Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 7

Star Fire Level 310 Stories
August 8, 2022 4 Mins Read
0 Comments

ގޭތެރެ ސާފުކުރުމުގަ އުޅުނު ޖެނީއަށް އެހީތެރިވަމުން ޝިފާ ވެސް ދިޔައެވެ. އެކިތަންތަނަށް އުކާފައިހުރި ޗިޕްސްޕެކެޓް އާއި ކޯކުފުޅިގެ އިތުރުން އެކްސްއެލް ދަޅުތައް ނަގަމުންދިޔަ ޖެނީ ދިޔައީ ހައިޒަލްއަށް ކުދިކިޔަމުންނެވެ. 

 

” މަ ހަމަ ހިތަށް އެބަ އަރާ މި ހައިޒަލް އިންނަ މަންޖެ އަކީ ހާދަހާ ވާ ކެއް ގަދަ މީހަކަށް ވާނެއޭ ” ސިޓިންރޫމްގަ ހުރި ވެލިތައް ފޮޅަމުން ޖެނީ ބުނެލިއެވެ.” އޭ ޝިފް ހާދަ މަޑަކުން ތި ހުންނަނީ…އަނެއްކާ ކަމެއް ވީތަ ” ޝިފާ ގެ އާދަޔާ ހިލާފު މަޑުމައިތިރިކަން ފެނި ޖެނީއަށް ނާހައެއް ނުހުރެވުނެވެ.” ނޫން އަނެއް ހެން ކަމެއް ނުވޭ ދެނ ހަމަ ވިސްނަނީ..ކޮބާތަ އައިލީން މިއަދު ހަބަރެއްވެސް ނުވޭ އަދި “މަޢުލޫ ބަދަލު ކޮއްލުމައްޓަކައި ޝިފާ ބުނެލިއެވެ. އެއާއެކު ޖެނީ ކޮނޑު އަރުވާލަމުން ބުނެލިއެވެ.” ނޭނގެ….ހިނގާ ދޯ މި ކުޑަ ގޮނޑެއް ފަދަ ގެ ސާފުކޮށް ނިންމާލަފަ އައި މެންގެއަށް ޖައްސާލަން ” ޖެނީ އެހެން ބުނުމާއެކު ޝިފާ ހީލިއެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. 

 

***** ***** ***** ***** ***** 

 

ދާނެވަކި މިސްރާބެއްނެތި މަގުމަތީގައި ހިނގަމުން ދިޔަ ހައިޒަލްއަށް ކަންމަތީ ހުރި ފިހާރައިން ވިޔަފާރި ކޮއްގެން ނިކުތް ރައިލީ ފެނި ހީވީ އަރާކައި ފުރޭތަ އެއް ފެނުނު ހެންނެވެ. ރައިލީ އަށް ނުފެނި ފަހަތަށް އެނބުރުނު ގަޑީގަ ރައިލީ ގޮވާލި އަޑުއިވުނެވެ. “ހައީ މަޑުކޮއްބަ” ހައިޒަލް ފަހަތަށްއެނބުރި ބަލައިލީއިރު ރައިލީ ކުޑަކޮށްދުވެލާފައި އަންނަނީއެވެ. އެއާއެކު ހައިޒަލްއަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ފަޔައް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތެވެ. 

 

ފަހަތަށް ބެލުމެއްނެތި ދުވަމުން ދިޔަ ހައިޒަލް ހުއްޓުނީ އަތިރިމަތީގަ އޮންނަ ބީޗް އާއި ހަމައަށް އާދެވުމުންނެވެ. އެންމެ ފުރަތަމަ ކަމަކަށް ހައިޒަލް ބެލީ ފަހަތުން ރައިލީ އައިތޯއެވެ.ނަސީބު ރަނގަޅީ އެވެ. ފަހަތުގައި ރައިލީ ނެތްތާ އޭނާގެ ވަސްވެސް ނެތެވެ. އެހެންކަމުން ހިނހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ހައިޒަލް ބީޗުގެ ހުދުދޮނވެލިގަނޑު މަތީގައިހުރި ހިރަނދޫގަހެއްގެ ހިޔަލުގައި އިށީނިއެވެ. އަދި މިއަދު ހެނދުނުވީ ކަންތައްތަކާމެދު ވިސްނަން ފެށިއެވެ. ޝިފާގެ މޫނުމަތިން އެވަގުތު ފެންނަމުން ދިޔަ ލަދުވެތިކަން ސިފަވުމުން ހައިޒަލްގެ ހިތް ބާރަށް ތެޅިލިއެވެ. އެއާއެކު ހައިޒަލްގެ މޫނުމަތިން ފެނިގެން ދިޔައީ ލުއި ހިނިތުންވުމެކެވެ. 

 

******* ******* ******* *******

 

ޙުސާން އަށް އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނަގެ ދަށުން މަސައްކަތް ކުރާ ރަމީޒު ގެނައި އިނވެސްޓިގޭށަން ފައިލްތައް އަދިވެސް ހުރީ އެހުރި ގޮތައްށެވެ. ޙުސާންގެ ސިކުނޑީގައި އަދިވެސް ހަރުލާފަ ވަނީ އައިލީންގެ ބަސްތަކެވެ. ނަމަވެސް އެހިޔާލު ބޭރަށް ނިކުމެވުނީ އޭނާގެ ކެބިން ތެރެއަށް ވަތް އަންހެންމީހާ ފެނުމުންނެވެ. އެމީހާގެ މޫނުމަތިން ވަރަށް ރޮއެފަހުރިކަން އެނގެނީ ދެލޯ ރަތްވެފަ އަދިވެސް އެ ދެލޮލުން ކަރުނަފައިބަމުން ދާތީއެވެ. ” ހެޔޮ ނުވާނެ އަޅު..އަޅުގަނޑު ގެ ދަރިފުޅު ހޯދައި ދީ” އެމީހާ އެހެން ބުނުމާއެކު ޙުސާން އެއަންހެންމީހާ ފަހަތުގައި ހުރި ރަމީޒު އަށް ބަލައިލިއެވެ. 

 

ޙުސާން އެ އަންހެންމީހާ ކައިރީ ކުރިމަތީހުރި ގޮނޑި ދައްކާލަމުން އެތާގައި އިށީންނުމަށް ބުނެލިއެވެ. އަދި ވެގެން އުޅޭގޮތް ކިޔައިދިނުމަށް ބުނެލިއެވެ. ” ސަރް އަޅުގަނޑުގެ ދަރިފުޅު ނަހުލާ މީގެ ދެ ދުވަސް ކުރިން ޓިޔުށަނައް ދާނ ގެއިން ނިކުތީ އާމުކޮށް އަންނާނެ 9 ޖަހާއިރު ގެއަށް…އެކަމަކު މިހާރު ދެ ދުވަސް ވަނީ ގެއަށް ނާންނަ ތާ ކުރިއަކުން މީހުންނެއް ނުވޭ…އަޅުގަނޑު ނަހުލާ ގެ ހުރިހާ ރަޙުމަތްތެރިންނާއި ރަށު މީހުން ކައިރި އަހައިފިން އެކަމަކު އެއްވެސް މީހަކަށް ނަހުލާ ފެނިފަ އެއް ނުވޭ…އަޅުގަނޑު އެހީން ޓިޔުށަން ނަގައިދޭ މުދަރިސް ކައިރީ….މު..މުދަރިސް ބުނީ އެރެއަކު ނަހުލާ ޓިޔުށަނަކަށް ނާދެއޭ…ސަރް އަ..އަޅުގަނޑު ގެ ދަ…ދަރިފުޅު ” އެ އަންހެންމީހާ ވެގެންއުޅޭ ގޮތް ކިޔާދިނުމާއެކު ޙުސާން އިރުށާދު ދިނީ ރިޕޯޓު ކުރާ ބަޔަށް ގޮސް ރިޕޯޓު ކުރުމަށްށެވެ. އެއާއެކު ތަޙުޤީޤު ފެށިގެން ދާނެ ކަމެވެ.” ދައްތާ އިންޝާ ﷲ ދައްތައަށް ދައްތަގެ ދަރިފުޅު އަނބުރާ ލިބޭނެ ” ޙުސާން އެ އަންހެންމީހާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. އަދި ރަމީޒު ކައިރީ އެމީހާ ހިފައިގެން ދިޔުމަށް އެދުނެވެ. 

 

****** ****** ****** ****** ******

 

އޮއްސެމުން ދިޔަ އިރާއެކު ޖެނީ އާއި ޝިފާ ތިބީ ހާސްވެފައެވެ. އަމާން އާއި ޙުސާން ޑިޔުޓީ އެއް ގަޑިއަކަށް ނިމޭތީ ދެމީހުން ވެސް އައީ އެކުގައެވެ. އައިލީން ގެ ކުރިމައްޗަށް އަރަން ބޭނުން ނުވިޔަސް އަމާން ގެ އެދުމަށް އެގެއަށް ނުވަދެ ދާކަށް ޙުސާން އަކަށް ނުކެރުނެއެވެ. އަމާން އާއި ޙުސާން ގެއަށްވަތް އިރު ސިޓިން ރޫމް ސޯފާ ގައި ކަންބޮޑުވެފައި ތިބި ޖެނީ އާއި ޝިފާ ފެނި ކުޑަކޮށް ހައިރާންވިއެވެ. 

 

” ދެ މީހުނަށް ކިހިނެއް ވެފަ ތި ތިބީ ؟ ” އަމާން ސުވާލު ކޮއްލަމުން ސޯފާ ގައި އިށީންނިއެވެ.” އައި އަދިވެސް ކޮޓަރިއަކުން ނުނިކުމޭ ” ޖެނީ ކަންބޮޑުވެފައި ހުރެ ބުނުމުން އަމާން ބުމަ ގޮށް ޖެހިގެން ދިޔައެވެ.” އެއީ ކީއްވެ ؟ ” ލާގެން ހުރި ބޫޓު ބާލަމުން އަނެއްކާވެސް ސުވާލު ކޮއްލިއެވެ. އެއާއެކު ފެނުނީ ޝިފާ އާއި ޖެނީ ކޮނޑު އަރުވާލި ތަނެވެ. ޙުސާން ހުރީ ކުޑަކޮށް ހާސްވެފައެވެ.” ކޮބާ ހައިޒަލް ؟ ” އަމާން ސޯފާ އިން ތެދުވަމުން ހައިޒަލް ކޮބާތޯ ސުވާލު ކޮއްލިއެވެ.” ފުޓުބޯޅު ކުޅެން ދިޔައީ ” މިފަހަރު ޖަވާބު ދިނީ ޝިފާ އެވެ. 

 

އަމާން ގޮސް އޭނަ ގެ ކޮޓަރިއަށް ވަދެ އައިލީން ކޮޓަރީ ޑަބަލް ތަޅުދަނޑި ހިފައިގެން ނިކުތެވެ. އަދި ގޮސް އައިލީން ކޮޓަރީ ދޮރު ހުޅުވާލިއެވެ.” އައި ދޮންބެ އެތެރެއަށް ވަނަސް އޯކޭ ތަ ؟ ” އައިލީން ގެ ޖަވާބެއް އާދޭ ތޯ އިންތިޒާރު ކުރުމަށް ފަހު އަމާން އެ ކޮޓަރިއަށް ވަނީ އައިލީން ގެ ޖަވާބެއް ނުލިބުމުންނެވެ. ހުސްކޮށް އޮތް ކޮޓަރި ފެނި އަމާން ބަލާލީ ފާހާނާ އާއި ދިމާއަށްށެވެ.” އައި ފާހަނާގަތަ ތި އުޅެނީ ” އަމާން ފާހާނާ ދޮރު ކައިރީ މަޑު ކުރުމަށްފަހު ސުވާލު ކުރިއެވެ. އެއާއެކު ލިބިގެން ދިޔައީ އައިލީން ގެ ޖަވާބެވެ.”އާނ ފާހަނާގަ މި ހުރީ”

 

އަމާން އައިލީން ގެ ކޮޓަރިން ނިކުތްތަން ފެނި ޖެނީ އާއި ޝިފާ ސުވާލު ކުރިއެވެ. އެއާއެކު އައިލީން އުޅެނީ ފާހަނާގަ ކަމަށް އަމާން ބުނެލިއެވެ. ޖެނީ އާއި ޝިފާ ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. މައިންބަފައިން ނެތް ކަމުގައި ވިޔަސް އިރު އޮއްސުމުން މަގުމަތީގައި އުޅުމަކީ ޖެނީ ،ޝިފާ ، އައިލީން ، އަމާން ، ހައިޒަލް އަދި ޙުސާން ގައިގާ ހަރުލާފަ ވާ އާދައެއްނޫނެވެ. ރޭގަނޑުގައި މަގުމައްޗަށް ނިކުންނަން މުޖުބޫރީ ޙާލަތެއް ދިމާވެގެން ނޫނީ ނުނިކުންނާނެއެވެ. އެހެން ކަމުން ޝިފާ އާއި ޖެނީ ދެން ދަނީ ކަމަށް ބުނެ އެ ގެއިން ނިކުންނަން ދިޔައެވެ. ޙުސާން އާއި އަމާން އަދި ބަންގި ނުގޮވާތީ ތިބީ އެދެމީހުން މަސައްކަތް ކުރާ މާހައުލުގެ ވާހަކަ ދެއްކުމުގައެވެ. 

 

****** ****** ****** ******

 

ޝިފާ ގެއަށް ވަނުމުން ޖެނީ ހިނގައިގަތީ ގެއަށް ދިޔުމަށްށެވެ. މަގުމަތިން އެއްވެސް މީހަކު ފެންނަންނެތް އިރު ހަމައެކަނި ވަނީ މަގު އެއްފަރާތެއްގަ ހުންނަ ހޮޅި ދަނޑި ތަކުގެ އައްޔެވެ. ޖެނީގެ ހިނގުން ބާރު ކޮއްލީ ފަހަތުން މީހަކު އަންނަހެން ހީވުމުންނެވެ. ފަހަތަށް ބެލުމެއް ނެތި ހިނގަމުން ދިޔަ ޖެނީ ސިއްސައިގެން ދިޔައީ އަނެއް މަގުން އައި ހައިޒަލް ފެނުމުން ނެވެ. ” ޖެނީ ހާދަ ހާސްވެފަ ؟” ހައިޒަލް ޖެނީގެ މޫނުމަތީގައި ހުރިހާސްކަން ފެނުމުން އަހާލިއެވެ. އަދި ޖެނީ ފަހަތުގައި މަރެއް ފަދަ ހަމަހިމޭން ކަން އޮތް މަގަށް ބަލާލިއެވެ. ” ކަ…ކަމެއް ނުވޭ” ހާސްކަން ފޮރުވާ ލަމުން ޖެނީ ބުނެލިއެވެ. އަދި ހައިޒަލް އާއި ދެމީހުން ގެއަށް ދާނ ހިނގައިގަތެވެ. 

 

މަގުމަތިން ހިނގާފަ ދިޔައިރު އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް ދެމީހުންގެ ސިކުނޑި ވަނީ ހާސްކަމެއްގައެވެ. ޖެނީ ދިޔައީ އަމިއްލަ ޟާމިރު އާއި ސުވާލު ކުރަމުންނެވެ. ފަހަތުން މީހަކު އައިހެން ހީވީ ކީއްވެ ހެއްޔެވެ ؟ މީގެ ކުރި އަކުން މިކަހަލަ ކަމެއް ދިމާއެއް ނުވެއެވެ. އައިލީން އަށް މިއަދު ވީ ކީއް ހެއްޔެވެ ؟ އަނެއްކާ ބޮޑުކަމެއް ވީ ހެއްޔެވެ ؟ މިކަހަލަ ގެ ޖަވާބު ނެތް އެތަކެއް ސުވާލެއް ކުރަމުން ގޮސް އެންމެ ފަހުން ގެއާއި ހަމައަށް އާދެވުނެވެ. 

 

★–ނުނިމޭ–★

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 13

Next

ވައުދޭ ވެވޭ މީ…24

Next
August 8, 2022

ވައުދޭ ވެވޭ މީ…24

Previews
August 6, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 13



All Right Reserved!