ކިޔާލިއެވެ. ވަހީދާގެ ބަޔާނުން ނާއިފަށް ހުރެވުނީ ހައިރާންވެ އަންތަރީސްވެފައެވެ. ފަޔާޒް ކުރިމަތީ ހުރި ގޮނޑީގައި އިށީނދެ ނާއިފް ވާހަކަ ދައްކަން ފެއްޓިއެވެ.

“މިހެންވެ ދޯ ފަޔާޒް އެ ދުވަހު ހޮސްޕިޓަލުގަ ވަހީދާ އޮތް ކޮޓަރިން ނުކުމެ މޮޔައެއްހެން އުޅުނީ….. އަސްލު މީވަރަށް ގަބޫލު ކުރަން ދަތި ކަންތައް ގަނޑެއް…..” ނާއިފް މިހެން ބުނުމުން ފަޔާޒް ޖަވާބުގައި ބުންޏެވެ.

“ނާއިފް… އަހަރެންނަށް އެވަގުތު އެވާހަކަ ކިޔައިނުދެވުނީ… ސޮރީ… އެކަމަކަކު މީ އަދި ތިޔަށްވުރެއް ހޫނު ބަޔާނެއް…. ޝިޔާނާއަކީ މިހާރު ކުށްވެރިއެއް ނޫން…. މަ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ނިއުސް ކޮންފަރެންސެއް ބާއްވާ މި ތަޙުޤީޤު ގޮއްސަ އޮތް ހިސާބު އެންމެންނާ ހިއްސާ ކުރަން…” މިހެން ބުނެ ފަޔާޒް އޭނާގެ ކޮމްޕިއުޓަރގެ މޮނީޓަރުގެ ސްކްރީން ނާއިފަށް ފެންނާނެހެން އަނބުރާލިއެވެ.

ސާނިޔާގެ ބަޔާން ކިޔައި ނިންމާލުމަށް ފަހު ނާއިފަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މުސްކުޅިން ބުނެ އުޅެނީ ތެދުވާހަކައެކެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. ސާނިޔާގެ މޫނުމަތީގައިވާ މައުސޫމުކަމުގެ ނިވަލުގައި ފެންނަމުން މި ދިޔައީ އަބުރުވެރިކަމެއް ނެތް ދަށުދަރައިޖެއް އަޚްލާޤީ ސިފަތަކަކުން މަސްހުނިވެފައިވާ ޒުވާނެކެވެ. މިހާރު ނާއިފަށް ސާނިޔާ އަކީ ރީތި ކުއްޖެއް ނޫނެވެ. އުލޫކާ ސުލޫކު ރަނގަޅު ނޫން މީހަކު ބަލާބެލުމަށް ކިތަންމެ ދޮންވެފައި ރީތި ކަމުގައި ވީނަމަވެސް އެ މަލަކުން މީރުވަހެއް ނުދުވާނެއެވެ.

ނާއިފް ފުންނޭވާއެއް ލުމަށް ފަހު މުއާޒުގެ މަރުގެ މައްސަލަ ބަލަމުންދާ ފައިލް ހުޅުވާލިއެވެ. ބަޔާނުގެ ގަނޑުތައް ޕަންޗު ކޮށްލުމަށް ފަހު ފައިލުކުރުމަށް އަވަސްވެގަތެވެ. މުއާޒުގެ މަރުގެ މައްސަލަ ބަލާ ނިމުނުއިރު ޝިޔާނާއަކީ ކުށްވެރިއެއް ނޫންކަން ސާބިތުވާ ކިތަންމެ ހެއްކެއް އެބަހުއްޓެވެ. އެހެންކަމުން ފަޔާޒުގެ އެދުމަށް ނާއިފް އަވަސްވެގަތީ ނިއުސް ކޮންފަރެންސް ބޭއްވުމަށް ކުރަންޖެހޭ ކަންތައްތައް ހަމަޖެއްސުމުގައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހިޖުރަ (ތިރީސްވަނަ ބައި)

Next

އިންތިޒާރު ( ދިހަވަނަ ބައި )

Next
September 27, 2015

އިންތިޒާރު ( ދިހަވަނަ ބައި )

Previews
September 27, 2015

ހިޖުރަ (ތިރީސްވަނަ ބައި)

20 Comments!

  1. neha says:
    September 27, 2015 at 11:23 pm

    V salhi, wating for the next part

  2. dhatha says:
    September 27, 2015 at 11:27 pm

    Shàaz dhathayae vara Reeth Shàaz gae hunaru variety kama dhathayae saabas dhen Shàaz ae adhae vurae fahi maadha maaya kae adhen

    1. Shax Lyn says:
      September 27, 2015 at 11:30 pm

      thanks Dhatha….. <3 🙂

    2. zee says:
      September 28, 2015 at 2:55 pm

      REETHI

  3. sharu2 says:
    September 27, 2015 at 11:30 pm

    Vv reetho mi part ves

  4. sharu2 says:
    September 27, 2015 at 11:30 pm

    Vv reetho mi part ves

  5. sobi says:
    September 27, 2015 at 11:34 pm

    V reethi next part avahah up kohdhyba. Kiyaalaahithun keymadhuvefa..

  6. shif says:
    September 27, 2015 at 11:45 pm

    Most talented writer… ur story is a unique idea…a very creative work…bext of luck…mmmmwah

  7. aily says:
    September 28, 2015 at 12:10 am

    Kn irakun nxt part up kohdheyny??? Waitin waitin

  8. bubbly says:
    September 28, 2015 at 12:20 am

    Alhey.vAhaka nimen dhw e ulheneee.hmmm kobaa new vaahaka..

  9. Nae says:
    September 28, 2015 at 12:28 am

    Eagerly waiting for the next part. This is amazing! <3

  10. zee says:
    September 28, 2015 at 12:29 am

    Vv reethi mi vaahaka, v thafaathu.

  11. no name says:
    September 28, 2015 at 8:54 am

    Avahah up kohlladhehchey plxxx….☺

  12. saadhu says:
    September 28, 2015 at 9:16 am

    Nice

  13. san says:
    September 28, 2015 at 9:57 am

    varah salhi shaaz…waiting for the next episode..avahah upkohlahchey mihar kehmaduvefa mihury… 😀

  14. Leen says:
    September 28, 2015 at 10:17 am

    Nice…

  15. Anonymous says:
    September 28, 2015 at 4:56 pm

    v kamudhey Kaamiyaabah edhen.. ???????????

  16. Haby says:
    September 28, 2015 at 8:25 pm

    Nice and a unique story. Waiting for the next part. Proud of yr talent. May God bless yr work.

  17. Grey says:
    September 28, 2015 at 11:11 pm

    Wow wow its so Beautiful. You are a talented n a gifted writer. Keep it up

  18. dhatha says:
    September 29, 2015 at 1:22 pm

    Shaaz den kon iraku anae part data mihaaru in thI zaaru aba hurimay

Comments are closed.

Next Episodeނަޖާ (ފަހު ބައި)←


All Right Reserved!